Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި އަހަރެން ވާނަމޭ… (4)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 9, 2015 5 Mins Read
36 Comments

ކުޅެން އުޅުނު ގުރޫޕް އެއް ދިމާލަކަށް އެއް ވުމުން ދެން ތިބި ގުރޫޕް ދިޔައީ ރަށުތެރެ ބަލާލާށެވެ. އާނާ އެމީހުންގެ ފަހަތުން ދާ ތަން ފެނުމުން ރައުނާ ފުން ނޭވައެއް ލިއެވެ. އާނާއަށް މިއަދު އެ ވީގޮތުން އޭނާ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. އެންމެންނާއި އެެކީ ހިނގާލާ ހެދުމުން ރަނގަޅުވާނެކަމަށް ރައުނާ ގަބޫލުކުރިއެވެ.

“އޯކޭ..! އެހެންވީމަ ދެ ފިރިހެނުން މި ތިބީ… ދެ ފިރިހެން ދެ ގުރޫޕަށް.. އޯކޭ..” ވަށާލައިގެން ތިބި މީހުންގެ މެދުގައި ހުރެ އަނޫފް އެހެން ބުނެލިއެވެ. އެއާއި އެކު އަނޫފް އެއްފަޅިއަށް އަދި  ޒަޔާލް އަނެއް ފަޅިއަށް ދިޔައެވެ. “ސޯ.. ޒަޔާލް ސެލެކްޓް ކުރޭ އެންމެ ފުރަތަމަ ޒަޔާލްގެ ގުރޫޕަށް ދާ ކުއްޖާ..” އެއްލޯ މަރާލަމުން އަނޫފް އެހެން ބުނެލުމުން ޒަޔާލް އެއް މިޔަކަނިން ހީލިއެވެ.

“ރައުނައްތަ..” ޒަޔާލް އެހެން ބުނެލުމުން ރައުނާ ޒަޔާލް ކައިރިއަށް ޖެހިލިއެވެ.

“ސާނިޔައްތަ” އަނޫފް ރަކި ހިނިތުންވުމަކާއި އެކު އެހެން ބުނެލުމުން ސާނިޔާ އަނޫފް ކައިރިއަށް ޖެހިލިއެވެ.

“ޝާހާ” ޝާހާ ޒަޔާލް ކައިރިއަށް ޖެހިލިއެވެ.

“އާލާ” އާލާ އަނޫފް ކައިރިއަށް ޖެހިލިއެވެ.

“ފަނާ” ފަނާ ޒަޔާލް މެންނާއި ކައިރިވެލިއެވެ.

“ޝައުނާ” އަނޫފް ޝައުނާއާއި ދިމާލަށް ބަލަން ހުރެ އެހެން ބުނެލުމުން ސާނިޔާ އާއި ރައުނާ ދެމީހުން ދެމީހުންނާއި ދިމާ ބަލާލުމަށްފަހު ހީލިއެވެ. ޝައުނާ އަނޫފް މެން ކައިރިއަށް ޖެހިލީ އިސްޖަހާލައިގެން ހުރެއެވެ. އެތަން ފެނި އަނޫފް ކައިރިއަށް ލާނެތް ހިންޏެއް އައެވެ. އެކަން ފޮރުވުމަށްޓަކާއި އަނގަމަތީ އަތް އަޅާލާ އަނެއް ފަޅިއަށް ބަލާލިއެވެ.

“ދެން އާޒިފައްތަ ޔޯ..” ޒަޔާލް އާޒިފާއާއި ދިމާލަށް ބަލަން ހުރެ އެހެން ބުނެލިއެވެ.

“ތި މީހުން ކުޅެލާ ދެން… އާޒިފައްތަ މިތާ ކޮށްޅަށް ހުރީތީވެސް ވަރުބަލި ވެއްޖެ އަދި ކުޅުނީމަ ކިހާ ވަރެއް ވާނެ.. ހެހެހެ.. އާޒިފައްތަ އިންނާނަން ބަލަން އިނގޭ” އާޒިފާ އެހެން ބުނެލުމަށްފަހު ގަހެއްގެ ހިޔަލުގައި ގޮސް އިށީނދެލިއެވެ.

