ޖަޒްލީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ކައިލާންގެ ޔުނީފޯރމްގެ މޭމަތި ތެންމަމުން ދިޔައެވެ.މިވަގުތު ދެ މީހުންނަށްވެސް ކޮށްފައިވަނީ ފުން އަސަރެކެވެ. ************** އެތައް އިރަކު އެގޮތުގައި ތިބުމަށްފަހު އެންމެ ފަހުން ކައިލާން ޖަޒްލީގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާ ދުރުކޮށްލިއެވެ.އަދި ރޮއިރޮއި ރަތްވެފައިވާ ޖަޒްލީގެ ދެލޮލަށް ކަޅިއާއި ކަޅި ދިމާވާނެހެން ބަލައިލިއެވެ.ކައިލާން ނުހަނު އަސަރާއިއެކު އެހާމެ ލޯބިން ޖަޒްލީގެ ކަރުނަތައް ފޮހެލައި ދިނެވެ.ހަމަ އެ ވަގުތު ކައިލާންގެ ފޯނު ރިންގުވާން ފެށިއެވެ. “އޭ ސުޖާ…މިއުޅެނީ ކުޑަ ކަމެއް […]
ސަކީނާ ދިޔުމުން ކައިލާން ޖަޒްލީގެ ކޮނޑުގައި ދެއަތުން ހިފާފައި ކޮޅަށް ނެގިއެވެ.އަދި ޖަޒްލީގެ އަތުގައި ހިފައިގެން ގެންގޮސް ޖަޒްލީގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. ***************** ޖަޒްލީ ހުރީ ބިރުން ގޮސް ގުޑިލަންވެސް ނުކެރިފައެވެ.ކައިލާން ބޭނުންވެގެން އުޅޭ ކަމެއް ނޭނގޭ ޙާލު ބިރުންގޮސް ހަލާކުވާވަރުވެފައެވެ.ކައިލާން ޖަޒްލީގެ އަތް ދޫކޮށްލިއެވެ.އަދި އޭނާ ޖަޒްލީއަށް އެއްވެސް ދެރަގޮތެއް ނުހަދާނެ ކަމަށާއި އޭނާ ދެކެ ބިރު ނުގަތުމަށް އެދުނެވެ.އަދި އޭނާއަށް ޖަޒްލީ ވަރަށް ކަމުދާ ވާހަކަ ބުންޏެވެ.ޖަޒްލީއަށް ޓަކައި ކައިލާންގެ ހިތުގައި […]
ކައިލާންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.އޭނާއަށް ދުލުން ބަހެއްވެސް ބޭރުކުރަން ނޭނގިފައި ޖަޒްލީއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.ޖަޒްލީ އަނެއްކާވެސް އަތުގެ އިޝާރާތުން ސައިބޯންއައުމަށް ބުންޏެވެ. ****************** “ދަރިފުޅު ތި ތެދުވީ ދޯ…..ހިނގާ އަވަހަށް ސައިބޯން”.ސަކީނާގެ އަޑަށް ޖަޒްލީއަށް ބިރުން ދެ ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ.އަދި އަވަސް އަވަހަށް ކައިލާންއަށް ބަލާލާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. “ދަރިފުޅާ…ޖަމިއްތަމެންވެސް ވަރަށް ގަބޫލު ދަރިފުޅާ ރިޝްފާގެ ގުޅުމަށް…މަންމަ މިއައީ އެގޭންނޭ…”.ސަކީނާ ގޮސް ކައިލާންގެ ގާތުގައި އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. […]
ސިންކު ކައިރީގައި ރެއަށް ކައްކަން ހަނޑޫ ދޮންނަންހުރި ޖަޒްލީއަށް ސިހިފައި ތެޅިގަނެވުނީ ފަހަތުން އޭނާގެ ބަނޑުގައި ބާރުގަދަ ދެ އަތުން ވަށާލުމުންނެވެ. ************************ ފަހަތަށް އެނބުރި ބަލައިލިއިރު ކުރިމަތީގައި ނުލަފާ ފާޑަކަށް ހިނިއައިސްފައި ހުރި ހަސަންމަނިކު ފެނުމުން ޖަޒްލީގެ އަތްފައި ފިނިވެގެން ދިޔައެވެ.އޭނާ އެގެއަށް އައިސް މިވީ ދޮޅުމަސްދުވަހުގެ ތެރޭގައި ހަސަންމަނިކު ވަގުވަގަށް ޖަޒްލީއަށް ކިތަންމެ ބެލިޔަސް ގައިގައި އަތްލީ މިއީ ފުރަތަމަ ފަހަރެވެ. ގަމީހުގެ ޓައީ ދޫކުރަމުން އެތެރެއަށް ވަދެގެން އައި ރުހާންއަަށް ބައްޕަ ފެނުމުން […]
