Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 20

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 9, 2025 8 Mins Read
29 Comments

“އަސްލު ހުރިހާ ޝުކުރެއް ޔައިލްއަށް.. އަހަރެން އެންމެ ބަލިކަށިވީ ދުވަސްކޮޅު ޔައިލް އަހަރެންގެ ގާތުގަ ނެތް ނަމަ އަހަންނަށް މިއިން އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް ނުލިބުނީސް.. ތެންކްސް ޔައިލް.. އަބަދުވެސް އަހަރެންގެ ކޮންމެ ކަމެއްގަ އަހަންނަށް ތިހާ ސަޕޯރޓިވް ވާތީ އަހަރެން ވަރަށް އުފާވޭ.. ތިކަހަލަ އެކުވެރިއެއް އަހަރެން ކޮންތާކުން ދެން ހޯދާނީ..؟” ޔައިލްގެ ގައިގައި ބައްދައިލަމުން އަޒަލް ބުނެލިއެވެ. އެކުވެރިއެއްގެ ގޮތުގައި އަޒަލް އޭނަ ލޭބަލް ކުރީތީ މިފަހަރުވެސް އެ ހިތަށް ތަދުވިއެވެ. ހަޔާތުގެ ބައިވެރިއެއްގެ ގޮތުން އަޒަލްގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ދިޔުމަށް އޭނާއަށް ފުރުސަތެއް ލިބޭނީ ކޮން އިރަކުން ބާވައޭ ޔައިލްގެ ހިތަށް އެރިއެވެ.

“ދެން މިތާ ތިބެގެންތަ ހުރިހާ ވާހަކައެއް ދައްކާނީ..؟ ހިނގާބަ އަހަންނާ އެކީ ލަންޗަށް ދާން.. މަގޭ ޓްރީޓެއް..” ޔައިލް ބުނި ވާހަކައިން ވަގުތުން އަޒަލްގެ މޫނު ފޮޅިގެން އައެވެ. ދެމީހުން އެކުގައި ގޮސް ޔައިލްގެ ސައިކަލަށް އެރި އިރު، ފަނޑު ނުވާނޭ ފަދަ އުޖާލާ ހިނިތުންވުމެއް ދެ މޫނުމަތީގައި ވެސް ކުޅެލާފައި ވިއެވެ.

*** ** ***

ކޮލެޖުން ނުކުތް ޔަލީން ހުރީ ވަރުބަލި ވެގެން ގޮސް ހާންތިވާވަރު ވެފައެވެ. ޖަރނަލިސްމް ޑިޕާޓްމެންްޓުގެ ފަރާތުން ިއަދު ބޭއްވި މައުރަޒެއްގައި އުޅެން ޖެހުމުގެ ސަބަބުން ޔަލީން ހުރީ ދެވަރުން އެއްވަރު ވެފައެވެ. އަވަށް ގެއަށް ގޮސް ފިނި ފެނުން ފެންވަރާލައި، އަރާމު ދާނެއްގެ ނިންޖަށް ފެންބޮވައިގަނެފައި ހުރި ޔަލީން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކުރިމައްޗަށް ހުއްޓުނު ސައިކަލު ފެނިފައެވެ.

“ޝަޔާމް..” ވައިރޯޅިއަށް ވެސް ސިއްރުން ޔަލީންގެ ދެތުންފަތް ފޫއަޅުވައިލާފައި، އެ ހިތުގެ ރާޖާގެ ނަން ބޭރުވެގެން ދިޔައެވެ. އެއާއެކު ކުރިމަތީގައި ހުރި ސައިކަލުގައި އިން ޝަޔާމްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

“އަހަރެން ލިފްޓެއް ދެންތަ..؟” ޝަޔާމްގެ ސުވާލުން ޔަލީންގެ ބޮލުގައި ރިއްސައިގަތީ ޝަޔާމް ބޭނުން ވެގެން އުޅޭ ކަމެއް ނޭނގުމުންނެވެ. ޝަޔާމް އެދުނު ގޮތަށް އޭނާ މިހާރު ޝަޔާމްގެ ފަހަތުން އުޅުން ހުއްޓާލައިފިއެވެ. އެވަރުން ނުފުދިގެން މިހާރު ޝަޔާމް ބޭނުން ވެގެން މި އުޅޭ ކަމަކީ ކޮބައިބާވައޭ ޔަލީންގެ ހިތަށް އެރިއެވެ.

“ނޫން.. އޯކޭ ވާނެ.. އަހަރެން ހިނގައިލާފަ ގޮސްފާނަން..” އަތުގައި އޮތް ފައިލު މޭމަތީގައި ހުރަސްކޮށްލަމުން ޔަލީން ހިނގައިގަތީ އަވަހަށް ޝަޔާމްގެ ކުރިމަތިން ދުރަށް ދިޔުމަށެވެ. ޝަޔާމްގެ އެ ގާތް ކަމާއި އެކުގައި، ގިނަ ވަގުތު އެގޮތަށް ޝަޔާމްގެ ކުރިމަތީގައި ހުންނަން ޖެހިއްޖެ ނަމަ، އެ ހިތުގެ އެދުން ހާމަވެދާނެ ކަމުގެ ބިރު ޔަލީންގެ ހިތުގައި ޓަކި ޖަހަމުން ދިޔައެވެ.

އަނެއްކޮޅުން ޝަޔާމްގެ ޙާލަކީތޯއެވެ؟ ޔަލީންގެ ދުރުކަމުން އެ ހިތް ވަނީ މާޔޫސްވެފައެވެ. ނަވީން ބުނި ގޮތަށް އޭނާ ކަންތައް ކުރަމުން ދިޔަ ނަމަވެސް، ޔަލީންގެ ރުހުން ހާސިލްވާން އުޅޭ ކަމުގެ ކޮޅުމަތި ނުފެންނާތީ، ޝަޔާމްއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ނަމަވެސް މިއަދު އޭނާ ހުރީ އެންމެ ފަހަރަކު މަސައްކަތް ކޮށްލައިގެން ބަލި ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. އެކަން ހާމަވެގެން ދިޔައީ އަނެއްކާވެސް ޝަޔާމް ގޮސް ޔަލީންގެ ކުރިމައްޗަށް ސައިކަލު ހުއްޓައިލުމުންނެވެ.

