Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 5

Sh@_n@ Level 410 Stories100 Comments100 Login
August 30, 2020 4 Mins Read
7 Comments

” އަނެއް ވާހަކައަކީ މިހާރުވާނީ އިތުރު ލެކްޗަރަރ އެއް ހަމަ ޖައްސާފަ، މިރެއިން ފެށިގެން ދެން އަންނާނެ ލެކްޗަރަރ އަކީ މީ” ރެކްޓަރ އެހެންބުނުމާއެކު ވަތް މީހާ ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ. ކަކުލު ހުޅުން ވާގި ދޫވާހެންވެސް ހީވިއެވެ. ގެންނަންވީ ކޮން ހަރަކާތެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަތްފައި ފިނިވެ އޮއްދާ ހިއްލަން ފެށިއެވެ. ހިތް ތެޅެންފެށީ އިންތިހާއަށެވެ. ލޯ މަތީ އެ ހިނގި ކަންތަށް ސިފަވާންފެށިއެވެ. އަދި އެރޭ ކީ އެއްޗެހި ހަނދާންވި ނަމަވެސް އެކަންތަށް އެއްފަރާތް ކޮއްލީމެވެ.

ކުރިމަތީ މިހުރީ އަހަރެން އެމީހަަކަށް ޓަކައި ނިދި ގުރުބާން ކުރަން ޖެހުނު ފަރާތެެވެ. އެ ސޫރަ ދެކިލާހިތުން ރޭދުވާ ދައުރުވާލެއް ލަސްވެގެން އުޅެ،ބައްދާލުވާން ހިތް ކެނޑި ނޭޅި އެދެމުން ދިޔަ ފަރާތެވެ. އަހަރެންނަށް އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ހުރެވުނީއެވެ. ގަބޫލުކުރަން ދަތި ވާތީއެވެ. މެރޫން ކުލައިގެ ގަމީހެއް ލާފައި ހުރި އިރު ހުރީ ކަޅު ކުލައިގެ ފަޓްލޫނެއް ލާ ބެގީ ކޮއްލާފައެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ކޮއް ފުނާ އަޅާ ތަތްކޮައްލާފައެވެ. މީހާ ކުރީ ރެޔަށް ވުރެން ރީތި ކަމުގަ ދައްކައެވެ.

“މީ ތިކުދިންގެ ލެކްޗަރަރ އަޔާޒް، މިއަދުންފެށިގެން ތިކުދިންގެ ހިސާބު ލެކްޗަރަރ އަކީ މީ” ރެކްޓަރ މިހެންބުނެ ކުރިޔަށް ގެންދިއުމަށް އެދެމުން ކްލާހުން ނުކުމެގެން ދިޔައެވެ.

“އަޔާޒް، ރީތި ނަމެއް، އަހަރެންނަކަށް ސަރ އެއް، އަޔާޒްއެއް ނުކިޔޭނެ،އެހެންވީމާ އަހަރެން ކިޔާނީ އަޔާ” އަހަރެންނަށް ހިތާ ހިތުން ބުނެވުނެވެ. ހަަމަ އެއާއެކު އަހަރެންނަށް ހެވުނެވެ. އަމިއްލަ މޮޔަކަމާމެދު ހިތަށް އަރާފައެވެ. ހެވޭ ވަރުން އަހަރެން އިސްދަށަށް ޖެހީމެވެ. އޭރުވެސް އަހަރެންނަށް ހެވެނީއެވެ.އަހަރެންނަށް ހެވެންފެށުމުން ކައިރީގަ ހުރި ކުއްޖާ އަހަރެން ކޮނޑުގައި ކޮއްޓާލުމަށްފަހު ކިހިނެއްވެގެންތޯ ތި ހެނީ އަހާލިއެވެ. އަހަރެން ދެފަރާތަށް ބޯ ހޫރުވާލުމުން ސަރ އެބަ ވަރަށް ބަލައޭ ބުނުމުން އަހަރެންނަށް ވަގުތުން ހުއްޓެވުނެވެ. އަހަރެން އިސްއުފުލާ ބަލާލީމެވެ. ތެދެކެވެ. އަޔާ ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން ފެނުމާއެކު އަޔާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އަހަރެން ފާހަގަ ވީ ކަންނޭނގެއޭ އަހަރެންގެ ހިތް ބުނަންފެށިއެވެ.އެހެންކަމުން އަވަހަށް އަހަރެން އިސްޖަހާލީމެވެ.

