Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 16

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 2, 2025 8 Mins Read
20 Comments

ލޯގަނޑު ކުރިމަތީގައި ހުރި އާރާ ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލައިލިއެވެ. މަޑު ފިޔާތޮށި ކުލައެއްގެ ލިޕްސްޓިކަކުން ތުންފަތް ފަވައިލުން ފިޔަވައި، މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައި ނެތް ނަމަވެސް އާރާގެ ރީތިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. އަބަދުވެސް ވޫލްކޮޅަކުން ހައްޔަރު ކޮށްލާފައި އޮންނަ ފަން ދިގު އިސްތަށިގަނޑު މިނިވަންކަމާ އެކު ދޫކޮށްލާފައި އޮތް އިރު، އާރާގެ ރީތިކަން ދެގުނަ ވެފައި ވާހެން ހީވެއެވެ.

“ޔޫ ގޮޓް ދިސް އާރާ..” ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް އެހެން ބުނެލަމުން، އާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ފޯނާއި ދަބަސް ނަގަމުން، ކޮޓަރިން ނުކުންނަން ހިނގައިގަތީ ކުރަން އުޅޭ ކަންތަކާއި މެދުގައި ޔަގީންވެފައި ހުރެއެވެ.

“ދަރިފުޅާ ކޮންތާކަށް..؟” އެވަގުތު ޑިއުޓީއަށް ދާން ނުކުތް ޒާރާއަށް އާރާ ފެނުމުން ހިނިތުންވެލާފައި އެއްސެވެ.

“ކުޑޭމެން ގެއަށް..” ޒާރާއަށް ދޮގު ހެދުމެއް ނެތި އާރާ ބުނެލިއެވެ.

“އެހެންތަ..؟ ދަރިފުޅު ވެސް ދޮންތިވެސް އެގެއަށް ނުދާތާ ދުވަސް ވެގެން ކުޑޭއާ ކުޑޭދައްތަ އިއްޔެވެސް މަންމައަށް ގުޅާފަ އެ ވާހަކަ ދެއްކިއޭ.. ތިގޮތަށް ގިނަގިނައިން އެގެއަށް ދާން ވާނެ.. ދަރިފުޅުމެންނަށް އެނގެއެއްނު ދަރިފުޅުމެން ދެކެ ކުޑޭމެން ލޯބިވާ ވަރު.. އެކަން ދަރިފުޅުމެން ވެސް ވާނެ ބަލައިގަންނަން..” ޒާރާ ބުނެލި ވާހަކައަށް ބޯ ޖަހައިލަމުން އާރާ ހިނިތުންވެލީ، އެ ނަސޭޙަތް ހިތުގެ އަޑިން ޤަބޫލު ކުރަމުންނެވެ.

“ހިނގާ މަންމަ ޑިއުޓީއަށް ދަމުން ލައިދޭނަން.. އަވަސް ކޮށްލާ.. މަންމަ ގަޑި ޖެހެނީ..” އަވަސް ޙަރަކާތްކަކާ އެކީ ބޫޓަށް އަރަމުން، ތެޅިފޮޅެމުން ގެއިން ނުކުންނަން ދިޔަ ޒާރާއަށް ބަލައިލަމުން އާރާއަށް ހެވެވުނެވެ. އޭނާގެ ބައްޕަވެސް މަންމަ އަބަދު ގަޑިޖެހިގެން ތަންތަނަށް ދާތީ އެކަމަށް މަލާމާތް ކުރާ ވަރު ހަނދާން ވުމުން އިތުރަށް ހިނި އައެވެ.

އަޒާންގެ ގެއަށް އާރާ ލުމަށް ފަހު، ޒާރާ ސައިކަލު ދުއްވައިލުމުން އާރާއަށް އެ ގެއަށް ބަލައިލެވުނެވެ. މީގެ ކުރިން އެތައް ސަތޭކަ ފަހަރަކު އެ ގެއަށް އައިސްފައިވީ ނަމަވެސް، މިއަދު އެގެއަށް ވަންނަން ޖެހުމުން މުޅި މީހާ އެއްކޮށް ފިނިވެ، ހާސްވާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށް، ފުން ނޭވާއެއް ދޫކޮށްލަމުން އާރާ ކުރިމަތީގައި ހުރި ގެއަށް ވަންނަން ހިނގައިގަތެވެ.

ބެލް އެޅުމާއެކު ދޮރު ހުޅުވީ އަޒާންއެވެ. އާރާ ފެނުމުން ހީލާފައި އެތެރއަށް ވަންނަން ދަޢުވަތު ދިން އިރު، މިހާރު އާރާ ނާދެޔޭ ކިޔާފައި އަޒާން ޝަކުވާ ކޮށްލިއެވެ.

“އާރޫއަށް މިހާރު ކުޑޭމެން ގެއަށް ނުވެސް އާދެވޭ ދޯ..؟ ދޮންތި ވެސް ނާންނަތާ ޒަމާންގަނޑެއް ވެއްޖެ..” އަޒާންގެ ޝަކުވާތަކުން އާރާއަށް ހީލެވުނީ، އަޒާން އޭނާއާއި އަޒަލް ދެކެ ލޯބިވާވަރު އެނގޭތީއެވެ. އަޒާންއާއި ލައުރާގެ އަންހެން ދަރިއަކު ނެތް ދިރިއުޅުމުގައި އެ މަގާމު ފުރައިލަދިނީ އާރާއާއި އަޒަލްއޭ އަޒާންއާއި ލައުރާ އަބަދުވެސް ބުނާނެއެވެ.

