” ހާދަ ރުޅި އައިސަ” މެސެޖް ކިޔާލުމަށްފަހު ފޯނު ދަބަަހަށްލީ އެމީހާ ދެކެ އައި ރުޅިންނެވެ. އަހަރެންނަށް ސިހުންލިބުނީ ކުއްލިއަކަށް އަހަރެންގެ އަތުގައި އަޔާ ހިފުމުންނެވެ. އަޔާގެ ކުއްލި މިހަރަކާތުން އަހަރެން އިނީ ލަދުން ގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. އަހަރެން ލަދުގަތްފަ އިން ވަރު އަހަރެންގެ މޫނަށް ބަލާލި ކޮންމެ މީހަކަށް އެނގޭހާ ވަރުވާނެއެވެ. އެވަގުތު ކޮޅަކީ އުފާވެރި ވަގުތު ކޮޅެއް ނަމަވެސް އަހަރެން އިނީ އަހަރެންގެ ހިތް ތެޅޭ އަޑު އިވޭލެއް ބާރުކަމުން އިސްއުފުލާ […]
” ކީއްވެ ކޮލެޖަށް ނާންނަނީ، ބަލީތަ؟” ކާކު ކަން ނޭނގޭ އެ މެސެޖް ފެނިފައި އަހަރެންގެ ގައިން އޮއްދާހިއްލަން ފެށިއެވެ. ތަފާތު ހިޔާލުތަކުން އަހަރެންގެ ސިކުނޑި ހިސޯރުކުރިއެވެ. އަހަރެންގެ ސިކުނޑިއަށް އެތަށް ހާސް ސުވާލެއް އެއްފަހަރާ އަރާ ފައިބަމުންދިޔައެވެ. ވިސްނާ ވިސްނާ ވެސް މެސެޖް ކުރާނެހެން ހީވާނެ މީހެއްގެ ނަންވެސް އަހަރެންގެ ސިކުނޑިއަށް ނައެވެ. ކްލާސް ހުރިހާ ކުދިންގެ ނަމްބަރ ސޭވްކުރި ކަން އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ސޭވް ނުކުރާ ނަމްބަރ އަކުން މި […]
” އަނެއް ވާހަކައަކީ މިހާރުވާނީ އިތުރު ލެކްޗަރަރ އެއް ހަމަ ޖައްސާފަ، މިރެއިން ފެށިގެން ދެން އަންނާނެ ލެކްޗަރަރ އަކީ މީ” ރެކްޓަރ އެހެންބުނުމާއެކު ވަތް މީހާ ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ. ކަކުލު ހުޅުން ވާގި ދޫވާހެންވެސް ހީވިއެވެ. ގެންނަންވީ ކޮން ހަރަކާތެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަތްފައި ފިނިވެ އޮއްދާ ހިއްލަން ފެށިއެވެ. ހިތް ތެޅެންފެށީ އިންތިހާއަށެވެ. ލޯ މަތީ އެ ހިނގި ކަންތަށް ސިފަވާންފެށިއެވެ. އަދި އެރޭ ކީ އެއްޗެހި ހަނދާންވި ނަމަވެސް […]
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކަރަމް ބުނި ޖުމްލައިން ބައްޕަގެ ދެލޯ ބޮޑުވިއެވެ. ބިރެއްފެނިގެން ބައްޕަ ތެޅިގަތެވެ. ބައްޕައަށްވީ ގޮތުން އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.ބައްޕަ ލޮލުން ފައިބައިފައިވާ ކަރުނަތަށް ފޮހެލާ ހަމަޖެހިލިއެވެ. އަދި ކަރަމް ކައިރިން އެދުނީ އަަަވަހަށް ބައްޕަގެ ކޮޓަރިއަށް ގެންގޮސްދިނުމަށެވެ. އަވަސް ހަރަކާތަކާއެކު ކަރަމް ބައްޕަގެ ގޮނޑި ދުއްވަމުން އަހަރެންގެ ކޮޓަރިން ނުކުތެވެ. ދޮން މަންމަ އެބަ އާދޭ ބުނެގެން ބައްޕަ އެހާ ވަރަށް ބިރުގަންނަންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.އަދި ބައްޕަ […]
މިއަދުވެސް ކަންތަށް ވީ ގޮތުން އަަހަރެން ބޭނުންވީ އެކަނިވެލުމަށެވެ. ވެހޭ ވާރޭގައި އެއްވެސް މަންޒިލެއްނެތި ހިނގަމުންދިޔައީމެވެ. އޭރުވެސް އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުންދެއެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން އަހަރެންގެ އުނަގަނޑުގައި ހިފާ މީހަކު ދަމައިގަތެވެ. އަހަރެން ނުދެނިހެރި ހުއްޓާ ދަމައިގަތުމުން އަހަރެން ވެއްޓުނީ އެ ޒުވާނާގެ ގައިމައްޗަށެވެ. ވެއްޓުނު ގޮތުން އެ ޒުވާނާއަށް ތަދުވުމަކީވެސް އެކަށީގެންވާ ކަމެކެެވެ. އޭރުވެސް އެ ޒުވާނާގެ އަތްވަނީ އަހަރެންގެ އުނަގަނޑުގައި ވަށާލެވިފައެވެ. އޭރުވެސް ވެހެމުންދާ ވާރެއަށް ކުޑަވެސް ބަދަލެއް ނާދެއެވެ.އެ […]
