………………………. “ޖިނާ…! އަހަރެން އަދިވެސް މަންމަ ކައިރި ނައިނާގެ ވާހަކަ ނުބުނަން… އަނެއްކާ ނައިނާ ކައިރިވެސް ނުބުނަން…. މިހާރު ގުޅުމަށް 5 މަސްވަނީ… މަންމަ ކައިރި ނުބުންޏަސް އަހަރެންނަށް އިނގޭ މަންމަ މިކަމަށް އިންކާރު ކުރާނެކަން.. ކޮންމެ ދެދުވަހަކުން އެއްދުވަހު މަންމަގެ ފަރާތުން އެކަމާއި ދެކޮޅު ވާނެކަހަލަ ކޮންމެވެސް ބަހެއް ނޫނީ އަމަލެއް އެބަފެނޭ.. އަހަރެން ބޯގޮވަނީ…” ކަންބޮޑުވެފައި ހުރި އައިޒަން ހުރީ ހަމަރަނގަޅަށްވެސް ބޯ ގޮވާފައެވެ. ފޯނު ކަނޑާލަން އޭނާ މަޖުބޫރުވީ ބޭރުން މާ ބާރަކަށް […]
ލަސްލަހުން އެސްފިޔަތަށް ތަޅުވާލަމުން ނައިނާ އެ ދެލޯ ހުޅުވާލިއެވެ. ހުޅުވާލިއިރު އޭނާއަށް ފެނުނީ ހިކި ދޮން ވެލިގަނޑުމަތީ ވަރަށް ބޮޑުކޮށް “އައި ލަވް ޔޫ” ޖަހާފައި އިން ތަނެވެ. ނައިނާ ކޮއްޅަށް ހުރީ ހިތުގެ ބައްޓަމަށް ކުރަހާފައި އިންތާއެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި ފަހަތުގައި ހުރި އައިޒަން އަށް ބަލައިލިއެވެ. އައިޒަން ކުޑަކޮށް ހިތްއަވަސްވެފައި ހުއްޓެއްކަމަކު ބޯ ޖަހާލީ ޔަޤީންކުރާށޭ ބުނާފަދަ ގޮތަކަށެވެ. “އައި ލަވް ޔޫ ނޭނާ..!! ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންނަކަށް ނޭނގެ ނޭނާ […]
އައިޒަން ފުން ނޭވައެއްލުމަށްފަހު ހުދު ވެލިގަނޑާއި ކުޅެން ގެންގުޅުނު ކުޑަ ދަނޑިބުރި އަތުކޮޅަށް ހޫރާލިއެވެ. އެއަށްފަހު ތެދުވެ ފަސްއެނބުރުމާއި އެކު ސިހުނީ 8 ވަރަކަށް ފޫޓު ދުރުގައި އިން ނައިނާ ފެނިފައެވެ. ނައިނާ ފަނޑު ހިނިތުންވުމެއް ދިނުމުން އައިޒަންވެސް ސިހުން ކަނޑުވާލާ ހިނިތުންވެލިއެވެ. އެއަށްފަހު މަޑުހިނގުމެއްގައި އައިސް ނައިނާ އާއި ތަންކޮޅެއް ކައިރި އިށީނދެލިއެވެ. ކައިރިއޭ ބުންޏަސް އިތުރު ދެމީހަކަށް އެދޭތެރޭ އިށީނދެވޭނެހާ ޖާގަ އޮތެވެ. “ހިއެއްނުކުރަން އަންނާނެކަމަކަށް..” ހިމޭންކަން ފޫ އަޅުވާލަމުން އައިޒަން އެހެން ބުންޏެވެ. […]
އެރޭ އައިޒަން އަށް ނިދަންވެސް އުނދަގޫވިއެވެ. ދެލޯ މަރާލާއިރަށް ފެންނަނީ އެ ފަންމިންޏެއްހާ ރީތި އަންހެންކުއްޖާގެ ރީތި ދެލޯ ފެންކަޅިވެގެން ދިޔަ ގޮތެވެ. އެ ބޮޑުދެލޮލަށް ކަރުނަ ޖަމާވެގެން އައިގޮތެވެ. ގައިމުވެސް ސަބަބަކާއި ނުލާ އެހާ ކުޑަ ކަމަކަށް މީހަކު ދެރައެއްނުވާނެއެވެ. ނޫނީ ހަމަ އަންހެނުން އެހާ ކަންތަށް ދައްކަން ބޭނުންވަނީއެވެ. މައްސަލަގަނޑެއް ޖައްސަން ހަމަ ބޭނުންވަނީއެވެ. އަންހެނުންނަކީ އެކަހަލަ ބައެއްތާއެވެ. ކޮންމެއަކަށް މިފަހަރު މާފަށް އެދެން ޖެހިފައި މިއޮތީ އައިޒަންއަށެވެ. އެތަށް އިރަކު ނިދިން […]
ދުވެފައި ދިޔަ އައިޒަން އަށް ނައިނާ އިތުރު ގޯޅިއެއް އެޅިތަން ފެނި ހުރި ބާރެއް ލާފައި ދުއްވައިގަތެވެ. ނައިނާ އާއި އަރާ ހަމަކުރެވުނީ ހަމަ ކިރިޔާއެވެ. އަތުގެ މުލައްދަނޑީގައި ހިފައިފާ ނައިނާ ހުއްޓުވުމާއި އެކު ނައިނާ ނުވެއްޓުނީވެސް ކިރިޔާއެވެ. އެނބުރުނު ވަގުތު އައިޒަން ފެނި ނައިނާ ދެލޯ ބޮޑުވެގެން ދިޔައެވެ. އައިޒަން ޖެހި ކުއްލިން ނައިނާ ގޮސް ޖެހުނީ އައިޒަންގެ މޭމަތީގައެވެ. އައިޒަން ވަގުތުން ދުރަށް ޖެހުނެވެ. އެވަގުތު ނައިނާގެ ދޮން މޫނު އޭނާއަށް ފެނުނެވެ. އައިޒަން […]
