ޔައިނާ ގޮސް ކޮޓަރިއަށް ވަނުމަށްފަހު މޭޒުމަތި ހުސްކުރިއެވެ. ޔާއިން އަންނާނެ އިރަކަށް އޭނާއަށް ނީންދެވޭނޭ މިހާރު މަސައްކަތް ފެށުމުން ފަސޭހަވާނޭ ހިތާ އޭނާ އެކަމާއި އުޅުނެވެ. މޭޒުމަތީ ހުރި ހުރިހާ ފޮތްތަކާއި އިތުރު އެހެނިހެން ސާމާނުތަށް އެނދުމަތީ އެއްފަޅިއަކަށް ބަހައްޓާލުމަށްފަހު މުހިންމު ސާމާނުތަށް މޭޒުމަތީ ބެހެއްޓިއެވެ. ޕްރޮޖެކްޓްގެ ގޮތުން އެއްވެސް ލިޔުމެއް ޕްރިންޓް ކުރެވިފައި އޮންނަން ނުޖެހޭތީ މުޅި އެތި ޖެހޭނީ އަތުލިޔުމުން ލިޔާށެވެ. ހުއްދަ އޮތީ ހަމައެކަނި ޕްރިންޓް ކުރި ފޮޓޯތަށް ޖެހުމުގައެވެ. ޔައިނާ […]
މާޒިން ގޮސް ޔައިނާގެ ކޮޓަރި ބެލިއިރު އޭނާ ފެންނާކަށް ނެތެވެ. އެ ކޮޓަރި ބެލްކަނި ބެލިއިރުވެސް އެތާކުވެސް ނެތެވެ. “ޔަނާ ދަރިފުޅާ! ފާހަނާގަ ދޯ؟ ކާން އާދޭ އަވަހަށް… ބައްޕަމެން ކާންފަށަނީ މި…” މާޒިން އޭނާ ފާހަނާގައި އުޅޭކަމަށް ހިތާ އެތަނުން ނިކުމެގެން ދިޔައެވެ. އަދި ގޮސް ކާން އިށީންނަމުން ޔައިނާ ފާހަނާގައޭ ބުނެލިއެވެ. އަދި ކާން އަންނާށޭ ބުނެފިން ކަމުގައި ބުނަމުން ބަތް އަޅަންފެށިއެވެ. ޔާއިނާ އަންނަންދެން އިންތިޒާރުގައި އިން ޔާއިންވެސް ކާން ފެށިއެވެ. އެތަކެއް […]
…………… 20 އަހަރު ފަސް….. “މޮމްމް…!” ސިޑިން ފައިބައިގެން އައި ޔައިނާ ދިޔައީ ސުމާއަށް ގޮވަމުންނެވެ. އޭރު ސުމާ އުޅެނީ ސައިހެދުމުގައެވެ. ޔައިނާގެ ފަހަތުން 10 އަހަރުގެ ޔާއިލް އާދެއެވެ. “ޔެސް ކީކޭ ޔަނާ؟” ސުމާ ތަންކޮޅެއް ބާރަށް ޖަވާބުދިނެވެ. ކައިރީގައި ދެ ބޭރު ނޯކަރުން އޭނައަށް އެހީވެދެން ތިއްބެވެ. “އަނހަ… ޔާލްވެސް އައީތަ.. މަންމަ ދޫނި.. ހިނގާ އަވަހަށް ކާން ދޯ… ދެމީހުން އިނދޭ ކާން…” ސުމާ ބުނެލީ ޔާއިލް ގައިގާ ބައްދާލަމުންނެވެ. ޔާއިލްފެންނަ ކޮންމެފަހަރަކު […]
….. 5 މަސް ފަސް.. 5 މަހުގެ ބަނޑަކާއި އެކު ސުމާ އަށް ކުރިން އުޅޭހެން އުޅެން ވީ އުނދަގުލަކަށެވެ. އަބާޔާގެ ބަދަލުގައި ގަޔަށް ދޫކޮށް ހުންނަ ކަކުލާއި ހަމާއަށް އަރާ އެއްޗެހި ލާންފެށީ އޭނާގެ ފަސޭހައަކަށެވެ. ހެދުން ދޫކޮށްލިއެއްކަމަކު ބަނޑު އިންނާތީ އިންނަނީ ފިޓްކޮށެވެ. ޔާއިން ކޮންމެ ދުވަހަކުވެސް ބަނޑުގައި އަތްލާފައި ކޮއްކޮއާއި ވާހަކަދައްކާ ހަދައެވެ. އެއްދުވަހެކެވެ. ދުވަސްވަރަކީ ސުކޫލު ބަންދު ދުވަސްކޮޅުކަމުން ޔާއިންވެސް ސުކޫލަކަށް ނުދެއެވެ. މާރިޔާ އޭރުވީ މާހާމެން ގެއަށް ގޮހެވެ. […]
ހަމައެވަގުތު ފާހަނައިގެ ދޮރު ހުޅުވުނެވެ. ޔާއިން ހުރީ ތުވާލި އޮޅާލައިގެންނެވެ. ފަހަތުން މާޒިން ނިކުތް އިރު އޭނާ ހުރީ ހަމައެކަނި ސޯޓްލާފައެވެ. ސޯޓްވެސް އެއްބައި ތަންތަންހުރީ ތެމިފައެވެ. ކަސްރަތީ ހަށިގަނޑުގެވެސް އެކި ދިމާ ދިމާއިން ތެމިފައިވެއެވެ. ޖިމަށް ދިޔުމާއި ނުލާވެސް ބަނޑުގައި ހުރި ހަރުމަސްތަށް ރީއްޗަށް ފާހަގަވާން ހުއްޓެވެ. މާޒިންގޮސް ތުވާލިން އޭނާގެ ގައި ފޮހުނެވެ. “ދެމީހުން ފެންކުޅި ކުޅުނީ ދޯ..؟” މަޖާވެލާފައި މާރިޔާ އެހެން ބުނުމުން އަނގަމަތީ އަތް އަޅާފައި ޔާއިން ހޭންފެށިއެވެ. އަދި އޭނާއަށް ހާއްސަ […]
