“އަހަންނަށް ބުނެވުނު އެންމެ އިޝްގީކޮށް ބުނެވޭތޯ އަހަރެން ބަލާނަން.. އަޒަލް.. އަހަންނަށް ދެން އަޒަލްއާ ނުލާ ނޫޅެވޭނެ.. އަހަރެންގެ އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް އަހަންނަށް އަޒަލް މުހިއްމު.. ދުވަހަކުވެސް އަޒަލްގެ ހިތުގަ ނުޖައްސާނަމޭ، އަޒަލްގެ ނުރޮއްވާނަމެކޭ އަހަރެން ނުބުނާނަން.. އެއީ ކައިވެންޏެއް ކޮށްގެން އުޅެންޏާ މައްސަލަ ވެސް ޖެހޭނެ.. އަހަންނަށް ވެސް ކުށެއް ކުރެވިދާނެ.. ގޯހެއް ހެދިދާނެ.. އެކަމަކު އަހަރެން ބުނެލަން ބޭނުން ވަނީ އަޒަލް އުފަލުގަ ބަހައްޓަން، އަޒަލްގެ ހިތުގަ ނުޖައްސަވޭތޯ ބަލަން އަހަރެން މިހުރީ ޖާނުން ފިދާވާން ވެސް ތައްޔާރަށޭ.. އަހަރެން ވަރަށް ލޯބިވޭ އަޒަލް.. އައި ލަވް ޔޫ ސޯ މަޗް، މައި ލަވް.. ވިލް ޔޫ މޭކް މީ ދަ ހެޕިއެސްޓް މޭން ބައި މެރީން މީ..؟” ޔައިލްގެ ފޮނިފޮނި ވާހަކަކޮޅު ނިމުނު އިރު އަޒަލް ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ވަކިން ޚާއްސަކޮށް ޔައިލް އަބަދު އޭނައާ މުޚާތަބު ކުރާ ކުރު ނަމުގެ ބަދަލުގައި، ފުރިހަމަ ނަން ކިޔައިލުމުން އެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. އެވަގުތު ޔައިލްގެ އަތުގައި އޮތް ފޮށި ހުޅުވައިލުމާއެކު، ފެނުނު އަލިމަސްޖެހި ރިހި ކުލައިގެ އަނގޮޓިން އަޒަލްގެ ތުންފަތަށް ކަރުނައިގެ ތެރެއިން ވެސް ހިނިތުންވުމެއް ވެރިވިއެވެ.
“އަހަރެން އެބަ ޖަވާބަކަށް އިންތިޒާރު ކުރަމޭ އަޒް..” އަޒަލްގެ ފަރާތުން އިޝާރާތެއް ނުވުމުން ޔައިލް ހަނދާން ކޮށްލަދިނެވެ. އެވަގުތު އަޒަލް އެއްޗެކޭ ނުބުނެ އަތް ދިއްކޮށްލީ، ޖަވާބަކީ އާއެކޭ ކަން ބުނުމަށެވެ. ދުލުން އެ ބަސް ރައްދުކޮށްދޭން ބޭނުން ވިޔަސް، އެ ފަރިތަ ދުލަށް މިވަގުތު ބަހެއް ބުނުން ވެސް ދަތިވެފައިވާ ކަހަލައެވެ.
“އަޒްގެ ދުލުން ބުނެލާ އަޑު އަހާލާ ހިތް ވަނީ..” އަޒަލްގެ އަތްތިލައިގައި ހިފައިލާފައި، އެ އަތަށް ބޮސްދެމުން ޔައިލް ބުނެލިއެވެ.
“ޔެސް ޔައިލް.. ޔެސް!” އުނދަގުލުން ނަމަވެސް އަޒަލް ދުލުން އާނބަސް ބުނުމާއެކު ޔައިލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ވަގުތުން އެ އަނގޮޑި އަޒަލްގެ ކަށިއިނގިލީގައި އަޅުވައިލުމާއެކު، އަޒަލް އެ އަނގޮޓިއަށް ބަލައިލިއެވެ.