“ކިޔަވަން ބޭނުންވާ، ކިޔަވަން ގަޔާވާ ކުދިން ގޮނޑީގަ ތިބެފަ، އެހެން ކުދިން ބޭރަށް ދިޔައިއްޔާ ވަރަށް ރަނގަޅު، އެހެން ނޫނީ ދެން ތިބި ކުދިންގެ ކިޔެވުން ހަލާކުވާތަން ފެންނާނީ” އަޔާ އެހެންބުނުމާއެކު އަހަރެންނަށް ދެލޯ ބޮޑު ކޮއްލެވުނެވެ. އަދި އެހެން އެ ބުނީ އަހަރެންނަށް މާ ވަރަކަށް ހެވުނީމަކަންވެސް އެނގުނެވެ. އަހަރެން އަޔާއަށް ދެލޯ އަޅާލުމަށްފަހު ގޮސް ގޮނޑީގައި އިށީނީ ބޭރަށް ނުދާންވެގެންނެވެ.

އަޔާ އޭނަ އާ ބެހޭގޮތުން ކުޑަ ތައާރަފެއް ދިނެވެ. އެ އިން ކޮންމެ ޖުމްލައެއް ދިޔައީ އަހަރެންގެ ސިކުނޑީގައި ރައްކާ ކުރަމުންނެވެ. ވައިބާ ގްރޫޕެެއް ހަދާ ވާހަކަ އެހެން ކުއްޖަކު ބުނުމާއެކު އަޔާ ބަލާލީ އަހަރެންގެ މޫނަށެވެ. އަދި އެބުނި ޖުމްލައިން އަހަރެންނަަށް ދަތް ކުޑި ވިކާލެވުނެވެ.
” ސަރ ގެ ފޯނު ހަލާކުވެގެން މިއުޅެނީ، ތަނެއްގަ ހުރި މޮޔަ ކުއްޖެއް ސަލާމަތް ކުރަން ހަދައިގެން،އެނީވޭސް ވަރަށް އަވަހަށް ގްރޫޕެއް ހަދާފަ އެޑް ކުރާނަން ހުރިހާ ކުދިންގެ ނަމްބަރ ވެސް، ފަހަރަކު ކުއްޖަކު އަމިއްލަ ތައާރަފެއް ދޭން ވީނު، މިކޮޅުން ފަށާ” އަޔާ އެހެން ބުނުމާއެކު ފަހަރަކު ކުއްޖަކު ތައާރަފް ވަމުންގޮސް އަހަރެންނާ ޖެހުނެވެ. އޭރު އަހަރެން ހިސާބަކަށް ތުރުތުރު އަޅަމުންދިޔައެވެ. އެހެންނަަމަވެސް ދެރަ ނުވާންވެގެން އަމިއްލަ ނަން ބުނެލީމެވެ. އަދި އަހަރެންގެ ކުރު ތައާރަފެއް ދިނުމަށްފަހު އިށީންނަން އުޅުނީމެވެ.އެހެންނަމަވެސް އަޔާ އަހަރެންނާ ކުރިމަތި ކުރުވި ސުވާލުން އަހަރެންނަށް ކުދި ކިޔުނެވެ.

” ކޮންމެސް ތާކުން ދެކުނު ހަނދާނެއްވޭ، ވަރަށް މަގުމަތީ އުޅެންތަ” އަހަރެންނަށް ދެފަރާތަށް ބޯ ހޫރުވާލުން ނޫން ކަމެއް ނުކުރެވުނެވެ. އަހަރެން ހުރި ސީރިއަސް ކަންފެނި އަޔާގެ ތުންފަތުން ހިނިތުންވުމެއް ވެރިވިތަން އަހަރެންނަށް ފެނުނެވެ. އަހަރެންގެ ލޭ ދިޔައީ ކެކިގެންނެވެ. އަހަރެންނަށް އިހްސާސް ކުރެވެނީ އަހަރެން ބަދުނާމް ކުރަން އުޅޭހެންނެވެ. އަދި މިރޭ ކުލާސް ނިންމާ ގޮތަށް ގޮސް ފޯނު ހަވާލު ކުރާނަމޭ ހިތުލައިގެން އަހަރެން އިނީމެވެ.

