Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 3

Sh@_n@ Level 410 Stories100 Comments100 Login
August 25, 2020 4 Mins Read
14 Comments

މިއަދުވެސް ކަންތަށް ވީ ގޮތުން އަަހަރެން ބޭނުންވީ އެކަނިވެލުމަށެވެ. ވެހޭ ވާރޭގައި އެއްވެސް މަންޒިލެއްނެތި ހިނގަމުންދިޔައީމެވެ. އޭރުވެސް އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުންދެއެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން އަހަރެންގެ އުނަގަނޑުގައި ހިފާ މީހަކު ދަމައިގަތެވެ.

އަހަރެން ނުދެނިހެރި ހުއްޓާ ދަމައިގަތުމުން އަހަރެން ވެއްޓުނީ އެ ޒުވާނާގެ ގައިމައްޗަށެވެ. ވެއްޓުނު ގޮތުން އެ ޒުވާނާއަށް ތަދުވުމަކީވެސް އެކަށީގެންވާ ކަމެކެެވެ. އޭރުވެސް އެ ޒުވާނާގެ އަތްވަނީ އަހަރެންގެ އުނަގަނޑުގައި ވަށާލެވިފައެވެ. އޭރުވެސް ވެހެމުންދާ ވާރެއަށް ކުޑަވެސް ބަދަލެއް ނާދެއެވެ.އެ ޒުވާނާގެ މޫނަށް ފުން ނަޒަރަކުން އަހަރެންނަށް ބަލާލެވުނީ ގެއެއްގެ ދޮރުން އެޅިފައިވާ އަލި އެޒުވާނާގެ މޫނަށް އެޅިފައި ވުމުންނެވެ.ހިނދުކޮޅަކަށް ނަމަވެސް އަހަރެން އެ ޒުވާނާގެ އަސަރުން ފުރިފައިވާ ފުންދެލޮލަށް ގެއްލި ހުސްވިއެވެ. މަޑު މުށި ކުލައިގެ ދެލޮލަށް އަހަރެން ގަރަގު ވި ކަހަލައެވެ. ބަލާ ފޫހިނުވާނޭ ފަދަ ހިތް ގައިމު ދެލޮލެކެވެ. އެޒުވާނާގެ ފަންތަށިގަނޑާއި ފަޅާފައިވާ ތުބުޅިން ޒުވާންކަމާއި ފުރިހަމަކަން ފެންނަމުންދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ނުދަންނަ ޒުވާނާއަށް އަހަރެންގެ ހިތުން ހާއްސަ މަގާމެއް ދެވުނެވެ. އެއީ ކޮން މަގާމެއް ކަމެއް ހުދު އަހަރެންނަށްވެސް ނޭނގުނެެވެ. އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހިތުގައި އަޅަމުންދިޔަ ވޭނަށް ޝިފާ ލިބުންކަހަލަ އިހްސާސެއް ކުރެވުމެވެ.ހިތް އެދެމުންދިޔައީ އުމުރު ދުވަހު އެ ދެ ލޮލަށް ބަލަން ހުރުމެވެ. ވަށައިގެން ހިނގަމުންދާ އެއްވެސް ކަމެއް އިހްސާސްނުވާ ކަހަލައެވެ.

އެ ޒުވާނާވެސް އަހަރެންނަށް ބަލަމުންދިޔައީ އާދަޔާޙިލާފު ގޮތަކަށެވެ. އެ ބެލުމުން އަހަރެން ނަގަންވީ ކޮން މާނައެއްކަން އަހަރެންނަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އެބެލުމުން އަހަރެންގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ކުރި ކަމެކެވެ. ހިތަށް އުފާވެރިކަން ލިބުމެވެ. އަހަރެން ލަދުގަންނަން ފެށިކަމެވެ. އަހަރެންނަށް މިވަނީ ކީއްބާއޭ ހިތަށް އަރަމުންދިޔައެވެ. އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް މިކަހަަލަ އިހްސާސެއް ފިރިހެން ކުއްޖަަކާ ދޭތެރޭ އުފެދިފައެއް ނުވެއެވެ. މީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ހަނދާން ނައްތާ ނުލެވޭނެ ވަގުތެކެވެ.

