Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 5

Ryn
February 23, 2017
8 Mins Read
101 Views
28 Comments

……………

20 އަހަރު ފަސް…..

“މޮމްމް…!” ސިޑިން ފައިބައިގެން އައި ޔައިނާ ދިޔައީ ސުމާއަށް ގޮވަމުންނެވެ. އޭރު ސުމާ އުޅެނީ ސައިހެދުމުގައެވެ. ޔައިނާގެ ފަހަތުން 10 އަހަރުގެ ޔާއިލް އާދެއެވެ. “ޔެސް ކީކޭ ޔަނާ؟” ސުމާ ތަންކޮޅެއް ބާރަށް ޖަވާބުދިނެވެ. ކައިރީގައި ދެ ބޭރު ނޯކަރުން އޭނައަށް އެހީވެދެން ތިއްބެވެ. “އަނހަ… ޔާލްވެސް އައީތަ.. މަންމަ ދޫނި.. ހިނގާ އަވަހަށް ކާން ދޯ… ދެމީހުން އިނދޭ ކާން…” ސުމާ ބުނެލީ ޔާއިލް ގައިގާ ބައްދާލަމުންނެވެ. ޔާއިލްފެންނަ ކޮންމެފަހަރަކު ޔާއިން މަތިން ހަނދާންވެއެވެ. މިހާރު އޭނާ ހުންނާނީ ކިހިނެއްބާއޭ އޭނާ ހިތަށް އަރައެވެ. ޔާއިން ބޭރަށް ކިޔަވަން ދިޔަތާ މިހާރު 8 އަހަރު ވަނީއެވެ. އެންމެ ފަހުން އޭނާ އެމީހުންނާއި ބައްދަލު ކުރަން ރާއްޖެ އައީ 6 އަހަރު ކުރިންނެވެ. އެއަށްފަހު ދިޔަގޮތަށް އޭނާ ނާދެއެވެ. ދެލޮލުން ނުފެނުނެއްކަމަކު އެ އަޑު އަހާލާ ކޮންމެ ފަހަރަކު ސުމާގެ ހިތް އުފަލުން ރޮއެއެވެ.

އުމުރުން 43 އަހަރު ވާއިރު ސުމާ އަދިވެސް ހުންނަނީ އުމުރާއި ބަލާފައި ޒުވާންކޮށެވެ. އަދިވެސް އެ ހަށިގަނޑު ބަލަނީ ކުރިއެކޭ އެއްފަދައިން ހިކިކޮށް ފިޓްކޮށް ބަހައްޓާށެވެ. ނަތީޖާ ނިކަން ދެކިބަލާށެވެ. އޭނާ ގެ ހަށިގަނޑަށް ބަލާފައި ދެދަރިން ވިހާފައި ތިއްބޭވެސް މީހަކު ނުބުނާނެއެވެ.

“މޮމް.. ޑޭޑް ކޮބާ؟” ޔާއިލް އެހިއެވެ. ބަންދު ދުވަހަކަށް ވީމާ އޭނާ ހީކުރީ މިއަދު އެންމެންނަށްވެސް ސައިބޮވޭނެކަމަށެވެ. “ހޮސްޕިޓަލަށް ދިޔައީ… ކުޑަ އެމަރޖެންސީއެއްވެގެން…” ސުމާ އޭނާ އަށް ޖަވާބު ދެމުން އެދެމީހުން ކާނެ އެއްޗެހި މޭޒުމައްޗަށް ގެނެސްދިނެވެ. “މަމް. ދޮންބެ ހަބަރެއްވިތަ؟” ޔާއިލް ކޮށްލި ސުވަލަކުން ޔައިނާއަށް އެދިމާ ބަލައިލެވުނެވެ. އޭނާ ހިންދިރުވާލިއެވެ. ކީއްވަކަމެއް ނޭނގެއެވެ. ހިތަށް ގޮތެއް ވިއެވެ.

“ނޫން އަދި ނުވޭ…. ޔަނާ.. ޔާލް.. އަވަހަށް ކާންފަށާ.. އަންނާނަން މަންމަ ވަރަށް އަވަހަށް..” ސުމާ ހިނގައިގަތެވެ. ޔައިނާ މޫޑް ގޯސްވިއެވެ. ކާންފޫހިވިއެވެ. ނަމަވެސް ހިތްވަރުކޮށްލައިގެން ކާންފެށިއެވެ. ހަމައެވަގުތު މޭޒުމަތީ އޮތް ސުމާގެ ފޯނު ރިންގްވިއެވެ. ޔައިނާ ފޯނު ބަލާލިއިރު އެ ގުޅަނީ ޔާއިންއެވެ. ޔައިނާ ޔާއިލް އަށް ފޯނު ދިއްކޮށްލަމުން ނެގުމަށް އެދުނެވެ. “ދޮންބެޔޭ .. ތި އަވަހަށް ނަގާބަ..” ޔައިނާ ބުނެފައި ފޯނު ނަގައިދީފައި ޔާއިލްގެ ކަންފަތުގައި ޖެއްސިއެވެ.

“ހަލޯ ދޮންބޭ…. ލައްބަ.. މި ކަނީ… ދޮންބެ ކޮންއިރަކުންތަ ދެން އަންނާނީ.. މިހާރު ވަރަށް ފޫހިވެޔޭ… މި ދޮންތިވެސް އަބަދު ފައިޓް ކުރަނީ.. ދޮންބެ އައީމަ ދެން ދެ ފިރިހެންކުދިންނަށްވީމަ ނުކެރޭނެއެއްނު އެއްޗެއް ބުނާކަށް.. ދޮންތި އާއި އެކު ފީފާ ކުޅެގެންވެސް ދޮންތި ބަލިވާތީ ފޫހިވޭ ކުޅެންވެސް… ހަލޯ؟ ދޮންބޭ؟ ދޮންބޭ؟؟؟” ޔާއިލް ވާހަކަގަނޑެއް ފެށިތާ އިރުކޮޅެއްނުވެ އެހެން ކިޔަންފެށުމުން ޔައިނާ ދެބުމަ ގޮށްޖަހާލިއެވެ. އޭނާ އަށް އެވީގޮތް އިނގުނެވެ.

