އެއާއި އެކު ޒީޝަންގެ ނަޒަރު ހުއްޓުނީ ކުޑަ ކަބަޑުމަތީ ރިންގުވަމުން ދިޔަ އައިދަންގެ ފޯނަށެވެ. ޒީޝަން ފޯނު ނަގައި ބަލައިލުމާއި އެކު މޫނުމަތި ބަނަވިއެވެ. އޭނާ ތުރުތުރު އަޅަންފެށިއެވެ. އައިދަން ފާހަނައިން ނިކުތްއިރު ޒީޝަން ހުރި ގޮތުން އައިދަން ދެބުމަ ގޮށްޖަހާލާފައި އެދިމާލަށް ގޮސް ޒީޝަން ހިފަހައްޓައިގެން ހުރި ފޯނު ނެގިއެވެ. އައިދަންގެ މޫނު އުޖާލާވިއެވެ. އަދި ވަގުތުން ފޯނުނެގިއެވެ. ޒީޝަން އިންގޮތް ހިސާބަކަށް އޭނާ ހަނދާންނެތުނެވެ. ޒީޝަން އަތަށް ބަލައިލުމަށްފަހު އައިދަންއަށް ބަލައިލިއެވެ. އެ ފޯނު ކޯލާއި އެކު އައިދަންގެ […]
“އިދީ… ވިލް ޔޫ… ވިލް ޔޫ މެރީ މީ….” އުނދަގުލަކުން ނަމަވެސް ޒީޝަންއޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެލިއެވެ. އައިދަންއަށް ޝޮކެއް ޖެހުނުފަދައެވެ. ޒީޝަންގެ އަތުން އޭނާގެ އަތް ދަމައިގަނެވުނީ ކުއްލިއަކަށެވެ. އަދި ޒީޝަންގެ މޫނުން އޭނާގެ ނަޒަރު ވަކިކޮށްލިއެވެ. ޒީޝަން އަވަސް ނޭވައިތަކެއް ލާންފެށިއެވެ. އޭނާއަށް ނުބައި އެއްޗެއް ބުނެވުނީ ބާއޭ ހިތަށް އަރަންފެށިއެވެ. ނަމަވެސް އައިދަންވެސް ޒާރާ ނެތްނަމަ ޒީޝަންއާއި އިންނާނެ ވާހަކަ ބުނިއެވެ. ދެން ކިހިނެއްވީހެއްޔެވެ؟ ޒީޝަންއަށް ރަނގަޅު އެއްގޮތެއްވެސް ނޯންނަނީބާއެވެ؟ “އިދީ […]
އައިދަން ލާފައި ހުރީ ހުދު ގަމިހެކެވެ. އޭގެ ބޭރުން ކަޅު ކޯޓެއް ލައި ކަޅި ފަޓުލޫނެއްވަނީ ލާފައެވެ. އައިދަން ޒީޝަންއާއި ދިމާ ބަލައިލިއެވެ. ހީވަނީ ފެނުޕަރީއެއްހެންނެވެ. އެހާވެސް ހިތްގައިމުވެފައި ރީއްޗެވެ. “ވާވް މައި ފަހަރި ލޯބިކަން.. މަންމާ ބަލާބަ ފަހަރި ރީތިކަން…” އައިދަން ޒީޝަންގެ އަތަށް ބާރުކޮށް ފިތާލަމުން އައިސް ހުއްޓުނީ ސަމީމާގެ ކުރިމައްޗަށެވެ. ޒީޝަން ލަދުގަތެވެ.. “އިދީ މީ ފަހަރިއެއްނޫން.. އޯކޭ… ކިތަންމެ ވަރަކަށް ފަހަރި އޭ ކިޔަސް އެންމެ ފުރަތަމަ ވީ އަރ ބެސްޓީސް […]
“މަންމާ މަންމާ މަންމާ މަންމާ!!! މަންމާ!!!!!!!!!!!!” އަންހެންކުއްޖާ ދުވަމުން ދުވަމުން ސިޑިން ފައިބަމުން އަންނަ އަޑާއި އެކު ބަދިގޭގައި މަސައްކަތްކުރަން ހުރި ސަމީމާ ހާސްވެފައި ބަދިގޭ ދޮރުން ނިކުތީ ހަލުވިކަމާއި އެކުގައެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނާ “މަންމާ” އޭ ގޮވާލާއިރު އަޑު ބާރުވެއެވެ. ހީވަނީ ބިރެއް ފެނުނުހެންނެވެ. އެ އަންހެންއްކުއްޖާ ދުވެފައި އައި އަޑާއި އެއްވަރަށް އެހެންމީހަކު ދުވާ އަޑެއް އިވުމުން ހިސާބަކަށް ސަމީމާއަށް ވީ ގޮތް އިނގުނެވެ. އެހެންކަމުން ސިޓިންގްރޫމްގައި ސިޑިއާއި ދިމާލަށް ހެވިފައި […]
