Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި އަހަރެން ވާނަމޭ.. (5)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 12, 2015 5 Mins Read
30 Comments

“ކޮބާ އެންމެން.. މިއޮތީ މަސް ގެނެއްސަ… މިއަދު މީ ވަރަށް ނަސީބު ރަނގަޅު ދުވަހެއް.. ބަލާބަލަ ބޮޑެތިކަން މަސްތައް .” އާލިމް އާއި ދެން ތިބި ފިރިހެންވެރިން އައިސް މަސްތައް ބަހައްޓަމުން އެހެން ބުނެލިއެވެ. އެއާއިއެކު ރައުނާއަށް ހިޔާލީ ދުނިޔެއިން ފޭބުނީ ކުއްލި ސިހުމަކާއި އެކުގައެވެ. އެތަން ފެނި އާލިމް ރައުނާ އާއި ގާތްވެލިއެވެ. “ކިހިނެއްވީ؟” ހާސްކަން ފެންނަމުން ދިޔަ ރައުނާގެ މޫނުމައްޗަށް ބަލާލަމުން އެހެން އެހިއިރު އާލިމްވެސް ހުރީ ހިސާބަކަށް ހާސްވެފައެވެ. ރައުނާ ހުރިގޮތްފެނި ކަމެއް ގޯސްވެެއްޖެކަން އިނގުނެވެ. “އާލިމް… އާނާ….އާނާ…” ރައުނާއަށް ރޮވުނެވެ. “ކިހިނެއްވީ އާނާއަށް.؟ ކޮބާ އާނާ؟؟” އާލިމް ދެބުމަ ގޮށް ޖަހާލަމުން ރައުނާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ.  “އާލިމް.. އާނާއަށް.. ކޮންމެސް ކަމެއްވެއްޖެ.. ނޭންގެ ވީ ގޮތެއް… ވަރަށް އެހެން ކަހަލަ ވާހަކަ ދައްކަނީ… އާލިމް.. އާނާ… އާނާއަށް ކީއްތަ އެވީ..؟” ރައުނާ ހުއްޓަމުން ހުއްޓަމުން ވާހަކަ ދެއްކީ ވަރަށްވެސް އުނދަގުލުންނެވެ. އާލިމްއަށް ރައުނާއާއި މެދު ހަމްދަރުދީ ވެވުނެވެ. އޭނާގެ ކޮލުގައި ފިރުމާލީ ވަރަށްވެސް ލޯބިންނެވެ. “ވެދާނެ ދަތުރު ސަކަރާތްވެފަކަމަށް.. އިނގެ އެއްނު އާނާގެ ގޮތް.. ދެން އެހާ ބޮޑަށް ނުވިސްނާ..” ރައުނާ ގާތު ނުވިސްނާށޭ ބުންޏަސް ހުދު އާލިމް ވެސް ވިސްނާނެއެވެ. ކަމެއް ވީމާ ނޫނީ ރައުނާ އެހާ ކަންތަށް ބޮޑެއް ނުވާނޭ އޭނާގެ ހިތް ބުނަމުންދިޔައެވެ. ރައުނާގެ ހާސްކަން ފިލުވާލުމަށް އާލިމް މަސައްކަތް ކުރީ އޭނާ އަށް ރައުނާ އެ ގޮތަށް ހުރުމުން ހިތަށް ވާ އުނދަގުލެއްގެ ސަބަބުންނެވެ. ދެން ތިބި އަންހެންވެރިންނާއި ފިރިހެންވެރިން މަސައްކަތް ކުރީ އެއްބައި މަސްތަށް ކަނޑާ ސާފް ކުރާށެވެ. ޒަޔާލްވެސް އިނީ އެކަމުގައެވެ. ޝައުނާއާއި އަނޫފް ވެލިގަނޑުމަތީ ވާހަކަ ދައްކަން ތިއްބެވެ. އޭރުވެސް ޝައުނާ ލަދުން ވިރެއެވެ.

