ލޯބީގެ ހައްގުގައި 6
” ކީއްވެ ކޮލެޖަށް ނާންނަނީ، ބަލީތަ؟” ކާކު ކަން ނޭނގޭ އެ މެސެޖް ފެނިފައި އަހަރެންގެ ގައިން އޮއްދާހިއްލަން ފެށިއެވެ. ތަފާތު ހިޔާލުތަކުން އަހަރެންގެ ސިކުނޑި ހިސޯރުކުރިއެވެ.
އަހަރެންގެ ސިކުނޑިއަށް އެތަށް ހާސް ސުވާލެއް އެއްފަހަރާ އަރާ ފައިބަމުންދިޔައެވެ. ވިސްނާ ވިސްނާ ވެސް މެސެޖް ކުރާނެހެން ހީވާނެ މީހެއްގެ ނަންވެސް އަހަރެންގެ ސިކުނޑިއަށް ނައެވެ. ކްލާސް ހުރިހާ ކުދިންގެ ނަމްބަރ ސޭވްކުރި ކަން އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ސޭވް ނުކުރާ ނަމްބަރ އަކުން މި މެސެޖްކުރީ ކާކު ކަން އެއްގޮތަކަށްވެސް ނޭނގުނެވެ.އެހެންކަމުން އަހަރެން ނިންމީ އަޅާވެސް ނުލުމަށެވެ. ފޯނު ބޭއްވުމަށްފަހު އަހަރެން އަނެއްކާވެސް މަސައްކަތް ނިދޭތޯއެވެ. އިރުކޮޅެއްނުވެ އަނެއްކާވެސް ފޯނަށް މެސެޖެއް އައެވެ. ކަންތަކާ ޖެހުނީއޭ ހިތަށް އަރަމުން އަހަރެން ފޯނު ނަގާ ބަލާލީމެވެ.
” ވަރަށް ބޮޑަށް ސޮރީ، ފަހުން ރޭ ކަންތަށް ކުރެވުނު ގޮތުން،” މެސެޖް ކިޔާލުމަށްފަހު އަހަރެން ކުޑަ ކޮއް ވިސްނާލީމެެވެ. ކޮންމެ އަކަސް މި މީހަކީ ދާދި ފަހުން ވާހަކަ ދެއްކުނު، އަދި ބޮޑު ކަންތަށް ގަނޑެއް އެމީހަކާ އެކު ހިނގި މީހެކެވެ. އަދި އެމީހަކީ އަހަރެންނަށް ވަރަށް ފާރަލާ މީހެއްކަން ވެސް ޔަގީންވިއެވެ. އެހެންނޫންނަމަ އަހަރެން ކޮލެޖަށް ނުދާކަން އެނގި މެސެޖެއް ނުކުރީހެވެ. އިރުކޮޅެއް ނުވެ އަހަރެންގެ ސިކުނޑިއަށް އައި ނަމަކުން އަަހަރެންގެ ހިތް އުފަލުން ފުރުނެެވެ. އަދި އަޔާ އޭ ކިޔާ ހަޅޭލަވައި ގަނެވުނެވެ.
” އޯ މައި ގޯޑް، ހީ މެސެޖް މީ، އައި ކާންޓް ބިލިވް” އަހަރެންނަށް އުފަލުން އުޅެވޭ ނޫޅެވޭ ގޮތްވެސް ނޭނގުނެވެ.
” އަޔާ އަހަރެންނަށް މެސެޖް ކުރީ، ކުލާހަށް ނުދާތީ، ކްލާހަށް ނުދާކަން އެއަށް ވުރެން ބޮޑަށް އެހެން މީހަކަށް ނޭނގޭނެ، އަނެއްކާ އެރޭ ވާހަކަ ދެއްކުނު ގޮތުން މާފަށް އެދުނީ، ވާވް” އަހަރެންނަށް ފޯނު ތުންފަތުގައި ޖައްސާލެވުނެވެ.އަދި ދެލޯ މަރާލީ އުފަލުންނެވެ. ޔަގީނުންވެސް ދެން ނިދޭނެއެވެ.އަދި ރިޕްލައި ނުކުރަން ނިންމީ ކުޑަކޮށް ތަޅުވާލުމަށެވެ. އޭރުން އެންމެ އަވަހަށް ފެންނައިރަކުން ކުރިމަތީ ހުރެ މާފަށް އެދޭނެއެވެ.
