ާއަހަރެންނަށް ބުނެވުނީ އެވަރަށެވެ. ކުރިމަތިން ފެނުނު މީހާ ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ. ގަބޫލު ނުކުރެވިގެން، އަހަރެންނަށް ހީވި ގޮތެއް ކަމަށް ބަލާ އަވަސް އަވަަހަށް ދެލޯ މަރާލާ ހުޅުވާލީމެވެ. އެހެންނަމަވެސް މަންޒަރު ތަފާތެއް ނުވިއެވެ. ކުރިމަތީ ހުރީ ކުރިންވެސް ހުރި މީހާއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ކުރާނެ ކަމެއް، ހަނދާނެ ގޮތެއް ނޭނގި ސިކުނޑި ސުމަކަށް ދިޔައެވެ. މުޅި މީހާގެ ގައިން އޮށްދާ ހިއްލަން ފެށިއެވެ. އެހެން ކަމުން އަތުގެ ނުފުށުން އަހަރެން ނިއްކުރި […]
އަ އަޔާ ގޮއް..ގޮއް..ގޮއްސި، އައަ އަހަރެން އަޔާ ދޫކޮއްލައިފިން، ހު ހު ހުރިހާ އުއްމީދެއް ގ..ގެ..ގެއްލިއްޖެ” އަހަރެންނަށް ބުނެވުނީ އެހާ ވަރަށެވެ.އަހަރެންނަށް ދެން ވީ ގޮތެއް ނޭނގުނެވެ. އަހަރެންނަށް ހަމަ ހޭވެރިކަން ވީ އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކުޑަކޮށް ތެދުވެލުމަށްފަހު ފަރާތް ފަރާތަށް ބަލާލީމެވެ. އޭރު ކައިރީގައި ކަރަމް އިށީނދެގެން އިނެވެ. ” ކިހިނެއްވީ ރީމް، އެއްޗެއް ބޭނުންވީތަ” އަަހަރެން ކުޑަކޮށް ތެދުވެލުމުން ކަރަމް އެހިއެވެ. އަހަރެން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލީ މީހަކާ […]
” އަޔާ ކީއްވެ އެއްޗެކޭ…..ނުނުނު…ތި ހީކުރާ ކަހަލަ ކަމެއް ނުވޭ، އަހަރެންނަށް ބުނެވުނީ އެހާ ވަރަށެވެ. އަޔާ އަހަރެންގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލިއެވެ. އަހަރެން ނުވިސްނާ ހުއްޓާ އަޔާގެ އެ އަމަލުން އަހަރެން ބިންމައްޗަށް ވެއްޓުނެވެ. ގަބޫލު ނުކުރެވިފައި އަހަރެންނަށް އަޔާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އަހަރެން ދުވަހަކުވެސް އަޔާގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދެއް ނުކުރަމެވެ. އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތީ އަޔާ އަހަރެންނަށް އިތުބާރު ނުކުރީތީއެވެ. ” އޯ އައި އެމް ސޮރީ، […]
ބަދިގެއަށް ގޮސް ޖޫސްތައްޓެއް ބުއިމަށްފަހު ބޭސް ގުޅައެއް ކާލީ ބޮލުގެ ރިހުމަށް ލުޔެއް ނުލިބުމުންނެވެ. އަދި ސޯފާގަ ޖައްސާލީމެވެ. އަދި އިރުކޮޅެއް ނުވެ ގޭގެ ބެލް މީހަކު އަޅާލުމުން ކަރަމްއަށް ގޮވާލީމެެވެ. ކަރަމްގެ ހަބަރެއް ނުވުމުން އަަހަރެން ގޮސް ދޮރު ހުޅުވީމެވެ. މާ ބޮނޑިން މޫނު ފޮރުވައިގެން ހުރި މީހާ ފެނިފައި އަހަރެންނަށް ހިނިތުންވެވުނެވެ އަދި އަޔާއޭ ކިޔާ ގޮވާލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އެމީހާ އެ މާ ބޮނޑި އެއްފަރާތް ކޮއްލަމުން ހީލިއެވެ. އެމީހާގެ މޫނު […]
އަހަރެން އަވަހަށް މާނިއުއަށް ގުޅަން އުޅުނީމެވެ. އެހެންނަމަވެސް އެ ފޮޓޯ ފޮނުވި ނަމްބަރ އިން ފޮނުވި މެސެޖް ފެނިފައި އަހަރެންނަށް ހީވީ އަހަރެންގެ ބޮލުގައި މީހަކު ބާރު އެތިފަހަރަކުން ޖެހި ހެންނެވެެ. ” މީގެ އެއްވެސް ވާހަކަ އެއް އެއްވެސް މީހަކު ކައިރީ ނުބުނާތި، ބުނެފިނަމަ ދެ ވަނަ ފަހަރަށް އަޔާޒް ނުފެންނާނެ، ޝުކުރު ކުރޭ އަދި އަޔާޒް ސަލާމަތުން ހުރީތީ” ދެތިން ފަހަރު އަހަރެން އެ މެސެޖް ކިޔާލީ ގަބޫލު ނުކުރެވިގެންނެވެ. އެއްކޮޅުން އަހަރެން ހިތް […]