“ދަރިފުޅާ… އައިޒަން… ބަލައިގެން އުޅޭތި.. ނަމަ ނަމަ އެމީހުންގެ ބަސްތަކަށް ނުހެއްލޭތި.. އެއީ ފާޑެއްގެ ބައެއް… ހާއްސަކޮށް ޒުވާން އަންހެންކުދިން… ޖަނަވާރު ކޮށްޓަކަށް ވަނުމެކޭ މުއްސަނދި ފޯރާ މީހަކު އެތަނަށް ދިޔުމެކޭ ވާނީ އެއްގޮތް… ތި ކުރާ ކަމެއް ކޮށްފަ އަވަހަށް އަންނާތި…” ޝާމިރާ އޭނާގެ ދޮށީ ދަރިފުޅުގެ ގައިގާ ފިރުމަ ފިރުމާމާފައި އެހެން ބުނެލީ ވަރަށް ބޮޑަށް ކަންބޮޑުވެފައިހުރެއެވެ. މާޒީގައި ހިނގާދިޔަ ކަންތަކުގެ ސަބަބުން އެ ދަރިފުޅު އެތަނަށް ފޮނުވަން ބޭނުންނުވަނީއެވެ. ހިތުގައި އޮތް […]
ކުރިމަތީ އެ ހުރީ ޔާއިންއެވެ. ޔާއިން ފުރަތަމަވެސް ޔައިނާގެ ގައިގާ ބައްދާލިއެވެ. ޔައިނާ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް އެކި ހިޔާލުތަށް ވަންނަން ފެށީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. އެކި ތަންތަން ހޯދަމުން އައިސް މިތަނަށް އާދެވުނީވެސް ޔައިނާ މިކަހަލަ އަމާން ތަނެއްގައި އިނދެދާނެކަމަށް ހީކުރެވުމުންނެވެ. ޔާއިން ޔައިނާ ދުރަށްލުމަށްފަހު ހަމަޖެހުނެވެ. އެއަށްފަހު ރުޅިވެރި ނަޒަރަކުން ޔައިނާއަށް ބަލާލިއެވެ. “ކީއްކުރަނީ މިތާ؟؟ ފޯނަށް ކިހިނެއް ހަދައިގެން ތި އުޅެނީ؟ ޔަނާ ކޮން އިރެއް ބޭރުގައި […]
“ބުނެބަލަ އެންމެ ފަހަރަކުވެސް ލޯބިވެޔޭ ޔާން.. ޕްލީސް..” ޔައިނާ އެހެން ބުނުމުން ޔާއިން އޭނާގެ ކޮލުގައި ހިފަހައްޓާލިއެވެ. މިރޭ އޭނާއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވުނީތީ ދެރަވިއެވެ. އެއްޗެއް ނުބުނެ އޭނާ އިންގޮތަށް އިނެވެ. ކިތަންމެ ލޯބިވާ ވާހަކަ ބުނަން ބޭނުންވިޔަސް އޭނާ މަޑުމައިތިރިކަން އިހްތިޔާރު ކުރިއެވެ. ފަރާތުން ޖަވާބެއް ނައުމުން އޭނާ ބޯ އަރިކޮށްފައި ބަލާލިއިރު ޔައިނާއަށް ނިދިއްޖެއެވެ. ޔާއިން އެ ހަށިގަނޑު އޭނާއާއި ތަންކޮޅެއް ބޮޑަށް ކައިރިކުރިއެވެ. އަދި އިސްތަށިގަނޑުގައި ބޮސްދިނެވެ. “ވަރަށް ލޯބިވޭ…” ޔާއިން […]
ޔައިނާ ކުއްޖަކަށްވެގެން ގޮސް އެނދުމަތީ އޮށޯތީ އިތުރަށް ޔާއިން ރުޅި ނާރުވާ ކުޑަކޮށް ލޯބިން އުޅެލާށެވެ. ޔާއިން ހަމަޖެހުމަށްފަހު އެނބުރުނުއިރު ޔައިނާ އޮތީ އެނދުމަތީގައެވެ. މިވީގޮތުން ލޯ ސީދާކޮށްލަންވެސް ނުކެރޭނެއެވެ. އެކަމާ ނުވިސްނާ ޔާއިން ކަށިގަނޑުހިފައިގެން ގޮސް ގޮނޑިކައިރިކޮށްލާ އިށީނެވެ. ޔައިނާ މާ ފާޑަކަށް ޔާއިންއަށް ބަލާކަން އިނގުމުން ހިސާބަކަށް އޭނާ ލަދުވެސްގަތެވެ. ނަމަވެސް އޭނާގެ މޫނަށްވެސް ބަލައިނުލާ ޔާއިން ޔައިނާގެ ހިތާވީ ދިމާލުގައި ކަށިގަނޑު ޖެއްސިއެވެ. އެއަށްފަހު އޭނާގެ ބީޕީވެސް ބެލިއެވެ. ޔައިނާގެ އަތް ނަގައި […]