Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން 6

Ryn
February 25, 2017
8 Mins Read
104 Views
27 Comments

މާޒިން ގޮސް ޔައިނާގެ ކޮޓަރި ބެލިއިރު އޭނާ ފެންނާކަށް ނެތެވެ. އެ ކޮޓަރި ބެލްކަނި ބެލިއިރުވެސް އެތާކުވެސް ނެތެވެ. “ޔަނާ ދަރިފުޅާ! ފާހަނާގަ ދޯ؟ ކާން އާދޭ އަވަހަށް… ބައްޕަމެން ކާންފަށަނީ މި…” މާޒިން އޭނާ ފާހަނާގައި އުޅޭކަމަށް ހިތާ އެތަނުން ނިކުމެގެން ދިޔައެވެ. އަދި ގޮސް ކާން އިށީންނަމުން ޔައިނާ ފާހަނާގައޭ ބުނެލިއެވެ. އަދި ކާން އަންނާށޭ ބުނެފިން ކަމުގައި ބުނަމުން ބަތް އަޅަންފެށިއެވެ. ޔާއިނާ އަންނަންދެން އިންތިޒާރުގައި އިން ޔާއިންވެސް ކާން ފެށިއެވެ.

އެތަކެއް ދުވަސް ފަހުން މަންމަގެ އަތުން ހެދި މީރު ކާއެއްޗެހި ކެވޭތީ އޭނާ ބަނޑު ފުރޭވަރަށް ކެއެވެ.

ޔައިނާ ކާން އާއިރު ޔާއިން މެން އެންމެން ކައި ނިމިއްޖެއެވެ. ޔާއިން އޭރު އުޅެނީ އަތް ދޮންނާށެވެ. “ދަރިފުޅު! އަވަހަށް ކާން އިށީނދޭ…” ސުމާ ބުންޏެވެ. “ދޮންތި ފެންވަރައިގެންތަ ތިއައީ؟” ސިޓިންރޫމްއަށް ދަމުން ޔާއިލް ސުވާލުކުރިއެވެ. ޔައިނާ ނޫނެކޭ ބުނެފައި މޭޒުމަތީ ބޯ އަޅާލައިގެން އޮތީ ސުމާ ތަށި ގާތްކޮށްދޭނެ އިރަކަށެވެ. ” ބައްޕަ ދަރިފުޅު ކޮޓަރިއަށް ދިޔައިރަކު ނެތް.. ބައްޕަ ފާހަނައިގާ ކަމަށް ހީކޮށް ކާން އަންނާށޭ ބުނެފައި އައީ؟ ދެން ކޮންތާކުން ތިއައީ؟” މާޒިން އެހެން ބުނެލުމުން ޔައިނާ ވިސްނާލާފައި ޖަވާބު ދިނީ ކުޑަކޮށް ބޯ ހިއްލާލާފައެވެ. “މި އަނެއް…ޓެރެސްގައި ހުރީ…”

އޭރު ޔާއިން އަައިސްއަލަމާރި ތެރެއިން އައިސްކުރީމްތަށްޓެއް ނަގަނީއެވެ. ސުމާ ތަށްޓެއް ދޮވެފައި ޔައިނާ ކައިރިއަށް ލައިދެމުން ޔާއިން ކައިރި އަދިވެސް ބަނޑުނުފުރެނީހޭ ބުނެލީ ޖެއްސުމަކަށެވެ. “މަމް.. މޮޑެދީބަ..” ޔައިނާ ބުނީ އެ އޮތްގޮތަށް އޮވެއެވެ. ޔާއިން ބޯ ޖަހާލައިގެން އޮތް ޔައިނާއަށް ބަލާލަމުން އައިސްކުރީމް ތަށި ހިފައިގެން ޔައިނާގެ ކުރިމައްޗަށް ވާގޮތަށް އިން ގޮނޑީގައި އިށީނދެ ސަމްސަލެއް ނެގިއެވެ.

“އަދިވެސް މަމްތަ މޮޑެދެނީ ޔައިނާއަށް؟” ޔާއިން ބޭނުންވީ އެހެން ބޭބެމެންވެސް އުޅޭހެން އަންހެން ކޮއްކޮއާއި ޖެއްސުންކޮށް މަޖާކޮށް އުޅޭށެވެ. ވީހާވެސް އާދައިގެ އުޅުމެއް އުޅޭށެވެ. މަންމަމެންނަށް އެއްޗެއް ދޭހަވެއްޖެނަމަ އޭނާ އެމީހުން ކުރިމަތީ އިސްއުފުލާލަންވެސް ނުކެރޭނެއެވެ. އެހެންކަމުން އޭނާ އެހެން އެހީ ހީލާފައެވެ. އެކަހަ އެއްޗެއް އިވޭނެކަމަށް އުއްމީދުނުކޮށް އިން ޔައިނާ ދެލޯ ބޮޑުވިއެވެ. ނަމަވެސް އެކަކަށްވެސް އެކަން ނޭނގެނީ އޭނާ ބޯޖަހައިގެން އޮތީމައެވެ. ޔާއިން އެހެން ބުނިއިރުވެސް ޔައިނާއާއި އެނާ މެދުގައި އޮތް ދުރުކަން ޔައިނާއަށް ނަގައިގަނެވުނެވެ. އެހެނީ އޭނާ ގެ ކައިރި އުޅޭމީހުން ދުވަހަކުވެސް އޭނާއަށް “ޔައިނާ” އެއް ނުކިޔާނެއެވެ.

“އާނ!! ބުނީމެއްނު ޔާން ކައިރި އެހެރީ ކަޓާފައޭ… ކަޓާފަ ހުރި ދުވަހެއްވެއްޖެޔާ މިގޭ ރާނީ ބޭނުންވާނީ މަންމަ އަތުން ކާން.. ދޯ..” ސުމާ ބަތްތަށްޓެއް މޮޑެމުން ބުންޏެވެ. ޔައިނާ ހަރަކާތެއްވެސް ކޮށް ނުލާއޮތެވެ. “އެހެންވިއްޔާ އައިސްކްރީމްކޮޅެއްވެސް ކާންވާނެ އިނގޭ އޭރުން ސިކުނޑިވެސް ކޫލްވެދާނެ…” ޔާއިން ބުނެލިއެވެ.”ޔައިނާ ޕްރޮޖެކްޓް ހަދަން ބޭނުންވާގޮތް ބުނޭ އޭރުން އެހީވެދޭނަން….” ޔާއިން ދެންވެސް ވާހަކަދެއްކީ ޔައިނާގެ އަނގައިން ބަހެއް ބުނޭތޯއެެވެ.