ދެލޯ މަރާލައިގެން އޮއްވާ ކުއްލިއަކަށް އަހަރެންގެ ލޯ ކުރިމަތީ މަންޒަރެއް ސިފަވިއެވެ. އިސާހިތަކު މޫނުމަތީގައި ވީ ހިނިތުންވުން ފިލާދިޔައެވެ.ހިތް ބިރު ގަންނަން ފެށިއެވެ.
” އޯ ނޯ…އަހަރެން ކުޑަކޮއްވެސް އެމީހާގެ މަތިން ހަނދާން ނެތް، އަނެއްކާ އެމީހާތަ މެސެޖް ކުރީ، އެމީހާ ބުނި އެދުވަހު އެމީހާގެ ކޯތާފަތްމަތީގަ ޖެހީމަ އޭގެ ބަދަލް ދޭނަމޭ، އެމީހާގެ މީހަކަށް ހަދާނަމޭ، އޯ ޝިޓް، އަހަރެން ކިހިނެއް އެއީ ކާކު ތޯ ޔަގީން ކުރާނީ، އެ މީހާ ޔާ އަޔާ ފިޔަވައި އިތުރު މީހަކާ ދިމާވެފައެއް،އަދި މާފް ކުރާށޭ ބުނާވަރުގެ ކަމެއް ހިނގާފައެއް ވެސް ނެތް” އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ.ހަނދާނެ ގޮތެއް ހުދު އަހަރެންނަކަށްވެސް ނޭނގުނެވެ. އިރުކޮޅަކު ވިސްނުމަށްފަހު އަހަރެން ނިންމީ މާދަމާ ކޮލެޖަށް ދިއުމަށެވެ. ވަށްބަހުން ނުޖަހާ ރީތިކޮށް އަޔާ ވާހަކަދައްކައިފިނަމަ އެއީ އަޔާ ކަން ޔަގީނެވެ.
އަހަރެން ބޭނުންވީ ހަމަ އެކަނި އެއީ އަޔާ ކަން ޔަގީން ކުރާށެވެ. އެހެން މީހަކު ނަމަ ވަގުތުން ނަމްބަރ ބަދަލުކުރާނަމެވެ. އަހަރެން އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރީމެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ.ޔަގީނުންވެސް ދަންވަރު ތިނެއް ޖަހާ ބޮޑުވެދާނެއެވެ.
އަހަރެންނަށް ހޭލެވުނީ ވަރަށް ބާރަށް ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށެވެ. ފުންމައިގެން ތެދުވެ ގަޑި ބަލާލީމެވެ. ހަަމަ އެއާއެކު ދެލޯ ބޮޑުވެގެންދިޔައީ ގަޑިން ވީ ވަރު ފެނިފައެވެ. ގަޑިން މެންދުރު އެކެެއް ޖަހަނީއެވެ. އަހަރެންމީ މީގެ ކުރިން އެހާ ގިނައިރު ނިދި މީހެއްވެސް ނޫނެވެ. އެހާވަރަށް ނިދުނީތީ އަހަރެން ހައިރާންވެސް ވިއެވެ. ވަރަށް އަވަސް ކޮއްލުމަށްފަހު ރީތި ވެލައިގެން އަހަރެން ކޮޓަރިން ބޭރަށް ނުކުމެލީމެވެ. ނިކުތް އިރު ދޮންމަންމަ ހުރި ތަން ފެނިފައި އަހަރެންނަށް ހުއްޓުންއެރިއެވެ. ހިނގައި ގަންނަން ނޭނގިފަ ހުއްޓާ ކަރަމް އައިސް ސައިބޯން ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން ގޮސް ކައި ބަޔަށް ވަނީމެވެ. އަދި މަޑުމަޑުން ބައްޕަ ކޮބާތޯ އަހާލީމެވެ.
” ބޭބެ ދަނީ ހޮސްޕިޓަލަށް، ބުނަނީ މެޔަށް ތަދުވަނީ، ރަމޭޝް ބޭބެ އާ އެކު ދަނީ” ކަރަމްގެ ވާހަކަ އިވިފައި އަހަރެން އަނގަޔަށް ލާން އުޅުނު ޕާން ކޮޅުވެސް ވެއްޓުނެވެ. ދެލޯ ކަރުނުން ފުރުނެވެ.