“ވާއު.. ވަރަށް ވަރަށް ރީތި.. ހަމަ އަހަރެން ބޭނުންވި ކަހަލަ ރިންގެއް..” އަނގޮޓީގައި ފިރުމައިލަމުން އަޒަލްއަށް ބުނެވުނީ އާޝޯޚުވެފައެވެ. ޔައިލްއަށް އެހައި ރަނގަޅަށް އޭނާ ދަސްވެފައި ހުންނާނީ، ހާދަ ވަރަކަށް ޔައިލް އޭނާއަށް ސަމާލުކަން ދީފައި ހުރީމަ ބާވައޭ އަޒަލްގެ ހިތަށް އެރިއެވެ.
“އައި ލަވް ޔޫ ސޯ މަޗް އަޒް..” އިން ތަނުން ތެދުވެ، އެ ވަރުގަދަ ދެއަތުގެ ތެރޭގައި އަޒަލް ހައްޔަރު ކޮށްލަމުން ޔައިލް ބުނެލިއެވެ. އަޒަލްގެ މޫޑު ބަދަލުވެގެން ދިޔައީ ދެނެވެ. އެ ބަސް ރައްދުކޮށްލުމަށް އަނގަ ހުޅުވައިލި ނަމަވެސް، އެއްވެސް މާނައެއް ނެތް ގޮތުގައި އެ ތިން ލަފްޒު ބުނުމަކީ ޔައިލްއަށް ވެވޭ ބޭއިންސާފެއް ކަން ޔަގީނެވެ. އަޒަލް ހިތުގައި ޖެހުނީ އެހެންވެއެވެ. ޔައިލް ތަކުރާރުކޮށް އެ ބަސްތައް އިއްވަމުން ދާ އިރުވެސް، އަދިވެސް އަޒަލްގެ ހިތުގައި އެ އިހުސާސްތައް ނެތީތީއެވެ.
“އައިމް ސޮރީ..” އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ގިސްލަމުން، އަޒަލް މަޢާފަށް އެދުމާއެކު ޔައިލް ސިހިފައި، އަޒަލް އޭނަޔާ ދުރުކޮށްލިއެވެ. އަޒަލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޔައިލް ވީ ގޮތް އަހައިލީ، އަޒަލްގެ ކޯތާފަތް ތެންމަމުން ދިޔަ ކޮންމެ ކަރުނަތިއްކެއް ވެސް، ލޯތްބާއެކު ފުހެލައިދެމުންނެވެ.
“ޔައިލް އެހާ ގިނައިން ލޯބިވެޔޭ ބުނާ އިރުވެސް.. އަހަންނަށް.. އަހަންނަކަށް..” އަޒަލްއަށް ބުނަން އުނދަގޫ ވަނީއެވެ. އޭނާ ޔައިލް ދެކެ ލޯބި ނުވެހޔޭ ބުނަން ނުކުޅެދެނީއެވެ. ޔައިލް އޭނާ ދެކެ އެހައި ލޯބިވާ އިރު، އެކަން ރައްދުކޮށްދެވެން ނެތީތީވެ، ހިތުގައި ޖެހެނީއެވެ. އެހެނަސް، އަޒަލް ބުނުމަކާ ނުލައި ވެސް ޔައިލްއަށް އަޒަލް އަށް ބުނަން އުޅުނު އެއްޗެއް ފަހުމް ވިއެވެ.
“ޝްޝް އަޒް.. އިޓްސް އޯކޭއޭ.. އަހަރެން ނުބުނަމެއްނު އަޒް ކައިރި އަހަރެން ދެކެ ލޯބިވާށެކޭ.. އަޒްއަށް އަދި އަހަރެން ދެކެ ލޯބި ނުވެވުނަސް އަހަރެން އެކަމުގަ އަޒް ކުށްވެރިއެއް ނުކުރާނަމޭ.. އެއީ އަހަންނަށް އެނގޭ އަދި އަޒްއަށް އަހަރެން ދެކެ ލޯބިވެވޭނެކަން.. އަޒް އަހަރެން ދެކެ ލޯބިވާ ވަރަށް އަހަންނަށް އަޒްއަށް ލޯބި ދެވޭނެކަން.. އަޒްގެ ދުލުން އަހަރެން ދެކެ ލޯބިވެޔޭ ބުނާނެ ދުވަހަކަށް އަހަރެން ވަރަށް އިންތިޒާރު ކުރާނަން.. އެކަމަކު އެ ބަސް އަޒް ބުނަން ވާނީ އަޒްގެ ހިތް އެކަމަށް ރުހުނު ދުވަހަކުން.. އަޒްއަށް އަހަރެން ދެކެ ލޯބި ވެވުނު ދުވަހަކުން.. ދެއަރ އާރ ނޯ ޕްރެޝަރސް.. އިނގޭ..؟” ޔައިލްގެ ދުލުން ބޭރުވި ކޮންމެ ލަފްޒެއްގައި ވީ އޯގާތެރިކަމާއި ލޯތްބެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަޒަލްއަށް ދެންވެސް ރޮވުނީއެވެ. ޔައިލް ފަދަ ބައިވެރިއަކު އޭނާއަށް ހަމަ ޙައްޤުބާވައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ.
