Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 2

Sh@_n@ Level 410 Stories100 Comments100 Login
August 21, 2020 4 Mins Read
1 Comment

ބައްޕައަށް މަޖްބޫރުވީ އަހަރެންނަށްޓަކައި އެހެން މީހަކާ ކައިވެނި ކުރާށެވެ.އެއީ އަހަރެން ބަލާނެ މީހަކު ދެފަރާތުގެ އާއިލާގަވެސް ނެތީމައެވެ. ސަބަބަކީ މަންމަމެންގެ ކައިވެންޏަކީ ދެފަރާތުގެ އާއިލާގެވެސް ނުގަބޫލުގައި ކުރެވުނު ކައިވެންޏަަކަށް ވުމެވެ.

ދެފަރާތުގެ އާއިލާއިން ވަނީ މަންމައާއި ބައްޕަ އިންނަން މުއްސަނދި މީހުން ހޯދާފައެވެ.އަހަރެންގެ މަންމައާއި ބައްޕައަކީ އާދައިގެ ދިރިއުޅުމަށް ލޯބި ކުރާ ދެމީހުންނެެވެ. ދެ އާއިލާގެ ހުށައެޅުމަށް ފުރަގަސްދީ މަންމަމެން ކައިވެނި ކުރިއެވެ. ބައްޕައަށް މަޖްބޫރުވީ މަންމަ ގޮވައިގެން އެހެން ތަނަކަށް ބަދަލުވުމަށެވެ. ބައްޕަގެ ރައްޓެއްސެއްގެ އެހީގައި ދުވަސްކޮޅަކު އެގޭގައި މަޑުކުރިއެވެ.ދިރިއުޅުމަށް އެކި މަސައްކަތް ކުރަމުން ތިން އަހަރު ތެރޭ ބައްޕައަކީ މާލޭގައި ހުރި އެންމެ މުއްސަނދި މީހާއޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ގެ ދިހަ ބުރިއަށް ނަގާ،ތިރީ ދެބައި ކުއްޔަށްދީ، ބޮޑު ފިހާރައެއް ހިންގަމުން ދިޔައެވެ. ބައްޕަމެންނަށް އެ މުއްސަނދިކަން ލިބި ހުރެވެސް ބައްޕަމެން ބޮޑާކަމެއްް ނުގެންގުޅެއެވެ. އެހެންމީހުންނަށް އެހީވެއެވެ. ހާލުގަ ޖެހިގެން މީހަކު އައިސްފިނަމަ އެމީހަަކަށް އެ ބޭނުންވާ ކަމެއް އުފަލުންކޮއްދެއެވެ.

މަންމަމެންގެ ދިރިއުޅުމަށް އަހަރެން ލިބުމާއެކު މަންމަމެން ތިބީ ވަރަށް އުފަލުންނެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ.
އަހަރެން ބޭނުންވާ ކޮންމެ އެއްޗެއް އުފަލުން ހޯދާދެއެވެ.އެހެންނަމަވެސް މަންމަމެން އަބަދުވެސް ބުނެދެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. އެމީހަކު ބޭނުންވާ ކޮންމެ ކަމެއް ނުވުމަކީ މާޔޫސްވާންޖެހޭ ކަމެއް ނޫނެވެ. އާ ހިތްވަރާއެކު ހެޔޮނިޔަތުގައި ކޮއްފިނަމަ ﷲގެ އިރާދަފުޅުން ކާމިޔާބުވާނެއެވެ.