“ތެދެއް ދަރިފުޅާ! އޭރުން ހުރިހާ ހާސްކަމެއްވެސް އެ ފިލީނު… ދޮންބެ އެ ބުނީއޭ އެހީވެދޭނަމޭ… އޭރުން ޔަނާ ނުޖެހޭނެއެއްނު މާ ބޮޑުކަމެއް ކުރާކަށް… އަން.. އަވަހަށް ކާންފަށާ.. މިހިރީ ކުކުޅުވެސް ތެލުލި މަސްވެސް… މަސްމިރުސްވެސް.. ޔަނާ ބޭނުން އެއްޗެހި އަޅައިގެން ކާންފަށާ..” ސުމާ އެހެން ބުނެފައި އެއްޗެހިތަށް ޔައިނާ އާއި ކައިރިކޮށްފައި ހިނގައިގަތީ އަތް ދޮންނާށެވެ.

ޔައިނާ ބޯ ހިއްލާލުމާއި އެކު ކުރިމަތީ އިން ޔާއިން ފެނުނެވެ. އޭނާވެސް ނިންމީ ޔާއިން ފަދައިން ވީހާވެސް އާދައިގެ ގޮތަކަށް އުޅޭށެވެ. ހިތުގައި މި ހުރިހާ އަހަރު ފޮރުވައިގެން އުޅޭ ސިއްރު ފަޅާއަރައިގެން އޭނާގެ ލޯބިވާ މަންމަ އާއި ބައްޕައަށް ދެރައެއްލިބޭކަށް އޭނާ ނޭދެއެވެ. ދެމީހުންގެ ހިތުގެ ވިންދު އަވަސްވިއެވެ. “އަވަހަށް ކާންފަށާ…” ސުމާ އެހެން ބުނެފައި ސިޓިންގް ރޫމްއަށް ދިޔައެވެ. ޔައިނާ މަޑު މަޑުން ކާންފެށިއެވެ. ޔާއިން އެދިމާ ނުބަލަންވެގެން އައިސްކްރީމްތަށްޓަށް ބަލަހައްޓައިގެން ކާން އިނެވެ. ދެމީހުން އިރު އިރުކޮޅާ އެކަކު އަނެކަކަށް ބަލައިލެވެއެވެ.

“އައިސްކްރީމް ބޭނުން؟” ޔާއިން އެހުމުން ޔައިނާ ނޫނެކޭ ބުންޏެވެ. ޔައިނާއަށްވުރެ ކުރިން ޔާއިން ތެދުވެ އައިސްކުރީމް ތަށި ލުމަށްފަހު ސަމްސާ ދޮވެލާފައި ކާ މޭޒު ކައިރި ހުންނަ ފްރިޖް ކައިރި އަށް ދިޔައީ ފެންބޯށެވެ. ޔައިނާ ބަދިގެތެރެއަށް ވަނީ ތަށިތަށް ހިފައިގެންނެވެ.

އޭނާ ތަށިތަށް ދޮވެފައި ހަރުގަނޑާއި ކައިރިވިތަނުން ހަރުގަނޑު ދަށުން ނިކުތް ކުރަފި އައިސް ޖެއްސީ ޔައިނާ ފައިކައިރިއެވެ. ޔައިނާއަށް އެކަން ނޭނގޭ ހާލު ހަމަޖެހިލާފައި ތިރިއަށް ބަލައިލިއެވެ. އެވަގުތު ދެލޯ ބޮޑުވިއެވެ. ހީވީ މީހަކު ގަޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. އޭނާ އަކީ އަބަދުވެސް ކުރަފި ދެކެ ބިރުގަންނަ ކުއްޖެކެވެ. ޔައިނާގެ ނޭވާ އަވަސްވިއެވެ. އަދި ދެލޯ މަރާ ތަގުޅިކޮށްލަމުން ބާރަކަށް ހަޅޭލަވައިގަތެވެ.  ކަށްޓެއް ޖަހައިގެން ދެފައި ފޮޅާލާފައި ދުއްވައިގަންނަ އުސޫލުން އޭނާ ދުވެފައި ބަދިގެއިން ނިކުމެވެ ދޮރާއި ދިމާލަށް ދިޔައީ ދެލޯ މަރައިގެން ހުރެއެވެ. ޔައިނާ ގޮސް ލައިގަތީ ޔައިނާގެ އަޑަށް ސިހިފައި ދޮރުމައްޗަށް އެރި ޔާއިންގެ ގައިގައެވެ. ޔައިނާ ބިރުން ގޮސް ޔާއިންގެ ގައިގާ ބައްދައިގަތީ ވަރަށް ބާރަށެވެ. އޭނާއަށް އަދިވެސް ހީވެފައި އޮތީ އޭނާގެ ފައިގައި އެ ކުރަފި އިންހެންނެވެ. އޭނާ އޭރު ބިރުން ތުރު ތުރުއަޅައެވެ. ޔާއިން ހުރީ ކުރާނެކަމެއް ނޭނގިފައެވެ. ގައިގާ އޮޅުލައިގަނެގެން ހުރި ޔައިނާ ބިރުންތެޅޭ އިރު އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި ކުރާނެކަމެއްވެސް ނޭނގިފައި ހުރެވުނީއެވެ. ސުމާ އާއި ޔާއިލް ދުވެފައި އެދިމާލަށް އާއިރުވެސް ޔައިނާ ހުރީ އެގޮތަށެވެ. އޭނާ ދެލޯ މަރާފައި ހުރުމުން ބައްދައިގަނެވިފައި ހުރީ ކާކު ގައިގާ ކަމެއްވެސް ނޭނގެއެވެ. ޔައިނާ ރޯންފެށީ ބިރުންގޮހެވެ.

