ޑރ ނާފިޒް އެތަނުގެ އިންޗާރޖަކަށް އެވަގުތު ހުރުމުގެ ސަބަބުން އޭނާވެސް އަވަސް އަވަހަށް އެތަނަށް ވަތްތަން ޔާއިންއަށް ފެނުނެވެ. އެތަށްއިރެއްފަހުން ސުމާ އާއި މާޒިން ނިކުތެވެ. ޔާއިން ކިތަންމެ އަހަން ބޭނުންވެފައި ހުއްޓަސް ކެތްކޮށްލައިގެން އިނީ މާޒިން ހުރީމައެވެ. ސުމާ އަށް އެކަން އިނގުމުން ޔާއިން ކައިރި އިށީނެވެ. “ލޭ ވަރަށް ބޮޑަށް މަދުވެފައި ހުރީ، އެހެންވެ އެނބުރުން އެރީ، ޔަނާ އަކީ އަބަދުވެސް މި ދުވަސްކޮޅު ޕްރޮބްލަމް ހުންނަ ކުއްޖެއް….މިފަހަރު މާ ބޮޑުވަރުވީ ކަންނޭނގެ.. ނުވެސް […]
ޔައިނާ އަށް އެދުވަހު އޭނާގެ ޑިއުޓީ އޮތް ގޮތް އިނގިގެންދިޔައެވެ. އަދި އެކި ދުވަސްދުވަހަށް ބަހާލެވިފައިވާ ގޮތް އިނގުނެވެ. ފުރަތަމަ ދުވަހެއްކަމަކު އޭނާއަށް އެހާ އުނދަގުލެއް ނޫނެވެ. ބްރޭކްއެއް ނަގާލަމުން ޔައިނާ ކެބިން އިން ނިކުމެފައި ކައިރި ހުރި ކެބިން ހުޅުވިއެވެ. އެވަގުތު ހައިފާވެސް ހުރީ ބްރޭކްއަށް ތައްޔާރުވެގެންނެވެ. ދެމީހުންވެސް ތިބީ ބްރޭކް ނަގާނެ ގަޑިއެއް ކިޔައިގެންނެވެ. ދެމީހުން ހިނިތުންވެލަމުން ކެންޓީންއަށް ދިޔައެވެ. “ސޯ މިތަނަށް ވަނީ މަމްމެން ވޯރކް ކުރާތީ ދޯ.. ކޫލް… އަހަރެން ބައްޕަވެސް […]
ގެއަށް ގޮސް އެންމެން ފެންވަރައިގެން ކާން އައުމަށް މާޒިން ބުންޏެވެ. އޭރު ހަވީރުވެއްޖެއެވެ. ޔައިނާ ކޮންމެހެން ކާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ފެންވަރައިގެން ނިކުތް ގޮތަށް ނަމާދުކޮށްގެން ނިދީއެވެ. ސުމާ ބަލައި އައި އިރު ޔައިނާ އޮތީ ނިދާފައެވެ. އެހެންކަމުން އަޅައިނުލާ ގޮސް ކެއުމައިގެން އުޅުނެވެ. ޔާއިންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. 3 އަހަރު އެކަނި އުޅުމަށްފަހު އަނެއްކާވެސް އެންމެންނާއި އެކު އުޅެވޭނެތީއެވެ. “އެންމެ ފުރަތަމަ ކަމަކަށް ޔާލް ގެ ސުކޫލް ކަންތަކާއި އުޅެންވީ…” ސުމާ ބުންޏެވެ. […]
ސުމާ އަށް މާޒިންއާއި ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނަސް ހިތުން އެތަކެއް ފަހަރު ޔާއިން އެ ނިންމި ނިންމުން ބަދަލުކުރުމަށް އާދޭސްކުރަމުންދިޔައެވެ. މާޒިން ހިތްހަމަޖެހުނުތަން ފެނުނެވެ. އޭނާ އަބަދުވެސް ޔާއިންދެކެ ލޯބިވާއިރު މިފަހަރުވެސް ޔާއިން އޭނާ ގެ ނަން ވެއްޔާއި މޮޑުމުގެ ފުރުސަތު ލިބުނަކަ ނުދިނެވެ. މާޒިން އަށް އެ ނިންމުން ކިތަންމެ ހިތްދަތިވިޔަސް އޭނާ އެ ގުޅުމަށް ކިތަންމެ އާބަސް ބުންޏަސް މި ދުނިޔޭގައި އެދެމީހުންނަށް އެކީ އުޅެން އުނދަގޫވާނެކަން މާޒިންއަށް އިނގެއެވެ. ޔައިނާ ދެދުވަސްފަހުން […]
ސައިބޯ ގަޑިއަށް އެންމެން އައެވެ. ޔައިނާއާއި ޔާއިންވެސްމެއެވެ. އެ ފޭކް ހިނިތުންވުމާއި އެކު އެންމެންނާއި ދެމީހުން ބައްދަލުކުރި އިރު އެ ދެ ހިތުގެ ހާލު ސުމާއަށް އިނގެއެވެ. މާޒިން ދާން ތައްޔާރުވެގެން އިން އިރު ސުމާ މިއަދު ބޭނުންވީ ގޭގައި ހުންނާށެވެ. “ޔާން ކޮންއިރަކުން ދާން ޖެހެނީ؟” މާޒިން އެހިއެވެ. “މެންދުރު” ޔާއިން ޖަވާބު ދިނީ ކުރުގޮތަކަށެވެ. “ޔާލް އިނގޭތަ، ރޭގައި މަންމި ތިބީ މަންމިގެ ދެ ރަންދަރި ކައިރި ނިދާލާފައި، ބައްޕި އާއި ޔާލް މަތިން […]
