Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-24

SomeOne Level 210 Stories
March 27, 2021 5 Mins Read
1 Comment

އެރޭ ރޭގަނޑުވިއިރު އަހަރެންގެ ހިތް އަނެއްކާވެސް ތެޅެން ފަށައިފިއެވެ. އެހެން ރޭރޭ އިޖާޒް އަހަރެންނާ ގާތްނުވާނޭކަން ޔަޤީންވާތީ ހަމަޖެހިލައިގެން އޮވެ ނިދޭނަމަވެސް މިރޭ އިޖާޒް އަހަރެންނާއި ގާތްވެދާނެކަމުގެ ބިރު ހީވާންފެށިއެވެ. އެ ފުރުސަތު އިޖާޒްއަށް ފަހިކޮށްދިނީވެސް އަހަރެންނެވެ. އިޖާޒްއަށް ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް އަދިވެސް އަހަރެންނަށް ފަސްޖެހެވެނީއެވެ.

ކޮންމެ ގޮތެއްވިޔަސް ހެޔޮކަމުގައި ނިދަން ތައްޔާރުވެލުމަށް އަހަރެން ފާޚާނާއަށް ވަނީމެވެ. ތަޤުދީރުވެސް އަހަރެމެން ދެމީހުން ގާތްވުމަށް ނޭދެނީއޭ އަހަރެންގެ ހިތަށް އެރިއެވެ. އެވަގުތު ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އިތުރު 5 ދުވަސް މަޑުކުރަން އިޖާޒްއަށް މަޖުބޫރުވާނެއެވެ.

ލިބުނު ހިތްހަމަޖެހުމާއިއެކު އަހަރެން ނިދަން އޮށޯތީމެވެ. އިޖާޒްވެސް ނިދަން ރެޑީވެގެން އައިސް އޮށޯތެވެ. އެހެން ރޭރެއާއި ޚިލާފަށް އެނދުގައި އޮށޯވެލިގޮތަށް އަހަރެން ގައިގައި ބައްދާލިއެވެ. ކުޑަކޮށް އުނދަގުވިނަމަވެސް މަޑުމަޑުން އޮތީމެވެ. އެވަގުތު އިޖާޒް އަހަރެން މޫނުގައި ހިފާ އޭނާގެ މޫނާއި ދިމާއަށް އަނބުރާލިއެވެ. އަދި މަސްތުން ފުރިގެންވާ މޫނަކާއިކު އަހަރެންގެ މޫނާ މަޑުމަޑުން ކައިރިވެލިއެވެ. ކުއްލި ހަރަކާތަކާއިއެކު އަހަރެން އިޖާޒްގެ އަނގަމަތީގައި އަތް އެޅީމެވެ.

“ސޮރީ. ޔޫ ނީޑް ޓު ވެއިޓް ފިޔު މޯ ޑޭސް” އަހަރެން އެހެން ބުނެލުމާއިއެކު އިޖާޒްގެ އަނގަ މަތީގައި އޮތް އަހަރެންގެ އަތް ނައްޓުވާލިއެވެ.

“އެޔޯ؟ މިއަދު ބުނީމެއްނު ދެން ޓައިމް ބޭނުމެއްނޫނޭ؟ ޚިޔާލު ބަދަލުވީތަ؟” އިޖާޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ.

“އުނހު. ޚިޔާލު ބަދަލު ނުވިޔަސް ބައެއް ކަންކަމަކީ ނޮޓް އިން އަވަރ ހޭންޑްސް. ވެއިޓް ފޯ އެނަދަ 5 ޑޭސް” އަހަރެން ބުނިބަހުގެ މާނަ އިޖާޒްއަށް ވިސްނުނެވެ. ފުންމައިގެން ތެދުވެ އެނދުގައި ލައްގަނެލާފައި އިށީނެވެ. އަދި ބާލީސް ބޮނޑި ކޮށްލުމަށްފަހު “ވައި މީ” ހޭ ކިޔާ ބޮޑާހާކާލިއެވެ.