” ދެން އެހާ ބޮޑުކަމެއް ވީ އިރު ކީއްވެ ކަރަމް އަހަރެންނަށް ނުގޮވީ” އަހަރެންނަށް ކަރަމް އާ ދިމާލަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
” ބޭބެ ބުނަނީ ނުގޮވާށޭ، އެކަމަކުވެސް އަހަރެން ގޮވަނީ، ރީމް ނުތެދުވަނީ” ކަރަމް ވަރަށް ދެރަވެލާފަ ބުނެލިއެވެ. ކަރަމްބުނި ގޮތުން ކަރަމް ދެރަވެފަ ހުރިވަރު އިހްސާސް ކުރެވުނެވެ. އަދި ކަރަމްއަށް ބާރަށް ބުނެވުނީތީ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.
” ސޮރީ ކަރަމް، އަހަރެންނަށް މާ ބާރަށް ބުނެވުނީ ހާސްވީ ވަރުން، އެއްޗެއް ހީނުކުރާތި އިނގޭ” އަހަރެން ކަރަމްގެ ކޮނޑުގައި ހިފާލަމުން ބުނެލީމެވެ.
“އިޓްސް އޯކޭ ރީމް، އަހަރެން އިނގެނީ ރީމް ބޭބެދެކެ ލޯބިވާ ވަރު” ކަރަމް ހިނިތުންވެލިއެވެ. އަދި ބައްޕަ ކައިރިއަށް ދަނީ ކަމަށް ބުނެ ކަައިގެއިން ނުކުތީމެވެ. ދުވެލާފަ ގޮސް ކޮޓަރިއަށް ވަދެ ދަބަސް ހިފައިގެން ކޮޓަރިން ނިކުތީމެވެ.
” ތިހާ ވަރުން ތިއުޅެނީ ކީއްކުރަން، އުމުރުގަ ގިނަ ދުވަހެއްނެތޭ، މިހާރުވެސް ބޭނުމެއްނެތިފަ ހުރި މީހެއް ކަލޭގެ ބައްޕައަކީ” ދޮންމަންމަގެ ޖުމްލަ އިވުމާއެކު އަހަރެންނަށް ހުއްޓެވުނެވެ.އަދި ދެއަތް މުއް ކަވާލެވުނީ އައި ރުޅިންނެވެ.އަދި އެހާމެ ދެރަވެސް ވިއެވެ. އަތްބަކު އެމީހެއްގެ ފިރިމީހާއަށް އެހާ ދަށު ދަރަޖައިގަ ވާހަކަ ދައްކަފާނެ ކަަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. އެހެންނަމަވެސް މިއަދު ގަބޫލު ކުރަން މަޖުބޫރުވުމީ އަބިންނޭ ކިޔާފަވެސް ވިހަގަދަ ހަރުފައިން ދުނިޔޭގަ އުޅޭ ކަމެވެ.
” ބުނަން، އެއީ އަހަރެންގެ ބައްޕަ، ކާކަށް އެނގެނީ އެންމެ އަަވަހަށް މަރުވާނީ އަހަރެންގެ ބައްޕަކަމެއް، އަހަރެންގެ ބައްޕަގެ އުމުރުން މާ ދަށުގެ މީހުންވެސް މަރުވޭ، ކަލޭވެސް މަރުވެދާނެ” އަހަރެން އެހެންބުނެ ދޮންމަންމަ އަށް އިނގިލި ދިއްކޮއްލީމެވެ. އޭރު އަހަރެން ރުޅިގަދަ ވެގެން ތުރުތުރު އަޅަމުންދެއެވެ. އަހަރެން އިތުރު އެއްޗެކޭ ބުނަން އުޅުނިކޮށް ކަރަމްއައެވެ. އަދި ބައްޕަ ގެއަށް އެެބަ އާދޭ ބުނެލިއެވެ.