އެ އުފާވެރި ވަގުތުގެ ނިމުން އައީ ވަރަށް ކައިރިން ބަޔަކު ހޭންފެށި އަޑަށެވެ. އަހަރެން ހައިރާންވެ ހުރެ ވަށައިގެން ބަލާލެވުނެވެ.އަދި އެ އުފާވެރި ހިތްގައިމު ވަގުތުކޮޅު ހަރާބު ކޮއްލީތީ އެބަޔަކަށް ކުދި ކިޔުނެެވެ. އޭރު ކުޑަ ހިފައިގެން ހުރި ދެތިން ސޮރަކު ހެމުންދެއެވެ. އެޒުވާނާވެސް ވަށައިގެން ތިބި މީހުންނަށް ބަލާލުމަށްފަހު އަހަރެންގެ އުނަގަނޑުން ދޫކޮއްލިއެވެ.އަހަރެންނަށް މި އޮވެވުނީ ކޮންތާކުކަން ރޭކާލީ ދެނެވެ. ކުއްލިއަކަށް އަހަރެން ތެދުވީމެވެ. އެޒުވާނާވެސް ތެދުވިއެވެ. އެޒުވާނާވެސް ހުރީ ރަކިވެފައެވެ.ނަސީބަކުން އެ ތިން މީހުން ފިޔަވައި އިތުރު ބަޔަކު އެހިސާބުގައި ފެންނާކަށް ނެތެވެ.

އެޒުވާނާ ތެދުވެ ގޮސް އެތިން މީހުން ކައިރިއަށް ކުޑަ ދޮށަށް ވަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ ތިން މީހުން އެކަން ހުއްޓުވިއެވެ.
” ކޮންމެހެން ދެން ކުޑަ ދޮށަށް އަންނާނެ ކަމެއް ނެތް، ވާ ވަރަށް ތެމިފަ އެހެން މީހުން ތެންމާކަށް، އަމިއްލައަށް ކުޑަ ދޮށުން ނިކުމެގެން ދިޔައީ” އެތަނުން އެކަކު އަމުރުވެރި ގޮތަކަށް ބުނެލިއެވެ. އަހަރެންނަށް އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އިވުނު ނަމަވެސް އެއްޗެކޭ ނުބުނެ ހުރީ އަހަރެންގެ ހިތުގެ ރަސްގެފާނުގެ އަޑު އަހާލާހިތުންނެވެ.
” އޭ ސަކަރާތް ނުޖަހާ، އެކުއްޖާ ގައިގަ ކާރުން ޖެހެން އުޅޭތީ އޭ ދިޔައީ” އެ ޒުވާނާގެ އަޑު ޖެހުމާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގަތެެވެ. ފިިރިހެންވަންތަ މިއުޒިިކީ ހިތްގައިމު އަޑެކެވެ. އަހަރެންނަށް އެ ޒުވާނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ ޒުވާނާ އަހަރެންގެ ކުރިމައްޗަށް އަރާ ވާހަކަ ދެއްކިކަންވެސް އަހަރެންނަކަށް ނޭނގުނެވެ. އަަހަރެންނަށް ރޭކާލީ ދެތިން ފަހަރަކު ހެލޯ އޭ ބުނެލުމުންނެވެ. އަހަރެން އެ ޒުވާނާއަށް ބަލާލީ އެއްޗެކޭ ބުނިންތޯ އަހާލުމުގެ ގޮތުންނެވެ.
” މިއަހަނީ ކިހިނެއް ވެެގެންހޭ އެ ވަަރަށް ގޮވި އިރުވެސް އަޑު ނީވުނީ، ކާރެއް އައިކަން ވެސް ނޭނގެނީ ކަންފަތް ބީރުވެފަތަ،އެހާ މަރުވާ ހިތްވަންޏާ ބުރިޖު އެ އޮތީ، ކިހާ ބޮޑު ގެއްލުމެއް، އަހަރެންގެ ފޯނު ވިއްޔަ އެ ހަލާކުވީ، ތަންކޮޅެއް ބަލާލައިގެން މަގުމަތީ އުޅެބަަލަ،ނަސީބެއް މީހާއަށް ކަމެއް ނުވާކަން” އެ ޒުވާނާގެ ބަސްތަކުން އަހަރެންގެ ހިތަށް ތަދުވިއެވެ. ހިތަށް ލިބުނު އުފާވެރިކަން ގެއްލުނެވެ. އަނގައިން ބުނަން ބޭނުންވި ނަމަވެސް އެއްޗެކޭ ނުބުނެ ހުރީ ބުނާނެ ހިތްވަރެއް އަހަރެންގެ ނެތީމައެވެ. އެހެންކަމުން އަހަރެން ހަނު ހުރީމެވެ.