“ޔަނާ؟؟؟ ދަރިފުޅާ ކިހިނެއްވީ؟؟؟” ސުމާ އެހީ ކަންބޮޑެފައެވެ. ޔައިނާ އެ އަތްވެސް ފޮޅާލީ ކުރަތްޕެކޭ ހިތާއެވެ. “ބައްޕާ….!” ޔައިނާ ޔާއިންގެ އުނަގަނޑުގައި އިތުރަށް ބާރުކުރިއެވެ. އޭނާ ހީކުރީ އޭނާއަށް ބައްދާލެވުނީ މާޒިންގެ ގައިގާ ކަމަށެވެ. އަދިވެސް ބިރުންހުރުމުގެ ސަބަބުން ދުރަށްވެސް ޖެހިލަން އޭނާ ބޭނުންނުވީ މާޒިން ގެ ހިމާޔަތްކަން ހޯދާށެވެ. އެއީ މާޒިން ނޫންކަން އޭނާ ވިސްނާލިޔަސް އިނގޭނެއެވެ. ނަމަވެސް އޭނާ ހުރީ ވިސްނާލެވޭނެކަހަލަ ހާލަތެއްގައެއްނޫނެވެ. ޔާއިންއަށްވެސް ގާތްގަނޑަކަށް ޔައިނާ ހީކުރިއެތި އިނގުނެވެ. “ބައްޕާ!! ފައިދޮށުގައި ކުރަފި…. އޭތި ފައިގަ އެބައިނޭ…” ޔައިނާ ބުނެލީ ރޮއެގަނެފައެވެ. ޔާއިން ނޭވައި ހިފަހައްޓާލައިގެން ހުރިއިރު ޔައިނާގެ ގައިގާ އޭނާ އަތް ޖައްސައިވެސްނުލައެވެ. އޭނާގެ ޓީޝާޓު ތެމެމުން ދިޔައީ ޔައިނާގެ ހޫނު ކަރުނައިންނެވެ. ޔާއިންއަށްވެސް ޔައިނާ ކުރަފިދެކެ ގަންނަ ބިރު އިނގެއެވެ. އެހެނީ އޭނާ ކުޑައިރު އޭނާގެ އެކުވެރިއެއްގެ ކަންފަތަށް ކުޑަ ކުރަފިއެއް ވަދެ އެކަން ބޮޑުމައްސަލައަކަށްވެ އެ ކުއްޖާގެ ފުރާނަވެސް ސަލާމަތްވީ ވަރަށް ހާލުންކަން އެންމެންނަށް ވެސް އިނގެއެވެ. އޭގެފަހުން އޭނާ ދިރޭ ކޮންމެ އެއްޗެއް ދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

ސުމާވެސް ބިރުގަތީ ފައިގައި އެ އެބައިނޭ ބުނުމުންނެވެ. ޔާއިލް ޔައިނާގެ ފައި ކައިރި ހޯދާލީ އޭނާ އެކަހަލަ ކަންކަމަށް ޝައުގުވެރިކަން ހުންނަލެއް ބޮޑުވެގެންނެވެ. “ދޮންތީ … ނެތޭ ފައި ކައިރިއަކު…” ޔާއިލް ބުންޏެވެ.”ނޫން… އެބައިން.. މަންމާ ޔާލް ކައިރި ބުނެބަލަ އެބައިނޭ… އެބަ އިހްސާސްވެޔޭ…” އިތުރަށް ޔާއިންގެ މޭ ތެރޭ ބޮނޑިވެލަމުން ޔައިނާ ކިޔަންފެށިއެވެ. އޭނާގެ ހަށިގަނޑުގައި މަޑު ތުރު ތުރެއްވަނީ އެޅިފައެވެ.

“އާތް މިއޮތީ ކުރަފި…” ޔާއިލް މަޖާ ވެލާފައި ހަޅޭލަވައިގަންނަމުން ބުނީ ޔައިނާގެ ފައިގައި އިނގިލި ޖައްސާލަމުންނެވެ. ޔައިނާ ވަރަށް ބާރަށް ހަޅޭލަވައިގަނެފައި ޖެހި ކުއްލިން ޔާއިންވެސް އޭނާއާއި އެކު ނުވެއްޓުނީ ކިރިޔާއެވެ. ސުމާވެސް ހަޅޭލަވައިގަތެވެ. “ކިހިނެއްތަ ވެގެން މިއުޅެނީ؟” އެމީހުންގެ ހަޅޭކުގެ އަޑަށް ސިޑިން ހަލުވިކަމާއި އެކު ފައިބައިގެން އައި މާޒިން ބުންޏެވެ. ޔައިނާއަށް އެ އަޑު އިވުމާއި އެކު ދެލޯ ބޮޑުކޮށްލެވުނެވެ. ގަތްބިރަށްވުރެ ބޮޑަށް މިގަޑީގައި ވީ އިހްސާސް މާ ބިރުވެރިވެއެވެ. ޔައިނާ ޔާއިންގެ ހަށިގަނޑުން ދޫކޮށްލަމުން ދުރަށް ޖެހިލާފައި ޔާއިންގެ މޫނަށް ބަލައިލިއެވެ. ބައްދާލެވުނީ މާޒިންގައިގަ ނޫންކަން އިނގުމާއި އެކު އޭނާ ވަރަށ ލަދުގަތެވެ. އޭނާގެ ކަރުނައިން ފުރިފައިވާ ލޮލަށް ޔާއިންވެސް ބަލައިލިއެވެ. ޔައިނާ ރޫރޫ އަރައިގަތެވެ. އެއަށްފަހު މާޒިންއާއި ދިމާލަށް ބަލައިލިއެވެ.