“ސޮރީއޭ ކުޑޭ.. ހަމަ ބިޒީ ކަމުން.. މިހާރު ޒައުލްއާ ޔަލްއާ ވެސް ވަރަށް ދިމާ ނުވޭ ކޮލެޖުން ނޫން ގޮތަކަށް.. ކޮބާތަ ކުޑޭދައްތައާ ޒައުލް..؟” ޒައުލްގެ ވާހަކަ އަހައިލި އިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ހުރި ނަމަވެސް، އެކަން އަޒާނަށް ފާހަގަވީހެނެއް ހިއެއް ނުވެއެވެ.

“ކުޑޭދައްތަ ވީ އޮފީހުގަ.. ޒައުލް ވެއްޖެ ކޮޓަރީގަ… މާދަމާއަށް ނިންމަން ޖެހޭ އެސައިންމެންޓެއް އޮވެގެންނޭ ކިޔާފަ މެންދުރު ވަން ގޮތަށް އަދި ނުނުކުމޭ.. ކުޑޭ ދައްތަ އަންނާނެ ކަންނޭނގެ އިރު އޮއްސުމުގެ ކުރިން.. ކުޑޭދައްތަ އަންނަންދެން އާރޫ މަޑުކޮށްލައްޗޭ އިނގޭ ޒައުލް ކައިރި.. ދޭބަލަ ޒައުލްގެ ކޮޓަރިއަށް.. ކުޑޭ މި ދަނީ ނަމާދު ކޮށްލަން..” ޒައުލްގެ ކޮޓަރިއަށް ޢިޝާރާތް ކޮށްލާފައި، އަޒާން އޭނާގެ ކޮޓަރިއަށް ގޮސް ވަނީ، އާރާއަށް ހިނިތުންވުމެއް ރައްދުކޮށްލާފައެވެ.

އަޒާން ގޮސް ކޮޓަރިއަށް ވަނުމުން އާރާ ހިނގައިގަތީ ޒައުލްގެ ކޮޓަރިއަށެވެ. ކޮޓަރި ދޮރު މައްޗަށް އަރާފައި، ފުންކޮށް ދެތިން ނޭވާ ދޫކޮށްލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށް ވަގުތުކޮޅެއް ދިނުމަށެވެ. އެއަށްފަހު ޒައުލްގެ ކޮޓަރީގެ ދޮރުގައި ދެތިންފަހަރު ޓަކި ޖަހައިލުމުން އެތެރެއިން ވަންނާށޭ ބުނި އަޑު އިވުނެވެ. އެއާއެކު އާރާ ތަޅުގައި ހިފައި އަނބުރައިލަމުން ދޮރު ހުޅުވައިލިއެވެ.

އެނދުމަތީގައި އިން ޒައުލް ދިޔައީ ލެޕްޓޮޕުން އޭނާގެ އެސައިންމެންޓް ނިންމަމުންނެވެ. ލެޕްޓޮޕްގެ ސްކްރީނަށް ގެއްލިފައި އިނދެ، ފަރިތަމަކަމާއެކު ޓައިޕް ކުރަމުން ދިޔަ ޒައުލްއަށް އިސްއުފުލައި ބަލައިލެވުނީ ކޮތަރި ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުމުންނެވެ. އެއާއެކު އޭނާ ވަންނާށޭ ބުނެލުމުން، ދޮރު ހުޅުވައިލާފައި ކޮޓަރިއަށް ވަން އާރާ ފެނި، ޒައުލްގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް ހުއްޓުނު ހެން ހީވިއެވެ.

“އާރޫ.. ކޮން އިރަކު..؟ ކިހިނެއް..؟ ކޮން އިރަކު އައީ..؟” ޒައުލް އަހައިލީ ގަބޫލު ނުކުރެވިފައި އިނދެއެވެ. މިވީ ދެހަފްތާއެއްހައި ދުވަސް ތެރޭގައި އާރާގެ ފަރާތުން ގޮތް ނޭނގޭ ފަދަ ދުރުކަމެއް އިހުސާސް ކުރެވިފައިވީ އިރު، ކުއްލިއަކަށް އެގޮތަށް އާރާ ފެނުމުން އޭނާ ސިއްސައިގެން ދިޔައީއެވެ.

“އަހަރެން އައީމަ ހާދަ ހާސްވީ ތި..؟ އަހަރެން މިގެއަށް އައިސްގެން ނުވޭތަ..؟” ހިނިތުންވަމުން އާރާ އެހެން އަހައިލުމުން ޒައުލް ވަގުތުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ.

“އިސްތަށިގަނޑު ނާއްސަ ހުންނަ އިރު އާރޫއާ މާ ގުޅޭ..” ހިތަށް ފުރަތަމަ އައި ތައުރީފުގެ ޖުމުލަ ދުލުން ބޭރުވިކަމެއް ޒައުލް ނުދެނަހުއްޓެވެ. އޭނާއަށް ބުނެވުނު ބަސް ރޭކައިލީ އާރާ ލަދުން އިސްޖަހައިލުމުންނެވެ. އެއާއެކު ދެން އެދެމެދުގައި ހިނގީ ހަމަހިމޭން ކަމުގެ ސުކޫތެކެވެ.

“އަހަރެން މި އައީ ޒައުލް ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން..” ޒައުލްގެ އެނދުގައި އިށީނދެލަމުން އާރާ ބުނެލުމާއެކު ޒައުލް ލެޕްޓޮޕް ލައްޕައިލާފައި، ހަމަޖެހިލިއެވެ.