” އަނގައިން ނުބުނެ ހުރީމަ ކަމެއް ނުވާ ކަމަށް ވާނެތަ؟އަނެއްކާވެސް އެ ޒުވާނާގެ އިތުރު ސުވާލެއް އަހަރެންނަށް އަމާޒުވިއެވެ.އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ.
” ދެން ކީއްކުރަންތަ އަހަރެން ސަލާމަތް ކުރީ، ވާނެ ގޮތެއްވާން ދޫކޮއްލި ނަމަ، އަހަރެން ސަލާމަތްވުމަކުން އަހަރެން އެއްވެސް އުފަލެއް ނުވޭ، އަދި އުފާވާނެ އެހެން މީހަކުވެސް ނުހުންނާނެ، އެކަމު އަހަރެން މަރުވިނަމަ ހުރިހާ މީހުންވެސް އުފާވާނެ، އެންމެންވެސް ބޭނުންވާ ގޮތަކީ އެއީ” އެ ޒުވާނާ އިތުރަށް އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ އަހަރެން އެހެންބުނެ އެތަނުން ދުއްވައިގަތީމެވެ. އަހަރެންނަށް ބުނެވުނީ ކީކޭކަން ހުދު އަހަރެންނަށްވެސް ނޭނގެއެެވެ.އަހަރެން ބެލީ އެތަނުން އަވަހަށް ދެވޭތޯއެވެ.

އަހަރެން ދުވަމުން ގެއަށް އައިސް ގެންގުޅުނު ކޮތަޅު ނެތްކަން ހަނދާންވީ ތަޅުދަނޑި ނަގަން އުޅުމުންނެވެ. އަދި އެގަޑީގައި ކޮތަޅު ވެއްޓުނީކަން ހަނދާންވުމުން ޝިޓް އޭ ބުނެވުނީ މާ ލަހުން ހަނދާންވީމައެވެ. އަދި އެ ހޯދަން ދިއުމުގެ ބަދަލުގައި އަހަރެން ދޮރުގެ ބެލް ޖަހާލީމެވެ. ސަބަބަކީ
މީހަކަށް ފެނިއްޖިއްޔާ އެ ނަގާނެކަން އެނގޭތީއެވެ.ދެތިން ފަހަރަކު ބެލް ޖަހާލުމުން ހުޅުވީ ގޭގެ ކަންތަށް ބަލަހައްޓަމުންދާ ކަރަމްއެވެ. އަހަރެން ތެމިފަ ހުރުމުން ކަރަމް ހައިރާންވިއެވެ. އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ އަހަރެން ކޮޓަރިއަށް ގޮސް ތަޅުލީ ކުރާނެ ސުވާލަށް ކުރިމަތިލާނެ ހިތްވަރު އަހަރެންގެ ގައިގަ ނެތީމައެވެ.

ތެމިފަ ހުރި ހެދުން ބަދަލު ކޮއްލުމަށްފަހު އަހަރެން އެނދުގައިޖައްސާލީމެވެ. ވަރުބަލިކަން އިހުސާސް ވުމާއެކު އަހަރެން ދެލޯ މަރާލީ ނިދޭތޯއެވެ. ކުއްލިއަކަށް އަހަރެންގެ ލޯ ކުރިމަތީ މިރޭ ހިނގި ކަންތަށް ސިފަވަމުންދިޔައެވެ.އެ ޒުވާނާގެ ޖާދުލުން ފުރިފައިވާ ދެލޯފެންނަމުންދިޔައެވެ. ހީވަނީ ކުރިމަތީގައި ހުރިހެންނެވެ. އަނެއްކާވެސް އެ ޒުވާނާގެ ވާހަަކަތަށް ހަނދާންވެ ދެލޯ ފެންކަޅިވިއެވެ. ދެލޯ މަރާލުމާއެކު ބޮނޑިވެފައިވާ ކަރުނަތަށް އޭގެ މަގާމު ދޫކޮއް ފައިބަންފެށިއެވެ
“މަންމާ، ކީއްވެ ރީމް ދޫކޮއްލާފަ ދިޔައީ، ރީމް ބޭނުމެއް ނޫން މިތާ ހުންނާކަށް، ބައްޕަވެސް ވަރަށް ދެރަވޭ މަންމަ ނެތީމަ، ބައްޕަ އަބަދު ރޮނީ، ދޮންމަންމަ ވަރަށް ގޯސް، ގޭގެ އެއްވެސް ކަމެއް ނުކުރޭ، ބައްޕައަކަށް އަޅައެއް ނުލާ، ބައްޕަ ބަލަނީވެސް ބޭރު މީހަކު ލައްވާ، މަންމާ، ރީމް ކިހިނެއް ހަނދާނީ، ރީމްގެ ހިތަކަށް ކުޅަދާނައެއް ނޫން ބައްޕަ އުޅޭ ހާލު ބަލާކަށް، ދޮން މަންމަ ރީމްއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް އޯކޭ، އެކަމް ބައްޕަ ނިކަމެތި ވާތަން ބަލާކަށް ކެތެއްނުވޭ” އަހަރެންގެ ހިތުގައިވާ ޝަކުވާތަށް ކަރުނައިގެ ސިފައިގައި ބޭރު ކުރަމުންދިޔައީމެވެ.
ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖެހުމުން ލޮލުން ފައިބައިފައިވާ ކަރުނަތަށް ފޮހެލުމަށްފަހު ހަމަޖެހިލަމުންގޮސް ދޮރު ހުޅުވާލީމެވެ.

