“ހިތް” ލޭ ކޮށެވިފައި……01
“ބަލަ ކިހިނެތްވެފަތަ ބަލަހައްޓައިގެން ތިޔަ ހުންނަނީ މަށަށް ކޮފީިތައްޓެއް ހަދައިގެން ގެނެސްދޭށޭ ބުނީމަވެސް”ހަސަންމަނިކާއި އެއްކޮށް އެތެރެއަށް ވަދެގެން އައިސް ސޯފާގައި އިށީނދެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަށިގަނޑު ދަމާލައިގެން އޮށޯތް ޒުވާނާއަށް ބަލަހައްޓައިގެން އާގަމަ ވެފައިހުރި ޖަޒްލީއަށް ހަމަހޭވެރިކަންވީ ސަކީނާގެ ޒީލަގަދަ އަޑު އިވުމުންނެވެ.ހަމަ އެއާއިއެކު އޭނާ އަވަސްވެގަތީ ސަކީނާއަށް ކޮފީތައްޓެއް ތައްޔާރު ކުރުމަށެވެ.
“މަންމާ ހާދަ ހައިޕަރ ވެފަ….،”ކާމޭޒު ދަށުގައި ފޮޓޯ އަލްބަމެއް ހިފައިގެން އިން ސަކީނާ ސިހިފައި ފަސްއެނބުރި ބަލައިލިއިރު އޭނާގެ މޫނުމަތީގައި ހުރި ރުޅިގަނޑުވެސް މައިތިރި ވެއްޖެއެވެ.އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.ސޯފާގައި އޮށޯވެލައިގެން އޮތް އޭނާގެ ދަރިފުޅު ކައިލާން ފެނިފައި އަވަހަށް ގޮނޑިން ތެދުވެގެން ގޮސް ދަރިފުޅު ގާތު ސޯފާގައި އިށީނދެ ހަމަ ޖެހިލިއިރުވެސް އޭނާގެ މޫނުމަތިން ހައިރާންކަން ފިލައިގެން ނުދެއެވެ.
“މާދަމާ ހަވީރެއްނު ފްލައިޓް އިނީ…ދަރިފުޅު ބުނެވެސް ނުލާ ތިއައީ؟”ސަކީނާ ރިމޯޓް ނަގައި ޓީވީގެ އަޑު މަޑު ކޮށްލުމަށްފަހު ވާހަކަ ދެއްކިއެވެ.މަންމަގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ކައިލާންވެސް ތެދުވެ މަންމަގެ ކޮނޑުގައި ދެއަތުން ހިފައިލުމަށްފަހު ސަޕްރައިޒް އޭ ބުނެ ބައްޕައަށް ބަލައިލުމަށްފަހު އެއްލޯ މަރައިލިއެވެ.
“ހޫމްމް….އެހެންވީމަ ހަސަނަށްވެސް އިނގޭ ދޯ ކައިލާން އަންނަކަން،”ސަކީލާ ހަސަންމަނިކަށް ބަލައިލުމަށްފަހު ލޯހަނި ކޮށްލަމުން ބުނެލިއެވެ.
“އަޅުގަނޑުގެ އެދުމަކަށޭ އަޅުގަނޑު އަންނަ ޚަބަރު ބައްޕަ ސިއްރުކޮށްދިނީ….”ކައިލާން ބައްޕަގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ.
ތަބަކަށް ކޮފީިތަށިލައިގެން ގެނެސް ޖަޒްލީ ތަށި ދިއްކޮށްލީވެސް ހަމަ އެވަގުތުއެވެ.”ދެން ކާން ތައްޔާރުކުރޭ…މިހާރު ކޮފީބޯހިތް ކެނޑިއްޖެ.އަދިބުނަން…މަގޭ ދަރިފުޅަށް އެންމެ މީރު މަސްބަތް ރެއަށް ކޮންމެހެންވެސް ތައްޔާރު ކޮށްފަ، ފެށެންފުރުޓުގަ ފަނިވެސް ގިރަންވާނެ…ދެމަސްދުވަސް ކޮށްފަ އެސޮރު އެއައީ…”ދަރިފުޅު ޕޮލިސް އިންވެސްޓިގޭޝަން ކޯސް ނިންމާލާފައި ރާއްޖެ އައުމުން ސަކީނާ ހީވަނީ އުފަލުންގޮސް އެހެންފަދަ ކަމެއް ހެންނެވެ.ދޮށީ ދަރިފުޅަކީވެސް މޮޅަށް ކިޔަވައިގެންހުރި ކުއްޖެކެވެ.މަސައްކަތް ކުރަނީ އަމިއްލަ މީހެއްގެ އޮފީހެއްގައެވެ.