“ދޮން… އޯހް.. އަޅުގަނޑު ހީކުރީ ދޮންބެ ދިޔައީ ކަމަށް… މަންމަ ގޮއްސި ކޮޓަރިއަށް ސައި ހަދާފަ، އަންނާނަމޭ ބުނެފައި… ލައްބަ… ބައްޕަ ވީ ހޮސްޕިޓަލުގައި….” ޔާއިލް ޔާއިން ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބުދެމުންދިޔައެވެ. ޔައިނާ ދެރަވީ ޔާއިން އޭނާގެ ވާހަކަ އެންމެ ފަހަރަކުވެސް އަހާލިހެން ހީނުވީމައެވެ. “ދޮންތީ… ދޭބަ ފޯނު މަންމިއަށް ދޭން….. އަޅުގަނޑަކަށް ނުދެވޭނެ..” ޔާއިލް ބުނި އެއްޗަކުން ޔާއިންއަށް ޔައިނާ ކައިރި ހުރިކަން އިނގޭނޭ ހިތަށް އަރާފައި ޔާއިލްއާއި ދިމާލަށް ލޯ އެޅިއެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުންހިފާ ޔާއިލްގެ ކަންފަތް ދޮށުން ފޯނު ނަގާ އޭނާގެ ކަންފަތުގައި ޖެހިއެވެ. އެކޮޅުން ވާހަކަދައްކާ އަޑެއްނީވެއެވެ. ޔައިނާވެސް ވާހަކައެއްނުދައްކައެވެ. މި ވޭތުވެދިޔަ 6 އަހަރުތެރޭ އިނގިލިން ގުނާލެވޭނެހާ މަދުން ދެމީހުން ވާހަކަދެއްކިއިރު އެއިން ކޮންމެފަހަރަކުވެސް އެކަން ކުރަނީ ސުމާ ނޫނީ މާޒިން މެން މީހަކު ހުރުމުންނެވެ. ޔައިނާ ސިޑިން އަރަމުން ދިޔައީ ކަންފަތުގައި ފޯނު ޖަހާލައިގެން ހުރެއެވެ. އެ ހިމޭންކަމުން އޭނާގެ ހިތަށް ހަމަޖެހުންލިބޭފަދައެވެ. އެކޮޅުގައި ޔާއިން އަދިވެސް ކަންފަތުގައި ފޯނު ޖަހާލައިގެން ހުރިކަން އޭނާއަށް ޔަޤީނެވެ. އޭނާ އަމިއްލަ ހިޔާލެއްގައި ހުއްޓާ ފައި އެޅުނު ގޮތަކުން ސިޑިން ކައްސާލިއެވެ.

“މަންމާ…!!!!” ޔައިނާއަށް އެހެން ގޮވާލެވުނު ވަގުތު ސިޑީގެ ހިފަހައްޓައި ބައިގައި ހިފަހައްޓާލެވުނީ އެއްލިއަތުންނެވެ. އޭނާ ސަލާމަތްވީ ހަމަކިރިޔާއެވެ. ނޫންނަމަ ޖެހުނުގޮތަށް އޭނާ “ތަންޑާ” ވީހެވެ. “ޔައިނާ؟؟؟ ހަލޯ ޔައިނާ؟؟؟ ކިހިނެއްވީ؟؟ ޔައިނާ؟؟؟؟ ހަލޯ؟؟ ޔަނާ ހަލޯ؟؟ޔާނާ!!” އެކޮޅުން ޔާއިންގެ އަޑު އިވުމާއި އެކު ޔައިނާގެ ނޭވައި އަވަސްވިއެވެ.  ފަހުން ބުނި ތަންކޮޅު އޭނާގެ ހިތުގައި ހަރުލައިފިއެވެ. ޔާއިން މިވީ  6 އަހަރުތެރޭ މި ނޫނީ ދުވަހަކުވެސް އެނާއަށް “ޔަނާ”ގެ ނަމުން މުހާތަބެއް ނުކުރެއެވެ. “ހަލޯ؟؟ ކިހިނެއްތަވި؟؟ ޔަނާ؟؟؟؟” ޔާއިން ހާސްވާންފެށިއެވެ. އެ އަޑާއި އެކު ޔައިނާ ހިޔާލުން ބޭރުވިއެވެ. “އަމް ފައިން…” ޔައިނާ މަޑު މަޑުން އެހެން ބުނެފައި ވަރަށް ބަލައިގެން ސިޑިން އަރަންފެށިއެވެ. އެއަށްފަހު އެދެމީހުންގެ މެދުގައި ވަނީ މަރުފަދަ ހިމޭންކަމެވެ. ހީވީ ސިއްރެއް ފަޅާއެރީހެންނެވެ.

ޔައިނާ ގޮސް ސުމާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. މާ ގިނައިރެއްނުވެ ސުމާ ދޮރު ހުޅުވިއެވެ. ހުޅުވީ ވަރަށް ކުޑަކޮށެވެ. “މަންމަ… ފޯނެއް..” ޔައިނާ “ދޮންބެ” އޭ ނުބުނަންވެގެން ފޯނު ދިއްކޮށްލަމުން ބުންޏެވެ. “ކާކު؟ ދޮންބެތަ؟” ސުމާ ސުވާލުކުރުމުން ޔައިނާ އާއެކޭ ބުންޏެވެ. “މަޑުކޮށްލާ މަންމަ މި ނިކުންނަނީ ވަރަށް އަވަހަށް…. ދަރިފުޅު ދޮންބެއާއި އެހަށް ވާހަކަދައްކާލާ…. ބުނީމެއްނު ޕްރޮޖެކްޓެއްގެ ވާހަކަ ކޮލެޖްއިން.. އެވާހަކަ ދޮންބެ ކައިރި އަހާބަލަ ފަހަރެއްގަ ދޮންބެއަށް އިނގިދާނެ… ދޮންބެ އެހީވެދޭނެނު އޭރުން..” ސުމާ އެހެން ބުނެފައި ދޮރު ލެއްޕިއެވެ. ޔައިނާ ސިޑިމަތީ އިށީނުމަށްފަހު ފޯނު ކަންފަތުގައި ޖަހައިގެން އިނެވެ. ޔާއިންއަށް ސުމާ އެ ބުނިއެއްޗެއް ސާފްކޮށް އިވޭނެއެވެ.

