Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެނުގެ ރާނީ 1

Ninnu Level 210 Stories
October 6, 2018 6 Mins Read
13 Comments

22 ޑިސެމްބަރ 2002

މ.މާފަންނު ސަހަރާގެ ކަންމަތީގައި ހުރި ފެހިކުލައިގެ ގޭ ކައިރިން ޕޮލިހުންގެ ކާރުގެ ބަރުގޮނުގެ އަޑު އިވޭލެއް ވަރަށް ބާރެވެ. މީހުންގަނޑުވެސް އެދިމާ މަގުމަތީގައި އިށީނދެގެން ތިބިއިރު އަންހެނުންގެ އުނގުގައި ކުޑަކުދިންވެސް  ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ބިރުވެރިކަމެވެ. ދުރުގައި ހުރި  ކާރަކުން ފައިބައިގެން އައި ފިރިހެންމީހާގެ މޫނު ގައިވީ ނުތަނަވަސް ކަމެވެ. ޕޮލިސް ޔުނިފޯރމު ލައިގެން ހުރި އެމީހާގެ އިސްތަށިގަނޑުހުރީ ކުރުކޮށް ކޮށާލައިފައެވެ. މިހައި ބޮޑުކަމެއް ރާއްޖޭގައި ހިނގިމީ ފުރަތަމަ ފަހަރެވެ. މިއަދު ހެނދުނުން ފެށިގެން މުނި ރާއްޖޭގައިހެން ދެކެވެމުން އައީ އެވާހަކައެވެ. ބޮލުގައި ހުރި ތޮފި ނަގައި ކިހިލިފަތް ދަށަށް ޖަހައިގެން އޭނާ ވަދެގެން  އައީ ވަރަށް ހަރުކޮށެވެ. ބަލާބެލުމަށްވެސް އެއީ ޕޮލިހުގެ މަތީ މަޤާމެއްގައި ހުރި މީހެއްކަން އެނގެއެވެ.

މ.ފަށުއިވިލާގެ ދޮރު ހުޅުވާލުމާއެކު މުނި ތަނަށް ފެތުރިގެން ދިޔައީ މުޅަކުނި ވަހެވެ. އެތެރެއަށް ވަންމީހާ ވަގުތުން ނޭފަތުގައި އަތް އަޅާލިއެވެ. ވަކި ހިސާބަކުން ދެވުނުތަނާއި ފައި ކައްސާލާ ގޮތް ވުމުން އެމީހާ ފައިދަށަށް ބަލާލިއެވެ. ގޭގެ ޓައިލްސް މަތީގައި ރަތްކުލައިގެން ސާލެއް ލެވިފައި އޮތީ ހުސްލެޔެވެ.

“އައްސަލާމް އަލައިކުމް ސަރ..” ދުރުގައި ހުރި ދެޕޮލިހުން ނިޝާން ފެނުމުން އަވަހަށް ސަލާމް ގޮވައިލިއެވެ. ނަމަވެސް ނިޝާންގެ މޫނުމަތިން އެއްވެސް ހަމަޖެހުމެއް ފެންނާކަށް ނެތެވެ. ފެންނާނީވެސް ކިހިނަކުން ހެއްޔެވެ.

ނިޝާންގެ މަޑުމަޑުން ހިގާފައި އައިސް ބަލާލީ ސޯފާތަކުުގެ ފުރަގަހުން ފެންނަން އޮތް އަތަށެވެ. އޭނާ ދުއާ ކުރަމުން ދިޔައީ އޭނާގެ ހިތަށް އަރަމުން ދިޔަ ގޮތަށް ނުވޭތޯއެވެ. ތެޅެމުންދިޔަ ހިތާއެކު ނިޝާންއައިސް ހުއްޓުނު ގޮތަށް ދެލޯމަރާލިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިހާ ރަހުމު ކުޑަ އިންސާނުންވެސް އުޅޭބާވައެވެ. ކުރިމަތިން ފެންނަމުން ދިޔަ ކަންތައް ދޮގަކަށް ވާނެ ނަމައޭ ހިތަށް އަރަމުންދިޔަ ނިޝާންގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

“ސަރއަށް އެނގިލައްވާތޯ އެއަންހެން މީހާ..” ދުރުގައިހުރި އަޝްރަފު އެހެން ބުނުމުން ނިޝާން ބޯ ޖަހާލިއެވެ.