“އޭއި.. ދެން ހުއްޓާލަބަލަ.. އަޒް ތިހެން ރޯތީ އަހަރެން ވަރަށް ދެރަވޭ.. ސްޓޮޕް ކްރައިން ޕްރިންސެސް..” ދެން ވެސް ޔައިލް އަޒަލްގެ ކަރުނަތައް ފުހެލައިދިނީ ލޯތްބާއެކުގައެވެ. އެއާއެކު އަޒަލް ވެސް ހިތްވަރު ކޮށްލާފައި، ރުއިން ހުއްޓައިލަން މަސައްކަތް ކުރިއެވެ.
“އަދި ނިމުނީކީ ނޫނޭ.. ހިނގާބަ..” އަޒަލްގެ އަތުގައި ހިފައިގެން ގޮސް ޔައިލް ހުއްޓުނީ ރެއިލިން ކައިރި ހުރި ވަށް މޭޒެއްގެ ދޮށުގައެވެ. އެ މޭޒުމަތި އަޒަލްއަށް މީރު ކާއެއްޗެހިން ރަމަތަ ކުރެވިފައިވާ ތަން ފެނުމުން، އަޒަލްއަށް ޔައިލްއާ ދިމާއަށް ބަލައިލެވުނީ ހިނިތުން ވަމުންނެވެ.
“ނަސީބެއްނު މަށަށް އަޒް ރަނގަޅަށް ދަސްވެފަ ހުރިކަން..” މޭޒު ދޮށުގައި އިށީނދެ، ހަމަޖެހިލަމުން ޔައިލް ބުނެލީ ލާނެތް ރާގަކަށެވެ. އެއާއެކު އަޒަލް ވެސް ހިނިތުންވަމުން އަސްލުވެސްއޭ ބުނެލީ ހަގީގަތުގައިވެސް ކުރެވެން އުޅޭ ކައިވެންޏާ ދޭތެރޭގައި ހިތުގެ އަޑިން އުފާވެފައި އިނދެއެވެ. އެ އަރާމު ވަގުތުކޮޅު، އެ ހިތްގައިމު މާހައުލުގައި، ޖެހެމުންދާ ލުއިލުއި ފިނިފިނި ރޯޅިތަކުގެ ތާޒާކަން މަތީގައި، ވިދައި ބަބުޅަމުން ދިޔަ ތަރިތަކުން ޖަރީކުރެވިފައިވީ އުޑުގެ ހިޔަލުގައިި ތިބެ، ވާން އުޅޭ ދެމަފިރިން ކެއުމަށް އިންސާފު ކުރަމުން ދިޔަ މަންޒަރު ކިތަންމެހައި ވެސް ފުރިހަމައެވެ.
*** ** ***
ލޯގަނޑު ކުރިމަތީގައި އިން އަޒަލް އިނީ ފިނިވެފައެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔަ އިރު، އެ ހިިތް ނެގިނެގިފައި ޖެހެމުން ދިޔައީ، ގަޑިއެއްހާ އިރުގެ ތެރޭގައި އޭނާއަކީ މީހެއްގެ އަތންބަކަށް ވާން އުޅޭނެކަން ހަނދާން ވުމުންނެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް ޓަކައި އަޒަލް ފުންކޮށް ދެތިން ނޭވާ ދޫކޮށްލި ނަމަވެސް، ހައްލެއް ނުލިބުނެވެ.
