Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 7

Sh@_n@ Level 410 Stories100 Comments100 Login
September 5, 2020 4 Mins Read
11 Comments

” ހާދަ ރުޅި އައިސަ” މެސެޖް ކިޔާލުމަށްފަހު ފޯނު ދަބަަހަށްލީ އެމީހާ ދެކެ އައި ރުޅިންނެވެ. އަހަރެންނަށް ސިހުންލިބުނީ ކުއްލިއަކަށް އަހަރެންގެ އަތުގައި އަޔާ ހިފުމުންނެވެ.

އަޔާގެ ކުއްލި މިހަރަކާތުން އަހަރެން އިނީ ލަދުން ގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. އަހަރެން ލަދުގަތްފަ އިން ވަރު އަހަރެންގެ މޫނަށް ބަލާލި ކޮންމެ މީހަކަށް އެނގޭހާ ވަރުވާނެއެވެ. އެވަގުތު ކޮޅަކީ އުފާވެރި ވަގުތު ކޮޅެއް ނަމަވެސް އަހަރެން އިނީ އަހަރެންގެ ހިތް ތެޅޭ އަޑު އިވޭލެއް ބާރުކަމުން އިސްއުފުލާ ބަލާލަންވެސް ނުކެރިފައެވެ. އަނެއްކޮޅުން އަހަރެންގެ މޫނު އަޔާއަަށް ފެނިއްޖެނަމަ އަހަރެންގެ ހިތުގައި އަޔާއަށް އޮތް މަގާމް ހަމަ ރަނގަޅަށްވެސް ބޭޒާރުވާނެއެވެ.

އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އެހެން އިނުމުން އަޔާ އަހަރެން އަތުން ދޫކޮއްލިއެވެ. އެހާ އަވަހަށް އެ އުފާވެރި ވަގުތު ނިމުމުން އަހަރެން ދެރަވިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެކޭ ނުބުނަމެވެ. ދެމީހުންގެ މެދުގައި ކަންތަށް ވެފަ އޮތް ގޮތުން އަޔާއަށްވެސް އަދި އަހަރެންނަކަށް ވެސް އިސްވެ އަނގައިން ބުނާކަށް ނުކެރުނެވެ. ބަލާބެލުމަށް އަޔާވެސް އިނީ ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގިފައެވެ.

” މި މ..މި..ރޭގަ މެސެޖް ކުރިން ކުލާހަށް ނާންނަނީ ކީއްވެހޭ ކިޔާފަ، އެކަމް ރިޕްލައި ނުކުރެ، މާފަށްވެސް އެދުނިން،އަދި ވެސް ރުޅި އައިސަތަ؟
އަޔާގެ ޖުމްލައިން އަހަރެންނަށް އުފަލުން ގޮސް ހަޅޭލަވާ ނުގަނެވުނީ ކިރިޔާއެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.އެހެން މީހަކު މެސެޖް ކުރި ކަމަށް ހަދައިގެން ހުއްޓާ މި އެނގުނީ އެއީ އަހަރެންގެ އަޔާ ކުރި މެސެޖްކަމެވެ.އުފަލުންގޮސް އަހަރެންނަށް ބައްތިރީސް ދަތް އެއްކޮއް ފެންނަ ވަރަށް ހެވުނެވެ.
” އަޔާ….” އަހަރެންނަށް ބުނަން އުޅުނު ޖުމްލަވެސް އަރުގައި ތާށިވީ އަޔާ ބަލަން އިން ގޮތުންނެވެ. އަދި އަހަރެންނަށް ބުނެވުނު ގޮތް ހަނދާންވެ އިސްދަށަށް ޖަހާލާ ޖުމްލަ ފުރިހަމަ ކޮއްލީމެވެ.
” އައި މީން..ސަ ސަރ، ސަރ އަށް މާފް ކޮއްފިން.”ސަރ ކިޔަން އުނދަގޫ ވިޔަސް އެވަގުތު އެ ނޫން ގޮތެއް ނެތިގެން އަހަރެން ހިތާ ދެކޮޅަށް ފުރަތަމަ ފަހަރަށް ސަރ ކިޔައިގެން ވާހަކަ ދެއްކީމެވެ.