ދެމީހުން ތެރެއިން އެކަކުވެސް ވާހަކައެއް ނުދެއްކިއެވެ.. “ކޮން ޕްރޮޖެކްޓެއް؟” އެންމެ ފަހުން ޔާއިން ބުނި އަޑުއިވުނެވެ. ޔައިނާ އިނީ ދެކަކޫ ގެނެސް މޭގައި ޖައްސައިގެންނެވެ. އެ އަޑާއި އެކު އިތުރަށް ދެކަކޫ ބާރުކޮށްލެވުނެވެ. މިހެން އަޅެނުވާނެނަމައެވެ؟ އޭރުން ޔާއިން އާއި ޔައިނާގެ މެދުގައިވެސް އޮތީހީ ޔާއިލް އާއި ޔާއިންގެ މެދުގައި އޮތް ކަހަލަ ގުޅުމެއްކަން ޔަޤީނެވެ. ފަސްނުޖެހި އެތަކެއް ވާހަކައެއް ބުނެވުނީހެވެ. މިހެން ނުވިނަމައެވެ. އެގޮތަށް ކަންތަށް ނުވާނެނަމައެވެ.

“ޔައިނާ؟” ޔައިނާ ފަރާތުން ޖަވާބެއް ނައުމުން ޔާއިން ގޮވާލިއެވެ. ދެމީހުން ވާހަކަދައްކާއިރުވެސް ހީވަނީ ދެ ބީރައްޓެހިން ހެންނެވެ. “ލައްބަ….  ޖެހޭނީ ބޮޑު ފޮތެއް ހަދަން، އެކްސްޕެރިމެންޓް އަމިއްލައަށް ހަދާފައި ލިޔަން……..” ޔައިނާ ލަސްލަހުން ބުންޏެވެ. އޭނާ ހިތްނޭދުނެއްކަމަކު ކޮއްކޮ ބޭބެ ފަދަ ގުޅުމެއް އެ ދެމެދުގައި ބާއްވަން ކޮންމެހެންވެސް ޖެހޭނެކަން އޭނާއަށް އިނގެއެވެ. މިހެން އުޅެގެން ކަމަކު ނުދާނެއެވެ. “އެހެންތަ؟ ކޮން އިރަކުން ޑިއު އިނީ؟” ޔާއިން އެހިއެވެ.”1 މަސް ދިނީ… އެހެންވީމަ އަންނަ މަހު 4 ގަ…” ޔައިނާ ބުންޏެވެ. ހީވަނީ ދެމީހުންގެ ބޮލުގައި ބަޑިއެއް ބަހައްޓައިގެން ގަދަކަމުން ކުރުވާ ކަމެއް ހެންނެވެ.

ޔާއިން އެއްޗެއް ބުނަން އުޅުނުހެން ޔައިނާއަށް ހީވިވަގުތު  ސުމާ އެތަނަށް އައުމުން ދެމީހުންގެވެސް ދޫ ބަންދުވިކަހަލައެވެ. ޔައިނާ މަޑު މަޑުން ފޯނު ސުމާ އަތަށް ދިނެވެ. ” އަވަހަށް ދޭ ކާން…” ޔައިނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ސުމާ އެހެން ބުންޏެވެ. ޔައިނާ ހިނގައިގަތެވެ. ސުމާވެސް ޔާއިންއާއި ވާހަކަދައްކަމުން ފައިބައިގެން އާދެއެވެ. “އާނ.. ބައްޕަ އަދި ނާދެޔޭ… ދަރިފުޅު ކެއީތަ؟” ސުމާ ވާހަކަދައްކަމުން އައެވެ. ޔައިނާ ގޮސް ހަމަޖެހިލައިގެން ކާންފެށިއެވެ. ނޭނގިނަމަވެސް ޔާއިންގެ އަޑު އިވުމާއި އެކު ހަމަޖެހެވުނެވެ. ނަމަވެސް އެއީ ކީއްވެ ވާކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. ޔާއިންއާއި މެދު މިފަދަ ގޮތަކަށް ދެކުމަކީވެސް ބޮޑު ފާފައެކެވެ. އެކަން ހިތަށް އަރާއިރަށް އޭނާ ބިރުގަތެވެ. މި އިހްސާސްތަށް ހުއްޓޭނަމަ އެނާ ހުއްޓީސްކަން ޔަޤީނެވެ.

….

އޭގެ އަނެއްދުވަހެވެ. މާޒިންއާއި ޔާއިލް ސިޓިންގް ރޫމްގައި ތިބީ ވަރުގަދަ ފީފާ މެޗެއް ޕީއެސް އިން ކުޅޭށެވެ. މާރިޔާވަނީ ޔާއިލް ވިހޭތާ 2 އަހަރުފަހުން ނިޔާވެފައެވެ. ދެމީހުންވެސް މިހާރު އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. ދެމީހުންނަށްވެސް އޮފް ދުވަހެއްކަމުކުން ސުމާ ބަދިގޭގައި އުޅުނީ މެންދުރަށް ރަނގަޅު އެއްޗެއް ކައްކާށެވެ. އިރު އިރުކޮޅާ ސޯފާގައި ތިބި ޔާއިލްއާއި މާޒިން ހަޅޭލަވައިގަނެއެވެ. މާޒިން އުޅޭގޮތުން ހީވަނީ ޔާއިލްވަރުގެ ކުޑަކުއްޖެއްހެންނެވެ. ޔައިނީ ސިޑިމަތީ އިނީ ލަވަ ޖަހައިގެންނެވެ. ނަމަވެސް އިރު އިރުކޮޅާ މާޒިންމެންނަށް ބަލައިލާފައި އޭނާ ކައިރިއަށް އަންނަނީ ހިންޏެވެ. އޭނާ ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ.

ދޮރުގެ ބެލްޖަހަންފެށީ އެވަގުތުއެވެ. ސުމާ މާޒިންމެންނާއި ދިމާލަށް އެއްޗެހި ކިޔަމުން އައިސް ދޮރު ހުޅުވާލުމާއި އެކު އެ ދެލޯ ބޮޑުވިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ކަޅު ކުލަ ޖައްސާފައި ހުއްޓެއްކަމަކު، ހަށިގަނޑު ކުރިއށްވުރެ ރީތިވެފައި ކަސްރަތީވެ ދިގުކޮށް ހުއްޓެއްކަމަކު އެއީ އޭނާގެ ލޯބިވާ ޔާއިންކަން ދެނެގަންނާކަށް ސިކުންތެއްވެސް ނުނަގައެވެ. ސުމާގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އަނގަމަތީ އަތް އަޅާލެވުނު ވަގުތު ޔާއިން އައިސް ސުމާގައިގާ ބައްދައިގަތެވެ. ސުމާގެ ހޫނު ކަރުނަތަށް ޔާއިންގެ ޓީޝާޓު ތެންމާލީ ނިކަން އަވަހަށެވެ. މާޒިންމެންނަށް ކަމެއް ރޭކާލިހެންވެސް ހީނުވެއެވެ.