“މިއަދު ދޮންބެ ހަމަ ޔަގީނުން ވެސް އަޒްތަ ފެނިފަ ހޭނެތޭނެ.. އުހުނ.. ދެން އަޒްތަ އެއް ނޫން ދޯ ކިޔާނީ.. ދޮންބެދައްތަ ކިޔަން ވީ ދެން..” ލާނެތް ރާގެއްގައި ޔަލީން އަޒަލްއާ ދިމާކޮށްލިއެވެ. އެއާއެކު އަޒަލް ޔަލީންއާ ދިމާއަށް ލޯ އަޅައިލިއެވެ.
“ތެދެއް.. އާރޫ ވެސް ދެން ޔައިބެ ނުކިޔަ ދޮންތަބެ ދޯ ކިޔަންވީ..” އެއްލޯ މަރައިލަމުން އަރާ ވެސް ބުނެލިއެވެ.
“މި އާރޫ ގަނޑުވެސް މިހާރު ވަރަށް ލާނެތް ވެއްޖެ.. ކިހިނެއް ވެގެންތަ ތި އުޅެނީ މިފަހަކަށް އައިސް..؟” ދެލޯ ހަނިކޮށްލަމުން އަޒަލް އަހައިލުމާއެކު ޔަލީން ވަގުތުން އާރާގެ ކަންފަތް ދޮށުގައި ޒައުލްގެ ކަންތައް ދޯއޭ ބުނެލިއެވެ. އެއާއެކު އާރާ ޔަލީންގެ ގައިގައި ވިކައިގަތް އިރު، ޔަލީންގެ ހަޅޭކުގެ އަޑުން އަޒަލް ދިޔައީ ސިއްސައިގެންނެވެ. ދެމީހުންގެ ސަކަރާތް މާ ބޮޑު ކަމުންނާއި، ކައިވެންޏަށް ދެން މާ ގިނަ އިރު ނެތުމުން އަޒަލް ޔަލީނާއި އާރާ ފޮނުވައިލީ، ތައްޔާރުވެގެން އައުމަށް ބުނަމުންނެވެ. އެއާއެކު ހެމުން ހެމުން ދެކުދިން ކޮޓަރިން ނުކުމެގެން ދިޔުމުން އަޒަލްއަށް ވެސް ހިނިތުންވެފައި، ދެފަރާތަށް ބޯހޫރުވައިލެވުނެވެ.
އިރުކޮޅެއްވީ އިރު އަޒަލް ތައްޔާރުކޮށް ނިމިއްޖެއެވެ. އެެއާއެކު އަޒަލްއަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން ހިނިތުން ވެވުނީ، ހުރިހާ ކަމެއް ވެސް ހަމަ އޭނާ ބޭނުންވި ގޮތަށް ހުރި ތަން ފެނުމުންނެވެ. ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ހުރި އިރު، އެ ހެދުމަކީ ހަމަ އޭނާގެ ކުޑައިރުގެ “ޑްރީމް ވެޑިންޑްރެސް” އެވެ. އެ ކަޅުކަން ގަދަ ރާޅު އިސްތަށިގަނޑު ހުދު ކުލައިގެ ސެޓިން ފޮތީގެ ޝޯލް އަކުން ފޮރުވައިލެވިފައިވާ އިރު، އޮމާން މޫނުގައި ކޮށްފައިވީ މޭކަޕުން އަޒަލްގެ ރީތިކަން ދެގުނަވެފައިވާ ފަދައެވެ.
އަމިއްލަ ސޫރައަށް ގެއްލިފައި އިން އަޒަލްއަށް ސިހުމެއް ލިބުނީ އެވަގުތު ކޮޓަރި ދޮރު ހުޅުވައިލާފައި ވަން ޔައިނާއާއި، ޒާރާއާއި، އަފާންއާއި މިލާން ފެނުމުންނެވެ. ހުރިހައި ދަތްތަކެއް ފެންނަ ވަރަށް އަޒަލްއަށް ހީލެވުނީ އެންމެންގެ ތަޢުރީފުގެ ބަސްތައް އޮހެން ފެށުމުންނެވެ.
