Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ.. (26)

Ryn
April 1, 2016
6 Mins Read
96 Views
12 Comments

 

“ވައަލައިކުމް ސަލާމް………… ޝަ..ޝާއިން………” ފާތުމަތު އަށް ޝާއިން ފެނުމާއި އެކު އެއީ އޭނާކަން އިނގުނެވެ. 4 އަހަރު ފަހުގައި ފެނުނު ކަމުގައި ވިޔަސް އޭނާއަކަށް ޝާއިން އެއް ނޯޅޭނެއެވެ. ފާތުމަތު ރޮމުން ރޮމުން ޝާއިންގެ ގައިގާ ބައްދާލިއެވެ. ޝާއިންވެސް އޭނާ ކައިރި ހުރި އަންހެންކުއްޖާގެ އަތުން އަތް ނައްޓުވާލުމަށްފަހު ފާތުމަތު ގައިގާ ކުޑަކޮށް ބައްދާލިއެވެ. “އަހަރެންގެ ކަނބުލޮ ހާދަ ޒުވާންވެއްޖޭ ދޯ….” ޝާއިން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. ފާތުމަތު ހޭންފެށިއެވެ. “ކޮބާ މަމް؟؟ ޑޭޑް؟؟” ޝާއިން އަހާލީ ކެތްމަދުވެފައި ހުރި ގޮތަކަށެވެ. “ދައްތަ ވީ ނަމާދުކުރަން ކޮޓަރިއަށް ވަދެ. ބޭބެވެސް އަދި ގެއަކަށް ނާދެ.. ނީ……………” ފާތުމަތު އަށް ކުއްލިއަކަށް ހުއްޓެވުނެވެ. ޝާއިންގެ ކައިރި ހުރި ކުއްޖާއަށް ބަލައިލެވުނީ އެވަގުތުއެވެ. މިހުރިހާ އިރު އޭނާ އަށް އެ އަންހެންކުއްޖާ ނުވެސް ފެނުނެވެ. ނީރާގެ ނަން ބުނަން އުޅުނުހެން ހީވެގެން ޝާއިންއަށް ފާތުމަތު އާއި ދިމާ ބަލައިލެވުނެވެ. ކުއްލިއަކަށެވެ. އެއަށްފަހު އެ އަންހެންކުއްޖާއާއި ދިމާލަށް ބަލައިލިއެވެ. ޝާއިން އަށް ލިބުނު ކުޑަ ޝޮކް ފިލުވާލަމުން ހިނިތުންވެލިއެވެ. “ފާތު…. މިއީ ރައި… ރައިނާ… އަޅުގަނޑުގެ ވަރަށްް ކްލޯސް ފްރެންޑެއް…. މިކޮޅުގަ އުޅެނީ.. މަމްމެންނާއި މީޓްކޮށްލުވާފައި ރައިގެ ގެއަށް ލާންވެގެން މިގެނައީ..” ޝާއިން ހިނިތުންވެލަމުން ބުނެލިއެވެ. ފާތުމަތުގެ ހިތަށް ނުބައި ގޮތެއް ވިޔެވެ. ޝާއިން އާ ދިރިއުޅުމެއް ފެށީ ކަންނޭނގެއެވެ. ނީރާ ގެ އިންތިޒާރު ބޭކާރުވީބާއެވެ. ފާތުމަތު އެ ފަދަ ހިޔާލެއްގައި ހުއްޓާ ރައިނާ ފާތުމަތުއަށް ސަލާމްއަށް އަތްދިއްކޮށްލިއެވެ.

ފާތުމަތު ގަދަކަމުން ހިނިތުންވެލަމުން ރައިނާއާއި ސަލާމްކޮށްލިއެވެ. އަދި އެތެރެއަށްވަނުމަށް ދައުވަތު އެރުވިއެވެ. ފާތުމަތުގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމައެކަނި ނީރާގެ ހިޔާލްތަކެވެ. ޝާއިން ރައިނާ ގެންގޮސް ސޯފާގައި ބައިންދުމަށްފަހު މައްޗަށް އެރީ އާޝިޔާގެ ކޮޓަރިއަށް ވަންނަންށެވެ. ފާތުމަތު އަވަސްވެގަތީ ޝާއިން އަންނަން ވާއިރަށް އެ ދެކުދިންނަށް ބޯލާނެ އެއްޗެއް ހަދާލަންށެވެ.