ބައްޕަ ފެނުމުން ހައިރާންވި ނަމަވެސް އަހަރެން އެކަން ނުދައްކާ ހިނިތުންވެލީމެވެ. އަދި ބައްޕަ ވަނުމަށް ތަން ދެއްކުމަށްފަހު ގޮސް އެނދުމަތީ އިށީނީމެވެ. ބައްޕަ ގޮނޑި ދުއްވަމުން އައިސް އަހަރެންގެ ކައިރީ ގޮނޑި މަޑުކޮއްލިއެވެ.

” ކަރަމް ބުނި ދަރިފުޅު ތެމިގެން އައި ވާހަކަ، ގެއަށް ގުޅި ނަމައެއްނު” ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ވަރަށް ލޯތްބާއެކު އަހާލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.
” ގެއަށްވެސް ގުޅިން، އެކަމް ފޯނެއް ނުނަގާ” އަހަރެން ގަސްތުގައި ބައްޕައަށް ދޮގު ހެދީމެވެ. އަދި އެނދު މަތީ އިނދެ ބައްޕަގެ އުނގުގައި ބޯ އަޅާލީމެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަތަށް ފައިބައި ކޯތާފަތް ތެއްމަމުން ދެއެވެ. ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ.
” ބައްޕާ، ކީއްވެ އަހަރެމެންނަށް މިހެން މިވީ، އަޅެ މަންމަ އަންނާނެ ނަމަ، ބައްޕަ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަކަ މަންމަ ނުދޭނެ، ބައްޕަ ކީއްވެ ދޮންމަންމަ ދޫ ނުކޮއްލަން ތިއުޅެނީ، ދޮން މަންމަ ނެތަސް އަހަރެމެންނަށް އުޅެވޭނެ،ބައްޕަގެ ހިތަށް ފަސޭހަތަ ބައްޕަގެ މި ލޯބިވާ ދަރިފުޅު ނިކަމެތި ވާތަން ބަލަން، ކީއްވެ ބައްޕާ،ކީއްވެ؟ އަހަރެންނަށް އިތުރަށް އެންމެ ޖުމްލައެއް ބުނާނެ ހިތްވަރުވެސް ނުލިބުނެވެ.އަޑުން އަޑުނަގާ ރޯން ފެށުނީ ހިތުގައި އަޅަމުންދާ ވޭނުންނެވެ. އަހަރެންގެ ލޮލުން ފައިބަމުންދާ ކަރުނަތަކުން ބައްޕަގެ ފަޓުލޫނު ދިޔައީ ފޯވަމުންނެވެ.އަހަރެން އިސްނަގާ ބައްޕައާ ދިމާލަށް ބަލާލަން މަޖުބޫރުވީ ބައްޕަ ރޮއެ ކަހަލަ އިހްސާސެއް ކުރެވެންފެށީމައެެވެ.

