” އޯވް.. ހެލޯ ގާލްސް… ގުޑްޑްޑް މޯރރރނިން….. ވާވް.. ލަކީ މީ.. އަދިވެސް މޭމް ނާދެ…”އާލިޔާ ދަބަސް ގޮނޑީގައި ބައިންދާލަމުން ކުލާސް ހުރިހާ ކުދިންނަށް ރީތި ހިނިތުންވުމަކާއި އެކު ހެނދުނުގެ ސަލާމްގޮވާލިއެވެ. “މޭމް އެއްނޫން.. ސަރ އޭ .. ސްޓުޕިޑް…” އާލިޔާ ގޮނޑީގައި އިށީނދެ ހަމަޖެހިލުމާއި އެކު އޭނާގެ އެންމެ ގާތްއެކުވެރިޔާ އަދި އޭނާއާއި ޖެހިގެން އިންނަ މައިޝާ ބުނެލިއެވެ. އާލިޔާ ނިތްކުރީގައި ޖަހާލީ އޭނާގެ ހަނދާންބަލިކަމާއި މެދުހިތަށް އަރާފައެވެ. “ހަމަ މިއަދުވެސް އެލީ ލަހުން.. ކީއްވެތަ […]
…. ………. އާލިޔާ އިސްއުފުލާ ސަރ އަށް ބަލައިލިއެވެ. ތެދެކެވެ. އެއީ ރީތި ޒުވާނެކެވެ. ލާފައިހުރި އޯޝަންބުލޫ ގަމިހާއި ކަޅު ފަޓުލޫނުގައި އެ ކަސްރަތީ ހަށިގަނޑު ފެންނަލެއް ވަރަށް ހިތްގައިމެވެ. އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޮޅާލާފައިވާ އަތްކުރިއާއި ކުޑަކޮށް ހިއްލާލާފައި އިން އޭނާގެ އިސްތަށިގަނޑެވެ. އާލިޔާއަށް އިތުރު ދިމާލަކަށް ބަލަންވެސް އުނދަގޫވިއެވެ. އެހާވެސް ބޮޑަށް އެ ޒުވާންސަރ ގެ ރީތިކަމަށް އޭނާ ހުރީ ހުސްވެފައެވެ. ނަމަވެސް ހިތުގައި އުފެދެމުން އައި އެ ގޮތްނޭނގޭ އިހްސާސްތަށް ފޮރުވާލީ ދެފަރާތަށް […]
އައިދަން ދިޔަ ދިމާލަށް ބަލަން ހުރެފައި އައިމަން ފުންނޭވައެއްދޫކޮށްލިއެވެ.. “އައިމަން… އޭނާއަށް ވަގުތު ދީ.. ކޮބާ ޒީ؟ އޭނާއަށް އިނގޭތަ؟؟” ޝިފާން ބުނެލިއެވެ. ސަމީމަ އިސްޖަހާލިއެވެ. “ޝިފާން ޒީ އޭ މި މީހުން ގެނައީ ހެނދުނު… އަހަރެމެންނަށް ވިސްނައިވެސް ދިނީ ޒީ.. އެއީ ރަނގަޅު ކުއްޖެއް… ޖަވާހިރެއް ހަމަ.. އޭނާ އެންމެ ގާތްކޮށް އުޅުނު ދެމީހުންނާއި ދުރުވެވުނީމަ އުޅުނުގޮތް އިނގޭނު ޝިފާންއަށްވެސް އެކަމް މިއަދު ހަމަ އޭނާ އެމީހުން އެ ގެނެސްދިނީ.. އެކަމް މި ހުރިހާ ކަމެއްވާއިރު ޒީ… ޝިފާން ޒީޝަން […]