އާޝިޔާ ނަމާދުކޮށްލުމަށްފަހު ޤުރުއާން ކިޔަވަން އިށީންދެލައިގެން އިނެވެ. ކުއްލިއަކަށް ދޮރާއި ދިމާ ބަލައިލެވުނީ ދޮރު ހުޅުވިގެން ދިޔުމުންނެވެ. އެއާއި އެކު އޭނާގެ ދެލޯ ބޮޑުވިއެވެ. އަދި ހަމައެވަގުތު ދެލޯފުރިގެން ދިޔައީ ތާޒާ ކަރުނުންނެވެ. “ޝާއިން…. ދަރިފުޅާ…..” އާޝިޔާ އެނދުން ތެދުވެފައި އައިސް ކުއްލިއަކަށް ޝާއިންގެ ގައިގާ ބައްދާލިއެވެ. “މަމް….! ކިހިނެއްތަ؟ ޕިސް… އަދިވެސް ހަމަ އެހާ ޒުވާނޭ ދޯ….” ޝާއިން އާޝިޔާގައިގާ ބައްދާލައިގެން ހުރެ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. ޝާއިންވެސް ހުރީ ރޮވެންކައިރިވެފައެވެ. އެތަކެއް އަހަރުފަހުން އާޝިޔާއާއި ބައްދަލުވުމުންނެވެ.

އެތައްއިރަކު އެހެން ތިބުމަށްފަހު އާޝިޔާ ކަރުނަފޮހެލަމުން ދުރަށްޖެހިލިއެވެ. “ކީއްވެ ނުބުނެ އައީ؟؟ ކާރެއްވެސް ފޮނުވުނީހެއްނު… ދަރިފުޅު ރަނގަޅުތަ؟ ހާދަ ހިކިއްޖެހެން ހީވެޔޭ..” އާޝިޔާ ޝާއިންގެ މޫނުމަތީ ފިރުމަމުން އަހާލިއެވެ. “ސަޕްރައިޒްއެއް ދޭން ނުބުނެ އައީ.. ރާހިލްމެންނަކަށްވެސް ނޭނގޭނެ… ހެހެހެ މަންމާގަނޑާ… އަޅުގަނޑު ފަލައޭ ވީ… މަންމައަށް ހިކިވިޔަސް.. ކިލޯ ބަރު..” ޝާއިން އާޝިޔާ ގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. “މަމް. އެބައޮތޭ ކުއްޖަކާ ބައްދަލުކުރުވަންވެފަ.. އެބައިން ބޭރުގަ…” ޝާއިން ޖެހިލުމެއްނެތި ބުނެލިއެވެ. އާޝިޔާއަށް ޝާއިންއާއި ދިމައި ބަލައިލެވުނީ ކުއްލިއަކަށެވެ. ނީރާ…. ނީރާ….. އާޝިޔާގެ ސިކުނޑީގައި ފުރަތަމަވެސް ޓަކި ދިނީ ނީރާގެ ހިޔާލުތަކެވެ. އާޝިޔާ ހިނިތުންވެލަމުން މަސައްކަތްކުރަމުން އިރުކޮޅަކުން ތިރިއަށް އެބަދަމޭ ބުނެ ޝާއިން ތިރިއަށް ފޮނުވާލިއެވެ. ޝާއިންއަށް އެއްކަމެއް ފާހަގަވިއެވެ. ފާތުމަތުއާއި އާޝިޔާގެ މޫނަށް އައި ބަދަލެވެ. ދިން ފޭކް ހިނިތުންވުމެވެ. ޝާއިން އެ ހިޔާލުގައި ހުރެ ސޯފާގައި ރައިނާ ކައިރި އިށީނދެލިއެވެ. އަދި ކުޑަކޮށް ހަށިގަނޑު ދަމާލިއެވެ. “މިގެވެސް ހާދަ ބަދަލުވެއްޖެޔޭ އަސްލު.. ރައި އިނގޭތަ ކުރިން މި ކުލައެއް ނޫން ހުންނަނީވެސް…. މި ފަރނީޗަރ ތަކެއްވެސް ނޫން…. ހެހެ ވަރަށް ބޮޑަށް ބަދަލު ވެއްޖެ…….” ޝާއިން ހުރިހާ ދިމާލަކަށް ގެއްލިހުރެ އެހެން ބުނެލިއެވެ.