“އާލާ އާއި ސާނިޔައްތަ ތިބޭނަން ފަހަތުގައި ބޯޅަ ހޮވަން އޯކޭ ދޯ..” އާލާއާއި ދިމާލަށް ބަލާލަމުން ސާނިޔާ އެހެން ބުނެލިއެވެ. އެއާއި އެކު ދެމީހުން ފަހަތަށް ޖެހިލިއެވެ. އަނޫފް އާއި ޝައުނާ ބޯޅަ އުކަން ތިބިއިރު އެތެރޭގައި ރައުނާ ޒަޔާލް ފަނާ އަދި ޝާހާ ތިއްބެވެ.

ޒަޔާލް ހިސާބަކަށް ކަންބޮޑުވެފައި ހުރީ އާނާ ފެންނަ ތަނުގައި ނެތުމުންނެވެ. މިއަދު އޭނާ އަޒުމް ކަނޑަ އެޅީ އާނާގެ ހަރަކާތްތަކަށް ރަނގަޅަށް ބަލަންށެވެ.  ނަމަވެސް ކަން ދިމާ ކުރި ގޮތުން އެކަންވެސް ނުވީތާއެވެ.

“ރީސް” އެތެރޭގައި ތިބި އެންމެން އެއް އަޑަކުން އެހެން ގޮވާލުމުން އަނޫފް އަތުގައި ހުރި ބާރެއްލާފައި ބޯޅަ އެއްލިއެވެ. ނަމަވެސް އެކަކުގައިގަވެސް ނުޖެހި އެ ބޯޅަ ޝައުނާ އާއި ދިމާލަށް ދިޔައެވެ. ޝައުނާ އެ ބޯޅާގައި ހިފުނު އިރު އަތުން ދިލަ ނަގައިގަތެވެ. “ތަންކޮޅެއް މަޑުން އަނޫފް… ހާދަ ބާރަށޭ ތި އެއްލީ..” ޝައުނާ އެހެން ބުނެލުމުން އެންމެންގެ ނަޒަރު ޝައުނާއަށް ހުއްޓުނެވެ. ޝައުނާ އަށް ރޭކާލީ ދެނެވެ. މީ އެހެންޏާ ދުވަހަކުވެސް އިސްނަގައިގެން އަނޫފްއާއި ވާހަކަ ދެއްކި ކުއްޖެއް ނޫނެވެ. އެންމެން ހޭންފެށުމުން ޝައުނާ އިތުރަށް ރަކިވިއެވެ. އަނޫފްވެސް ހޭންފެށިއެވެ. ފަހަތުގައި ހުރި ސާނިޔާވެސް ދިޔައީ ހެމުންނެވެ.

ޝައުނާ ބޯޅަ އެއްލި ދިމާލުގައި ރައުނާ ހުރުމުން ބޯޅަ ގޮސް ޖެހުނީ ރައުނާގެ ފައިގައެވެ. އެހެން ކަމުން ރައުނާ ފޭބިއެވެ. އަދި ގޮސް އާޒިފާ ކައިރި އިށީނދެލިއެވެ.

ޝައުނާ އުފަލުން ފުންމާލީ ‘ޔޭ’ އޭ ކިޔަމުންނެވެ. “އޭ އަދި އެބަތިބި މީހުން..” އަނޫފް އެހެން ބުނެލުމުން ޝައުނާ ދެފަރާތަށް ބޯ ހުރާލަމުން ރެޑީ ވެލީ ދެން އެއްލާ ބޯޅަ ހިފުމަށެވެ.

އަނޫފް ގެ ފަހަތުގައި ބޯޅަ ހިފަން ހުރި ސާނިޔާއާއި ދިމާލަށް އަނޫފް ބަލާލިއެވެ. އަދި ޖީބުން ކުޑަ ވަރެއްގެ ނޫ ކުލައިގެ ފޮއްޓެއް ނެގިއެވެ. އެ ފޮށީގައި ގަނޑުކޮޅެއް ހިތްޕާލާފައި އިނެވެ. “މަޑުކުރަންޗޭ” އަނޫފް އެހެން ބުނެލުމަށްފަހު ސާނިޔާއާއި ދިމާލަށް ދިޔައެވެ. ޝައުނާވެސް ގޮސް ޝައުނާގެ ފަހަތުގައި ހުރި އާލާއާއި ވާހަކަ ދައްކަން ފެށިއެވެ. އެތެރޭގައި ތިބި ޒަޔާލް މެން ބިންމަތީގައި އިށީނދެލިއެވެ.

