“ކިއާ ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް… އެކަމް ކިއާ ތިކުރީ އެންމެ ރަނގަޅަށް ހުރިހާ ކަމެއްވެސް…. އޭނާއަށް ތި ލޯތްބެއް ހައްޤެއްނޫން ހަމައެހެންމެ ކިއާއަށްވެސް އޭނާ ހައްޤެއްނޫން..” ސަމާހް ބުންޏެވެ. ކިއާރާ ހުމްމް އޭ ބުންޏެވެ.. “ސޭމް އަށް ލޯބި ފާޑެއްގެ އެއްޗަކަށް ވީ ކީއްވެ؟” ކިއާރާ އެހިއެވެ. ސަމާހް ހެމުން ހެމުން ކިއާރާއަށް ބަލައިލިއެވެ. “އެއް ސިޓުއޭޝަންއެއް… އޭޒް ޔޫ…. ލޯބިވާ ކުއްޖާ ލޯބިވަނީ އެހެން ކުއްޖެއް ދެކެ. އެ ހިތް ވަރަށް ކުރިންވެސް ވަނީ […]
އަޔާން އަމިއްލަ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާއަށް އިވެމުންދިޔައީ ކިއާރާގެ އަޑެވެ. ކިއާރާ ރުއިރުއިމެވެ. ކިއާރާގެ ކޮންމެ އާދައެކެވެ. އެ ބޮޑު ދެލޮލެވެ. އަޔާން ފުން ނޭވާތަކެއް ލާންފެށިއެވެ. ނޭނގިނަމަވެސް އެ ހިތުގެ މިޝްރާބް ބަދަލުވިއެވެ. އޭނާއަށް ނޭނގުނުކަމުގައިވިޔަސް އަބަދުވެސް އެ ހިތުގެ މިޝްރާބް ބަދަލުކުރަން އުޅެއެވެ. ކިއާރާއަށްޓަކައެވެ. އެ ހިތުގައި ކިއާރާއަށް ދެވުނު މަޤާމުގެ މަތިވެރިކަމުންނެވެ. އޭނާއަށް އެކަން ނޭނގުނަސް އެ ހިތް މިހާރު ތެޅެނީކީ ޝާހީނާއަކަށް ނޫނެވެ. މީގެ އަހަރުތަކެއް ކުރިންވެސް ހިތުގައި އާ […]
ހުރިހާ ކަމެއް ރަނގަޅު ތޯ ކިއާރާ ބަލާލުމަށްފަހު އަނެއްކާވެސް ޒާއިން އަށް ގުޅިއެވެ. “އާނ އާނ މި ޖެއްސީއޭ..” ކިއާރާ އެއްޗެއް ބުނުމުގެ ކުރިން ޒާއިން އެހެން ބުންޏެވެ. ކިއާރާ ހީލާފާ އޯކޭ އޭ ބުނެފައި ހޯލްގެ ދޮރުމައްޗަށް ނިކުތެވެ. އިރުކޮޅެއް ނުވެ ޒާއިން އާއި ޝުކޫރުގެ އިތުރުން ފަހުމާ ވެސް އައެވެ. ހޯލްތެރެ ފެނިފައި އެމީހުންގެ ލޯ ތަރަ ތަރަ ޖަހައިގެން ދިޔަކަހަލައެވެ. “ވާވް ކިޓީ.. އިޓްސް އޯވސަމް..” ޒާއިން ކިއާރާ އާއި ކައިރިވެލާފައި ބުންޏެވެ. […]
ފަތުހީ އެދިމާ ބަލަން ހުރެފައި ޒާއިންއަށް ބަލައިލިއެވެ. “އާދެ އިށީނދެފަ ބުނެބަލަ ކިހިނެއްވީ؟ މިހާރު ގުޅާ ގުޅާ.. ޒާއިންއަށް ވެސް ގުޅާލިން އެކަމް ބިޒީ… ދެން ކިއާރާ ފޯނުވެސް ބިޒީ ފަހުން ގުޅީމަ ފޯނެއްނުނަގަ؟” ފަތުހީ ބުންޏެވެ. ޒާއިންއޭނާއަށް އިނގޭ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “ކީކޭ؟؟؟؟؟؟؟؟؟؟” ފަތުހީ އަޅާފައި އިން އައިނު ނަގާލަމުން ބުނެލީ ސިހިފައެވެ. “އަލްހަމްދުލިއް ﷲ ކިއާރާ ސަލާމްވީ ހަމަ ޒާއިން ގެ ސަބަބުން.. ތެންކިޔު ޒާއިން.. އެކަމް އަޔާން… އޭނާ… ކީކޭ […]
“އާލިޔާ؟؟ ކަލޭ ކީކޭ ހިތައިގެން ފިލައިގެން ދިޔައީ؟ މަށަށް އޭރުވެސް ހީވިޔޭ ކަލޭ ވައްތަރުހެން..” ސައީދާ ބުނެެފައި ކިއާރާ އާއި ދިމާލަށް އައެވެ.. އަދިވެސް އޭނާ ޔަޤީންކުރަން ބޭނުންވީއެވެ. ކިއާރާ އެއްވެސް އެއްޗެއް ނުބުނެ އެހުރިގޮތަށް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ ސައީދާއަށް ފަސްދީފިނަމަ އޭނާގެ ހަޤީޤަތް ނުފޮރުވޭނެކަން އިނގެއެވެ. މުޅި މާލޭގައި ބަދުނާމް ވާނީ ހަމައެކަނި ކިއާރާއެއްނޫނެވެ. ފަތުހީވެސްމެއެވެ. “ހަމަ މިހާރު ހިނގާ… އަދި މާ ރީތި ވެލައިގެން މާ މުއްސަނދި ވެލައިގެން.. […]