“ޔަލީން.. އަދިވެސް އަހަރެން ދެކެ ރުޅިއައިސްފަތަ..؟ އެހެންވެތަ އަހަންނާ ވާހަކަ ނުދައްކަން ތި ހުންނަނީ..؟ އަހަރެންގެ މެސެޖަކަށް ރިޕްލައި ވެސް ނުދެނީ..؟” ޝަޔާމް ކުރިމަތިކުރުވި ސުވާލުތަކުން ޔަލީންގެ ކެތްތެރިކަން ކޮޅުންލައިގެން ދާން ފެށިއެވެ. ވެފައި ހުރި ވަރުބައްޔާއި އެކު، ޝަޔާމް އުޅެމުން ދިޔަ ގޮތުން ޔަލީންގެ ނަފްސުގެ މައްޗަށް ރުޅިވެރިކަން އިސްވާކަށް އިރުތަކެއް ނުނެގިއެވެ. ދުރުން އުޅުމަކީ ޝަޔާމް ބޭނުންވި ގޮތެއް ނޫން ހެއްޔެވެ؟ ދުވަހަކު ޔަލީންގެ ސޫރަ ދެކެން ވެސް ބޭނުން ނުވާ ކަމަށް ބުނީ ޝަޔާމް އެއް ނޫން ހެއްޔެވެ؟ ވީއިރު، މިއަދު އަމިއްލަ ހިތް ކަތިލައިގެން ޔަލީން ޝަޔާމްގެ އެދުން ފުއްދައިދޭން މަސައްކަތް ކުރާ އިރު، އެކަން މައްސަލައަކަށް ވެގެން ޝަޔާމް މި އުޅެނީ ކީއްވެގެން ހެއްޔެވެ؟

“ކޮބާތަ ޝަޔާމްގެ މައްސަލައަކީ..؟ އަހަންނަކަށް ނުވިސްނުނު.. އެތައް ދުވަހެއް ވަންދެން ޝަޔާމްގެ ރުހުން ހޯދޭތޯ އަހަރެން ޝަޔާމްގެ ފަހަރުން ދުވެ އާދޭސް ކުރި އިރު ޝަޔާމް އުޅުނީ އަހަރެންގެ ކިބައިން ސަލާމަތް ވާނެ ގޮތެއް ނޭނގިގެން.. އަހަރެން ދެކެ އަންނަ ރުޅިން ސިކުންތަކަށް ވެސް އަހަންނާ ހަތަރުކަޅި ހަމަކޮށްލެވޭ ކަމަކަށް ވެސް ނުވޭ.. ޝަޔާމްއަށް އަހަރެންގެ ސޫރަ ވެސް ނުފެންނަހާ ދުރުގަ ހުރުމަށް އަހަރެން ގާތު ބުނީ ތި ޝަޔާމްއެއް ނޫންތަ..؟ ދެން މިއަދު ޝަޔާމް އެދުނު ގޮތަށް އަހަރެން ކަންތައް ކޮށްދޭން ފެށީމަ ކިހިނެއް ވެގެންތަ ޝަޔާމް ތި އުޅެނީ..؟ އަހަންނަކަށް ނުވިސްނުނު ޝަޔާމް އަހަރެންގެ ފަރާތުން ބޭނުން ވެގެން ތި އުޅޭ ކަމެއް.. އަހަރެންގެ ހިތަށް ހާދަ އަނިޔާއެއް ދީގެންނޭ އަހަރެން ޝަޔާމްއާ ދުރުގަ މި ހުންނަނީ.. ދެން މިހާލުގަ ވެސް އަހަންނަށް އިތުރަށް އަނިޔާ ދޭނެ ގޮތެއް ނޭނގިގެންތަ ތި އުޅެނީ..؟ ޕްލީޒް.. އަހަރެންގެ އަމިއްލަ ހާލައިގެން އަހަރެން އުޅުނަދީ..” އައިސްފައި ހުރި ރުޅިއާއި، ވެފައި ހުރި ވަރުބައްޔާއި، ލިބިފައިވީ ހިތާމަ އެކުވެގެން ޔަލީންގެ ދުލުން ނުކުތް ޝަކުވާގެ ކޮންމެ ލަފްޒެއް ރުވާފައި ދިޔަ ތީރެއް ފަދައިން ހެރުނީ ސީދާ ޝަޔާމްގެ ހިތަށެވެ. ބުނަން ބޭނުންވީ ހުރިހައި އެއްޗެއް ބުނުމަށް ފަހު، ޔަލީން ގޮސް ލޯ ކުރިމަތިން ގެއްލެން ދެން ވެސް ޝަޔާމަށް އިނދެވުނީ ބަލާށެވެ.

ޔަލީން އެންމެ ފަހަރަކު އެ ރާގުގައި އޭނަޔާ މުޚާތަބު ކުރުމުން ވެސް އެ ހިތަށް އިންތިހާއަށް ތަދުވެއްޖެއެވެ. އެގޮތަށް އޭނާ ހުންނާނީ އެތައް ފަހަރަކު ޔަލީނަށް ނުރުހުމުގެ ބަސްތައް ރައްދު ކޮށްފައެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކުވެސް ކަމެއްވީ ކަމަށް ހަދައިލުމެއްވެސް ނެތި، ހިނިތުންވެފައިވީ މޫނަކައިގެން ޔަލީން ޝަޔާމަށް މަރުޙަބާ ކިޔަނީ ކޮން ހިތްވަރެއް ލައިގެން ބާވައޭ ޝަޔާމް ހިތަށް އެރިއެވެ.

ކޮންމެ ގޮތެއް ވިޔަސް، ޔަލީންގެ ވާހަކަތަކުން އެ ހިތް ޒަޚަމް ވެއްޖެއެވެ. ޔަލީންގެ ލޯބި ޙާސިލް ކުރެވޭނޭ ކަމުގެ އުއްމީދު ކުޑަވެއްޖެއެވެ. މި ހުރިހައި ދުވަހަކު ޔަލީންގެ ހިތުގައި އަޅާނޭ ވޭން، މިއަދު ޚުދު އޭނާއަށް ވެސް ތަޙައްމަލު ކުރެވިއްޖެއެވެ. ބުނެވުނު އެންމެ ލަފްޒެއްގައި ވެސް ހުންނާނޭ ބުރަދަން އިޙުސާސް ކުރެވިއްޖެއެވެ. ގަޑިގެ ކަށި އަނބުރައިލެވޭނެ ނަމައޭ އެތައް ފަހަރަކު ޝަޔާމްގެ ހިތަށް އެރި ނަަވެސް، އެއީ ނުވާނޭ ކަމެއްކަން ޝަޔާމަށް އެނގެއެވެ. ޒަޚަމްވެފައިވީ އެ ހިތުގެ ފަރުވާއަކީ އޭނާގެ އަމިއްލަ މޮޔަކަމުން އެ އަތުގެ ތެރެއިން ބީވެގެން ދިޔަ މައުސޫމު، ލޮބުވެތި އަންހެން ކުއްޖާކަން ވިސްނުނު އިރު، ވަގުތު ވަނީ ފާއިތު ވެފައެވެ.