“ތަޝްކީލް.. ކުރިން އަޅުގަނޑު ކައިވެނި ކުރަން ހަމަޖެހިފައި އޮތް ފަރާތް..” ތަޝްކީލްގެ ފުރާނަނެތް މަސްގަނޑަށް ބަލާލަމުން ނިޝާން ބުނެލިއެވެ. ދެލޯ ބޮޑުކޮއްލައިގެން އޮތް ތަޝްކީލް ހީވަނީ އޭނާ މަރާލި މީހާއަށް ބަލަހައްޓައިގެން އޮތް ހެންނެވެ. އިސްތަށިގަނޑު ހޭވިފައި އޮތްއިރު މޫނުންވެސް ފެންނަމުން ދިޔައީ ބިރުގަނެފައިވާ މިންވަރެވެ. އެދޮންދޮން ހަށިގަނޑު އިތުރަށް ހުދުވެފައިވަނީ ހަށިގަނޑުން ފައިބައިފައިވާ ލޭގެ ސަބަބުންނެވެ. އަރިއަކަށް އޮތްއިރު ތަޝްކީލްގެ ލޯ ސީދާ ވެފައިވަނީ ކުރިމަތިން ފެންނަން ހުރި ކޮޓަރީގެ ހުޅުވިފައިވާ އަލަމާރި އަކާއި ދިމާލަށެވެ. އެއަށްވުރެ ބޮޑަށް ނިޝާން ހިތްދަތިވީ ތަޝްކީލްގެ މެދުހަށީގައި ބައްދާލެވިފައި ކުޑަ އަންހެން ކުއްޖާ ފެނުމުންނެވެ.  އެގޭގެ ސިޓިންރޫމް އެއްކޮށްހެން އޮތީ އެދެމައިންގެ ގައިން ފައިބާފައިވާ ލެއެވެ. ތަޝްކީލްވެސް އަތްވެސްވަނީ އެކުޑަ އަންހެން ކުއްޖާގެ ގައި ވަށާލެވިފައެވެ.

ނިޝާންގެ ލޮލުން އެއްވެސް އިހުތިޔާރެއްނެތި ފުރަތަމަ ކަރުނަތިކި ވެއްޓުމުން އޭނާ އަނެއްފަރާތަށް އެނބުރުނެވެ. އަދި ހިތްވަރު ކޮއްފައި އަނެއްކާވެސް ބަލާލިއެވެ. ތަޝްކީލްގެ ކަރުގެ އެއްފަރާތުން އަނެއް ފަރާތަށް ވަޅިއަޅުވާފައި ގޮތުން އެއީ އޭނާދެކެ އިންތިހާ ނަފްރަތު ކުރާ މީހެއްކަން ކޮއްފައިވާ ކަމެއްކަން އެނގެއެވެ. ކަރުގެ އަރި މައްޗާއި ހިތާއި ދިމާލުންވެސް އެތަށް ފަހަރު ވަޅި ޖަހާފައި ވެއެވެ. ހަރުއަރާފައިވާ ދެމައިން ވަކި ކުރަން ޕޮލިހުން މަސައްކަތް ކުރަމުން ދިޔައެވެ. އެކުޑަ ކުއްޖާ ނައްޓާ ލެވުމާއެކު އެންމެންގެ ލޮލަށްވެސް ކަރުނަ ޖަމާވެގެން ދިޔައެވެ. އެކުޑަ ދެއަތާއި ދެފައިގެ ފަސްތަނުގައި ވަޅިއަޅުވާފައި ހުއްޓެވެ. އަދި އެކުއްޖާގެ ކަރު އެއްކޮށްހެން ވަކިވެފައޭ ބުނުމުންވެސް ދޮގަކަށް ނުވާނެއެވެ. ވަރަށް ބަލައިގެން ދެމައިން ދުރުގައި ބާއްވާާފައި ދެންތިބި މީހުން ބަލާލިއެެވެ. ނިޝާން ސިހުނީ ކުޑަ އަންހެންކުއްޖާގެ ލޮލުގެ ކަޅި ފެނުމުންނެވެ. ފެހިކުލައިގެ އެރީތި ކަޅި ފެނުމުން ވަގުތުން ނިޝާންއަށް މާޝާﷲ އޭ ބުނެވުނެވެ. ތަޝްކީލްގެ ރީތިކަން ލިބިފައިވި ކުއްޖެކެވެ. ނަމަވެސް އެކުއްޖާގެ ހުދުކަޅިއަށްވެސް ހުރީ ލޭއަރާފައެވެ.  އެތަނުގައި އެވަގުތު މަސައްކަތް ކުރަމުން ދިޔަ އެއްވެސް މީހަކު ނޭވާވެސް ނުލާކަހަލައެވެ. ނިޝާންއަށް ބުނާނެ އެއްޗެއްވެސް ވިސްނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނާގެ ހަޔާތުގައިވެސް އަދި ރާއްޖޭގައިވެސް މިކަހަލަ ރަހުމްކުޑަ ޤަތުލް އާއްމެއް ނުހިންގައެވެ.