“މަންމަގެ ރަންކޮޅު.. މަންމަގެ ދަރިފުޅު… ތިހާ ދުވަސްވަންދެން ދުރުގައި ހުންނަން ޖެހޭތަ؟ މަންމަ ހާދަ ހަނދާންވިޔޭ.. ދަރިފުޅު ރަނގަޅުތަ؟ މާޒިން.. ޔާލް ބަލާބަލަ ކާކުތޯ މިހުރީ..” ސުމާ ކަރުނަތަށް ފޮހެލާފައި ޔާއިން މޫނުމަތީ ފިރުމާލަމުން އެހެން ކިއެވެ. އެއަށްފަހު ފަހަތަށް ފިޔަވަޅެއް އަޅާ މާޒިންމެންނާއި ދިމާލަށް ބުންޏެވެ. ނަމަވެސް އެމީހުން ތިބީ ގޭމުގެ ފޯރީގައި ޖެހިފައިކަމުން ސުމާ ބުނި އެއްޗެއް ނީވެއެވެ.

ޔާއިން މާ ބޮޑުކަމަކަށް ނުހަދާ ސުމާގެ ކޮނޑަށް އަތް ވައްޓާލައިގެން ދަބަސް ދަމަމުން އައެވެ. ބެކްޕެކް އެއް އޭނާގެ ކޮނޑުގައި އޭރުވެސް ވަނީ އަޅުވާލެވިފައެވެ. ޔާއިން އައިސް ސުމާ އާއި އެކު ޓީވީގެ ކުރިމައްޗަށް ހުއްޓުނެވެ. “މަންމީ…..” “ސުމް…….” ޔާއިލް އާއި މާޒިންއަށްވެސް ލިބުނީ ސިހުމެކެވެ. ދެމިހުންގެ ދެލޯ ވަނީ ބޮޑުވެފައެވެ. ދާދި އެކު އެކީގައި އެދެމީހުން ކޮޅަށް ތެދުވެވުނީ ކަށްޓެއް ޖެހިހެންނެވެ. ސުމާކައިރިއަށް ހިނިއައެވެ. މާޒިން އައިސް ޔާއިންގެ ގައިގާ ބައްދާލިއިރު އެ ދެލޮލުގައިވެސް ވަނީ ކަރުނައެވެ. ޔާއިލްވެސް އައިސް ބައްދާލިއެވެ. ޔާއިންގެ ދެލޯ ހޯދަމުން ދިޔަ ފަރާތް އަދިވެސް އޭނާއަކަށް ނުފެނެއެވެ. ނަމަވެސް އެ ތިންމީހުންގެ ގައިގާ ދެއަތް ވަށާލަމުން ބައްދާލީ އޭނާ ހަންދާންވި ވަރު ބުނެދެމުންނެވެ.

“ދަރިފުޅު… ދެން ނުދާނަންދޯ؟” މާޒިން ސުވާލުކުރުމާއި އެކު ޔާއިން އާއެކޭ ބުންޏެވެ. އޭނާ މީގެ އަހަރުތަކެއް ކުރިން އައިއްސާ ނައި ސަބަބު އަދިވެސް އެ ހިތުގައި ވެއެވެ. ނަމަވެސް އަބަދަށް އާއިލާއާއި ފިލައިގެންނެއް ނޫޅެވޭނެއެވެ. ކޮންމެ ގޮތަކަށް ވިޔަސް އޭނާގެ ހިތް އޭނާ ކޮންޓްރޯލް ކުރާނެއެވެ. އާއިލާއަށްޓަކައެވެ. “ދޭ.. ފްރެޝް ވެލައިގެން އާދޭ.. މަންމަ ކާން ތައްޔާރުކުރަންހުރެފަ މިއައީ.. މިއަދު އެއްކޮށް ވާނީ ކާން.. ޔަނާއަށްވެސް ނޭނގެ އެ ދޯ.. ޔަނާވެސް ސަޕްރައިޒް ވާނެ…” ސުމާ އެހެން ބުނެފައި ޔާއިން ފޮނުވާލިއެވެ. ޔާއިން ހިނިތުންވެލާފައި ދޮރުމަތީ ހުރި އިތުރު ފޮށްޓަކައި ހިފަހައްޓައިގެން ހުރި ފޮށި ދަމަމުން ސިޑިއާއި ހަމާއަށް އައެވެ.

ހަމައެވަގުތު ހެޑްސެޓް ޖަހާލައިގެން ބޯ ހަލުވަމުން އައި ޔައިނާ އޭނާއަށް ފެނުނެވެ. ޔައިނާ ހުރީ އެންމެ މަތީ ސިޑީގައެވެ. ޔާއިން ހުރީ އެންމެ ތިރީގައެވެ. ޔައިނާ ލޯ މަރާލާފައި ހުރުމުން ޔާއިންއެއް ނުފެނުނެވެ. ގާތްގަނޑަކަށް 6 ސިޑި އަށް ބާކީ ވިތަނާ ޔައިނާ ލޯ ހުޅުވިއެވެ. އެއާއި އެކު އޭނާ ދެލޯބޮޑުވިއެވެ. ހަމައެވަގުތު ބިންފަޅާ އަޑިއަށް ވަންނަން ހިތަށް އެރިއެވެ. ކުރިމަތީ އެ ހުރީ ޔާއިންއެވެ. ދެފަހަރަކު ދެލޯ ހުޅުވާ މަރާލީ ކުރިމަތީ ހުރި ޔާއިން ގެއްލޭނެކަމަށެވެ. ކަން އެގޮތަށް ނުވުމުން ޔައިނާ ގެ ފައި އޮޅި އޭނާ ސިޑިން ކައްސާލިއެވެ. އެވަގުތު އަތް އެޅުނު ގޮތުން ހެޑްސެޓް ނައްޓާލާ ޖަހާފައި ހުރި ލަވަ އަޑުއިވެން ފެށިއެވެ.

ވެއްޓެމުން ދިޔަ ޔައިނާގެ ގައިގާ ޔާއިން އަށް ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. އޭރު ދެމީހުންގެ ހިތްވެސް ތެޅެއެވެ.