އިޖާޒްގެ އެ ހަރަކާތުން އަހަރެން ކައިރިއަށް ހިނިއައެވެ.

“ބަޓް އަހަރެންނަށް އާޔާ ގެ މޫނަށް ކިސްއެއް ދެވިދާނެއެއްނު”

“އުނހު. ސޭވް އިޓް. ބޮޑާ ނުހާކާ ހިނގާ އަވަހަށް ނިދަން”

“ހަނީމޫން ދަތުރު ރާވާނީ ދެން އާޔާ ރަނގަޅު ވީމަ” އިޖާޒް އޮށޯންނަމުން ބުނެލިއެވެ.

“ހޫމް .އޯކޭއޭ.އޭޒް ޔޫ ވިޝް” އަހަރެން ހަމަޖެހެލުމުގެ ނޭވާއެއްލަމުން އަނެއްފަރާތައް އޮށޯތީމެވެ. އިޖާޒް އަހަރެންގެ ފަހަތުން ބައްދާލައިގެން އޮވެ ނިދިއެވެ.

އިޖާޒް ނިދުމުން އޭނާގެ އަތްނަގާ ދުރަށްލުމަށްފަހު ފޯނުނަގާ ކުޅެންފެށީމެވެ. އަހަރެން ޑިލީޓްކުރި ލައިތްއާއި އަހަރެންގެ ފޮޓޯތަށް ފަހުން އަނެއްކާ އާކައިވް ކުރުމަށްފަހު ސެކިޔޯ ފޯލްޑާ އަކަށްލާ ލޮކްކޮށްފައި އިންނާނެއެވެ. އެ ފޯލްޑަރ ހުޅުވާލާ އޭގައިހުރި ފޮޓޯތަކަށް ބަލާ ހިތް ފުރެންދެން ރޯލީމެވެ. އެކަނިވާ ވަގުތު ތަކުގައި ލައިތްމަތިން އަހަރެން އަދިވެސް ވަރަށް ހަނދާންވެއެވެ.

އަހަރެން ޕީރިއެޑް ރަނގަޅުވުމުންވެސް އިޖާޒް ކައިރީ ނުބުނަމެވެ. ހަތް ދުވަސް ވެގެން ދިޔައިރުވެސް އިޖާޒް އަހާނުލީ އަހަރެން ބުނާނޭކަމުގައި އުންމީދުގައިކަން ކަށަވަރެވެ. މިމވީ ދުވަސްތަކުގައިވެސް މާބޮޑަށް ގައިގޯޅިވެ ނަހަދަމެވެ. ނަމަވެސް ކުޑަކޮށް ބައްދާލާ ބޭރަށް ނުކުންނައިރު އަތުގަ ހިފާލުންފަދަ ކުދިކުދި ކަންކަން އިޖާޒްކުރެއެވެ.

އަހަރެމެން ހަނީމޫނަށް ދިޔުމަށް ރޭވުމުން ދެމީހުންގެ މައިންބަފައިންވެސް ތިބީ ނުހަނު އުފަލުންނެވެ. ހަނީމޫނަށްދާން ދުވަސް ހަމަޖައްސަން އިޖާޒްއާއި ވާހަކަދެއްކީވެސް އިސްވެ އަހަރެންނެވެ.މަންމަމެންގެ އެދުމާއިއެކު އަހަރެމެން ނިންމީ ހަފްތާބަންދަށް ދިޔުމުގެ ބަދަލުގައި، އަހަރީ ޗުއްޓީއިން 5 ދުވަސް ނަގައިގެން ދިޔުމަށެވެ. އަހަރެން ހަނީމޫންއަށް ދާން ފުރުމާ ހަމައަށްވެސް އެކި ގޮތްގޮތުން އިޖާޒްކައިރިވިޔަ ނުދީ ހިފެހެއްޓީމެވެ.