“މަންމާ އަޅުގަނޑުވެސް އަންނާނަން ރޫމަށްގޮސް ފެންވަރާލައިގެން”ކައިލާން ސޯފާއިން ތެދުވެ އޭނާގެ ރޫމަށް ދިޔުމަށް ސިޑިއަށް އަރަން ހިނގައި ގަންނަމުން ބުނެލިއެވެ.
“ކޯއްޗެއް….ބަލަ އެއީ ކަލޭގެ ސާހިބުމީހާއޭ….ކަލެއާއި އަހަރެމެންނާ އަރާ އަރަފޯދިގެން ނުވޭ….އުފާ ކޮށްބަލަ ތިކަހަލަ މީހަކު އެއްވެސް އަގަކާއި ނުލާ ނިދަން ތަންދީފަ،ލާން އަންނައުނު ދީގެން އަހަރެން ގެންގުޅޭ ކަމަށްވެސް…މިއަދުން ފެށިގެން މަގޭ ކައިލާންއާއި ދިމާއަށް ހަތަރުކަޅި ހަމަކޮށް ބަލައިލައިގެންވެސް ނުވާނެ…”ކައިލާންގެ ފިޔަވަޅުތަކަށް ގެއްލިފައިހުރި ޖަޒްލީއަށް އިސްދަށަށް ޖަހައިލެވުނީ ސަކީނާގެ ފަރާތުން އިވިގެންދިޔަ ވިހަގަދަ ބަސްތަކުން އޭނާގެ ނިކަމެތިކަން ހިތަށް އަރައި ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ.
*****************
ކައިލާން ފެންވަރައިގެން ނިކުމެ ތައްޔާރު ވެލައިގެން އެނދުގައި ހަމަޖެހިލިތަނާ ފޯނު ރިންގުވާން ފެށިއެވެ.ގުޅަނީ ކައިލާންގެ ދޮންބެ ރުހާންއެވެ.
“ކޮބާ ގެއަށް ދެވިއްޖެތަ؟ދޮންބެއަށް މިރޭ ގެއަށް ދެވޭނީ ތަންކޮޅެއް ދަން ވާ ފަހުން….މިއުޅެނީ ބޮސް އާއިއެކު ކްލައިންޓަކާއި ބައްދަލް ކުރަން ޕެރެޑައިސް އައިލެންޑް ރިސޯޓަށް އައިސް….ކައީ ނިދާލާ އިނގޭ…”ކައިލާން ސީޔޫ ދޮންބްސް އޭ ކިޔައި ފޯނު ކަނޑާލުމަށްފަހު ޗާޖަށް ޖަހައިލިއެވެ.އަދި ވަރަށް ބަނޑުހައި ވެފައި ހުރީމައި ރޭގަނޑުގެ ކެއުމަށް ތިރިއަށް ފޭބިއެވެ.އޭރު ހުރީ ކާމޭޒުމަތިވެސް ތައްޔާރުކޮށް ނިމިފައެވެ.ތިރިއަށް ފައިބައިގެން އައިސް ކާމޭޒު ދަށުގައި އިން ގޮނޑި ދަމާލުމަށްފަހު އިށީނދެ ހަމަޖެހިލި ކައިލާންގެ ނަޒަރުގޮސް ހުއްޓުނީ ކައްކާބައިގައި އިސްދަށަށް ޖަހާލައިގެން ހުރި އަންހެން ކުއްޖާއަށެވެ.އާދައިގެ ހަރުވާޅާއި ހެދުމުގައި ހުރި އެ އަންހެން ކުއްޖާގެ ގައިގައި ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ސާދާކަމެއް ވެއެވެ.