“ޔަނާ ފަޔަށް ކުރަތްޕެއް އެރީއޭ ބުނީ.. އެކަމް ނެތޭ…” ސުމާ މާޒިން އަށް ވީ ގޮތް ކިޔައިދިނެވެ. ޔައިނާ ގޮސް  މާޒިންގެ ގައިގާ ބައްދައިގަތެވެ. “ބައްޕާ.. ސީރިއަސްކޮށް ބަލާބަ… ފައިގައި މިހާރު ނެތަސް އެބައުޅެޔޭ އޭތި މިތާ..” ޔައިނާ އެހެން ބުނުމުން މާޒިން އޭނާ ގެ ބޮލުގައި ފިރުމާލާފައި ބަދިގެތެރެއަށް ނަޒަރުހިންގާލިއެވެ. “ހުރޭ ބައްޕަ މި ބަލަނީ އެންމެ ރަނގަޅެއްނު… ދޭ އެކޮޅަށް…” ޔައިނާ ދުރަށް ލާފައި މާޒިން ބުނެލީ އެތެރެއަށް ވަންނަމުންނެވެ. ޔައިނާ ޔާއިންއަށްވުރެ ތަންކޮޅެއް ފަހަތަށް ޖެހިލާ ދޮރުމަތީ ހުރީ ކުރަފި ފެންނަންދެންނެވެ. އެހެންނޫނީ އޭނާއަށް ހަމަ ނިދިވެސް ނުލިބޭނެއެވެ. 5 ވަރަކަށް މިނެޓް ހޯދުމަށްފަހު އެ ކުރަފި ލިބުނީ ޔާއިލްއަށެވެ. އެނާ ކުރަފީގެ ނަރަވައިގައި ހިފަހައްޓާލުމަށްފަހު އެ ނެގީ ކާމިޔާބުގެ ހިނިތުންވުމަކާއި އެކުގައެވެ. އޭރު އޭތި ތެޅެއެވެ. “ޔާލް ތި ދޫކޮށްލަން ދޭ ބޭރަށް ހަމަ މިހާރު…” ބިރުން ސުމާ އެހެން ބުނެލީ ޔާއިލް އެ ގޭތެރެއަށް ދޫކޮށްލަފާނެތީއެވެ.

ޔައިނާ ދުވެފައި ސިޑިއާއި ދިމާލަށް ދިޔުމުން ޔާއިންއަށް ހަމަ ނޭވާލެވުނެވެ. އޭނާ އަށް ސިފަވީ ޔައިނާ ދުވެފައި އައިގޮތެވެ. ފާޑަކަށް ހިނިވެސް އައެވެ. އޭނާ ކޮޓަރިއަށް ދިޔައީ އަރާމްކޮށްލަންކަމަށެވެ. ކޮޓަރިއާއި ހަމާއަށް ނާރަނިސް އޭނާ ހަނދާންވީ އަދިވެސް ފޮށިތަށް ހުސްނުކުރެވޭކަމެވެ. އެކަންކޮށްފައި އަރާމްކުރަން ހިތާ އޭނާ ދޮރު ހުޅުވިއެވެ. އޭރު ފޮށިތަށް ހުރީ ކޮޅަށް ނަގައި އަލަމާރި ކައިރި ބަހައްޓާފައެވެ. އެނާ ދިޔައީ ފޮށިތަށް ހުޅުވާ ތަޅުންގަނޑުމަތީ ބާއްވާފައެވެ. ޔާއިން ގޮސް އަލަމާރި ހުޅުވާލިއިރު އަލަމާރީގައި ތަރުތީބުން އޭނާގެ ގަމިސްތަކާއި ޓީޝާޓުތަށް ހުރީ އަޅުވާފައެވެ. ދެ ފޮށި އުފުލާލީ އޭގައި އެއްޗެއް ހުރިތޯ ބަލާށެވެ. ނަމަވެސް ދެ ފޮށިވެސް ހުހެވެ. އެއީ ސުމާކަމަށް ހިތާ އޭނާ ފޮށިތަށް އެ ބޮޑު އަލަމާރިން ބަޔަކަށް ލާ ލެއްޕިއެވެ. އެއަށްފަހު އެނދުމައްޗަށް ވެއްޓިގަނެފައި ލޯ މެރިއެވެ. ސިފަވެގެން ދިޔައީ ޔައިނާގެ އެ މައުސޫމް މޫނެވެ. އައިސް ބައްދާލިގޮތެވެ.

…………..

އަނެއްދުވަހެވެ. ޔާއިލް ސުކޫލަށް ދިޔައިރު ސުމާ ވީ ހޮސްޕިޓަލުގައެވެ. މާޒިން އޭރު ގޭގައި އުޅެނީ 11 ޖަހާއިރު ހޮސްޕިޓަލަށް ދާންޖެހޭތީއެވެ. އޭރު ޖެނީމެން ތިބީ ސައިރެޑީ ކުރާށެވެ. މާޒިން ގޮސް ސައިބޯން އިށީނެވެ. އޭރު ޔާއިންވެސް ޔައިނާވެސް ނާދެއެވެ.

ޔައިނާ ތައްޔާރުވެލައިގެން ދަބަސް އަޅުވާލައިގެން ދުވެފައި ކޮޓަރިން ނިކުތީ ސައިބޯން އަވަސްކުރާށެވެ. އެހެންނޫންނަމަ އޭނާ އަށް އަވަހަށް ކޮލެޖަކަށް ނުދެވޭނެއެވެ. ސިޑިއާއި ހަމާއަށް ދުވެފައި އައިސް ކުއްލިއަކަށް ހުއްޓުނީ ޔާއިންވެސް އޭނާގެ ކޮޓަރިން ނިކުމެ ސިޑިއާއި ހަމާއަށް އެރިތަން ފެނިފައެވެ. “މޯރނިން…” ޔާއިން ބުނެލީ ހިނިތުންވެލާފައެވެ. “ޔާ މޯރނިން….” ޔައިނާ ބުނެފައި ޔާއިންއާއި އެއްވަރަށް ސިޑިން ފައިބަމުން ދިޔައެވެ. “ކޮންއިރަކުން ދާންޖެހެނީ ކޮލެޖަށް؟” ޔާއިން އެހިއެވެ. “30 9 އަށް…” ޔައިނާ ޖަވާބު ދިނެވެ. އެދެމީހުން އަންނަންދެން އިންތިޒާރުގައި އިން މާޒިން އަށް އެމީހުން ހިނިތުންވުމެއް ދިނެވެ. އާދައިގެ މަތިން ސިޑިން ފޭބުމާއި އެކު ދުވެލާފައި ޔައިނާ އައިސް މާޒިންގެ ކަރުގައި އޮޅުލައިގަންނަމުން ބާއްޖަވެރި ހެނދުނަކަށް އެދުނެވެ. އެއީ މާޒިންއާއި އެކު ހެނދުނުގެ ސައިގައި ބައިވެރިވެވޭނަމަ އޭނާ  އަބަދުވެސް ކަންތަށް ކުރާ ގޮތެވެ. “މޯރނިން ޕްރިންސެސް…. އަވަހަށް އިށީނދޭ…. ބައްޕަ ޖެހޭނެ 11 ގަ ދާން.. މަންމަ މިހާރު ގޮއްސި….” މާޒިން ބުނުމުން. ޔާއިން އާއި ޔައިނާ އެކު އެކީހެން އިށީނެވެ.