އަހަރެމެން ދަތުރުކުރި ފްލައިޓް އެއާޕޯޓަށް ޖެއްސިއިރު ރިސޯޓް ލޯންޗް އަހަރެމެންބަލާއި އައިސްއޮތެވެ. އަހަރެމެންނަށް ރިސޯޓަށްދެވުނުއިރު ހަވީރުވެއްޖެއެވެ. ޗެކްއިން ކަންކަން ނިންމާލުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ރޫމްބޯއީ އަކާއިއެކުއެވެ.އެ ދެމީހުން އެކި ވާހަކަތަކުގައި ކުރިއަށް ދިޔައިރު ރަށުގެ ރީތިކަމަށް ނަޒަރު ހިންގަމުން އެމީހުންގެ ފަހަތުން އަހަރެންވެސް ދިޔައީމެވެ. މިއީ އަހަރެމެންގެ ހަނީމޫން ދަތުރުކަމަށް ވުމާއިއެކު މި ދަތުރަށް ޚަރަދުކުރީ ދެ މީހުންގެ މައިންބަފައިންނެވެ. ދެ މީހުން ތިބުމަށް ނަގާފައި ހުރީވެސް ބީޗްފްރަންޓް ބަންގަލޯއެކެވެ. ކޮޓަރިއާއި ހަމައަށް އާދެވުމާއިއެކު ރޫމްބޯއީ އެނބުރި ދިޔައެވެ. އަހަރެން ކޮޓަރި ދޮރު ހުޅުވާލީމެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. މެދުގައި ހުރި އެނދުގެ މަތި ފިނިފެންމަލުން ހިތެއް ހަދާލާ “ހެޕީ ހަނީމޫން” ޖަހާލާފައި އިނެވެ. މަތި ހާމައަށްހުރި ބޮޑު ފާޚާނަގައި ބޮޑު ބަތްޓަބެއް ހުއްޓެވެ. އޭގެތެރެވެސް ފިނިފެންމަލުން ޒީނަތްތެރިކޮށްލާފައި ވެއެވެ.

 