ތަޝްކީލްއަރިއަކަށް އޮތްއިރު ޝަހާދަ އިނދިލިވަނީ ތުންފަތުގައި ޖެހިފައެވެ. ޓައިލްސްމަތީގައި އަތްއޮތްއިރު ހީވަނީ ކުޑަކުދިން ކައިރީގައި ވާހަކަ ނުދައްކާށޭ އަޑު ނުލައްވާށޭ ބުނާ އުސޫލުން ޝަހާދަ އިނގި ނަގާފައިވާހެންނެވެ. ނިޝާންއަށް ވަގުތުން އެކަން ނަގައިގަނެވުނެވެ. ނިޝާން އަމިއްލަ އިހުސާސްތައް އެއްފަރާތް ކޮއްލުމަށްފަހު ތަޝްކީލްގެ ލޯ އަމާޒުވެފައިވާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމަށްފަހު ނިޝާން ހުއްޓިލީ ހުޅުވާފައިވާ އަލަމާރިއެއް ކައިރީގައެވެ. ތަޝްކީލްގެ ނަޒަރު ހުއްޓިފައިވާނީ އެދިމާލަށެވެ. ނަމަވެސް ނިޝާން ހައިރާންވީ އެއަލަމާރީގެ އެއްވެސް ހެދުމެއް އެއްޗެއް އަޅުވާފައި ނެތުމުންނެވެ. އަދި އަލާމާރީގެ ކައިރީގައި އިށީންނަމުން ޓައިލްސްމަތީގައި މަތީގައި މޫނު ޖައްސާލަމުން ތަޝްކީލްގެ ފުރާނަނެތް ހަށިގަނޑަށް ބަލާލިއެވެ. އަދި އަނެއްފަރާތަށް އެނބުރި އަލަމާރިއާއި ދިމާލަށް  ބަލާލިއެވެ. އަލަމާރީގެ ތިރިން ހުރީ ކުދިލޯވަޅުތަކެއް އަޅާފައެވެ.  ނިޝާން އެލޯވަޅުތަކާއި ކައިރިވެލާފައި އެތެރެ ބަލާލިއެވެ. ވަގުތުން އެތަނުގެ އެތެރެއިން އެއްޗެއް ވެއްޓުނު އަޑުއިވުނެވެ. ސިހުނު ވަރުން ނިޝާން ވަގުތުން ކޮޅަށް ތެދުވެއްޖެއެވެ.

އެންމެން އެކަކު އަނެކަކަށް ބަލާލީ ބިރުންނެވެ. އެތަނުން އެމީހުންނަށް ފެންނަ ހިސާބުން އެއްވެސް އެއްޗެއް ނުވެއްޓެއެވެ. ނިޝާން އަތުން އެންމެނަށް ސަމާލުވާން އަންގާލިއެވެ. މިވަގުތު އެކަންކުރިމީހާ އެވަގުތުގައި އެތަނުގައި ފިލައި ހުރުން އެކަށީގެން ވެއެވެ. ނިޝާން މަޑުމަޑުން އަނެއްފަރާތުގައި ފައި އަޅާލަމުން ގައިގައި ހުރި ބާރެއް ލާފައި އަލާމާރީގައި ހިފައި އަނެއްފަރާތަށް ކޮއްޕާލިއެވެ. ނަސީބަކުން ލުއިލުއިކޮށް ހަދާފައިވާ އަލަމާރިއެކެވެ. އަލަމާރި ކަހާލުމާއެކު އެތަނުން ލިފްޓް ގޮޅިއެއްވަރުގެ ތަންކޮޅެއް ފެނުނެވެ. އަނދިރު ކަމުން ތަނެއް ދޮރެއްވެސް ނޭނގެއެވެ. އެންމެން އައިސް އެތަނާއި ކައިރިވުމާއެކު އަނެއްކާވެސް އެތަނުން އެއްޗެއް ވެއްޓުނެވެ. ނިޝާން އިޝާރާތް ކޮއްލުމުން އެތަނުން އެކަކު ބޭރަށް ދުވެފައި ގޮސް އައީ ބައްތިއެއް ހިފައިގެންނެވެ.