“އޭ.. އަހަރެމެން އެބަ އަންނަން… ” އެންމެންނާއި މުހާތަބުކޮށް އާލިމް އެހެން ބުނެލުމަށްފަހު ރައުނާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. އެންމެންވެސް ކުރަން ތިބި މަސައްކަތާއި ގެން ކުރިޔަށް ދިޔައީ އާލިމްމެންނަށް އެންމެ ރަނގަަޅޭ ބުނެލުމަށްފަހުގައެވެ.

ހިނގާލަން ދިޔަ ގުރޫޕްއައީ އޭގެ އިރުކޮޅެއް ފަހުންނެވެ. އާނާ  ވެސް އެމީހުންގެ ފަސް ފަހަތުން އަންނަ ތަން ފެނެއެވެ. އާނާ ފެނި ޝައުނާ ފުންމައިގެން އައިސް އާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާ އާނާގާތު ދައްކަން އުޅޭ ވާހަކަ ދައްކާވަގުތުގައި އޭނާގެ އުފާވެރިކަން އެހެންމީހުންނަށް ފޮރުވުމަށެވެ. އާނާ އަންނަންދެން އެ ކަން ހިފަހައްޓައިލައިގެން ހުރީ ވަރަށްވެސް އުނދަގުލުންނެވެ. އޭނާ އަށް ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ދައްޗެވެ. އެހެން މީހުން ކުރިމަތީ އެ އުފާވެރިކަން ދެއްކުމާއި އެންމެ ގާތް އެކުވެރިޔާގެ ކުރިމަތީ އެކަން ދެއްކުމާއި ހާސް ތަފާތުވާނެވެ. ފުންމަމުން ކަހަލަ ގޮތަކަށް  ދުރު ހިސާބަކަށް ގޮސް އާނާގެ އަތުން ޝައުނާ ދޫކޮށްލިއެވެ. “ބަލާބަ.. ކޯޗެއްތޯ މީ..” ޝައުނާ ކުޑަކޮށް ހަޅޭލަވާލަމުން ފުންމަމުން ކަހަލަ ގޮތަކަށް ވާއަތުގައި އަޅާލެވިފައި އިން އަނގޮއްޓި އާނާއަށް ދައްކާލިއެވެ. އަނގައިން ހަޅޭނުލެވި ރަނގަޅަށް ވާހަކަވެސް ނުދެއްކިގެން ޝައުނާ އުޅުނެވެ. ޝައުނާ އެއްފަހަރު ފުންމަމުން އަނެއްފަހަރު އެނބުރެމުން އަދި އެއްބައި ފަހަރު ނަށާލަމުން ދާއިރު ވައިބްރޭޓްވަމުން ދިޔަ ފޯނެކޭ އެއްފަދައެވެ. ބިމުގައި ފައިވެސް ނުޖެހޭ ފަހަރު ގިނައެވެ. ހިނިތުންވުން ފިލައިގެން ނުދާ އެ މޫނުމައްޗަށް އާނާ ބަލަމުން އަޅާފައި އިން އަނގޮއްޓިއަށް ބަލާލިއެވެ. ޝައުނާ އެންމެފަހުން އާނާގެ ގައިގައި ބައްދާލިއެވެ. ނަމަވެެސް އާނާ ހުރިގޮތަށް ހުރީއެވެ. “އިނގޭތަ… ޖަސްޓް ނައު…އޭނަ  ޕްރޮޕޯސް ކުރީ… އޯ.އެމް.ޖީ… އައި ވޯސް ޝޮކްޑް.. ދެން މަންމަމެންނަށް ވެސް އިނގޭ… އެހެންވެ ވަރަށް ހެޕީ.ރިންގް ވެސް ވަރަށް ސަޅި.” ތުއި އަޑަކުން ޔޭ އޭ ކިޔަމުން އާނާގެ ގައިގައި ބައްދާލައިގެން ހުރެ ހުރިހާ އެއްޗެއް ކިޔާ ނިންމާލި ޝައުނާ ހުރީ އާނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އާނާ ޖަވާބު ދިނުމުގެ ބަދަލުގައި ޝައުނާ އާއި ކުޑަކޮށް ދުރު ވެލިއެވެ. އާނާ ދުރަށް ހިނގައި ގަންނަން އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ހަށިގަނޑަށް ލޮޅުންތަކެއް އަރަން ފެށިއެވެ. އެއާއި އެކު ވެލިގަނޑު މައްޗަށް ވެއްޓުނީ ވަރަށް ވެސް ބާރަށެވެ. ޝައުނާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. “އާނޫ” އޭ ކިޔާ ހަޅޭލަވައިގަތުމަށް ފަހު ކަކޫ މައްޗަށް އިށީނދެ އިނދެ އާނާއަށް ގޮވަން ފެށިއެވެ.