*** ** ***

ކޮޓަރިއަށް ވަން ގޮތަށް ޔަލީނަށް ދެއަތުން އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލެވުނީ ދެންމެ ޝަޔާމްއާ ދިމާއަށް ކިޔުނު އެއްޗެހި ހަނދާން ވެފައެވެ. އެގޮތަށް ޝަޔާމްއާ ވާހަކަ ދެއްކުމަކީ ފަހަރެއްގައިިވެސް ކުރަން ޔަލީން ހިތަށް ވެސް އަރުވާނޭ ކަމެއް ނޫނެވެ. އެހެނަސް، ސިކުނޑިއަށާއި ހިތަށް ބަރުވެފައި ހުރި ވަރުން އެ ލަފްޒުތައް އޭނާގެ ދުލުން ބޭރުވެގެން ދިޔައީ މާ ބޮޑު ވިސްނުމެއް ނެތިއެވެ. ކޮންމެއަކަށް، ދުލުން ބުނެވުނު ލަފްޒުތަކާއި މެދު ދެރަވެ، ކަރުނަ އެޅުނެވެ.

ނަމަވެސް، އޭނާއަށް ވެސް ވާނީ ކެތް ވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ އޭނާއަކީ ވެސް އަންހެން ކުއްޖެކެވެ. އެ ނާޒުކު ހިތުގައި ވެސް އިޙުސާސްތަކެއް ވާނެއެވެ. ޔަލީންގެ ކުށެއް ނެތި، ޔަލީން ބާކީ ކޮށްލީ ޝަޔާމް އަމިއްލައަކަށް ނޫން ހެއްޔެވެ؟ ދެން މިއަދު ޝަޔާމް އެގޮތަށް ކަންތައް ކުރަން އެ އުޅެނީ ޔަލީންގެ ހިތަށް އިތުރަށް އަނިޔާ ދިނުމަށް ކަމުގައިި ވަނީ ނަމަ، ޝަޔާމްއާއި ދޭތެރޭގައި ޔަލީންގެ ހިތް ޝަކުވާއިން ފުރިގެން ދިޔައެވެ.

*** ** ***

ޔައިލްގެ ގެއަށް ވަން އަޒަލްގެ ދެލޯ ފުރަތަމަވެސް ހޯދައިލީ ޔައިލްއެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އަޒަލް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޔައިލްގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު އެ ކޮޓަރީގެ ބެލްކަނިން އިވެމުން ދިޔަ ނާނާއެއް ފަދަ، އަރާމު މިއުޒިކީ ރާގުން، ވަގުތުން އަޒަލްއަށް އެދިމާއަށް ދެވުނީ ދަގަތްފާނަށް ދަގަނޑު ދަމާހެންނެވެ.

ހިތް ދެވިއްޖޭ ކަލާއަށް ހުވާ

ތީ ފުރާނައިގެ ދިރުމޭ މަގޭ، ލޯބިވާ

ވިންދުގައި ވެސް ތި ލޯތްބޭ ވަނީ ހަމަ ހުވާ

ފެންނަ ހިނދު ތިޔަ ނަޒަރް، ހިތް ޒަޚަމް ކޮށްލައޭ

ކޮންމެ ހަރަކާތަކުން ވެސް އަސަރް، ކުރުވައޭ

ނަން ތި ހިތުގައި މި ލިޔެވިއްޖެޔޭ

މަންޒިލޭ ތީ އެދޭ ހިތް މަގޭ، ލޯބިވާ

ހިތް ދެވިއްޖޭ ކަލާއަށް ހުވާ

ތީ ފުރާނައިގެ ދިރުމޭ މަގޭ، ލޯބިވާ

ވިންދުގައި ވެސް ތި ލޯތްބޭ ވަނީ ހަމަ ހުވާ

ހިތް މި އުފަލުން ނަށައެ، އަންނަ ހިނދުގާ ކަލާ

ފެންނަ ހުވަފެންތަކުގެ، އަސްލަކީވެސް ކަލާ

ރަތްވިލާތައްމެ ހެކިކޮށް ބުނަން

ހިތް އެދޭ ސޫރައެއް ނެތް ތި ނޫނީ ހުވާ

މަސްތުވެއްޖޭ ކަލާ ފެނި ހުވާ

ތިޔަ ހަނދާންތަކުގައޭ ނިމިދަނީ، ރޭދުވާ

ވިންދުގައި ވެސް ތި ލޯތްބޭ ވަނީ، ހަމަ ހުވާ

ހިތް ދެވިއްޖޭ ކަލާއަށް ހުވާ

ތީ ފުރާނައިގެ ދިރުމޭ މަގޭ، ލޯބިވާ

ވިންދުގައި ވެސް ތި ލޯތްބޭ ވަނީ، ހަމަ ހުވާ

ވިންދުގައި ވެސް ތި ލޯތްބޭ ވަނީ، ހަމަ ހުވާ

ޔައިލްގެ އެ އަސަރު ގަދަ ރީތި އަޑުން ލަވަ ކިޔައި ނިންމައިލި އިރުވެސް، އަޒަލްއަށް ހުރެވުނީ ދެލޯ މަރާލައިގެންނެވެ. އެ ފިރިހެންވަންތަ އަޑުގެ ޖާދޫގައި ހަމަ ރަނގަޅަށް ވެސް އަޒަލް ޖެހިއްޖެއެވެ. ޔައިލްގެ އެ ރީތި އަޑު އަހައިލުމުގައި މުޅި ޢުމުރު ހުސްކޮށްލަން ޖެހުނު ނަމަވެސް ޝަކުވާއެއް ނުކުރާނަމޭ އެވަގުތު އަޒަލްގެ ހިތަށް އެރިއެވެ. ނަމަވެސް، ޚިޔާލީ ދުނިޔެއިން އަޒަލްއަށް ބޭރުވެވުނީ، ދެން ޔައިލްގެ ދުލުން ބުނެލި ލަފްޒުތައް އަޑު އިވުމުންނެވެ.

