7 އަހަރު ފަސް…. “ކިއާ ދަރިފުޅާ….. ބައްޕަ ވަރަށް އުފާވެއްޖެ.. ވަރަށް ވަރަށް އުފާވެއްޖެ… ރަނގަޅު ނަތީޖާއަކާއި އެކު ދަރިފުޅު މި ކޮލެޖްއިންވެސް އެއްވަނަ ލިބުމަކީ މި ބައްޕަ ކިހާ އުފާވާނެކަމެއް ކަން ދަރިފުޅަށް އަންދާޒާވެސް ކޮށްނުލެވޭނެ… ހެއްދެވި ފަރާތަށް ހަމްދުހުރި ” ފަތުހީ ކުރިމަތީ ހުރި ކިއާރާ ގައިގާ ބައްދާލަމުން ބުނެލީ ކަރުނުން ފުރިފައިހުރިހާލުގައެވެ. އެ ކަރުނަތަށް ރަމްޒުކޮށްދެނީ އެ ބައްޕަގެ އުފާވެރިކަމެވެ. ދަރިފުޅާއި މެދު ވެވުނު ފަހުރެވެ. ކިއާރާ އޭނާގެ ކޮލެޖް ގެ […]
އާލިޔާ ކުއްލިއަކަށް އޭނާގެ ދެލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާއަށް ފެނުނީ އަނދިރިގަނޑެކެވެ. އޭނާއަށް އޭނާ ހުރިކަންވެސް ނޭނގޭކަހަލައެވެ. ކުއްލިއަކަށް އަލިވެގެން ދިޔުމާއި އެކު އޭނައަށް ފެނުނީ ބަޔަކު އޭނާގެ އެނދު ވަށައިގެން އެނބުރޭތަނެވެ. އާލިޔާގެ ހަތަރެސްފައި އޮތީ އައްސާލެވިފައެވެ. އެ ހަށިގަނޑު ގުޑައިވެސް ނުލެވޭނެހާ ބާރަށެވެ. ކުއްލިއަކަށް މީހަކު އާލިޔާގެ ގައިމައްޗަށް ފުންމާލިއެވެ. އާލިޔަ ހަޅޭލަވައިގަތެވެ. ދެން ތިބި އެންމެންވެސް ފުންމާލިއެވެ. އަދި އާލިޔަގެ ހަށިގަނޑުގެ އެތަން މިތާ ފިރުމަމުން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ […]
އަލިޔާ ފިހާރަ ލައްޕާލައިފާ ތަޅުދަނޑު ބޭބެއަތަށް ދީފައި ދިޔައީ މަޤްރިބް ނަމާދަށް ބަންގިގޮވުމާއި ގުޅިގެންނެވެ. އޭނާގެ ހިތުގަޔާއި ސިކުނޑީގައި އޭރު ރަސްކަން ކުރަމުން ދިޔައީ އަޔާންއެވެ. މިރޭގައި ވާނެކަންތަށް އޭނާ ހަނދާނެއްވެސް ނެތެވެ. އާލިޔާ ގެއަށް ވަތްއިރު އެކަކުވެސް ނެތެވެ. އިސްޖަހާލަފައި ކޮޓަރިއަށް ވަނެވެ. އަދި ވުޟޫކޮށްލައިގެން ނަމާދުކޮށް އަވަދިވެލިއެވެ. މައިޝާއަށް ގުޅާފައި ހުރިހާ އެއްޗެއް ކިޔައިދެން ބޭނުންވިއެވެ. ނަމަވެސް ކުރާނީ ކިހިނެއްހެއްޔެވެ؟ ހަޤީޤަތުގައި މައިޝާ އަކީ އޭނާގެ ކިތަންމެ ގާތްއެކުވެރިޔަކަސް އާލިޔާގެ ވާހަކައިން މައިޝާއަށް އުނދަގޫވާނޭ […]
އާލިޔާ އިސްޖަހާލީ ޖަވާބު ދޭން ބޭނުންނުވީމައެވެ. ހުރިހާ ސިއްރެއް އެވަގުތު ބުނަން ބޭނުންވިޔަސް މިވަގުތު އަޔާން އޭނާއަށް އެދޭ އިހްތިރާމް އާއި ގަދަރު ވަގުތުން ފިލައިގެން ދާނޭ އޭނާ ހިތަށްއެރިއެވެ. “އަންހެންކުއްޖަކު މި އޭގް ގައި ވިސްނަންޖެހޭނެ މާ ބޮޑުކަމެއް ނޯންނާނެ… ބޮއިފްރެންޑް ތިންގް އިޒް ޑިފެރެންޓް… އެއީ.. ކިތަންމެ މީހަކު ލިބުނަސް ލޭޓަރ ޔޫ ވިލް އެންޑް އަޕް ވިތް ވަން… އެހެންވީމަ އެކަހަލަ ކަމެއްނަމަ ވިސްނަންވެސް ނުޖެހޭނެ އަދި ވަކިން ކިޔަވާ ދުވަސްކޮޅު […]