“ކާކު…” ނިޝާން އެހެން ބުނެލީ އެމީހަކަށް އެތަނުގައި ޕޮލިހުން ތިބިކަން އަންގާށެވެ. ނަމަވެސް އެތަނުގައި ފިލައި ތިބީ ކިތައް މީހުންކަމެއް ހުދު އެމީހުނަށްވެސް ނޭނގެއެވެ. ނިޝާން ޓޯރޗު ދިއްލާލަމުން އެތަނުގެ އެތެރެއަށް އަލި ކޮއްލިއެވެ. އެއާއެކު އޭނާ ދެލޯ ބޮޑުކޮއްލިއެވެ.

ދެފައިގައި އަތް އަޅުވާލައިގެން އެތަނުގައި އިށީނދެގެން އިނީ ބޭރުގައި މަރުވެފައި އޮތް އަންހެންކުއްޖާއޭ އެއް ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ވައްތަރެވެ. ތަޝްކީލަށް ލިބުނީ އެއްމާބަނޑު ދެބެން ހެއްޔެވެ. ބަލާބެލުމަށް ދެކުދިންނަށްވެސް ވާނީ ހަ ވަރަކަށް އަހަރެވެ. ބައްތިއެތަނުގެ ތެރެއަށް އަލި ކޮއްލަމުން ނިޝާން ބަލާލީ އެތަނުގައި އިށީނދެއިން ކުޑަކުޑަ އަންހެން ކުއްޖާއަށެވެ. ނިޝާން ޓޯރޗުމައްޗަށް ޖައްސާލީ އެކުއްޖާގެ ލޮލުގެ ކަޅި ހުރި ކުލައެއް ބަލާށެވެ. ފެހިކަން ގަދަ އެކަޅި ފެނުމުން ނިޝާންގެ އަތުން ބައްތި ވެއްޓުނެވެ.

4 އޮކްޓޯބަރ 2018

ކޮނޑުގައި މީހާއަށް ވުރެ ބޮޑު ދަބަހެއް އަޅުވައިގެން އައި އަންހެން ކުއްޖާއަށް މަގުމަތިން އައި އެންމެން ދިޔައީ ބަލަމުންނެވެ. އިސްތަށުގަނޑު މައްޗަށް ނަގައި ބޮޑު ހުޅިއެއް ޖަހާފައި އޮތްއިރު ބައެއް އިސްތަށިތައް މޫނުމައްޗަށް ފައިބައިފައި ހުއްޓެވެ. ދޫ ނޫކުލައިގެ ޖިންސަކާއި ގަޔަށް ދޫކޮށްހުރި ގަމީހުގައި އެކުއްޖާ ފެންނަލެއް ވަރަށް ފުރިހަމައެވެ. ގިނަ މީހުން ބަލަމުން ދިޔައީ އެކުއްޖާގެ ލޮލަށެވެ. ފެލި ކުލައިގެ އެދެލޯ ވަރަށްވެސް ފުރިހަމައެވެ. ހިނގަމުން އައިސް ކުރިމަތީގައި ހުރި ބޮޑު ގޭޓުން ވަދެގެން އައި އެއަންހެންކުއްޖާ ގޯތިތެރޭގައި ހުރި ގަސްތަކަށް ބަލާލިއެވެ. ހުދު ކުލައިގެ ދެބުރިއަށް ނަގާފައިވާ އެގެ ހީވަނީ ގަނޑުވަރެއް ހެންނެވެ. މިހާރު މިހަދާފައި ހުންނަ ދިހަބުރީގެ ގެތަކާއި އެގެއާއި ވަރަށް ތަފާތެވެ. ގޯތި ތެރެ އެއްކޮށް އޮތީ ކާޕެޓް ގަސްތައް ހައްދާ އެއްވަރަކަށް ކޮށާލެވިފައެވެ. އެކި ދިމަދިމާލަށް ބަލަމުން ދިޔަ އަންހެން ކުއްޖާ މަޑު ޖެހުނީ ކުރިމަތީގައ ހުރި މެދު އުމުރުގެ އަންހެންމީޙާ ފެނުމުންނެވެ.

“ނިކަތް؟” ސާރާ ހިނިތުން ވަމުން އައިސް ނިކަތްގައި ބައްދާލިއެވެ. ދަރިފުޅު އެހައި ދުވަސް ފަހުން ފެނުމުން އުފާނުވާނީ ކާކު ހެއްޔެވެ. ނިކަތްވެސް އައިސް މަންމަގައި ބައްދާލަމުން ހީލަމުން ދޮންބެ ކޮބައިތޯ އަހާލިއެވެ.