އަތުގައި އޮތް ޒީދަންއަށް ބަލައިލިއެވެ. ލީޝާއަށް ވެސް ވީ އެވަރެވެ. އޭނާއަށް އިހްތިޔާރަކާއި ނުލާ ސޯފާގައި އިށީނދެލެވުނެވެ. ޒީޝަން ދޮރާއި ދިމާލަށް ގޮސް އައިމަންއާއި ޒާރާ ގެ އަތުގައި ހިފާލާފައި އެތެރެއަށް ވެއްދިއެވެ. ޒާރާ ނޫނެކޭ ބުނެލި ނަމަވެސް ޒީޝަން އަޅައެއްނުލައެވެ. “މަންމާ ތީ މިގޭއަށްވެސް އަދި އެގެއަށްވެސް އެންމެ ފުރަތަމަ އުފާވެރިކަންގެނައި ކުޑަ ކުޑަ ބޭބީ… މަންމާ އިންސާނުންނަށް ކުށްކުރެވޭނެ… އެކަމް އެ ކުށުގެ މާފުވެސް އޮންނާނެ… މަންމަ ޕްލީސް.. ދެ މަންމަވެސް.. ޕްލީސް އެދެމީހުންނަށް […]
“މިހާރު މާ ލަސްވެއްޖެޔޭ ސްކޯލްޑް ކުރަން… ކުރިން ގުޅާލިނަމަ ސީރިއަސްކޮށް އައި ވިލް ކިލް ޔޫ ބޯތް..” ހެމުން ހެމުން ޒީޝަން ބުނެލިއެވެ. އެއަށްފަހު އެނދުމަތީ އިށީނދެލިއެވެ. “ދޮންތި…. އައިދަން އާއި މެރީ ކުރީތަ؟” “ޔެސް.. އެން މެރީ ކުރިޔަސް ދެއަރ އިޒް ނަތިންގް ބިޓްވީން އަސް….. ވީއަރ ބެސްޓީސް އެން މިހެން ކަންނޭނގެ ނިމިގެން ދާނީވެސް… އެކަމް ހިތަށްއަރަނީ ޑިވޯސް ކުރާނޭ އިދީ….. ވަރަށް އަވަހަށް…” ޒީޝަން ދެރަވެލާފައި ބުނެލީ ފުން ވިސްނުމެއްގައި އިނދެއެވެ. އެ […]
“އެކަމް އެ ހުރިހާ ކަމެއް ޒީޝީ ކީއްވެތަ…. ގޯޑް ޒީޝީ ހިތަށް އަރާ ޒީޝީ މޮޔަކަމުން ގޮސް….” އައިދަން ބުނެލީ ގޮށްމުއްކަވާލަމުންނެވެ. ޒީޝަން އައިދަންއާއި ދުރަށްޖެހިލާ އައިދަންގެ މޫނަށް ބަލައިލިއެވެ. “މޮ..މޮޔަކަމުން ގޮސް؟” ޒީޝަން ބުނެލީ ކަރުނަފޮހެލަމުންނެވެ. ރީތި މޫނުމަތީގައިވަނީ ކަރުނައިގެ ރޮނގެވެ. ނޭފަތްކައިރި ރަތްވެފައެވެ. އައިދަން އަށް ޒީޝަން ގެ މޮޔަކަމާއި މެދު ހިނިއަންނަގޮތްވިއެވެ. “މޮޔަކަމުން ގޮސް…..” އައިދަން ބުނެލިއެވެ. “މޮޔަކަމުން ގޮސް..؟؟” އަނެއްކާވެސް ޒީޝަން ބުނެލިއެވެ. “މޮޔަކަމުން ގޮސް..” އައިދަން އެހެން ބުނެލުމަށްފަހު ޒީޝަންގެ […]