ކޮޓަރިއަށް ދެވުމާއިއެކު އިޖާޒް އެނދުމަށްޗަށް ވެއްޓިގަތެވެ. އަހަރެން ގޮސް ސޯފާގައި އިށީނދެ މަންމަމެންނަށް ގުޅާ ރިސޯޓަށް އާދެވުނު ވާހަކަ ބުނެލީމެވެ. އިރުކޮޅަކު އަރާމްކޮށްލުމަށްފަހު ދެ މީހުންވެސް އެއްބަސްވީ އިރުއޮއްސޭ މަންޒަރު ބަލާލަން ނުކުމެލުމަށެވެ. ލައިގެން ހުރި އެއްޗެހި ބަދަލުކޮށް ފްރެޝް ވެލައިގެން ނަމާދުކޮށްލުމަށްފަހު ބޭރަށް ނުކުތީމެވެ. ކޮޓަރިން ނުކުންނައިރުވެސް ކުރިމަތީގައި ބޮޑު ދޮންވެލިގަނޑެއް އޮވެއެވެ. ދެ ކޮޓަރި ދޭތެރޭގަސް ހައްދާފައި ހުރުމުން އެއްކޮޓަރިން އަނެއްކޮޓަރި ނުފެނި ބީޗްގައި ތިބެލެވެއެވެ. އަދި ކޮޓަރިއަށއި ދިމާއަން އަތިރިމައްޗަށް ފޭބޭ މަގެއް ހަދާފައިވެއެވެ. އަހަރެމެން އެމަގުން ގޮސް އަތިރިމައްޗަށް ފޭބިއިރު ޖޯޑު ޖޯޑަށް އެކި ދިމަދމާގައި ގެސްޓުން ތިއްބެވެ. ކަޅު މީހުންނާއި ދޮން މީހުންނެވެ. މަދުމަދުން ދިވެހިންވެސް ތިއްބެވެ. އާއިލާއާއި އެކު އައިސްތިބި މީހުންވެސް ކުޑަކުދިންނާއިއެކު މަޖާކުރުމުގައި އުޅެއެވެ. އަހަރެމެން ނުކުމެ އިރުއޮއްސޭ ދިމާއަށް ހިނގަން ފެށީމެވެ. އެވަގުތު އިޖާޒް ކުއްލިއަކަށް އަހަރެންގެ އަތް ގެންގޮސް އެނާގެ މުލައްދަނޑިއާއި ގަޔާލާ ބާރުކޮށްލިއެވެ. އިޖާޒް އެ އެދުނީ އޭނާގެ އަތުގައި ހިފާލަންކަން އަހަރެންނަށް ވިސްނުމާއިއެކު އަހަރެން އޭނާގެ އަތުގައި ހިފީމެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ރަށުގެ އަނެއްކޮޅުގެ ދޮންވެލި ގަނޑުގައި އިށީނީމެވެ. އިތުރު ވާހަކައެއް ނުދައްކައި އިރުއޮސޭ ދިމާއަށް ނަޒަރު ހުއްޓާލައިގެން ތިބިއިރު އަހަރެންގެ ލޮލުގެ ކުރިމަތިން ސިފަވަމުން ދަނީ ލައިތް އަތުގައި ހިފައިގެން ފަޅުރަށުގެ ތުނޑީގައި ހިނގި ހަނދާންތަކެވެ. އެ ހަނދާންތަކުން ބޭރު ވެވުނީ އިޖާޒް ކުއްލިއަކަށް އަހަރެން ކޮލަށް ބޮސް ދިނުމުންނެވެ. ސިހިފައި ބަލާލެވުނު ގޮތުން އިޖާޒް ހޭންފެށިއެވެ.

“ކޮން ހާ ފިކުރެއް ތިކުރަނީ؟ ރިލެކްސް ވެބަލަ. މައިންޑް ފްރީކޮށްލާ” އިޖާޒް އަހަރެންގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

“ފިކުރެއް ކުރަނީކީނޫން. ޤުދުރަތުގެ ރީތިކަން ފެނި ހަމަ ކޮސްވީ. މި ކަހަލަ ހަމަ ހިމޭން މާހައުލެއްގައި ހަމަޖެހިލައިގެން މި ކހަލަ މަންޒަރެއް ބަލާނުލެވޭނު”

“އާޔާ ބޭނުމިއްޔާ ކޮންމެ ދުވަހަކު އިރުއޮއްސޭ މަންޒަރު ބަލަން ތުނޑިއަށް ގެންގޮސްދީފާނަމޭ. ” އަހަރެން ބުނާ ކޮންމެ ކަމެއް އިޖާޒް ކޮށްދޭނޭކަން އަހަރެންނަށް އެނގެއެވެ.

“ދެން ނޯމަލް ޑޭސްގަ ކިހިނެއް ދާނީ؟ މަންމަ ރުޅިވެސް އަންނާނެ އެގަޑީ ތުނޑިއަށް ގޮސިއްޔާ” އެންމް ކުޑައިރުވެސް އިރުއޮއްސޭ ގަޑީގައި އަތިރިމައްޗަށް ދިޔުން އަހަރެމެންނަށް މަނާވާނެއެވެ.

“ބަލަ ފިރިމީހާއާއެކީ ދާ ތަނެއް މަންމަ މެން ކައިރީ ބުނަންޖެހޭތަ އަދި؟”

“ހަހަ. ކޮންމެސް ކަމެއްވެގެންނު މަންމަމެން އެކަން ނުކުރަން ބުނާނީ. އެހެންވީމަ އެންމެ ރަނގަޅުވާނީ އަޑު އެހީއާ” އަހަރެންނަކީ އަބަދުވެސް މައިންބަފައިންގެ ބަސް އަހާ ދަރިއެކެވެ. ކިތަންމެ ސިޔާސްކޮށް އުޅުނުނަމަވެސް މައިންބަފައިން ގެ ބަސް އަހަރެން އަބަދުވެސް އަހަމެވެ.