“އަނހާ ދަރިފުޅު ތިއައީ ދޯ….ޖަޒްލީ ކީއްވެފަތަ ތިހުރީ ކައިލާންއަށް ފަނިތައްޓެއްވެސް އަޅައިދޭން ނޭނގިފަ…”ކޮޓަރިން ނިކުތުމަށްފަހު ދޮރު ލައްޕާލުން ސަކީނާ ވާހަކަ ދެއްކިއެވެ.
“މަންމާ އަޅުގަނޑު ބުނިއްޔޭ މަންމަ ނިކުންނަންދެން މަޑުކޮށްލާށޭ..”ކައިލާން ޖަޒްލީއަަށް ބަލައިލުމަށްފަހު ބުނެލިއެވެ.އިސްދަށަށް ޖަހާލައިގެންހުރި ޖަޒްލީއަށް ކައިލާންއަށް ބަލައިލެވުނީ އޭނާގެ ދިފާޢުގައި އެ ނުދަންނަ ޒުވާނާ އެއްޗެއް ބުނަން ޖެހުނު ސަބަބެއް ނުވިސްނުމުންނެވެ.ޖަޒްލީ މަޑު ހިނގުމެއްގައި އައިސް ދެމައިންނަށް ކާތަށި ނަގައިދީ ފެށެން ފުރުޓު ފަނި އަޅައިދީފައި އެމީހުން ކައި ނިމެންދެން ކޮޓަރީގައި މަޑުކުރުމަށް ސަކީނާ އަމުރު ކުރުމުން ކޮޓަރިއަށްގޮސް ވަދެ މަޑުމަޑުން ދޮރު ލެއްޕިއެވެ.
ޖަޒްލީއާއި ދޭތެރޭ މަންމަ ބަހައްޓާ ހަރުކަށި ގޮތް ފެނުމުން ކައިލާންގެ ހިތަށް އުނދަގޫވިއެވެ.”އެއީ ކޮން ރަށެއްގެ ކުއްޖެއްތަ؟”އެންމެ ފަހުން ކައިލާން މަންމައާއި ސުވާލު ކޮށްލިއެވެ.
“އެއީ ފ.ނިލަންދޫ ކުއްޖެއް..އަޅާލާނެ އެއްވެސް މީހަކު ނެތް ނިކަމެތި ކުއްޖެއް…ގޭގެއަށް ގޮސް އެކި ކަހަލަ މަސައްކަތް ކޮށްދީގެން ލިބޭ އެއްޗަކުން ވަރަށް ހާލުގަ އުޅެނިކޮށް މަންމަ އެރަށަށް ދިޔަ ދަތުރެއްގަ އެހެރީ ގެނެސްފަ…ދެން އެވާހަކަ ދޫކޮށްލާ…ދަރިފުޅު މާދަމާ ޑިއުޓީއަށް ނިކުންނަންތަ؟ މިރޭ ހިޔެއް ނުވެ ދޮންބެވެސް އަވަހަށް އަންނާނެ ހެނެއް…ރިސޯޓަކަށް ދާ ވާހަކަ ބުނި”ސަކީނާ ކައިލާންގެ ސުވާލަށް ޖަވާބުދިނުމަށްފަހު ވާހަކަ ބަދަލު ކޮށްލިއެވެ.
