Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ 15

Ninnu Level 210 Stories
October 6, 2018 3 Mins Read
15 Comments

އައްރާދަށް ހަނދާނެ ގޮތެއް ނޭނބުނެވެ. ޔަލާ ދުރުކޮށްލާފައި ވަގުތުން ރުހާނީގެ އަތުގައި ހިފައި ގަޔާއި ކައިރިކޮއްލިއެވެ. ނަމަވެސް ހުއްޓުން އަރާފައިއިން ރުހާނީ އިސްޖަހާލިއެވެ.

“އަހަރެން ނުދާނަން ރާދު ކައިރިންނެއް…. އަބަދުވެސް އަންނާނަން.. ކަލޭ ހަނދާން ކުރާތި…” ޔަލާ ނުބައި ފާޑަަކަށް ހީގަންނަމުން އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އައްރާދު ރުހާނީ ގެނެސް މޭޒުކައިރީގައި ބަހައްޓާފައި މޫނުގައި އަތް އަޅާލިއެވެ. ރުހާނީއަށް އައްރާދުގެ އަމަލުތައް ހުރި ގޮތުން މިފަހަރު އައްރާދު  ކަމެއް ނުކުރާކަން އެނގުނެވެ. އަދި ހިތްހަމަ ޖެހުމުން ވަގުތުން ހިނިތުންވެލިއެވެ. އެތަން ފެނުނު އައްރާދު އަނގައަށް ގޮތެއް ހަދާލިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރުހާނީގެ ކުއްލިއަކަށް އެހެން ހަދާލުމުން ހާސް ނުވާނީ ކާކު ހެއްޔެވެ. އައްރާދު ދެކޮޅަށް ހިނގަން ހުރީ ރުހާނީގެ މޫނަށް ބަލަމުންނެވެ. ވަގުތުން ހުއްޓިފައި ގޮނޑިއެއް ކައިރީގައި ބަހައްޓަމުން އިށީނެވެ.

“އާންޓް ޔު އެންގްރީ؟” އައްރާދު އެހެން އަހާލަމުން ކުޑަކުޑަ އާރާގެ ކޮލުގައި ޝަހާދަ އިނގިލި ހާކާލިއެވެ. އަދި އާރާގެ ގައި ހޫނުހެން ހީވުމުން އަތް ތިރިކޮއްލިއެވެ.

“ޔެޕް..” ރުހާނީ ކުރިއަށްވުރެ ބޮޑަށް ހީލަމުން ބުނެލިއެވެ. އަދި ވާނުވާ ނޭނގިހުރި އައްރާދުގެ މޫނަށް ބަލާލަމުން ހީލިއެވެ.

“ރާދު އަނެއްހެން ގޯސްކޮށް ކަމެއް ކޮއްފިއްޔާ އެހެން މީހުން ދެކެ ރުޅިއައިސްފަ ހުންނާނީ… ޑޯންޓް ވޮރީ..” ރުހާނީ އެހެން ބުނުމުން އައްރާދަށްވެސް އެކަން ވިސްނުނެވެ. ރުހާނީއަށް އޭނާ ދަސްވެފައިވާ މިންވަރު އެނގުމުން އުފާވެސް ވިއެވެ.

“ރޫހީ އަހަންނަށް ހީވަނީ އާރާ ހުން އައިސްފަ ހެން…” ރުހާނީ ވަގުތުން އާރާގެ ބޮލުގަޔާއި ނިއްކުރީގައި އަތް ޖައްސާލިއެެވެ. އަދި ބޯޖަހާލިއެވެ.

“ހޮސްޕިޓަލުން މިއައީވެސް.. މަންމައާއި ބައްޕަގެ ލޭގެ ޓެސްޓެއް ހަދަން ޖެހުނީމަ..” އައްރާދަށް ރުހާނީ އަތުގައި ހުރި ބޭސްސިޓީތައް ދައްކާލުމުން އައްރާދު މަޑު ކޮއްލާށޭ ބުނެފައި އެތެރެއަށްވަދެ ފެންވަރާ ރީތި ވެލައިގެން ނިކުމެއްޖެއެވެ. ރުހާނީ އެހުރިހާއިރު އިނީ  އެއެޕާރޓްމެންޓް ތެރެއަށް  ބަލާށެވެ. އެތަނުގައި ހިނގައިދިޔައީ އޭނާގެ ދިރިއުޅުމުގެ ކިތައް ކަންތައް ހެއްޔެވެ.