“ހޫމްމް. ހިނގާ ނަމާދުކޮށްގެނ ކާންދާން. ” އިޖާޒް ތެދުވަމުން އަތްދިއްކޮށްލިއެވެ. އަހަރެން އެއަތުގައި ހިފައި ތެދުވެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ.

ރޭގަނޑޫގެ ކެއުމަށްފަހު ބީޗްގައި އިރުކޮޅަކު މަޑުކޮށްލީ އެތަނުގައި ކުރިއަށްދިޔަ ޝޯ ބަލަންވެގެންނެވެ. އެއަށްފަހު އަނެއްދުވަހު ފަތިހު ސްނޯކްލިންއަށްދާން ރާވާލުމަށްފަހު ކޮޓަރިއަށް ދިޔައީ ނިދާށެވެ. ނަމަވެސް ކޮޓަރިއާއި ކައިރިވާވަރަކަށް އެއްކަލަގޮތަށް މޭތެޅެންފަށައިފިއެވެ. އަބަދަކު ބަހަނާ ދައްކައިގެން ވެސް ނޫޅެވޭނެތާއެވެ. އެހެން ނޫނަސް އިޖާޒްއަށް ފުރުސަތުދޭން ނިންމީވެސް އަހަރެންނެވެ. އެހެންކަމުން ދެން އަނެއްކާ އިޖާޒް ކައިރީ އަހަރެންނާ ކައިރިނުވާށޭ ބުނުވުންވެސް ވާނީ ވަރަށް ހަޑި ކަމަކަށެވެ. ޔަޤީނުންވެސް އެކަކަށް އަހަރެން އެވަނީ ބޮޑު ހިތްދަތިކަމެއް ދީފައެވެ. ލައިތް އަހަރެންދެކެ ލޯބިވާކަން އެނގޭއިރުވެސް އިޖާޒްއާއި އަހަރެން ކައިވެނި ކުރީ އެއީ އެންމެ ރަނގަޅުގޮތްކަމުގައި ވީމައެވެ. އަނެއްކާ އިޖާޒް އާއި ކައިވެނި ކުރިފަހުންވެސް 8 މަސް ދުވަސް ވީއެވެ. އެކަމަކު އަދިވެސް އަހަރެންގައިގައި އަތްލުން ކީއްކުރަން ބަލާލުމުގެ ހުއްދަވެސް އަހަރެން ނުދެމެވެ. އިޖާޒްއާއި އިނދެގެން ހުރެ އޭނާއަށްވެސް މިދެވެނީ ހިތްދަތިކަމެކެވެ. މިހާ ހަރު ހިތެއްގެ އިންސާނިއްޔަތު ކަމެއް ނެތް މީހަކަށް އަހަރެންވީ ކޮންއިރަކުބާއޭވެސް ހިތަށް އަރައެވެ.