މިރޭ މީ އަޔާ އަލަށް އައި ރޭކަމުން މިރޭ އާ ފިލާވަޅެއް ކިޔަވައެއް ނުދެއެވެ. ކުރިން ކިޔަވައިދިން ފިލާވަޅުތަކުން ކުދިންނަށް އޮޅުން އަރާ ތަންތަން ކޮޅު ބުނެދެމުންދިޔައެވެ. އިރުކޮޅަކާ އަހަރެންނާ ދިމާލަށް ބަލާލާކަންވެސް އަހަރެންނަށް ފާހަގަވެއެވެ. އެހެންނަމަވެސް އެނގޭ ކަމަށް ނަހަދާ އަހަރެން އިނީމެެވެ. އިރުކޮޅެއްނުވެ އަހަރެން އިން މޭޒު ކައިރިއަށް ހުއްޓުނެވެ.އެހެންނަމަވެސް އަަހަރެން އިސް އުފުލާ ބަލާވެސް ނުލަމެވެ. އަޔާ ގެންގުޅުނު މާކަރުން ދެތިން ފަހަރު މޭޒުމަތީ ޖަހާލިއެވެ. އަހަރެން އިސްއުފުލާ ބަލާލީމެެވެ.

” މާ ބޮޑަށް އެނގޭތީތަ އެއްވެސް ސުވާލެއް ނުކޮއް ތިއިނީ” އަޔާގެ ސުވާލުން އަހަރެން ބަލާލުމަށްފަހު ދެލޯ އަޅާލީމެވެ.
” އެއްވެސް ވަރަކަށް ކިޔަވާ ހިތްވާ މާއްދާއެއް ނޫން މީކީ” އަޔާ ދިއުމަށް ފުރަގަސްދިނުމާއެކު އަހަރެން ބުނެލީމެވެ. އަހަރެންނަށް އެއްވެސް ރައްދެއްނުދީ އަނެއްކާވެސް ގޮސް އެހެން ކުއްޖަަކަށް އޮޅުންފިލުވައިދިނުމަށް އުޅުނެއެވެ.
” ޓީޗަރެއްތަ މީ، ވައްތަރެއްވެސް ނޫން، އައިސުރެން އަހަރެންނަށް ވައްބަހުން ދިމާ ކުރުން ނޫން ކަމެއް ނުކުރެ، އަހަރެންނަށް ފުރުސަތެއް ލިބިއްޖިއްޔާ ކުޅި ދައްކާލާނަން” އަހަރެން ހިތުން އަޔާއަށް އެއްޗެހި ގޮވަމުން ދިޔައީމެެވެ.

މިރޭގެ ފަހު ގަޑި ކަމަށްވާ ހިސާބު ގަޑި ނިމުމުން ފަހަރަކު ކުއްޖަކު ނުކުންނަމުން ދިޔައެވެ. ހުރިހާ ކުދިން ނިކުމެ އަހަރެންނާ އަޔާ އެކަނިވުމުން އަހަރެން ކޮންމެސް ވަރަކަށް ހާސްވި ނަމަވެސް ގޮނޑިން ތެދުވެ ބޯޑު ފުހެން ހުރި އަޔާ އާ ދިމާލަށް ދިޔައީމެެވެ. އަހަރެން އަރާ ހަމަ ވުމާއެކު އެ ހުރި ގޮތަށް ހުރެ ކިހިނެއްވީތޯ އަހާލިއެވެ.
” ބުނަން މިވަގުތަށް އަހަރެން ހަނދާން މި ނައްތާލަނީ ތީ ޓީޗަރެއްކަން، އެހެންނޫނަސް ޓީޗަރުން ކުދިންނަށް ވައްބަހުން ނުޖަހާނެ ތީ ހަމަ އެކަނި ކުރިންރޭ އަހަރެން އެކްސިޑެންޓުން ސަލާމަތް ކޮއްދިން މީހާގެ ނަޒަރުން މި ބުނަނީ ތިޔަ އުޅެނީ އަހަރެން ފަލީހަތް ކުރަންތަ؟ އަހަރެންނަށް އެނގޭ އަހަރެންގެ ސަބަބުން ފޯނު ހަލާކުވިކަން، އަދި މޮޔަ ކުއްޖާ ސަލާމަތް ކުރަނިކޮށޭ ބުނެފިއެއްނު، އަން، މިއޮތީ ހަލާކުވި ފޯނުގެ ބަދަލު” އަހަރެން އެއް ނޭވާއިން ހުރިހާ އެއްޗެއް ކިޔާލުމަށްފަހު އަވަހަށް ނުކުމެެގެން ދިޔައީމެެވެ.އަދި ބަލާ ފޮނުވުމަށް އެދި ކަރަމްއަށް މެސެޖް ކޮއްލީމެވެ.