“ރޫހީ މިގެއަށް އަންނަން ބޭނުންވީތަ؟ ތިވަރަށް ތިބަލަނީ..” ރީތި ވެެގެން ނިކުތް އައްރާދު ރުހާނީ އެކި ތަންތަނަށް ބަލާތަން ފެނުމުން ބުނެލިއެވެ.

“ހިނގާދާން..” އައްރާދު ކުރި ސުވާލަށް ޖަވާބު ނުދީ ރުހާނީ ވާހަކަ ބަދަލު ކޮއްލިއެވެ. އަދި ދެމީހުން އެކީގައި ނިކުމެގެން ދިޔައީ ހޮސްޕިޓަލަށެވެ.

ދެމީހުން އެކުގައި ގޮސް އާރާ ޑޮކްޓަރަށް ދައްކައި ކަންތައް ކޮއްފައި އައީ ރުހާނީ މެންގެއަށެވެ. މިއަދު އައްރާދު އައުމުންނެއް ރުހާނީ ރުޅިއެއް ނާދެއެވެ. ގޭތެރޭގައި ހުރި ރައްޔާންވެސް އެމަންޒަރު ފެނުމުން ރުޅި އަންނަ ކަމަށް ހެދުނަސް ހަޤީޤަތުގައި ހުރީ އުފަލުންނެވެ. އާރާ ރުހާނީ ކައިރިއަށް ނައުމުން އައްރާދު އާރާ ގޮވައިގެން އެނދުގައި އޮށޯތީއެވެ. ދެމީހުނަށްވެސް ނިދުނު އިރެއް ނޭނގެއެވެ. ކޮޓަރިއަށް ވަން ރުހާނީއަށް އައްރާދުގެ މޭމަތީގައި ނިދާފައި އޮތް އާރާ ފެނުމުން ހީލިއެވެ. އަދި މިހުރިހާ ދުވަހު ވީ ކަންތަކާއި މެދު ވިސްނާލިއެވެ. އޭނާ އައްރާދުއަށް އިތުރު ފުރުސަތެއް ދޭންވީ ހެއްޔެވެ؟

ނިދިފައި އޮތް އައްރާދުއަށް ހޭލެވުނީ ފިނިވާން ފެށުމުންނެވެ. އޭނާ މަޑުމަޑުން ތެދުވެ އާރާ އެނދުގައި ބާއްވާފައި އިށީނދެލިއެވެ. އޭރު ރުހާނި ތަންކޮޅެއް ދުރުގައި އައްރާދުގެ ހަރަކާތް ތަކަށް ބަލަން ހުއްޓެވެ. ބާރުބާރަށް ތެޅެމުންދިޔަ ރުހާނީގެ ހިތް މައިތިރި ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އައްރާދު އިށީންނަމުން ބަލާލީ ކުރިމަތީގައި ހުރި ރުހާނީއަށެވެ. އަދި ހީލަމުން ބުމަ އަރުވާލީ ކަމެއްވީތޯ އަހާލާ ފަދަގޮތަކަށެވެ. ނަމަވެސް ރުހާނީ ހީވެސް ނުލައި އިނީއެވެ.  އައްރާދު ހީކުރަމުން ދިޔައީ އެގޭގައި ނިދުނީމަ ރުހާނީ ރުޅިއައީ ކަމުގައެވެ. ތެދުވެގެން ދޮރާއި ދިމާއަށް އައްރާދު ހިނގައިގަތީ ރުހާނީ އެއްވެސް އެއްޗެކޭ ނުބުނު މުންނެވެ.

“ޔޫ ޕްރޮމިސް ދެޓް ޔޫ ވޮންޓް ލީވް މީ…” ކުއްލިއަކަށް ފަހަތުން ރުހާނީގެ އަޑު އިވުމުން އައްރާދު ބަލާލިއެވެ. އަދި އެދިމާއަށް އެނބުރެމުން ބޯޖަހާލިއެވެ.