އަޔާ ހިނިތުންވެލުމަށްފަހު އަހަރެންނަށް ފަހަރަކު ފިލާވަޅެއް ކިޔާދެމުން ދިޔައެވެ. ހިސާބަކީ އަހަރެން އެންމެ ފޫހިވާ މާއްދާއަށް ވީ ނަމަވެސް މަޑުމަޑުން އަހަރެންނަށް ގަޔާވާންފެށުނެއެވެ. ނަމްބަރެއް ކިޔާ ދިނުމަށްފަހު އެ ނަމްބަރ އަލުން ހަދުވަން ޖެއްސިއެވެ.އަހަރެން އިންނަން ޖެހެނީ އަޔާ ކުރިމަތީ އިންނާތީ ލިޔާންވެސް ލަދުންނެވެ. ގަލަމާ ކުޅެލަ ކުޅެލަ އިނީއެވެ. ހަގީގަތުގައި ނަމްބަރ ނުބައިކޮށް ހެދި ދާނޭތީ އަހަރެން ބިރުގަންނަނީއެވެ. އަހަރެން ސިއްސައިގެން ދިޔައީ މޭޒުމަތީގައި މާކަރުން އަޔާ ޖެހުމުންނެވެ. އަދި އަތުގަ އޮތް ގަލަން އެގަޑީގައި ވެއްޓުނެެވެ.

އަހަރެން ގަލަމުގަ ހިފަނިކޮށް އަހަރެންނަށް ހިފުނީ އަޔާގެ އަތުގައެވެ.އަޔާ ގަލަން ނަގަން ގުދުވި ކަމެއް އަހަރެންނަކަށް ނޭނގެއެވެ.އަހަރެން އަޔާއަށް ބަލާލީމެވެ. އަޔާގެ އެ ބެލުމުން އަހަރެންގެ ހިތް ދިޔައީ ތޮރުފަމުންނެވެ. އެތެރެ ހަށީގައި ހީވަނީ ބޮޑު ހައިޖާނެއް އުފެދިގެން އުޅޭހެންނެވެ. ދެމީހުން ދެމީހުންނަށް ގެއްލިފައި އެގޮތުގައި ތިބެވުނެވެ.އަޔާގެހިތުގައިވަނީ ކީކޭ ކަމެއް އަހަރެންނަކަށް ނޭނގެއެވެ.ދެމީހުންނަށް ހޭވެރިކަންވީ ވަރަށް ކައިރިން މީހަކު ކަރު ކެހިލުމުންނެވެ. ދެމީހުންވެސް އަވަސް އަވަހަށް ތެދުވެލާ ހަމަ ޖެހިލީމެެވެ.

“ރީމް، ތިގޭ ޑްރައިވަރު ކަންނޭނގެ، ވަަރަށް ގިނަ އިރު ވެއްޖެ މަޑުކޮއްގެން އެތާ އޮންނަތާ” ހަނާ އެހެންބުނުމާއެކު އަހަރެން އަވަހަށް ފޯނު ނަގާ ބަލާލީމެވެ.ތެދެކެވެ. 10 މިސްކޯލް އެބަ އޮތެވެ. އަހަރެން އަވަސް އަވަހަށް ފޮތްތަށް ހިފައިގެން ތެދުވެ ދަނީ ކަމަށް ބުނެ ދުވަމުން ނުކުތީމެވެ. އަހަރެން ދިޔަގޮތަށް ގޮސް އަވަހަށް ކާރަށް އަރާ ހަމަ ޖެހިލީމެވެ. އޭރުވެސް އަހަރެންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. ހިތަށް ލިބިފައިވަނީ ބުނަން ނޭނގޭ އުފާވެރިކަމެކެވެ. އަދި ހިތާ ހިތުން ދުއާ ކުރެވުނީ އަޔާގެ ހިތުގައިވެސް އަހަރެންނަށް ހާއްސަ މަގާމެއް ލެއްވުން އެދިއެވެ.