“އަޑު އަހަން މީނީ..” ޒައުލް ބުނެލީ ދީވާނާއެއް ފަދައިންނެވެ. އާރާގެ އެ ހުންނަ ލަދުރަކި، ބަސްމަދު މިޒާޖާއެކީ، އެ ދުލުން ބަހެއް ބުނެލާ ކޮންމެ ފަހަރެއް ވެސް ޒައުލްއަށް ވެގެން ދަނީ ނުހަނު ޚާއްސަ ވަގުތުކޮޅަކަށެވެ.

“އަހަންނަށް ކުއްޖަކު ދެކެ ލޯބި ވެވިއްޖެ.. އެހެންވެ ފުރަތަމަވެސް އެ ވާހަކަ ޒައުލް ގާތު ބުނަން ބޭނުންވީ.. ޒައުލްއަށް އެނގޭނު މިކަހަލަ ކަންކަން ކުރަން ވަރަށް މޮޅަށް.. އަހަންނަށް ކިޔައިދީބަލަ.. ކިހިނެއްތަ އަހަރެން އެ ކުއްޖާ ދެކެ ލޯބިވާ ވާހަކަ ބުނާނީ..؟” އާރާ ބުނެލި ވާހަކަ ޒައުލްގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އެވަގުތު އެހިތަށް ވީ ގޮތް ޚުދު ޒައުލްއަސް ވެސް ނޭނގުނެވެ. ވަގުތުން އެނދުން ތެދުވެ، އާރާއަށް ފުރަގަސް ދެވުނު އިރު، އެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.

“ޒައުލް.. ކިހިނެއްވީ..؟” އާރާ ވެސް އެނދުން ތެދުވަމުން ޒައުލް ގާތު އެހީ ކޮންމެހެން ވީ ގޮތް ނޭނގޭތީކީ ނޫނެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ ޒައުލްގެ ދުލުން އެއްބަސް ކުރުވާށެވެ.

“އެއީ ކޮން ކުއްޖެއްތަ..؟” ޒަޚަމްވެފައިވީ ހިތަކާ އެކީ ޒައުލްއަށް އަހައިލެވުނީ ހަމައެކަނި އެހެންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ކަންތައް މި ދިމާވީ އޭނާ އުއްމީދު ކުރި ގޮތާ ދިމާ އިދިކޮޅަށެވެ. ޔަލީންގެ ވާހަކަތަކުން އާރާ ލިބޭނެ ކަމުގެ އުއްމީދު ބޮޑުވެފައި ވަނިކޮށް، އެ އުއްމީދުތައް ފުނޑުފުނޑު ވުމުން އެ ހިތަށް ނުހަނު އަސަރު ކޮށްފިއެވެ.

“އެއީ ކޮން ކުއްޖެއްކަން ބުނާނީ އެ ކުއްޖާ ހާސިލް ކުރެވުނީމަ.. އެކަމް އެކަމަށް ޒައުލްގެ ހެލްޕް އަހަރެން ބޭނުންވޭ.. ދެން ބުނެބަލަ.. އަހަރެން ކިހިނެއްތަ ހަދަންވީ..؟” އާރާ އަނެއްކާވެސް އެ ސުވާލު ތަކުރާރު ކޮށްލުމާއެކު، ހިތަށް ވީ އުނދަގުލަކުން ޒައުލްއަށް ދެލޯ މަރައިލެވުނެވެ. އެއާއެކު އެ ދެލޮލުގެ ތެރެއަށް ބޮނޑިވެފައިވީ ކަރުނަތައް އެސްފިޔަތައް ފޫއަޅުވައިލާފައި ފައިބަގެތެވެ. އެހެން މީހަކަށް ލޯބި ހުށައެޅުމަށް ޓަކައި އާރާ އޭނާ ގާތަށް އެހީއަކަށް އެދެން އައުމުގެ ކުރިން އޭނާގެ ފުރާނަ ގެންދެވި ނަމައޭ ޒައުލް ހިތަށް އެރިއެވެ.

“ލޯބިވާ ވާހަކަ ބުނޭ.. ތި މީހަކީ ކޮންމެ ގޮތެއް ވިޔަސް ވަރަށް ނަސީބު ގަދަ މީހެއް.. އާރޫ ކަހަލަ ކުއްޖަކު ލިބޭނީ ހަމަ ނަސީބުވެރިއަކަށް.. އަހަންނަށް ޔަގީން އެއްވެސް މީހަކު އާރޫއަށް ނޫނެކޭ ނުބުނާނެކަން.. އެހެންވީމަ އެމީހެއްގެ ކުރިމައްޗަށް އަރާފަ އަވަހަށް ލޯބިވާ ވާހަކަ ބުނޭ..” ކަށީގައި ނެތް ހިތްވަރު ލައިގެން ޒައުލް އޭނާގެ ދުލުން ބުނެލިއެވެ.

“އެހެންވީމަ ޒައުލް ވާނީ ވަރަށް ނަސީބު ގަދަ މީހަކަށްތާ ދޯ..؟” ޒައުލްގެ ކުރިމައްޗަށް އަރަމުން، ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ހުރެ އާރާ ބުނެލުމާއެކު، ވަގުތުން ޒައުލްގެ ދެލޯ ބޮޑުވިއެވެ.