***************
ދަންވަރުގެ ވަގުތެވެ.ޖަޒްލީ ފެން ބޮވައިގަނެގެން ކޮޓަރިން ނިކުތްތަނާ މީހެއްގެ ގައިގައި ލައިގަތުމުން ދެލޯ ބޮޑުކޮށްލާފައި ބަލައިލިއިރު ކުރިމަތީގައި ހުރީ ރުހާންއެވެ.އެވަގުތު ޖަޒްލީއަށް ބިރުންގޮސް މޭގައި އަޅާލެވިފައިވާ އަތް ނެގުނެވެ.ރުހާންވެސް ޖަޒްލީއަށް ހިނިތުން ވުމެއް ރައްދު ކޮށްލުމަށްފަހު މައްޗައް އަރައިގެން ގޮސް ކައިލާންގެ ރޫމް ދޮރު ހުޅުވައިލުމަށްފަހު މަޑުމަޑުން ދޮރު ލެއްޕީ ކޮއްކޮ ނިދާފައި އޮތީމައި އުނދަގޫ ނުކުރާށެވެ.އެހެންވެ އޭނާވެސް ގޮސް ރޫމަށްވަދެ ފްރެޝް ވެލައިގެން ނިދުމަށް އެނދަށް އެރިތަނާ ރޫމުގެ ދޮރުގައި ޓަކި ޖެހި އަޑަށް ދޮރުހުޅުވައިލިއިރު ކުރިމަތީގައި ފެޝެންފުރުޓުފަނިތައްޓެއް ހިފައިގެން ހުރި ޖަޒްލީ ފެނުމުން ރުހާންގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.އަދި ތަށީގައި ހިފައި ފަނިފޮދެއް ބޯލާފައި ތެންކްސް އޭ ބުނެލިއެވެ.
ޖަޒްލީ ދިޔުމުން ރުހާންވެސް ރޫމްގެ ދޮރު ލެއްޕުމަށްފަހު ގޮސް ނިދަން އެނދަށް އެރިއެވެ.ޖަޒްލީ އެންމެ ފުރަތަމަ އެގެއަށް އައި ދުވަހުން ފެށިގެން އޭނާވަނީ ރުހާންގެ ހިތުން ޖާގަ ހޯދާފައެވެ.މަންމަ ބުނެލާ ރުންކުރު ބަސްބަހުން ޖަޒްލީ ހިތުގައި ޖެހިޖެހިފައި ރޯތަން ރުހާން ވަނީ އެތައް ދުވަހަކު ދެކިފައެވެ.ކިތަންމެ ދެރަވެ ހިތްހަމަ ނުޖެހުނަސް މަންމަގެ ކުރިމަތީގައި ބަހެއް ނުބުނެވޭތޯ ބަލަނީ މަންމަގެ ގޮތް ރަނގަޅަށް އެނގޭތީއެވެ.ކިތަންމެ ކުޑަ ކަމެއްވެސް ބޮޑު ކޮށްލާނެއެވެ.އަދި އަމުދުން ގޭގައި ގެންގުޅޭ ކުއްޖެއްގެ ދިފާޢުގައި އެއްޗެއް ބުނެފިނަމަ މަންމަ ކަންތައް ގެންގޮސްދާނެ ހިސާބެއްވެސް ނޭނގޭތީއެވެ.
****************
އާދުވަހެއްްގެ ހެނދުނެވެ.ހަސަން މަނިކުގެ ދެމަފިރިން އެމީހުންގެ ކުޑަކުޑަ ޢާއިލާއާއިއެކު ހެނދުނުގެ ނާޝްތާއަށް އިންސާފު ކުރަމުން ދިޔައެވެ.އެމީހުންގެ ޢާއިލާއަކީ މާލޭގައި ދިރިއުޅެމުންދާ ތަނަވަސް އާއިލާއެކެވެ.ރުހާންއާއި ކައިލާންއަކީ ސަކީނާގެ ހިތުގެ ފިނިކަމެވެ.ދުވަސްތަކަކަށްފަހު ކައިލާން ކޯސް ނިންމާފައި އެނބުރި އައުމުން ކެއުމުގެ ތެރެއިން ތަފާތު ވާހަކަތައް ހިއްސާ ކުރެވެމުން ދިޔައެވެ.
ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖަޒްލީ ހުރީ ބަނޑުހައި ވެގެން ވާތާ ވާވަރު ވެފައެވެ.ރޭގައި އެންމެން ކައި ނިމުމުން ޖަޒްލީ ކާންދިޔައިރު ސަކީނާހުރީ ބަތްތެލި ޑަސްބިނަށް އަޅާލާފައެވެ.އެހެންވެ ނުކައި ހުރުމުގެ ސަބަބުން މޫނުމަތިން ކޮކާ ބުރާހެންވެސް ހީވެއެވެ.