ދުވަސްތަށް ފާއިތުވަމުންދަނީ ހީ ނުކުރާހާ ހަލުއިމިނުގައެވެ. އަހަރެންނާ އަޔާގެ ދެމެދުގައި އޮތް ދުރުކަން މިހާރު ވަނީ އެކުވެރިކަމަށް ބަދަލުވެފައެވެ.
ދެމެދުގައި މާ ބޮޑު ވާހަކަ އެއް ނުދެއްކުނަސް މަދުމަދުން ދިރިއުޅުމުގެ ވާހަކަ ދެކެވެންފެށިއެވެ. އަޔާގެ ހިތްވަރާއެކީ ކިޔަވަން ގެއްލުނު ޝައުގުވެރިކަން ލިބި އަލުން ގަދަ ހިތްވަރާއެކު ކިޔަވަން ފެށީމެވެ. ހުރިހާ މާއްދާ އަކުން އަޔާ އަހަރެންނަށް ބުނެދެމުން ދިޔައެވެ.މީގެ ކުރިން އަހަރެންނަކީ ކުލާހުގައި މީހާ އިނެއްކަމަކު، ސިކުނޑި އެހެން ވިސްނުމެއްގައި އަބަދުވެސް އިންނަ މީހެކެވެ. ނަަމަވެސް މިހާރު ނޭނގޭ އެއްޗެހި އޮޅުންފިލުވާ ކްލާހުގައި ވެސް ފިލާވަޅުތަށް ހަދަމެވެ. ކުރިން އަހަރެންނަކީ ކުރި އަށްދާން ބޭނުންވާ ދާއިރާވެސް ބުނަން ނޭނގޭ މީހެކެވެ. އެހެންނަމަވެސް މިއަދު ބުނަން ކެރެއެވެ.އަހަރެން ބޭނުންވަނީ އަޔާ ކަހަލަ ޓީޗަރަކަށް ވާށެވެ.

އަހަރެން މަދުމަދުން ކަރަމް އާ އެކީ ބަދިގޭގައި ކެއްކުމުގައި ވެސް ހަރަކާތްތެރިވަމުންދިޔައީމެވެ. އަހަރެންގެ މި ބަދަލަށް އެންމެ އުފާކުރަނީ އަހަރެންގެ ބައްޕައެވެ. ކަރަމްވެސް އަހަރެންގެ މި ބަދަލަށް ހުރީ ހައިރާންވެފައެވެ. އަޔާގެސަބަބުން އަހަރެންގެ ދިރިއުޅުމަށް މިހާ ބޮޑު ބަދަލެއް ގެންނަން ހިތްވަރު ދިނީތީ އަހަރެންގެ ހިތުގައި އަޔާއަށް އޮތް މަގާމް އެތަށް ގުނައެއް އިތުރުވެގެން ދިޔައެވެ.

ބައެއް ފަހަރު އަޔާގެ އަމަލުތަކުން އަޔާވެސް އަހަރެންދެކެ ލޯބިވޭ ހިތް ބުނެއެވެ.އެހެންނަމަވެސް އަނެއްބައި ފަހަރު އަޔާ އެގޮތަށް ކަންތަށް ކުރަނީ އަހަރެންނަކީ ހަމަ އަސްލަަށްވެސް އެކުވެރިއަކަށް ބަލާތީއޭ ހިތަށް އަރައެވެ. އަޔާގެ ހިތުގައިވާ އެއްޗެއް ނޭނގޭތީ އަހަރެންވެސް އަހަރެންގެ ލޯބި ސިއްރު ކުރީމެވެ.
ޓެސްޓުތަށް ކައިރިވާ ވަރަކަށް އަހަރެންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އެހެންނަމަވެސް ބައްޕައާއި އަޔާގެ ހިތްވަރުގަދަ ބަސްތަކުން އަހަރެންނަށް އިތުރު ހިތްވަރެއް ލިބި އެންމެ މަތިން ހުރިހާ މާއްދާއަކުންވެސް ފާސްވިއެވެ.އެކަމުގެ އުފަލުގައި ބައްޕަގެ އެދުމުގެ މަތިން ގޭގައި ކުޑަ ކެެއުމެއް ބޭއްވީމެވެ. އަދި ކުލާސް ކުދިންނާއި އަޔާއަށް ދައުވަތު ދިނީމެވެ.މި ދަނޑިވަޅުގައި ދޮންމަންމަ މާލޭގައި ނެތްކަން އެއީ އަހަރެންގެ ނަސީބެވެ.އެހެންނޫންނަމަ އެ އެންމެންގެ ކުރިމަތީގައި ހަޅޭލެވީހެވެ.

