ދަތުރު ނިމިގެން އެދިޔައީ އޭނާގެ ހިތްވެސް އޮޔާލާފައެވެ.މިހާރު އެހިތަކަށް އޭނާގެ ކުޑަނަމަވެސް ބާރެއް ނުފޯރައެވެ. ހެދުން ކަނޑަން އިން ހުސްނާއަށް ދަރިފުޅު އައިސް ގެއަށްވަތްތަން ފެނުމާއިއެކު، ކަނޑަން އިން ހެދުން އެއްފަރާތް ކޮށްލާފައި، ދަރިފުޅު ފަހަތުން ގޮސް ކޮޓަރިއަށްވެނެވެ. އަދި ވަރަށް ލޯބިން ދަރިފުޅަށް އެންމެ މީރު މަސްބަތް ކައްކާފައި ހުންނާނޭ ބުންޏެވެ. ޝަނާޔާވެސް ފާޚާނައަށްވަދެ ފްރެޝް ވެލައިގެން މެންދުރުގެ ކެއުމަށްޓަކައި، މަންމަ ގޮވައިގެން ގޮސް ކާކޮޓަރިއަށް ވަނެވެ.އެއީ މަންމަވެސް ހުންނާނީ ޝަނާޔާގެ އިންތިޒާރުގައި ނުކައިކަން އެނގޭތީއެވެ. […]
އެގޮތުގައި ފަނަރަ ވަރަކަށް މިނެޓް އިނުމަށްފަހު ޕާޓީއަށް އަނބުރާ ދިޔުމަށްޓަކައި ތެދުވެ ފައިވާނަށް އަރައިގެން ހިނގައިގަތެވެ.ޝަނާޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ލޯބިވެތި ފިރިހެން އަޑަކުން އޭނައަށް ގޮވާލުމުންނެވެ. ޝަނާޔާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ.ބޭއިޚްތިޔާރުގައި ފަހަތަށް އެނބުރި ބަލައިލެވުނެވެ.ކުރިމަތީގައި ހިނިތުން ވެލައިގެންހުރި ޒުވާނާއަކީ ޝަނާޔާ މީގެ ކުރިން ދެކިފައިނުވާފަދަ ރީތި ޒުވާނެކެވެ.އިސްކޮޅުން ދިގު،ހަމުގެ ކުލައަލި ވެފައި،ފިރިހެންވަންތަ ހަށިގަނޑެކެވެ.އެ މޫނުމަތީގައި އެވަނީ އަޖައިބެއްފަދަ ވިދުވަރެކެވެ.އެ ފެހި ވާދީއެއްފަދަ ލޮލުގައި އެވާ ޖާދޫއަކުން އާޝޯހުވާވަރު ވެއެވެ.ޝަނާޔާގެ ދުލުން ބަހެއް ބޭރުނުވިތާ، […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝަނާޔާ އޮތީ ފުން ނިންޖަކަށް ގެނބިފައެވެ.ކޮޓަރި ތެރޭގައިވަނީ ހަމަހިމޭން ކަމެވެ.ބަލާލަން ރީތި މާބޮޑުނޫން އެ ހިތްގައިމު ކޮޓަރި ތެރެ ދިއްލިފައިވަނީ ނިދާބޮކީގެ ފަނޑު ނޫކުލައިންނެވެ.ޝަބާޔާއަކީ ހަމުގެ ކުލަ އަލި، ބަލާލި ކޮންމެ މީހެއްގެ ހިތަށް އަސަރުކުރުވާފަދަ ރީތިކަމެއް ޤުދުރަތުން ލިބިފައިވާ ރީތި ކުއްޖެކެވެ.އެ ދޮން، އޮމާން މޫނުމަތީގައި ވަނީ މަޢުސޫމް ކަމެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ޝަނާޔާއަށް ހޭލެވުނީ ފޯނު އެލާމްގެ އަޑަށެވެ. ޢަވަސް އަވަހަށް ގަޑި ބަލައިލިއިރު ހަތެއްޖަހާ ދިހަ މިނެޓް […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ޝަނާޔާ އޮތީ ފުންނިންޖަކަށް ގެނބިފައެވެ. ކޮޓަރިތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. ބަލާލަން ރީތި މާބޮޑުނޫން އެހިތްގައިމު ކޮޓަރިތެރެ ދިއްލިފައިވަނީ ނިދާބޮކީގެ ފަނޑު ނޫކުލައިންނެވެ. ޝަނާޔާއަކީ ހަމުގެ ކުލަ އަލި ބަލާލިކޮންމެ މީހެއްގެ ހިތަށް އަސަރުކުރުވާފަދަ ރީތިކަމެއް ޤުދުރަތުން ލިބިފައިވާ ރީތި ކުއްޖެކެވެ.އެ ދޮން އޮމާން މޫނުމަތީގައިވަނީ މައުސޫމް ކަމެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ޝަނާޔާއަށް ހޭލެވުނީ………