“ދަރިފުޅާ އާޔާ! ހާދަ ބޮޑުވެއްޖޭ މިހާރު.” އަހަރެން ފެނުމާއިއެކު ތުއްތުބޭ ގޮވާލިއެވެ. “ހަހަ. ލައްބަ. ވަރަށް ދުވަސްވެއްޖެޔޭ ދޯ ތުއްތުބެ ނުފެންނަތާ! ކޮބާ ނިއުމާއްތަ؟” އަހަރެން ތުއްތުބޭ އަންހެނުންގެ ވާހަކަ އަހާލީމެވެ. “ތެދެއް! އަހަރެން ބުނީމެއްނު އިބްރާހިމް ކައިރީ ނިއުމާޔާ އިޖާޒް ގޮވައިން އަންނަން. ހަވީރުވެސް ނާދެވޭނެ ވާހަކަ ބުނީމައޭ މިރޭ އަންނަން ބުނީ” ބައްޕަ ތުއްތުބެއާއި ދިމާއަށް ބުނެލިއެވެ. “ނިއުމާވީ ޑިޔުޓީގަ. އިޖާޒް ވެއްޖެ ކުޅުދުއްފުށީގަ. މާދަމާޔޯ އަންނަނީ. އެވާހަކަ އެއްނޫނޭ. މާދަން ހިނގާބަލަ ކުޅުދުއްފުށްޓަށް […]
ބޮޑުދައިތަ ލައިބާ ގޮވައިން ކޮޓަރިއަށްވަނީ އަނެއް ދުވަހަކީ ސްކޫލް ދުވަހެއްވީމައެވެ. ބޮޑުބެ އާލީ ނިންދެވުމުގެ މަސައްކަތުގައި އުޅޭ އަޑުއިވެއެވެ. ސިޓިން ރޫމްގައި އެންމެ ފަހުން ތިބީ އަހަރެންނާއި ލައިތް ގެ އިތުރުން ފަހަރިއެވެ. އަހަރެމެން އެކި އެކި ވާޙަކަދެއްކުމުގައި 12 ޖަހަންދެން ތިބީމެވެ. “ޝާޢީ.. އާލީ ނުނިދިއޭ!” ބޮޑުބެގެ އަޑު އިވުމާއި އެކު ފަހަރު ހެމުން ހެމުން ތެދުވިއެވެ. “ލައިތް ދިޔައީމާ ދޮރު ތަޅުލައްޗޭ. ފަހަރި މިދަނީ ނިދަން” އެހެން ބުނެލުމަށްފަހު ފަހަރިވެސް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. […]
ލައިތް މޭޒުމަތީގައި އޮތް އަހަރެންގެ އަތުގައި ހިފާ އޭނަގެ އަތުތެރެއަށް ލިއެވެ. ” އާޔާ! އަހަރެންދެކެ ލޯބިވޭތަ” ލައިތް އެހެން އަހާލީ އަހަރެންގެ މޫނަށް ބަލަން އިނދެއެވެ. “ނިކަން ލޯބިވޭ” އަހަރެން ދިނީ ވަރަށް ސާދާ ކުރު ޖަވާބެކެވެ. “އަހަރެންނަށް އިންތިޒާރު ކުރާނަން ދޯ” ލައިތް އެހެން ބުނެލުމާއިއެކު ސިހިފައި އަހަރެން ލައިތްގެ މޫނަށް ބަލާލީ ސުވާލުތަކުން ފުރިގެންވާ ނަޒަރަކުންނެވެ. “ތާކަށް ދަނީތަ؟ ދެން އިތުރަށް އަހަރެން ހިތް ނުތަޅުވާ ބުނެބަލަ” އަހަރެން އަވަސް އަވަހަށް އެހެން […]
“ދަރިފުޅާ ލައިތް އެންމެން ބަލާތި” ފަހަރިގެ މަންމަ ލައިތްއަށް ނިސްބަތްކޮށް ބުނިލިއެވެ. އަހަރެމެން އެނބުރި ދިޔައިރު ފަހަރިއާއި އާލް އަދި އަހަރެންގެ ބޮޑުބެވެސް އަނބުރާ މާލެ ދިޔައެވެ. ނިޔާމަ ދަތުރަކަށްފަހު އަހަރެމެންނަށް މާލެ އަދެވުނީ އެދުވަހުގެ 16:30 ގައެވެ. ގެއަށް ދެވުމާއިއެކު ވެފައިތިބި ވަރުބަލިން އެންމެންވެސް ބޭނުންވީ އަރާމުކޮށްލާށެވެ. އަހަރެންވެސް ދޮންދައްތަ އާއިއެކު ކޮޓަރިއަށް ވަދެ ނަމާދުކޮށްލައިގެން އެނދުގައި ޖައްސާލީމެވެ. “ޔާ. ދޮންތަ އެބަ ވިސްނަން ޝާމް އާއި ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން. ޝާމްގެ […]