ބައްޕައަށް މަޖްބޫރުވީ އަހަރެންނަށްޓަކައި އެހެން މީހަކާ ކައިވެނި ކުރާށެވެ.އެއީ އަހަރެން ބަލާނެ މީހަކު ދެފަރާތުގެ އާއިލާގަވެސް ނެތީމައެވެ. ސަބަބަކީ މަންމަމެންގެ ކައިވެންޏަކީ ދެފަރާތުގެ އާއިލާގެވެސް ނުގަބޫލުގައި ކުރެވުނު ކައިވެންޏަަކަށް ވުމެވެ. ދެފަރާތުގެ އާއިލާއިން ވަނީ މަންމައާއި ބައްޕަ އިންނަން މުއްސަނދި މީހުން ހޯދާފައެވެ.އަހަރެންގެ މަންމައާއި ބައްޕައަކީ އާދައިގެ ދިރިއުޅުމަށް ލޯބި ކުރާ ދެމީހުންނެެވެ. ދެ އާއިލާގެ ހުށައެޅުމަށް ފުރަގަސްދީ މަންމަމެން ކައިވެނި ކުރިއެވެ. ބައްޕައަށް މަޖްބޫރުވީ މަންމަ ގޮވައިގެން އެހެން ތަނަކަށް ބަދަލުވުމަށެވެ. ބައްޕަގެ ރައްޓެއްސެއްގެ އެހީގައި […]
އިރު އޮއްސި ފަހެއް ޖަހަނީއެވެ. އަތްމަތި އަވަސްކޮއް ލުމަށްފަހު ފޮތްތަށް ހިފައިގެން އަހަރެން ދުއްވައިގަތީ ކޮ ލެޖްގެ ގަޑިޖެެހެން ކައިރިވެފައި ވުމުންނެވެ. އަހަރެންނަކީ އަބަދުވެސް ގަޑިއަށް ކު ލާހަށްދާ މީހަކަށްވުމުން މިއަދުވެސް އަހަރެންބެ ލީ ގަޑިއަށް ދެވޭތޯއެވެ. އަހަރެން ގަޑި ނުޖެހި އަަބަދުވެސް ކު ލާހަށްދާ ކަން އެހެން ޓީޗަރުންވެސް ފާހަގަކުރެއެވެ. އެހެންކަމުން އަވަސް ހިނގުމުގައި ކޮ ލެޖަށް މިސްރާބު ޖެހީމެވެ. ގެއިން ނިކުތްފަހުން ބޯމަތި ކޮއްފައިވާ ވިއްސާރަ ވި ލާގަނޑު ފެނުނެވެ. އެހެންނަމަވެސް އަނބުރާ ގެއަށް […]
މެންދަމުން އަލިވެ ތިނެއް ޖެހުމާ ގާތްވަނީއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަ ހިމޭންކަމެކެވެ. ކޮންމެ މީހަކުވެސް ނިދީގެ ފޮނި ރަަހަ ދެކެމުންދަނީއެވެ. ހިތާމަވެރި ހުވަފެންތަކުގައި އެއްބަޔަކު ރޮމުން ދާއިރު، އުފާވެރި ކަމުގެ ހުވަފެނުގައި އަނެއްބަޔަކު ހެމުންދަނީއެވެ. އެެއީ ދުނިޔޭގައި ކަން ހިނގަމުންދާ ގޮތެވެ. އެކި މީހުންނަށް ކުރިމަތިވަމުންދަނީ އެކި އިމްތިހާނެވެ. މުޅި ކޮޓަރީގައި ހިފާފައިވާ އޭސީގެ ފިނިން އެކޮޓަރީގައި ނިދީގެ މީރުކަން ލިބުމަށް މަސައްކަތް ކުރަމުންދާ ޒުވާނާއަށް އެ ފިނިން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ މުޅި […]
އިރު އޮއްސެން ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް ވެހެންފެށި ވާރޭ ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ބޯވަމުންނެވެ. އެއްބަޔަކު ބޭރަށް ނުނިކުމެވި ތިބި އިރު، އަނެއްބަޔަކު، ގަދަވަޔާއެކު ވެެހެމުންދާ ބޯ ވާރޭއިން ސަލާމަތްވުމަށް މަގުމަތީގައި ކޮޅު ކޮޅު މައްޗަށް ދުވަމުންދިޔައެެވެ. ފިހާރައިގެ ތެރޭގައި އާއި އަސްކަނިތަށް ދޮށުގައި ވާރޭއިން ހިޔާވުމަށް ތިބި މީހުންވެސް މަދެކޭ ބުނެވޭކަށް ނެތެވެ. މަގުމަތީގައި ދުއްވާ އެއްޗެހިވެސް އޭގެ މަންޒިލަށް ދަތުރު ކުރަމުންދަނީ ވާރޭ އިތުރަށް ބޯ ނުކުރަނީސް އޭގެ މަންޒިލަށް ވާސިލް ވެވޭތޯއެވެ. މާލޭގެ […]