“އަޒް.. އަހަރެންގެ ހިތް އަސްލުގަވެސް އަޒްއަށް ދެވިއްޖެ.. އަހަންކަށް ނޭނގެ ދެން ކިހާ ދުވަހެއް ވަންދެން ކަމެއް އަހަންނަށް މިކަން ސިއްރު ކޮށްގެން ހުރެވޭނީ.. އެއްފަހަރު އަހަރެންގެ އަތުން އަޒް ބީވެގެން ގޮއްސި.. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ވާތަން ބަލަން އަހަންނަކަށް ކެތެއް ނުވާނެ.. އަހަންނަސް ހަމަ އެންމެ ފުރުސަތެއް ދީ އަޒް.. ދުވަހެއްގެ ކޮޅުން ވެސް އަޒް ޝަކުވާ ކުރިޔަކަ ނުދޭނަން.. ދުވަހަކުވެސް އެހެން މީހެއްގެ ފަރާތުން ލޯތްބަށް އެދެން ނުޖެހޭ ވަރަށް އަޒްއަށް ލޯބި ދޭނަން.. ޕްލީޒް އަޒް.. އަޒް އަހަންނަށް ފުރުސަތެއް ދޭނަން ދޯ..؟” ގިޓާގައި ބޯ އަޅާލައިގެން އިނދެ ޔައިލް ބުނެލި ޖުމުލަތައް އަޒަލްގެ ހިތާ ހަމައަށް ފޯރަން އިރުކޮޅެއްވެސް ނުނެގިއެވެ.

އިވިގެން ދިޔަ ވާހަކަތައް ޤަބޫލު ކުރަން އަޒަލްގެ ހިތާއި ސިކުނޑި ވަގުތުން ދެކޮޅު ހެދިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އަޒަލް އަބަދުވެސް ޔައިލް ދުށީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައެވެ. ދުވަހަކުވެސް ލޯބިވެރިއެއްގެ ނަޒަރުން ޔައިލްއާއި ދޭތެރޭގައި ދެކެވިފައި ނުވާ އިރު، ޙަޔާތުގެ ބައިވެރިއަކަށް ޔައިލް ޚިޔާރު ކުރާނެ ގޮތެއް ވެސް އަޒަލްއަކަށް ނުވިސްނުނެވެ. ހަމަ ހަގީގަތުގައިވެސް ޔައިލް އަޒަލް ދެކެ ލޯބިވޭ ބާވައެވެ؟ ކިހައި ދުވަހެއް ވެއްޖެ ބާވައެވެ؟ އެކަމުގެ ހިލަމެއް ވެސް އަޒަލްއަށް ނުވީ ކީއްވެގެން ބާވައެވެ؟ ވިސްނި ވަރަކަށް އަޒަލްގެ ބޯ ހާސްވަމުން ދިޔުމާއެކު އަޒަލްއަށް ދެލޯ މަރައި ބާރުކޮށްލަމުން ބޮލުގައި ހިފަހައްޓައިލެވުނެވެ.

“އަނހަ އަޒް ވެސް މިތަނުގަ ދޯ.. ޔައިލް ގޮވައިގެން އަވަހަށް ކާން އާދޭ.. މިހާރު މަންމަ މެން ވެސް އެބަ ތިބި އައިސް..” ކުއްލިއަކަށް ޔައިނާގެ އަޑު އިވުމުން އަޒަލްގއ ތިރުން ޔައިލް ވެސް ސިހިފައި، ޔައިނާއަށް ބަލައިލިއެވެ. ނަމަވެސް، އެ ދެކުދިންގެ ލޮލުގައިވީ ސިހުން ފެނުމުގެ ކުރިން، ޔައިނާ ކޮޓަރިން ނުކުމެގެން ދިޔުމާއެކު ޔައިލްއާއި އަޒަލްގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެއާއެކު ދެ ހިތުގެ ހިނގުން ވެސް އަވަސްވިއެވެ.

“އަޒް.. ކިހާ އިރެއް ވެއްޖެ އައިފަހުން..؟” ޔައިލްގެ އަޑު ނުކުތީ ކިތަންމެ މަޑުން ކަމުގައިވީ ނަމަވެސް، އެ އަޑު އަޒަލްގެ ކަންފަތާ ހަމައަށް ފޯރިއެވެ.

“ކީއްވެ ނުބުނީ..؟” ޔައިލް ކުރި ސުވާލު އިވޭ ކަމަށް ވެސް ނުހަދައި، އަޒަލް އޭނާގެ ސުވާލު ކޮށްލިއެވެ. އެހެނަސް ސުވާލަކަށް ވުރެ ބޮޑަށް، އަޒަލްގެ ރާގުގައިވީ ޝަކުވާއެވެ. އަޒަލް އެހެން އަހައިލުމާއެކު ޔައިލްއަށް އޭނާގެ ހިތުގައި މިއޮށްހާ ދުވަހު ފޮރުވައިގެން އުޅޭ ސިއްރު އަޒަލްއަށް ހާމަވެއްޖެކަން އެނގުނެވެ. ދެލޯ މަރައިލަމުން، ޔައިލް އިސްދަށަށް ޖަހައިލީ އަޒަލްއާ ހަތަރުކަޅި ހަމަކުރރާނެ ހިތްވަރު ވެސް ނެތިގެންނެވެ.

“ޔައިލް.. އަހަރެން އެބަ ސުވާލު ކުރަމޭ.. ކީއްވެ ނުބުނީ..؟” ޔައިލްއާ ކައިރިއަށް ފިޔަވަޅެއް އަޅައިލަމުން އަޒަލް ބުނެލިއެވެ. އޭރު އެ ހިތަށް ކުރި އަސަރު، ދެލޮލުގެ ތެރެއަށް ބޮނޑިވެފައިވީ ކަރުނަތަކުން ރަމްޒުކޮށްދެމުން ދިޔައެވެ.

“ބިރުގަތީ..” ކަށީގައި ނެތް ހިތްވަރު ލައިގެން ވެސް ޔައިލްއަށް ބުނެވުނީ އެވަރަށެވެ. އެއާއެކު އަޒަލްގެ ގިސްލުމުގެ އަޑު އިވިގެން ދިޔުމާއެކު ޔައިލްއަށް އިސްއުފުލައިލާ، އަޒަލްއަށް ބަލައިލެވުނީ، އެ ހިތަށް ކުރި އަސަރެއްގެ ސަބަބުންނެވެ. އަޒަލް މަސަލަސް ކުރުމަށް ޓަކައި ކުރިއަށް އެއް ފިޔަވަޅު އަޅައިލާފައި، އެ ކަރުނަތައް ފުހެލައިދޭން އިސްކޮށްލި އަތް ޔައިލް ތިރިކޮށްލީ، އެ ހިތްވަރު ވެސް ނުކުރެވުމުންނެވެ.

