ފަލަކުގެ މޭގައިވާ ހިތަކީ ޔޫލްގެ އަޅަކަށް ވާއިރު ސާހިބު މީހާއަށް ކިޔަމަން ވުމަށްވުރެ ބޮޑު އުފަލެއް އެ ހިތަށް ލިބޭނެ ހެއްޔެވެ؟އެންމެ ފަހުން ޔޫލްގެ އެ ހަރަކާތުގައި ފަލަކު އަށްވެސް ބައިވެރި ވެވުނީއެވެ. **************** ރިންގު ވަމުން ދިޔަ ފޯނު ނަގައި ހަލޯއޭ ބުނެ ސީމާ އެނދުގައި އޮށޯވެ ލައިގެން އޮތް އޭނާގެ ފިރިމީހާގެ މަގަތުގައި އިށީނދެ ހަމަޖެހިލިއެވެ.އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ އަފީފާއެވެ.ދެ ރަޙުމަތްތެރިން ލައްކަ ގިނައިރު ފޯނުގައި ފޮނި އަނގަ ތަޅަން ތިބެފައި ފޯނު […]
ފަލަކުއާއި ޝައިބާ ދިރިއުޅުމަށްޓަކައި ފޮނި އުއްމީދުތައް ކުރަމުން ދިޔައީ ދެމީހުންވެސް އެކަކު އަނެކެއްގެ ހުވަފެންތައް ހިއްސާ ކުރުމަށް ޚާއްސަ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.ބޯމަތިން ނަގަމުން ދިޔަ ކަޅުފުސް ވިލާތަކުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުގައެވެ. ******************** އޭގެ އެއްހަފްތާ ފަހެވެ.ޑިއުޓީއަށް ދާން ނިކުތް ފަލަކުގެ މޫނުމަތީގައި އެހެން ދުވަސް ދުވަހާއި ޚިލާފަށް ވަނީ މާޔޫސްކަމެވެ.މިއަދަކީ މިއީ އޭނާގެ އުފަން ދުވަހަށް ވާއިރު ޔޫލް ރޭގައި އެހާ ދަންވަންދެން މެސެޖު ކުރަން އޮތްއިރުވެސް ވިޝް ނުކުރީމައެވެ.އަނެއް ކޮޅުން ޝައިބާވެސް […]
އެބެލުމުގައި އެވާ ލޯބިކަމަކުން ޔޫލް އެހާ ލޯބިން ފަލަކުއަށް ބަލައިލާ ކޮންމެ ފަހަރަކު އެ ހިތުގައިވި ލޯބި އެތަށް ގުނައަކަށް އިތުރު ވެގެން ދެއެވެ. **************** ކުޑަކޮށް ޖެހިލުން ވެފައި ހުރެފައިވެސް ފަލަކު ގޮސް ޔޫލްގެ ފަހަތަށް އަރައި ހަމަޖެހިލިއެވެ.ނަމަވެސް ޔޫލްގެ ގައިގައި ނުޖެހި އިނދެވޭތޯވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދިޔައެވެ.އެކަން ޚުދު ޔޫލްއަށްވެސް އިޙްސާސް ކުރެވެމުން ދިޔައީތީ އޭނާވެސް ސައިކަލް ދުއްވަމުން ދިޔައީ ވަރަަށް ބަލައިގެންނެވެ.އަދި ފަލަކު ގޮވައިގެން ހުޅުމާލޭގެ ރީތި މަގުތަކުގައި […]
ހޮނިހިރު ދުވަހުގެރޭ 00:00 މިނެޓްގައި ފިތުރު ޢީދުގެ މުނާސަބަތުގައި ހުރިހާ ކިޔުންތެރިންނަށް “މިލްކު ކޮށްލީ ހިތޭ”ގެ ދިގު އެޕިސޯޑެއް ގެނެސްދޭނެ ވާހަކަ ދަންނަވަން… ޝުކުރިއްޔާ!!!