“އެހެންތަ؟ ވަރަށް ސަޅި އިނގޭ މިގެ….. ޝާން… ނީ… ނީރާ އުޅޭނީ ކޮންތާކު؟؟” ޝާއިން ހުރީ ރައިނާ އެފަދަ ސުވާލެއްކުރާނެ ކަމަކަށް ތައްޔާރު ނޫންކަމުން ރައިނާއާއި ދިމާ ބަލައިލެވުނެވެ. ޝާއިންއަށް އެ ސުވާލުގެ ޖަވާބުދޭން އުނދަގޫވިއެވެ. “ރައި.. އަހަރެން ބުނީމެއްނު ދެން އޭނާގެ ވާހަކަ ނުދައްކާށޭ.. އަސްލު އަހަރެންވެސް ބޭނުން ބަލަން އެކަމް… އެކަމް ބޭނުމެއްނުވޭ މި ގުޅުމަކަށް ބަދަލެއް ގެންނާކަށް… ރައި އަށް އިނގެއެއްނު…” ޝާއިން އިތުރަށް އެވާހަކަ ނުދެއްކުމުގެ ގޮތުން ބުނެލިއެވެ. އެދެމީހުން އަދި ގުޅުނުތާ 2 މަސްވީއެވެ. ޝާއިން ލޯބިނުވިއެއްކަމަކު ރައިނާއާއި ގުޅުނީ ރައިނާ ޝާއިންދެކެ ލޯބިވާތީއެވެ. ރައިނާއަށް ޝާއިންގެ ހިތުގެ ހާލު އިނގެއެވެ. ނަމަވެސް ރައިނާ ގަސްތުކޮށްގެން ހުރީ އޭނާގެ ލޯބިން ޝާއިންގެ ހިތްފުރައިދީ އެ ޒަހުމްތަށް ފިލުވާލުމެވެ. އެދެމީހުންވެސް ގުޅުމަށްފަހު މާލެ އަންނަން ބޭނުންވީއެވެ. ޝާއިން ބުނި ފަހު ޖުމްލަ އެތަނަށް އައިސް ހުއްޓުނު ފާތުމަތުއަށް އިވިގެންދިޔައެވެ. އޭނާ ދީގެން ހުރި ފޭކް ހިނިތުންވުންވެސް ފިލައިގެން ދިޔައެވެ. ނީރާ އާއި މެދު ވިސްނާލެވުނެވެ. ފާތުމަތު ގަދަކަމުން އަނެއްކާވެސް ހީލިއެވެ. އަދި ޝާއިން ކައިރިއަށް އައިސް ދެމީހުންނަށް ޖޫސްތަށްޓެއް ދިނެވެ.

….

“ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ.. ނީރާއަށް ދެރަގޮތެއް މެދުވެރިވިޔަ ނުދެއްވާށެ.. ނީރާ ކުރާ އިންތިޒާރުގެ ފޮނި ރަހަ ނީރާއަށް ދެއްވާށެ އާމީން..” އާޝިޔާ ދުޢާ ކޮށްލިއެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ވާންއުޅޭކަމުގެ ސިގްނަލްއޭނާއަށް ލިބުނުކަހަލައެވެ. އާޝިޔާ ކަރުނުން ފުރިގެން އައި ލޯ ފޮހެލިއެވެ. ނީރާ އުޅުނު ގޮތް އެންމެ ރަނގަޅަށް އިނގޭނީ އާޝިޔާއަށެވެ. އެކަނި އޮވެ ރުއިމުގައި ހޭދަކުރި ވަގުތުތަށް އާޝިޔާގެ ދެލޮލުން ދުށްޓެވެ. ނީރާއާއި މެދު ވިސްނާލާ ކޮންމެފަހަރަކު އެ ދެލޯ ފެންކަޅި ވަނީ އެހެންވެއެވެ. ނީރާ ވީ 2 ދުވަހަށް އޮފީސްކަމަކު މާލޭން ބޭރުގައެވެ. ރާޙިލްއަށާއި އަކުރަމްއަށް ދެވެން ނެތުމުން ނީރާ ދިޔައީ އިތުރު އެހެން ކުއްޖަކާއި އެކުގައެވެ. އޭނާއަށް އެކަނިވެސް އެކަން ވާނެކަމުގެ އިތުބާރުދީފައެވެ. ނީރާ ދިޔަކަން އެއީ ނަސީބެވެ. އެހެންނޫންނަމަ ކުއްލިއަކަށް ޝާއިން ފެނުމުން ވާނެގޮތްވެސް ނޭނގޭނެއެވެ. 2 ދުވަސް ތެރޭ ނީރާ އަންނައިރު އާޝިޔާއަށްވެސް މިކަމަށް ހައްލެއް ނެރެވޭނެވަރަށް ވަގުތު އޮންނާނެއެވެ.