“ސޭ ދެޓް ޔު މިސް މި…

ޓެލް މި ވަޓް އައި ވަނަ ހިއަރ…

ޓެލް މި ޔޫ ލަވް މީ…. ލަވް މީ…” މުޅި އެތާނގައި އެ ލަވައިގެ ބައިތު ހިފައިލިއެވެ. ލަވައިގެ ގޮތުން އެބައި ދިޔައީ ތަކުރާރުކޮށް ކިޔަމުންނެވެ. ޔައިނާ އަވަސް އަވަހަށް ޔާއިންގެ އަތް ދަށުން ދެމިގަތެވެ. އޭރު އެ ހިތްހީވަނީ ނިކުމެގެން އައިސްދާނެހެންނެވެ. ސުމާގެ އިތުރަށް މާޒިންއާއި ޔާއިލްވެސް އެދިމާ ބަލަން ތިއްބެވެ. “ޔަނާ ކިހިނެއްވީ؟” ސުމާ އައިސް އެހެން އަހާލުމާއި އެކު ރޭސްވެފައިވާ ދެހިތް ހަމަޔަކަށް އެޅެންފެށިއެވެ. ޔައިނާ ލަވަ ނިއްވާލަމުން ހިނިތުންވެލިއެވެ.

“ދޮންބެ ފެނުނީމަ ދޮންތި ސިއްސައިގެން ގޮސް ސިޑިން ވެއްޓުނީ ދޯ ދޮންތީ…؟” ޔާއިން ބުނީ މަޖާވެލާފައެވެ.”އެ… އެ ތެދެއް.. ސިޑިން ވެއްޓެން އުޅުނީ…” ޔައިނާ އެހެން ބުންޏެވެ. “ޔަނާ ދޭބަލަ ދޮންބެ ކޮޓަރި އޮތް ގޮތް ބަލާލަން…. ދޮންބެގެ ބެކްޕެކް ހިފައިގެން ޔަނާ އަރާ، އޭރުން ފޮށި އުފުލަން ފަސޭހަވާނީ.. ބައްޕަވެސް އޭނީ ޔާލްވަރުގެ ކުޑަކުއްޖަކަށްވެފަ.. ދެން ކަމެއް ނުއެއް ކުރެވޭނެ..” ސުމާ އެހެން ބުނެފައި އެތަނުން ދިޔައެވެ. “އާނ.. ޔާން، ދަރިފުޅު ފެންވަރާލައިގެން ނިކުމޭ އިނގޭ ކާން… ޔަނާ، ދޮންބެ ނުކުންނަންވާއިރަށް ކޮޓަރި ކުނިކަހާލާތި…… ޖެނީމެން ކައްކަން ތިބީމަ މި ބުނީ ދަރިފުޅު ކައިރި.. އޯކޭ ދޯ..؟” ސުމާ ހުއްޓިފައި އެހެން ބުނެލުމުން ދާދި އެއްވަރަކަށް ޔާއިންއާއި ޔައިނާ ބޯޖަހާލިއެވެ. ޔާއިން ކޮނޑުގައި އިން ބެކްޕެކް ޔައިނާއަށް ދިނެވެ. ޔައިނާ އެހިފައިލުމާއި އެކު އަޑިއަށްވެސް ނުދިޔައީ ކިރިޔާއެވެ. އޭނާ އަކީ ކުރުކޮށް ހިކިކޮށް ހުންނަ ކުއްޖެކެވެ. އުމުރުން 20 އަހަރު ވީއިރު ހަށިގަނޑާއި ބަލާފައި އެވަރޭ މީހަކު ނުވެސް ބުނާނެއެވެ. މޫނު ހުންނަނީ ސުމާ ހުންނަހެންނެވެ. ވައްވައްކޮށް ދޮންކޮންނެވެ. ބޮޑުލޮލާއި ދިގު އެސްފިޔަތަކެވެ. ފަން ދިގު އިސްތަށިގަނޑެކެވެ. އެއީ ކުރީގައި ސުމާ ހުންނަގޮތޭ އެންމެންވެސް ބުނެއުޅެއެވެ. އެނާ ބުރުގާ ނާޅާކަން އެކަންޏެވެ.

ޔާއިން ދެފޮށި ހިފައިލައިގެން މައްޗަށް އަރަން ހެދުމުން ޔައިނާވެސް އަރަންފެށިއެވެ. ފުރަގަހުން ފެންނަމުން ދިޔަ ޔާއިންގެ ހަށިގަނޑަށް ޔައިނާއަށް ބެލެންފެށުނެވެ. “ދޮންބެ” ޔައިނާގެ ސިކުނޑިތެރެއަށް އެ ތިން އަކުރުގެ ބަސް އިވުމާއި އެކު ހީބިހި ނަގައިގަތެވެ. އޭނާ މިވަގުތު ހުރި ޖާގަ ހަނދާން ނައްތާނުލާށޭ ހިތާހިތުން ކިޔަމުން އޭނާ އަރައިފިއެވެ. މިއީ މުޖުތަމައު ބަލައިނުގަންނާނެ ކަހަލަ ގުޅުމެއް އުފެދޭނެ ކަހަލަ އިހްސާސްއެކެވެ. ދޮންބެ އަކާއި މެދު އޭނާ މިހެން ދެކެވެންވީ ކީއްވެހެއްޔެވެ؟ ގައިމު މީވެސް އެއްލޭ ހިނގާ އެއްބަނޑު އެއްބަފާ ދެކުދިންތާއެވެ. އޭނާގެ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތީބާއެވެ؟

ޔާއިންގެ ހާލަކީވެސް އެއީއެވެ. ހަޤީޤަތާއި ކުރިމަތިލާން އޭނާ ބޭނުންވިޔަސް ހިތަށް އަރާ އެއްޗެހިން ކެތްކޮށްލަން އުނދަގޫވަނީއެވެ. ނަމަވެސް އޭނާ އުމުރަށް ރާއްޖެ އެއައީ ކެތްކޮށްލެވޭނެ އެންމެ މަތީ ދަރަޖައަށްވެސް ކެތް ކޮށްގެން ހަޤީޤަތާއި ކުރިމަތިލާ ސިއްރު ސިއްރެއްގޮތުގައި ބާއްވަން އަޒުމް ކަނޑައަޅައިގެންނެވެ.