“ޔައިނާ! ކޮލެޖް ނިމެނީ ކޮންއިރަކުން؟” ޔާއިން އަހާލީ ކުރިމަތީ އެއްފަޅިއަކަށް އިން ޔައިނާއަށް ބަލާލަމުންނެވެ. އޭނާ ކާލެއްވެސް ނިކަން އަވަހެވެ. ލަސްވެފައި އިނުމުން ކަންނޭނގެއެވެ. “2 ހާއިރު އަންނަން… އައިއްސަ އަނެއްކާ ޖެހޭނެ 4 ގަ ދާން.. ދެން އެއްކޮށް ނިމޭނީ 7 ގަ..” ޔައިނާ ޖަވާބުދިނެވެ. “އެހެންވީމަ ކޮލެޖްއިން އައިސް ޕްރޮޖްކެޓްގެ ކަންތަކާއި އުޅެންވާނެ އިނގޭ…” ޔާއިން ބުންޏެވެ. އެދެމީހުން މެދުގައި އޮތް ގާތްކަން ފެނި މާޒިން ހިނިތުންވެވުނެވެ. ޔައިނާ ވިހައިގެން އުޅުނުއިރު ޔާއިން އުޅުނުގޮތް އަދިވެސް އޭނާއަށް ސިފަވެއެވެ.
ޔައިނާ ކައިގެން އަތް ދޮވެލާފައި އަވަހަށް ނިކުންނަން ހިނގައިގަތެވެ. ޔައިނާ ދަންދެން ޔާއިން ބަލަހައްޓައިގެން އިނެވެ

………….

މާޒިން ދިޔުމުން ޔާއިން ގޭގައި އުޅުނީ އެކަނިއެވެ. އެހެންކަމުން އޭނާ ބެލީ އެކްސްޕެއަރ ވެފައިވާ އޭނާގެ ލައިސެންސް އާ ކުރާށެވެ. އޭރުން ބައްޕަގެ ކާރުނަމަވެސް ދުއްވޭނެތާއެވެ. އަހަރުތަކެއް ކުރީގެ އޭނާގެ އެކުވެރިންވެސް މިހާރު ވީ ތަނެއްވެސް ނޭނގެއެވެ. އެކޮޅަށް ދިޔަފަހުން އޭނާ އެއިން މީހަކާއިވެސް ވާހަކަ ދެއްކޭ ވަރެއްނުވިއެވެ. ސުކޫލު ނިމުމާއި އެކު ގުޅުން އެކީ ކެނޑުނެވެ.

ޔާއިން ލައިސަންސް އާކުރުމުގެ ކަންތަށް ނިންމާލުމަށްފަހު ދިޔައީ މާހާމެންގެ ގެއަށެވެ. އެމީހުންނަށް އޭނާ އައިކަންވެސް ނޭނގޭނެއެވެ. ޔައިނާއާއި ދާދި އެއްވަރު ކަޔާންވެސް ހުރީ މިހާރު ރީތި ޒުވާން ފިރިހެންކުއްޖަކަށްވެފައެވެ. ކަޔާން އެންމެ ފަހުން އޭނާއަށް ފެނުނީ އުމުރުން 14 އަހަރުގައެވެ. މިހާރު ބޮޑު ކަސްރަތީ ހަށިގަނޑެއްލާފައި މީހާ ހުންނަނީ އޭނާގެ ބައްޕަ އަމީން ހުންނަހެންނެވެ. އެމީހުންނާއި އެކު އުޅެފައި ބޭރުން ގެއަށް އާއީ މަޤްރިބް ނަމާދު ކޮށްލުމަށްފަހުގައެވެ. އޭރު ސުމާ އާއި ޔާއިލް އުޅެނީ ގޭގައެވެ. “ދަރިފުޅު.. ހާދަ ލަހަކުން ތިއައީ؟ ކޮންތާކު އުޅެ އުޅެފަތަ؟” ސުމާ ސުވާލުކުރިއެވެ. “މިއައީ ލައިސެންސް އާ ކުރުމުގެ ކަންތަކާއި އުޅެފައި.. މާދަމާ ލިބޭނެ… އެއަށްފަހު މާހާދޮންތި ގެއަށް ޖައްސާލީ.. ކަޔާންވެސް ހާދަ ބޮޑުވެއްޖެޔޭ ދޯ.. ދިޔައިރު ހުރީ ޔައިނާ ހުރި ވަރަށް…. އާއިރު ކަޔާން އެ ހުރީ ހަމަ ބޮޑު ފިރިހެނަކަށްވެފައެއްނު.. އެކަމް ޔައިނާ ކުޑަ ތަންކޮޅެއްވެސް ބަދަލުވިހެން ހިއެއްނުވޭ…” ޔާއިން ހީލާފައި ބުންޏެވެ.