ދެމީހުންގެ ހިތުގައިވެސް ވަނީ ޝަކުވާއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެއަށް ދަންނަވަމުން ދިޔައީ ކެތްތެރިކަމަށެވެ. ސުމާ އާއި މާޒިން ސިޓިންގް ރޫމްގައި ވާހަކަދައްކަން ތިއްބެވެ. މާޒިން ވިސްނަމުން ދިޔައީ ސުމާ ކައިރި އެވާހަކަ ބުނާށެވެ. އެހެނީ މިހާރު އޭނާއަށްވެސް އެ ދެއްކީ ޔައިނާގެ އެކުވެރިއެއްގެ ވާހަކަކަން ޔަޤީންވީމައެވެ. ސުމާވެސް ހިތުލައިގެން ހުރީ މާޒިން ކައިރި އެވާހަކަ ބުނާށެވެ. “ސުމް… އިނގޭތަ އަސްލު ޔަނާ އެހާ މޫޑީވެފައި ހުރި ސަބަބު؟ އަސްލު އަހަރެން މާ ބޮޑުކަމެއް ނޫނޭ ބުންޏަސް […]
ޔައިނާ އުފުއްލާލައިގެން އުޅުމުގެ ސަބަބުން އޭނާގެ އަނގައިންނާއި ބޮލުން ފޭބި ލޭތަށް ޔާއިންގެ ޓީޝާޓުގެ އިތުރުން އަތުގައިވެސް ހުއްޓެވެ. ގޮނޑީގައި ގައި އިށީނދެ އިން އިރު އޭނާ ދެއަތަށް ބަލަމުން ދިޔައީ ގަބުއަރާފައި އިނދެއެވެ. ޔައިނާއަށް އަނިޔާވިތަން އޭނާއަށް ސިފަވަމުންދިޔައެވެ. އެވަގުތު ދުވެފައި ކަހަލަ ގޮތަކަށް މާޒިންއާއި ސުމާ އައީ އެހަބަރު އެމީހުންނަށް ހޮސްޕިޓަލުގެ މުވައްޒަފެއްގެ ފަރާތުން ލިބުމުންނެވެ. ސުމާ އާއި މާޒިން އައިސް ޔާއިންގެ ދެފަރާތުގައި އިށީނދެ ޔާއިންއަށް ގޮވަމުން ދިޔައިރު އޭނާ އިނީ ހަރަކާތްވެސް […]
ޔާއިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރުޅިއާދެވުނީ އެ ޕާޓޭ މީހާއަށްވުރެ ބޮޑަށް ޔައިނާ ދެކެއެވެ. ނަމަވެސް ކުރިމަތީ ޔާއިލް އިންގޮތް ފެނި އޭނާ ފުންނޭވައަކާއި އެކު ރުޅި މަތަކުރިއެވެ. “އެހެންތަ.. އެހެންވިއްޔާ ދޮންބެ ތިކަން ބަލާނަން އިނގޭ.. ދޮންތި އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ދޮންބެ ކައިރި ބުނައްޗޭ.. އެންޑް ޔެސް ދޮންބެއަށް އެއްވެސް އެއްޗެއް ނުފޮރުވާތި އިނގޭ..” ޔާއިން ޔާއިލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޔާއިލް ހަމަޖެހެވުނީ ދެނެވެ. ހިތުގައިވާ އުދާސްތަށް ފިލިއެވެ. އަދި ޔާއިން އެކަން […]
އޭގެ އަނެއްދުވަހެވެ. މާޒިން ހޮސްޕިޓަލަށް ދިޔައިރު ސުމާ ގޭގައި އުޅޭ ދުވަހެކެވެ. ޔައިނާ އާއި ޔާއިން އަދިވެސް ސައިބޯކަށް ނާދެއެވެ. ޔައިނާ ކޮލެޖަށްވެސް ދާންޖެހޭނެއެވެ. ސިޓިންގް ރޫމްގައި ރުޅިގަދަވެފައި އިން ސުމާ ތެދުވީ ދެމީހުންނަށް ގޮވަންދާށެވެ. ސިޑިއާއި ހަމާއަށް އެރުމާއި އެކު ލޮލުގައި އަޅައިގަތީ ޔައިނާއެވެ. އޭނާ ކޮލެޖްއިން ގެނައި ބައެއް ޓެސްޓް ޓިއުބްތަކެއްގެ އިތުރަށް ދެ ފޮތް ހިފައިގެން އާދެއެވެ. ސުމާ ފެނުމުން ހިނިތުންވުމަކައި އެކު ބާއްޖަވަރި ހެނދުނަކަށް އެދުނެވެ. “ކޮބާ ޕްރޮޖެކްޓް؟” ސުމާ އެހިއެވެ. […]