އަހަރެން މިއަދާ ހަމައަށްއައިއިރުވެސް އަހަރެންގެ ދެފަރާތުގެ މާމަ ކާފަ ނުދެކެމެވެ . މަންމެންނާ ސުވާލުވެސްކުރަމެވެ. އެހެންނަަމަވެސް މަންމަމެން އެއަށްވުރެން ހުށިޔާރެވެ. ކޮންމެސް ވާހަަކައެއް ފައްޓާ އެވާހަކަ މަތިން އަހަރެން ހަނދާން ނެތޭވަރުކުރެވެ. އަހަރެންގެ އުފާވެރި ދިރިއުޅުން ބަދަލްވެގެން ދިޔައީ އެ ނުރައްކަތެރި އެކްސިޑެންޓްގެ ސަބަބުންނެެވެ. އެ އިންޑިއާ ދަތުރަކީ މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަންދިޔަ ދަތުރެކެވެ. މަންމަމެންނާއެކު ހަމީދުބެގެ ދެމަފިރިން ވެސް ދިޔައެވެ.އަހަރެން އެމީހުން ކައިރީ ގޭގަ ބެހެއްޓުމަށްފަހު މަންމަމެން ދިޔައީ ހޮސްޕިޓަލަށެވެ. އެއީ މަންމަ އެންމެ ފަހުން ފެންނާނެ ފަހު ވަގުތޭ އަހަރެން ހިޔެއް ނުކުރަމެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ކުއްލިއަކަށް ފަހަތުން އައި ކާރަކުން ހިނގާފައި ދިޔަ މަންމައާއި ބައްޕަ ގައިގައި ޖެހި މަންމަ ވިއްސައިގެން ދިޔައީއެވެ.ބައްޕަ ކާރުގެ ދަށުވީއެވެ. އިސާހިތަކު މީހުންތައް އައިސް މަންމައާއި ބައްޕަ ހޮސްޕިޓަލަށްގެންދިޔައެވެ. މަންމަ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ. ބައްޕައަށް ހޭވެރިކަން ވުމާއެކު މަންމަ ހޯދަންފެށިއެވެ. އަދި އެނދުން ތެދުވަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ބައްޕަގެ ފަޔަކަށް އެއްވެސް އިހްސާސެއް އަދި ހަރަކާތެއް ނުގެނެވުނެވެ. ބައްޕަގެ މޫނުމައްޗަށް އެރި ކުލަވަރުން ޑޮކްޓަރ ވެގެން އުޅޭ ގޮތް ކިޔައި ދިނެވެ. ފަޔަށް ލިބުނު ގެއްލުމުގެ ސަބަބުން ބައްޕައަށް ނުހިނގޭނެ ކަަަމަށް ޑޮކްޓަރ ބުނީ މާޔޫސްކަމާއެކުގައެެވެ. އަދި އިތުރު މައްސަލައެއް ނެތް ކަަމަށްވެސް ޑޮކްޓަރ ބުންޏެވެ. ބައްޕައަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ.ހަނދާނެ ގޮތެއް ނޭނގި ރޯންފެށިއެވެ. އިރުކޮޅެއް ނުވެ އަންހެނުން ކޮބާތޯ އަހާލީ ކުރެހިފައިވާ އަޑަކުންނެވެ.ޑޮކްޓަރު ދިން ޙަބަރުން ބައްޕަ ގަބުވިއެވެ. ރޯން ނޭނގިފައި އިރުކޮޅަކު އިނެވެ. ބައްޕަ ރައްޓެހި ހަމީދުބެ ބައްޕަ ކޮނޑުގައި ހިފާ ތަޅުވައިގަތެެވެ. ބައްޕައަށް ހަމަ ހޭވެރިކަން ވުމާއެކު ވަރަށް ބާރަށް ޝަރީ އޭ ކިޔާ ރޯން ފެށިއެވެ.