ސުމާ ހެމުން އެކަމާ އެއްބަސްވިއެވެ. “ކޯޗެއްތަ ހަދަންވީ މިރެއަށް؟ ސްޕެގެޓީ ހަދަންތަ؟ ބައްޕައަށްވެސް އާދެވެނީ ތަންކޮޅެއް ލަހުން ކަންނޭނގެ..؟” ސުމާ އެހިއެވެ. ޔާއިލްއާއި ޔާއިން އެއްފަހަރާ ބޯ ޖެހިއެވެ. ސުމާ ހެމުން ބަދިގެ ފަރާތަށް ދިޔައީ ޖެނީމެން އުޅޭ ކޮޓަރި ހުޅުވާ އެމީހުންނަށް ގޮވުމަށްފަހުގައެވެ. ޔާއިލް އިރު އިރުކޮޅާ ގަޑި ބަލަމުންދިޔައީ ޔައިނާ އަންނަ ގަޑިއަށް އޭނާ ބޭރަށް ނުކުންނާށެވެ.

“މަންމާ.. ޔައިނާ އައިތަ މެންދުރު؟” ޔާއިން އެހީ ތަންކޮޅެއް ބާރަށެވެ. “ނޫން ނާދޭ.. މަންމަވެސް ޔާއިލް ސުކޫލުން ގެންނަންވެގެން 12 ޖަހާއިރު އައިއްސިން އެޕޮއިންޓްމެންޓްތަށް ކެންސަލްކޮށްލާފައި… އޭނާ މިނޫނީ ދުވަހަކުވެސް މެންދުރު ނައީހެއް ނުދާނެ.. ގުޅީމަވެސް ފޯނެއްނުނަގަ، ވޮއިސް އަށް ދަނީ.. އޭގެ ފަހުން މެސެޖެއް އައީ ބިޒީ އޭ ކިޔާފަ.. މާ ބޮޑަށް ބުރަވީ ކަންނޭނގެ.. ފަހުން ގުޅިއިރު ފޯނު އޮތީ ނިއްވާލާފައި.. އިރުކޮޅަކުން އަންނާނެ.. ޔާންއަށް ދެވިދާނެތަ މި މަގުމައްޗަށް އޭނާ އަންނަންވާއިރަށް..؟” ސުމާ ވެސް ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ. “އާނ އޯކޭ..” ޔާއިން ޖަވާބުދިނެވެ. ހިތާހިތުން އޭނާ ފޯނު ނިއްވާލީ ކީއްވެތޯ ޝަކުވާކުރަމުން ދިޔައީ ހިތްހަމަނުޖެހިފައި ހުރެއެވެ.

………………

ޔައިނާ ގެ އިންތިޒާރުގަިއ ޔާއިން ހުންނަތާ އެތަށް އިރެއްވެއްޖެއެވެ. އިޝާއަށް ބަންގިގޮވާ އަޑު އިވި ދެންވެސް ޔާއިން މަސައްކަތް ކުރީ ޔައިނާއަށް ގުޅޭތޯއެވެ. ފޯނު ވަނީ އަދިވެސް ނިއްވާލާފައެވެ. އޭނާ ސިހުނީ ސުމާ ގުޅާތަން ފެނިފައެވެ.””ހަލޯ… ޔަނާ ދެންމެ އެކުވެރިއެއްގެ ފޯނުން ގުޅައިފި… ޔަނާ ފޯނު ޗާރޖް ހުސްވެގެން ނިވުނީއޯ… ޕަވަރ ބޭންކް ނުލާ ދެވުނީމަ ވީ ގޮތެކޭ ބުނެފައި ބުނީ 8 ޖަހާއިރުން ނިމޭނެއޯ.. މިއަދު ޕްރޮޖެކްޓް ވޯކް ފެށުމުގެ ކުރިން ލައިބްރަރީއިން ފޮތްކޮޅެއް ހިފައިގެން ދާނަމޭ ބުނީ….” ސުމާ އެހެން ބުނުމުން ޔާއިންއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. “އެންމެ ރަނގަޅުދޯ ޔަނާގެ ކޮލެޖަށް ބަލައިދިޔަޔަސް، މިސްކިތުން އަންނަމުން އަޅުގަނޑަށް އާދެވޭނީ އެމަގުން…” ޔާއިން އަހާލުމުން ސުމާ ހޫމް އޭ ބުނެފައި ފޯނު ބޭއްވިއެވެ

ނަމާދުކޮށް ނިމުމާއި އެކު ޔާއިން ހުއްޓުނީ ޔައިނާ ގެ ކޮލެޖް ކައިރިއެވެ. އޭރު ބައެއް ކުދިން ނިކުންނަމުން ދިޔައެވެ. ފަހަތުން ދެތިން ބޯ ފޮތެއްގެ އިތުރުން ބޮޑު ކާރޑްބޯޑް ގަނޑަކާއި ޓިއުބްތަކެއް ހުރި ކޮތަޅުތަކެއް ހިފައިގެން ޔައިނާ އައެވެ. އޭނާއާއި ޖެހިގެން ހުރި ކުއްޖާވެސް ހުރީ އެހާލުގައެވެ. . ގޭޓުން ނިކުމެފައި ކުޑަ ވާހަކައެއް ދައްކާލުމަށްފަހު  އެދެމީހުން ވަކިވެލަމުން ދެކޮޅަށް ހިނގައިގަތެވެ. ޔައިނާއަށް ޔާއިން ނުފެނުމުން ހައިރާންވެފައި ޔާއިން ގޮވިއެވެ. ޔައިނާ ފަސްއެނބުރުނީ ދެލޯ ބޮޑުކޮށްލާފައެވެ. ހީވިހީވުން ތެދުވީއެވެ. އޭނާއަށް އެއްލިކަޅިން އެ ފެނުނީ ހަމަ ޔާއިންއެވެ.