“އަހަރެން ވަރަށް ލޯބިވޭ ޒައުލް ދެކެ.. ނޭނގެ ކޮން އިރަކު ކިހިނެއް ކަމެއް ވެސް.. އެކަމް.. އެނގޭހާވެސް އެއްޗަކީ މިހާރު އަހަންނަށް ޒައުލްއާ ނުލައި ނޫޅެވޭނެކަން.. ވަރަށް ދުވަސް ވެއްޖެ ސިއްރު ކޮށްގެން ހުންނަތާ.. އެކަމަކު ޒައުލް ފިނޑިކަމުން ނުކެރުނީމަ ދެން އަހަންނަކަށްނު ޖެހޭނީ ފުރަތަމަ ފިޔަވަޅު ނަގަން..” އާރާގެ ދުލުން އޭނާ ދެކެ ލޯބިވެޔޭ ބުނި އަޑު އިވުމުން ޒައުލްއަށް ހީވީ ދެ ދުނިޔެ އެއްފަހަރާ ލިބުނު ހެންނެވެ. ވަގުތުން އާރާ ގެނެސް އެ އަތުތެރޭ ހައްޔަރު ކޮށްލަން ބޭނުންވީ ނަމަވެސް، އެ ހިތްވަރު އޭނާއަށް ނުކުރެވުނީ ކީއްވެ ކަމެއް ނޭނގެއެވެ.

“ދެން އަދި އަހަރެން ފުުރަތަމަ ލޯބިވާ ވާހަކަ ބުނީމަވެސް ޖަވާބެއް ނުދޭންތަ ތި ހުންނަނީ..؟ އަޖައިބެއްނު ޒައުލް.. އަހަންނަކަށް ނޭނގެ ތީ އަދި ތިހައި ފިނޑި މީހެއް ކަމެއް..” ޒައުލް އަދިވެސް ހުރި ގޮތަށް ހުރުމުން އާރާ ބުނެލިއެވެ. ދެންވެސް ޒައުލްގެ ފަރާތުން އިޝާރާތެއް ނުވިއެވެ.

“އާނ ދެން ޒައުލް ހުރޭ.. އަހަންނަށް ބުނެވިއްޖެ އެއްނު.. ދެން ދަނީ މި.. އަހަރެން ގެއްލެން ދެން ވެސް ޒައުލް ތިހެން ބަލަބަލައި ހުރޭ ދެން!” ޒައުލް ދެންވެސް ހުރި ގޮތަށް ހުރުމުން އާރާ ރުޅިއައި ކަމަށް ހެދިފައި، ޒައުލްއަށް ފުރަގަސްދީ، ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ޒައުލްއަށް ހޭވެރިކަންވީ ދެނެވެ. ލޯކުރިމަތިން އާރާ ގެއްލޭ މަންޒަރު ފެނުމުން އެ ހިތް ތެޅިގަތީ ކުއްލިއަކަށެވެ. ވަގުތުން ޒައުލް ގޮސް ފަހަތުން އާރާގެ ހަށިގަނޑުގައި އޮޅުލައިގަތުމާއެކު، އާރާ ދިޔައީ ސިއްސައިގެންނެވެ.

“އަހަރެން ވެސް.. ވަރަށް ލޯބިވޭ އާރޫ ދެކެ.. އައި ލަވް ޔޫ ސޯ ސޯ މަޗް އާރޫ.. އަހަންނަކަށް ނޭނގެ ދެން މިއަށްވުރެ ފަށުވި ކޮށް ބުނާކަށް ވެސް.. އެކަމު އަހަރެން ވަރަށް ލޯބިވޭ އާރޫ ދެކެ.. ދުވަހަކު ވަކިވާކަށް ބޭނުމެއް ނޫން..” އާރާގެ ގައިން ދޫކޮށްނުލައި ހުރެ ޒައުލް ބުނެލި ވާހަކައިން އާރާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވި އިރު، އެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. ބަނޑުގައި ކޮކާ އުދުހޭ ހެން ހީވެ، މުޅި ގައިން ހީބިހި ނަގައިގަނެފިއެވެ. ވާހަކަތަކުގައި ސިފަކޮށްދީފައި ހުންނަ ލޯބި ވެވުމުން ވާ ގޮތްގޮތް އަސްލުވެސް ވޭތާއޭ އެވަގުތު އާރާގެ ހިތަށް އެރިއެވެ.

“އަހަރެން ހީކުރީ ޒައުލް ވަރަށް މޮޅުވާނެ ކަމަށް ފަށުވި އިބާރާތްތަކުން ލޯބިވާ ވާހަކަ ބުނަން.. އެހައި ގިނަ ކުދިންނާ ރައްޓެހިވީ އިރު ޒައުލް އުޅުނު ގޮތް އަހަންނަށް ފެނުނު ވިއްޔަ..” ޒައުލްއާ ދިމާއަށް އެނބުރިލަމުން އާރާ ބުނެލީ ހިނިތުންވަމުންނެވެ. އެ އަޑުގައި ޒައުލްގެ މާޒީއާ ދޭތެރޭގައި އެއްވެސް ހިތްހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އޮތް ހެނެއް ހިއެއް ނުވެއެވެ.

