ސުމާމެންނަށް ގެއަށް ދެވުމާއި އެކު ކާރުން ފައިބާ ގޭގެ ތެރެއަށް ވަނީ ދުވެފައެވެ. އަދި ލިފްޓުން މަައްޗަށް އެރުމަށްފަހު ދޮރުަަމަތީ ސުމާ މަޑުކޮށްލީ އޭނާ ތެމިފައިވީމައެެވެ. “ޒިން.. ބޭބީ… މަންމި ފެންވަރަންެދެން ޒިން މަޑުކޮށްލަންވީނު.. މަންމި އެއްކޮށް ތެމިފަ މިހުރީ..” ސުމާ ދޮރުމަތީ ހުރެ އެހެން ބުނެލުމުން ޒިން އާއެކޭ ބުނެލުމަށްފަހު އޭނާގެ ކުޅޭ އެއްޗެހި ކައިރިއަށް ދުވެފައި ދިޔައެވެ. ސުމާ ދުވެލާފައި އެތެރެއަށް ވަނެވެ. އަދި ތެތްއެއްޗެހި ބޭލުމަށްފަހު އަވަސް އަވަހަށް ފެންވަރާލައިގެން ނިކުތީ […]
“އައްސަލާމްއަލައިކުމް.. އޭޑީކޭ އިން އިނގޭތޯ..” އެކޮޅުން އެހެން ބުނެލިއަޑުއިވުމާއި އެކު އޮށޯވެ އޮތް ސުމާ ކުއްލިއަކަށް ތެދުވެލިއެވެ. “ވައަލައިކުމް ސަލާމް.. ކިހިނެއްވީތޯ” ސުމާ ދެލޯ ބޮޑުކޮށްލައިގެން ހުރެ ބުނެލިއެވެ. “ސުމާ ދެއްތޯ…. މިކޮޅަށް ދުރުވެލަންވީނޫންތޯ….. ކުޑަ އިންޓަވިއު އަކަށް….” އެކޮޅުން އެހެން ބުނެލިއެވެ. އެއަށްފަހު ވީހާވެސް އަވަހަށް އައުމަށް އެދި ފޯނުކަނޑާލިއެވެ. “އޯ މައި ގޯޑް….. ކާމް ޑައުން ސުމްކޮ… ޔޫ ހޭވް ޓު ޑޫ ދިސް…” ސުމާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ތެދުވެލިއެވެ. […]
“އައްސަލާމް އަލައިކުމް… އޭޑީކޭ ހޮސްޕިޓަލް…” އެކޮޅުން ފޯނު ނެގުމާއި އެކު ބުނެލިއެވެ. “ވައަލައިކުމް ސަލާމް…. ތިކޮޅުން ޖޮބްއަކަށް އިއުލާންކޮށްލައްވާފައި އިނީމަ…. އަދިވެސް ބަލައިގަންނަންތޯ އެޕްލިކޭޝަންތަށް؟” ސުމާ ސުވާލުކޮށްލިއެވެ. ވާހަކަ ދެއްކީ ކިތަންމެ ރީތިކޮށްނަމަވެސް އޭނާ ހުރީ ބިރުގަނެފައެވެ. “އާދެ… މާދަން ނޫން އަނެއްދުވަސް އެއީ ޑިއު ޑޭޓް.. އަދިވެސް ފޮނުވާލެވިދާނެ….” އެކޮޅުން ވާހަކަދެއްކިއެވެ. ސުމާ ވަޒީފާއާއި ބެހޭ މައުލޫމާތު އޮޅުން ފިލުވާލިއެވެ. އަދި ބޭނުންވާނެ އެއްޗެހި އޮޅުންފިލުވާލާ ފޯނު ކަނޑާލީ ހިތްހަމަޖެހިގެން ހުރެއެވެ. އަވަސްއަވަހަށް ބައެއް […]
ރިޝްފާ ގޭ ދޮރުމަތީ ހުރީ މާޒިން އަންނާނެ އިރަކަށެވެ. މާގިނައިރު ތަކެއް ނުވެ މާޒިން ސައިކަލުގައި އައެވެ. “ސޯ ބުނެބަލަ… ކޮންވާހަކައެއްތަ ފޯނުން ނުދެއްކިގެން އުޅުނީ؟” ރިޝްފާ އަހާލީ މާޒިންއައި ކައިރިވެލަމުންނެވެ. މާޒިން ރިޝްފާ ގާތު ސައިކަލަށް އަރަން ބުނެލިއެވެ. ރިޝްފާ ދަތްކޮޅު ފެންނަވަރަށް ހީލުމަށްފަހު ސައިކަލަށް އަރާ ހަމަޖެހިލިއެވެ. އަދި މާޒިންގެ ބުރަކަށީގައި ބޯ އަޅާލަމުން ބަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. މާޒިން ސައިކަލު ސްޓާރޓް ކޮށްލީ ފޫހިވެގެން ހުރެފައެވެ. ސައިކަލު ހުއްޓީ ރަސްފަންނުގެ ބީޗަށެވެ. […]