ޔާއިން ދޮރު ކުރިމައްޗަށް އެރުމާއި އެކު ޔައިނާ ދޮރު ހުޅުވައިދިނެވެ. ދާދި އެކު އެކީ ދެމީހުން ވަނެވެ. އެދޭތެރޭ މާ ގިނަ ވާހަކައެއް ނުދެއްކެވުނީ ދެމީހުންގެ ހިތުގެ ހާލު އެކަކު އަނެކަކަށްވެސް އިނގޭތީ ކަންނޭނގެއެވެ. ޔާއިން ދަބަހުން ތުވާއްޔެއް ނަގައިގެން ފާހަނައަށް ވަނެވެ. އޭނާ ނިކުންނަން ވާއިރަށް ޔައިނާ ދާނެކަމަށް ހީކޮށްފައެވެ. އެކޮޓަރި ހީކުރިވަރަށްވުރެ އޮތީ ރީއްޗަށެވެ. 3 ދުވަހުން އެއްދުވަހު މަންމަ އެކޮޓަރި ސާފްކުރެއެވެ. ޔައިނާ ކުނިކަހާލާ ކުޑަކޮށް ތަންތަން ފޮޅާ ސާފުކުރިއެވެ. އޭރުވެސް ޔާއިން ފާހަނަތެރޭ އުޅޭ އަޑު އޭނާއަށް އިވެއެވެ. ޔައިނާ ބެލްކަނީއަށް ނިކުމެވޭ ދޮރުވެސް ހުޅުވިއެވެ. ތާޒާ ވަޔާއި އިރުގެ ދޯދިތަށް ކޮޓަރިތެރެއަށް ވަނެވެ. ޔައިނާ ބެލީ އަވަހަށް އެތަނުން ނުކުމެވޭތޯއެވެ.

އެހެންކަމުން ގޮސް ދޮރުގައި ހިފެހެއްޓި ވަގުތު ފާހަނައިގެ ދޮރު ހުޅުވުނެވެ. އޭނާގެ ދެފައިގައި މީހަކު ހިފެހެއްޓިކަހަލައެވެ. ފަހަތް ބަލާލުމެއްނެތި ބިރުންހުރެ ޔައިނާ ކޮޓަރިން ނިކުމެ ދޮރުލެއްޕިއެވެ. ފުރަގަސް ދީގެން ހުރި ޔައިނާ ފެނި ޔާއިންވެސް ހުއްޓެވުނެވެ. އޭނާ ފަހަތް ނުބަލައި ނިކުތްކަން އެއީ ނަސީބެވެ. އޭނާ ހުރީ ހަމައެކަނި ތުވާލި އޮޅާލައިގެންނެވެ. މުޅި ކޮޓަރިތެރެއަށް ބަލައިލީ އެ ކޮޓަރީގައިވާ ކޮންމެ ކަނަކުން އެތަކެއް ހަނދާންތަކެއް ލޯ ކުރިމައްޗަށް ސިފަވަމުން ދާތީއެވެ. މިއީ އޭނާގެ އުމުރުގެ ބޮޑުބައި ހޭދަކުރި އޭނާގެ ކޮޓަރިއެވެ. ޔައިނާ ސާފްކޮށްލާފައި ދިޔައީ ކިތަންމެހާވެސް ތަރުތީބުކޮށް ރީއްޗަށެވެ. އެވަގުތު އޭނާއަށް ސިފަވީ ޔައިނާ ސިޑިމަތީ ހުރިގޮތެވެ. ކުރުކޮށް ހިކިކޮށް ހުންނައިރު އަދިވެސް ހުރީ ޔާއިން މާލެ ދޫކޮށް ދިޔަ އިރު ހުރި ގޮތަށެވެ. 20 އަހަރުވެފައި ހުއްޓަސް ހީވަނީ ހަމަ ކުރީގެ 14 އަހަރުގެ ޔައިނާހެންނެވެ. އެ މައުސޫމްކަމާއި ހިތްކަތިލަ ކަހަލަ ނަޒަރެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކެވެ. އެ ހިތް ފުރަތަމަ ޒަހަމް ކޮށްލި ސޫރައެވެ. “ކޮއްކޮ!” ޔާއިންގެ ސިކުނޑިއަށް އެ ތިން އަކުރު ގެ ބަސް އިވުމާއި އެކު ހިތަށް އަރަމުންދިޔަ އެއްޗެހި ވަގުތުން ހުއްޓާލިއެވެ. އޭނާ އަމިއްލަ ނަޒަރުގައި މިވަނީ ދަށުދަރަޖައަކަށް ވެއްޓިފައެވެ. ކޮއްކޮއާއި މެދު އެކަހަލަ ނަޒަރަކުން ދެކޭނީ ކިހާ ދަށުދަރަޖައިގެ މީހެއްހެއްޔެވެ؟ ޔާއިން ދެކޮޅަށް ބޯ ހަރަކާތްކޮށްލީ އެ ވިސްނުންތަކުން ދުރުވާށެވެ. ކޮއްކޮއެއް ކޮއްކޮއެއްގެ ގޮތުގައި ދެކުމަށެވެ. އޭނާ ނޫނީ ދެން މިގޭގައި އެހެން އަންހެންކުއްޖެއްވެސް ނެތްތާއެވެ. ޒިންމާދަރު ލޯބިވާ  އެހީވެދޭ އަދި އެ އަންހެން ކޮއްކޮއަށް ހުރިހާގޮތަކުން ހިމާޔަތް ކުރާނެ ބޭބެއަކަށް ވާން އޭނާ އަޒުމްކަނޑައެޅިއެވެ.

ކިތަންމެ ހައިވެފައި ހުއްޓަސް އަލަމާރިއަށް އެއްޗެހި އަޅާފައި ނޫނީ ނުދާން އޭނާ ނިންމިއެވެ. އެހެންކަމުން ސޯއްޓަކާއި ޓީޝާޓެއް ލުމަށްފަހު އަލަމާރި ހުޅުވާ އޭނާގެ ފޮށިތަކުން އެއްޗެހި ނަގާ ތަރުތީބު ކުރަންފެށިއެވެ.