“ކީއްކުރަން އަހަރެން ހޯދަނީ… އައި މިސްޑް ޔޫ ނިކޫ…” ނާޒިން ދުރުގައި ހުރި ނިކަތުގެ ބޮލުގައި ހިފައި އޭނާއާއި ކައިރި ކޮއްލަމުން ބުނެލިއެވެ. އެންމެ ކުޑަ އިރުންސުރެވެސް ނިކަތްއާއި ނާޒިންއަކީ ވަރަށް ގާތް ދެކުދިންނެވެ. ދެކުދިންގެ ހުރިހާ ސިއްރެއް އެކަކު އަނެކަކަށް އެނގެއެވެ.

“ޒިން.. ދޫކޮއްލާ.. މިހާރު އެއީ ކުޑަ ކުއްޖެއް ނޫނޭ…” ސާރާ ވަގުތުން ނިކަތުގެ ބޮލުގައި ލޯބިން ފިރުމާލަމުން ބުނެލިއެވެ..

“އާނ.. އާނ.. ދެން ނޯންނާނެ އަހަރެންގެ ބޭނުމެއް..” ތުން ދަމާލަމުން އެހެން ބުނި ނާޒިން ހިނގައިގަތީ  މަންމައާއި ކޮއްކޮއާއިއެކު ގެއަށް ވަންނާށެވެ. ނާޒިންއާއި ސާރާގެ މޫނުމަތިން އެކަނިވެސް އެދެމައިން އުފާވެފައި ހުރި ވަރު އެނގުނެއެވެ. ނިކަތްގެ ގޭގެ ދޮރުން އެތެރެއަށް ވަދެގެން އައީ އެކި ތަންތަނަށް ބަލަމުންނެވެ. ބައްޕަ މިގަޑީގައި އޮފީހުގައި އުޅެނީ ބާވައެވެ. އޭނާ އެވަރުން ނުބުނެ އައީވެސް އެންމެނަށް ސަޕްރައިޒްއެއް ދޭށެވެ.

“ނިކޫ..” ފަހަތުން މީހަކު ގޮވާލުމުން ނިކަތުއަވަހަށް ބަލާލިއެވެ. ފަހަތުގައި ހުރި ނިޝާން ފެނުމުން އޭނާ އަދަބުވެރިކަމާއެކު ބޯ ޖަހާލަމުން ހިނިތުން ވެލިއެވެ. ނިޝާން ބަލާލީ ވަގުތުން ނިކަތުގެ ލޮލަށެވެ. އެލޮލުގެ ފެހިކަން މިވީ ހަތަރު އަހަރުތެރޭ އިތުރުވިހެން ހީވެއެވެ. ހިނިތުންވެލި ނިޝާން ބަލާލީ ނިކަތުގެ ޗޮކުލެޓު ކުލައިގެ އިސްތަށިގަނޑަށެވެ.

“ނިކަތް… ކޮން ކުލައެއް ބޮލުގަ ޖައްސައިގެން ތިއުޅެނީ…” ނިޝާން ވަގުތުން އެހެން އަހާލިއެވެ. އޭނާ ވަގުތުން އައިސް ނިކަތުގެ ކުރިމަތީގައި ހުއްޓެމުން އަހާލިއެވެ.

“ނިޝާން އަދި ދެންމެ އެމަންޖެ އެއައީ.. ދެން ބޭރު ގައުމުގައި އުޅޭއިރު އެހެންވެސް ވެދާނެ އެއްނު…” ސާރާ ވަގުތުން ނިކަތުގެ ދިފާއުގައި ނިކުމެއްޖެއެވެ. އެއީ އަބަދުވެސް ސާރާގެ އާދައެވެ.

“ސާރާ… ބޭރު ގައުމުގައި އުޅުނަސް ނުޖެހޭނެ ތިމާމީ ކާކުކަން ހަނދާން ނެތޭކަށް…” ނިޝާން އެހެން ބުނަމުން ހީލިއެވެ. އެކަން ނިކަތުއަށްވެސް އެނގެއެވެ. ނަމަވެސް ދެރައީ އަހަރުމެންނަކީ އިންސާނުން ކަމެވެ. ބައެއް ފަހަރު ގޯސްވެސް ހެދޭނެއެވެ.

“އެކަމް އަޅުގަނޑުމީ މަރްޔަމް ނިކަތް ނިޝާން… ނިޝާންގެ ހުރި ހަމައެކަނި އަންހެންދަރި.. އެހެންވީމާ ހަނދާން ނެތިގެން ނުވާނެ ދޯ ބައްޕާ…” ނިކަތު ދެލޯ ކުޑަކޮށްލަމުންހީލި ގޮތުން ނިޝާންވެސް އެންމެފަހުން ހީލިއެވެ.