އާޝިޔާ ލަސްކުރުމެއްނެތި ތިރިއަށް ފައިބައިގެން ދިޔައެވެ. ފަހަރަކުން ފަހަރެއް ދިޔައީ އޭނާގެ ފިޔަވަޅުތަށް ލަސްވަމުންނެވެ. ޝާއިންގެ ކައިރީ އިން އަންހެންކުއްޖާ ފެނިފައެވެ. ހިިންދިރުވާލަމުން ޝާއިން ކުރިމައްޗަށް އެރީ ފާތުމަތު ފަދައިން ގަދަކަމުން ހިނިތުންވެލައިގެންނެވެ. އާޝިޔާއަށް ފާތުމަތު އާއި ދިމައިވެސް ބަލައިލެވުނެވެ. އެމޫނުމަތިން ފެންނަ ޝުއޫރުތަށް އާޝިޔާއަށް ނަގައިގަނެވުނެވެ. “މަމް…. މީ ރައި… ރައިނާ….. ރައި.. މަމް…” ރައިނާ ސޯފާއިން ތެދުވެލަމުން އާޝިޔާއާއި ސަލާމްކޮށްލިއެވެ. “މަމް… ރައި ގެނައީވެސް މަމްއާއި ބައްދަލުކުރުވާލަން….. އޭނާގެއަށްވެސް ނުގޮސް އެއައީ… އަޅުގަނޑު އަންނާނަން ރައި ގެއަށް ލާފަ..” ޝާއިން ތެދުވެލަމުން ބުނެލިއެވެ. “ހާދަ އަވަހަކަށް….. ޝާއިން…. އިހަށް ދޭ ފެންވަރައިގެން އަންނަން.. އޭރަށްވާއިރަށް މަންމަ އިންނާނަން ރައި ކައިރި.. ދަރިފުޅު ފެންވަރައިގެން އައިސް އެގެއަށް ރައި ލާންދޭ….” އާޝިޔާ ހިނިތުންވެލަމުން ޝާއިން ފޮނުވާލިއެވެ. ރައިނާ އަކީ އަނގަ ގަދަ ސަަކަ މިޒާޖެއް ގެންގުޅޭ ކުއްޖެއްކަމުން އެތަކެއް ވާހަކަތަކެއް އެދެމީހުންނާއި ހިއްސާކުރިއެވެ. އަދި އެންމެންނާއި ދިމާނުވިއެއްކަމަކު ދަންނަކަމަށް ބުނެލިއެވެ. ޝާއިންވަނީ އެންމެންގެ ފޮޓޯ އޭނާއަށް ދައްކާފައިކަމަށް ރައިނާ ބުނެލީ ހިނިތުންވެލަމުންނެވެ. ނަމަވެސް އޭނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަވަސްކަމެވެ. އެތަކެއްފަހަރު އާޝިޔާ ކައިރި އެވާހަަ އަހާލަން ހިތަށް އެރިއެއްކަމަކު ނުކެރުނެވެ. އެހެންތިއްބާ ޝާއިން ނިކުމެގެން އައެވެ. ޝާއިން މަޑުކުރުމެއްނެތި ރައިނާ ގޮވައިގެން ކާރަށް އަރައި ދުއްވާލިއެވެ.