އެކި ޚިޔާލުތަކުގައި އައިސް ކޮޓަރިއަށްވަދެ އެންމެ ފުރަތަމަ ފާޚާނާއަށްވަނީ އިޖާޒްއެވެ. ފެންވަރާލައިގެން ނިދާ ސޯޓަކާއި ޓީޝާޓެއްލައިގެން ނުކުމެ ސޯފާގައި އިށީނުމާއިއެކު އަހަރެންވެސް ފާޚާނާއަށްވަނީމެވެ. އަދި ފެންވަރާލާ ޓީޝާޓަކާއި ހަރުވާޅެއް ލުމަށްފަހު ބޮލުގައި ތުވާލި އޮޅާލައިގެން ނުކުމެ ޑްރެސިން ޓޭބަލް ކައިރީ އިށީނދެ ލޯޝަންލާކަމަށް ދައްކާލީމެވެ. ހަގީގަތަކީ އަހަރެން އިނީ ދެން ހަދަންވީގޮތެއް ނޭނގިފައި ކަމެވެ. ނިދަން އޮށޯންނަންވީތޯ ނޫނީ އިޖާޒް ކައިރީގައި ގޮސް އިށީންނަންވީތޯވެސް އަހަރެންނަކަށް ނޭގުނެވެ. މިގޮތުގައި އިންދައި އަހަރެން ސިއްސައިގެން ދިޔައީ އިޖާޒް އައިސް ފަހަތުން ވަރަށް ބާރަށް ބައްދާލުމުންނެވެ. ޖެހިބުދެއްހެން ހަރަކާތެއްވެސް ނުގެނެސް އަހަރެން އިނީމެވެ. އިރުކޮޅަކުން އަހަރެންގެ ކަރުދޮށުން އިޖާޒް ގެ ހޫނު ނޭވާގެ އިހްސާސް ކުރެވެން ފެށިއެވެ. މަޑުމަޑުން އިޖާޒް އަހަރެންގެ ކޮނޑުގާއި ހިފާ ކޮޅަށް ނެގިއެވެ. އަދި އިހުނަށްވުރެ ބާރަށް ފަހަތުން ބައްދާލާ އަހަރެންގެ ކަރުދޮށަށް ބޮސްދޭން ފެށިއެވެ. އިޖާޒް ގެ ހަރަކާތްތަކަށް މަޑުމަޑުން އަހަރެން ކިޔަމަންވަމުން ދިޔައީމެވެ. އިޖާޒް އަހަރެންނަގާ އަތް ދަނޑި މައްޗަށް އުފުލާލުމަށްފަހު ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި އޭނާ ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ކޮޓަރީގެ ހުރިހާ ބޮތްކެއް ނިއްވާލާ އައިސް އަހަރެންގެ ގައިމަތީ އޮށޯވެ ތުންފަތުގައި ބޮސްދިނެވެ.

އެހެނިހެން މީހުން ފާޙަގަކުރާ ކައިވެނީގެ ފުރަތަމަރޭ އަހަރެމެން ފާހަގަ ކުރީ ކައިވެންޏަށް 8 މަސް ފަހުންނެވެ. އިޖާޒް ގެ ބީހުންތަކުން ކޮންމެވެސް ވަރަކަށް އުނދަގޫ ވީނަމަވެސް އެކަން ނުދައްކާ އޭނާގެ ކޮންމެ އެދުމަކަށް އަހަރެން ބޯލަނބަމުން ދިޔައީމެވެ. އަތްބެއްގެ ފަރާތުން ލިބެދޭންޖެހޭ އަރާމާއި ލައްޒަތު އޭގެ އެންމެ ފުރިހަމައަށް އިޖާޒް އަށް އަހަރެންދިނީމެވެ.

