ލޯބީގެ ހައްގުގައި
އިރު އޮއްސި ފަހެއް ޖަހަނީއެވެ. އަތްމަތި އަވަސްކޮއް ލުމަށްފަހު ފޮތްތަށް ހިފައިގެން އަހަރެން ދުއްވައިގަތީ ކޮ ލެޖްގެ ގަޑިޖެެހެން ކައިރިވެފައި ވުމުންނެވެ. އަހަރެންނަކީ އަބަދުވެސް ގަޑިއަށް ކު ލާހަށްދާ މީހަކަށްވުމުން މިއަދުވެސް އަހަރެންބެ ލީ ގަޑިއަށް ދެވޭތޯއެވެ. އަހަރެން ގަޑި ނުޖެހި އަަބަދުވެސް ކު ލާހަށްދާ ކަން އެހެން ޓީޗަރުންވެސް ފާހަގަކުރެއެވެ. އެހެންކަމުން އަވަސް ހިނގުމުގައި ކޮ ލެޖަށް މިސްރާބު ޖެހީމެވެ.
ގެއިން ނިކުތްފަހުން ބޯމަތި ކޮއްފައިވާ ވިއްސާރަ ވި ލާގަނޑު ފެނުނެވެ. އެހެންނަމަވެސް އަނބުރާ ގެއަށް ކުޑަ ބަ ލައި ގޮސްފިނަމަ ދެން ގަޑި ނުޖެހި ކޮ ލެޖަށް ނުދެވޭނެކަން އެނގެއެވެ. އެހެންކަމަށްވުމާއެކު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަހަރެން ދުވެފައި ކޮ ލެޖަށް ދިއައީ ކު ލާސް ނިމުމުން ބަ ލާ އަންނަން ގެއަށް ގުޅާނީއޭ ހިތު ލައިގެންނެވެ.
ކު ލާސް ނިމިގެން ނިކުތްއިރު ކަމަކު ދާކަށްނެތެވެ.ކޮ ލެޖް ތެރޭގައި ކުދިންތަށް ފުނިޖެހިފައި ތިބީ ވާރޭ ވެހޭ ލެއް ބޯކަމުން ގެއަށް ނުދެވިފައެވެ. އަހަރެން އެހެންކުދިން ނާ އެއްފަރާތް ވެ ލަމުން ގޭގެ ނަމްބަރަށް ގުޅާ ލީމެވެ. ފޯނެއް ނުނަގައެވެ. އަހަރެން މާޔޫސްކަމާއެކު ދެފަރާތަށް ބޯހޫރާ ލާ ދެ ލޯ މަރާ ލުމަށްފަހު އެންމެ ފަހު ފަހަރު ކަމަށް ބަ ލާ ގުޅާ ލީމެެެވެ.
” ކިހިނެއްވީ” އިވިގެންދިޔަ ހަރުކަށި ސުވާ ލުން އަހަރެންގެ އަޑު އަރުގައި ތާށިވި ކަހަ ލައެވެ. ބުނާނެ އެއްޗެއް ދު ލުކުރިއަަށް ނައެވެ.
ދެ ލޯ ފެންކަޅިވެ ގަބުވެފައި ހުރެވުނީއެވެ.
“ރީމް” އަހަރެން ސިއްސައިގެންދިޔައީ ވަރަށް ބާރަށް އަހަރެންގެ ނަމުން ގޮވާ ލުމުންނެވެ. އަޅަ އަޅައި ގަންނަމުން އަހަރެން ނަށް ބުނެވުނީ ދެތިން ބަހެކެެވެ.
” ބަ…ބައް..ބައްޕަ ކޮބާ؟” ހިތްވަރު ކޮއް ލާފައި އަހަރެން އަހާ ލީ
މެވެ. އަހަރެން ބުނަން އުޅުނީ ކީކޭކަން ހަނދާން ނެތި އަހަރެން ނަށް އަހާ ލެވުނީ ހަމަ އެކަނި އެހެންނެެވެ.
” މަށަކަށް ނޭނގެ” އެހެންބުނެ އެމީހާ ފޯނު ކަނޑާ ލީއެވެ. އަހަރެންގެ ލޮލލ ލުން އިސާހިތަކު ކަރުނަ އަންނަންފެށިއެވެ. އެހެންމީހަކު އެތާ ނެތްކަން އެއީ އަހަރެންގެނަސީބެވެ. ލޮ ލުގެ ތެރެއަށް ބޮނޑިވެފައިވާ ކަރުނައިގެ ތެރެއިން ކް ލާސް ކުއްޖަކު އަންނަތަން ފެނުމާއެކު އަހަރެން ކަރުނަތަށް އަތުގެ ނުފުށުން ފޮހެ
ލާ ހަމައަކަށް އެޅެ ލީމެވެ.
“ހައި ރީމް، އަދިވެސް ނުދަންތަ، އެހާ އަވަހަށް ކް ލާހުން ނުކުތީމަ ހީކުރީ ދިޔައީ ކަމަށް، ވާރޭ ވެހޭ ލެއް ބޯ ކަމުން ނުދެވިފަ ދޯ”
ހަނާގެ ސުވާ ލަށް އަހަރެން ބޮ ލުގެ އިޝާރަތުން އާއެކޭ ބުނެ ލީމެވެ.