“ކޮބާ ވާ ކޮޅު…؟” އަނޫފް ވަރަށް ސިއްރު ސިއްރުން އެހެން ބުނެލުމުން ސާނިޔާ ބުރުގަލުގައި އައްސާލާފައި އިން ދިގު ހިމަ ވާ ކޮޅެއް ނަގާ އަނޫފް އަތަށް ދިނެވެ. ސާނިޔާ ބޯޅާގައި ހިފެހެއްޓުމުން އަނޫފް ގެންގުޅުނު ކުޑަ ނޫ ކުލައިގެ ފޮށި ބޯޅާގައި އެ ހިމަ ދިގު ވާފަށުން އައްސާލިއެވެ. އަދި ސާނިޔާއާއި ދިމާ ބަލާލަމުން ތެންކްސް އޭ ބުނެ ކުރިން ހުރި ދިމާލަށް ހިނގައިގަތެވެ. ޝައުނާ ހުރީ އަނޫފް މެންނާއި ފުރަގަސް ދީގެންނެވެ. އަނޫފް އައި ގޮތަށް އައިސް ޒަޔާލް މެންނަށް އިޝާރާތް ކޮށްލުމުން އެ އެންމެންވެސް ތެދުވީ ހުރިހާ ދަތްތަށް ފެންނަ ވަރަށް ހީލަމުންނެވެ. “ޝައު.. އަވަސް” އަނޫފް ބޯޅަގައި އައްސާލެވިފައި އިން ފޮށިކޮޅު ނުފެންނަ ގޮތަށް އޭނައާއި ދިމާލަށް އަނބުރައި ލައިގެން ހުރެ ބުނެލިއެވެ. ޝައުނާ އަވަސް އަވަހަށް  އޭނާ ކުރިން ހުރި ރޮނގު މައްޗަށް އެރިއެވެ.

އަނޫފް ބޯ ޖަހާލުމުން ޒަޔާލްމެން “ރީސް” އޭ ގޮވާލިއެވެ. އަނޫފް ބޯޅަ އެއްލީ ސީދާ ޝައުނާ އާއި ދިމާލަށެވެ. ޒަޔާލް މެން އެންމެން އެއްފަޅިއަކަށް ޖެހުމުން އެއްވެސް ހުރަހެއް ނެތި އެ ބޯޅަ އެނބުރެމުން އެނބުރެމުން ގޮސް ޝައުނާ އަތުތެރެއަށް ވަނެވެ. ޝައުނާ ހުރީ ކުޅިވަރަށް އިސްކަން ދީފައި ކަމުން އެ ބޯޅައިގައި އެއްޗެއް އިންކަމެއްވެސް އިހްސާސް އެއް ނުވިއެވެ. ބޯޅަ އެ ދިމާލަށް އެއްލުމުގެ ގޮތުން އަތު ތެރޭ އަނބުރާލިއެވެ. އެއާއި އެކު އޭނަގެ ލޮލުގައި އަޅައިގަތީ ބޯޅައިގައި އައްސާލެވިފައި އިން ފޮށްޓަށެވެ. އެ ފޮށީގައި ތަތްކޮށްލާފައި އިން ކަރުދާސްކޮޅެވެ. ދެބުމަ ގޮށް ޖަހާލަމުން ވެލިގަނޑު މަތީ އިށީނީ އެއީ ކޯޗެއްތޯ ބެލުމުގެ ބޭނުމުގައެވެ. އޭރު އެންމެންވެސް އައިސް ޝައުނާ ވަށާލިއެވެ. ސާނިޔާ އާއި އަނޫފް ތަންކޮޅެއް ދުރުގައި ބަލަން ތިއްބެވެ. އެންމެންގެ މޫނަށް ނަޒަރު ހިންގާލަމުން ޝައުނާ އެ ބޯޅައިން ފޮށި ވަކިކޮށްލިއެވެ. އަދި ފޮށި ނަގާ ހުޅުވާލިއެވެ. އެ ފޮށްޓަކު އެއްވެސް އެއްޗެއް ނެތެވެ.. ޝައުނާ އަނގަ ހުޅުވިގެން ދިޔައީ ގަނޑުކޮޅު ހުޅުވާލުމުންނެވެ. “ވިލް ޔޫ މެރީ މީ” އޭ ލިޔެފައި އިން ތަން ކޮޅު އެތަށް ފަހަރަކު އޭނައަށް ކިޔާލެވުނެވެ. އަނގަ މަތީ އަތް އަޅާލެވި ކުރިމަތީ ހުރި އަނޫފް އާއި ދިމާލަށް ބަލާލެވުނީ ބޭ އިހްތިޔާރުގައެވެ. ސާނިޔާ އަނޫފް ކޮށްޕާލީ އަވަހަށް ދާށޭ ބުނަމުންނެވެ. އަނޫފް ޝައުނާ ކައިރިއަށް ގޮސް އެއްފައި މައްޗަށް އިށީނދެލިއެވެ. ޝައުނާގެ ލޮލުން ކަރުނަ ހިލެން ފެށުނެވެ. ހަޅޭލަވައިގަންނަން ބޭނުންވިޔަސް އަޑެއް ނުނިކުތެވެ. އަނގަ މަތީ އަތް އަޅައިގެން ދެލޯ ބޮޑުވެފައި ހުރި ޝައުނާ ހުރީ ކުރަންވީ ކަމެއް ނުވަތަ ނުކުރަންވީ ކަމެއްވެސް ނޭނގިފައެވެ. އޭރު އޭނާ ދިޔައީ އަވަސް ނޭވާތަކެއް ލަމުންނެވެ.