“ފާތު…. ނީރާ…..” އާޝިޔާ އެދެމީހުން ދިޔަ ދިމާލަށް ބަލަންހުރެ ބުނެލެވުނީ ހިޔާލަކަށް ގެއްލިހުރެއެވެ. “ދައްތާ… އަޅުގަނޑަށް ހީވަނީ އެއީ ހަމައެކަނި ރައްޓެހިންނެއްނޫންހެން.. ޝާއިން ރައި ކައިރި ބުނި އަޑު އެހިން މިގުޅުމަށް ބަދަލެއް ގެންނާކަށް ބޭނުމެއްނޫނޭ…. ދައްތާ.. އޭގެ މާނައަކީ ޝާއިން އާ ދިރިއުޅުމެއް ފެށީއޭ… ދެން ނީރާ…… ނީރާ މިގެއަށް އަންނަ އިރު….. ދައްތާ އަޅުގަނޑުގެ ހިތްވަރަށް ބޮޑަށް ތެޅޭ އެބަ..” ފާތުމަތުވެސް އެހުރިގޮތަށް ހުރެ ބުނެލިއެވެ. “ފާތު އަހަރެންނަށްވެސް ހީވަނީ ތިހެންހެން.. ޝާއިން އެހާވަރަކުން ރައި އަހަރެންނާއި ބައްދަލުކުރުވާނީވެސް ސަބަބެއް އޮތީމައެއްނު… ނީރާ….. ނީރާ ދެން އޭނާގެ ދިރިއުޅުން ފަށާނީ….. އަހަރެންނަކަށް ހިއެއް ނުވޭ މިގޭގަ އުޅޭނެހެނެއްދެން….. ޝާއިން ރައިނާ ކައިރި އިންގޮތުން ހީވަނީ ވަރަށް ލޯބިވޭހެން ޝާއިންވެސް…އަހަރެންނަކަށް ނޭނގެ ހަދަންވީ ގޮތެއް.. އުފާވާންވީކަމެއް ދަރިފުޅަށް އުފާވެރިކަމެއް ލިބުނީމަ ނޫނީ ދެރަކަމެއް… ނީރާ އަންނަންދެން އަހަރެމެން އިތުރުވާހަކައެއް ނުދައްކަ ތިބޭނީ.. ޝާއިން އެހީމަ ނޫނީ ނީރާގެ ވާހަަކަވެސް ނުދައްކަ…” އާޝިޔާ ބުނެލިއެވެ. އެއަށްފަހު އެތެރެއަށް ވަދެގެން ދިޔައީ އަކުރަމްއަށް ގުޅަންށެވެ. އެހިތަށް އެވަގުތު އަަރަމުންދާ އެއްޗެހި ފަސޭހައިން ހިއްސާކުރެވޭނީ އަކްރަމްއާއި ކަމުންނެވެ. އަކުރަމްއަށް ވެސް ވީ އާޝިޔާއަށް ވީގޮތެވެ. ޝާއިން އައީތީ އުފާވިއެއްކަމަކު ހިތުގެ އަޑިން ނީރާއާއި މެދު ހަމްދަރިދީވެވުނެވެ. ރާހިލްކައިރި އެވާހަކަ ނުދެއްކުމަށް އާޝިޔާ އެދުނީ ޝާއިން އެމީހުންކައިރި ނުބުނެ އައީތީއާއި ޝާއިން އަމިއްލައަކަށް ބުނަންދެންނެވެ.

………….

“ދެން ނީއްކޮ ހަމަ އަހަރެންނަކާއި ނީންނާނަން.. ބަލާބަލަ މިހިރަ މުސްކުޅި ވަނީއޭ…” ރިޝާން ނީރާ އިށީނދެ އިން ވެލިގަނޑުމަތީ ދާދި ކައިރި އިށީނދެލިއެވެ. “ހެހެ… މުސްކުޅިވިޔަސް….. އިނގެއެއްނު އަހަރެންގެ ހިތުގެ ވެރިޔާ އައިމަ ނޫނީ އަހަރެންނަކަށްވެސް އެއްވެސް ނިންމުމެއް ނުނިންމޭނެކަން.. އެކަމް އަހަރެން ޔަޤީންކަންދެން.. އޭނާ ދިރިއުޅުމެއް ފެށި ދުވަހަކީ އަހަރެން ރިޝާން އާއި އެކު އާ ދިރިއުޅުމެއް ފަށާނެ ދުވަސް.. އެކަމް އަހަރެން ހުރަހެއް ނާޅާނަން ރިޝާން ބޭނުމިއްޔާ ހަމަ އިންނަންވީ އެހެން ކުއްޖަކާ….” ނީރާ ރިޝާން އާއި ދިމާ ބަލައިލަމުން ބުނެލީ ޔަޤީންކަމާއި އެކުގައެވެ. “ތިދުވަހަކަށްނު މި އިންތިޒާރުކުރަނީ.. އަހަރެން ބޭނުމެއް ނުވެއޭ ނީރާ ނޫންކުއްޖެއް..” ރިޝާން ބުނެލިއެވެ. ރިޝާން އަކީ ޝާއިން ދިއުމަށްފަހު ޝާއިންގެ ބަދަލަށް އެ އޮފީހުގައި މަސައްކަތް ކުރަން ފެށި މުއައްޒިފެކެވެ. ނީރާ ފެނުނު ފަހުން އޭނާއަށް ނީރާ ކަމުދިޔައެވެ. ނީރާ އޭނާ ގާތު ތެދު ތެދަށް ހުރިހާ ވާހަަކައެއް ކިޔައިދިނީ އޭނާ ނީރާ ކައިރި އިންނަން އެހުމުންނެވެ. ރިޝާންވެސް ޝާއިންގެ ހަބަރެއްވަންދެން ކެތްކޮށްލައިގެން ހުރީއެވެ. ނަމަވެސް އެ ލޯތްބަކަށް ބަދަލެއްނައެވެ. ނީރާގެ ގާތް އެކުވެރިއަކަށް ވުމުގެ ނަސީބު ލިބުމުންވެސް އޭނާ ޝުކުރުކުރިއެވެ. އޮފީހުގެ މިދަތުރުގައި ބައިވެރިވީ ނީރާއާއި ރިޝާންއެވެ. ކުރަންއައި މަސައްކަތް އަވަހަށް ނިމުމުގެ ސަބަބުން ނީރާ މެން ގޮނޑުދޮށުގައި ތިބީ އެ ހިތްގައިމު މާހައުލުގެ އުފާލިބިގަތުމަށެވެ. މާލޭން ނުފެންނަ މި ގުދުރަތީ މަންޒަރަކީ ވަރަށް ހިތްގައިމު އަދި މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