ޝައުނާގެ އަޑާއި އެކު އެންމެންވެސް ކުރަންތިބި މަސައްކަތް ހުއްޓާލުމަށްފަހު އަޑު އާއި ދިމާލަށް ދިޔައީ ކަމެއް ގޯސްވެއްޖެކަން ހިތަށް އެރުމުންނެވެ. އެންމެންނަށް އެހިސާބަށް އެރެވުނުއިރު މޫނުމަތިން ހާސްކަން އިތުރުވިއެވެ. ޝައުނާ އިށީނދެ އިނދެ ރޮމުން ދިޔައީ އާނާއަށް ގޮވަމުންނެވެ. އާނާ ބިންމަތީ ވެއްޓިފައި އޮތްއިރު މޫނުމަތީ އެއްބައި އިސްތަށިތަށް ވެއްޓިފައި ހުއްޓެވެ. އެންމެންވެސް އައިސް އެދެމީހުން ވަށާލިއެވެ. “ކިހިނެއްވީ ޝައު…! އާނާ އަށް ކިހިނެއްވީ؟” ސާނިޔާ ޝައުނާ ކައިރި އިށީންނަމުން އެހެން ބުނެލިއެވެ. ނަމަވެސް ޝައުނާ އަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އާނާގެ މިޒާޖަށް މިއައި ކުއްލި ބަދަލާއި ޝައުނާއާއި ދުރުވާން ކުރާ މަސައްކަތްތަކުން އޭނާގެ ހިތް ދިޔައީ ފުނޑު ފުނޑުވަމުންނެވެ. އާނާ އަކީ ޝައުނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކުޅޭކުޅިވަރުތަކުން ފަށައިގެން ކިޔަވާ ކިޔެވުމެއްވެސް ކިޔެވީ އެކު އެކީގައެވެ. ލޯބިވާ މީހާއަކީ ކޮންމެ މީހެއްގެވެސް ދިރިއުޅުމުގައި އެންމެ މުހިންމު މީހާއޭ ބައެއް މީހުން ބުނެއެވެ. ނަމަވެސް ޝައުނާ އާއި އާނާގެ ދިރިއުޅުމުގައި އެ ދެމީހުންނަށް ދެވިފައިވާ މަޤާމް އެއަށް ވުރެ އުހެވެ. އެކަކު އަނެކަކާއި ނުލާ ނުވެސް އުޅެވޭނޭ ބުނެވިދާނެއެވެ. ހަޤީޤަތުގައި ޝައުނާގެ ހިތަށް ތަދުވެ ރޮވުނީ އާނާ އޭނަ އާއި ދުރުވަނީީ އޭ ހިތާއެވެ.