“އަމް މާޒިން” ސުމާގެ ދެލޯ ކަރުނުން ފުރުނީ އޭނާއަށްވެސް އެކަން ނޭނގިއެވެ. ސުމާ ހިންދިރުވާލިއެވެ. “މަ..މަ..މާޒިން؟؟” ސުމާ އަށް އަހާލެވުނެވެ. މާޒިން ސަލާމަށް އަތްދިއްކޮށްގެން ހުރެ ބޯޖަހާލިއިރު ހިތުގެ ކަނަކުން ކަމެއް ވީ ކަމުގެ ސިގްނަލް ލިބެމުންދިޔައެވެ.. ސުމާގެ ލޮލުގައި ހުރި ކަރުނަތަށް އޭނާއަށް ފެނުނެވެ. ސުމާއަށް އޭނާގެ ކަރުނަތަށް ކޮންޓްރޯލްކޮށްލީ އެންމެ ފުރަތަމަ މާޒިންއާއި ދިމާވި ދުވަހު އަންހެންކުއްޖެއް ފެނުނު ހަނދާންވެގެންނެވެ. އެކުއްޖާ މާޒިން ކުރިމަތިން ގެންދިޔަގޮތް ސިފަވަމުން ދިޔައެވެ. ސުމާ ނޭފަތް ދަމާލާ […]
މާހާގެ ފިރިމީހާ މާހާ ބަލައިއައުމުން އޭނާ ދިޔައީ އަދި އެއްދުވަހަކުން އަންނާނަމޭ ބުނެފައެވެ. އަދި މާޒިން ކައިރި އިތުރަށް ނުވިސްނާ ކޮންމެ ފަދަ އެހީއެއް ބޭނުންވިޔަސް މާހާ ކައިރި ބުނުމަށް އެދުނެވެ. އަދި ކޮންމެ ނިންމުމެއްވެސް ނިންމާއިރު ރިޝްފާއާއި މެދު ވިސްނުމަށްވެސް ނަސޭހަތްތެރިވިއެވެ. މާހާ ދިޔުމާއި އެކު މާޒިން ކެވެލިކޮޅު ގެންގޮސް އަލަމާރި ތެރެއަށް ލާ ފޮރުވިއެވެ. އޭނާ އަށް ސުމާގެ ލޯބިވެސް އެގޮތަށް ފޮރުވާލެވޭނެ ނަމައެވެ. ރިޝްފާ މާޒިންދެކެ ވާ ފަދަ ލޯބި މާޒިންއަށްވެސް […]
ސުމާ ބުރުގާ އަޅާލަމުން ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ ރީހަންއެވެ. ރީހަން އެތެރެއަށް ވަދެގެން އައީ ސުމާ ވަނުމަށް ދައުވަތު ދިނުމުންނެވެ. “ރީހަން…ކޮބާ އަލްކޮ؟؟؟” ދޮރު ލައްޕާލަމުން ސުމާ އަހާލިއެވެ. “އޭނާ އަދިވެސް ރެޑީވަނީ…. މިއައީ ޒިން ބަލައި އޭރަށް ވާއިރަށް.. އަލްކޮވެސް އެއީ ގެންްދެވޭވަރު ކުއްޖެއްނޫން…. މިސްކިތުގައި އޭނާގެ ސަކަރާތް މާ ގަދައީ…” ރީހަން ސޯފާގައި އިށީނދެލަމުން ބުނެލިއެވެ. “ހެހެހެ ދެން އެއީ ކުޑަކުދިންނެއްނު.. އެހެންވެސް ވާނޭ..” ސުމާ ޒިން ފަހުފަހަރަށް ރީތިކޮށްލަމުން ބުނެލިއެވެ. “ނޫނޭ… […]
ޒިން އޭނާގެ ޓެބްލެޓް ހިފައިގެން އައިސް ކާ މޭޒްމަތީ އިށީނދެލިއެވެ. ސުމާ ފެންނަ ހިސާބުގައެވެ. އެއަށްފަހު ގޭމެއް ކުޅެން ފެށިއެވެ. “ބޭބީ މިއަދު މީ ހުކުރޭ…. ދޯ….. މަންމި ހަނދާނެއްވެސް ނެތް.. ބޭބީ ޖެހޭނެ ހުކުރަށްވެސް ދާން ދޯ.. ރީހަން ބެ އަންނާނެ ބަލައިވެސް..” ސުމާ ދެލޯ ބޮޑުކޮށްލަމުން ބުނެލީ މިއަދު މީ ހުކުރުކަން އޭނާ ހަނދާން ނެތުމުންނެވެ. ސުމާމެން ރާއްޖެ އައިފަހުން ކޮންމެ ހުކުރަކު ނަމާދަށް ދާން ޒިން ކިޔާވަރުން އެމީހުންގެ ފްލޯރ ގެ […]
އަހަރެން ކިޔަވަމުން ދިޔަ ކޯހުގެ 3 ވަނަ އަހަރު ފެށުނުތަނާހެން ދޮންތަ ބަނޑުބޮނޑުކަމުގެ އުފާވެރި ހަބަރު ލިބުނެވެ. އަހަރެންގެ އަދި ދޮންތަގެއާއި ދޮންތަބެއަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ. އޭރު ދޮންތަ ދިޔައީ ސުކޫލެއްގައި ވަޒީފާ އަދާކުރަމުންނެވެ. އަދި އަހަރެން ޕާޓް ޓައިމް ޖޮބެއްގެ ގޮތުގައި ފިހާރައެއްގައި މަސައްކަތް ކުރަމުން ދިޔައީމެވެ. އަހަރެން ދޮންތަ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވަމެވެ. އަބަދުވެސް އަރާމު ކުރުމަށް ބުނެ އެނދުގައި ބާއްވަމެވެ. އަހަރެން ކްލާހަށް ދާ އިރުގަޔާއި ފިހާރައަށް […]