އެއް އަހަރުފަސް.. ޔާއިންގެ އުމުރުން 5 އަހަރަށް އޮތް އިރު އޭނާ އަކީ އުމުރާއި ބަލާފައި އެހެން ކުދިންނަށްވުރެ ވިސްނުން ތޫނު ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ސަބަބަކަށް ހަމައެކަނި ވީ ސުމާ އާއި މާޒިންގެ އިތުރުން ލިބެމުން ދިޔަ މާރިޔާގެ ލޮތްބާއި ރަނގަޅު ތަރުބިއްޔަތެވެ. ސުމާ ދިޔައީ ޔާއިންއެކޭ އެއްފަދައިން މާޒިންއަށްވެސް ވަގުތު ދެމުންނެވެ. ދެމީހުންޝަކުވާ ކުރާނެ ޖާގައެއް އޭނާ ނުދެއެވެ. އެހެނީ އެއީ އޭނާ މިދުނިޔޭގައިވެސް އެންމެ ލޯބިވާ ދެމީހުންނެވެ. އެއްދުވަހެކެވެ. ޔާއިން ހެނދުނާއި […]
ކައިވެންޏަށް ފަހު ސުމާ އަދި ޒިން އުޅެމުން އައީ މާޒިންގެ ގޭގައެވެ. މާ ގިނަ ދުވަހަކާއި ނުލާ ދެމީހުންވެސް އެ މާހައުލަށް ހޭނުނެވެ. ޒިންވެސް މާޒިންގެ މަންމައަށް މާމަ އަދި މާޒިންއަށް ބައްޕަ ކިޔައިގެން ވާހަކަދައްކާ ކޮންމެފަހަރަކު ސުމާގެ ހިތް ފުރިގެން ބަންޑުންވެއެވެ. މާރިޔާ ޒިން ގެންގުޅެނީ އަމިއްލަ މާމަ ދަރިއެއް ގޮތުގައެވެ. ޒިން ނިދަނީވެސް މާރިޔާ ކައިރި މާރިޔާގެ ކޮޓަރީގައެވެ. މާޒިންގެ ބައްޕަ އެމީހުންގެ ކައިވެންޏަށް 2 ދުވަސްވީތަނާހެން އެކްސިޑެންޓެއްގައި ނިޔާވުމުން ފަޅުކަން އިހްސާސްވާ މާރިޔާއަށް […]
“މަންމާ…!!!!” ޔައިނާއަށް އެހެން ގޮވާލެވުނު ވަގުތު ސިޑީގެ ހިފަހައްޓައި ބައިގައި ހިފަހައްޓާލެވުނީ އެއްލިއަތުންނެވެ. އޭނާ ސަލާމަތްވީ ހަމަކިރިޔާއެވެ. ނޫންނަމަ ޖެހުނުގޮތަށް އޭނާ “ތަންޑާ” ވީހެވެ. “ޔައިނާ؟؟؟ ހަލޯ ޔައިނާ؟؟؟ ކިހިނެއްވީ؟؟ ޔައިނާ؟؟؟؟ ހަލޯ؟؟ ޔަނާ ހަލޯ؟؟ޔާނާ!!” އެކޮޅުން ޔާއިންގެ އަޑު އިވުމާއި އެކު ޔައިނާގެ ނޭވައި އަވަސްވިއެވެ. ފަހުން ބުނި ތަންކޮޅު އޭނާގެ ހިތުގައި ހަރުލައިފިއެވެ. ޔާއިން މިވީ 6 އަހަރުތެރޭ މި ނޫނީ ދުވަހަކުވެސް އެނާއަށް “ޔަނާ”ގެ ނަމުން މުހާތަބެއް ނުކުރެއެވެ. “ހަލޯ؟؟ ކިހިނެއްތަވި؟؟ ޔަނާ؟؟؟؟” […]
ދަތިތަކާއި ނުލާ އަދި ދަރިފުޅަށް ގެއްލުމެއް ނުލިބި ދަރިފުޅު ކިއާރާގެ ބަނޑުގައި ހެދި ބޮޑުވަމުން އައެވެ. ކުޑަކޮށް ކިއާރާ އަށް އުނދަގޫވެފައި ތަދުވެއެވެ. އެ ދަރިފުޅު ތޮޅެލާ ކޮންމެ ފަހަރަކު ރިހުމެއް އުފެދެއެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ދެގޮތެއްނުވެ އޭނާ ކައިރި އަޔާން ހުންނަންޏާ ހާސްވާންވީ ކީއްކުރަންހެއްޔެވެ؟ މިހާރު ވިހާކަށް މާ ގިނަދުވަހެއް ނެތެވެ. ޑޮކްޓަރ ދީފައިވާ ދުވަސް ކައިރިވަނީއެވެ. . އޭރު މައިޝާވެސް ވަނީ ވިހާފައެވެ. އަދި އެ ދަރިފުޅަށް ނަން ވެސް […]