ސާނިޔާ އާއި އަނޫފް މަސައްކަތް ކުރީ ޝައުނާ މަސަލަސް ކުރާށެވެ. ނަމަވެސް ޝައުނާ ރޮމުން ގެންދިޔައީ އާނާ އަށް ގޮވާށޭ އޭނާ ގެންނާށޭ ބުނަމުންނެވެ. ދެރަވާވަގުތު ކުޑަކުއްޖަކަށްވެސް ދޫނުކުރޭތާއެވެ. ޝާހާ އަވަސް ވެގަތީ ފެން ފުޅިއެއް ބަލައި ދިޔުމަށެވެ. ޒަޔާލް  ކޮޅަށް ހުރި އިރު އޭނާގެ މޫނުމަތިކަން  ފެންނަ ނުތަވަސްކަން އެހެންމީހުންނަށް ވެސް ބޮޑެވެ. އިސްތަށިތަކުން ފޮރުވިފައި އޮތް އާނާގެ މޫނަށް ޒަޔާލް ބަލަމުން ދިޔައީ ގަބު ވެފައި ހުރެއެވެ. ޝާހާ ފެންފުޅި ހިފައިގެން އައިސް އާނާގެ މޫނުމަތިން އިސްތަށިތަށް އެއްފަރާތް ކުރުމަށް ފަހު ފެންފޮދެއް ބުރުވާލިއެވެ. އޭރު ޝައުނާ އިނީ އާނާގެ މޫނުމައްޗަށް ބަލާށެވެ. މިހާރު އޭނާ އިނީ ކުޑަކޮށް ހިމޭންވެފައެވެ.

އާނާ ލޮލުގެ އެސްފިޔަތަށް ތަޅުވާލިއެވެ. އަދި ލަސް ލަހުން ލޯ ހުޅުވާލިއެވެ.  އެންމެންވެސް އޭނާގެ ވަށާލާފައި ހުރުމުން ކުޑަކޮށް ހާސްވިއެވެ. އެހެންކަމުން އަވަސް އަވަހަށް ތެދުވެލާ އިށީނދެލިއެވެ. ގަބު ވެފައި ހުރި ޝައުނާ ފެނުނީ ދެނެވެ. އެހެން ކަމުން ހައިރާން ކަމާއި އެކު  އޭނާގެ މޫނަށް ބަލަމުންދިޔައެވެ. އެންމެންވެސް އާނާގެ މޫނަށް ބަލަމުން ދިޔައީ އޭނަގެ މޫނުމަތިން ފެންނަ ކުލަވަރުތަކުގެ ސަބަބުންނެވެ. ހައިރާންކަމެވެ. އާކަމެވެ. ހީވީ އަލަށް ކަމެއް ވީހެންނެވެ. ޝައުނާގެ ލޯ އަމާޒުވެފައި ހުރުމުން އާނާ ޝައުނާއަށް ގޮވާލިއެވެ. “ޝައު… ޝައު.! ކިހިނެއް ވީ؟” އާނާ ކުރި ސުވާލުން އެންމެން ގެ ލޯ އަމާޒުވީ ޝައުނާއަށެވެ. ކައިރީގައި އިށީނދެ އިން ސާނިޔާއާއި އަނޫފްވެސް ބަލާލީ ޝައުނާއަށެވެ. ޝައުނާ ގެ ޖަވާބެއް ނުލިބުމުން އާނާ ޝައުނާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ޝައުނާ ކުއްލި ހަރަކާތަކާއި އެކު އެއްވެސް ޖަވާބެއް ނުދީ އާނާގެގައިގާ ބައްދާލިއެވެ. އާނާވެސް ބައްދާލީ ވާނުވާ ނޭނގު ހުރި ހާލުގައެވެ. އެންމެންގެ މޫނުމަތިންވެސް ހިނިތުން ވުން ފެނުނެވެ. ކޮޅަށް ތިބި އެންމެން ވެސް ދާންފެށީ މަސްތައް އަވަހަށް ހަދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ޒަޔާލް ހުރީއެވެ. އާނާގެ ހަރަކާތްތަށް ބަދަލުވެފައި ހުރިކަން އޭނާއަށް ފާހަގަ ވަމުން ދިޔައެވެ. އާނާ ޝައުނާއާއި ދުރަށް ޖެހިލިއެވެ. އާނާގެ ލޮލުގައި ކަރުނަތަށް ހުރުމުން އާނާ ޝައުނާއާއި ދިމާލަށް ފުން ނަޒަރަކުން ބަލާލިއެވެ.