ސިޑިން މައްޗަށް އަރައިގެންދިޔަ ނިކަތުއަށް ބަލަހައްޓައިގެން ހުރި ނިޝާންގެ ހިތުގައި އެނބުރެމުން ދިޔައީ އެންމެ ފުރަތަމަ އޭނާއަށް ނިކަތު ފެނުނު ދުވަހެވެ. އޭނާ ދުވަހަކުވެސް އެކަން ހަނދާން ނުނެތޭނެއެވެ. ސިޑިން ދުވަމުން ކަހަލަ ގޮތަކަށް އެރި ނިކަތު އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަދި ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ހީލިއެވެ. އަދީ އޭނާގެ ކޮޓަރިން ބޭރަށް ނިކުމެވޭ ގޮތަށް ހުންނަ ތަންކޮޅަށް ނިކުމެލިއެވެ. އޭނާގެ ކޮޓަރި ހުންނަނީ ގޭގެ ފުރަގަހަށް ކަމަށް ވުމުން އެދިމާލުން ފެންނަނީ މަގުގެ އަނެއް ފަރާތެވެ. ކުރިއާއި ހިލާފަށް މިހާރު އެތަނުގައި ބޮޑުދެގެއެއް ނަގާފައި އެބަހުއްޓެވެ. އޭނާ ކިޔަވަން ފުރިފަހުން އެކަނިވެސް މާލެއަށް ވަރަށް ބޮޑު ބަދަލު ތަކެއް އައިސްފައި އެބަހުއްޓެވެ. ނިކަތު އޭނާގެ އިސްތަށިގަނޑުގައިވި ހުޅި ނައްޓާލަމުން ކޮނޑުމައްޗަށް ވާގޮތަށް އިސްތަށިގަނޑު ދޫކޮށްލިއެވެ. އަދި ރެއިލިންގައި ބަނޑު އަޅާލަމުން ފުންކޮށް ނޭވާއެއް ލިއެވެ. އަދި ކުރިމަތިން ފެންނަން ހުރިގެއަށް ބަލާލިއެވެ. އެގޭގެ ދެވަނަ ބުރީގައި ކަހާގޮތަށް ހަދާފައިވާ ދޮރުން އެތެރެ ރީތިކޮށް ފެންނަން ހުއްޓެވެ. ނިކަތު އެތަނުގެ އެތެރެއަށް ފަރުވާތެރި ކަމާއެކު ބަލާލަމުން ކޮޓަރިތެރެއަށް ވަދެއްޖެއެވެ.

ދިގުދިގު ކޮށް ފަރުމާ ކޮށްފައިވާ ލޯގަނޑު ކައިރީގައި ހުއްޓިހުރި ނިކަތު އޭނާގެ ސޫރައަށް ބަލާލިއެވެ. އޭނާގެ ދިގު ދިގު އިސްތަށިގަނޑާއި މޫނު ފެންނަނީ އާއިލާގެ އެހެން މީހުނާއި ވަރަށް ތަފާތު ކޮންނެވެ. ހާއްސަކޮށް އޭނާގެ ފެހިކުލައިގެ ދެލޮލެވެ. މަންމައަށްވުރެ އޭނާ ދޮނެވެ. ބައްޕަގެ އެއްވެސް ސިފައެއް އޭނާގެ ނެތެވެ. އެއްވެސް މީހަކު ނުބުނި ކަމުގައިވިއަސް ނިކަތުއަށް އޭނާ އެހެންމީހުނާއި ތަފާތުކަން ވިސްނެއެވެ. އެންމެ ކުރީގެ ކަމަކަށް ހަނދާން ހުންނަނީ އެއްދުވަހު ހެނދުނު ހޭލައިގެން ސާރާ މީ މަންމަ ކަމުގައި ބުނި ހަނދާނެވެ. އަދި ނާޒިންނާއެކު ބައިވަރު ކުޅޭއެއްޗެހި ހިފައިގެން ކުޅެން ހުރި ހަނދާނެވެ. އެހެން ބަލަން ހުރި ނިކަތު ސިހުނީ ފަހަތުން ނާޒިންއައިސް ނިކަތުގެ ބޮލުގައި ޖަހާލުމުންނެވެ. ނިކަތު ވަގުތުން ނާޒިންނަށް ލޯއަޅާލިއެވެ. ހީވީ ނާޒިން ދިރިހުއްޓާ ދިރުވައިލަ ފާނެ ހެންނެވެ،

“އޯހް.. ދެން ޖެހޭނީ މިގޭ ކުރިމަތީގަ ފޯރި މަރަން ދޯ…” ނިކަތުގެ އެނދަށް ވެއްޓި ގަންނަމުން ނާޒިން ބުނެލިއެވެ. ނިކަތުއަށް އެބުނި އެއްޗެއް ނޭނގުނެވެ.