“ތި ހިތުގެ ވެރިޔާ އާ ދިރިއުޅުމެއް ފަށާނެހެން ހީވޭތަ؟؟” ރިޝާން އަހާލިއެވެ. “ހެހެ… ބައެއްފަހަރު ހީވޭ ފަށާފާނެހެން… މިހާރު އެތަށް އަހަރެއް ވެއްޖެއެއްނު…. އެކަމް…….” ނީރާ މަޑުމަޑުން ބުނެލިއެވެ. “އެކަމް؟؟” ރިޝާން އެއްބުމަ ހިއްލާލިއެވެ. ނީރާ ހިނިތުންވެލަމުން ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. “ދެން އޭނާ ނީއްކޮ ގެ އިންތިޒާރުގައި ހުރެ މިކޮޅަށް އައިސް ދެންހުރިހާ ވާހަަކައެއް އޭނާއަށް އިނގި އިންނަން އެހީމަ އިންނާނަންތަ އޭނައާއި…؟” ރިޝާން ސުވާލުކޮށްލިއެވެ. “ހެހެ ޔެސް.. ތި ދުވަހަަކަށް މި އިންތިޒާރުކުރަނީ…. ހޮޕް ކުރަން އޭނަވެސް ހަމަ އެ ގޮތަށް އިންތިޒާރުކުރާނެ ކަމަށް…” ނީރާ ދޮންވެލިގަނޑުމަތީ “އެން އަދި އެސް” އަކުރެއް އަޅާލިއެވެ. ރިޝާން އެ ދެ އަކުރު ވަށައިގެން ހިތެއް ކުރަހާލިއެވެ. “ހެހެ.. ހިތުގެ ވެރިޔާ….” ރިޝާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ނީރާވެސް ހީލަމުން “ހިތުގެ ވެރިޔާ” އޭ ބުނެލީ ދެއަތް މައްޗަށް ނަގާ ދެ އިނގިލި ބަޅުކޮށްލަމުންނެވެ.