ސާނިޔާއާއި އަނޫފް ދާން ތެދުވީ އެދެމީހުންނަށް ވާހަކަ ދައްކާލަން ވަގުތު ދިނުމަށެވެ. އަނޫފް ކޮޅަށް ތެދުވެ ޒަޔާލް ކައިރިއަށް ޖެހިލިއެވެ. “ހުރިހާ ކަމެއްވެސް އޯކޭ އޭ.. ދެން އާދޭ ދާން..” ޒަޔާލްގެ މޫނުމަތިން ފެނުނު ކުލަވަރުން އޭނާ އެ ހުރީ ހާސްވެފަކަން އިނގުމުން އަނޫފް އެހެން ބުނެލުމަށްފަހު ޒަޔާލްގެ ކޮނޑަށް އަތް ވައްޓާލައިގެން ހިނގައިގަތެވެ. ސާނިޔާ އޭރު އެމީހުންނަށް ވުރެ ކުރިއަރައިގެން ހިނގައްޖެއެވެ. އެންމެން ދިޔުމާއި އެކު  އެ ފުރުސަތުގެ ބޭނުން އާނާ ހިފިއެވެ.

“ޝައު. ކިހިނެއްވީ؟ ކީއްވެ ރޮވެފަ ތިހިރީ؟” އާނާ އެހެން އަހާލުމުން ޝައުނާ މޫނު ފޮހެލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލިއެވެ. “އާނޫ.. އަހަރެން ދޫކޮށްލާފަ ނުދަންޗޭ.. ޕްލީސް.. އައި ލަވް ޔޫ އަލޮޓް.. އިނގެއެއްނު އެކަން ދޯ… ޔޫއާރ ލައިކް މައި ސިސް.. މައި އެވްރީތިންގ.. ޕްލީސް ދެން އެހެން ދުރު ނުކޮއްލަންޗޭ… ދުވަހަކުވެސް..އިނގޭ.” ޝައުނާ ވާހަކަ ދެއްކިއިރު އޭނާ ދެރަވެފައި ހުރިވަރު ރަނގަޅަށްވެސް އިނގެއެވެ. އާނާއަށް ވީ އެއްވެސް ކަމެއް ހަނދާން ނެތްތާނގާ ޝައުނާ އެހެން އެބުނި ސަބަބުވެސް ނޭނގުނެވެ. ނަމަވެސް ކޮންމެސް ކަމެއްވީމާ ނޫނީ ޝައުނާ އެހެން ނުބުނާނެކަން އިނގެއެވެ. އެހެންކަމުން ހާލަތަށް ވިސްނާ އޭނާ ހިނިތުންވެލިއެވެ.. “ޝައު.. އާނާ އެއް ނުދާނަމޭ ދުވަހަކުވެސް.. ކޮންމެ ގޮތެއްވިޔަސް.. ޝައުއަށް ވެސް އިނގެ އެއްނު އަހަރެން ވެސް ލޯބި ވާކަން ދޯ ޝައު ދެކެ..  އެކަމު ޝައު އަނޫފް ދެކެ މާ ލޯބި ވެއެއްނު…” ދޫ ނެރެލަމުން އާނާ އެހެން ބުނެލުމުން ރަކި ހިނިތުންވުމެއް ޝައުނާގެ ތުންފަތުގައި ކުޅެލިއެވެ. އާނާ ދެން ބަލާލީ މުޅި މާހައުލަށެވެ. ރަށަށް އައީ ކޮންއިރަކު ބާއޭ ހިތަށް އެރިއެވެ. އެ ސުވާލު ކުރަން ހިތާވެސް ނުކުރީ ހާލަތަށް ވިސްނާލާފައެެވެ.