6 އަހަރު ފަސް….. ސުހައިލްއާއި ސަނީމް ދާދި އެއްވަރަކަށް ހިނގާލަފައި ދިޔައީ އޮފީހަށް ލިބުނު އައު ކޮންޓްރެކްޓްގެ މަސައްކަތް ދާނެ ގޮތަކާއި މެދު ވާހަކަދައްކަމުންނެވެ. އަހަރުތަށް ފާއިތުވެގެން ދިޔަ ވަރަކަށް ސުހައިލްގެ ހަށިގަނޑަށްވެސް ވަނީ ބަދަލުއައިސްފައެވެ. އިސްތަށިގަނޑުގައި މަދުން ނަމަވެސް ނުރަ ހުއްޓެވެ. ސަނީމް އަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ދެމީހުން އެކީ ގޮސް ސުހައިލްގެ ކެބިންނަށް ވަނެވެ. ސުހައިލް ސަނީމްއަށް ލެޕްޓޮޕުން އެއްޗެއް ދައްކަން ވެގެން އިށީނދެލިއެވެ. ކުއްލިއަކަށް ދެމީހުންވެސް ސިހިފައި ދޮރާއި ދިމާލަށް ބަލައިލެވުނީ […]
ގެއަށް ވަދެގެން އައި އިޒާން އަށާއި ސަނީމް އަދި ސުހައިލް އާއި ދިމާ ބަލައިލުމަށްފަހު އެންމެން އެދިމާލަށް ދިޔައެވެ. ނަމަވެސް އިޒާން އޭނާގެ އަތުގެ އިޝާރާތުން މަޑުކުރުމަށް ބުނީ އާޝާ މިގަޑީގައި ހުރި ގޮތަކުންނެވެ. އިޒާންގެ އެދުމަށް އެންމެންވެސް އެހަކަށް އިހްތިޔާރުކުރީ މަޑުމައިތިރިކަމެވެ. އިޒާން އާޝާ ގޮވައިގެން ސިޑީން މައްޗަށް އަރައިގެން ދިޔައެވެ. އެއަށްފަހު އާޝާގެ ކޮޓަރި ހުޅުވާލާ އާޝާ ގެން ގޮސް އެނދުމަތީ ބައިންދަން އުޅުނެވެ. އެ ހުރިހާ އިރުވެސް އާޝާ އޮތީ އިޒާންގެ މޭތެރޭ […]
“ސާނިޔާ އަޑު އިވިއްޖެތަ؟ އޭނާ ވިސްނާވަރު.. އެކަމު ސާނިޔާ އަށް ކީތްކުރެވުނީ.؟؟؟؟” ސުހައިލް ބުނެލީ ކޮޅަށް ތެދުވެލުމަށްފަހުގައެވެ. “މަންމާ… އިނގޭތަ… އާޝާ….. އާޝާ ވަރަށް ލޯބިވާނެ މަންމަ ދެކެ…… ބުނާނެ މާމަ ކޮބައިތޯ މާމަގެ ހަބަރު ހޯދާނެ… އާޝާއާއި ދިމާވީމާ ފުރަތަމަ އިވޭނީ އަހަރެންގެ ހާލު އަހާ އަޑު ދެން އެންމެ ފުރަތަމަވެސް އަހާނީ އާޝާގެ ދިރުއުޅުން ހަލާކުކޮށްލި އޭނާ އެ ކިޔާ ދައްތަގެ ވާހަކަ.. ދެން ބުނާނީ މަންމަގެ ވާހަކަ… މަންމާ އާޝާ އަކީ ކޮންމެގޮތެއްވިޔަސް […]
ގެއާއި ހަމާލަށް އައުމަށްފަހު އިޒާން އާޝާގެ އަތުން ދޫކޮށްލިއެވެ. އަދި އެތެރެއަށް ވަންނަން އާޝާއަށް ތަންދެއްކިއެވެ. އާޝާ ހިނިތުންވެލުމަށްފަހު އެތެރެއަށްވަނެވެ. ސިޓިންގް ރޫމްގައި އިން ސަނީމްއާއި ސާޒްއަށް އެމީހުން ވަތް ތަން ފެނުނެވެ. އާޝާ ސިއްރު ސިއްރުން ސަލާމް ގޮވާލުމަށްފަހު އެތެރެއަށް ވަނެވެ. ސާޒްއާއި ސަނީމް އެދެމީހުންނާއި ދިމާލަށް ބަލައިލިއެވެ. އިޒާން އެމީހުންނަށް ހިނިތުންވެލުމަށްފަހު މައްޗަށް އަރަން ދިޔައެވެ. ނަމަވެސް އާޝާ ވަނީ ބަދިގެއަށެވެ. ފެންތަށްޓަށް ފެން އަޅާލާ ފެން ބޯލާފައި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ކުރިމަތީ […]
އެއަޑު އިވުނު ސަނީމް ހިންދިރުވާލިއެވެ. ސުހައިލް އާޝާ ދެކެ ވާ ލޯބި ރަނގަޅަށްވެސް އޭނާއަށް ވަނީ އިހްސާސްވެފައެވެ. “ޑޭޑް.. އަސްލުވެސް ކަމެއްނުވޭ.. ދެންމެ އިޒާންގެ މަންމަ އާއި ވާހަކަދެއްކީ.. ދެން ވަރަށް ދުވަސް ފަހުން ވާހަކަދެއްކީ ދޯ އޭ ބުނެފަ ވަރަށް ލޯބިން ވާހަކަދެއްކީ އެހެންވެ މާ ބޮޑަށް ދެރަވެވުނީ….” އާޝާ ދޮގެއް ހަދާލިއެވެ. އާޝާ އެތަށްފަހަރަކު އެއީ ވީ ކަން ކަމަށް ބުނުމުން އެންމެ ފަހުން ސުހައިލް ގަބޫލްކުރިއެވެ. އަދި ދެން ދަނީކަމަށް ބުނެ ނިކުމެގެން […]