ހަމްނާ ކައިރިން ހުއްދައެއް ހޯދުމަށްފަހު އަޔާން ކިއާރާ ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ކިއާރާ މައިޝާ އަށް ގުޅާލީ އަޔާން ކާރު ސްޓާރޓްކޮށްލުމުންނެވެ. “މައި……” އެކޮޅުން ފޯނު ނެގުމުން ކިއާރާ ގޮޮޮވާލިއެވެ.. “ކީކޭ ކީޓީ؟ ހުރިހާ ކަމެއް އޯކޭތަ؟ ޒާން ބުނި މިއަދު ބަލިވެގެން އޮފީހަށްވެސް ނާދޭ.. އަދި ގުޅައިނުލެވިގެން މިއުޅެނީ…” މައިޝާ އެކޮޅުން ބުނި އަޑުއިވުނެވެ.. ވާނީވެސް އެހެނެއް ނޫންހެއްޔެވެ. އޭނާ އުޅެނީ 5 މަހުގެ ބަނޑަކާއި އެކުގައެވެ.. އޭނާވެސް އަރާމު ކުރުން ނޫންކަމެއް ޒާއިންގެ […]
ފަތުހީ ދުރަށްދިޔައީ ކިއާރާމެން ކެއުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދެމުންނެވެ. ކިއާރާ ހިނިތުންވެލައިގެން އިނެއްކަމަކު އިނީ ހިތްއަވަސްވެފައެވެ. އިރު އިރުކޮޅާ އަޔާން އާއި ދިމާ ބަލައިލެވެއެއެވެ. ހަޤީޤަތަށްވެސް އޭނާ ދެން އުޅެން ޖެހޭނީ އަޔާންއާއި އެކު ހެއްޔެވެ؟ އެހާ ފަސޭހައިން އެކަން ވީހެއްޔެވެ؟ އޭނާގެ ދިރިއުޅުމަށް ހަމަ އަޔާން އައީބާއެވެ؟ ކިއާރާ ބަލަން އިނުމުން އަޔާން އެއް ލޯ މަރާލަމުން ލޯބީގެ ދެތިން ބަސް ކިއާރާއަށް އިވޭވަރަށް ބުނެލީ އޭނާ ލަދުގަންނާނެކަން އިނގޭތީއެވެ. ކަންވީވެސް އެހެންނެވެ. ކިއާރާ […]
ދުވަސް އައިސް ޖެހުނީ ހީވެސްނުކުރާހާ އަވަހަށެވެ. ކިއާރާ ބޭނުންވާގޮތަށް ހުރިހާ ކަންތަށް ނިމިގެން ދިޔައީ ވަގުތުނުވެސް ޖެހެނީހެވެ. އެންމެންނަށްވެސް ކިއާރާގެ އެ ވެޑިން ޕްލޭން ކަމުދިޔައެވެ. ހަމައެހެންމެ ކިއާރާ އަށް ތައުރީފްވެސް ކުރިއެވެ. ދަރުބާރުގޭގައި ތައްޔާރުކުރެވެމުން ދިޔަ ޕާޓީގެ ކަންތަށް ގާތުން ބަލަމުންދިޔައީ ސަމާހްއާއި ދީމާއެވެ. އެކަމުގެ ސަބަބުން އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ކައިރިވެ ހިސާބަކަށް މެދުގައި އޮތް ދުރުކަން ނެތިގެން ދިޔައެވެ. މާލޭގެ ރައްޔިތުން ދިޔައީ އެ ދުވަހަށް އަތުކުރި އޮޅާލައިގެން ތައްޔާރުވަމުންނެވެ. […]
އެމީހުންގެ ވާހަކަ މެދުކެނޑުނީ ސައިކަލުގެ ކަންތަށް ހަމަޖެހިއްޖެކަމަށް ޒާއިން ބުނެލުމުންނެވެ. “އަވަހަށް ހިނގާ ކާރަށް އަރައިގެން ދާން.. އޭރުން ރޭގަނޑުވާންވާއިރަށް އާދެވޭނީވެސް…” ކިއާރާ ބުންޏެވެ.. “އޯކޭ ސޯ އަމް ފްރޮންޓް ސީޓް ގައި… އަޔާން ދުއްވާނީ…ދެން މެދުގައި އިން ތިން ސީޓުން ދެ ސީޓް ޒާއިންއަށް.. އޭނާއަށް ބޭނުންވާނެ 2 ސީޓް.. ލޮލް… ދެން މައި… ދެން ފަހަތުގައި އިން ދެ ސީޓް ދީމް އެން ސޭމް.. އޯކޭ އެއްނު؟” ކިއާރާ އެހެން ބުންޏެވެ “ހަމަ ހަބޭސް…މައި.. […]