ހަނާ އިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށްފަހު ބަ ލާ އައިސި ކަމަށް ބުނެ ދާން ހިނގައިގަތެވެ. އަހަރެން ހަނާއަށް ގޮވާ ލީ ކަމެއް ކޮއްދޭށޭ ބުނާ ބީދައިންނެވެ. ހަނާ އަހަރެންނާ ދިމާއަށް ބަ ލާލލލ
ލުމަށްފަހު ހީ ލިއެވެ.
” ހަނާ ދާއިރު އަހަރެންގެ ފޮތްތަށް ގެންގޮސްދޭން ވީނު، މާދަމާ އަންނައިރު ގެނެސްދޭން، އަހަރެން ހިނގާ ލާފަ ގެއަށް ދާން ބޭނުންވާތީ، ޓެކްސީއެއްވެސް މިރެއަކު ހިޔެއް ނުވޭ ލިބޭނެ ހެނެއް؟ އަހަރެން ބުނެ ލީމެެވެ. ޓެކްސީގައި ދެވޭނެ ވަރަށް ރުފިޔާ ހުރެމެ އަހަރެން ބޭނުންވީ އެކަނިވެ ލާށެވެ.
” އޯކޭ، ތީ އެވަރު ކަމެއް ނޫނެއްނު، އެކަމު ރޭގަނޑު ވާރެއާ ތެމުނީމަ ބަ ލިވެދާނެ، ހިނގާ އަހަރެންނާ އެކު ކާރުގަ، ބައްޕަ ކައިރީ ބުނީމަ ގެންގޮސްދޭނެ” ހަނާ ވަަރަށް ލޯތްބާއެކު އެނދުނެވެ. އެހެންނަމަވެސް އަހަރެން ވަގުތުން ދެކޮޅުހެދީމެެވެ. އެއީ އަހަރެން ބޭނުންވީ އެކަނިވެ ލުމަށެވެ.ހިތް ފުރޭވަަަރަށް ރޯ ލުމަށެވެ. އަހަރެން ދެކޮޅުހެދުމުން ހަނާ އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އަހަރެންގެ ފޮތްތަށް ހިފައިގެން ދިޔައެވެ.
ހަނާ ދިއުމުން އަހަރެން އެތާ ތިބި ކުދިންގެ ތެރެއިން ނުކުމެ ދުއްވައިގަތީ ކައިރީގައި ހުރި ފިހާރަޔަށް ދިއުމަށެވެ. މަގުމަތިން ހިނގާފަދާ މީހުން ފެންނަ ލެއް ވަކި މަދެއް ނޫނެވެ. ކުޑަ ނަަގައިގެން ސައިކަ ލްގަ ދާ މީހުންވެސް ވަކި މަދެއް ނޫނެވެ.
ފިހާރަ ދޮރުމަތީ މަޑުކޮއް ލީ ކޮއްމެސް ވަރަކަށް ތެމިފަ ހުރީމައެވެ. އަތުން ހަނާ އަޅާ ލުމާއެކު ފިހާރައިގަ ހުރި މީހާ އައުމުން ބޮޑު ކޮތަޅެއް ވިއްކުމަށް ބުނެ ލީމެވެ. އެމީހާ ކޮތަޅު ދިނުމުން ރުފިޔާ ދިނުމަށްފަހު ދަބަސް ކޮތަޅަށް ލާ ރަނގަޅަށް ގޮއްޖަހާ ލީ ފެން ނުވަންނަ ގޮތަށެވެ. އަހަރެން ހިނގައިގަތީމެެވެ. ވެހެމުންދާ ވާރޭގައި އަހަރެން މަޑުން ހިނގަމުން ދިޔައީ އަހަރެންގެ ދިރިއުޅުމާ ދޭތެރޭ ވިސްނަމުންނެވެ. އަހަރެންގެ ބަދުނަސީބު ކަމާމެދުގައެވެ.
އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ.އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެންދެެކެ ވަރަށް
ލޯބިވެއެވެ.އަހަރެންނަކީ ކިޔަވަން މޮޅު މަންމަ އާއި ބައްޕަގެ ބަސްއަހާ ކިޔަމަންތެރި ކުއްޖަކީމެވެ.އެހެންނަމަވެސް އަހަރެންގެ ދިރިއުޅުން އެފުއް މިފުށަށް ޖެހުނީ އިންޑިއާގަ ހިނގި އެކްސިޑެންޓެއްގައި އަހަރެންގެ މަންމަ ނިޔާވެ، ބައްޕަ ނުހިނގޭ މީހަކަށް ބަދަ ލްވި ހިސާބުންނެެވެ. އޭރު އަހަރެންގެ އުމުރުން ފަސް އަހަރެވެ. ބައްޕައަށް މަޖުބޫރުވީ އަހަރެންނަށްޓަކައި އެހެން މީހަކާ ކައިވެނި ކުރާށެވެ.އެއީ އަހަރެން ބަ ލާނެ މީހަކު ދެފަރާތުގެ
އާއި ލާގައި ނެތީމައެވެ. ސަބަބަކީ މަންމަމެންގެ ކައިވެންޏަކީ ދެ އާއި ލާގެ ނުގަބޫ ލުގައި ކުރެވުނު ކައިވެންޏަކަށް ވުމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




V reethi maasha allah next part kihaataaku kiyaalan libynee