ޔާއިން އައިސް ބައެއް އެއްޗެހި ޔައިނާގެ އަތުން ނެގިއެވެ. އެއާއި އެކު ޔައިނާއަށް ފުންނޭވައެއް ދޫކޮށްލެވުނީ އަތަށް ލުއިވެގެންނެވެ. “މަންމަ ހުރި ވަރަށް ހާސްވެފައި… ދެންވެސް ޕަވަރ ބޭންކް ގެންދައްޗޭ…” ޔާއިން ބުންޏެވެ. “ހުމް.. މިއަދު ހަނދާން ނެތުނީ..ދެން މެންދުރު ގެއަށް އާދެވޭނެކަމަށް ހީކުރީ. އެކަމް ލަހުން ނިމިފައި ޖެހިގެން އެ ހުރި ފްރެންޑެއްގެ ގެއަށް ވަދެ ނަމާދުކޮށްލައިގެން ކޮލެޖަށް އަނެއްކާވެސް އައީ…” ޔައިނާ ކުޑަ ތަފްސީލެއްދިނެވެ. ދެމީހުންވެސް ބެލީ ވީހާވެސް އާދައިގެ ގޮތަށް އުޅޭށެވެ. އެކަން ރަނގަޅަށް އެބަވާކަން ދެމީހުންނަށްވެސް އިނގުނެވެ.

“މިރޭ ހެދޭނެތަ؟ އޯކޭ ޔައިނާ ބޭނުންނަމަ ރެސްޓެއް ނެގިޔަސް ވަރަށް ވަރުބަލިވާނެއެއްނު…. ހަމައެކަނި ކިޔާލަދެނިކޮށްވެސް މި ކަންތަށް ކޮށް ނިމޭނެ ދޮން….ދޯ؟” ޔާއިން އޭނާ ބުނަން އުޅުނުއެތި ބަދަލުކުރިއެވެ. ޔައިނާއަށް އެކަން ނަސީބަކުން ފާހަގައެއްނުވިއެވެ. ޔާއިން އަބަދުވެސް މަސައްކަތްކުރަނީ ޔައިނާ ކުރިމަތީ އެ ބަސް ބޭނުން ނުކޮށްވޭތޯއެވެ. “މިރޭ ފަށަން ބޭނުން ކޮންމެ ގޮތެއްވިޔަސް….. އެހެންނޫނީ ނުވެދާނެ…” ޔައިނާ އޭނާ ބޭނުންވި ގޮތް ބުނެލުމުން ޔާއިން އޯކޭ އޭ ބުންޏެވެ. އެއަށްފަހު ދެމީހުންގެ ވެސް ވާހަކައެއް ނުދައްކައެވެ. މަގުމަތިން ދާހާ ބައެއްގެ ނަޒަރު ހުންނަނީ އެމީހުންނަށްކަމުން އެދެމީހުންނަށްވެސް އެކަމުން އުނދަގޫވިއެވެ.

“ޔައިނާ!.. މިކޮޅަށް އަރާބަ…” ކުއްލިއަކަށް ޔައިނާ ސިހުނީ ޔާއިން އެހެން ބުނެލުމުންނެވެ. ޔައިނާ ސުވާލުގެ ނަޒަރަކުން ޔާއިންއަށް ބަލަންފެށިއެވެ. އޭރުވެސް ދެމީހުން ދިޔައީ ހިނގަމުންނެވެ. “އަވަސް..” ޔާއިން އެހެން ބުނެލުމުން ޔައިނާ ޔާއިންގެ ވާތް ފަޅިއަށް އެޅިއެވެ. އެއާއި އެކު އޭނާގެ ލޮލުގައި އަޅައިގަތީ ކަނާއަތަށް ތިބި ޕާޓޭންތަކެކެވެ. އެމީހުން ތިބީ އެދެމީހުންނަށް ބަލާށެވެ. ޔާއިން ޔައިނާ ވާއަތަށް ލީ އެހެންވެގެންނެވެ. އެއީ އަބަދުވެސް ޔައިނާ އާއި ޖެއްސުންކޮށް ހަދާ ބައެކެވެ. އެމީހުންގެ ލޮލުގައި އަޅައިނުގަނެވޭތޯ ބަލަމުން ޔައިނާ އިސްޖެހިއެވެ. އެމީހުން އެއްވަރަކަށް ތުން ގޮއްވިއެވެ. ޔައިނާ އިސްއުފުލާ ބަލައިވެސް ނުލައެވެ. ޔަޤީނުންވެސް މިއަދު ޔާއިން ހުރުމުން އެތަނުން އޭނާއާއި އެންމެ ފޮށެ އުޅޭ ޕާޓޭ އަނދާ ރޯވީހެވެ. އޭނާ ކިހާ ކަޑަވާނެހެއްޔެވެ؟ އެމީހުން ހީކޮށްގެން ތިބޭނީ މީ ޔައިނާގެ “ބީއެފް”ކަމަށް ކަންނޭނގެއެވެ. ޔައިނާ ހިތާހިތުން ކިޔަމުންދިޔައެވެ.

ގޭގެ ދޮރުމައްޗަށް އެރުނުތަނާހެން ސުމާ ހެދި ސްޕެގެޓީގެ ވަސް ޖެހުނެވެ. ޔައިނާ އަވަސްވެގަތީ ފެންވަރާ ތާޒާވެލައިގެން ކާންއައުމަށެވެ. މާޒިން އަންނަ ވަރު ވާނީ 10 ޖެހީމަކަން އިނގުމުން ސުމާ އެންމެން ކައިރި ކައިގެން ތިބުމަށް އެދުނެވެ. ކާން އެރިގޮތަށް ޔާއިލްގެ ވާހަކަތަށް ފެށުނެވެ. ޔައިނާ މަޑުން އިނދެ ކަމުން ދިޔައިރު ޔާއިން އިނީ ޔާއިލްގެ ވާހަކަތަކަށް ގެއްލިފައެވެ. ސުމާވެސް ހީހީފައި އެ ވާހަކައިގައި ބައިވެރިވިއެވެ.

…..

104
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހުވަފެން (1)

Next

ފިރިމީހާގެ ހައްޤުގައި (25)

Next
February 25, 2017

ފިރިމީހާގެ ހައްޤުގައި (25)

Previews
February 25, 2017

ހުވަފެން (1)

27 Comments

  1. Mimmi ?. says:
    February 25, 2017 at 9:50 am

    First dhw.. Adhi nuves kiyaa mi comment kury ?