ކިއާރާ މުވައްޒިފުން ތިބޭ ބަޔަށް ގޮސް ދީމާ ފެނޭތޯ އުޅުނެވެ. އޭރު ދީމާ ހުރީ ތަންކޮޅެއް ދުރުގައި އެހެން އިތުރު މީހެއްކައިރި ފައިލް އިން ހިފަހައްޓައިގެން އެއްޗެއް ދައްކާށެވެ. ކިއާރާ ފެނިފައި އެންމެން ކިއާރާ ކައިރި އެހީއެއް ބޭނުންވީތޯ ސުވާލުކުރިއެވެ. “ނޫން.. މިއައީ ދީމް އާއި ބައްދަލުކޮށްލަން…” ކިއާރާ ބުނެލުމަށްފަހު ދީމާ އާއި ދިމާލަށް ދިޔައެވެ. މިހުރިހާ ދުވަހު ދީމާ ކިއާރާ އާއި ކުޑަކޮށް ދުރުވުމުގެ އަސްލަކީ މިއީތާއެވެ. ދުރުވިއެއްކަމަކު ދީމާ ދުވަހަކުވެސް ނުބައި ގޮތަކަށް ނުވިސްނައެވެ. […]
ކިއާރާ ސިހުނީ ކޯޑް ޖަހާލުމާއި އެކު ހުޅުވިގެން ދިޔަ ގޭޓްގެ އަޑަށެވެ. އޭނާ އެދިމާ ބަލައިލިހާ ހަލުވިކަމާއި އެކު ކާރެއް އައިސް ސިޑި ކުރިމައްޗަށް ހުއްޓުނެވެ. ކިއާރާ ފުންނޭވައެއް ލިއެވެ. އަޔާން ކާރުން ފޭބުމާއި އެކު ސިޑިމަތީ އިން ކިއާރާ ފެނުނެވެ. އޭނާ ވަގުތުން އައިސް ކިއާރާ ކައިރި އިށީނދެލާ އޭނާގެ ގައިގާ ބައްދާލިއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އިތުރަށް ދެން ކިއާރާ އާއި ދުރުވެގެން އުޅޭކަށް އޭނާ ބޭނުމެއްނޫނެވެ. ވީހާވެސް އަވަހަށް […]
އެމީހަކު ކިއާރާއާއި ކުރިމައްޗަށް ވާގޮތަށް ހުއްޓުނެވެ. “އިޓްސް މީ އޭ…” އެ އަޑު އިވުމާއި އެކު ކިއާރާ ހުުއްޓުންއެރިއެވެ. ކިއާރާގެ އަނގަމަތިން އަތް ނެގުމެއް ނެތި އޭނާ ލައިޓް ޖެއްސިއެވެ. ކިއާރާ ދެލޯ ބޮޑުވިއެވެ. ކުރިމަތީ ހުރީ އޭނާގެ ދެލޯ ދެކިލަން ކެތްމަދުވެފައިވާ ސޫރައެވެ. އޭނާގެ ލޯބިވާ އަޔާންއެވެ. ކިއާރާ އޭރުވެސް ބިރުން ތުރު ތުރުއަޅާއިރު ނޭވައިވެސް ވަނީ އަވަސްވެފައެވެ. “އަ..ޔާން..! ވަރަށް ..ފޫހިވޭ…!” ކިއާރާ އަޔާން ގެ މޭގައި ޖަހާލާފައި ކޮށްޕާލަމުން އެހެން ބުނެވުނީ އުނދަގުލަކުންނެވެ. އަޔާން […]
ފަތުހީ މަލިކާގެ އަތުގައި ހިފަހައްޓާލިއެވެ. “އެމީހުން އަދިވެސް އަހަރެން ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައި… ދިރިއުޅުމެއް ފެށުމަކީ ގޯސްކަމެއް ނޫނޭ ބުނީވެސް ހަމަ މަންމަ… މި ބުނީ ހަސްނާގެ މަންމަ…! ހާސްނުވޭ… އެމީހުން ބޭނުންވަނީ ބައްދަލުކޮށްލަން އެކަނި..” ފަތުހީ ބުންޏެވެ. ފޯނުން އެއްޗެއް ޓައިޕް ކުރަން ހުރި ކިއާރާއަށް އެ އަޑު އިވި ހިނިތުންވެވުނަސް އިވުނުކަމަކަށްނުހަދައެވެ. 8 ވަނަ ފްލޯރ އަށް ގޮސް ލިފްޓް ހުއްޓުމާއި އެކު ތިން މީހުން ނިކުތެވެ. ފަތުހީ ހީވީ އަމިއްލަ ގެއަށް […]
މައިޝާ ކައިރި އިން ކިއާރާއަށް ޒާއިން ބަލައިލީ ހަމްދަރުދީއިން ފުރިގެންވާ ބެލުމަކުންނެވެ. ކުއްލިއަކަށް އަޔާންގެ ފޯނު ރިންގްވާންފެށިއެވެ. އޭނާ ކޮޅަށް ތެދުވެލާފައި ފޯނު ނެގިއެވެ. “ހަލޯ.. .. ލައްބަ.. އެބަ ދަން.. ލައްބަ ބައްޕާ..! ފައިލް އޮންނާނެ އޮފީސްތެރޭ… ލައްބަ… އެބަ ދަން ހިފައިގެން…” އަޔާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. “ދާންޖެހިއްޖެޔޭ…. ދެން މިރޭ ނޭނގެ އާދެވޭނެކަމެއް… ފަހުން ގުޅާލާނަން އިނގޭ ކިއާ…. ބައި…” އަޔާން ނިކުންނަމުން އެހެން ބުނެފައި އެންމެންނަށްވެސް ބަަލާލާފައި ހިނގައިގަތެވެ.. ޒާއިން […]