ޒަޔާލްގެ ހިޔާލު ހުރީ އެހެން ދިމާލެއްގައެވެ. ޒަޔާލްއަށް މިދުވަސް ނަސީބުވެދާނެބާއޭ ހިތަށް އެރުމުން އެ ހިތަށް ނޭނގޭ ތަދެއް އެރިއެވެ.

ސާނިޔާ އައިސް ޝައުނާ ކޮޅަށް ނެގިއެވެ. އެއާއި އެކު އަނޫފް އަތުގައި އޮތް ހުދު ކުލައިގެ އަނގޮއްޓި ޝައުނާއާއި ދިމާލަށް ދިއްކޮށްލިއެވެ. “ވިލް  ޔޫ..!” ކަނާއަތުން އަނގޮއްޓި ހިފަހައްޓައިގެން އަދި ވާ އަތް ޝައުނާ އާއި ދިމާލަށް ދިއްކޮށްގެން ހުރެ އެހެން އެހުމުން ޝައުނާ އުފަލުން ފުންމައި ނުގަނެވުނީ ކިރިޔާއެވެ. އޭނާގެ އަނގައިން ބަހެއް ނުނިކުތެވެ. އެންމެން އެއް އަޑުން “ކަމޯން ޝައުނާ” އޭ ގޮވަން ފެށިއެވެ. ޝައުނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލާ އޭނާގެ ވާ އަތް އަނޫފް ގެ ކަނާ އަތުގެ ތެރެއަށް ލިއެވެ. އެންމެން ޔޭ އޭ ގޮވަން ފެށިއެވެ. އަނޫފް ޝައުނާގެ އިނގިލީގައި އަނގޮއްޓި އެޅުވުމަށްފަހު ކޮޅަށް ތެދުވެލިއެވެ. ދާދި އެއް އިސްކޮޅެއްގައި ތިބި އެ ދެމީހުން ވަރަށްވެސް ގުޅެއެވެ. ސާނިޔާ އެ ދެމީހުންގެ ބޮލުގައި ފިރުމާލީ ފެންކަޅިވެ ހުރެއެވެ. މަޔަކަށް އޭނާ ބަނޑު އަޅާ ވިހޭ ދަރި އުފަލުގައި އުޅޭތަން ފެނުމުން ލިބޭނެ ހިތްހަމަ ޖެހުން އަގު ވަޒަންކޮށްލެވޭހާވަރަށް ވުރެ ވެސް ބޮޑެވެ.