“އެއީ އެކުދިން ދެކެ އަހަރެން ލޯބި ނުވާތީ.. އަސްލު ހަގީގީ ލޯބިވާ މީހާ ކައިރި ލޯބިވާ ވާހަކަ ބުނަން ޖެހުނީމަ ހާސްވެ ބިރުގަންނާނެ.. ހިތް ތެޅޭނެ މޭ ތެޅޭނެ އަތްފައި ތުރުތުރުލާނެ ބަނޑުގަ ކޮކާ އުދުހޭނެ ދެން އަހަންނަކަށް ނޭނގޭ.. އެކަމް އަހަރެން ހުރީ ހިތްވަރު ކޮށްފަ އާރޫ ގާތު ބުނަން ވެގެން.. އެކަމަކު އެހެން ކުރަން ކުރަން ހުއްޓަ އާރޫ މާ އަވަހަށް އެކަން ކޮށްލީ ވިއްޔަ ތި.. އަހަރެން ހިއެއް ނުކުރަން މަޑުމަޑުން އިންނަ ބަސްއަހާ އާރޫ މިހައި ކުޅަދާނަ ވާނެ ކަމަކަށް..” އާރާގެ ނޭފަތުގައި ހިފައިލަމުން ޒައުލް އެހެން ބުނުމާއެކު އާރާ ވަގުތުން ލަދުގަތެވެ. ލަދުން ގޮސް އިސްދަށަށް ޖެހުމާއެކު، ޒައުލްގެ މޭތެރޭގައި އެ މޫނު ފޮރުވައިލީ ޒައުލްއާ ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ. އެއާއެކު ޒައުލްވެސް ލުއި ހުނުމަކާއެކު އާރާގެ ގައިގައި ދެއަތް ވަށައިލިއެވެ. އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު، އާރާ ޒައުލްއާ ދުރުވެލި އިރު އެ މޫނުމަތީގައިވީ ހާސްކަން ޒައުލްގެ ހިތަށް އުނދަގޫ ކޮށްލިއެވެ.

“ޒައުލް.. އެކަމް އަހަރެމެން ރައްޓެހިވީމަ-” އާރާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޒައުލް ވާހަކަ ދައްކަން ފެށިއެވެ.

“ޝްޝް.. އަހަންނަށް އެނގޭ އާރޫ ބުނަން ތި އުޅެނީ ކީކޭކަން.. އެކަމަކު އެއިން އެއްވެސް ކަމަކާ ވިސްނާކަށް އަހަންނެއް ބޭނުމެއް ނޫން.. އަހަރުމެން ގުޅުމަކީ އެއީ ގޯސް ކަމެއް ނޫނެއްނު.. މީހުންނަށް ބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ.. އެހެނެކޭ ކިޔާފަ މީހަކު އެއްޗެއް ކިޔާފާނެތީ އަހަރެން އާރޫ އަހަރެންގެ އަތުން ބީވެގެން ދާކަށް އަހަންނެއް ބޭނުމެއް ނޫން.. އަހަންނަށް ޔަގީން މަންމަމެން ވެސް އޯކޭ ވާނެކަން.. ފުރަތަމަކޮޅު ކުޑަކޮށް ސްޕަރައިޒް ވެދާނެ.. އެކަމް މި ގުޅުމަށް ދެކޮޅު ނުހަދާނެކަން އަހަންނަށް ޔަގީން..” އާރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޒައުލް ބުނެލީ ޔަގީންކަމާ އެކީގައެވެ. ޒައުލްގެ އަޑުގައިވީ ޔަގީންކަމުގެ ސަބަބުން އާރާއަށް ވަރަށް ފަސޭހައިން ޒައުލްގެ ބަހަށް އިތުބާރު ކުރެވުނެވެ. އެހެން އެންމެން އެ ގުޅުމާ ދެކޮޅު ވިޔަސް ޒައުލް ދުވަހަކުވެސް އޭނަޔާ ވަކި ނުވާނެ ކަމުގެ ޔަގީންކަން އޮތެވެ.

“އެކަމަކު އިހަށް ހިނގާ ދޯ އެއްވެސް މީހަކު ކައިރި މި ވާހަކަ ނުބުނަމާ.. ޔަލް ގާތު އެކަނި ބުނާނީ.. ދެން ބުނަން ޖެހިއްޖެއްޔާ ޔައިބެއާ ދޮންތި ގާތު ބުނާނީ.. އެކަމް މަންމަމެންނާ ހިސާބަށް ގެންދާނީ އަދި ފަހުން ދޯ..؟” އާރާ ބޭނުންވީ އިހަށް އެ ގުޅުން ސިއްރު ކުރާށެވެ. އެކަމަށް ޒައުލް ވެސް ދެކޮޅެއް ނުހަދައެވެ.

“އާރޫ ބޭނުން ވަރަކަށް ޓައިމް ނަގަންވީ.. މަންމަމެންނާ ހިސާބަށް ވެސް އަދި ޔައިބެމެންނާ ހިސާބަށް ވެސް މި ގުޅުން ކުރިއަށް ގެންދާނީ އާރޫ ބޭނުންވި އިރަކުން.. އަބަދުވެސް ހަނދާން ކުރައްޗޭ.. ކޮންމެ ކަމެއްގަވެސް އަހަންނަށް އެންމެ މުހިއްމު ވާނީ އާރޫ އެކަމަކާ މެދު ދެކޭ ގޮތް.. އަހަރެން ވަރަށް ލޯބިވޭ އާރޫ ދެކެ.. އައި ލަވް ޔޫ ސޯ މަޗް..” އާރާގެ ނިތުގައި އަމިއްލަ ނިއްކުރި ޖައްސައިލަމުން ޒައުލް ބުނެލީ ޔަޤީންކަމާ އެކުގައެވެ.

“އައި ލަވް ޔޫ ޓޫ ޒައުލް..” ހިތްހަމަޖެހިފައި ހުރެ އާރާ ވެސް ބުނެލީ، ހިތާހިތުން މާތްﷲ އަށް ޙަމްދު ކުރަމުންނެވެ. އަލަތު ލޯބި ކާމިޔާބު ވީތީ، އެކަމަށް ޓަކައި އިންތިހާއަށް އުފާ ކުރަމުންނެވެ.

