ޖަޒްލީ އޭނާގެ ދެއަތުން ކައިލާންގެ މޫނުގައި ހިފައި ކައިރި ކޮށް ލުމަށްފަހު ކައިލާންގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ކައިލާންއަަށް އަށްޓަކައި އޭނާގެ ހިތާއި ފުރާނައިންވެސް ގުރުބާން ވާނަމޭ ބުންޏެވެ. ***** ނިދޭތޯ އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލި ވީއިރުވެސް ޖަޒްލީ އަށް ނިދޭ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ކޮޓަރީގައި އެނދުގައި ބާއްވާފައި ކައިލާން އެއޮތީ ބޭރުގައި ވިއްޔާއެވެ. ޖަޒްލީ މަޑު މަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ސޯފާގައި ނިދިފައިއޮތް ކައިލާންގެ އެއް […]
ކައިލާން ގޮސް ސައިކަލް މަޑުކޮށްލީ ޗަނބޭލީ ގޯޅީގައިހުރި ތިންބުރި އިމާރާތެއްގެ ކައިރިއަށެވެ. އައު ގޭގައި ފަރުނީޗަރު ހުރިކަމުގައި ވިޔަސް ހިފައި ގެންގުޅޭ ބަދިގޭ ސާމާނުން ފުރާލެވިފައިވާ ކޮތަޅުތައް ހިފައިގެން ދެމީހުން ސައިކަލުން ފާބައިގެން ގޮސް ދޮރާށިން އެތެރެއަށް ވަނެވެ. ********** ކުޑަކުޑަ ރީތި އެޕާޓްމެންޓެކެވެ. ދިހަފޫޓު ސާދަ ވަރަކަށް ފޫޓުގެ ކޮޓަރިއެކެވެ. އަދި ކޮޓަރި ތެރެއިން ވަދެވޭ ގޮތަށް އިން ކޮޓަރިއަށް އެކަށޭނަ ވަރުގެ ފާޚާނާއެކެވެ.ކޮޓަރިތެރެ ބަލައިލުމަށްފަހު ސިޓިންރޫމުގައި އިށީނދެ ހަމަޖެހިލި ޖަޒްލީއަށް ސިޓިން ރޫމުން ނިކުމެވޭ […]
ރިޝްފާއަަށް ކެތް ނުކުރެވިގެން އޭނާގެ ދެލޯ ފުރިގެން އައެވެ. އަދި ކައިލާންގެ ވާހަކަ ފުރިހަމަ ނުވަނީސް މިއޮއްހާދުވަހު އޭނާގެ ހިތުގައި ފޮރުވާފައި ހުރި ޝަކުވާތައް ކައިލާންގެ ކުރިމައްޗަށް އޮއްސާލިއެވެ. ***** ކައިލާން ރިޝްފާއާއި ބައްދަލް ކުރަން ދިޔައީއްސުރެ ޖަޒްލީއަށް ތަނެއްގައި ހަމަޖެހިލައިގެން އިނދެވޭ ގޮތެއް ނުވެއެވެ. ސިޓިން ރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖަޒްލީއަށް ބެލެމުން ދިޔައީ އޭނާގެ އަތުގައި އޮތް ފޯނަށެވެ. ކައިލާން މާލެ ދިޔައީ ޖަޒްލީއަށް ފޯނެއް ގަނެދީފައި އެކޮޅުން ނިމުނުހާ […]
ފޯނުގެ ސްކްރީނަށް ރީޝް އަރާފައި އިން ތަން ފެނުމުން ކައިލާންގެ ދެބުމަ ގޮށް ޖަހާލެވުނުއިރު, ޖަޒްލީގެ ތޮބީޢަތުވެސް ގޯސްވާގޮތް ވިއެވެ. ******* “ޖަޒްލީ…… އަހަރެންގެ އުފާތައް ގުޅިފަ ވަނީ ޖަޒްލީއާ… އަހަންނަށް އިތުބާރު ކުރޭ…. އަހަރެން ދުވަހަކުވެސް ޖަޒްލީއަށް ދެރައެއް ނުދޭނަން…. ޖަޒްލީ އެ ރިސޯޓަށް ގެންދިޔައީ އަހަރެންގެ މަންމަ ބަޔަކަށް ރުފިޔާ ދީގެން… މަންމަގެ މަޤުސަދަކީ ޖަޒްލީ އަހަންނަށް ނަފްރަތު ކުރުން…… އަހަރެންގެ ޙަޔާތުން ދުރަށް ދިޔުން..ދޮންބެ ގުޅާފަ އެވާހަކަ ބުނީމަ އަހަންނަށް ޤަބޫލުވެސް ނުކުރެވުން…. […]
ކައިލާން އަވަހަށް ތެދުވެ ދުވެފައިގޮސް އޭނާގެ ސައިކަލުންޖެހި އަނިޔާ ވެފައިވާ އަންހެން ކުއްޖާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް ނަގައި ބަލައިލިއިރު އޭނާގެ ދުނިޔެ ނިމުމަކަށް އައި ކަހަލައެވެ. ***** މަޑުމަޑުން ބަލިގޮތަކަށް ދެލޯ ހުޅުވާލި ޖަޒްލީއަށް ކައިލާން ފެނުމުން ތެދުވަންވެސް ނޫޅެ ކައިލާންއަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އެއަތުގެ ތެރޭގައި ވުމަށް ހިތްއެދި ގޮވަމުން ދިޔައީތީއެވެ. ދެމީހުންނަށްވެސް ކުރެވެމުން ދިޔައީ ބުނެދޭން ނޭނގޭ ފުން އިޙްސާސެކެވެ. ކައިލާން ޖަޒްލީ ނަގާ އޭނާގެ އަތުތެރެއަށް ލިއެވެ. އަދި ޖަޒްލީގެ ރޮއިރޮއި […]