ގަސް ބުޑުގައި އިށީނދެ އިން ރައުނާއާއި އާޒިފާވެސް ތިބީ ހިނިތުންވެފައެވެ.

” ކޮބާ؟ ދެން ކުޅެން ފަށަން ވީ ނު ދޯ..” އަނޫފް ދުރަށް ޖެހިލަމުން އެހެން ބުނެލުމުން އެންމެންވެސް ކުރިން އެމީހުން ތިބި ތަނަށް ދިޔައެވެ. ފޯރި ނަގަމުން ކުޅެން ތިބި އެންމެން ގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ.

——–

“ރީސް ކިޔަންވީނު” ޒަޔާލް އެހެން ބުނެލުމުން އެތެރޭގައި ތިބި އަނޫފްމެން ރީސް އޭ ގޮވާލިއެވެ. ޒަޔާލްއާއި ރައުނާ މިފަހަރު ބޯޅަ އުކަން ތިބި އިރު އެތެރޭގައި އަނޫފް މެން ބޯޅައިގައި ނުޖެހި ވޭތޯ ބަލައެވެ. ދެތިން ބުރު ކުޅުނުއިރު އެންމެން ވެސް ތިބީ ވަރުބަލިވެފައެވެ.

އެންމެންގެ އުފާވެރި މޫނުތަށް ބަދަލުވެގެން ދިޔައީ އާލާގެ ހަޅޭލަވައިގަތުމުންނެވެ. އޭރު އާލާ އެއްފައި ގައި ހިފަހައްޓައިގެން ވެލިގަނޑުމަތީ އިނެވެ. އެންމެންވެސް އެ ދިމާލަށް ދުވެފައި ދިޔައެވެ. އާލާގެ ފައި އޮތީ ކަނޑައިގެން ގޮއްސައެވެ. ލޭތަށް ސިފަވީ ފައިބައިގެން އަންނަ ކޯރެއް ހެންނެވެ. އެންމެންވެސް ބެލީ އަވަހަށް އާލާގެ ފައިން ލޭ މަނާ ކުރާށެވެ. ޒަޔާލް އާލާ އުރާލައިގެން ގެންގޮސް ހިޔަލުގައި ބޭންދިއެވެ. ރައުނާ އާއި ސާނިޔާ ލޭ މަނާ ކުރުމުގައި އުޅުނެވެ. ފަސްޓްއެއިޑް ކިޓް ގެނުވުނުކަން އެއީ ނަސީބޭ އެންމެންވެސް ހިތަށް އެރިއެވެ. ކަމެއްވާނީ ބުނެފައެއް ނޫނެވެ. އެހެން ކަމުން ކޮންމެ ކަމެއް ކުރާއިރުވެސް ސަމާލުވާން ޖެހޭނެއެވެ.

އާލާ އަކީ ތަނެއްގައި ހިމޭނުން އިންނަ ކުއްޖެއް ނޫނެވެ. އަބަދުވެސް ބަލާނީ ކޮންމެވެސް ސަކަރާތެއް ޖެހޭތޯއެވެ. އާލާގެ ފައިން ލޭ މަނާ ކުރުމަށްފަހު މަލަން އަޅާ އެންމެންވެސް ނަސޭހަތްތެރިވީ މޫދަށް ނޭރި އުޅޭށާއި މަޑުމަޑުން އިނުމަށެވެ. ޒަޔާލް އާލާ ހުރި ދިމާލަށް ގޮސް އާލާގެ ފައި ކެނޑުނު އެއްޗެއް ހޯދަން ފެށިއެވެ.

އޭނާއަށް ފެނުނީ އާލާ ހުރިތަނުން ތަޅާލާފައި އޮތް ފުޅިއެއްގެ ބައެވެ. އޭގައި ލޭވެސް އޮތެވެ. ޒަޔާލް އެ އެތިކޮޅު ނެގިއެވެ. “ރައުނައްތާ… މިއޮތީ މުށިކޮޅެއް… މިތާ އަދި ހުންނާނެ ހެން ހީވޭ… އެކަކުވެސް ދެން މިދިމާލަށް ނާންނާތި…” ޒަޔާލް ރައުނާއަށް އެ އެތިކޯ ދައްކާލަމުން ބުނެލިއެވެ.