“ޕްރޮމިސް ދެޓް ޔޫ ވޮންޓް ހާރޓް މީ…” އަޑު ކުރެހުނު ރުހާނީ ކައިރިއަށް ދާން ފުރަތަމަ ފިޔަވަޅު އައްރާދު އަޅާލިއެވެ. ނަމަވެސް އޭނާ ލަސްލަހުން ދިޔައީ ރުހާނީ އިތުރަށް ވާހަކަ ދައްކާނެ ކަން އިނގޭތީއެވެ.

“ޕްރޮމިސް ޓް ބީ މައިން…” ލޮލުން ފޭދުނު ފުރަތަމަ ކަރުން ތިއްކާއެކު އައްރާދު އޭނާގެ އަތް ޖޯޑުކޮއްލަމުން ރުހާނިގެ މޫނުގައި ހިފާލިއެވެ. އަދި ރުހާނީގެ ނިތުގައި ތުންފަތް ޖައްސާލިއެވެ.

“ޕްރޮމިސް…” މަޑުމަޑުން އެހެން ބުނެލި އައްރާދު ރުހާނީގެ ތުންފަތިގައި އިންގިލި ޖައްސާލިއެވެ. އަދި އެދެމެދުގައިވި ދުރުމިން ނެތިކޮއްލިއެވެ. އެހައި ދުވަސް ފަހުންވެސް އެދެމެދަށް ދުރުމިނެއް ނާދެއޭ އައްރާދު ހިތަށް އެރިއެވެ.

“އަބަދުވެސް ރޫހީ ކައިރީގަ ވާނަން… ރޫހީ ދޫކޮއްފަ އެއްވެސް ތަނަކަށް ނުދާނަން… ބަޓް…”

“ބަޓް.. ވަޓް…” އައްރާދު ބަޓްއޭ ބުނުމުން ރުހާނީ ދެލޯ އަޅާލަމުން އެހެން އަހާލިއެވެ. އަދި އައްރާދުގެ ޖަވާބަކަށް އިންތިޒާރު ކޮއްލިއެވެ.

“ޔަލާގެ އުނދަގޫ ޖެހިދާނެ…” އައްރާދު ހާމަކުރީ ހަޤީޤަތެވެ. ބައެއް އަންހެނުންނަކީ ވަރަށް ހަޔާތްކުޑަ ބައެކެވެ. ފިރިހެނަކު ކިތަންމެ ދުރުގައި ހުންނަން ބޭނުންވިއަސް ފާޑުފާޑުގެ ބޭކާރު ވާހަކަ ދައްކައިގެން އެމީހާއަށް އުދަނގޫ ޖައްސާނެއެވެ. އައްރާދު ކިތަންމެ ރަނގަޅަށް އުޅުނު ކަމުގައި ވިއަސް ޔަލާ އައިސް އެދެމެދަށް ވަދެދާނެއެވެ.

“ރާދު ދާނަންތަދެން… އަހަރުމެން ދޫކޮށްފަ…” ރުހާނީ އެހެން އަހާލަމުން އައްރާދުގެ މެދުހަށީގައި ބައްދާލިއެވެ. އަދި އެމޭގައި މޫނު ފޮރުވާލަމުން ބަލާލީ އެނދުގައި ނިދިފައި އޮތް އާރާއަށެވެ.

“ރޫހީ އަހަންނަށް އިތުބާރު ކުރާހާ ހިނދަކު އަހަރެން ނުދާނަން…” ބުމަ އަރުވާލަމުން އެހެންބުނެލި އައްރާދު ރުހާނީގެ ބޮލުގައި ފިރުމާލަމުން ތުންފަތް ޖައްސާލިއެވެ.

“ތިކަން ވެދާނެ…” ރުހާނީ އިސްއުފުލާލަމުން އައްރާދު މޫނަށް ބަލާލިއެވެ. އަދި ހީލިއެވެ. އެއާއެކު އެކޮލަށް އެޅިގެން ދިޔަ އަޑިކޮޅު ފުރިހަމަކަމުން އައްރާދު ދެލޯ ބޮޑުވިއެވެ. އެންމެ ފުރަތަމަ ދުވަހުވެސް އައްރާދުގެ ހިތް ލެނބުނީ އެހިނިތުން ވުމަށެވެ. އައްރާދުވެސް ހިނިތުންވަމުން ރުހާނީގެ ލޮލުގައި އޭނާގެ އަތް އަޅާލިއެވެ. އަދި އެތުންފަތުގައި ތުންފަތް ޖައްސާލިއެވެ.