” ހަނދާން ކުރާތި، އަހަރެންގެ ބައްޕައަށް ކަމެއްވެއްޖެއްޔާ އަހަރެންމީ ކިހާވަރެއްގެ މީހެއްކަން ދައްކާލާނަން” އަހަރެން އެހެންބުނެ ކޮޓަރިއަށް ވަނީމެެވެ. އަހަރެން އެހެންބުނީ އަހަރެންނަށް މާ ގިނަ ކަންތައްތަކެއް ކުރެވޭނެތީއެއް ނޫންކަން އަހަރެންނަށް އެނގެއެވެ.އަދި ނިކުންނާނެ ނަތީޖާއެއް އެނގިގެނެއްވެސް ނޫނެވެ.
އަހަރެން އޭގެ ފަހުން ކޮޓަރިން ނުުނިކުންނަމެވެ.ކަރަމް ކާންގޮވުމުންވެސް ބަނޑުހައި ނުވާ ކަމަށް ބުނެ އަހަރެން އޮތީއެވެ. އަހަރެންގެ ދިރިއުޅުމާ ދޭތެރެ ވިސްނުމަށެވެ. މިވަނީ ކީއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. ރޭގެ މެސެޖަށްފަހު އިތުރު މެސެޖެއް އައިސައެއް ނެތެވެ. އަހަރެން ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާ ވަރުވެއެވެ. ބޮލުގަ ރިއްސަނީ އިންތިހާއަށެވެ.
” މަންމާ، އަަހަރެން ވަރަށް ހަނދާންވޭ މަންމަ މަތިން،ދޮންމަންމައަކަށް ނުޖެހޭނެ އެގޮތަށް ވާހަކަ ދައްކާކަށް، ބައްޕަ ކީއްވެތަ ނުވިސްނެނީ،އަހަރެންނަށް އޯކޭ އަހަރެންނަށް ކޮންމެ ގޮތެއްވިޔަސް، އެކަމް ބައްޕަ އެ އަނިޔާވެރިޔާގެ ކިބައިން ސަލާމަތް ވަނިކޮށް، ބައްޕާ، ޕްލީޒް ބުނެބަލަ، ކޮން މަޖުބޫރެއް އޮވެގެންތަ ތިގޮތަށް ކަންތަށް ތި ކުރަނީ، އަހަރެން ބައްޕައަށް އެހީވާނަމޭ” އަހަރެންނަށް އަމިއްލަ ނަފްޝާ ޝަކުވާ ކުރެވެމުންދިޔައެވެ.އަހަރެންނަށް އެގޮތަށް އޮވެ ނިދުނު ކަމެއްވެސް ނޭނގުނެވެ.
އަހަރެންނަށް ހޭލެވުނީ އަހަރެންގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. އަހަރެން ބޯ ހިއްލާ ބަލާލިއިރު ބައްޕަ އަހަރެންގެ އެނދު ކައިރީ އިށީނެވެ. ބައްޕަ ރޯން އިންތަން ފެނުމުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ.
ބައްޕާ،ކިހިނެއްވީ، އަނެއްކާ މެޔަށް ތަދުވަނީތަ، މަޑުކުރޭ އެމްބިއުލޭންސަށް މި ގުޅަނީ” އެއްފަހަރާ އެތަށް ސުވާލެއް އަހަރެންނަށް ކުރެވުނެވެ.އަހަރެންނަށް ސިހުން ގެނުވީ އަހަރެން ތެދުވަން އުޅެނިކޮށް ބައްޕަ އަހަރެންގެ އަތުގައި ހިފަހައްޓާ އިށީނުމަށް ބުނުމުންނެވެ.
” ދަރިފުޅާ، މިއަދު ކަންތަށް ތި ކުރީ ރަނގަޅަކަށް ނޫން” ބައްޕަ ވަރަށް ދެރަވެލާފައި ބުންޏެވެ. އަހަރެން ހުރީ ބައްޕަ މި ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގިފައެވެ. އަހަރެން ބަލަން އިން ގޮތުން ބައްޕަ އިތުރަށް ވާހަކަ ދެއްކިއެވެ.
” ދަރިފުޅާ، މިއަދު ގޭތެރޭގަ ހިނގި ކަންތަށް ބައްޕަ އަށް އެނގިއްޖެ،އެއްގޮތަކަށްވެސް ކޮއްގެންވާނެ ކަމެއް ނޫން އެއީ ” ބައްޕަ އަހަރެންގެ ބޮލުގަ ފިރުމާލަމުން ބުނެލިއެވެ.