ޝަކޫރުގެ އެދުމަށް ގެއަށް ދާން ދިޔަ ޒާއިން ކިއާރާއަށް ގުޅާލަން އުޅެފައިވެސް ނުގުޅިއެވެ. އަޔާންއަށް ޝައްކުވިވާހަކަ ބުނަން އޭނާ ބޭނުންނުވީ އޭރުން ކިއާރާ މޮޅު ކަމެއް ކޮށްލައިގެން ނަމަވެސް އަޔާންގެ އެ ޝައްކުފިލުވާލަފާނެތީއެވެ. ޒާއިން ބޭނުމީ އެ ސިއްރު ކޮންމެވެސް ގޮތަކުން ހާމަވާންށެވެ. އެއީ އެ ސިއްރު އަބަދަކު އެހެންނެއް ނޯންނާނެކަން އޭނާއަށްވެސް އިނގޭތީއެވެ. އަޔާން ކިއާރާގެ ގެއަށް ދާން މިޝްރާބްޖެހިއެވެ. އޭނާ ކޮންމެހެންވެސް އެނގެން ބޭނުންވާ ސުވާލުތަކެއްގެ ޖަވާބުއެބަހުއްޓެވެ. ހަމަ މިހާރުން މިހާރަށެވެ. ކުޑައިރުކޮޅެއް ތެރޭ […]
ޒާއިން ހިނިތުންވުމެއް ދެމުން ކިއާރާއަށް ބަލައިލާ ގިޓާ ޖަހަންފެށިއެވެ. “ކައިރިން ދާތީ ބަލަން…. ރުހެވޭތީ ވީ އަހަން…. ހިތް އެދޭތީ ބުނަން… ދެކޭ ހިތްވޭ ނިކަން…” ޒާއިން ކިޔާލައިފައި ކިއާރާއަށް ނަޒަރުހިންގާލިއެވެ.. ކިއާރާ އިސްޖަހާލަމުން ލޯ މެރިއެވެ. “އަންނާނީ ދެން ބަހާރު… ރުހެމުން ދާތީ މިހާރު…. “އެކުގާ ވީ މަ ޔާރު… އުފާ ހިތްވޭ ނިކަން…” ކިއާރާ މަރާލެވިފައިވާ ދެލޯ ކަރުނުން ފުރުނެވެ. އޭނާ މިއަދު ރޯކަށް ބޭނުމެއްނޫނެވެ. ހިތްވަރުގަދަ ކުއްޖަކަށް ވާން އޭނާ ވަނީ އަޒުމް […]
އިރުކޮޅެއްނުވެ ސައީދާގެ ފަހަތުން މީހަކު ހިފަހައްޓާލުމުން އޭނާ ފަސްއެނބުރުނެވެ. ކިއާރާ ކާކުތޯ ބަލައިލިއެވެ. އެއީ އަޔާންއެވެ. އަޔާން ހުރީ ދެބުމަ ގޮށް ޖަހާލާފައެވެ. ސައީދާ އަނގަ ސަކަރާތްވިއެވެ. ނުވާ ކަމަށް ހަދާފައި އަޔާންގެ އާއި ދުރަށް ގޮސް ހިނގައިގަތެވެ. ޒާއިން އޭނާގެ ފަހަތުގައި ހުރެފައި ސައީދާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އަޔާން މެން އައުމުން ކިއާރާ ދޮރު ހުޅުވާލިއެވެ. އަދި ނިކުތްގޮތަށް ޒާއިން ގައިގާ ބައްދައިގަނެފައި އަނެއްކާވެސް ރޯންފެށިއެވެ. “ޒާން.. މަންމަ… އަންނާނެ އަދި.. އަދި […]
މީގެ އަހަރުތަކެއް ކުރީގެ އެ ހިތި ހަނދާން އާކޮށްލުމާއި އެކު މައިޝާ އަދި ކިއާރާގެ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ. ކިއާރާ އެތަކެއް ފަހަރު މައިޝާއަށް ޝުކުރު އަދާކުރީ އެވާހަކަތަށް ފޮރުވައިދިނީތީއެވެ. އޭނާ ގެ ވައުދު އުވައިނުލީތީއެވެ. އެތަކެއް ފަހަރު ކިއާރާ މާފަށްވެސް އެދުނެވެ. އޭނާއަށް އިތުރުގޮތެއް ނުފެނުނީކަން ބުނެލިއެވެ. އަދި މައިޝާމަތިން ވަރަށް ހަނދާންވި ވާހަކަވެސް ބުނެލިއެވެ. އެ ތިންމީހުންގެ ގުޅުން ވަރުގަދަ ވި ރެއަކަށް އެރޭ ވީއިރު ކިއާރާގެ ހިތުގައި އޮތީ އަޔާންއެވެ. އަޔާން […]