އަހަރެން އިންތިޒާރު ކުރަމުންދިޔައީ އަޔާ އަންނާނެ އިރަކަށެވެ. ކްލާސް އެހެން ކުދިންވެސް އަޔާގެ އިންތިޒާރުގައި ތިއްބެއެވެ.

” ދަރިފުޅާ، އިރުކޮޅަކާ ގަޑިއަށް ތި ބަލަނީ ކީއްވެ، އަދި އެއްބަޔަކު މަދީތަ” ބައްޕަގެ ސުވާލުން އަހަރެން ހުއްޓުނެވެ.
“މި އަޔާ…މި ބުނީ ސަރ އަންނަންދެން، އެހެންކުދިންވެސް އެތިބީ ސަރ އައިމަ ކާން ފަށަން ވެގެން، ފޯނެއްވެސް ނުނަގާ” އަހަރެން ލަސްލަހުން ބުނެލީމެވެ.
” އެކުދިން ކައިރީ ބުނޭދެން ސަރ ނަޔަސް ކާން ފަށާށޭ، އެހެންނޫނީ މާ ބޮޑަށް ލަސްވެދާނެ” ބައްޕަ އެހެން ބުނުމުން އާ އެކޭ ބުނުމަށްފަހު އަހަރެން އެކުދިންގެ ގާތުގައި ކާން ފެށުމަށް ބުނީމެވެ. އޭރުވެސް އަހަރެންނަށް އިރުކޮޅަކާ ދޮރާ ދިމާލަށް ބަލާލެވެ.

ހުރިހާ ކުދިން ގެޔަށް ދިއުމުން އަހަރެން އަނެއްކާވެސް އަޔާގެ ފޯނަށް ގުޅާލީމެވެ. އެހެންނަމަވެސް އެއްވެސް ހަަބަރެއް ނުވެއެެވެ.އަހަރެން އައި ރުޅިން ނުވެސް ކައި ދިޔަ ގޮތަށް ކޮޓަރިއަށްވަނީމެވެ. ނަސީބަކުން ބައްޕަވެސް ވީ ކޮޓަރީގަ ކަމުން އަހަރެން ހިތް ހަމަ ޖެހުނެވެ. އިރުކޮޅެއްނުވެ ފޯނު ރިންގްވާން ފެށުމުން އަހަރެން ބަލާލީމެެވެ. ގުޅަނީ އަޔާއެވެ. ބަލާކަށް ނުހުރެ ފޯނު ނަގާ ހަޅޭލަވައި ގަތީމެވެ.
” ދެން ކީއްކުރަން ތި ގުޅަނީ، އަހަރެން ގުޅާ ގުޅާ ވަރުބަލި ވެއްޖެއެވެ. ނާދެވެންޏާ އެޓްލީސްޓް އަންގާލިނަމަ، އެހާ ގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހުނީ ހެންނު، އަނެއްކާ ހުރިހާ ކުދިން ގޮއްސި” އަހަރެން ފަތި ފައްޗަށް ހުރިހާ އެއްޗެއް ކިޔާލީމެވެ.އަޔާ އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ.
“ތިހެން އެއްޗެހި ކިޔަން ހުންނާނީތަ ނޫނީ ގެޔަށް ވައްދާނީތަ، ނުވައްދަންޏާ ގޮސްދާނަން” އަޔާ އެހެން ބުނުމާއެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ.ގޭ ދޮށުގަހޭ ކިޔާ ދުއްވައިގަނެވުނެވެ.