އެންމެން ސައިބޮއިގެން ދިޔުމުން ޖަޒްލީ ކޮޓަރިން ނިކުމެ ސައިބުއިމަށްފަހު ތަށިތައް ނެގިއެވެ.ރުހާންއާއި ކައިލާން އޮފީހަށް ދިޔުމުން ސަކީނާވެސް ވީ ބޭރަށް ގޮސްފައެވެ.އެހެންވެ ޖަޒްލީވެސް ބަދިގެ މަސައްކަތް ނިންމާލާފައި އައިސް ކޮޓަރިތައް ސާފުކޮށް ތަރުތީބު ކުރުމަށްފަހު ކުނިކަހާ މޮޕު ލާން ފެށިއެވެ.ގޭތެރޭގެ މަސައްކަތް ނިންމާލެވުނުއިރު ހުރީ ނުވަގަޑި ބައިވެފައެވެ.އެހެންވެ އަދި މެންދުރު ކެއްކުމާއި ދޭތެރޭ ވަގުތު އޮތީމައި ޖަޒްލީ ގޮސް ސިޓިންގ ރޫމު ސޯފާގައި އިށީނދެލީ ވަރުބަލި ފިލުވައި ލުމަށެވެ.
“ހޭޕާޓް…ކޮބާ މިއަދުގެ ޕްލޭނަކީ؟އުޅޭ މިރޭ ޓްރެކަށް މަޖާ ކޮށްލަން ދާން…ހަމިއްޓޭމެން ރޭގަވެސް ދިޔަ..”ކައިލާން ގާތުގައި އިން ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ސުޖާއު ވާހަކަ ދެއްކިއެވެ.ސުޖާއުގެ ޚިޔާލަށް ތާއީދު ކުރަމުން ކައިލާން ރޭގަނޑުގެ ނުވައެއް ޖަހާއިރަށް ޓްރެކަށް ދިޔުމަށް ގަޑި ހަމަޖެއްސިއެވެ.
“އޭ ރީޝް….ކައީ ކޯސް ނިންމާލާފަ ރާއްޖެ އަތުވެއްޖެއެއްނު….މިހާރު އަދި ކުރިއަށްވުރެ މާލޯބި…”ހަނާގެ ފަރާތުން ލިބުނު ޚަބަރުން ރިޝްފާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.ކައިލާންގެ ލޯތްބަށް އޭނާ އެދިއެދި ހުންނަތާ ކިތަންމެ ދުވަހެކެވެ.ނަމަވެސް ކައިލާންގެ ފަރާތުން މާބޮޑު ޝައުޤުވެރިކަމެއް ފައުޅުކޮށްފައި ނުވާތީ މިހާތަނަށްވެސް ވާލޯބި ހާމަކުރަން ނުކެރިފައެވެ.ސްކޫލް ދައުރުއްސުރެ ދެމީހުންނަކީ ގާތް ދެ އެކުވެރިންނެވެ.ރިޝްފާ އަސްލުވެސް ހޭ ކިޔައި ދަބަހުން ފޯނު ނަގައި ކައިލާންގެ ނަމްބަރު ހޯދުމަށްފަހު ޑައިލް ކޮށްލިއެވެ.
މަގުގެ އެއްފަރާތަށް ވާގޮތަށް ސައިކަލް މަޑު ކޮށްލުމަށްފަހު ޖީބުން ފޯނު ނަގައި ކައިލާން ޔޭސް ރީޝް އޭ ބުނެލިއެވެ.އެ އަޑުގައިވާ ޖާދުވީ އަސަރަކުން އިރުކޮޅަކު ހުއްޓިފައި ހުރުމަށްފަހު ދެވަނަ ފަހަރަށް ކައިލާންގެ އަޑު ޖެހުމުން ރިޝްފާ ވާހަކަ ދެއްކިއެވެ.މާލެއައިސް އަންގާވެސް ނުލީމައި ޝަކުވާކޮށްލިއެވެ.ކައިލާންވެސް އައީ ރޭގަ ކަމަށާއި އަދި އަންގާ ނުލެވިފައެއް ނެތެއް ނޫންހޭ ބުނެލިއެވެ.އެވަގުތު އޮފީހުން ގުޅަން ފެށުމުން ރިޝްފާގާތު ފަހުން ގުޅާލާނަމޭ ކިޔައި ފޯނު ކަނޑައިލުމަށްފަހު އެ ކޯލަށް ޖަވާބުދިނެވެ.