ދިހަ ވަރަކަށް މިނެޓް ފަހުން ބަލާއައުމާއެކު އަހަރެން ކާރަށް އަރަން ދިޔައީމެވެ. އެހެންނަަމަވެސް ފެނުނު މީހެއްގެ ސަބަބުން ފައިގައި ކަސްތޮޅު އެޅުވުނު ކަހަލައެވެ.

” އަހަރެންވެސް މިވަގުތަށް މި ހަނދާން ނައްތާލަނީ ތީ އަހަރެންގެ ދަރިވަރެއްކަން، ކޮން ކަމެއް ސާބިތު ކޮއްދޭން މިހާ އަގު ބޮޑު ފޯނެއް ތި ދިނީ، ތީ މުއްސަނދި މީހެއްގެ ދަރިއެއްކަން ސާބިތު ކޮއްދޭންތަ،އަހަރެެމެންނަކީ ނިކަމެތިންކަން ސާބިތުކުރަންތަ؟ ތިހާ ވަރުން ނޫޅުނަސް އެނގޭ ތީ މާލޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހެއްގެ ދަރިއެއްކަން، އަދި ބައްޕަ އެއީ ނުކުޅެދޭ މީހެއްކަން،ތިޔަ މީހުންނަށް އެނގޭނީ ތި ގޮތަށް މީހުން ހައްދަން، އަތުން ފައިން ކަމެއްނުކޮށް މައިންބަފައިންގެ މުދަލުން ބޭނުންކުރަން، ބައްޕަ ނުކުޅެދުން ތެރި ކަމުގެ ފައިދާ ތިޔަ ގޮތަށް ނަގަން ނޫނީ ނޭނގުނީތަ” އަޔާގެ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތަށް ދިޔައީ ތޫނު ތީރުތަކެއް ހަރާ ކަމުގެ އިހްސާސް ކުރެވިގެންނެވެ.

އަހަރެން އެހާ ވަރުންކޮއްދިންކަންތަކުން ނުބައި މާނައެއް ނަގާ އެގޮތަށް ދެކުމުން އަހަރެންނަށް ރޮވުނެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް އަަހަރެންގެ ލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ. އިރުކޮޅަކަށް ނަމަވެސް އަހަރެން އަޔާދެކެ އިންތިހާއަށް ރުޅިއައެވެ. ހަގީގަތް ބަލާ ނުލާ އެގޮތަށް އެއްޗެހި ކީމައެވެ. ދެކުނު ފޮނި ހުވަފެން ބިލާހަަކަށް ހެދީމައެވެ. އަހަރެން ހީކުރީ ފޯނު ދިނުމުން އަހަރެންނަށް ޝުކުރުވެރިވެ ދެމީހުންގެ ގުޅުން ބަދަހި ވާނެ ކަމަށެވެ. އެހެންނަަމަވެސް އެގޮތަށް ކަންތަށް ކުރުމުންވެސް އަޔާއަށްޓަކައި ހިތުގައި މި ޖަހަމުންދާ ވިންދަށް ކުޑަވެސް ބަދަލެއް ނާދެވެ.އަަހަރެންގެ ހިތަށް ކެތް ނުވުމުން އެންމެފަހުން ހަޅޭލަވައިގެނެވުނެވެ.