އާނާ ދުރަށް ދާނެ ކަމުގެ ބިރު ޝައުނާގެ ހިތުން ފިލައިގެން ދިޔައެވެ. މޫނުމަތިން ފެނުނު އުދާސްކަން ވެސް ފިލައިގެންދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ދެންމެ ކަމެއްވީހެންވެސް ހީނުވާ ކަހަލައެވެ. ދެމީހުން ތެދުވެގެން ދާން ހިނގައިގަތެވެ. ޝައުނާގެ ވައަތުގައި ހިފާލި އާނާ ކުއްލިއަކަށް ޝައުނާގެ އަތަށް ބަލާލީ އޭނާގެ އިނގިލީގައި އެއްޗެއް ޖެހުމުންނެވެ. އާނާ މަޑުކޮށްލުމުން ޝައުނާވެސް މަޑުކޮށްލިއެވެ. “ޝައު…! މީ ކޯޗެއް..” ދެލޯ ބޮޑުކޮށްލައިގެން ޝައުނާގެ އަތަށް ބަލަމުން ދިޔަ އާނާގެ މޫނަށް ޝައުނާ ބަލާލިއެވެ. “ޝައު.. ބުނެބަ.. އަނގޮއްޓިއެއް..؟ކާކު އެޅުވި..؟ ޝައު ގެ އަތުގައި ކުރިޔަކުން ނީދެ..” ދެބުމަ ގޮށް ޖަހާލައިގެން ހުރެ ޝައުނާގެ އިނގިއްޔަށް ބަލަމުން ދިޔަ އާނާ ހުރީ ހައިރާންވެފައެވެ. އެހެނީ މިއަދު ހެނދުނުވެސް އޭނާގެ އަތުގައި އަނގޮއްޓީއެއް ނެތްކަން އޭނާއަށް އިނގެއެވެ. އެއަށްފަހު ކަމެއް ވީބާއެވެ. އާނާ އަށް އެއްވެސް ކަމެއް ހަނދާން ނެތީ ކީއްވެހެއްޔެވެ؟ އެންމެ ފަހުގެ ހަނދާނަކަށްވެސް އައީ ހޮޑުލީ ހަނދާނެވެ. ހީވީ ވަރުގަދަ ނިދިގަނޑަކުން ހޭލެވުނުހެންނެވެ. އަނެއްކާ އާނާއަށް ނިދުނީ ބާއެވެ. މި ހޭލެވުނީ ބާއޭ ހިތަށް އަރަންފެށިއެވެ. ޝައުނާ ހާސްވީ އާނާ ނުހޭލެވުނީމަ ބާއެވެ. އާނާއަށް އެކަކުވެސް ނުގޮވީ ކީއްވެހެއްޔެވެ.؟  އާނާ ކުޑަކޮށް ހިމޭންވީ އެ ހިޔާލުތަކުން ސިކުނޑަށް ވެރިވުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޝައުނާގެ މޫނުމައްޗަށް ބަލާލުމަށްފަހު އަނގޮއްޓިއަށް ބަލާލިއެވެ. ޝައުނާ ހީކުރީ އާނާ މަޖާ ކުރަނީކަމަށެވެ. އެހެން ކަމުން ހިނިތުންވެފައި އޭނާވެސް ހުރީ އާނާ އެއީ މަޖަލޭ ބުނެ ހޭންފައްޓާނެ އިރެއްގެ އިންތިޒާރުގައެވެ.

ލަސްވާންފެށުމުން ޝައުނާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. މިފަހަރު އާނާގެ މޫނުމައްޗަށް ބަލަން ހުރީ އެފެންނަ ކުލަވަރުތަކުން އެއީ ހަޤީޤީތޯ ނުވަތަ އެކްޓެއް ތޯ ދެނެގަތުމަށެވެ. ނަމަވެސް އާނާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން އެއީ އެކްޓެއް ހެންނެއް ހިއެއްނުވެއެވެ. ޝައުނާ ގެ ޖަވާބެއް ނައުމުން އަނެއްކާވެސް އާނާ އަހާލިއެވެ. “ޝައު!! މީ ކޮން އަނގޮއްޓިއެއްތަ.. ދެން ބުނެބަލަ… އަނޫފް ދިންތަ؟ އޭނަ އެޅުވީތަ..؟” އާނާ މިފަހަރު ބުނި  ޖުމްލައިން ޝައުނާގެ ފައިދަށުން ބިންގަނޑު  ކަނޑައިގެން ދިޔަފަދައެވެ. އެހެނީ މިފަހަރު އޭނާގެ މޫނުމަތިން ފެނުނީ ސީރިއަސް ކަމެވެ. މީ އާނާ ދައްކާ އެކްޓެއް ނޫންކަން އިނގުނެވެ. ހައިރާންކަމާއި އެކު އާނާގެ މޫނަށް ބަލަން ޝައުނާއަށް ހުރެވުނީއެވެ.