ވެފައި ހުރި ވަރުބަލިން އަހަރެމެންނަށް ވަރަށް ގަޔަށް ނިދުނެވެ. އަހަރެންނަށް ހޭލެވުނު އިރުވެސް ފަތިހު 6:30 ވެއްޖެއެވެ. އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ފަތިސް ނަމާދުކޮށްލުމަށްފަހު އިޖާޒް ވެސް ހޭލެއްވީމެވެ. އަދި އިޖާޒް އަންނަންދެން ބޭރުގައި މަޑުކޮށްލީމެވެ. އެހެން އިން އިނުމުގައިވެސް ރޭގައި ވީ ކަންކަން އަހަރެންގެ މޫނުމައްޗަށް ސިފަވަމުން ދިޔައެވެ. އަހަރެން ލައިތް އާއި ދިމާވިފަހުން އަހަރެން ގެ އެންމެ އުންމީދުކުރީ ލައިތް އާއި ކައިވެނި ކުރެވެންދެން އަހަރެންގެ ހަށިގަނޑު ރައްކާތެރިކުރުމެވެ. އަދި އަހަރެންގެ ހަށިގަނޑުން އުފާ ދޭން އަހަރެން ބޭނުންވި ހަމައެކަނީ މީހަކީ ލައިތްއެވެ. އެހެންނަމަވެސް އެއްވެސް މީހަކު ބޭނުންވާ ހުރިހާ ކަމެއް ދުނިޔޭގައި ހާސިލް ވުމަކީ ނާދިރުކަމެކެވެ. އެކަން ހިތުން ޤަބޫލުކޮށް ދިރިއުޅުމައިގެން ކުރިއަށް ގޮސްގެން މެނުވީ ހަޔާތެއް ނުލިބޭނެއެވެ.

އިޖާޒް ނުކުތުމާއިއެކު ސައިބޯން ހިނގައިގަތީމެވެ. އިޖާޒް އަހަރެންނާ ދިމާއަށް ބަލާލިއަސް އަހަރެން ލަދުން މޮޔަވާވަރުވެއެވެ. އެކަން އިޖާޒްއަށް ފާހަގަ ކުރެވޭހެން އަހަރެންނަށް ހީވެއެވެ. އެކުގައި މޫދަށް އެރުމާއި ހިނގާލަން އުޅޭއުޅުމުގައި ކުދި ކުދި ގޯނާ ކުރަންފެށިއެވެ. ބައެއްފަހަރު ބައްދާލާނެއެވެ. އަނެއްބައިފަހަރު ތުންފަތަށް ބޮސްދީފާނެއެވެ. ނުވަތަ ލޮލުގެ އިޝާރާތުން ކޮޓަރިއަށް ދިޔުމަށް އެދިފާނެއެވެ. މީގެން ކޮންމެ ފަހަރަކުވެސް އަހަރެން އިޖާޒް އާއި ދުރަށްދަމެވެ. ބައެއް ފަހަރު ލާނެތްގޮތަކަށް އިޖާޒް ހޭން އިންނާނެއެވެ. އަނެއް ބައި ފަހަރު ފަހަތުން އައިސް ބައްދާލާނެއެވެ.މިހެން  ހޭދަވި ފަސްދުވަހުގެ ތެރޭގައިވެސް އިޖާޒް އަށް އަހަރެންގެ ހަށިގަނޑު ރީއްޗަށް ފެންނާނޭހެން އަހަރެންނަށް ހިއެއްނުވެއެވެ. އެހެނީ، އިޖާޒް އަހަރެންނާއި ގާތްވީ މުޅީންވެސް ރޭގަނޑުއެވެ. އެވެސް ލައިޓްތައް ނިއްވާލައިގެންނެވެ. ދެމީހުން އެކުގައި ފެންވަރާ ނުހަދަމުއެވެ. އަހަރެން ލަދު ގަންނާތީއެވެ.

ކުރުނބާ ގައި ހޭދަކުރި ފަސް ދުވަހަކީ ހަމަގައިމުވެސް އިޖާޒް އަށް ނުހަނު އުފާވެރިކަން ލިބުނު ދުވަސްތަކަކަށް ވާނެއެވެ. އެއްވެސް ކަމަކަށް އަހަރެން އިސްވެ ނޭދުނު ނަމަވެސް އިޖާޒް އެދުނު ހުރިހާ ކަމަކަށް އަހަރެން ތަބާވީމެވެ. އަހަރެން ހަށިގަނޑު އެއްކޮށް އިޖާޒްއަށް ޤުރުބާންކުރީމެވެ. ދަތުރުން އެނބުރި އައުމަށްފަހުވެސް މިގޮތުގައި ދުވަސްތައް ހޭދަކުރަމުން ދިޔައީމެވެ. ރަށަށް އެނބުރި އައުމަށްފަހު މަދުމަދުން ބައެއް ދުވަސް ދުވަހު އަހަރެން ތުވާލި އަނދެގެން ހުއްޓައި އިޖާޒްއަށް ފެންނާނެއެވެ. އެކަހަލަ ދުވަހަކު ވިއްޔާ އައިސް އަހަރެންނާ މައްލަވަ ކޮށްލާނެއެވެ.