ކުއްލިއަކަށް ރައުނާއަށް ހަނދާންވީ އާނާ ބުނި އެއްޗެވެ. “……..އާލާ ގާތު ބުނާތި ބަލައިގެން ކުޅޭށޭ..  ވެލިގަނޑު މަތީ އެބަހުރި ތޫނު އެއްޗެހި.. އެ އެއްޗެހި އެއްފަރާތް ކުރާތި..” ރައުނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެކަނި އެ ޖުމްލަތަކެވެ. އެއްބައިފަހަރު އާނާގެ އަޑުވެސް އިވޭފަދައެވެ.

 

-ނުނިމޭ (:-

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޝެރިން (24 ވަނަ ބައި)

Next

ފޮހެވޭނޭ ބާއޭ… 16

Next
December 9, 2015

ފޮހެވޭނޭ ބާއޭ… 16

Previews
December 9, 2015

ޝެރިން (24 ވަނަ ބައި)

36 Comments!

  1. Ryn says:
    December 9, 2015 at 11:38 am

    heyy guys…. here is the nxt prt… hope u all wil lyk it… thnks fr readin… n c u all nxt friday ga.. in sha allah.. 😉 enjoy.. 😉

  2. Queen says:
    December 9, 2015 at 11:45 am

    Owwwwnnn.. Sooo cute.. Hey ninny this part is really booootiphull. Waiting for the next part.??????

    1. Ryn says:
      December 9, 2015 at 11:49 am

      aww.. thnkss mimmy…. 😉 miss u alt… 😉 once again thnkyouuu..

  3. ina says:
    December 9, 2015 at 11:48 am

    Thix part ix also v v nice.ryyn kyp it up.

    1. Ryn says:
      December 9, 2015 at 11:51 am

      thnks ina…. 😉 m happy tht u lyk this prt.. thnks fr readin.. enjoy.. 😉

  4. nukko says:
    December 9, 2015 at 11:50 am

    Vv rythi… dhn vaany kihinw baaa??? Cant wait flowerrr….. alhry propose kuri thankolhu v salhi image kurevey.. heehe… tc miss u… 🙂 🙂 🙂 🙂 🙂

    1. Ryn says:
      December 9, 2015 at 11:56 am

      hehehe ehnthr..? bt hve to wait 😛 😛 .. miadh aneh prt up kurn v ey dhw 😛 😛 😛 btw thnks nukko.. omg flwr o.. hehe luv u n miss u more.. tc… my luvly lily 😉

  5. eeko says:
    December 9, 2015 at 11:57 am

    Nice …….waiting 4 the next part

    1. Ryn says:
      December 9, 2015 at 12:22 pm

      thnks eeko.. 😉 enjoy

  6. dark princess says:
    December 9, 2015 at 11:58 am

    Insha Allah!! V furihama. Thanks ryn.. ryn haadha molhey dhw vaahaka liyan… keep it up ryn.. waiting 4 next part..

    1. Ryn says:
      December 9, 2015 at 12:24 pm

      oh my… 😮 . thnkyou sooo much.. this made my day hehehe.. so happy.. thnks alt.. n it ws my plsr swyty… 😉 once again thnkyou… enjoy 😉 😉

  7. mice says:
    December 9, 2015 at 1:05 pm

    vv nice!

    1. Ryn says:
      December 9, 2015 at 6:13 pm

      thnks…. 😉

  8. Faxoo says:
    December 9, 2015 at 1:44 pm

    ryyn vaahaka vvvv reethi. and its so cute and funny just like you! 😉 hope to read next part ASAP

    1. Ryn says:
      December 9, 2015 at 6:14 pm

      awww.. ryn n funny?? hahaha anyways thnks.. n enjoy.. 😉

  9. naanijaan says:
    December 9, 2015 at 1:51 pm

    Wow very nice. Keep it up. Next bai avahah up kohdheythi.