ރުހާނީއާއި އައްރާދު ހީލަމުން އައިސް އެނދުގައި އިށީނެވެ. އަދި ނިދިފައި އޮތް އާރާއަށް ބަލާލަމުން ދެމީހުންވެސް ބަލާލީ އެކަކު އަނެކަކުގެ މޫނަށެވެ. އެދެމީހުންގެ ދިރިއުޅުމުގައި ދިމާވީ ބަޔަކުގެ ގޯސްކަމުން ދިމާވި ކަންތައް ތަކެކެވެ. ދެމީހުނަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން ވީ ކަންތަކެކެވެ. އައްރާދުއަށް މާތްﷲއަށް ހަމްދުކުރީ އަލުން ރުހާނީ އޭނާއަށް ފުރުސަތެއް ދިނީމައެވެ. އޭނާ އެފުރުސަތުގެ ބޭނުން ހިފާނެއެވެ. ދެން އޭނާގެ އަތުން ރުހާނީ ބީވިޔަކަ ނުދޭނެއެވެ. އަބަދުވެސް ރުހާނީގެ ކައިރީގައި ވާނެއެވެ. އަބަދުވެސް އެނާގެ ދަރިފުޅަށް ބައްޕަގެ ހިމާޔަތް ދޭނެއެވެ. އެއީ އޭނާގެ އުއްމީދެވެ. އަބަދުވެސް ރުހާނީ ކައިރީގައި ވުމެވެ.

ނިމުނީ

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ދުޢާ 23

Next

ހޯދޭތޯ މަންޒިލެއް… 1

Next
October 6, 2018

ހޯދޭތޯ މަންޒިލެއް… 1

Previews
October 6, 2018

ދުޢާ 23

15 Comments!

  1. IRIS says:
    October 6, 2018 at 8:23 pm

    YAY ME FIRST DHOOO!!WAITING FOR NEXT PART

  2. Blue? says:
    October 6, 2018 at 8:28 pm

    Nimunee oo

  3. IRIS says:
    October 6, 2018 at 8:29 pm

    SORRY I DIDNT SEE IT WAS FINISH

  4. Xilaa says:
    October 6, 2018 at 8:37 pm

    Vvv nice ???

  5. Zaa says:
    October 6, 2018 at 8:38 pm

    Vrh reethi… I like this story… Gina vaahaka thakuga hen haasaru dhigukhgen nudhamma nimmrlyma.. Vrh reethi… Ekm dhe family ekh vaguthu kolheh genes dhinnama vrh furihama vys… Mi goi vx vrh reethi.. Ma Sha Allah. Ninnu ge aa vaahaka akah inthizaar kuran..

    1. Ninnu says:
      October 6, 2018 at 11:09 pm

      Thank you. My new story is already uploaded ☺️

  6. ??? says:
    October 6, 2018 at 8:39 pm

    Haadha kureyyyyyy vvv rythi???

  7. Fiu says:
    October 6, 2018 at 9:21 pm

    Vvvvvvvv reethi….ruhaniya goe goe hadalima..haada avahaka aradu a maafu kuri…sakara nimun…?i feel sry

  8. liyaa says:
    October 6, 2018 at 10:09 pm

    v v v reethi vaahaka love ☺???????????

  9. Haapy✌️? says:
    October 6, 2018 at 10:44 pm

    Alhe nimunytha? Koba sharuvaan ge hageegaih. ?????????

  10. Ninnu says:
    October 6, 2018 at 11:10 pm

    Thank you all for your love and comments. ❤️?

  11. raadhu and ruhy ge well wisher ninnu dheke loabivaa meeheh says:
    October 7, 2018 at 1:01 pm

    ninmaalytha varah dhera vejje avahah season 2 fashaaba sharuvaan aa yaala ge undhagulun fashigen getu dhw new twists

  12. ninnu dheke loabivaa meeheh says:
    October 7, 2018 at 1:01 pm

    ninmaalytha varah dhera vejje avahah season 2 fashaaba sharuvaan aa yaala ge undhagulun fashigen getu dhw new twists

  13. Shammi Butterphlai says:
    October 9, 2018 at 4:43 pm

    Aminath Rishfa

  14. ## says:
    March 31, 2019 at 8:09 am

    Alhey nimuny tha varah dhera veje season 2 fashaaba

Comments are closed.


All Right Reserved!