ދިރިއުޅުމުގައި ކުރިއަށް ނެގުނު ފިޔަވަޅާއިމެދު އަހަރެން ފަޚުރުވެރިވަމެވެ. އެއްކޮށް ލައިތްމަތިން އަދިވެސް ހަނދާން ނައްތާނުލެވުނު ނަމަވެސް އިޖާޒްއާއިއެކު އެކަނި ވެވޭވަގުތު ގިނަވުމާއިއެކު ލައިތްއާއި މެދު ވިސްނާލަން ވަގުތު ލިބޭލެއްމަދުވާންފެށިއެވެ. ބައްޕަ ގެ ވިޔަފާރީގެ ކަންކަމުގައިވެސް އިޖާޒްއާއިއެކު އަހަރެންވެސް ބައިވެރިވާންފެށީމެވެ. އޭނާ އޮފީހަށް ދާ ގަޑިތައް ފިޔަވާއި އެހެނިހެން ގިނަ ވަގުތު އެކުފގައި ހޭދަކުރަން ފެށުނެވެ.

އިޖާޒް ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސް އައުމުން ޑޮކްޓަރަށް މާލެ ދިޔައީވެސް ދެމީހުން އެކުގައެވެ. އާ ވާހަކައެއް ނުބުނެއެވެ. ޤަވައިދުން ޑޮކްޓަރަށްދައްކަން ދިޔުމަށާއި ކައިރި މުސްތަގްބަލެއްގައި އޮޕަރޭޝަންއަށް ދާންޖެހޭނެކަމަށް ލަފާކުރެވޭތީ ތައްޔާޜުވުމަށް ބުންޏެވެ. އަދި އޮޕަރޭޝަންއަށް ދާންވުމުން ޑޮކްޓަރު ރިފަރަލް ލެޓަރ އަކާއި އިންޑިޔާގެ  އެޕޯލޯ ހޮސްޕިޓަލްގެ ޕްރޮފެސަރަކާއި ވާހަކަ ދައްކާލާ އެޕޮއިންޓްމެންޓް ހަދާދޭނޭ ވާހަކަވެސް ބުންޏެވެ. އަދި އަހަރެމެންނަށް ދެވެންޏާ އޮޕަރޭޝަންގެ ކުރިންވެސް އެކޮޅަށް ގޮސް ޑޮކްޓަރަށް ދައްކާލުން ރަނގަޅުވާނޭ ކަމުގައި ޑޮކްޓަރު ބުންޏެވެ. އަހަރެމެން އައިސް  އާއިލާއާއި ވާހަކަ ދައްކާލުމަށްފަހު މެޑިކަލް ލީވް އެއް ނަގައިގެން ދެތިން މަސްފަހުން އަހަރެންގެ ބައްޕަވެސް ގޮވައިގެން އިންޑިޔާއަށްދާންރޭވީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

އެކުއްޖާ 2 – 25

Next

ކޮމެޑީ ލޭންޑް 1

Next
March 27, 2021

ކޮމެޑީ ލޭންޑް 1

Previews
March 27, 2021

އެކުއްޖާ 2 – 25

One Comment

  1. yaaseen says:
    March 27, 2021 at 5:01 pm

    ދެން މާސަކަރާއް ނުޖަހާ ލައިތްއާ އަޔާ ގުޅުވަބަ

Comments are closed.

Next Episodeނިކަން ލޯބިން -25←


All Right Reserved!