“ދޮންބެ ކީއްވެ އިއްޔެ ނުބުނީ އަންނަ ވާހަކަ..” ޔާއިލް އެހިއެވެ. “އޭރުންނު ޔާލްއަށާއި އެންމެންނަށް ސަޕްރައިޒްއެއް ދެވޭނީ ދޯ…” ޔާއިން ބުނެލީ ކުރަންހުރި މަސައްކަތް ކުރަންފަށާއިފައެވެ. “ދޮންބެ ނިމުނީތަ ކިޔަވާ؟ ދެން ތިއައީ އެއްކޮށް ދޯ؟” ޔާއިލް ސުވާލުކުރިއެވެ. އޭނާ ޔާއިން ދެން ފޮނުވާކަށް ބޭނުމެއްނުވެއެވެ. “ޔަޕް.. އޮއްކޮށް ނިމުނީ.. އަސްލު ނިމުނުތާ 2 އިޔާސްވަނީ އެކަމް ދޮންބެ ބޭނުންވީ މަޑުކޮށްލަން.. އެކަމް މިހާރު މިއައީނު، ދެން ޑޭޑްމެންގޮތަށް ދޮންބެވެސް ވަޒީފާއަކަށް ދާން ފަށާނަން.. އެކަމް ވަން މަންތް ފަހުން އޭރުންނު ޔާލް އާއި އެކު އުޅެވޭނީވެސް މަޖާކޮށްފަ ދޯ…” ޔާއިން އެހެން ބުނުމުން ޔާއިލް އުފަލުން އާއެކޭ ބުންޏެވެ.

ހަޤީޤަތުގައި އޭނާ އަންނަގޮތަށް ބޭނުންވީ ވަޒީފާއަށް ދާށެވެ. ނަމަވެސް އިއްޔެ އޭނާގެ ބޮލުގައި ޒިންމާއެއް އެޅުނުފަދައެވެ. ޔައިނާގެ ޕްރޮޖެކްޓްގައި އެހީވާން ބޭނުންވީ ސުމާވެސް ޔައިނާ އެކަނި ހަދަންޖެހޭތީއާއި އޭގެ އެތަކެއް އެކްސްޕެރިމެންޓްތަށް ކުރިއަށް ގެންދަންޖެހޭތީ ބޯހާސްވެފައި ހުރިކަމަށް ބުނުމުންނެވެ. ބޭބެއެއް ފަދައިން ކޮއްކޮއަށް އެހީވާން އޭނާ ނިންމިއެވެ. ވަޒީފާއަށް ދާނަމަ އެހާބޮޑަށް އެކަމުގައި ނޫޅެވިދާނެތީ ޔާއިން ނިންމީ އެކަން ނިމޭހާކޮށް ވަޒީފާއަށް ދާށެވެ.

ޔާއިން ސިހުނީ ޔާއިލް ވާހަކަދައްކަން ފެށުމުންނެވެ. ތަފާތު ވާހަކަތަށް ޔާއިލް ދައްކަމުން ދިޔައިރު އެވާހަކަތަކާއި ގުޅިފައި ހުރީ އޭނާއަށް މާޒިން ދާދި ފަހުން ގަނެދިން ޕީ އެސް އާއި އާ ގޭމް ކުޅޭ ސީޑީގެ ވާހަކަތަކެވެ. ޔާއިންއަށްވެސް އެކަމަށް ސަމާލުކަން ދެވުނެވެ. އެއްޗެހިތަށް އަޅަމުން އޭނާ ދިޔައީ އެކޮޅުގައި ހުރެގެން އޭނާ ކުޅުނު އަދި މިހާރު ނިކުމެގެން އުޅޭ އާއި ގޭމްތަކުގެ ވާހަކަ ދައްކާށެވެ. ޔާއިލް ދެފައި ވައްކޮށްލައިގެން އެނދުމަތީ އިނެވެ.

ދެމީހުން ސިހުނީ ހުޅުވާފައި ހުރި ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. އޭރު ދޮރު ކައިރި ނިވައިވެގެން ޔައިނާ ހުއްޓެވެ. “މަންމަ ބުނީ ކާން އަންނާށޯ…” ޔައިނާ އިސްއުފުލާ ބަލައިލުމެއް ނެތި އެހެން ބުނެފައި ހިނގައިގަތެވެ. “ހިނގާ ކާން ދާން ދޯ….” ޔާއިން ކުރަންހުރި މަސައްކަތް ބަހައްޓާފައި ހިނގައިގަތީ ކާންއިތުރަށް ލަސްނުކުރުމަށެވެ. ދެކެވެމުންދިޔަ ވާހަކައިގެ ސަބަބުން އޭނާގެ މަސައްކަތް ލަސްކޮށްކުރެވުނީއެވެ. ޔާއިން ޔާއިލްގެ ކޮނޑަށް އަތް ވައްޓާލައިގެން ކާގެއަށް ދިޔައިރު ޔައިނާ އެއް ނެތެވެ. ސުމާ އޭރު ކާއެއްޗެހި ގާތްކޮށްދިނުމުގައި އުޅެއެވެ. މާޒިން އެތާ އިނެވެ.

“ކޮބާ ޔަނާ؟؟” ސުމާ އަހާލީ އެމީހުން ފަހަތުން ޔައިނާ ނައުމުންނެވެ. އެހެނީ ސުމާ ޔައިނާ ކައިރި ސާފުކޮށް އެމީހުންނަށް ގޮވާ ޔައިނާވެސް ކާންއައުމަށް ބުނެލިއެވެ. މިއަދު އޭނާ ކުޑަކޮށް މޫޑް ގޯސްވެފައި ހުރިކަން ސުމާއަށް ނަގައިގަނެވުމުން އޭނާ ކެއުމާއި ދުރުވާނެކަން ރަނގަޅަށްވެސް އޭނާއަށް އިނގުނެވެ. “ގޮވާފައި އެތަނުން ގޮއްސި؟ މިތަނަށް ނާދޭތަ؟” ޔާއިން އެހިއެވެ. ސުމާ ހުމްމް އަޅުވާލަމުން ސިޑިއާއި ދިމާލަށް ބަލައިލީ އޭނާ ސިޑީގައި އިންތޯއެވެ. ނަމަވެސް އޭނާ ގެ ވަސްވެސް އެތާކު ނެތެވެ.. “އަހަރެން އަންނާނަން ގޮވައިގެން…” މާޒިން އެހެން ބުނެފައި ތެދުވިއެވެ. “ހުމްމް.. މާޒިންއަށް މާޒިންގެ ޕްރިންސަސް ގެނެވޭނީ..” ސުމާ އެހެން ބުނެފައި ޔާއިންމެންނަށް ތަށިތަށް ގާތްކޮށްދިނެވެ.