“ކުޑޭ… ކުޑޭއްތަ އެބަ ގޮވާ….” އާލިޔާގެ ނޭވައި ކޮޅަށް ޖެހި ހުއްޓުނީ އަނާން ވަރަށް ބާރަށް އެހެން ގޮވާލިއަޑުއިވިފައެވެ. އެދެމީހުންގެ ހިމޭންކަން ފުނޑުފުނޑުވީ އެ އަޑުންނެވެ. “ބައި އިނގޭ… އަސްލު ގުޅީ އެއްޗެއް އޮޅުން ފިލުވަން އެކަމް ދެން އޯކޭ..” އަޔާން އެހެން ބުނެލުމަށްފަހު ވަގުތުން ފޯނު ކަނޑާލިއެވެ. އާލިޔާއަށް އެ އިންގޮތަށް އިނދެވުނީއެވެ. އޭނާގެ ހިތުގެ ރާޖާއަކީ މީހެއްގެ ފިރިއެއްބާއެވެ. އޭނާއަކީ އެހެންމީހަކާއި އެކު ދިރިއުޅުން ހިއްސާކުރާ މީހެއްބާއެވެ. އޭނާގެ ރާޖާގެ ރާނީއެއް ހުރޭބާއެވެ. […]
ފޮތް ކިޔަން އިން އާލިޔާ ކޮޅަށް ތެދުވެލީ ދޮރުން ވަދެގެން އައި އަންހެންކުއްޖާ ފެނިފައެވެ. އެ ކުއްޖާ އައިސް ތަރުކާރީތަށް ބަލަމުން ގޮސް އެއިން އެތިކޮޅެއް ނަގައި ކިރަންފެށިއެވެ. އާލިޔާ އެ ކުއްޖާކައިރި އެހީވުމުގައި ހުރުމަށްފަހު އެ ހުރިހާ އެއްޗެހީގެ ހިސާބު ހަދާލިއެވެ. އާލިޔާ އަގު ބުނާއިރަށް އެ ކުއްޖާ މޫނުމަތިން ފެނުނީ ފޫހިކަމެކެވެ. ހާދަ އަގުބޮޑޭ ތިއުޅެނީ ލާރިގަނޑު ކާން ހޭ ކިޔާފަ އެއްޗެހިކީ ނަމަވެސް ލާރި ނަގާ އާ ލިޔާ އާއި ހާވާލުކޮށްފާ އެ […]
އަޔާން ބެލްކަނީގައި އިން ގޮނޑިއެއްގައި މައިޝާ އަތުން ނެގި އެކައުންޓް ފޮތާއި ސްކީމްއަށް ބަލަހައްޓައިގެން އިނދެ ކޮފީތަށިބޮމުންދިޔައެވެ. ފަހަތުން އޭނާގެ ކަރުގައި މީހަކު އަތްއޮޅާލުމުން އަޔާން ފަހަތް ބަލައިލީ ސިހިފައެވެ. އެއީ ޝާހީނާކަމުން ފުން ނޭވައެއް ދޫކޮށްލާ އަނެއްކާވެސް ކުރަން ހުރި ކަންތަކަށް ރުޖޫއަ ވިއެވެ. “ބޭބީ މިދަނީ ފިހާރައަކަށް ދާން އިނގޭ. ތަރުކާރި ހުސްވެފައި ހުރީ….” ޝާހީނާ ބުނެލިއެވެ. “އެހެންތަ އޯކޭ ހުންނާނެ ކަބަޑުގައި ލާރި ނަގައިގެން ދޭ… އެކަނިންތަ ދަނީ… ދާންވީތަ ގޮވައިގެން؟” އަޔާން […]
“ސަ..ސަރގެ ބަ..ބައްޕައަކީ… އަ.އަނީލް ސަރ؟” މައިޝާ އަށް އަހާލެވުނީ އާލިޔާ ކައިރިއެވެ. އެއަޑުގައިވަނީ ހައިރާންކަމެވެ. އެ ސިހުމުގައި މައިޝާއަށް ބުނެލެވުނީވެސް ތަންކޮޅެއް ބާރަށްކަމުން އަޔާންއަށް އެއަޑުއިވުނެވެ. “ޔެސް ޔެސް ސަރ ގެ ބައްޕައަކީ އަނީލް ސަރ. ދެން ވައްތަރު ނުވެދާނެ.. އެކަމްވެސް ބައްޕަ ވާނީ ބައްޕައަށް ދޯ” އަޔާން މައިޝާއަށް ޖަވާބުދިނެވެ. އެއާއި އެކު މައިޝާއަށް އޭނާ ބުނިއެތި އަޔާންއަށް އަޑުއިވުނުކަން އިނގި ލަދުގަތެވެ. އާލިޔާ އަޔާންއާއި ދިމާ ބަލަން އިނުމަށްފަހު އިސްޖަހާލިއެވެ. އޭނާއަށް އެ ކުރެވުނީ […]
މައިޝާ ފޮތްނަގަން ހުއްޓާ އާލިޔާ ދަބަސް ކޮނޑުގައި އަޅުވާލަމުން ތެދުވެލިއެވެ. މައިޝާ ވެސް އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލީ އެކައުންޓް ފޮތް އަތަށް ނެގުމަށްފަހުގައެވެ. އާލިޔާ އިސްޖަހާލައިގެން ހުރެ ދޮރާއި ދިމާލަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ހިތްބާރަކަށް ތެޅެމުންދިޔައެވެ. ނޭނގޭ އެތަކެއް ސަބަބުތަކާއި ހެދިއެވެ. އެ ހުރިހާ އިރު އާޔަންގެ ނަޒަރު ހުރީ ހަމައެކަނި އާލިޔާއަށެވެ. އާލިޔާގެ ފަހަތުން މައިޝާ އައެވެ. އަޔާންއާއި ހަމާއަށް އެރުމާއި އެކު އާލިޔާ އަށް ލޯމަރާލެވުނެވެ. މިވާގޮތް ހުދު އޭނާއަށް […]