އަހަރެން ގޮސް ދޮރު ހުޅުވި އިރު އަޔާ ހުއްޓެވެ. ހާދަހަ އަވަހަކަށޭ ތިޔައީ އަހަރެން ބުނެލީ މާ ލަހުން އައި މައެވެ.ވަންނަން ތަން ދެއްކުމަށްފަހު އަހަރެން ސިޓިންގްރޫމަށް މިސްރާބު ޖެހީމެއެވެ. އަޔާގެ އެއްވެސް ހަބަރެއް އަޑެއް ނީވުމުން އަހަރެން ފަހަތްބަލާލީމެވެ. އަޔާ އެއްފައި މައްޗަށް އިށީނދެ އަނެއް އަތުން ފިނިމަލެއް ދިއްކޮއްގެން އިނެވެ. އަހަރެން ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. އަޔާގެ މި ހަރަކާތުން އަހަރެން ހަމަ ރަނގަޅަށްވެސް ހައިރާންވިއެވެ. އަޔާގެ ފަރާތުން މިކަހަލަ ކަމެއް ފެންނާނެ ހިޔެއްވެސް ނުކުރަމެވެ.
” ވިލް ޔޫ މެރީ މީ، އަހަރެންނަށް އެހެން މީހުން ބުނާހެން މާ ޑްރާމާކޮއް ބުނާކަށް ނޭނގެ، އެނގޭހާވެސް އެއްޗަކީ ފެނުނު ފުރަތަމަ ދުވަހުވެސް މިހިތުން ޖާގައެއް ދެވުންކަން، ވަރަށް ވަރަށް ލޯބިވާކަން، އެނގޭ އަދި މާ އަވަސްކަން، ރީމް ބޭނުން ދުވަހަކުން މެރީ ކުރަން އިންތިޒާރުވެސް ކުރާނަން” އަޔާގެ ކޮންމެ ޖުމްލައެއް އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. އުފަލުންގޮސް އަހަރެންނަށް ރޮވުނެވެ. މިހުރިހާ ދުވަހު އަހަރެން ހިތުގައި ފޮރުވާފައިވާ ލޯބި ހާމަ ކުރަން ބޭނުންވިއެވެ.
” އަ އަހަރެންވެސް ވަަރަށް ލޯބިވޭ” އަހަރެން އުފަލުން އަޑުވެސް ނުކުންނަނީ ކިރިޔަ ކިރިޔާއެވެ. އަދި އަޔާގެ ކުރިމަތީއެއްފައި މައްޗަށް އިށީނދެ އެ މަލުގައި އަޔާގެ އަތާ އެއްކޮށް ހިފީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އިންތިހާ – 1

Next

ލޯބީގެ ހައްގުގައި 8

Next
September 7, 2020

ލޯބީގެ ހައްގުގައި 8

Previews
September 5, 2020

އިންތިހާ – 1

11 Comments!

  1. Sh@_n@ says:
    September 5, 2020 at 7:39 pm

    Hii hurihaa kudhin, kihineh hurihaa kudhin 7 th part up vehje, mi partvess kamudhaane kamah uhmeedhu kuran.
    Stay safe♥️?

  2. ?Scarlet? says:
    September 5, 2020 at 8:57 pm

    Vvvvvvvv Vvvvvvvv furihama mi story MaShaaAllah…. ? ? specialy this part! Ayaa is Sooo cute… ???

    1. Sh@_n@ says:
      September 5, 2020 at 9:12 pm

      Thank you so much Scarlet.?♥️?

  3. ?Ril? says:
    September 5, 2020 at 9:51 pm

    Wow mi part ves vrh sali ?????
    Masha Allah ???????
    Allhamdulilaahi Ril Hama baraabaru sis kihinehtha ???????
    Vrh sali mi part ?????❤❤❤❤
    And finally proporse kuree dhw OMG i am so happy.❤❤❤❤❤❤
    When next❤❤❤❤???
    Luv uuuu ???????
    Stay safe ❤❤❤❤??

    1. Sh@_n@ says:
      September 6, 2020 at 8:05 am

      I am fine Ril. Varah ufaavehje mi partvess kamudhiyaima, Insha Allah mondayga next part♥️??
      Stay safe dear

  4. Ram says:
    September 6, 2020 at 9:47 pm

    Vvvvvv reethi maasha allah ??????

    1. Sh@_n@ says:
      September 7, 2020 at 10:20 am

      Thank you so much Ram♥️

  5. ??SHABAKKO10❤️❤️ says:
    September 7, 2020 at 1:23 pm

    ❤️❤️❤️❤️❤️Varah Reethi Masha Allah
    #???#

    1. Sh@_n@ says:
      September 7, 2020 at 2:47 pm

      Thank you so much SHABAKKO10♥️♥️

  6. ✨Anaa naako✨ says:
    September 7, 2020 at 3:36 pm

    Vrh reethi Masha Allah❤️❤️ waiting for the next part

    1. Sh@_n@ says:
      September 7, 2020 at 8:17 pm

      Thank you so much Anaa naako♥️♥️?

Comments are closed.

Next Episodeލޯބީގެ ހައްގުގައި 8←


All Right Reserved!