“ތީގަ ކޯޗެއް ލިޔެގެން ތި ހޯދަން އައީ؟ އަނެއްކާ ކިހިނެއް ލިބުނު ކޯޗެއް ތިވަރުން އުޅެން؟” ޒާއިން ނުވާކަމަށް ހަދާލާފައި އަހާލިއެވެ. ހިސާބަކަށް ކިއާރާ ގެ ސިހުން އިނގި އޭގައި އޮތް އެއްޗެއް އޮޅުން ފިލުވަން ބޭނުންވިއެވެެ. އަޔާން މި ލިބުނު ގޮތް ކިޔައިދިނެވެ. ޒާއިން ހޭންފެށިއެވެ. “ތީގައި އޮތީ އަނެއްކާ ކޮންކަހަލަ އެއްޗެކޯ؟” އަޔާން އެ ގަނޑުގައި ލިޔެފައި ހުރި އެއްޗެހި ނޫން އެހެން ހުރިހާ އެއްޗެއް ކިޔައިދިނުމުން ޒާއިން އެހިއެވެ. “މި ލިޔުނީ…. […]
ކިއާރާ ދެލޮލުން ކަރުނަ ފައިބާ ހާލު އެ ހުރިހާ ކަމަކާ ވިސްނަމުން ދިޔައެވެ. އެ މަންމަ އަދިވެސް ހަމަ އެހާމެ އަމިއްލަ އެދުން ބޮޑެވެ. ދެންވެސް ކިއާރާ ގޮއްސިއްޔާ އޭގެ ބޭނުންހިފާނެއެވެ. ކިއާރާގެ ދެލޯ މެރި ފުން ނިންޖަކަށް ގެނބުނީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނާއި ރިއްސާ ބޮލުގެ ސަބަބުންނެވެ. …….. ކިއާރާއަށް ހޭލެވުނީ ކުށްލިއަކަށަށެވެ. އޭރު އޭނާގެ ނިތްކުރިމަތީ ތެއް ރުމާލެއް އޮތެވެ. ދެލޯ ހުޅުވުނީ ކުޑަކޮށްކަމުން ކިއާރާ އަނެއްކާވެސް ދެލޯ މަރާލާ ހުޅުވާލިއެވެ. އެއާއި އެކު ކައިރި […]
އަޔާން މީހަކާއި އިނދެގެން އުޅޭ ވާހަކަ އިވުމުން ވެސް ކިއާރާ ރުއިވަރު އޭނާއަށް އިނގެއެވެ. އަޔާންގެ އަނބިމީހާ އެހެންމީހަކާއި ގުޅުން ބާއްވާ ލާރިއާއި ހެދި މޮޔަވާ ކަން އިނގުމުން އެ ހިތަށް ކުރާނެ އަސަރު އަންދާޒާވެސް ނުކޮށްލެވޭނެއެވެ. ކިއާރާ މޫނުމަތީ އަތްއަޅާލަމުން ރޯންފެށީ ކުއްލިއަކަށެވެ. އަޔާންއާއި މެދުވިސްނާލެވުނީމައެވެ. އެ މަޖާ ކޫލް ދިރިއުޅުން ބަދަލުވި ސަބަބު އިނގުމުންނެވެ. ލިބުނު ފުރުސަތުގައިވެސް އޭނާޣެ ހިތްބަލިކަމުން މި ޖެހުނީ ރޯށެވެ. ޒާއިން ކާރު ހުއްޓަމުން ކިއާރާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. […]
ޖެލީ އަށް ގޮސް އެންމެން ޕިއްޒާ ކެއުމުގައި އުޅުނެވެ. ކިއާރާ މަޑުން އިނދެގެން ކެއެއްކަމަކު އެ މީހުން އެކު ވާހަކަތަށް ދައްކަމުންދިޔައެވެ. ކިއާރާ އިނީ ފޯނުން މެސެޖް ކޮށްލަކޮށްލައެވެ.. އޭނާ އިސްއުފުލާލާ ބަލައިލިވަގުތު ކުރިމަތީ އިން އަޔާން ފެނުނެވެ. އެއާއި އެކު މާޒީގެ ދުވަސްތަށް ލޮލުކުރިމައްޗަށް ސިފަވެގެން ދިޔައެވެ. ކިއާރާ އަށް އުނދަގޫވިއެވެ. އެތާ އިންނަން ބޭނުންނުވީ ކޮންމެ ވަގުތަކުވެސް އޭނާއަށް ރޮވިދާނެތީއެވެ. މިހާރުވެސް އެ އިންނަނީ ހަމަ އޭނާގެ ހިތްވަރުންނެވެ. ކިއާރާ ފަތުހީއަށް ގުޅާލިއެވެ. […]
ކިއާރާއާއި ޒާއިން އެކީ އޮފީހުން ނުކުމެލިއެވެ. ކިއާރާ މަގުމައްޗަށް ނިކުމެލާފައި ޖޫލިއަން އިމާރާތަށް ބަލައިލިއެވެ. އެއަށްފަހު ޒާއިންއާއި އެކު ކާރަށް އަރަންދިޔައެވެ. ކިއާރާ އާއި ޒާއިން ތަފާތު ވާހަކަތަށް ދައްކަމުންދިޔައެވެ. ޒާއިން މައިޝާގެ ވާހަކަތަށް ހިއްސާކުރިއެވެ. އެމީހުން ދިމާވިގޮތާއި މިހާރު ރައްޓެހިވެގެން އުޅޭތާ 2 އަހަރު ވާނެކަމަށް ބުނެލިއެވެ ވަރަށް އަވަހަށް ކައިވެނިކުރަން ރާވާ ކަމަށް ބުނެލިއެވެ. “ކޫލް.. ކޮންގްރޭޓްސް…” ކިއާރާ ބުނެލިއެވެ. ގާތް އެކުވެރިޔާ އުފަލުގައި އުޅޭތީ ކިއާރާ އުފާވިއެވެ. ….. ދުވަސްތަށްނިމެނީ އެހެންނެވެ. ކިއާރާއަށް […]