*** ** ***

ކޮލެޖުން ނުކުތް ޔަލީން ހުރީ އުފަލުން ގޮސް ބަންޑުންވާން ކައިރި ވެފައެވެ. ދާދި ދެންމެއަކު ޒައުލް ގުޅާފައި ބުނި ވާހަކައިން ޔަލީން ހުރީ ހަގީގަތުގައިވެސް ވަރަށް އުފާވެފައެވެ. އެހެން މީހަކާ އެ އުފާވެރިކަން ހިއްސާ ކޮށްލަން ބޭނުން ވެފައި ހުރި ނަމަވެސް، ޒައުލްއާއި އާރާ އެއްވެސް މީހަކަށް އެކަން ނޭންގުމަށް ބުނުމުން އެކަންވެސް ކުރެވޭކަށް ނެތެވެ. ހިތަށް ވެރިވެފައިވީ އުފާވެރިކަމުގައި، މަގަށް ބަލައިނުލައި މަގު ހުރަސް އުޅެނިކޮށް ބާރު ދުވެލީގައި އައި ސައިކަލު ފެނުމުންޔަލީންގެ ހެޔަށް ގޮތް ވިއެވެ.

“ބަލައިގެން! ތަނަކަށް ތަދުވިތަ..؟” ދެލޯ މަރައިލި ގޮތަށް ހުޅުވަން ނޭނގިފައި ހުރި ޔަލީނަށް ސިއްސައިގެން ގޮސް ލޯ ހުޅުވައިލެވުނީ، އެ އަތުން އޭނާގެ އަތުގެ މުލައްދަނޑީގައި އަދި އަނެއް އަތް އޭނާގެ އުނަގަނޑުގައި ވަށާލައިގެން ކަންބޮޑުވެފައި ހުރި ޝަޔާމްގެ އަޑު އިވުމުންނެވެ. ވަގުތުން ވީ ގޮތް ރޭކައިލި އިރު ޔަލީނަށް ފުންކޮށް ދެތިން ނޭވާ ދޫކޮށްލެވުނީ ދެންމެ އެ ސައިކަލު ފެނިގެން ގަތް ބިރު ފިލުވައިލުމަށެވެ.

“ޔަލީން.. އޯކޭތަ..؟” ދާދި ކައިރިން އިވުނު ޝަޔާމްގެ ހިތްގައިމު އަޑަށް ޔަލީނަށް ސަމާލުކަން ދެވުނީ ދެނެވެ. ތިބެވުނު ކައިރިކަން ރޭކައިލުމާއެކު، ޔަލީންގެ މޫނަށް ވަގުތުން ޖަންބުކުލަ އެރިއެވެ. ބިރާއި، ސިހުމާއި ލަދުވެތިކަމުގެ ކުލަތައް އެ މޫނުން ފާޅުވާން ހުރި އިރު، ޝަޔާމަށް ހުރެވުނީ އެ ރީތިކަމަށް ގެއްލި ހުސްވެފައެވެ. ޝަޔާމްގެ އެ ފުން ދެލޮލުގެ އޮއެވަރުގައި ޖެހިގެން ދިޔުމުގެ ކުރިން ޔަލީން ކަށީގައި ނެތް ހިތްވަރުލައި، އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. އެއަށްފަހު ޝަޔާމްގެ އަތުތެރެއިން ނުކުތުމަށް ގަދަ ހަދައިލުމުން، ޝަޔާމް ވެސް ސިހިފައި، ޔަލީންގެ ގައިން ދޫކޮށްލިއެވެ.

“ދެންވެސް މަގު ހުރަސް ކުރާ އިރު ބަލައިގެން ދައްޗޭ.. ޔަލީންއަށް ކަމެއް ވީ ނަމަ ކިހިނެއް ހަދާނީ..؟” ޝަޔާމް ބުނި ޖުމުލަ ޤަބޫލު ނުކުރެވިފައި ހުރެ ޔަލީން ޝަޔާމަށް ބަލައިލުމާއެކު، ޚުދު ޝަޔާމަށް ވެސް އަމިއްލައަށް ބުނެވުނު އެއްޗަކާ ދޭތެރޭ ވިސްނައިލެވުމުން އަނގަ ޗޭވިއެވެ. ޔަލީންއަށް ގޮތެއް ވެދާނެތީ އޭނާ ބިރުގަންނަން ވީ ކީއްވެ ހެއްޔެވެ؟

“މާ ބޮޑަށް ކަމަކާ އުފާވެފަ ހުރިހެން ހީވީ ދެންމެ.. މާ އުފާވެރި ކަމެއް ވީތަ..؟” އެދެމެދަށް ވެރިވެފައިވީ ސިރިއަސްކަން ނައްތައިލުމަށް ޝަޔާމް އަހައިލުމާއެކު ޔަލީންގެ ދެލޯ އަނެއްކާވެސް އުފަލުން ވިދައިގަތެވެ. ޒައުލްއާއި އާރާގެ ގުޅުމުގެ ވާހަކަ މީހަކާ ހިއްސާ ކޮށްލުމަށް ނުހަނު ބޭނުން ވެފައި ހުއްޓާ، އެ ފުރުސަތު ލިބުމުން ޔަލީނަށް އަމިއްލަ ނަފްސު ހުއްޓުވަން އުނދަގޫ ވިއެވެ. ވަގުތުން ހުރިހާ ވާހަކައެއް ޝަޔާމްގެ ކުރިމަތީގައި ބަންޑުން ކޮށްލެވުނީ، އެކަމަށް އެ ހިތް އެދުނު ވަރުންނެވެ.