ޖަމީލާއާއި އަނގަތަޅަން އިން ސަކީނާއަށް ދޮރާށި ހުޅުވާލާފައި ފޯނެއްގައި ހުރެގެން އެތެރެއަށް ވަދެގެން އައި ރިޝްފާ ފެނުމުން ހިނިތުންވެލިއެވެ.ރިޝްފާއަކީ ޖަމީލާގެ ހުރި ހަމައެކަނި ދަރިފުޅެވެ.އެމީހުންނަކީވެސް މާލޭގެ ޤަދަރުވެރި އާއިލާއެއް ކަމުން ސަކީނާއަށް ރިޝްފާ ވަރަަށް ކަމުދެއެވެ. އަނެއްކޮޅުން ޖަމީލާއަކީ އޭނާގެ އެންމެގާތް އެކުވެރިޔާވެސް މެއެވެ.ރިޝްފާއާއި ކައިލާންގެ ކައިވެންޏަކީ އޭނާ ވަރަށް ކުރީއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ.ނަމަވެސް އަދި އެވާހަކަ ދައްކަން އަވަސްހެން ހީވާތީ މަޑުކޮށްލައިގެން ހުރީއެވެ.ރިޝްފާ ފޯނު ނިންމާލުމަށްފަހު ސަކީނައްތާއޭ ކިޔައި ގޮވާލަމުން އައިސް ސަކީނާ ގާތު ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.ރިޝްފާވެސް ސަކީނާއާއި ދޭތެރޭ ވަރަށް ގާތްގޮތެއް ބަހައްޓައެވެ.އެއީ ކައިލާން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ.
“ސަނާ އާޔޫ އޯކޭ…..އެއީ ކޮންބައެއްތަ؟ރުހާން ކުރިމަތީގައި އޮތް ގޯޅިން ލަނބާލި ސައިކަލުގައި ތިބި ދެމީހުންނަށް ބަލަމުން ވާހަކަ ދެއްކިއެވެ.”އެ..އެ…އެއީ އަހަރެން ފަހަތުން އަޅުވާލައިގެން އުޅޭ ބައެއް…ނޭނގެ ކިހިނެތް ކަމެއް އެމީހުންނަށް އަހަރެން އިނގެނީ….އަހަރެންގެ ނަންވެސް އިނގޭ….ޒިޔާ ދޮންބެވެސް އިނގޭ…ބުނި ދޮންބެ ކައިރީ ބުނެފިއްޔާ ނިމުނިއްޔޯ..”ސަނާ ތުރުތުރު އަޅަމުން ވާހަކަ ދެއްކިއެވެ.”އެކަމަކު ދޮންބެމެން ކައިރީ ބުނެގެނެއްނު ތިކަމުން ސަލާމަތް ވެވޭނީ….މިއަދު އަހަންނަށް ނާދެވުނު ނަމަ ނޭނގެ ކަންތައް ދާނެ ހިސާބެއްވެސް…”ރުހާންވެސް ހާސްވެފައި ހުރެ ވާހަކަ ދެއްކިއެވެ.އަދި ގޮސް ސައިކަލަށް އަރައި ސްޓާޓް ކޮށްލުމަށްފަހު އަހަރެން ސަނާ ގެއަށް ލާދޭނަމޭ ސައިކަލަށް އަރާށޭ ބުނެލިއެވެ.ސައިކަލް ފަހަތަށް އަރައި ހަމަޖެހިލި ސަނާގެ މޫނުމަތީގައި ހުރި ހާސްކަން ފިލައި މަޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.އެހެން އަންހެން ކުދިންނެކޭ އެއްފަދައިން އޭނާވެސް ރުހާންފަދަ އޯގާތެރި މަޑުމައިތިރި މިޒާޖެއްގެ ބައިވެރިއަކު ލިބުމަށް އެދެއެވެ.ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ޙަޔާތުގެ އެ ހުސްކަން ފިލައިގެން ދިޔަކަމުގެ އިޙްސާސް ސަނާއަށް ކުރެވެން ފަށައިފިއެވެ. ސަނާގެ ދޮންބެ ޒިޔާދުއަކީ ރުހާންގެ ބެސްޓްފްރެންޑެވެ.އެހެންވެ ސަނާއަށް ނޭނގުނަސް ރުހާންގެ ހިތުގައި ސަނާއަށް ވަނީ ކޮއްކޮއެއްގެ ދަރަޖަ ދެވިފައެވެ.ފަނަރަ ވަރަކަށް މިނެޓަށް ދެމިގެން ދިޔަ އެ ވަގުތުކޮޅު ނިމުމަކަށް އައީ ސަނާމެން ގޭގެ ދޮރުމައްޗަށް އައިސް ރުހާން ސައިކަލް މަޑު ކޮށްލުމުންނެވެ.