“ތިބުނީ؟” ސުވާލުގެ ނަޒަރަކުން ބަލާލަމުން ނިކަތު ދުރުގައި ހުރި ގޮނޑި ގެނެސް އެނދުގައި ޖައްސާފައި އޭގެ އިށީނދެ ދެފައި ނަގައި ވަށްކޮއްލިއެވެ.

“މިބުނީ ނިކޫ އައީމަ… ދެން ފިރިހެން ކުދިން އަބަދު ދުވާނީ މިގޭ ބުޑުން.. މަދޭ ރީތި ކޮއްކޮ އައީ ވިއްޔަ…” އަނގަ ފާޑަކަށް ހަދާލަމުން ނާޒިން އެހެން ބުނެލައިފިއެވެ. ވަގުތުން ނިކަތު ކައިރީގައި އޮތް ބާލިސް ނަގައި ގައިގަ ހުރި ބާރެއްލާފައި ނާޒިންގެ ބަނޑުގައި ޖަހައިފިއެވެ.

“ބުނަން ދޮންބެ އުޅޭ ގޮތަކަށް ނޫން އެންމެން އުޅެނީކީއެއް އިނގޭ..” ނިކަތު އިސްތަށިގަނޑު އަތުން ފަހަތަށް ޖައްސާލަމުން ގޮނޑީގައި ބުރަކަށި ޖައްސާލިއެވެ.

“އޯހް… ޔޫ ސީރިއަސްލީ އާރ އަ އޭލިއެން…” ނިކަތު އަނެއްކާ އަނެއް ބާލިސް ނަގައި ނަޅައި ގަތުމާއެކު ނާޒިން ތެދުވެގެން ދުއްވައި ގަނެއްޖެއެވެ. ނިކަތުގެ ކަޅި ފެހި ކުލައިގައި އިންނާތީ ނާޒިން އަބަދުވެސް ނިކަތުއާއި އެހެން ކިޔާފައި ދިމާކުރެއެވެ. ނާޒިންއަކީ އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ނިކަތުގެ އެންމެ ގާތް އެކުވެރިޔާއެވެ.

“ޔާ.. އެންޑް ބައްޕަ ބުނި ނިކޫ ޔޫސް ކުރާށޭ ގޭގެ ފުރަގަހުގައި ޕާކް ކޮއްފަ އޮތް ކަޅުކުލައިގެ ކާރު…” ނާޒިން އަނެއްކާވެސް ކޮޓަރިން އެތެރެއަށް ބޯ ދިއްކޮށްލަމުން ބުނެލިއެވެ.

ހެނދުނު ފެންވަރާލައިގެން ބޭރަށް ދާން ނިކުތް ނިކަތް ހުރީ ކަޅު ކުލައިގެ ގަޔަށް ދޫ ގަމީހަކާއި ހުދު ފަޔަށް ނުހިފޭ ގޮތަށްހުރި ޖިންސެއް ލައިގެންނެވެ. ސާރާ ކައިރީގައި ދަނީއޭ ބުނެފައި މޭޒުމަތީގައި ހުރި ތަށިން ބިހެއް ނަގައިގެން އޭގެ ތޮށިތައް ނޮޅަމުން  ނިކުތް މީހާ ބަލާލީ މަގުމަތީގައި ޕާކު ކޮއްފައި ކާރެއް އޮތްތޯއެވެ. އަނެއް ފަރާތަށް ބަލާލިއިރު ނާޒިންބުނި ކާރު ފެނުމުން ނިކަތު އަވަހާއި އެދިމާއަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ މާލެއައި ގޮތަށްވެސް ވަޒީފާއެއް ހޯދާށެވެ. ނަމަވެސް ރާއްޖޭގައި ކްރިމިނޯލިޖީއަށް ވަޒީފާއެއް އެބައޮތް ހެއްޔެވެ؟ އެހެން ހިތަށް އަރަމުން ދިޔަ ނިކަތު ތަޅުގަނޑި ކާރާއި ދިމާއަށް ފިއްތާލިއެވެ. ނަމަވެސް ކާރު ހުޅުވުނު އަޑެއް ނުކިއެވެ. ނިކަތު އައިސް ކާރުގެ ދޮރު ފަތުގައި ހިފައި ގައިގަ ހުރި ބާރެއް ލާފައި ދަމާލިއެވެ. ނަމަވެސް ވީ ކަމެއް ނެތެވެ.