އަހަރެން ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. ކޮންމެސް ކަމެއް ވެއްޖެކަން އަހަރެންގެ ޅަ ސިކުނޑިއަށް ނަގައިގަނެވުނެެވެ. ހަމީދުބެ އަހަރެން އުރާލާ ބައްޕަ ކައިރީ ބޭއްވިއެވެ. ބައްޕަ ދަރިފުޅާ އޭ ކިޔާ އަހަރެންގެ ގައިގައި ބައްދާފަ ރޮނީއެވެ. ބައްޕަ ރޮއެތަން ފެނުމުން އަހަރެންވެސަ ރޮވޭގޮތްވިއެވެ. އަދި މަންމަ ކައިރިއަށް ދާން ބޭނުން ކަަމަށް ބުނެ ބާރަށް ރޯންފެށީމެެވެ. ބައްޕަގެ ރުއިން ވީ އިތުރެވެ. އިރުކޮޅެއް ނުވެ ނަރުސް ކުއްޖަކު އައެވެ.އަދި ބައްޕަ ފުރޮޅިލީ ގޮނޑިއަކަށް ލާ ދުއްވަމުންދިޔައެވެ. ހަމީދުބެ އަހަރެން އުރައިގެން ނަރުސް ފަަހަތުން ދިޔައެވެ.ބައްޕަ އެއްވެސް މީހަކާ ވާހަަކަ ނުދައްކައެވެ.

އަހަރެމެން ގެންދިޔައީ ވަކި ކޮޓަރިއެއް ކަހަލަ ތަނަކަށެވެ. އެތާ ހަމީދުބެެގެ އަންހެނުންވެސް ހުއްޓެވެ. އަދި ދެތިން އަންހެނަކު ވެސް ތިއްބެއެވެ.އެންމެންވެސް ރޮނީއެވެ. ހަމީދުބެގެ އަންހެނުން އައިސް އަހަރެން އުރާލާ އޭނަ ކައިރީ އަހަރެން ބެހެއްޓިއެވެ.އަހަރެންގެ ލޮލުގައި އަޅައިގަތީ ހުދުފޮތި ގަޑަކަށް ލާފަ ނޭފަތަށް ކަފަ ޖަހާފަ އޮތް އަހަރެންގެ މަންމައެވެ. މޫނުމަތީގެ ތަންތަން ހަލާކުވެފަ ހުއްޓަސް އެއީ މަންމަކަން އަހަރެންނަށް އެނގުނެވެ. ހަމީދުބެ އަންހެނުން އަތުން ވީއްލިގެން ދުވެފަ ގޮސް މަންމައަށް ގޮވަންފެށީމެވެ. އެހެންނަމަވެސް މަންމަ ނުތެދުވިއެވެ.އަހަރެން ރޮއެރޮއެފަ ބައްޕަ ކައިރީ މަންމައަށް ގޮވުމަށް އެދުނީމެވެ. އެހެންނަމަވެސް ބައްޕަ މަންމަގެ މޫނަށް ބަލަހައްޓައިގެން އިން ގޮތަށް އިނީއެވެ. އަނެއްކާވެސް އަހަރެން ހަމީދުބެ ކައިރީ މަންމަ ނޭފަތުގަ ހުރި ކަފަތަށް ނައްޓުވަށް ބުނީމެވެ. އެހެންނޫނީ މަންމައަށް ނޭވާ ނުލެވިގެން މަރުވެދާނޭ ކިޔައި ރުއީމެވެ. ހަމީދުބެވެސް ރޮނީއެވެ.އެންމެފަހުން ހަމީދުބެ އަންހެނުން އައިސް އަހަރެން އުރާލާ މަންމަ ދެން ނާންނާނެ ކަމަށް ބުނެ އަހަރެން މަސަލަސް ކުރަން އުޅުނެވެ. އިރުކޮޅެއްނުވެ އަހަރެންގެ ގައިން ވަރު ދޫވެ ދެލޯ މެރުނެެވެ.