“ބަލަ ކިހިނެތްވެފަތަ ބަލަހައްޓައިގެން ތިޔަ ހުންނަނީ މަށަށް ކޮފީިތައްޓެއް ހަދައިގެން ގެނެސްދޭށޭ ބުނީމަވެސް”ހަސަންމަނިކާއި އެއްކޮށް އެތެރެއަށް ވަދެގެން އައިސް ސޯފާގައި އިށީނދެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަށިގަނޑު ދަމާލައިގެން އޮށޯތް ޒުވާނާއަށް ބަލަހައްޓައިގެން އާގަމަ ވެފައިހުރި ޖަޒްލީއަށް ހަމަހޭވެރިކަންވީ ސަކީނާގެ ޒީލަގަދަ އަޑު އިވުމުންނެވެ.ހަމަ އެއާއިއެކު އޭނާ އަވަސްވެގަތީ ސަކީނާއަށް ކޮފީތައްޓެއް ތައްޔާރު ކުރުމަށެވެ. “މަންމާ ހާދަ ހައިޕަރ ވެފަ….،”ކާމޭޒު ދަށުގައި ފޮޓޯ އަލްބަމެއް ހިފައިގެން އިން ސަކީނާ ސިހިފައި ފަސްއެނބުރި ބަލައިލިއިރު އޭނާގެ މޫނުމަތީގައި ހުރި […]
ޒީލް ޝައިބާގެ އިނގިލީގައި އަނގޮޓި އަޅުވާލަ ދިނުމަށްފަހު އަތްތިލައަށް ބޮސްދީފައި ތޭކްސް މައި ވައިފް އޭ ބުނެލުމަށްފަހު އެބޮޑު ހެދުމާއި އެއްކޮށް ޝައިބާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ރޫމްގެ ބޮކި ނިއްވާލިއެވެ. ***************** ފަލަކު މަޑުމަޑުން ބަލި ގޮތަކަށް ދެލޯ ހުޅުވައިލިއިރު ކައިރީގައި އެނދުގައި ބޯޖަހައިގެން ނިދިފައިއިން ޔޫލް ފެނުމުން ޔޫލްގެ ބޮލުގައި ފިރުމައިލިއެވެ.ފާޚާނައަށް ދާންވެފައި ހުރުމުގެ ސަބަބުން މަޑުމަޑުން ތެދުވެ އައިވީފުޅި ނަގަން އުޅެނިކޮށް ޔޫލްއަށް ހޭލެވުނެވެ.އަދި ފަލަކު ފާޚާނައަށް ދާން ބޭނުންވެގެން އުޅޭކަން […]
“ހޭ ލަވް….ސޮރީ ނުބުނެ އާދެވުނީމަ…ޑިއުޓީ ނިމެން އުޅެނިކޮށް ޝާން ގުޅައިގެން އޭނައާއިއެކު ތަނަކަށް ދާން ޖެހުނީ….ގެއަށް ދިޔައީތަ ލަވް؟” *************** “އޯ…ދެން ގެއަށް އައި މަގުމަތީގައި ޝައީއާ ދިމާވީދޯ…ި”ފަލަކު ބުނެލި އެއްޗަކުން ޔޫލްއަށް ހައިރާންކަމެއް ިލިބިގެން ދިޔައެވެ.އަދި ހައު ޑިޑް ޔޫ ނޯ އޭ ކިޔައި ސުވާލު ކޮށްލެވުނެވެ. “ބިކޯޒް އައި ކޭން ސީ ޔޫ”ފަލަކު ޖަވާބު ދިނުމުން ޔޫލްއަށް ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ ވަށައިގެން ހޯދާލެވުނެވެ.އެވަގުތު ފަލަކު ތަންކޮޅެއް ދުރުން ހަނައަޅާލިތަން ފެނުމުން ޔޫލްއަށް […]
ސައިކަލް ގޮސް ގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ޝައިބާ މަޑުމަޑުން ސައިކަލުން ފޭބިއެވެ.ޒީލްވެސް ޝައިބާއާއިއެކު ގޮސް ދޮރާށި އަތްގަނޑުގައި ހިފައިލިއިރު ދޮރު ހުރީ ތަޅުލާފައެވެ. ******************* ޝައިބާ އޭނާގެ ހޭންޑް ބޭގް ތެރެއިން ތަޅުދަނޑި ނަގައި ދޮރު ހުޅުވާލުމަށްފަހު ޒީލްއަަށް ތޭންކްސްއޭ ބުނެފައި މަޑުމަޑުން އެތެރެއަށް ވަނެވެ.މަޑު ފިޔަވަޅު ތަކެއްގައި ގޮސް ރޫމަށްވަދެ ދޮރު ލެއްޕުމަށްފަހު އެތެރެއަަށް ވަދެގެން ގޮސް ފާޚާނައަށްވަދެ މާގަނޑު ދޫކޮށްލާފައި މާގަނޑު ދަށަަށް ވަދެ ހުރިތަނަށް ތިރިވެ ރޯން ފެށިއެވެ.އޭނާގެ މުޅި ދުނިޔެ އެފުށް […]
ޒީލް ޖަވާބެއްނުދީ ހުރުމުން ޔޫލްގެ ރުޅިގަނޑު ދިޔައީ ކޮންޓްރޯލުން ނައްޓަމުންނެވެ.އެވަގުތު ޒީލްގެ ފޯނުވެސް ރިންގުވާން ފެށިއެވެ.ޒީލް ޖީބުން ފޯނު ނަގައި ބަލައިމަށްފަހު ޝައިބާގެ ކޯލް ބިޒީ ކޮށްލިއެވެ.އަނެއްކާވެސް ޝައިބާ ގުޅަން ފެށުމުން ފޯނު ސައިލެންޓަށް ލާފައި ޖީބަށް ލިއެވެ. ***************** “ދަރިފުޅާ…މަންމައަށްވެސް އިނގޭ ތިވަރުގެ ބޮޑު ޙަޤީގަތެއް މިހާ ދުވަސްފަހުން ކުއްލިއަކަށް އެނގުނީމަ އެކަން ބަލައިގަންނަން ދަރިފުޅަށް އުނދަގޫ ވާނެކަން….އެކަމަކު އަފީއަކީ އެހާ ނުބައި މީހެއް ނޫން.. ..އޭނައާއި ދޭތެރޭ މާޒީގައި ކަންތައް ވެފައި އެވަނީިވެސް ރަނގަޅަކަށް […]