“އައިމް ސޮރީ..” ގިސްލުމުގެ ތެރެއިން އަޒަލްގެ ދެތުންަތް ފޫއަޅުވައިލާފައި ނުކުތް އެ ދެ ލަފްޒުން ޔައިލްގެ ހިތަށް ތަދުވީ އިންތިހާއަށެވެ.

“އިޓްސް ނޮޓް ޔުއަރ ފޯލްޓް އަޒް.. އަހަރެން.. އަހަރެން ވަރަށް މަސައްކަތް ކުރިން މިކަން ސިއްރުކޮށްގެން ހުރެވޭތޯ..” މުއްކަވައިލެވިފައިވީ ދެއަތް ޖީބަށް ޖަހައިލަމުން، ޔައިލް ބުނެލިއެވެ.

“ކިހައި ދުވަހެއް ވެއްޖެ..؟” ނޭފަތް ދަމައިލަމުން އަޒަލް ކުރި ސުވާލުގެ ޖަވާބު ޚުދު ޔައިލްއަކަށް ވެސް ނޭނގެއެވެ. ގޮތްނޭނގޭ ފާޑެއްގެ އިހުސާސެއް އަޒަލްއާއި ދޭތެރޭގައި ކުރެވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެނަސް، ވެވުނީ ލޯބިކަން ޔައިލްއަށް ޔަގީންވީ އަޒަލްގެ ހިތް އެހެން މީހަކަށް ދެވުނު ފަހުންނެވެ.

“ނޭނގެ އަޒް.. އަހަންނަކަށް އަސްލުވެސް ނޭނގެ ކިހިނެއް ކޮން އިރަކު ކަމެއް ވެސް އަހަންނަށް އަޒް ދެކެ ލޯބިވެވުނީ.. އެނގޭހާ ވެސް އެއްޗަކީ އެއް ފަހަރު އަޒް އަހަރެންގެ އަތުން ބީވެގެން ދިޔަ ހެން ދެވަނަ ފަހަރަށް ބީވެގެން ދާން އަހަރެން ނޭދެން ކަން..” ޔައިލްގެ ވާހަކަތަކުން އަޒަލްއަށް ހައްތަހައި ބޮޑަށް ރޮވުނީއެވެ. ނުރޯން ހިތްވަރު ކުރި ނަމަވެސް، އަޒަލްގެ ހިތަށް ކެތް ނުވީއެވެ. ޔައިލް އޭނަ ދެކެ ލޯބިވާ ކަން އެތައް ފަހަރަކު ޔައިލްގެ ޢަމަލުތަކުންނާއި، ބަސްތަކުން ވެސް އަންގައިދިން އިރު، އެއިން އެއްވެސް ކަމެއް ދެނެގަނެވޭ ވަރަށް ވުރެ ބޮޑަށް އަޒަލްއަށް އަމިއްލަ ހިތުގެ އެދުންތަކާއި ވާހަކަތައް އިސްކުރެވުނީއެވެ. އެންމެ ފަހަރަކުވެސް ޔައިލް އޭނައާއި މެދުގައި ބަހައްޓަމުން ދިޔަ ޚާއްސަ ގާތްކަމާއި ދޭތެރޭގައި ވިސްނައިލި ނަމަ ކުރިން ވެސް އޭނައަށް ޔައިލްގެ ހިތުގައިވާ އިހުސާސްތައް ދެނެގަނެވުނީހެވެ.

“އަޒް ޕްލީޒް ނުރޮއެ.. އަހަންނާ ހަދާ އަޒް ތިހެން ރޯކަށް އަހަރެން ބޭނުމެއް ނޫން.. ޕްލީޒް..” އާދޭހުގެ ރާގެއްގައި ޔައިލް ބުނެލީ އިތުރަސް އަޒަލް އެގޮތަށް ރޯތަން ބަލަން އެ ހިތަށް ކުޅަދާނަ ނުވާނެތީއެވެ.

“ޔައިލް! އަޒް! ދެކުދިން އާދޭ އަވަހަށް ކަން!” ބޭރުން ޔައިނާ ގޮވައިލުމާއެކު އަޒަލް އަނގަމަތީގައި އަތް އަޅައި، ބާރުކޮށްލަމުން ރުއިން ހިންދައިލެވޭތޯ މަސައްކަތް ކުރިއެވެ.

“އަޒް.. އަހަރުމެން ފަހުން މިކަމާ ވާހަކަ ދައްކާނީ ދޯ..؟ އިހަށް ހުއްޓާލަބަ.. މަންމަމެން އެތިބީ މިހާރު އަހަރުމެން ނައިސްގެން.. ދާ އިރު އަޒް ރޮއެފަ ހުރިކަން އެނގިއްޖެއްޔާ އެމީހުންގެ ސުވާލުތައް ހުސް ނުވާނެ.. ޕްލީޒް.. ޓްރައި ޓު ޕުލް ޔުއަރސެލްފް ޓުގެދަރ..” އަޒަލްގެ ކޮނޑުގައި ހިފަހައްޓައިލަމުން ޔައިލް ބުނެލީ މިވަގުތަށް އެކަނި ނަމަވެސް އަޒަލް ހަމައަކަށް އެޅޭތޯއެވެ. ޔައިލް ބުނި ވާހަކަތައް ޤަބޫލު ކުރަމުން އަޒަލް ވެސް އަމިއްލަ ނަފްސު ހަމައަކަށް އެޅޭތޯ މަސައްކަތް ކޮށްލިއެވެ. ރުއިން ހުއްޓައިލުމަށް ފަހު މޫނު ފުހެލާފައި، ނޭފަތް ދަމައިލިއެވެ. މޫނު ރީތިކޮށްލާފައި، ޔައިލްއާ ދިމާއަށް ބަލައިވެސް ނުލައި އަޒަލް އަވަސް ފިޔަވަޅުުތަކެއްގައި ކޮޓަރިން ނުކުމެގެން ދިޔައެވެ. އެއާއެކު ޔައިލްއަށް އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިލަމުން، ފުންކޮށް ދެތިން ނޭވާ ދޫކޮށްލެވުނެވެ. ވެދިޔަ ކަންތަކަށް އަމިއްލަ ނަފްސު އެތައް ފަހަރަކު ކުށްވެރި ކުރެވުނެވެ. ދެން އެކުވެރިއެއްގެ ގޮތުން ވެސް އަޒަލް އޭނާގެ ޙަޔާތުން ބީވާނެކަމަށް އަމިއްލަ ހިތް ވިސްނައިދިނުމުން ޔައިލްއަށް އިންތިހާއަށް އުނދަގޫ ވިއެވެ.