 

-ނުނިމޭ (:-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ތީ ފުރާނައިގެ ދިރުމޭ މަގޭ

Next

ގެންދާށެ މިހިތް ލޯބިން ކަލާ.. 3

Next
December 12, 2015

ގެންދާށެ މިހިތް ލޯބިން ކަލާ.. 3

Previews
December 12, 2015

ތީ ފުރާނައިގެ ދިރުމޭ މަގޭ

30 Comments!

  1. Ryn says:
    December 12, 2015 at 1:09 pm

    hey guys here is thr nxt prt.. m really really sry iyye up nukurvnyma i ws lil bxy with my studies ystday n day bfr ystrday plus the intrnt ws slw… ehnve stry nuliyevunu.. m sryy ingey.. hope u all will undrstnd. n hope u all wil lyk this prt.. thnks fr readin… 😉 😉 enjoy

  2. reader says:
    December 12, 2015 at 1:18 pm

    varah reethi.. nxt part avahah up kurahchey ehaa ginadhuvas vandhn keteh nukureveyne mihaaru vs kiyaa hithun maruvey eba

    1. Ryn says:
      December 12, 2015 at 1:21 pm

      hey.. asluthr.. thnks ingey.. in sha allah vrh avahah up khla dheynan.. thnks fr readin…. 😉 enjoy.. 😉 n vrh happy vehje rynge mi stry rythi vefa keii nukurevehaa varu v ma 😛 ..

  3. reader says:
    December 12, 2015 at 1:19 pm

    varah reethi.. nxt part avahah up kurahchey ehaa ginadhuvas vandhn keteh nukureveyne mihaaru vs kiyaa hithun maruvey eba 🙂

  4. mice says:
    December 12, 2015 at 1:28 pm

    very nice! waiting for the next part!

    1. Ryn says:
      December 12, 2015 at 1:32 pm

      thnks mice.. 😉 thnks fr readin… enjoy…

  5. foni myha says:
    December 12, 2015 at 1:30 pm

    dhn rythi

    1. Ryn says:
      December 12, 2015 at 1:33 pm

      thnks… enjoy 😉

  6. Immy says:
    December 12, 2015 at 1:36 pm

    varah salhi… waitn 4 nxt prt ryn…………

    1. Ryn says:
      December 12, 2015 at 1:40 pm

      thnks immu… 😉 enjoy… n thnks fr readin.. n plus luv ya.. 😉

  7. Immy says:
    December 12, 2015 at 1:38 pm

    varah salhi…….

  8. nukko says:
    December 12, 2015 at 4:40 pm

    hey flower.. wowwwwwww varaaaaaah salhi… u have improved a lot dude… its totally amazing.. wen nxt part?? cant wait.. jus woww.. luvin it.. 🙂 🙂 🙂 🙂 🙂 😉 😉 😉 miss yew.. n v salhi ingey pic.. take care

    1. Ryn says:
      December 12, 2015 at 4:50 pm

      hey nukko… thnks alt… in sha allah tmrw cx as i said in prvs prt tht i wil upld my stry on evry fri wed n sun.. bt i ws nt able to up it ystrday ehnve miadh mi kury.. so i guess tmrw.. hehe.. thnks fr readin.. enjoy.. miss u mre.. luv ya 😉 😉