” ބައްޕާ އޭނައަކަށް ނުޖެހޭނެ ބަައްޕައާ ދިމާލަށް އެހެން ބުނާކަށް، މި ދުނިޔޭގަ އަހަރެންގެ ހުރީ ބައްޕަ އެކަނި، އަހަރެންނަށް ކިހިނެއް ކެތްވާނީ ބައްޕައާ ދިމާލަށް އެހެން ބުނާ އަޑު އަހަން،ނުވާނެ ކެތެއް” އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ.ހަމަ ރަނގަޅަށްވެސް އަހަރެންނަށް ރޮވުނެވެ.
” ދަރިފުޅާ، މި ބައްޕައަށްޓަކައި ކަމެއް ކޮއްދީ، ވައުދުވޭ ކޮއްދޭނެ ކަމަށް” ބައްޕަ އަހަރެންގެ އަތުގައި ހިފާލަމުން ބުންޏެވެ.
ބުނޭ، ބުނިކަމެއް އުފަލުން ކޮއްދޭނަން”އަހަރެން ލޮލުން ފައިބަމުންދާ ކަރުނަތަށް ފުހެލަމުން ބުނެލީމެެވެ.
” ދަރިފުޅާ ބައްޕައަށްޓަކައި ދޮންމަންމަގެ އެއްވެސް ކަމަކާ ނުބެހޭތި، ކޮންމެ އެއްޗެކޭ ކިޔަސް ކިތަންމެ ދެރަވިޔަސް ކިތަންމެ ރުޅިއަޔަސް އެއްވެސް ކަމަކަށް ރައްދެއް ނުދޭތި، ދަރިފުޅު ހަމަ އެކަނި ކިޔަވާ މޮޅު މީހަކަށްވޭ، ރަނގަޅު ދިރިއުޅުމެއް ފަށާ،ކިތަންމެ ކަމެއް ދިމާވިޔަސް ހިތްވަރު އެލުވާނުލާތި،ވަރަށް ކެތްކުރާތި،މަންމަގެ ހައްގުގަ،ޕްލީޒް ދަރިފުޅާ” ބައްޕަ އާދޭހާއެކު ބުނެލިއެވެ.ހިތާ ދެކޮޅަށް ނަމަވެސް އަހަރެން ބޮލުގެ އިޝާރަތުން އާ އެކޭ ބުނީމެވެ. އަދި ބައްޕަގެ އުނގުގައި ބޯ އަޅާލީމެވެ.
އަހަރެން މިރޭ ކޮލެޖަށް ދިޔައީ އެހެން ރޭ ރެޔަށް ވުރެން އަވަހަށެވެ. ކާރުން ފައިބަމުން ދެފަރާތް ހޯދާ ބަލާލީމެވެ. އަދި ކޮލެޖަށް ވަންނަން ދިޔައީމެެވެ. ކުއްލިއަކަށް ކޮލެޖް ދޮރުމަތީ ހުރި މީހާ ފެނި އަހަރެންގެ ފިޔަވަޅުތަކަށް މަޑު ޖެހުނެވެ.އެއީ ކުރިންރޭ އަހަރެންގެ އަތުގައި ހިފައިގެން ހުރި މީހާއެވެ. އަހަރެން ފެނުމާއެކު ހިނިތުންވެލިއެވެ.އަނެއްކާ މެސެޖް ކުރީ އެ މީހާ ބާއޭ ހިތާ ހިތުން ސުވާލު ކުރެވުނީ މީގެ ކުރިން ދުވަހަކުވެސް އެގޮތަށް ކަންތަށް ކޮއްފަ ނެތީމައެވެ.
އަހަރެން ފެންނަ ކަމަށްވެސް ހަދާނުލާ އަވަހަށް ވަދެގެން ދިޔައީއެވެ. ފަހަރަކު ގަޑިއެއް ނިމެމުން ގޮސް ދެން އޮތީ އަހަރެން އެންމެ އިންތިޒާރު ކުރި ގަޑިއެވެ. މިނެޓް ގުނަ ގުނަ އިންދާ އަޔާ އައިސް ވަނެވެ.ދުވަސްތަކަކަށްފަހު ފެނުމުން އަހަރެންގެ ހިތަށް ބުނަން ނޭނގޭ އުފާވެރިކަމެއް އިހްސާސް ކުރެވުނެވެ.