އަހަރެންގެ ހޭވެރިކަން ވީ އިރު އަހަރެން އޮތީ ކޮޓަރީގައެވެ. ކޮޓަރީގައި އެއްވެސް މީހަކުނެތެވެ. އަހަރެން ކޮޓަރިން ނިކުތްއިރު ބައްޕަ ސިޓިންގްރޫމްގަ ވަރަށް ހަަމަޖެހިލާފަ އިނެވެ. ކައިރީގައި ފޮށިތަކެއްވެސް ހުއްޓެވެ. އަހަރެން ފެނުމުން ހިނިތުންވެލާ ކައިރިއަށް އައުމަށް އެދުނެވެ. އަދި މިއުޅެނީ މާލެ ދާން ކަމަށްވެސް ބުންޏެވެ. އަހަރެން ބައްޕަ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މަންމަ ކޮބާތޯ އެހީމެވެ.. އަދި ނޭފަތަށް ކަފަ ޖަހާފަ އެއީ ކީއްވެތޯ އެހީމެެވެ. ބައްޕަ ވަރަށް ލޯތްބާއެކު އަހަރެން ކައިރީ މަންމަދެން ނާންނާނެ ކަަމަށް ބުނެލީ ލޮލުން ފޭދުނު ކަރުނަ ފޮހެލަމުންނެެވެ. އަދި އެދުވަހަކީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަންވިސްނައިދިނެވެ. މަންމަ ނެތަސް މަންމަ ބޭނުންވާ ކަހަލަ މޮޅު،ކެތްތެރި ބަސްއަހާ ކުއްޖަަކަށް ވާން ޖެހޭނެކަަމަށްވެސް ބުނެދިނެވެ. އަދި އަބަދުވެސް މަންމައަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުޢާ ކުރަންވާނެކަަމަށްވެސް ބުންޏެެވެ. އެދުވަހު އަހަރެމެން މާލެ އައީއެވެ. ބައްޕަގެ ވިޔަފާރިވެސް ހަމީދުބެއާ ހަވާލު ކުރީ އިތުރު ގޮތެއް ނެތިގެންނެެވެ.

ބައްޕައަށް އަހަރެންގެ ކަންތަށް ނުކޮއްދެވޭތީ އަހަރެން ބަލަން ބޭރު އަންހެނަކު ގެނައެވެ. އަދި ބައްޕަ ބަަލަން ބޭރު ފިރިހެނަކު ވެސް ގެނައެވެ. އެކަނިވާ ކޮންމެ ފަހަރަކު މަންމަ މަތިން ހަނދާންވެ ރޮވެއެވެ. ސްކޫލަށް ޕޭރަންޓް މީޓިން އޮންނަ ދުވަސް ދުވަހު މާ ދެރަވެއެވެ. އެހެން ކުދިން މަންމަ އާ އެއްކޮއް ދާ ތަން ފެންނާތީއެވެ. އަހަރެންގެ އެކަނިވެރިކަން ފެނި ބައްޕަ އެހެން މީހަކާ އިނީ އަހަރެންނަށް މަންމައެއްގެ ލޯބި ހޯދައި ދިނުމަށެވެ.
ބައްޕަގެ ދެވަނަ ކައިވެންޏާއެކު އަހަރެންގެ ދިރިއުޅުންވެސް ބަދަލްވިއެވެ. އަހަރެން ހީކުރީ އަހަރެންނަށް އުނިވި މަންމަގެ ލޯބި އަހަރެންނަށް ލިބޭނެކަމަށެވެ. އެހެންނަަމަވެސް ހީކުރި ގޮތާ ހިލާފެއެވެ. ބައްޕަ ފެންނަންހުރި ނަަމަ ވަރަށް ލޯބިވެއެވެ. ބައްޕަ ފެންނަ ހިސާބުގައި ނެތްނަމަ އަހަރެންގެ ހިތް ކަފާ ކުދި ކުދި ކޮއްލައެވެ.