“ދެން ކޮންއިރަކުން ދާނީ؟؟ މިހާރު ނިމުނީނުމިގެން…؟” ނީރާ ބުނެލިއެވެ. “މިރޭ ފުރަމާ؟” ރިޝާން އެހެން ބުނެލުމުން ނީރާ އާއެކޭ ބުނެލިއެވެ. އޭނާވެސް ހުރީ ދާހިތުން ކެތްމަދުވެފައެވެ. 2 ދުވަހަށް އައި ކަމުގައި ވިޔަސް އެކަން ހަމަ ދިޔަ ދުވަހު ނިމުމުގެ ސަބަބުން ވީހާވެސް އަވަހަށް ފުރަން ދެމީހުންވެސް ބޭނުންވީއެވެ. “އެކަމް އަކޫބެ އަށް ސަޕްއެއް ދޭނީ.. ޔޫ ނޯ ހީވިލް ބީ ސޯ ހެޕީ ޓު ނޯ ދެޓް ހީ ގޮޓް ދިސް… ތެންކް ގޯޑް…. ލިބުނުކަން އެ ލޭންޑް ދޯ…. ނީ އެކަކު ކައިރިވެސް ނުބުނާނަން…. ރިޝާންވެސް ނުބުނަންޗޭ..” ނީރާ ބުނެލީ ކެތްމަދުވެފައި ހުރެއެވެ. އަކުރަމްގެ ކުންފުނީގެ ފުރަތަމަ ގޮފި ރާއްޖެތެރެއަށް ހުޅުވަން އުޅޭތާ ކިތަންމެ ދުވަހެކެވެ. މިއަދު އެކަންވެސް އިރާދަކުރެއްވީތީ އެވީއެވެ. ނީރާ އަކުރަމް އުފާވާނެ ވަރު އަންދާޒާކޮށްލެވުނެވެ. ނީރާ އަބަދުވެސް އެދެނީ މި ކުންފުނި ކުރިއަރައި ދިޔުމެވެ. “ހެހެ ޔާ ނުބުނާނަން އެކަމް މިއަދު މާ ރިޝާންވެފަ ކީއްވެއޯ؟؟ ރިޝާންޓެ ކިޔަ ކިޔާ މުސްކުޅިވީ ދޯ؟” ރިޝާން މަޖާކޮށްލިއެވެ. “ދެން ރިޝާންޓެ އަށް އެނަން ކަމު ނުދާތީ.. ރާޙިލްވެސް ބުނީ ވަރަށް ރުޅި އަންނަ ނަމެކޭ ބުންޏޭ.. ހެހެ” ނީރާ ބުނެލިއެވެ. “ހެހެހެ.. ނީއްކޮ ކިޔަން އޯކޭ އޭ.. އެނަން ރީތިވޭ ތި އަޑުން ކީމަ…” ރިޝާން ލޯބިވެތި ގޮތަކަށް ބުނެލިއެވެ. އެކަމުން ނީރާ ގެ ހިނިތުންވުން ފަޑުވެގެން ދިޔައެއް ކަމަކު އަނެއްކާވެސް ހިނިތުންވެލިއެވެ. ނީރާމެން ގެއާއި ދިމާލަށް މިޝްރާބްޖެހީ މިރޭ ފުރަންވާއިރަށް ޕެކްކޮށް ހުރިހާ ކަމެއް ނިންމާލުމުގެ ބޭނުމުގައެވެ.

…………..

ޝާއިން ގެއަށް އާއިރު އަކުރަމް ގޭގައި އުޅެއެވެ. އަކުރަމް އާއި އެތަށް ވާހަކަތަކެއް ދެއްކުމަށްފަހު ޝާއިން ކޮޓަރިއަށް ވަނީ ނިދުމުގެ ބޭނުމުގައެވެ. ކޮޓަރި ދޮރުގައި ހިފާލަމުން އޭނާ ކަނާއަތަށް ބަލައިލިއެވެ. އެއީ ނީރާ އުޅުނު ކޮޓަރިއެވެ. ދެމީހުންގެ ކޮޓަރިވެސް ހުންނަނީ ޖެހިޖެހިގެންނެވެ. ޝާއިން އެ ކޮޓަރިއާއި ދިމާލަށް ބަލަން އެތަށް އިރަކު ހުރުމަށްފަހު އެތެރެއަށްވަދެލިއެވެ. އެނދަށް އެރި ހަމަޖެހުމާއި އެކު ޝާއިންއަށް ނިދުނެވެ. އެހާވެސް ބޮޑަށް އޭނާ ހުރީ ވަރުބަލިވެފައެވެ.

…….