އައިދަން ޒީޝަން ދުރަށް ލާން މަސައްކަތްކޮށްލިއެވެ. ނަމަވެސް އެއިން ކޮންމެފަހަރަކު އޭނާގެ ގައިގާ ޒީޝަން އިތުރަށް ހިފަހައްޓާލައެވެ. “ޒީޝީ.. އޮންނަންވީއޭ…” އައިދަން ބުނެލިއެވެ. ހަޤީޤަތުގައި އޭނާ ޒީޝަންގެ މޫނު ބަލާލަންބޭނުންވީއެވެ. ޒީޝަން އޭނާގެ ތުންފަތުގައި ދަތްއަޅާލިއެވެ. އޭނާ ލަދުން ރަތްވެފައި އިން އިރު މޫނުމަތި ވަނީ އުޖާލާވެފައެވެ. ޒީޝަން “ނޯ” އޭ ބުނެލިއެވެ. “ހީނުކުރައްޗޭ ދުރަށް ނުލެވޭނެއޭ…” އައިދަން ބުނެލިއެވެ. ޒީޝަން އޭނާގެ މޫނު އައިދަންގެ ކޮނޑުގައި ފޮރުވާލީ ގަދަހަދަމުންނެވެ. އައިދަން ޒީޝަންގެ އުނަގަނޑުގައި އިނގިލިޖައްސާލީ ހީނގިލިކަރުވާލަންށެވެ. […]
“ހަލޯ.. އައިދަން… ޒީ ވަރަށް ސަކަރާތްވެފައި އެ އިންނަނީ… ސިއްސަ ސިއްސައިގެން ދަނީވެސް… މަންމައަކާއި އެއްވެސް ވަރަކަށް ވާހަކައެއްނުދެއްކި.. އެނދުން ތެދުވާކަށް ނޫޅުނު.. ކޮފީތަށިބޮއެގެންވެސް ހަމައިނީ.. ޒީ ރަނގަޅެއްނޫން އައިދަން.. އެއްވެސް އެއްޗެއް ނުބުނެ އިންނަ ދިމާލަކަށް އިންނަނީ ގެއްލިފަ… ބިރުވެރިކަމެއްގައި… މަންމައަށް ހީވަނީ އެ ހުވަފެނުގެ ސަބަބުންހެން…” ސަމީމާ ކަންބޮޑުވެލަމުން ބުނެލީ ގުޅައިގެން ހުރި އައިދަންއަށެވެ. އައިދަން ހިތްނުތަވަސްވިއެވެ. “މަންމާ އަޅުގަނޑު އެބަ ދަން އިރުކޮޅަކުން އިނގޭ..” އައިދަން ބުނެލިއެވެ. ސަމީމާ ހުމް އަޅުވާލުމަށްފަހު ސިޑިން […]
ހާފިޒް ޒީޝަންގެ ކަންފަތާއި ކައިރިވެލިއެވެ. “މިވާހަކަ ސިއްރުނުކޮށްފިއްޔާ އައިދަން އަށް ވާނެވަރު އަންދާޒާވެސް ނުކޮށްލެވޭނެ ހަނދާންބަހައްޓާތި… މިގޭ އެންމެންގެ ސަލާމަތްކަން ބޭނުމިއްޔާ އިނގޭ ދޯ ކުރަންވީ ކަންތަށް… އަދި ބުނަން…. އަހަރެންނަކީ އާދައިގެ މީހެއްނޫން… ދެމިނެޓް ތެރޭ މި އެންމެންގެ ދުވަސް ދުއްވާލެވޭނެ ބާރު އެބައޮތް… ޒީޝަން މިކަން ސިއްރުކުރުން ނޫނީ މި މީހުންގެ ފުރާނަ ސަލާމަތްކުރުން އޮންނާނީ…..” ހާފިޒް އެހެން ބުނެލުމަށްފަހު ޒީޝަންއާއި ދުރަށްޖެހިލިއެވެ. ޒީޝަންއަށް ނޭވައި ލެވުނީ ދެނެވެ. އޭނާ އަމިއްލަ ތުންފަތުގައި ދަތްއަޅާލިއެވެ. ދެންމެ […]