“މާޝާﷲ މަންމަގެ ދަރިފުޅު ހާދަ ރީއްޗޭ މިއަދު.. ލާހިކެއް ނޫން މިހާ ރީތި ކުއްޖެއް އެހެން ތަނަކުން ހޯދާކަށް..” އަޒަލްގެ ނިތުގައި ބޮސްދެމުން ޒާރާ ބުނެލީ އިންތިހާއަށް އުފާވެފައި ހުރެއެވެ.
“ދެން މިހާރު ޒާގެ އެކަނި ދަރިއެއް ނޫނޭ.. މި މަންމަގެ ވެސް ދަރިއެކޭ.. ދޯ އަޒް..؟” އަޒަލްގެ ބޮލުގައި ފިރުމައިލަމުން ޔައިނާ ބުނެލީ ހިތުގެ އަޑިން އުފާވެފައި ހުރެއެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ހަޔާތުގެ ބައިވެރިއަކަށް އަޒަލް ވުމަކީ އޭނާ ދެކޭ ގޮތުގައި މުޅި ޢާއިލާއަށް ވެސް ލެއްވި ރަޙުމަތެކެވެ.
“ތެދެއް.. މިހާރު ދެން މީ އަހަރެމެންގެ ކުއްޖެއް..” މިލާންވެސް އަޒަލްގެ އަތުގައި ހިފައިލަމުން ބުނެލިއެވެ. އެއާއެކު އަޒަލް ފެންކަޅިވެފައި ހުރެ މިލާންއާއި ޔައިނާގެ ގައިގައި އެކުއެކީގައި ބައްދައިލީ އެފަދަ ހެޔޮލަފާ، ރަނގަޅު ޢާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅާ ކައިވެނި ކުރެވޭތީއެވެ. ޔައިނާއާއި މިލާން ދުވަހަކުވެސް އޭނާއަށް ދެރަ ގޮތެއް ނުހަދާނެ ކަމުގެ ޔަޤީންކަން އޮތީތީއެވެ.
ހުރިހާ އެންމެން ވެސް ތަފާތު ވާހަކަ ދައްކަމުން ދިޔަ އިރު ބަސްހުއްޓިފައި ހުރީ އަފާންއެވެ. އަޒަލްއަށް އެކަން ފާހަގަވުމާއެކު ގޮސް އަފާންގެ ކުރިމަތީގައި ހުއްޓި، އަފާންގެ ގައިގައި ބައްދައިލިއެވެ. އަފާންއަށް ކެތްވީ އެހިސާބަށެވެ. ގިސްލަގިސްލާފައި ރޮވެން ފެށުމާއެކު، އެ ދެ އަތުގެ ޙިމާޔަތުގެ ތެރެއަށް ލޯބިވާ ދަރިފުޅު ގެނައެވެ.
“ބައްޕާ.. ބައްޕަ މިއޮށް އުފާވެރި ދުވަހު ވެސް ރޮނީތަ..؟” އަޒަލް އަހައިލީ ދެރަވެފައި ހުރެއެވެ.
“ނޫނޭ ދަރިފުޅާ.. މީ އުފާވެރި ކަމުގެ ކަރުނަ.. ބައްޕަ އުފާވޭ ދަރިފުޅު މިއަދު އަމިއްލަ ފައިމައްޗަށް ތެދުވެ، ދިރިއުޅުމެއް ފަށާ މަންޒަރު ފެންނާތީ.. އަދި އެވެސް ޔައިލްއާ އެކީ.. ބައްޕަ ހަމައެކަނި ދެރަވަނީ ދަރިފުޅު އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭތީ.. ބައްޕައަށް އެނގޭ ޔައިލް ވަރަށް ރަނގަޅަށް ދަރިފުޅު ބަލާނެކަން.. އެކަމަކު ވެސް.. ބައްޕައަށް އުނދަގޫ ވަނީ.. ހިއެއް ނުކުރަން މި ދުވަސް މިހާ އަވަހަށް އަތުވެދާނެ ކަމަކަށް.. ހީވަނީ އިއްޔެ ހެން ބައްޕަގެ އަތުތެރޭގަ ކުޑަކުޑަ ފުއްގަނޑެއް ހެން އަޒް އޮތީ..” ވެވުނު ޖަޒުބާތުގައި ހިތުގައިވީ ހުރިހާ އުދާސްތަކެއް އަފާންއަށް ބަންޑުން ކޮށްލެވުނެވެ. ފުރަތަމަ ދުވަހުން ފަށައިގެން އިންތިހާއަށް ލޯބި ދީގެން ބަލައި ބޮޑު ކުރި މަލެއް ފަދަ ނާޒުކު އަންހެން ދަރިފުޅު އެހެން ފިރިހެނެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭ ދުވަހަކީ، ކޮންމެ ބައްޕައަކު ވެސް އުފާވެރިކަމާއި، ހިތާމަވެރިކަމުގެ ދެ އިހުސާސް ވެސް ކުރާނޭ ދުވަހެކެވެ. އަފާންއަށް ވެސް ވީ އެފަދަ ގޮތެކެވެ.