ގޭގެ ދޮރުހުޅުވާލުމަށްފަހު ދޮންމަންމަ ކޮބާތޯ އެކޮޓަރިއާ ދިމާލަށް އަހަރެން ދިޔައީމެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު ހަބަރެއް ނުވުމުން ތަޅުގައި ހިފާ އަނބުރާލީމެވެ. އިސާހިތަކު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ހަމަ އެއާއެކު ފެނުނު މަންޒަރުން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ބައްޕާއޭ ކިޔާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެ ކޮޓަރި ތެރެއަަށް ދުއްވައިގަނެވުނެެވެ. ބައްޕަ އޮތް ގޮތް ފެނިފައި އަހަރެންނަށް ރޮއެ ގަނެވުނެވެ. ބިންމަތީގައި ބައްޕަ ވެއްޓިފައި އޮތް އިރު ގޮނޑިވެސް ވަނީ ވެއްޓިފަވެއެވެ. އަހަރެން ބައްޕަ […]
ބައްޕަ އަހަރެންގެ އަތަށް ހުރިހާ ލިޔެކިޔުމެއް ލައިދިނެވެ. އަހަރެން ފައިލް ހުޅުވާ ގަނޑުތަށް އުކަންފެށީ ގަބޫލުނުކުރެވިގެންނެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ބައްޕަގައިގަ ވަރަށް ލޯބިން ބައްދާލީމެވެ. ” ދަރިފުޅާ ދެން ދެރަނުވާތި، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް މި ހައްލުވީ” ބައްޕަ ވަރަށް ލޯބިން ބުނެލިއެވެ. ” އެކަމް ބައްޕާ،ރީމް އަަށް ފެންނަނީ ދޮންމަންމަ ވަރި ނުކޮށް އަދި ބަހައްޓަން، އަދި މީގެ އެއްވެސް ވާހަކައެއް ނުބުނަން، ހަމަ ރަނގަޅުވެސް ވެދާނެ […]
” ދޮގު ނަހަދަ ބުނޭ، އަހަރެންގެ ބައްޕައަށް ކީއްކުރީ” އަހަރެންނަށް ރޮވެމުން ބުނެވުނެވެ. “އަހަ، މީހަކު ރޮއެވަރުގެ ކަމެއް އަދި ނުވޭ، ހަމަ އެކަނި އެންމެ ހަތަރު ގުޅަ ނިދާ ބޭސް ދިނީ” ދޮންމަންމަގެ ޖުމްލައިން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އަތަށް ބާރުލާ ދޮންމަންމަގެ ކޯތާފަތްމަތީ ޖަހަން ހިތަށް އެރި ނަމަވެސް ކެތްކޮއްލީ ބައްޕަ ދެއްކި ވާހަކަ ހަނދާން ވުމުުންނެވެ.އަދި ރީތިކޮށް ދޮންމަންމައާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. ” އެކަމް، ކީއްވެ ބައްޕައަށް […]
އަ”އަ އަހަރެންވެސް ވަރަށް ލޯބިވޭ” އަހަރެން އުފަލުން އަޑު ނުކުންނަނީވެސް ކިރިޔަ ކިރިޔާއެވެ. އަދި އަޔާގެ ކުރިމަތީ އެއްފައި މައްޗަށް އިށީނދެ އެ މަލުގައި އަޔާގެ އަތާ އެއްކޮށް ހިފީމެވެ. އޭރު އަހަރެންގެ ލޮލުން ފައިބަމުންދަނީ އުފާވެރިކަމުގެ ކަރުނައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަހަރެން ހީކުރީ އަހަރެންގެ އުމުރު ނިމިގެން ދާނީ އަޔާގެ ރައްޓެއްސެއްގެ މަގާމުގައި ހުރެ ކަަމަށެވެ. އެހެންނަމަވެސް އަހަރެންނަށް އަޔާގެ ލޯބި ލިބުނީއެވެ. އެ ލޯތްބަށްޓަކައި އަހަރެންގެ އެތަށް ކަމެއް ބަދަލުކުރީމެވެ. ﷲގެ އިރާދަފުޅުން […]