އޭނާ ހަނދާންވީ އަނާން އޭނާގެ ކޮނޑަށް އަރުވައިގެން ހިނގި ދުވަހެވެ. އަނާން އޭނާއަށް ދޮންތިކިޔާ ދުވަސްތަކެވެ. “ނޯ އިޓްސް އޯކޭ ސިސް….” އަނާން އެހެން ބުނުމުން ކިއާރާ އަނާންގެ މޫނަށް ބަލައިލިއެވެ. “ސިސް… އައި ތިންކް އައި ނޯ ޔޫ..” އަނާން ބުނެލުމުން ކިއާރާ ދެލޯ ބޮޑުކޮށްލާފައި ހިން ދިރުވާލިއެވެ. އަނާން ކިއާރާގެ ލޮލު ކުރިމައްޗަށް ވައްޓާލައިފައިވާ އިސްތަށިތަށް އެއްފަރާތް ކޮށްލަން އުޅުނެވެ. ކިއާރާ ވަގުތުން އިސްޖަހާލިއެވެ. “ނޯ… ނޯ.. ޔޫ ޑޯންޓް ނޯ މީ…” ކިއާރާ […]
ޒާއިން ކައިރިއަށް އައީ ލާނެއް ހިންޏެކެވެ. ލިފްޓް ހުޅުވުމާއި އެކު ދެމީހުން ނުކުތީ ދާދި އެއްވަރަކަށެވެ. ކިއާރާ އަވަސް ފިޔަވަޅުތަކެއްގައި ކަނާއަތަށް އަޅާފައި ކެބިންތަކަށް ބަލަމުން ގޮސް ފަތުހީގެ ނަން ލިޔެފައި އިން ކެބިންނަށް ބަލައިލިއެވެ. އެއަށްފަހު ޒާއިން ކޮބައިތޯ ބަލައިލިއެވެ. ޒާއިންވެސް އައީ ފަތުހީގެ ކެބިންއަށެވެ. އޭނާ އަތުގައި އޮތް ފައިލް ކިއާރާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ކިއާރާ ޓަކި ޖެހުމާއި އެކު ވަނުމަށް ފަތުހީ ބުނެލިއެވެ. ކިއާރާ ވަދެލި ވަގުތު ޒާއިންވެސް ވަނެވެ. “އަނހަ […]
ކިއާރާގެ ހާލުއެއަށްވުރެ ގޯހެވެ.އޭނާގެ ސިކުނޑިގައި އެނބުރުނީ އެންމެ ފަހުން އަޔާންއާއި ވާހަކަދެއްކުނު ދުވަސްތަށް މަތިންނެވެ. “އަޔާން… އަޔާންން!! ކީއްވެތަ މިހިތުން ނުގޮސްގެން ތިއުޅެނީ…” ކިއާރާ ހިތާހިތުން ކިޔާލިއެވެ. އެއަށްފަހު މޫނު ފޮހެލާ އޭނާގެ އިސްތަށިތަށް ލޮލުގެ ކުރިމައްޗަށް ގެނައީ އޭނާ ރުއިކަން އިނގިއްޖެނަމަ ފަތުހީ ކަންބޮޑުވެދާނެތީއެވެ. ފިހާރައަކަށް ކާރު ހުއްޓާފައި ޖަމީލް ކާޑް ގަނެގެން އައިސް ކިއާރާއަށް ހަވާލުކުރިއެވެ. ކިއާރާ އެ ފޯނަށް އަޅާލަމުން ޑާޓާ އެކްޓިވޭޓްކޮށްލިއެވެ. ގެއަށް ގޮސް ކާރު ހުއްޓުމާއި އެކު ކިއާރާ ފައިބައިގެން […]
މެލޭޝިޔާގައި ހުރި ގޭވަނީ ކުރީގައިވެސް ފަރުނީޗަރުތަށް ލާ ނިންމާފައި ކަމުން އެތަން ކިއާރާ އެދޭފަދަ ގޮތަކަށް ބަދަލުނުކުރެވުނެވެ. ބަދަލުކުރަންވެސް ބޭނުންނުވީއެވެ. “ކިއާ ފުރަތަމަވެސް ކާން ނިކުމޭ.. އޭރަށްވާއިރަށް ޖަމީލް ފޮށިތަށް ލާނެ.. ކިއާ ފެންވަރަން ހަދައިފިއްޔާ ނިކުންނަ ގޮތަށް ނިދާނެކަން ބައްޕައަށް އިނގޭ… އެހެންވީމަ ކައިގެން ދޭ ފެންވަރަން އިނގޭ…”ފަތުހީ ބުނެލިއެވެ. އޭނާއަށް ކިއާރާގެ ކޮންމެ އާދައެއްވަނީ އިނގި ދަސްވެފައެވެ. ކިއާރާ ބޯޖަހާލައިފާ ކޮޓަރިން ނިކުމެލިއެވެ. “ޝާލީ…. ލަންޗް އިސް ރެޑީ ރައިޓް؟” ފަތުހީ ސިޑިން ފައިބަމުން […]