ޑިއުޓީއަށް ދިޔައެއް ކަމަކު ކައިލާންގެ ސަމާލުކަން ޖަޒްލީއަށް ފިޔަވައި އިތުރު ކަމަކަށް ނުދެވެއެވެ. ރޭގަނޑުގެ އަދިރިކަން ދުނިޔެމައްޗަށް ވެރިވެފައި ވާއިރު ޖަޒްލީހުރީ ބޮތްކެއް, ހޮޅިބުރިއެއްގެ އަލިކަމެއްވެސް ވާ ތަނެއްގައި ބާވައެވެ. ޖަޒްލީހުރި ހާލެއް ހިތަށް އަރާފައި ކައިލާންގެ ހަޑިގަނޑުގައި އާދަޔާއި ޚިލާފަށް ވިންދުވެސް އަަވަސް ވެފައިވާ ކަހަލައެވެ. ޖަޒްލީ ނުފެންނަނީހެން އެ ހިތަކަށް ހަމަ ޖެހުމެއް ނުލިބޭނެއެވެ. ހާލެއްގައި ޖެހުނަސް އެހީއަކަށް އެދެން ޖަޒްލީ އުޅޭނެ ޙާލު ހިތަށް އަރާފައި ކައިލާންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. […]
ޖަޒްލީއަށް ލިބުނު ހައިރާން ކަމުގައި އެއްފަހަރު ޓީވީއަށް އަނެއް ފަހަރު ކައިރީގައި އިން ޒުވާނާއަށް ބަލައިލެވުނެވެ. ހަމަ ކުޑަވެސް ތަފާތެއް ނެތެވެ. ޖަޒްލީގެ ހަރަކާތްތައް ފެނިފައި މުހުސިން ހިނި އަންނަގޮތް ވިއެވެ. އަދި “ދެޓްސް މީ” އޭ ބުނެލިއިރު އޭނާގެ މޫނުމަތީގައި ނުފިލާ ހިނިތުން ވުމެއް ވިއެވެ. ************ އާޓިފިޝިއަލް ބީޗް ކައިރީގައި ސައިކަލް ޕާކު ކޮށްލައިގެން އިން ކައިލާންއަށް ކުރެވެނީ ހިތް މޭގައި ތާށިވެގެން އުޅޭފަދަ އިހުސާސެކެވެ. ނޭވާވެސް އަރުގައި ތާށިވެފައިވާ ކަހަލައެވެ. ޖަޒްލީ ހޯދަން […]
ފުރުސަތުގެ ބޭނުން ހިފައި ޖަޒްލީވެސް އަވަހަށް ތެދުވެ ކަރުނަތައް ފޮހެލައި ދުވެފައި ގޮސް ކޮޓަރިން ނިކުމެވޭތޯ ދޮރުގެ ތަޅުގައި ހިފައިލިއެވެ. ************* ސައިކަލުން ފޭބި ގޮތަށް ހަލުވި ހިނގުމުގައި ކައިލާން އައިސް ގޭގެ ދޮރާށިން އެތެރެއަށް ވަތްއިރު ގޭގެ ލައްޕާފައިހުރި މައިދޮރު ފެނިފައި އޭނާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ގަޑިން ހެނދުނު ދިހައެއް ޖަހަން ކައިރި ވެފައި ވާއިރުވެސް ގޭގެ ދޮރު ނުހުޅުވާ ހުރީމާ ކައިލާންގެ ފަހަތުން ސައިކަލް ޕާކު ކޮށްލުމަށްފަހު އެތެރެއަށް ވަދެގެން އައި ރުހާންގެ […]
ސަކީނާ ޖަޒްލީފަދަ ވާހަކަ ދެއްކުމުން މަޙްރޫމް ވެފައިވާ ކުއްޖެއް އޭނާގެ ދަރިފުޅުގެ ދިރިއުޅުމުގެ ބައިވެރިއަކަށް ހަމަހިލާ ވިޔަކަ ނުދޭނެއެވެ. *************** އަނެއް ދުވަހުގެ ހެނދުނެވެ.ހެނދުނުގެ ނާޝްތާއަށްފަހު ރިސޯޓަށް ދިޔުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވަނީ ވެ ނިމިފައެވެ.މަންމަގެ އެދުމަށް ރުހާންވެސް މިއަދުހުރީ އޮފީހުން ޗުއްޓީއެއް ނަގައިގެން ގޭގައެވެ.ދެ ޢާއިލާ އެކައްޗަކަށް ވުމުގެ އުފަލުގައި މަޖާކޮށްލަންދާ ދަތުރުގައި ބައިވެރި ވުމަށެވެ.ހަތަރުދުވަސް ފަހުން ރިޝްފާއާއި ކައިލާންގެ ކައިވެނި ކުރެވުމުން ދެޢާއިލާގެ އުފާވެރިކަން ދެގުނައަށް އިތުރު ވެގެންދާނެއެވެ. “ދަރިފުޅާ އަވަހަށް އާދޭ…ނުވައެއްޖަހާއިރު […]