ރޭގަނޑުގެ ވަގުތުގައި ދެމީހުންވެސް ބަނދަރާއި ދިމާލަށް ހިނގާފައި ދިޔައެވެ. ނީރާ ގެންގުޅޭ ބެކްޕެކް ކޮނޑުގައި އަޅުވާލެވިފައި ވާއިރު އެ އިސްތަށިގަނޑުވަނީ އައްސާލެވިފައެވެ. އަދިވެސް ނީރާގެ މޫނުމަތީ ވަނީ މީގެ އަހަރު ތަކެއް ކުރިންވެސް ފެނުނު އަލިކަމާއި ޒުވާންކަމެވެ. އެއްވެސް އައިބެއް އަދި ތަފާތެއް ނެތެވެ. އަދިވެސް އެހާމެ ރީއްޗެވެ. ފަހު ފަހަރަށް އެ ގުދުރަތުން ފުރިފައިވާ ރަށަށް ބަލާލުމަށްފަހު ލޯންޗަށް އަރައި ހަމަޖެހިލިއެވެ. އެކަކަށްވެސް ނާންގާ ނީރާ ސަޕްރައިޒެއް ދޭން ދާ ދިޔުން ވެގެން ދާނީ ނީރާ އެންމެ އުފާވާނެ އަދި އެހެންމެ އެންމެ ދެރަވާނެ ސަޕްރަިއޒް ލިބިގެންދާނެ ދުވަހަށެވެ. ނީރާއަށް މި ވާން އުޅެނީ ކޮންކަމެއް ރޭކައިވެސް ނުލައެވެ.

 

-ނުނިމޭ..

80
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 5..

Next

މިއޭ ލޯއްބަކީ…(3)

Next
April 1, 2016

މިއޭ ލޯއްބަކީ…(3)

Previews
April 1, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 5..

12 Comments

  1. Ryn says:
    April 1, 2016 at 9:41 am

    hellw guys.. Jummah Mubaarak 🙂 n hre is the nxt prt.. hykuran rythi vaane kamah n sry it ws shyne …. heheh rydrs excpt kuri gwthah nuvynu dhw. hehe… nxt prt vx tmrw up khla dheynan in sha allah.. thnkx fr readin.. enjoy 😉

  2. Emy says:
    April 1, 2016 at 9:49 am

    Woah woah woah….?. Damn awsome..??. Next part avhah up kurahchey….waiting waiting waiting ??

  3. naaanu says:
    April 1, 2016 at 10:02 am

    dhen ryyyn…keehthi kury..shine ehn kujjakaa gulhuvy?????no no no ????mi baives varah salhi avahah next part upkohbbaa…..miadhu beynumy kiyan ..poor nee edhany hiyy halaaku kohllan…noooooo..rovijje ey mi part kiyaafa..seriusly ..??????

  4. naaanu says:
    April 1, 2016 at 10:04 am

    nee ah shine libeynetha? ??

  5. New says:
    April 1, 2016 at 10:24 am

    Kobaa 25 vana part

  6. nukko says:
    April 1, 2016 at 10:25 am

    rynooo kihinw evy???? ? 🙁
    dhn nooo ny shine aa gulhuvabaa
    alhe kulli akah shine fenuny ma neee ah kihinw vaany??? 😮 😮
    pooor nyy… shine goas.. shineaa rulhiiiiii 😉 😛
    hehehe habbu inge mi part vs
    can’t wait for tmrwww avassss miadhu vs kiyaahiyy vanyy hehe
    🙂 missu 😀 tc 😀

  7. Axeenalily says:
    April 1, 2016 at 11:44 am

    Episode 25 Kobaa

  8. Ninni says:
    April 1, 2016 at 11:48 am

    Hadii.. v hadii.. dhn v foohi ngey. Shain r nee gulhu v mr salhi vrnee.. dhn maa ginain nee ah dhera dhenee thii.. kada eyy.. edhemeehun gulhuvabe.. plxxxx

  9. Ryn says:
    April 1, 2016 at 12:10 pm

    25 episode ihnaane up vefa hama ihye…. n thnx fr the cmmnts… n guys guys jxt wait n c…. adhi nuveynu gwtheh ninmaakah… hehehe…. neygeynu shyne r ny nugulheyne kameh vx.. so lts jxt wait.. n lt me cnfrm u ppl tht ny akah dhera gwtheh nuvaaney.. she wil b happy in the end… evn shyne too.. 😉 thnkxx enjoy tc

  10. ainy says:
    April 1, 2016 at 3:52 pm

    So short….not good

  11. Belly says:
    April 1, 2016 at 6:10 pm

    Dhen nee ah shain nulibenyaa varah vai ?

  12. fairy says:
    April 1, 2016 at 7:29 pm

    Alhey rynoooo kihineh thi hedhy.. So sad.. But i know you wont let anything happen to nee and shine dho? Kekeke… But i want say that these kind of things will not happen.. i mean to say all these waiting and love till the end is totally fake.. Ekamu ryyn gendhaagoiy varah reethi. Keep it up

Comments are closed.

All Right Reserved!