“ބައްޕަ އަބަދުވެސް ބުނަމެއްނު އަޒް ވާނީ ބައްޕަގެ ރަން ދަރިފުޅަށޭ.. އެހެންވީމަ އަދި އަޒް ކައިވެނި ކުރިޔަސް ބައްޕައަށް އަޒް ގެއްލުނީ ކަމަށް ނުނިންމައްޗޭ.. ޕްލީޒް.. އަބަދުވެސް އަޒް ވާނީ ބައްޕަގެ ރަން ދަރިފުޅަށް.. ދެން ނުރޮއެ..” ލޯތްބާއެކު ބައްޕަގެ ކަރުނަތައް ފުހެލައިދެމުން އަޒަލް ބުނެލިއެވެ. އެއާއެކު އަފާން ވެސް ހިނިތުންވަމުން އަޒަލްގެ ނިތުގައި ބޮސްދީފައި، އަޒަލްއަށް ތަޢުރީފު ކޮށްލިއެވެ.
“އަފާން އަނެއްކާ މާ ޕްރޮޓެކްޓިިވް ވެގެން ވަލީ ނުދޭން ނުނިންމައްޗޭ.. މަގޭ ދަރިފުޅުގެ ހިތް ހަލާކުވެގެން ގޮސް މަރުވެދާނެ..” މިލާން ބުނެލީ ތަނުގެ މޫޑު ބަދަލުކޮށްލުމަށެވެ. ކަންތައް ވީ ވެސް އެހެންނެވެ. އެންމެންގެ ހުނުމުން މުޅި މާހައުލު ގުގުމައިގެން ދިޔަ އިރު، އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް ނެތެވެ.
*** ** ***
ކައިވެނި ކުރެވޭ މޭޒުދޮށުގައި އިން ޔައިލް އިރުއިރުކޮޅާ ސިޑިއާ ދިމާއަށް ބަލައިލަނީ، އެ ހިތުގެ މަލިކާ ކައިވެނީގެ ހެދުމުގައި ހުއްޓާ ދެކިލުމަށް ކެތްމަދުވެފައިވީ ހިތަކައިގެންނެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔަ އިރު، ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވެސް އެ މޫނުމަތިން ފެންނަމުން ދިޔައެވެ. ލައިގެން އިން ހުދުކުލައިގެ ގަމީހުގެ މަތިން ލާފައިވީ ކްރީމް ކުލައިގެ ކޯޓު ފަޓުލޫނު ވަނީ އެ ވަރުގަދަ ހަށިގަނޑަށް ހިފައިލާފައެވެ. ތުނބުޅިމަތިމަސް ރީތި ވަރަކަށް ތުނިކޮށްލެވިފައިވީ އިރު، ބޮލުގެ އިސްތަށިގަނޑު ވެސް ރިތި ގޮތަކަށް ސްޓައިލް ކޮށްލެވިފައިވީ އިރު، އެ މޫނުމަތިން ފެންނަނީ ތާޒާކަމާއި އާރޯކަމެވެ. ފިރިހެންވަންތަކަމާއި، ރީތިކަމުގެ ނަމޫނާ މިސާލެކެވެ.