ޔައިލް ތިރިއަށް ފޭބި އިރު، އެންމެން ވެސް މޭޒުދޮށުގައި ތިބުމުން އެންމެންނަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ގޮސް، ހުސްކޮށް ހުރި ގޮނޑީގައި އިށީނެވެ. ކަން ދިމާ ކުރި ގޮތުން އޭނާ އިށީންނަން ޖެހުނީ އަޒަލްއާ ޖެހިގެން ހުރި ގޮނޑީގައެވެ. ނަމަވެސް ކަމެއްވީ ކަން އެހެން މީހަކަށް އަންގަން ޔައިލް ބޭނުން ނުވާތީ، އެއްޗެކޭ ނުބުނެ ޔައިލް އިނީއެވެ.

ކަމުން ދިޔަ އިރު އެހެންޏާ ދެ ޢާއިލާގެ މެދުގައި އޮންނަ ބަދަހިކަން މިއަދު ނެތް ހެން ހީވަނީ އެކަކު ވެސް ވާހަކަ ނުދައްކަ އިނީމައެވެ. ވަކިން ޚާއްސަކޮށް ޔައިލްއާއި އަޒަލްގެ ބަސްމަދުކަން އަފާންގެ ދެމަފިރިންގެ އިތުރުން މިލާންގެ ދެމަފިރިންނަށް ވެސް ފާހަގަ ވިއެވެ. މިލާންއާއި އަފާން އެކަކު އަނެކަކަށް ސިއްރު ނަޒަރެއް ދިނުމަށް ފަހު، މިއަދު އެދެމީހުން ރާވާފައި އޮތް ވާހަކަ ދައްކަން ނިންމިއެވެ.

“ޔައިލް.. އަޒް.. ބައްޕަމެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ދަރިފުޅުމެންނާ ދައްކަން ވެފަ..” އިސްނެގީ މިލާންއެވެ. އެއާއެކު އަފާން ވެސް ބޯ ޖަހައިލުމުން ޔައިނާއަށާއި ޒާރާއަސް އެދެމީހުން ދައްކަން އުޅޭ ވާހަކަ އެނގުނެވެ.

“ދަރިފުޅުމެން ދެކުދިން ކައިވެނި ކުރާނީ ކޮން އިރަކުންތަ..؟” އަފާންގެ ސުވާލުން ޔައިލް ވަގުތުން ކޮށިއެރި އިރު، އަޒަލް އިނީ ދެލޯ ބޮޑުކޮށްލި ގޮތަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ދަރިފުޅުމެން ހީކުރީ މަންމަމެންނަށް ނޭނގޭނެ ކަމަށްތަ..؟ މަންމަމެންނަށް އެނގޭ ދަރިފުޅުމެން ރައްޓެހިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަން.. ކައިވެނީގެ ވާހަކަ ނުދައްކާ މި ތިބެނީ ދަރިފުޅުމެން އަމިއްލައަށް ފެނިގެން މަންމަމެން ގާތު އެ ވާހަކަ ބުނޭތޯ.. އެކަމް ދެން މިހާރު މާ ލަސް ވެއްޖެ.. ދަރިފުޅުމެންނަށް ފުރުސަތު ދެވިއްޖެ.. ދެން ކައިވެނީގެ ވާހަކަ ދައްކަން ޖެހޭނީ މަންމަމެންނަކަށްނު..” ޒާރާގެ ވާހަކައިން ސިހުން ލިބުނީ ޔައިލްއާއި އަޒަލްއަށް އެކަންޏެއް ނޫނެވެ. މޭޒުދޮށުގައި ތިބި ޔަލީންއާއި އާރާގެ ދެލޯ ވެސް ދިޔައީ މުދުނަށް އަރައިގެންނެވެ. އާރާއަށް އެ ވާހަކަ ގަބޫލު ނުކުރެވުނީ އަޒަލްއާއި ރިއާންގެ ގުޅުން ނިމުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެފައި، ޔައިލްއާ ގުޅުމެއް އޮންނަ ކަމުގެ ހިލަމެއް ވެސް އޭނާއަށް ވެފައި ނުވާތީއެވެ.

“ބައްޕަމެންނަށް އެނގުނީ ކިހިނެއް ހެއްޔޭ ނާހާތި.. މިދިޔަ ދުވަސްކޮޅު ދެކުދިން އުޅުނު ގޮތުން ނޭނގޭ ވަރެއް ނޫނެއްނު.. ދެކުދިން ވެސް  ހީވަނީ އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ގެއަށް ދާން ވެސް ލަދުން އުޅޭހެން.. އަނެއްކާ ދެކުދިން އެކީ އެހާ ގިނައިން ބޭރަށް ދޭ.. އެހެންނޫނަސް ދެކުދިން ދެއްކި ވާހަކަތައް ވެސް އަޑު އެހީމޭ.. ތިކުދިން ހީކުރާ ވަރަށް ވުރެ ބައްޕަމެން މާ ޕްރޯ ވާނެ..” އަފާން ބުނެލި ވާހަކައިން ޔައިނާއާއި މިލާންގެ އިތުރުން ޒާރާ ކައިިރިއަށް ވެސް ހިނި އައެވެ. އެހެނަސް، އެކަމަށް ބުނާނެ އެއްޗެއް ނޭނގިފައި ޔައިލްއާއި އަޒަލްގެ އިތުރުން އާރާއާއި ޔަލީން ހަނުތިބީއެވެ.

“ދެން ދަރިފުޅުމެން ކިޔާބަލަ.. ކައިވެނި ކުރާ ވަރު ވެފައޭ މިހާރު ތި ތިބީ.. މަންމަ މެން ވަރަށް އުފާވޭ ތި ދެކުދިން ގުޅުނީމަ.. މަންމަމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ދެކުދިންގެ ކައިވެނި ވަރަށް ކުލަގަދަ ކޮށް ކުރަން..” ޔައިނާގެ ވާހަކައަށް ރައްދު ދިނުމަށް އަނގަ ހުޅުވައިލި ޔައިލްގެ ދޫ ބަންދުވީ، ދެން އަޒަލްގެ ދުލުން ނުކުތް ޖުމުލަތަކުންނެވެ.