ބައްޕަގެ ހަޔާތުގެ ކަންތަށް އަހަރެންނަށް އެނގުނީ ބައްޕަގެ ޑައިރީންނެވެ. މަންމަ ނިޔާވި ދުވަހު އަހަރެން އުޅުނު ގޮތް އެހާ ބޮޑަށް އަހަރެންނަށް ހަނދާން ނުވިޔަސް ޑައިރީގައި ވަރަށް ސާފުކޮށް ލިޔެފައި ވެއެވެ. މަންމަ މޫނު ދެކިލަން ދެފަރާތު އާއިލާ މީހަކު ނައި ވާހަކަ ވެސް ލިޔެފައި ވެއެވެ.މަންމަ ހަނދާން ކޮއްފަ ބައްޕަ ކޮންމެ ދުވަހަކު ރޮވޭ ކަމަށްވެސް އެ ޑައިރީގައިވެއެވެ. އަދި އެންމެ ދެރަވަނީ އަހަރެން ފެނި މަަންމަމަތިން މާ ބޮޑަށް ހަނދާން ވާތީ ކަމަށް ވެސް ލިޔެފައިވެއެވެ. އެއީ އަހަރެން މަަންމައާއި މާ ބޮޑަށް ވައްތަރު ކަމުންނެވެ. މަންމަގެ ދޮން ކަމާއި ލޫޅާފަަތި ކަމެވެ. މަންމަގެ ކަޅުކަން ގަދަ ބުޅި އިސްތަށިގަނޑެވެ. މިހެން ގޮސް ކިޔާނެ ކަމެއްނެތެެވެ. އަަހަރެންނަކީ ހުރި ގޮތަށް ހުރި އަހަރެންގެ މަންމައެވެ.

އަހަރެންގެ އުމުރުން 18 އަހަރު ވީ އިރު އަހަރެން ހުރީ ދޮންމަންމަގެ ހަޅޭކަށް ހޭނިފައެވެ. ދޮން މަންމަ ބައްޕަ ކުރިމަތީވެސް އަހަރެންނަަށް ހަޅޭލަވައެވެ. އެކަހަަލަ ގަޑިތަކުގައި ބައްޕަ ރޮއެ ހަދާތަން އަހަރެން ދެކެމެވެ. އަހަރެންނަށް ނޭނގުނު ކަމަކީ ބައްޕަ އެ ހުރިހާ ކަމެއް ތަހައްމަލް ކުރަމުންދާ ސަބަބެެވެ. ދޮން މަންމަ ވަރި ކުރުމުގެ ހައްގުވެސް ބައްޕައަށް ލިބިގެންވެއެވެ. އެ ހުރިހާ ކަމެއް ވާ އިރުވެސް ބައްޕަ ހިމޭނުން އިންނަނީ ކީއްވެކަން އަހަރެންނަކަށް ނޭނގުނެވެ. ޔަގީންވާ ކަމަކީ ކޮންމެސް މަޖުބޫރުކަމެއް އޮތީމައެވެ. އެހެންނޫންނަމަ ބައްޕަގެ ހުރި ހަަމަ އެކަނި ދަރިފުޅު މަންމަގެ އެންމެ ފަހުގެ ހަނދާން ނިކަމެތި ވެގެން ދާއިރު ބައްޕަ އެހެން ނުހުން ނާނެކަން ޔަގީނެެވެ.

މިއަދުވެސް ކަންތަށް ވީ ގޮތުން އަހަރެން ބޭނުންވީ އެކަނިވެލުމަށެވެ. ވެހޭ ވާރޭގައި އެއްވެސް މަންޒިިލެއްނެތި ހިނގަމުންދިޔައީމެވެ. އޭރުވެސް އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުންދެއެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން އަހަރެންގެ އުނަގަނޑުގައި ހިފައި ދަމައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ލޯބީގެ ހައްގުގައި

Next

އައިނާ (2) 30

Next
August 21, 2020

އައިނާ (2) 30

Previews
August 20, 2020

ލޯބީގެ ހައްގުގައި

One Comment

  1. Ram says:
    August 21, 2020 at 9:25 pm

    VVV reethi maasha allah ????

Comments are closed.

Next Episodeލޯބީގެ ހައްގުގައި 3←


All Right Reserved!