ކާރުގެ ދޮރުފަތަށް ދަމާ ދަމައި އޭގެން ކަމެއް ނުވުމުން ނިކަތު ފައިން ދޮރުފަތުގައި ޖަހާފައި އައިސް އަނެއްކާވެސް ތަޅުގަނޑި ދިއްކޮއްލިއެވެ. ރުޅިއައި ވަރުން އޭނާގެ މޫނަށް ރަތްކުލަ އެރިހެންވެސް ހީވިއެވެ. ފޯނު ނަގައި ނިޝާންއަށް އޭނާ ގުޅާލިއެވެ. އަދި އަނެއްކާވެސް  ކާރުގެ ދޮރުފަތުގައި ހިފާއި ދަމާލިއެވެ. މިހާރު މަގުމަތިން ހިނގާފައި ދާ މީހުންގެ ލޯތަށްވެސް ނިކަތުއަށް އަމާޒުވަމުން ދިޔައެވެ. ނިކަތު ގައިގެ ހުރި ބާރެއްލާފައި ލަކި ޖަހާލުމުން އެންމެ ފަހުން ފަހަތަށް ވެއްޓެން ދިޔައީ އޭނާއެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ހިފަހައްޓާލިއެވެ.

“އެހެން މީހުންގެ ކާރުގެ ދޮރުފަތް ހުޅުވަން އުޅުނަކަސް ނުވާނެ…” ކުއްލިއަކަށް އޭނާ ދުރަށް ކޮއްޕާލަމުން އެމީހަކު ބުނެލިއެވެ. ނިކަތު އެމީހާގެ މޫނަށް ބަލައިނުލާ އިނދެ ދުރަށް ބަލާލިއެވެ. ދުރުގައި އޮތް ދެވަނަ ކަޅު ކާރު ފެނުމުން ދެލޯ މަރާލަމުން ފަހަތަށް އެނބުރިލިއެވެ.

“ލުކް… އަމް…” ނިކަތުއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ކައިރީގައި ހުރި މީހާ ދުރަށް ޖެހިލިއެވެ. ހީވީ ބިރެއް ފެނިގެން ދިޔަހެންނެވެ. އޭނާ ބަލަންހުރީ ސިދާ ނިކަތުގެ ލޮލުގެ ކަޅިއަށެވެ. ނޫނެކެވެ. އޭނާ ބަލަންހުރީ ނިކަތުގެ ކަޅީގައިވި ފެހި ކަމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 1

Next

ލޯތްބަކީ 17

Next
October 7, 2018

ލޯތްބަކީ 17

Previews
October 6, 2018

ހޯދޭތޯ މަންޒިލެއް… 1

13 Comments!

  1. Ninnu says:
    October 6, 2018 at 10:12 pm

    Guys i wanted something different from a love story.. So here goes… Hope its good.. 🙂

  2. Shine says:
    October 6, 2018 at 10:46 pm

    Yah..it is…n hope vrhaka nimendhen up kh dheyne kamh…gud luk??

  3. Shine says:
    October 6, 2018 at 10:47 pm

    N im first dhw…

  4. Haapy✌️? says:
    October 6, 2018 at 11:10 pm

    Yah. Thanks. ??V nice. Waiting for next….

  5. Nunnu says:
    October 6, 2018 at 11:12 pm

    Wow… Varah salhi….

  6. Zaa says:
    October 6, 2018 at 11:37 pm

    Vrh reethi..interesting…

  7. Anonymous says:
    October 6, 2018 at 11:53 pm

    just wow. v reethi vaahaka genesdheyn fashaafa in goii, v intereting adhi ehaame reethi vaahaka ahkah vaanehkamah unmeedhukuran

  8. I think says:
    October 7, 2018 at 6:06 am

    Eii nikath ge kokko o dhahtha aa mom maraali meehaa dhw

  9. samm says:
    October 7, 2018 at 9:37 am

    nicee vrh mi part ,…….waitin n, whn nxt????

  10. Lotus says:
    October 7, 2018 at 3:08 pm

    Interesting.. looking forward to the next part

  11. Reader says:
    October 8, 2018 at 12:47 pm

    Oh damn this is amazing ??♥️

  12. baby says:
    October 11, 2018 at 7:31 pm

    btw loabige thankolheh ves genesdhechey

  13. rainy says:
    October 16, 2018 at 6:46 pm

    this was really nice. i can stop watching films nd read all the chapters of this. <3 soo nice… bt next time try to improve the spelling mistakes. there were quit a few. otherwise this is one of the VERY best ive read. <3 keep it up.

Comments are closed.

Next Episodeހުވަފެނުގެ ރާނީ 2←


All Right Reserved!