“އަސްލު ވަރަށް އަވަހަށް މަންމަމެން ގާތު ބުނަން ތިބީ.. އެކަމް ނުކެރުނީ.. އަޅުގަނޑުމެން ވެސް ބޭނުމީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން.. ދޯ ޔައިލް..؟” އަޒަލް ދޯ އެއްލުމުން ވެސް، ލިބުނު ސިހުމުގައި ބުނާނެ އެއްޗެއް ނޭނގިފައި އިން ޔައިލް އިން ގޮތަށް އިނީއެވެ. ޔައިލް އެއްޗެކޭ ނުބުނެ އިނުމުނން އަޒަލް މޭޒުދަށުން ޔައިލްގެ އަތުގައި ހިފައި ބާރުކޮށްލީ، އެއްބަސްވާށޭ ބުނާ ފަދައަކުންނެވެ. އެއާއެކު ހަދާނެ އިތުރު ގޮތެއް ނުވިސްނިފައި އިން ޔައިލް، އަޒަލްގެ އިރުޝާދުތަކަށް ތަބާވަމުން، ލަސްލަހުން ބޯ ޖަހައިލުމާއެކު، އެތަނުގައި ތިބި އެންމެނންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިިވިއެވެ. އަފާންއާއި ޒާރާއާއި، ޔައިނާއާއި މިލާން ވަގުތުން އެކަކު އަނެކަކަށް މަރުޙަބާ ކީ އިރު، ލިބުނު ސިހުމުގައި ތިބެވެސް، ޔަލީންއާއި އާރާ ވެސް ހިނިތުންވެފައި، އެކަކު އަނެކަކުގެ ގައިގައި ބައްދައިލީ، ހިތުގައި ހުރި ސުވާލުތައް ޔައިލްއާއި އަޒަލްއާ ގާތު ފަހުން އެހުމަށް ނިންމާފައެވެ. މިވަގުތު އެ ސުވާލުތައް ކުރިމަތިކުރެވޭ ވަރަށް ވުރެ ބޮޑަށް، އެ ދެކުދިން ވެސް ތިބީ ޔައިލްއާއި އަޒަލްގެ ކައިވެނީގެ ވާހަކަ އަޑު އިވުމުން އުފާވެފައެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ދުރުވާން ޖެހުނަސް 05

Next

ބަދަލް….1

Next
March 9, 2025

ބަދަލް….1

Previews
March 9, 2025

ދުރުވާން ޖެހުނަސް 05

29 Comments!

  1. RIFSHA says:
    March 9, 2025 at 12:06 pm

    Hey Nayaa
    Rifoo ge comment eh vx nayaa ge vhk ah nulibey thaa dhuvas kolheh vejje dho.how are you? Aslu buxy kamun kiyaalaa fa vx comment eh kohnulaa dhuhvaaleveny.rifoo ge vaahaka ah vx reply dheveny gina dhuvas dhuvahu submit kohlaafa eyge fahun hehe.
    Anyways varah Reethi ingey story.hithah eri az ah yail ge hithuga oi ehcheh ingeyny yail lava kiyaa gadeega ehen bunyma ey. Iyye ge part ga vx hithah eri az ah ingeniyyey ekma neyngun dho.ehen ve fahun miadhu ge part ga vx yail song eh kiyaalyma hithah eri ingey mi faharu ingeyne yey.hehe
    Nayaa ge vaahaka varah perfect ingey aslu. You know seen thah vx.heevani loa kurimatheega fenna hen. And vaahaka there ah vadhevifa innany vx. Varah Reethi Masha Allah. Varah loabi vaahaka eh.mihaaru mi site in kiyaa enme reethi vaahaka. Abadhuves nayaa ge vaahaka enme reethy hama.
    When is next part? Can’t wait ingey.varah Reethi hisaabakun thi ninmaaly vx. Curiously waiting for the next part ingey.
    Love you so much 😘😘

  2. baby girl 🙈 says:
    March 9, 2025 at 12:09 pm

    Mi part vx vrh reethi Masha Allah ❤️❤️❤️
    nayaa sissy dhn oii part avahah submit kohdheeba…
    can’t wait??
    aaaah i am so curious dhn vaane gothakaa medhu…
    lyssssm ❤️❤️❤️

    1. Nayaa Nayaa says:
      March 9, 2025 at 12:35 pm

      thank you dear ❤️
      dhen oiy part ves hama submit kohlan v dhen hehe
      lym ❤️

  3. Cutie girl says:
    March 9, 2025 at 12:14 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Finally yail and azal gulhunee
    Aara and zaul ves v gulhey
    Shayaam and yaleen ves gulhuvachey
    They all are made for each other
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    Congrats for azal and yail ❤️😍🎉🎉
    Your my fav author ❤️
    Tc ❤️😘
    Ly naayoo ❤️😚

    1. Nayaa Nayaa says:
      March 9, 2025 at 12:36 pm

      Thank you dear ❤️
      Aww, this comment is so sweet 🥹
      Lym ❤️

  4. UNKNOWN GURLL says:
    March 9, 2025 at 12:15 pm

    Wow mi part ves vrh vrh reetti maasha Allah
    When next part can’t wait oh I am the first one yess

    1. Nayaa Nayaa says:
      March 9, 2025 at 12:38 pm

      Thank you dear ❤️
      When do you want the next part? Buni irakah submit kohladheynan hehe😉

  5. Its just me says:
    March 9, 2025 at 12:25 pm

    Wow mi part vx v reethi Ma Sha Allah 😍 curiously waiting for the next part. When next ♥️avas koh upkoh dhehchey kiyaa hithun hurevenee eh noon 🤭♥️

  6. Nayaa Nayaa says:
    March 9, 2025 at 12:39 pm

    Thank you darl ❤️
    Hehe miadhu ves hama submit kohlan vee

  7. Nadhoo says:
    March 9, 2025 at 1:15 pm

    alhey haadha heenukura gothakashey azal ah enguny naaya varah molhu thee hama best ey buneveyni. next part kiyaahithun eba hurin inthizaarugai.

    1. Nayaa Nayaa says:
      March 9, 2025 at 4:04 pm

      Aww thank you nadhoo🥰
      Mirey submit kohlaanan In Sha Allah ❤️

  8. Anonymous says:
    March 9, 2025 at 1:23 pm

    So interested part ??
    So nice?? 💯
    When next part???