ސިންކު ކައިރީގައި ރެއަށް ކައްކަން ހަނޑޫ ދޮންނަން ހުރި ޖަޒްލީއަށް ސިހިފައި ތެޅިގަނެވުނީ ފަހަތުން އޭނާގެ ބަނޑުގައި ބާރުގަދަ ދެއަތުން ވަށާލުމުންނެވެ.
***ނުނިމޭ***
29 Comments
Comments are closed.
V.nice
Thanx dear
By the way my name is Jazlee too. .2 faharah dhimaa v egothah. Heheh
Happy to know that.. Thanx dear
Alhe thee milku kohly hithey n hulhukolhu, dhe story ge vs writer tha.. adhi kiriyaa e inguny thi noor kan milku kohly hithey, liyuny? i thought aslu hulhukolhu vaahaka kee iru thee ehn noor ehkamah?? N kithah id in liyan noor? Mi author name ah fihthaaa leema nufene hulhukolhu vaahaka eh?
I meam hulhukolhu vaahaka ekkonneh*
Hulhukolhu liyanee ehn noor eh.. balaba name.. hulhukolhu liyaa noor ge N innaany simple koh.. no noor ge innaany capital koh.. Kurin hulhukolhu liyaa noor ves bunefa inennu Ehn noor eh ves mi site ga ebaulheyey dhw.. Aee 2 noor eh..
mi noor*
But hulhu kolhu ge 15 vana part feney Noor mi namah click kuryma
Noor bunefa inehnu aee olhumekey
Thanx All.. Hulhukolhu vaahaka liyuny alhugandeh noon.
Alhe noor ge story eh anehkaa vs..varah reethi vaane hen heevany mi story vs hama ehen story thah gothah..
Will try to bring a good story.. Thanx dear
Vareh ge sakeena ekey dhw pis pis..mi vaahakai ga ulhey sakeena ge nan ivey irah vs jumaa ge temp high vey.adhi fahun sakeena ge bai anna irah kihaavareh vaane baa eyy hithah araa..haha
Haha.. Asluves dhw.. Anyways thanx dear.
V nice story
Thanx dear
Thi name kiyaafa ves mulhi hashigandah lolhun araafi? vaahaka varah reethi???
Awwh.. Thanx dear
hey noor kobaa kihineh? comment nukohliyass noorge story thah kiyan ingey mi story vess v reethivaanehen hevay well done dear??????knmedhuvahakuvess up kohla dhehchey ??mihaaru kuriaa balaafa v molhey bunevayny vaahaka geness dheyleh out standing??????lvu??????
Alhamdhulillaahi.. N Hws u dear.. Missed my lovely readers. I can’t promise to bring the story daily as now a days little bit busy. Ehenve ehaa bodu break eh negyves.. But hama vaahaka liyaa hithun anekkaaves mi liyan feshy.. Will try to publish 3 days per week..
Thanx dear.
Varah reethi vaane hen heevey
Thanx dear
Vrh vrh reethi vaanehen heevey…konmeh dhuvahaku up kohdheh chey
Thanx dear.. Can’t promise.. But will try to publish on
Monday
Wednesday and
Saturday
Kailaan is my fav name.
Aslu varah reethi name eh dhw
my story ga ulheyne kailaan.. but eiee dhonbe e story ga.. ahah
Hehe.