ޖައުޝަން އައިސް ސައިކަލު ޕާރކް ކޮށްލީ 4 ބުރި އިމާރާތަކަށް ނަގައިފައި ހުރި ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. “މީތަ ޝަންމެންގެ ގެއަކީ؟” ނިއުޝާ ޖައުޝަންއާއި ދިމާ ބަލައިލުމަށްފަހު އެހިއެވެ. “ޔާ… އަޑުއަހަންތަ ސިލްވަރ ކޮމްޕެނީގެ ނަން؟” ޖައުޝަން ނިއުޝާ ގޮވައިގެން އެ އިމާރާތްތެރެއަށް ވަންނަމުން އެހިއެވެ. “ހުމްމް… އެއީ ޝަންމެންގެތަ؟” ނިއުޝާ އެހިއެވެ. “ޔާ ބައްޕަގެ.. އޮފީސް ހުންނާނީ އަދި އެކޮޅުގަ..” ޖައުޝަން ނިއުޝާއަށް ކިޔައިދެމުން ދިޔައެވެ. އެ ގޭގެ ގަރާޖު ގައި ދެތިން ކާރުވެސް އޮތެވެ. […]
އަހަރެންނަކީ މުއްސަނދި އާއިލާއަކަށް ލިބިފައި ހުރި ހަމައެކަނި ކުއްޖާއެވެ. އަންހެން ކުއްޖަކީމެވެ. ދުނިޔެމަތިން ލިބެންޖެހޭ ހުރިހާ އުފަލެއް އަހަރެންނަށް ލިބިފައިވެއެވެ. ހިތްހަމަޖެހުމާއި އަރާމެވެ. އައިލީ ލޯތްބާއި އަޅާލުމެވެ. ކިތަންމެ މުއްސަނދި ކަމުގައި ވިޔަސް އަދި ކިތަންމެ އަރާމުކޮށް އުޅެވުނު ކަމުގައި ވިޔަސް އަހަރެންނަކީ މުއްސަނދި ދަރިއެއްގެ ކުރިން މުސްލިމެއްކަން އަބަދުވެސް ހަނދާންކުރަމެވެ. ދުނިޔެމަތީ މުއްސަނދި ވިޔަސް އަދި ފަޤީރު ވިޔަސް އަނބުރާ ރުޖޫޢަ ވުން އޮތީ އެއްތާކަށެވެ. އެއް ބިމަކަށެވެ. އެއްކޮންނެވެ. އެދުވަހަކުން ތިމާގެ މުއްސަނދިކަމެއްގެ […]
އިރު އޭގެ ވާޖިބު އަދާކުރުމަށް އޭގެ ދޯދި ތަކުން ދުނިޔެމަތި ހޫނު ކުރަމުން ދިޔައެވެ. މިއަދު މީ ޖައުޝަން ގެ ހަޔާތުގެ އެންމެ މުހިންމު އެއް ދުވަހެވެ. ވަގުތުތައް ދިޔަލެއް ލަސްހެން ޖައުޝަންއަށް ހީވެގެން އެތަކެއް ފަހަރު އެއްޗެހި ގޮވާލެވުނެވެ. ގަޑި ނުބައިތޯ ބަލައިލެވެއެވެ. އެވަރު ނުވެގެން 5 ޖަހާއިރަށް އެލާރމް ވެސް ކޮށްލިއެވެ. މިއަދު އޭނާ އުޅެނީ އާވާރާވެފައިވާ މީހެއްހެންނެވެ. އެންމެ ފަހުން އޭނާގެ މަންމަ ސަކީލާއަށް އެކަން ފާހަގަވީއެވެ. “ދަރިފުޅާ ކިހިނެއްވެގެން ތިއުޅެނީ.؟ މާ […]
އައްސަލާމް އަލައިކުމް (: މިދުވަސްކޮޅު ރީންގެ ކިޔެވުމުގެ ކަންތަކާއި ރީން ވަރަށް ބުރަކޮށް އުޅޭތީވެ ވާހަކަ އަވަސް އަވަހަށް އަޕް ނުކުރެވެނީ.. ވަރަށް ދެރަވެ އެހެން ވާތީވެސް. ވާހަކަ އަޕް ވުން ލަސް ވާތީ ވެ ހުރިހާ ލޮބުވެތި ކިޔުންތެރިންގެ ކިބައިން މާފަށް އެދެން P:… ރީން މި ވިސްނަނީ ވާހަކަ އެއްކޮށް ލިޔެ ނިންމާފަ އަޕްކުރަން ފަށަން.. އޭރުން ޑެއިލީކޮށް އަޕް ކުރެވޭނެ އިން ޝާ ﷲ.. ކިޔުންތެރިންނަށް ރީންގެ މި ނިންމުން އޯކޭ […]
މިއަދު ޖައުޝަން އަށް ގަޑި ދާލެއް ލަސް ހެން ވެސް ހީވެއެވެ. އެތަކެއް ފަހަރު ގަޑި ބަލާލުމަށްފަހު “ހާދަ ލަހޭ” ބުނެވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނިއުޝާއާއި ބައްދަލުކޮށް ނިއުޝާގެ ޝަން އަކީ އޭނަކަން ބުނެދިނުމަށް އޭނާ ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ނިއުޝާގެ އިންތިޒާރު ނިމުނީކަމަށް ބުނެދެން ބޭނުންވެއެވެ. ޖައުޝަން އެނދުމަތީ އަނެއްކާވެސް ޖައްސާލިއެވެ. އެއަށްފަހު ކުރީގެ އެތަކެއް ހަނދާން ތަކެއް އާކޮށްލިއެވެ. “ޝަން!! މިސާލަކަށް އަހަރެން ބުނިއްޔޯ ވަރަށް ބޮޑު ކަމެއް ކުރިމަތި ވެއްޖެޔޭ.. […]