“އެނގޭތަ ޔަލްގެ ޓޫ ބެސްޓްފްރެންޑްސް ސްޓާޓެޑް ޑޭޓިން މިއަދު.. ވަރަށް ދުވަސް ވެއްޖެ އެދެމީހުން އެކަކު އަނެކަކު ދެކެ ލައިކް ވާތާ.. އެކަމަކު ދެމީހުންނަކީ ކަޒިންސް ވީމަ ދެމީހުންނަށް ތިބެނީ އެކަކު އަނެކަކު ކައިރި ބުނަން ނުކެރިފަ.. އެކަމް ކަޒިންސްއަސް ވީމަ ކޮބާ ދޯ މައްސަލައަކީ..؟ ކަޒިންސްއާ ވެސް ކައިވެނި ހަލާލެއްނު.. ދެން ޔަލް ދެމީހުން ކައިރި ވެސް ވަރަށް ކިޔައިގެން ވަރަށް ހާލުން އެ އަންހެން ކުއްޖާ ލައްވަ ފުރަތަމަ ކޮންފެސް ކުރުވީ.. އެނގޭތަ އެ ބޯއި އެއީ ކުރީގަ އެހާ ރަނގަޅަށް އުޅުނު ބޯއި އެއްވެސް ނޫން.. އެކަމަކު އެ ގަރލް ދެކެ ލޯބި ވެވުނު ފަހުން ރަނގަޅު ހަރުދަނާ މީހަކަށް ވާން އެ ބޯއި ވަރަށް މަސައްކަތް ކުރި.. އެ ގަރލްގެ ލޯތްބާ ރުހުން ހޯދަން ހީ ވޯރކްޑް ސޯ ހާރޑް.. ދެން މިއަދު އެ ދެމީހުން-” ވަކި ހިސާބަކަށް ވާހަކަ ދައްކަދައްކަ ހުއްޓައި ހުރެވުނު ތަނާއި، ކައިރީގައި އޭނާ ދައްކާ ވާހަކަ އަޑު އަހަން ހުރި މީހާ ހަނދާން ވުމުން ޔަލީންގެ ދެލޯ ބޮޑުވިއެވެ. ގަތް ލަދެއްގެ ސަބަބުން ތުންފަތުގައި ދައިގަންނަމުން، ޔަލީން އިސްދަށަށް ޖަހައިލިއެވެ.

“ކީއްވެ ތި ހުއްޓައިލީ..؟ އަހަރެން މި ހުރީ އަޑު އަހާށޭ.. ދެން މިއަދު ވީ ކިހިނެއްތަ..؟” ޝަޔާމް ބުނެލި އަޑު އިވުމުން ޔަލީނަށް ޝަޔާމްގެ ދެލޮލަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ. ކުރިން ޔަލީން ޗުއްޕުއޭ ބުނެލިޔަސް އުނދަގޫ ވެގެން އުޅޭ ޝަޔާމް މިއަދު އެ އެދެނީ އޭނަޔާ ވާހަކަ ދެއްކުމަށެވެ. މިއީ ކޮން ކަހަލަ ފިރިހެނެއް ބާވައޭ ޔަލީން ހިތަށް އެރިއެވެ. އަނެއްކާވެސް ޝަަޔާމްގެ ކުރިމަތީގައި ކުރަން ނުވާ ވަރުގެ ކަމެއް ކުރެވިދާނެތީ ޔަލީން ބޭނުންވީ އަވަހަށް އެތަނުން ދުވެ ފިލާށެވެ.

“މި.. މީ.. އަހަ.. އަހަރެން.. ވަރަށް އަވަހަށް ދާން ވެއްޖެ.. ދަނީ.. ތެންކްސް.. މި.. މި ބުނީ.. ދެންމެ ސައިކަލުގަ ޖެހުމުގެ ކުރިން ހިފެހެއްޓީމަ.. ދެން.. ސޮރީ.. އަނޭ.. މާ ގިނަ ވާހަކަ ދެއްކުނީމަ.. ބާއި.. ދަނީ..” އަޅައަޅައިގަންނަމުން ވިޔަސް ބޭނުންވީ ވާހަކަ ބުނެލާފައި، ޔަލީން އެތަނުން ދުއްވައިގަތީ ޝަޔާމަށް އެއްޗެއް ބުނާނޭ ފުރުސަތު ނުދީއެވެ.

ޔަލީން ލޮލުކޮޅަށް ގޮސް އޮބައިލުމުން ޝަޔާމަށް އަމިއްލަ ނަފްސަށް އިވޭ ވަރަށް ދެތިން ހުތުރުބަސް އަނގައިން ބޭރުކޮށްލެވުނީ ޚުދު އޭނާއަށް ވެސް އޭނާއަށް ވަމުންދާ ގޮތްތައް ދެނެގަންނަން ނޭނގޭތީއެވެ. ކުރިން ޔަލީންގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ އިރު، މިއަދު ޔަލީނަށް ކަމެއް ވެދާނެތީ އެ ހިތް ބިރުގަތީ އިންތިހާއަށެވެ. ކުރިން ޔަލީންގެ އަޑު އިވުނަސް ފޫހިވާ އިރު، މިއަދު ޔަލީން ވާހަކަ ނުދެއްކުމުން އެ ހިތަށް ތަދުވެއްޖެއެވެ. ކުރިން ޔަލީންގެ ސޫރަ ފެނުނަސް މުޅި ދުވަސް ޚަރާބުވާ ޝަޔާމްގެ ދުވަސް، މިއަދު ޔަލީން ލޮލަށް ނުފެންނަ ނަމަ ފުރިހަމައެއް ނުވެއެވެ. އޭނާއަށްޓަކައި އެ އަންހެން ކުއްޖާގެ ހިތުގައިވާ މައުސޫމުކަމާއި ލޮބުވެތިކަމުގެ މިޒާޖު ފުނޑުފުނޑު ކޮށްލީ އޭނާގެ އަމިއްލަ ދެއަތުންނޭ ހިތަށް އަރާ، އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އަމިއްލަ ހިތް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ ޙަޤީޤަތުން މިންޖުވާނޭ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އެ ޙަޤީޤަތާ ކުރިމަތިލާން ގޮތެއް ވެސް ޝަޔާމަކަށް ނޭނގުނެވެ. ޔަލީނަށް ޓަކައި އެ ހިތުގައި ޚާއްސަ މަޤާމެއް ދެވިއްޖެކަން ޤަބޫލު ކުރަން އަދިވެސް އޭނާއަށް އުނދަގޫޫ ވަނީއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އިތުބާރު 2