“ދެން ނުކިޔާނަން އިނގޭ ލަވައެއް! ދެން މަ ކިއާހާ ލަވައެއް މީހުންނަށް ނިސްބަތްވަންޔާ ނެތެއްނު ލަވައެއް ކިއޭކަށް! އެހެން ނޫނަސް ވެދާނެ ދޯ ހަމަ ތީގެން މީހަކަށް ކަމަށްވެސް!” އަހަރެންގެ ވަރުގަދަ އަނގައިގެ ބޭނުން އަހަރެން ހިފީ އެވަގުތު ގަނެފައި އިންލަދުން ސަލާމަތް ވެވޭތޯއެވެ. ލަވަ ބާޒީ ކުޅެގެން މޮޅުވީ އަންހެން ކުދިންނެވެ. އެއްބަސް ވެވުނު ގޮތަށް ފިރިހެން ކުދިންނަށް ޝޯ ހުށައަޅާދޭންޖެހުނެވެ. ބައިގަޑިއިރުގެ ވަގުތެއް ޝޯ އަށް ތައްޔާރުވާން ދިނުމަށްފަހު ހުރިހާ އަންހެންވެރީން ގޮސް ޓެންޓް […]
“ބޭކާރު ވާހަކަ ނުދައްކަބަލަ. ހިނގާ ފުރަންދާން ޑިނގީގައި ސައިވެސް ބޯނީ. މާދުރަކަށް ނުކުންނާކަށްވެސް ނުޖެހޭނެ” ބޮޑުބެ އެހެން ބުނުމާއިއެކު އެންމެން ހިނގައިގަތީ ޑިނގީއާއި ދިމާއަށެވެ. ޑިނގީ އަކީ މަހަށް ދާ ގޮތަށް ޑިޒައިންކޮށްފައިވާ ޑިނގީއެކެވެ. ފަހަތުގައި 4 މީހުން އިށީނދެވޭ ވަރުގެ ސީޓެއް ހުރިއިރުގައި ދުއްވަން އިންނަ ތަންކޮޅު ވަނީ ހިޔާކޮށްފައެވެ. ޑިނގީގެ ވަށައިގެންނާއި ކުރީބައިއޮތީ ހުސްކޮށެވެ. އެންމެން ޑިނގީއަށް އަރާ ހަމަޖެހުމާއިއެކު ޑިނގީ ނައްޓާލިއެވެ. ދުއްވަން އިނީ ބޮޑުބެ ކަމުން ކައިރީގައި ބޮޑުބެ އަންހެނުން އިށީނެވެ. […]
ދަތުރަށް ގެނައި ތަކެތީގެ ތެރެއިން ރެޔަށް ބޭނުންވާ ތަކެތި ބެހެއްޓުމަށްފަހު ދޯނި ރަށަށްދާންފުރީ ގެނައި ޑިނގީ ބާއްވާފައެވެ. ބޮޑުމީހަކަށް މަޑުކުރީ ފަހަރިގެ ބޮޑުބޭބެއެވެ. މިހާހިސާބުން ފަހަރިގެ ނުކިޔަމާތޯއެވެ. އެއީ ލައިތްގެ ވެސް ބޮޑުބޭބެވިއްޔާއެވެ.ބޮޑުބޭބެއައި އޭނާގެ އަންހެނުންގެ އިތުރުން އަހަރެންނާއި ދޮންދައްތަ ،ޝިއުނާ އާއި ދޫމާ އަދި ޒުހުދާ މަޑުކުރީއެވެ. ޝައުމާ ޑިޔުޓީއަށް ނުކުންނަން ޖެހީތީ ދިޔައީއެވެ. ފިރިހެނުންގެ ތެރެއިން ދެން މަޑުކުރީ ލައިތް އާއި ހުސެން ގެ އިތުރުން ފާރިޝް އާއި ޝުޖާއު އަދި ހުޝާމްއެވެ. އަހަރެން […]
އިޖާޒަކީ ބައްޕަގެ ދެ ގޮތެއް ނުވެހުރި އެންމެ ގާތް އެކުވެރިޔާ އިބްރާހިމްބެގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކުޑައިރު އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. ހަނދާން ހުންނަން ފެށީއްސުރެ ވަރަށް ބަލިވެ އުޅޭނެއެވެ. ނަމަވެސް ޓީން އޭޖަށް އެޅުމާއިއެކު އޭނާ އަހަރެންކައިރީ ރަށްޓެހިވާން އެހިއެވެ. އޭރު އޭނާ ބަލިކޮށް އުޅޭތީ އޭނާއަށް ނުވާނޭހެން ހިވާ ކަހަލަ ކަމެއް ބޮލުގަ އެޅުވީ އަހަރެން އޭނާ އާއި އެކަހަލަ ގުޅުމެއް ބާއްވަން ބޭނުން ނުވާތީއެވެ. އަހަރެން އީޖާޒް ކައިރީ ބުނީ އަހަރެން […]
“ސާބަސް ޔާ!” ދެމީހުން އެކީގައި ޝޯ ބެލުމަށް ހިނގައި ގަތީމެވެ. އޭރުވެސް ފޯރީގައި ޝޯ ކުރިއަށް ދެއެވެ.އެހެންނަމަވެސް އަހަރެން ކަންފަތުގައި ގުގުރަނީ އެންމެ ދެ ލަފްޒެވެ “ވަރަށް ގަޔާވޭ”. ހީވަނީ ކެސެޓް ރޯލެއް ރިޕީޓަށް ޖައްސާފައިވާހެނެވެ. ކުއްލިއަކުން އެއްލި ކަޅިއަކުން މާދުރުނޫން ހިސާބެއްގައި ލައިތް އާއި “ޓޮމްފޯޑް” އަދި އިތުރު އެއް ފިރިހެން ކުއްޖަކު ތިބިތަން ފެނުނެވެ. ހަމަ ޔަގީނުންވެސް “ޓޮމް ފޯޑް” ކަޅި ޖަހާނުލާ ބަލަމުން އެދަނީ އަހަރެންނަށެވެ. އަހަރެން ލަދުގަތެވެ. އަހަރެން މަޑުމަޑުން […]