” ދެން ހެޔޮ، އަހަރެންނަކީ ތިޔަ ހީކުރާ ކަހަލަ މީހެއްނޫން، އަދި އަމުދުން އަހަރެންގެ ބައްޕަގެ އެހާލަތުގެ ފައިދާ ނަގާނެ މީހެއްވެސް ނޫން، ބައި ލާރިއެއް ހާ ހިސާބުވެސް ސިއްރުން ނަގާފައެއް ނޯންނާނެ، ތީ އަހަރެންދިން އެއްޗެއް ނޫން، އަހަރެންގެ ސަބަބުން އަޔާޒްގެ ފޯނު ހަލާކުވީމަ އަހަރެންގެ ބައްޕަ ބުނެގެން ދިނީ، ކުރިން ރޭ ވެސް އަހަރެންނާ ދިމާލަށް ކީ އެއްޗެހި ހަނދާން އެބަހުރި، މީހަކަށް ހެޔޮ އެދެންވެސް ނުވާނެ، މި ތަަނަށް ތި އެއްލާ ލާފަ އޮތަސް އަހަރެން ނުގެންދާނަން، އަހަރެން ކައިރީ ބައްޕަ ކުރަން ބުނި ކަންތަށް ކޮއްފަ ތި އޮތީ، ބޭނުން ކުރުމާ ނުކުރުން އެއީ އަމިއްލަ ކަމެއް” އަހަރެންގެ ހިތަށް އެވަގުތު އައި އެއްޗެއް ކިޔުމަށްފަހު އަހަރެން ދިޔަ ގޮތަށްގޮސް ކާރަށް އެރީމެވެ.
އެދުވަހު ގެއަށް ގޮސް އަހަރެންނަށް ވަރަށް ރޮވުނެެވެ. އަހަރެންގެ ނަސީބު ދެރަކަމާމެދު ހިތަށް އަރާފައެވެ. އަޔާގެ ހަނދާންތަށް ސިކުނޑިން ނެރެލެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެެވެ.އެހެންވެ އަހަރެން ބަލީ ކަމަށްބުނެ ހަފްތާއެއް ވަންދެން ކޮލެޖަށްވެސް ނުގޮސް ހުރީމެވެ. އެހެންނަމަވެސް އެހަނދާންތަށް މިހިތަކުން އެންމެ ހިނދުކޮޅަކަށްވެސް ފިލާނުދެއެވެ.

ސްކޫލަށް ނުދާތާ އެއް ހަފްތާ ފަހުން އެއްރޭ ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތީމެވެ. އިރުކޮޅެއްނުވެ ސޭވް ނުކުރާ ނަމްބަރަކުން މެސެޖެއް އައުމުން ބަލާލީމެވެ.

” ކީއްވެ ކޮލެޖަށް ނާންނަނީ، ބަލީތަ؟” ކާކު ކަން ނޭނގޭ އެ މެސެޖް ފެނިފައި އަހަރެންގެ ގައިން އޮއްދާ ހިއްލަންފެށިއެވެ. ތަފާތު ހިޔާލު ތަކުން އަހަރެންގެ ސިކުނޑި ހިސޯރުުކުރިއެވެ.

ނުނިމެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ލޯބިންއެކުގާ (3)

Next

ޝަކުވާ ހިތަށް ކުރެވޭ…

Next
August 31, 2020

ޝަކުވާ ހިތަށް ކުރެވޭ…

Previews
August 29, 2020

ލޯބިންއެކުގާ (3)

7 Comments!

  1. Sh@_n@ says:
    August 30, 2020 at 10:16 pm

    Hii hurihaa kudhin, kihineh haalu,finally 5th part. Thankolheh kuru dhw?dhen Inna part dhigu kohlaanan. hurihaa kudhin nah vess kamudhaane kamah uhmeedhu kuran.♥️♥️?

  2. Lavender ? says:
    August 30, 2020 at 11:21 pm

    Alhamdhulillah rangalhu ? sisoo kihineh ? Yes sisoo thankolheh mi part kuru ? dhn in part dhigu kohlaane kamah unmmeedhe kuran ? and mi story varah ? keep it up ? ? ? ? ? ? ?

    1. Sh@_n@ says:
      August 31, 2020 at 7:42 am

      Alhamdlillah ragalhu,Thank you so much lavender,next part dhigukohlaanan♥️♥️♥️

  3. sama says:
    August 30, 2020 at 11:40 pm

    Mmm varah varah varah reethi mi part ves???
    Komme dhuvahaku noonee dhedhuvahun ehdhuvahu up kuranyaa mivaru kuda eh noon
    eyah vuren lahun up kuraanama dhigu kolliyyaa rangalhee
    good luck and keep it up
    all the best??
    when next

    1. Sh@_n@ says:
      August 31, 2020 at 7:44 am

      Thanx slot Sama.♥️Insha Allah maadhan next part

  4. Me says:
    August 31, 2020 at 2:47 am

    Too short

    1. Sh@_n@ says:
      August 31, 2020 at 7:46 am

      Yaa I know dear.next part dhigukohlaanan ingey♥️?

Comments are closed.

Next Episodeލޯބީގެ ހައްގުގައި 6←


All Right Reserved!