ފަލަކު މެސެޖު ކިޔައިލުމަށްފަހު ރިޕްލައިވެސް ކޮށްލުމަކާއިނުލާ ފޯނު ކައިރީގައި ބޭއްވުމަށްފަހު ބާލީހުގައި ބައްދައިލީ ގަދަކަމުންވެސް ނިދޭތޯއެވެ. ***************** އާދުވަހަކަށް އިރު އެރިއިރު ފަލަކުވެސް އަވަސް އަރުވާލައިގެން ޑިއުޓީއަށް ދާން ތައްޔާރު ވަމުން ދިޔައީ މިއަދު ޑިއުޓީއަށް ގަޑިނުޖެހި ދެވިދާނެހާ ވަގުތު އޮތްހެން ހީނުވާތީއެވެ.ރޭ ނުނިދިގެން ފުރޮޅި ފުރޮޅިފައި މާލަހުން ނިދުމުގެ ސަބަބުން އެހެންޏާ ތެދުވާ ގަޑިއަށް ހޭނުލެވުނީއެވެ.ޝައިބާ ހަވީރު ޑިއުޓީވީމާ އަފީފާވެސް ބަލާލަންވެސް ނައީއެވެ.ނަސީބު ރަނގަޅު ކަމުން ބޭރަަށްހަމަ ނިކުތްތަނާ ޓެކްސީއެއް ލިބުނެވެ. *************** ުހޮސްޕިޓަލް ކައުންޓަރ […]
ސޯސް ކުކުޅު އަޅަންހުރި ފަލަކުގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި އައިސް ހުއްޓުނު ޔޫލްގެ އަތް އޭނާގެ ކަނދުރާގައި ބާއްވައިލުމުން ފަލަކުގެ ނޭވާ ހީވީ އަރުގައި ތާށި ވީ ހެންނެވެ. ***************************** ޔޫލް އޭނާގެ އަނެއް އަތުން ފަލަކު ލާފައިހުރި ޓޮޕްކޮޅުގެ ކެހެން ފަށާފައިވާ ޒިބު ދަމާލަ ދިނުމަށްފަހު ދުރަށް ޖެހިލުމުން ފަލަކުއަށް ކުރެވިގެން ދިޔަ ލަދުވެތި އިޙްސާސަކުން މޫނުމައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު ގެންގޮސް ކަންފަތުގައި އަޅުވާލަމުން ޔޫލްއަށް ބަލައިލެވުނެވެ.ނަމަވެސް އޭރު ޔޫލް ހުރީ ޝިނާނު […]
ފަލަކު ފެންވަރައިގެން ނިކުތް އިރުވެސް ޝައިބާ އޮތީ ގަދަނިދީގައެވެ.އޭރު ގަޑިން ހަތެއް ޖަހާ ދެމިނެޓް ހިނގައިފިއެވެ.”ޝައީ އަޅެ ދެން މިއަދުވެސް ތިހެން އޮއްވަ ގަޑި ޖެހޭނީ…މިހާރު މަންމަވެސް އައިސް ގޮވާފަ އެދިޔައީ”.ފަލަކު ޝައިބާގެ މޫނުގައި އަޅާފައި އޮތް ރަޖާ ނަގަމުން ވާހަކަ ދެއްކިއެވެ. ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލުމަށްފަހު އެއޮތްގޮތަށް އޮވެ ބޯލާކޮޅުގައި އޮތް ފޯނުނަގާ ގަޑިބަލާލުމަށްފަހު ފުންމައިގެން ތެދުވެ ޝައިބާ އަވަސްވެގަތީ ފާޚާނައަށް ވަންނާށެވެ.ވަކި ދުވަހެއް ނޫން ،އެއީ ހަމަ ކޮންމެ ދުވަހެއްގެވެސް ޙާލެވެ.އެފަކީރަށް ގަޑި […]
“މިލްކު ކޮށްލީ ހިތޭ” މިވާހަކައަކީ ހިތާމަވެރި ލޯބީގެ ޙާދިސާއެއްގެ މައްޗަށް ބިނާކުރެވިފައިވާ ޚިޔާލީ ވާހަކައެކެވެ. މިއީ އަޅުގަނޑު މިސައިޓަށް ލިޔާ ތިންވަނަ ވާހަކަވެސްމެއެވެ. ކިޔުންތެރިން ހިތްހަމަ ޖެހޭފަދަ ވާހަކައަކަށް މިވާހަކަ ވާނެކަމަށް އުއްމީދު ކުރަން. އިރާދަކުރެއްވިއްޔާ މިމަހު 25 (ޖޫން 25)ން ފެށިގެން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި މިވާހަކަ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ވާހަކަ ދަންނަވަން. އިންތިޒާރު ކޮށްލައްވާ!!!
ރަފާގެ ބަނަވެފައިވާ ޙަޔާތަށް ދެން އަލިކަމެއް ލިބިދާނެ އެއްވެސް އުއްމީދެއް އޭނާ އަކަށް ނެތެވެ.މިއޮއް ހުރިހާ ދުވަހު އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އަމިއްލަ އުފާތަކާއި ހެއްލުމުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔަ ރަފާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ މިއަދު ނޫހުގެ ފަލަ ސުރުޚީގައި ޖަހާފައިވާ ކުއްލި ޚަބަރަކުންނެވެ.ޒުވާން ދިވެހި އަންހެން ކުއްޖަކު އަވަށްޓެރި އިންޑިޔާގެ ޓްރިވެންޑްރަމްގައި ހިނގާދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް މަރުވި ޚަބަރުން ރަފާގެ ހިތަށް ވަނީ ބުނެދޭންދަތި ފުން އަސަރެއް […]