” މާ ބޮޑަށް އެނގޭތީތަ ހަފްތާއެއް ވަންދެން ކުލާހަށް ނައިސް ހުރީ” އަޔާގެ އަޑުން އަހަރެންގެ ހިތް ހިތާމައިން ފުރުނެވެ. އެއީ މެސެޖް ކުރީ އަޔާ ނޫންކަން އެނގުނީމައެވެ.އަހަރެން އިސްޖަހާލީމެވެ. އެއްވެސް އެއްޗެކޭ ނުބުނެ މަޑުމަޑުން އިނީ ހިތަށް ތަދުވި ވަރުންނެެވެ. އޭރު ލޮލުގެ ހިމަކޮޅުން ކަރުނަ ފޭދެމުންދެއެވެ
ގަޑި ނިމިގެން ދިޔައީ އަހަރެން އެގޮތަށް އިންދައެވެ. ގަޑި ނިމުމާއެކު އަހަރެން އަވަހަށް ނުކުންނަން އުޅުނީ އިތުރަށް ކެތް ނުވާނެކަން އެނގޭތީއެވެ
” ރީމް މަޑުކޮއްލަން ވީނު ގެއްލުނު ފިލާވަޅުތަށް ހަދަން ފަށަން” އަޔާގެ އަޑުން އަހަރެން ހިނގަ ހިނގަ ހުރި ދެފައިގައި ކަސްތޮޅު އެޅުވުނު ކަަހަލައެވެ. ހައިރާންވެފަ ބަލާލީ އެ ބުނި އެއްޗެއް ޔަގީންކޮއްލުމަށެވެ. އަހަރެން ބަލާލުމާއެކު ބޮލުގެ އިޝާރާތުން އައުމަށް އެދުނެވެ. ދަގަށްފާނަށް ދަމާ ބާރަކުން ހެން އަހަރެންނަށް އެދިމާލަށް ދެވުނެވެ. އަދި އަޔާގެ ކުރިމަތީ އިން ގޮނޑީގައި އިށީނީމެވެ.
ފޮތް ހުޅުވައިގެން އިނެއް ކަމަކު އަހަރެންގެ ސިކުނޑި އެނބުރެނީ އެހެން ކަމަކަށެވެ. ކުއްލިއަކަށް ފޯނަށް މެސެޖެއް އައުމުން ބަލާލީމެެވެ.
” ހާދަ ރުޅި އައިސަ” މެސެޖް ކިޔާލުމަށްފަހު ފޯނު ދަބަހަށްލީ އެމީހާދެކެ އައި ރުޅިންނެވެ.
އަހަރެންނަށް ސިހުން ލިބުނީ ކުއްލިއަކަށް އަހަރެންގެ އަތުގައި އަޔާހިފުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Hii,huriha kudhin kihineh,here 6th part, kamudhaane kamah uhmeedhu kuran ?♥️
Maasha allah vvv reethi??????
Thank you so much Ram♥️♥️
Alugadu Hama baraabaru sh@-n@ kihinehtha ????
Masha Allah vrh sali mi part ves??????????????????
And vrh dera vehje reem ah vaagoi Gothun ???
And vrh vrh curious avaha up ??kohladeychey next part????
Ly ❤❤❤
Stay safe❤❤
Aley that’s ?Ril?ingey name Jahan hadhan nethuny
Alhamdlillah ragalhu.varah ufaavehje vaahaka kamudhiyaima,Insha Allah day after tomorrow GA upp kohdheynan♥️?♥️?
shana sis buni dhigu kohdheynamey ekam kuda koh kuru. alhey ayaa haadha sweet ey dhow?????. Naa ah hevaa ehchaky shana sis ves thee student eh hen. ehen veema test kaarivaathy undha gulyhen dhigu kuran dhow. anyway story varah reethi ummaaa???????waiting for the next part???????
Sry uhmeedhu kuri varah vuren kuru v ma,ekm varah ufaavehje vaahaka kamudhiyaima?♥️