“ދަރިފުޅާ، ބައްޕައަށް މާފްކުރޭ، ބައްޕަ ދޮން މަންމައާއި އިނީ ދަރިފުޅަށް މަންމައެއްގެ ލޯބި ހޯދާ ދިނުމުގެ ނިޔަތުގައި، އެކަމް ބައްޕަގެ ދިރިއުޅުން މި ކައިވެނީގެ ސަބަބުން ހަލާކުވެއްޖެ، ދޮން މަންމަ ދޫކޮއްލައިފި ނަމަ ދަރިފުޅު މާ ބޮޑަށް ނިކަމެތިވާނެ، ބައްޕަގެ މަޖުބޫރީ ހާލަތެއް ދަރިފުޅަކަށް ނުވިސްނޭނެ، މި ބައްޕަ ހާދަ ރުއިމެއް ރޮމޭ ދަރިފުޅަށް ކަމެއްވެދާނެތީ، ހާދަ މިހިތުގަ ވޭން އަޅައޭ، ދަރިފުޅަށް ރަނގަޅަކަށް ބައްޕަ މި ކެތްކުރަނީ، އެހެން ނޫންނަމަ މި ބައްޕަ ހިތްފަޅައިގެން މަރުވެދާނެތާ ކިތަންމެ ދުވަހެއް، ބައްޕަ އަބަދުވެސް އެދެނީ ބައްޕަގެ މި ދަރިފުޅަކީ ދިރިއުޅުމުގަ ދިމާވާ ކޮންމެ ކަމަކަށް ކެތްތެރި ކަމާއެކު ކުރިމަތިލާ ހިތްވަރުގަދަ ދަރިއަކަށް ވުން، ބައްޕަގެ ރީމް އެހާ ފިނޑިއެއް ނުވާނެ، މަންމަ ކަހަލަ ހިތްވަރުގަދަ ވާނެ” ބައްޕަގެ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތަށް ހީވީ ތޫނު ތީރު ތަކެއް ހެރެމެންދާ ހެންނެވެ. އަހަރެން ބައްޕަގެ ދެލޮލުން ފައިބަމުންދާ ކަރުނަތަށް ފޮހެލީމެވެ. އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ އަންނަހާ ވަރަށް ބައްޕަ ރުޔެެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކަރަމް ބުނި ޖުމްލައިން ބައްޕަގެ ދެލޯ ބޮޑުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ނޭދެމޭ ވަކިވުމެއް-5

Next

ނާމާން – 13

Next
August 27, 2020

ނާމާން – 13

Previews
August 24, 2020

ނޭދެމޭ ވަކިވުމެއް-5

14 Comments!

  1. Shaima shaee says:
    August 25, 2020 at 7:34 pm

    Vrrrr Reethi keekey baa ebuny karam when next ??????????????????keep it up dear

    1. Sh@_n@ says:
      August 25, 2020 at 7:58 pm

      Thanx Shaima shaee.lets see dhw ebunanee kykey Kan♥️?♥️

  2. ?Kukkyyy? says:
    August 25, 2020 at 10:36 pm

    Amazing ❤️curious for the next part ❤️stay safe ❤️

    1. Sh@_n@ says:
      August 25, 2020 at 10:39 pm

      Thanx kukkyyy♥️

  3. Mal says:
    August 26, 2020 at 9:19 am

    Vvvvvvv reethi!!!❤️❤️❤️
    Eagerly waiting for the next part?

    1. Sh@_n@ says:
      August 26, 2020 at 5:18 pm

      Thanx Mal♥️

  4. ??suru ?? says:
    August 26, 2020 at 10:32 am

    Vvvvvvv ??reeih MI partvas waiting for the next part?????????????????????

    1. Sh@_n@ says:
      August 26, 2020 at 5:20 pm

      Thanx suru?

  5. ?Black pink says:
    August 26, 2020 at 8:17 pm

    Nice… ?❤️…. keep it up.,

    1. Sh@_n@ says:
      August 27, 2020 at 7:57 am

      Thankx ?black pink

  6. ?Ril? says:
    August 26, 2020 at 9:40 pm

    Vrh ves sali
    And vrh interesting ingey
    Ly

    1. Sh@_n@ says:
      August 27, 2020 at 7:59 am

      Thank you so much Ril. Keep waiting next part???

  7. unknown queen says:
    August 27, 2020 at 10:13 am

    Vv reethi..♥️♥️??
    When next??
    Curiously waitingg?
    Keekeytha karam buny????hope the next part will be fab as this part too☺️☺️??

    1. Sh@_n@ says:
      August 27, 2020 at 10:51 am

      Thanx unknown queen♥️let’s see karam keekey thw e bunee

Comments are closed.

Next Episodeލޯބީގެ ހައްގުގައި 4←


All Right Reserved!