Next

ދުރުވާން ޖެހުނަސް 02

Next
March 2, 2025

ދުރުވާން ޖެހުނަސް 02

Previews
March 2, 2025

އިތުބާރު 2

20 Comments!

  1. Cutie girl says:
    March 2, 2025 at 12:54 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Azal and yail gulhuvachey
    Finally Aaroo and zaul gulhunee
    I think shayaam love yal
    They all are made for each other
    I appreciate your hard work
    Shayaam yal dheke loabi viyas ehbas nuvan eulheni
    Tc 😘
    Ly naayoo ❤️😚

    1. Nayaa Nayaa says:
      March 2, 2025 at 2:07 pm

      Thank you dear ❤️
      Lym ❤️

  2. baby girl 🙈 says:
    March 2, 2025 at 1:04 pm

    nayaa sissy! sis ge vaahakathah kiyaa kiyaa foohi nuvey…
    very much interesting…
    i Appreciate your hard work
    lysssm 😘

    1. Nayaa Nayaa says:
      March 2, 2025 at 2:08 pm

      Aww that’s so sweet! Thankyou ❤️
      Lym ❤️

  3. UNKNOWN GURLL says:
    March 2, 2025 at 2:05 pm

    V reethi mi part ves
    Curiously waiting for the next part

    1. Nayaa Nayaa says:
      March 2, 2025 at 2:08 pm

      Thank you ❤️

  4. Anonymous says:
    March 2, 2025 at 3:29 pm

    Wowwwwww vrhhhh vrhhhhh reethi ❤️❤️
    Dhen ulhey shayam yal gaathu like vaa vhk bunan I love aroo n zaulge Bai vx 😍🔥
    Az n yailge vx 🥰 when’s next curiously waiting for the next part 🫶🏻🥰 vrh vrh reethi mi part

  5. Ghost girl 👻 says:
    March 2, 2025 at 3:29 pm

    Wowwwwww vrhhhh vrhhhhh reethi ❤️❤️
    Dhen ulhey shayam yal gaathu like vaa vhk bunan I love aroo n zaulge Bai vx 😍🔥
    Az n yailge vx 🥰 when’s next curiously waiting for the next part 🫶🏻🥰 vrh vrh reethi mi part ves ☺️ keep it up ❤️ LYSM 🫶🏻

  6. Ghost girl 👻 says:
    March 2, 2025 at 3:31 pm

    Aslu rangalhah comment nuliyevenis eyni post kohlevifa olhigen anonymous ge namuga that’s also me

  7. Nayaa Nayaa says:
    March 2, 2025 at 3:46 pm

    Thank youu dear ❤️
    Next part ves hama liye nimifa iny hehe
    Lym ❤️

  8. Nau says:
    March 2, 2025 at 4:42 pm

    mi prt ves vrh reethi curiously waiting for the next prrt when next?

    1. Nayaa Nayaa says:
      March 2, 2025 at 5:12 pm

      Thank you nau ❤️
      Next part ves dhen submit kohlan vefa e iny hama hehe

  9. naura naura says:
    March 2, 2025 at 6:16 pm

    nayaa dhahthi vaahaka vrh reethi Masha Allah ❤️❤️❤️
    when next part?
    vrh miss vey nayaa dhahthi mathin…
    lysm ❤️

    1. Nayaa Nayaa says:
      March 3, 2025 at 7:44 pm

      Thank youu darling ❤️
      Next part mihaaru ebain upload vefa
      Miss vaan vee keevve mihury ennu hama vaahaka upload kuranee ennu mi 😅.. anekkaa nayaa dhanna kujjeh tha thee??
      lym dear ❤️

  10. pumpkin says:
    March 2, 2025 at 6:55 pm

    masha allah mi part vs vrh reethi
    abadhuves nayaa ge vhk thah vrh kiyaa hih vey
    ur my fav author
    dhn kihinehbaa vaany aara n zaul gulhunyma??
    vrh interesting koh thi ninmaaly
    when next???
    curiously waiting for the next part
    tc ly nayaa
    ❤️

    1. Nayaa Nayaa says:
      March 2, 2025 at 7:16 pm

      Thank you dear ❤️
      Lym ❤️

  11. Maakko says:
    March 2, 2025 at 8:26 pm

    mi part vs v reethi maasha allah
    when next part ?

    1. Nayaa Nayaa says:
      March 2, 2025 at 8:46 pm

      Thank you Maakko ❤️
      Next part maadhamaa submit kohlaanan in sha allah

  12. Mar Yam says:
    March 3, 2025 at 12:58 pm

    Vrh reethi mi part vx 😍
    Next part avahah up kolladheeba
    Cant wait

  13. Unopened says:
    March 3, 2025 at 1:12 pm

    When next part?

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 17←


All Right Reserved!