އެހެންދުވަސްތަކޭ އެއްފަދައިން މިއަދުވެސް މާލޭގެ މަގުތައް ހަލަބޮލިއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މާލެއަކީ އެހާމެ ބޮޑު އަދި އެހާމެ ގިނަ މީހުން އުޅޭ ތަނެކެވެ. މަގުތައް ހަލަ ބޮލި ނުވިއްޔާ ދެރައެވެ. އެ އެންމެންގެ ތެރޭ ހިނގާފައި އެދާ ނިއުޝާއަށް މީހުން އުޅޭހެންވެސް ހީނުވާ ކަހަލައެވެ. އިސްޖަހާލައިގެން ހިނގާފައި އޭނާ އެދަނީ އޭނާގެ އިހުސާސްތައް ފޮރުވުމަށްޓަކައެވެ. މީހަކަށް ފެނިދާނެއަތީއެވެ. މިއަދު އޭނާއަށް ލިބޭނެ އަނިޔާތަކާއި މެދު ވިސްނާލާފައި ރޮވިދާނެހެން ހީވުމުންނެވެ. ނިއުޝާއަކީ ކުޑައިރުން ފަށައިގެންވެސް އެތަކެއް އަނިޔާތަކެއް […]
މިއަދުވެސް އިރު އޮއްސިގެން އެދިޔައީ ނިއުޝާގެ ކުރިމަތީގައެވެ. ނިއުޝާ ގެ އިންތިޒާރު ނިމޭނީ ކޮން ދުވަހަކުން ބާއެވެ. ނިއުޝާ އިންތިޒާރު އެކުރަނީ ކާކައްހެއްޔެވެ؟ އެއީ ކޮން ނަމެއް ކިޔާ ކާކު ކަމެއް ކޮންތާކު އުޅޭ ކޮން އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމެއްވެސް ނިއުޝާއަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން ނިއުޝާގެ ހިތުގައި ރަސްކަން ކުރަމުން އެދާ ޒުވާނާގެ ސިފަވެސް ނޭނގެއެވެ. ނިއުޝާ އިންތިޒާރު ކުރާ އެ ޒުވާނާގެ ފައިގައި އަޅާގަނެފަ ވެއްޓުނަސް ނޭނގޭނއެވެ. އެކަމުވެސް އިންތިޒާރު ކުރެއެވެ. ނިއުޝާ […]
އަހަރެންނަށް އުފަލުން ރޮވުނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއްވެސް އަންނާނެކަން އަހަރެން ހަނދާން ނެތުނީއެވެ.. ޝާ؟؟ މިސާލަކަށް އަހަރެެމެންނަށް ލިބުނީޔޯ ބޭބީ އެއް. ގާލް އެއް.. ކޮންނަމެއް ކިޔާނީ؟؟” ” އުމްމްމްމް.. އައިޒާ ޝާހާން… ސަޅިތަ؟” “ހުމްމް ސަޅި އެކަމު ކޮންތާކުން ތިނަން ލިބުނީ” “ވާހަކައަކައަކުން” ” އޯވް.. ޝާހާން ހަނދާން ނެތުނީއޭ. ޝާ މެން ކަހަލަ މޮޅު ވާާހަކަ ލިޔާ ކުދިން ދެން ވާހަކައިންތާ ދޯ ނަންވެސް ހޯދާނީ” “ހެހެހެހެ” އަހަރެން ދުވަސްތައް ހޭދަކުރަމުން ދިޔައީ ވަރަށް […]
ކުއްލިއަކަށް އަހަރެންގެ ފޯނަށް އައީ މެސެޖެކެވެ. “ކުޅިދައްކާލާނަން”. އައީ އަހުމާންގެ މެސެޖެކެވެ. “އެއަށްވުރެ ދެގުނަ ހަސްކަ ދައްކާލާނަން. މަމީ ކާކުކަން ނޭނގެނެ އަދިވެސް.. ހުރިހާ އަންހެނުންނެއް ބަލިކަށްޓެއް ނުވާނެ. ކަލޭ ހެދިގޮތެއް ބަލަން ހުންނަން މަމީ ކަލޭގެ އެކްސް އެއް ނޫނޭ..” އަހަރެން ރިޕްލައި ކޮށްލީމެވެ. “އާޗާ.. ތިބުނީ އެއްޗެކޭ އިނގޭ ހަނދާން ބަހައްޓާތި.. މާދަމާ ސުކޫލު ނިންމާފަ ބައްދަލު ކުރާނަން” އަހަރެން ކައިރިއަށް އައި ރުޅީގައި މަންމައަށް ގުޅީމެވެ. އަދި މަންމައަށް ވެސް ރުޅިބޭލުނެވެ. “ދަރިފުޅާ..! […]