110
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހިތުގެ އެދުމޭތީ (3 ވަނަބައި)

Next

އަނދިރިފަރާތް (12 ވަނަ ބައި)

Next
February 23, 2017

އަނދިރިފަރާތް (12 ވަނަ ބައި)

Previews
February 23, 2017

ހިތުގެ އެދުމޭތީ (3 ވަނަބައި)

28 Comments

  1. Ryn says:
    February 23, 2017 at 2:47 pm

    Good aftenoon guys!! And hope this part is nice.. Finally yaain and yainaa “the main” is here lol. How’s the pic btw? Aaand hykuran mi story mihaaru dhaagoii rythi vaane kamah… And tc
    Loabivey ? ? ? ?

  2. kia says:
    February 23, 2017 at 3:11 pm

    im the first dhw …. vara salhi story

  3. Brainless says:
    February 23, 2017 at 3:50 pm

    Ohh woww..????.
    Salhieyyy story..???.next part kiyaa hiy vanee hama… Waiting ryn..?
    Luv your stories ryn..???
    Keep it up..❤❤❤❤❤

  4. Ryn ge fan eh says:
    February 23, 2017 at 4:04 pm

    Hi. Vvv salhi. Will they both marry ??

  5. Kitty says:
    February 23, 2017 at 4:13 pm

    Ohh woww..??
    Story is awsum.. waitin fr nxt prt.. luv u r story ryn..
    Keep it up..??

  6. 404Error says:
    February 23, 2017 at 4:16 pm

    wooow
    stry hama habeys ???
    yaain ah egey dhw yaina ei kokko eh nun kan?? ☺
    waiting 4 nxt ep ?
    ❤

  7. Shile says:
    February 23, 2017 at 4:26 pm

    Varah disgusting that siblings have these kind of relationship which is not acceptable not only in Islam but in all other believes as well.
    We know they are not siblings but they don’t know so this is disgusting.
    They got to know somehow they are not siblings and this feeling grew but they have to hide it because of their parents then that is a different story

    1. aish says:
      February 23, 2017 at 4:44 pm

      Dhw.. ryn liyumyma dho thihen thi kiyany aslu.. liyuntherin thafaath nukohba pls.. thihen ryn aai dimaa ah bunanyaa varah gina writer aa dhimaa ahvx bunan jeheyne mithaanga.. ryn difaau kurany eh noon mii.

    2. Inn says:
      February 27, 2017 at 9:48 am

      Noon aish. Shine aa dhimaalah vx bunefa onnaany ehen

  8. nikyy says:
    February 23, 2017 at 5:13 pm

    Mi story ves kunveari loabi gothan tha mivany.yaain an yainaa gea love story.

    1. nikyy says:
      February 23, 2017 at 6:25 pm

      Kurin ryn gea story genagotha mi story ves geneas dhyba

    2. fathoo says:
      February 23, 2017 at 9:15 pm

      Asluvex dhw same hama

  9. toin says:
    February 23, 2017 at 5:45 pm

    Haha ehn stories ga ves vaagothah dhw mivany

  10. Shahina says:
    February 23, 2017 at 5:50 pm

    masha allah.oh!!! mioh vgothah.dan kihinah baa vaanee????????waiting.❤❤❤❤❤❤❤❤❤

  11. haseena says:
    February 23, 2017 at 6:21 pm

    Kihveri lobige copy eh

    1. ? says:
      February 24, 2017 at 10:16 am

      copy ekey nubuneveyne. . . ehn viiyAA ekaku vaahaka eh liyuny thy. dhn thibi myhun vaahaka liyunyma ves vaany copy kury kamah .
      LOL ?

    2. Suzeyn says:
      February 24, 2017 at 1:46 pm

      Konme gotheh viyas mee Kuhveri Loabi ge copy eh. dhen avahah Ryn konmes namehga comment kollaa hajam nuvegen ??

  12. Yaana says:
    February 23, 2017 at 7:01 pm

    Varah reethi story dhaagoiy thanx writer

  13. Aanaa says:
    February 23, 2017 at 7:15 pm

    Hama kuh veri loabi

    1. ? says:
      February 24, 2017 at 10:10 am

      2 vaahaka aku ehkahala kameh ves vegen nuvey tha???
      ?

    2. Suzeyn says:
      February 24, 2017 at 1:47 pm

      Thedheh thibuny. Hama Kuhveri Loabi ge copy eh

  14. Maako says:
    February 23, 2017 at 7:35 pm

    Dhekudhin ekaku anikaku dheke loabi vanieetha.. Dhen anihbai nukiyaeh hihhama eh nujeheyne.. Waiting 4 next part

  15. Hello says:
    February 23, 2017 at 9:08 pm

    Yaain and yaina akee ebbandu ebbafa dhekudhinneh noon
    Yaain E ee suma ge dhontha ge dharieh
    So its acceptable
    emeehunnahves fahun ingeyne kanneynge ennu

  16. Madhy says:
    February 25, 2017 at 1:09 am

    Kuhveri loabi vaahakayaa varah bodah connect vey. Ryn ehves varakah evaahaka kiyaafin tha? Alhe kiyaalaba. Eyrun engeyne v bodah ehgoiyhkan eba huri. Story salhi

  17. dhonthi says:
    February 25, 2017 at 10:22 pm

    cousin ah merry kureveyne… ekamu meega emme kuda iruves ulheny beybe kokko gothah. fahun e dhemeehun lobi mivanee ishgee loabi. pls ryn mikahala vaahaka nuliyeba. mee aharemenge islaam dheen huhdha kuraa kanthahthakeh noon. ryn liyaa vaahaka thah kurin kiyanee kiyaa hithun. ekamu mihaaru vvvv foohi kiyan. mee ryn ge story thakah v suport kuran. ryn mihaaru liyaa vaahakathah hunnanee europian ge style ah. ehgothakahves kamaku nudhey mihaaru ryn liyaa vaahaka thakeh.

    1. Inn says:
      February 27, 2017 at 9:51 am

      Aanyay. Emihunnah adhi eh neygeyne dho aee siblings noon kameh. But ehaalathuga vx ishqy loabi vevuny. Kiyun therinnah engunneh kamalu emihunnakah neygeynehnu. Chi chi.

    2. Busted! says:
      February 27, 2017 at 3:58 pm

      Truuueee!!

  18. Shabyyy says:
    February 25, 2017 at 10:29 pm

    Mee kuhveri loabeege copy ehtha??

Comments are closed.

All Right Reserved!