    1. Ryn says:
      December 9, 2015 at 6:15 pm

      aww.. thnks… n in sha allah nxt friday ga up kh dheynan.. thnks fr readin.. enjoy 😉 😉

  10. Mish says:
    December 9, 2015 at 1:52 pm

    wowww just woww ..v v v v varaaaaaaaaah salhi .. ryn aslu aana kyhvethu kuhliyakah e badhalu vy .. i’m curious to knw .. hehe .. v v salhi ingey dhulakun bayaan vess nukohdhevyne hehe.. mee mihaaru mi site in enme kiyaa hiyy vaa story .. asluvess ryn v molhu ingey .. n propose kuri bai hama asme.. hehe hinivess ai ebai kiyaafa .. hama v salhi .. anehbai friday ga dhw .. waiing .. gud luck ryn srry srry ryb hehehe .. keep it up .. luv you miss u alot .. <3 😉 🙂 🙂

    1. Ryn says:
      December 9, 2015 at 6:19 pm

      hahaha ehntha.. omg.. vrh vrh happy vehje.. thnks alt mosh.. 😛 😛 asluvx vrh happy vehje thihn bunyma… heheh.. n yrh nxt fridayga in sha allah… luv u more n miss u alt.. thnks fr readin enjoy mish oops mosh… 😛 😉 😉

  11. aish says:
    December 9, 2015 at 2:25 pm

    varah salhi vaahaka

    1. Ryn says:
      December 9, 2015 at 6:20 pm

      thnks aish 😉

  12. elsa says:
    December 9, 2015 at 5:47 pm

    omg , vr biru ganey eba , kihineh baa e vany . mom , story hama vr salhi , but ebahuri baeh mistakes , nxt time mistakes mathukohlaafa liyahchey igea , gud luck 🙂 😉

    1. Ryn says:
      December 9, 2015 at 6:22 pm

      owh.. ehaa biru nugahnanchey 😛 hehehe… owh… nxt tym rangalhu khlaanan.. thnks fr tellin.. n enjoy.. 😉 😉 miss ya

  13. elsa says:
    December 9, 2015 at 6:02 pm

    eoh propose eh dw , hahahahahahaha

    1. Ryn says:
      December 9, 2015 at 6:23 pm

      hahahaha dhw.. 😛 egothah dhn propse kuraany… 😛 😛 …. unique dhw vrh 😛

    2. elsa says:
      December 10, 2015 at 12:03 pm

      hmm , hahahaha

  14. samii says:
    December 9, 2015 at 10:06 pm

    varah salhi..waitin for next part

    1. Ryn says:
      December 10, 2015 at 10:16 am

      thnks samii.. 😉

  15. yaania says:
    December 10, 2015 at 8:37 am

    I luv u ryn…u r the best!:-P

    1. Ryn says:
      December 10, 2015 at 10:17 am

      awwww… heheh thnks alt.. luv u more…. hehe thnks fr readin… enjoy 😉 😉 😉

  16. shay says:
    December 10, 2015 at 5:15 pm

    Nice…waiting 4 the bxt part…

    1. Ryn says:
      December 10, 2015 at 5:31 pm

      thnks.. shay… 😉 thnks fr readin enjoy

  17. shay says:
    December 10, 2015 at 5:16 pm

    Sry i mean nxt prt:)

  18. Immy says:
    December 11, 2015 at 11:44 am

    hi ryn.. its me.. varah salhi 4 vana prt…….. cnt wait 4 nxt prt
    dhn kihineh ba vaanee shauna n anoof ashaa anaa n xayaal
    hope nxt prt varah avahah up kkuraaane kmah……..
    luv u

    1. Ryn says:
      December 11, 2015 at 1:17 pm

      hey,, its u.. 😮 … anyways salhi ingey nick name 😛 n thnks alt… hingaa balan dhw.. 😉 yrh in sha allah… n luv u mre..

  19. Ryn says:
    December 11, 2015 at 7:07 pm

    hey guys…. hope u al wil c it… ryn ah net vrhhh slw dnt knw wht happnd to this damn thing.. ehnve vaahaka up nuvy miadhu n nuvx liyevunu hlf of it is cmpltd.. i ws lil bxy with my classes miadh n iyye… ekm aslu net use nukureveythyve nuliyevuny.. m sryy. bt fst v haa avahah i will upld it… hope u all cn undrstnd.. 🙁 🙁 🙁 .. miss u.. n once again m sry this wont repyt in sha allah.. 🙁

Comments are closed.


All Right Reserved!