  2. Ryn says:
    February 25, 2017 at 9:54 am

    Morning. ? and bunelan othyy ryn aky shine ge stories hama gavaaidhun kiyaa kuhjeh.. I love shine ge stories and I’m a fan like u guys. But sadly kuhveri loabi e storage first two ep kiyuny and suddenly stopped cx I was like so busy with classes and now again I have started to read it and yaaaa vahtharu but my one is not a copied one. I adore shine a lot. Stories r soooo nice and I wouldn’t really love to copy shinge stories as a writer or as shinge ge fan eh.I know how it’s like to see others copy ur story. One of my eng one was copied akurun akurah so I wouldn’t make other one feel the same I felt and evxx my favorite ah.. So if u guys still wanna say I copied ey dhn go ahead. It’s kind a vahtharu but not copied. I planned this concept during the finishing of the first chapter. And hope I won’t see any other comment saying copy ey. ? ok tc. C u guys on next Tuesday. ❤??✨

    1. Mimmi ?. says:
      February 25, 2017 at 9:57 am

      Well said Ryn ? Keep up the good work dear ?

    2. shelly says:
      February 25, 2017 at 10:27 pm

      eyn please thankolheh dhigukoh genesdhyy pls its my bday

    3. Aanaa says:
      February 25, 2017 at 10:49 pm

      First two parts kiyaafa hama shine ge story kiyuny huttaaly? Very funny. But I believe u ingey..
      Anyways varah reethi. Keep up the good work. Looking forward to see what happens

  3. Someone says:
    February 25, 2017 at 10:09 am

    Woww.. Varah reethi mi part ves… Masha Allah? Waiting 4 the next part?????

  4. nikyy says:
    February 25, 2017 at 10:25 am

    Ok.story v reethi..huntaa nulaa kuriyan gendhey ryn…v kiyaa hivey ryn story ??

  5. Addu maje says:
    February 25, 2017 at 10:26 am

    Varah reethi mibaives..
    “eyru jenny men thibee sai ready kuraasheve”.
    Mi jumaligaivaa “ready” ge badhalugai “sai thayyaru kurun” mihen genaun rangalhu hen heevanee..
    Eii kiyamun dhiya iru varah bodah alhaigah thankolheh.. ehen v ma faahanga kollee..
    7 vana baige inthixaarugai..
    🙂 🙂 🙂 🙂 🙂 🙂 🙂 🙂
    ♥♡♥♡♥♡♥♡

  6. 404 Error! says:
    February 25, 2017 at 10:26 am

    wooww Ryn ????
    reethi varah varah bodu koh ???
    keep it up,,
    ❤❤

  7. Aishathoo says:
    February 25, 2017 at 11:05 am

    Waaaau?

  8. Meemi says:
    February 25, 2017 at 11:21 am

    Wow vrh reethi. ??????

  9. ?? says:
    February 25, 2017 at 1:00 pm

    wow??????

  10. Brainless says:
    February 25, 2017 at 1:07 pm

    Heii ryn.. Story is hama habeys as usual.. Waiting for the next part.. Luv ya..?????❤❤❤❤❤❤❤❤❤❤❤❤❤❤???❤❤❤❤???????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????

  11. Shinnu says:
    February 25, 2017 at 1:55 pm

    V salhi

  12. Hawwa says:
    February 25, 2017 at 5:11 pm

    Varah salhi waiting for next part

  13. Infinity says:
    February 25, 2017 at 5:58 pm

    Mivaahakaige varah haasaru bodukan faahagakurevey….. Ethankolhu rangalhu kohleema varah rythivaane…. Ryn ge hurihaa story eh ge vs concept varah reethi ekam ehen baeh thanthankolhu rangalhukollan jehe. Pls don’t take this negatively.

  14. ms says:
    February 25, 2017 at 8:30 pm

    Ryn dhooni deranuvey Ryn ge vahakatha vvv reethi thigothuga kuriya dey mi baives vvv salhi

  15. kokko says:
    February 25, 2017 at 10:20 pm

    Kamaku nudhey. 20 aharu kurin dhiya e beykaaru baeh hen mihaaru heevanee. Adhi adhah dhaandhenves dhonbe n dhonthabe ah veegotheh neyngunu. Yaan n yaanaa ah social media there in rattehi vevigen.

  16. Aish says:
    February 26, 2017 at 7:04 am

    Ey adhi ethanves ahnaane moyaa

  17. afyyyy says:
    February 26, 2017 at 8:16 am

    Pis pis haasaru gina kamun..

  18. Baby girl says:
    February 26, 2017 at 4:24 pm

    Ryn ulheny saandy aa hedhi. saandy firihenakah v ma eynage story ah ekani commnt kohlevey varu vaneeves. saandy is mine. konmehen eynage story thakah commnt kuraane kameh nei. varah salaam

    1. 404 Error! says:
      February 26, 2017 at 6:34 pm

      baby girl ?????

    2. marsha says:
      February 26, 2017 at 7:11 pm

      Ma hehehe halaak vehje hama huvaa.. my guraidhoo ga in manje ehtha?

  19. Fthoo says:
    February 26, 2017 at 10:13 pm

    Heekuri vvv thafaath story aka vaane kama .. But same . miharu dhn v hadi bro n sis love veema.. They r not but they don’t knw ddhw.. Plxx change kolabal ehn gothaka…

  20. Aisha says:
    February 26, 2017 at 11:09 pm

    Abadhuves hama ehkuththakeh thakuraaruvany ragalheh nukurevey kurafi nueh inaane onaaney aslu vaagothakey dhivehi bahun ragalhah vaahakadhakkanneygeythey igereysi lafuzu oiy gothah dhivehibahah badhalu kuraney reethi koh jumla athuraakahneygey gavaideh neygey kudakudhin vaahaka Dhahkaagothah liyany

    1. rain says:
      February 27, 2017 at 12:02 am

      Asluves haasaruves ginakamun dhn

  21. sha who says:
    February 26, 2017 at 11:40 pm

    Hama v salhi..waiting 4 next episode

Comments are closed.

All Right Reserved!