  9. Mish says:
    December 12, 2015 at 7:55 pm

    wowwwwwww .. varaaaaaaaah reethi .. can’t wait … kon irakun aneh bai???? .. hehe mihaaru kiyaahithun nuvess hurevey .. hithah araa kihineh baaey vaany .. gud luck n keep it up ryn ohho ryb hehehehe .. luv u n miss u alot .. 🙂 🙂 🙂 🙂 <3

    1. Ryn says:
      December 12, 2015 at 8:05 pm

      hehhe heyy mosh oops mish 😛 😛 . as i tld tht evry fri sun n wed ga up kuraany dhw.. dhn iyye up nukurvnyma miadhu up khly so dhn oii prt in sha allah tmrw.. n thnks fr readin… n thnks fr evrythin.. miss u mre n mre thn u did.. 😛 luv u.. ummwahxx.. 😉 enjoy… once again i MISS U ALOT MOSH oops mish.. 😛

  10. anoymash says:
    December 12, 2015 at 8:07 pm

    dhn rangalhu

    1. Ryn says:
      December 12, 2015 at 8:23 pm

      thnks… 😉 thnks fr readin enjoy 😉 😉 😉

  11. Shabee says:
    December 12, 2015 at 8:21 pm

    hey ryn…hey HG 😛 mi prt vx vrh vrh vrh reeethiii 😀 vrh kiyaahithun indhaa enimuny 🙁 nxt prt avahah dhigu kh up khdhehchey 😉 all da bst 🙂

    1. Ryn says:
      December 12, 2015 at 8:25 pm

      hey shaby hey SG.. aww sry fr tht.. hehhe dhn in prt dhigu khlaanan.. thnks ingey… n thnks fr readin too.. enjoy.. luv ya n miss u alt.. 😉 tc of ur slf… ryn misses u alt shaby..

  12. kairas says:
    December 12, 2015 at 8:23 pm

    Dhn vrh foohi vaahaka eh mee … digest plx ryn

    1. Ryn says:
      December 12, 2015 at 9:03 pm

      thnks fr readin… enjoy ;).. n hykurn rynge ehn vaahaka eh rythi vaane kamah mi vaahaka nuviyas.. bt i try my bst alwys to make it nyc n simple. bt i knw enmnge hiyaal eh gwtheh nuvaane kn nor evryone will lyk it… anyways thnks foohiyas kiyaalyma.. 😉

  13. Luvna says:
    December 12, 2015 at 8:30 pm

    hi ryn. salhi.

    1. Ryn says:
      December 12, 2015 at 9:05 pm

      hi.. thnks.. enjoy 😉

  14. Anonymous says:
    December 12, 2015 at 8:31 pm

    furathama kairas digest kohfaa ehn meehun kaari kiyanee……foohi vanyaa nukiyanee…kaaku buny kiyaasey..gos geygaa ovebala

  15. Luvna says:
    December 12, 2015 at 9:12 pm

    Hiii.. Owhh.. This part is awwwwsomee.. Really tomrw.. Eagerly waiting for next part.. Best of luck and miss yuh..

    1. Ryn says:
      December 12, 2015 at 10:16 pm

      hey mimmyy….. thnks.. n yrh tmrw in sha allah… 😉 hehehe.. once again thnks.. n miss u mre… 😉 tc… .

  16. ina says:
    December 12, 2015 at 10:32 pm

    Alheyyy ryn avahah nxt part up kodhdhechchey.stry v v v salhi.waitin 4 nxt part:-)

    1. Ryn says:
      December 12, 2015 at 10:51 pm

      thnks ina.. in sha allah tmrw nyt ga up khdheynan.. thnks fr readin.. enjoy… 😉 😉

  17. Ryn says:
    December 13, 2015 at 9:13 am

    Thnkss fr readin… all.. 😉 😉

  18. Naphu says:
    June 19, 2016 at 11:54 am

    Wow???
    Just amazing????

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ… (6)←


All Right Reserved!