    1. Nayaa Nayaa says:
      March 9, 2025 at 4:04 pm

      Thank you ❤️
      Mirey submit kohlaanan

  9. Naksu ⚡ says:
    March 9, 2025 at 1:25 pm

    Maashaallah! Mihaafurima gothehga regular koh vhk upload kodheythii vrh ufaavey.
    Unmeedhukuranii dhen oiy bai ves vee haa ves avahakah kiyaalan libeyne kamah.
    Mi ee total kithah part in vhk tha? Mihen mi ehee dhen kuri ah othy alhugandu ge o level exams thah viyas mi nukiyaa keiy nuvaanethy. Hama ehaa ves furihama vhk. I literally can’t keep myself together without reading this. O level ah ready vaa iru nagaa break thakuga mi in vhk kiyaaleema hiy hamajeyey. Ithurah thaazaa visnumehga hure masakkaiy kurevey.
    Thi ee vrh hunaruveri liyuntheri eh. Alhugandu enme kurin sure ves nayaa ge vhk thah kiyan. Hithuge shakuvaa aai hoadhan neydhen loiybeh thiyanoon nerunu iru ves gavaidhun kiyamun dhiyain. Eyru comment nukohlevunas e hurihaa vhk thakeh ves vrh habeys.
    Thi fadhain musthagubalugaa ves nayaa ge vhk thah kiyaalan libeyne kamah unmeedhu kuran.
    Lysm naayu 💕💕💕
    Take care, and Ramadan mubarak ✨✨✨✨
    Thnkuuu soo much for enlightening my days with ur stories,, forever grateful ☺️☺️☺️

    1. Nayaa Nayaa says:
      March 9, 2025 at 4:07 pm

      Awww miyoh loabi loabi comment eh 😍
      Thank youuu darling..hama bunaane ehcheh ves neyngifa meeni..varah varah ufaa vejje..thank you beeeggg for making my day!! 🥹❤️
      Parts ge adhadhu neynge bunaakah but mi balany roadha mas therey vaahaka ninmaaleveyne kamah..dhen let’s see dhwww
      Alheyy once again hama varah varah bodah thank you ingey..asluves varah ufaa vejje 🥰
      Love you more nd more darling ❤️
      Goodluck on your olevel exams. You got this! ❤️🫂

  10. Yaiii says:
    March 9, 2025 at 1:44 pm

    Can’t wait for the next part
    I ve been waiting for this so damn long that I almost thought y won’t write anymore, 😭
    Looking forward for azz and yail ge wedding
    Finally my love is getting this love
    Can u submit it today🥺

    1. Nayaa Nayaa says:
      March 9, 2025 at 4:08 pm

      Ahaha nooneyy dhen readers inthizaaruga bahattaafa ehenneh nuhadhaane ennu..I told you guys it was just a temporary break, and now I’m back again!
      Mirey submit kohlaanan in sha allah ❤️

  11. pumpkin says:
    March 9, 2025 at 2:26 pm

    masha allah mi part vs vrh reethi
    ALHAMDULILLAH azal ehbas vehje marry kuran
    heekury nuvaane kmh
    mihaar azal r yail ge marriage hama jehuny
    dhn aara n zaul ge relationship ge vhk ingunyma emeehunnah vaany kihineh???
    shayaam n yaleen gulhuvaa
    eyrun vrh reethi vaane
    and congra azal n yail
    miadhu ga submit kohleveynetha?🥺
    vrh kiyaa hithun mihury kitchen ah vadhefa vs visneynyy next part ga vaane go thakaa medhu🫣😭
    vrh dheravey dhn dhuvas kolhakun mi vhk vs nimeynethy😭
    curiously waiting for the next part
    ur my fav author
    I appreciate ur hard work
    tc ly nayooo❤️❤️

    1. Nayaa Nayaa says:
      March 9, 2025 at 4:12 pm

      Thank you so much dear ❤️
      Hehehe nayaa ves hama dhenme badhigeyga ulhelaafa fen varaigen ais mi jassaaly liyan..next part liye nimifa iny dhen mirey edit kohlaafa submit kohlaanan in sha allah
      Anekka badhigeyga hurefa maa bodah vaahaka ah nugehlehchey eyrun badhi therey goaheh ves hingaafaane 😉😅
      mi vaahaka ves dhen nimeyne dho dhuvaskolhakun dhen keeh kuraany dho..but ehen vaahaka akun hama anekkaa ves meet vaane kamah balamaa dho 🥰
      I love you more nd more ❤️

  12. Anonymous says:
    March 9, 2025 at 2:48 pm

    Masha Allah mi part vx vrh reethi
    When’s next part??
    Can’t wait..
    Haadha curious kohh thi ninmaa lanee

    1. Nayaa Nayaa says:
      March 9, 2025 at 4:13 pm

      Thank you dear ❤️
      Next part mirey in Sha Allah
      Hehe curious koh ninmaaleema ennu next part kiyaa hiyy vaani

  13. Gurll says:
    March 9, 2025 at 3:35 pm

    varah reethi mi parts ves pls up kohdheeba miadhu next part

    1. Nayaa Nayaa says:
      March 9, 2025 at 4:13 pm

      Thank you ❤️

  14. gurrrrl says:
    March 9, 2025 at 3:59 pm

    mi part ves hama perfect
    Naaya aki abadhuves alhugandhuge fan eh
    Thigothakah kuriyah dheveythoa masahkai kuraathi

    1. Nayaa Nayaa says:
      March 9, 2025 at 4:14 pm

      Thank you dear ❤️
      Means a lot ❤️

  15. Ghost girl 👻 says:
    March 9, 2025 at 6:10 pm

    Alheyyyy mi part kiyaa nimunu iru rovijje… Vrh vrh reethi yail and azal ge Bai especially asaru gadha ….. Nayaa lovs next part vrh beynun pls upload it as soon as possible…. Luv yu Soo Soo much.. neynge dhen mireyy hatharu dhamu azal and yail aa dheythereyga kanne visneyni hehe reader’s ge haalathu 😭 curiously waiting for the next part keep it up ❤️🥰 lysm Naya my favvv 😘

    1. Nayaa Nayaa says:
      March 9, 2025 at 6:44 pm

      alheyy thank youu dear <3
      lym darl <333

  16. Tabassum says:
    March 9, 2025 at 7:26 pm

    Alheyy. This story is sooo sooo soooooo beautiful!! Vvvv salhi! Allahumma Barik!! ❤️❤️ Vv kiyaahithun vaahaka 1 vana bain feshign mihisaabah kiyaa mi nimmaalii…
    Can’t wait aneh bayah… 🌹🌹

  17. Mar Yam says:
    March 9, 2025 at 11:03 pm

    Omg this part is ssoo guudd
    Avahah up kohladheeba next part. I can’t wait😩
    I love this story soo muchh
    Keep up the Gud work nayuu ❤️❤️🥰

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 21←


All Right Reserved!