“ސާބަހޭ ޔައިބޭ.. ހަމަ ނުފެނިގެން ކެތް ނުލަވާފަ ދޯ..؟” ކައިރީގައި އިން ޒައުލް ދިމާކޮށްލުމުން ޔައިލް ލޯ އަޅައިލިއެވެ.
“މަ ބަލާނަމޭ ޒައުލް މީހަކާ އިންނަ ދުވަހުން އުޅޭ ގޮތް..” ދެލޯ ހަނިކޮށްލަމުން ޔައިލް ބުނެލިއެވެ.
“މަގޭ ވާހަކަ ނުދައްކާ އިހަށް އެދިމާ ބަލާބަލަ.. އެހެރަ އަންނަނީ ތި ހޯދާ ޕަރީ.. އަނެއްކާ ރީތި ކަމުން ފެއިންޓް ނުވައްޗޭ..” ޔައިލްގެ ކޮނޑުގައި ޖަހައިލާފައި ޒައުލް ޢިޝާރާތް ކޮށްލި ދިމާއަށް ޔައިލް ބަލައިލިއެވެ. އެއާއެކު ޔައިލްގެ ނޭވާ ވެސް ހުއްޓިގެން ދިޔަހެން ހީވިއެވެ. އެސްފިޔަ ޖަހައިލަން ވެސް ނުކެރިފައި އިނީ، ފަޅި ސިކުންތެއްގެ ތެރޭގައި ވެސް ކުރިމަތިން އެ ފެންނަ ފަތްމިންޏެއް ފަދަ ހޫރުޕަރީ ލޯކުރިމަތިން ގެއްލިދާނެ ކަމުގެ ބިރަށެވެ.ގަޔަށް ހެޔޮވަރު ކޮށްލެވިފައިވީ ބޮޑު ހެދުމުގެ ސަބަބުންނާއި، އަރާފައިވީ ހައި ހީލްގެ ސަބަބުން އެންމެ ފަރި ހިނގުމެއްގައި ނުހިނގުނަސް، އަޒަލް ހިނގައިލާފައި އައި ގޮތުން ޔައިލްއަށް އެހެން ދިމާއަކަށް ބަލައިލަން ވެސް ނުކުޅެދުނެވެ. ކައިވެނީގެ ހެދުމުގައި ހުރި އިރު، އެ ހިތުގެ ރާނީ ހާދަހާ ލޯތްބެވެ. އެހައި ރީތި އަންހެން ކުއްޖަކު ދުނިޔޭގެ ކޮންމެ ހިސާބަކުން އަތްފުނާ އަޅައިގެން ހޯދިޔަސް ނުފެންނާނެ ކަން ޔަގީނޭ ޔައިލްގެ ހިތަށް އެރިއެވެ.
އިސްޖަހައިގެން އައި ގޮތަށް އަޒަލް ޔައިލްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އެންމެ ފަހަރަކުވެސް އިސްއުފުލައި ޔައިލްއާ ދިމާއަށް ބަލައިލާނޭ ހިތްވަރު އަޒަލްއަަށް ނުކުރެވުނީ، ޔައިލްގެ ކަތި ނަޒަރު އޭނާއަށް އަމާޒުވެފައިވާ ކަން އެނގޭތީއެވެ. އެ މޫނަށް މަޑު ރަތް ކުލައެއް ފާއްދައިލާފައި ވީ އިރު، އެ މަންޒަރު ބަލަން ޔައިލްއަށް އިނދެވުނީ ދީވާނާއެއް ފަދައިންނެވެ.
“ޔޫ ލުކް ގޯރޖަސް، މައި ޕްރިންސެސް..” އަޒަލްގެ އަތްތިލައިގައި ހިފައިލަމުން ޔައިލް ބުނެލުމާއި އެކު އަޒަލްއަށް ޔައިލްއާ ދިމާއަށް ބަލައިލަމުން ހިނިތުން ވެވުނެވެ. އޭރު އެ މޫނުމަތީގައި ލަދުރަކި ކަމުގެ ކުލަވަރު ފާއްދައިލާފައި ވުމުން ނުހަނު ލޯތްބެވެ.
ގާޒީ ޚުތުބާ ކިޔަން ފެށުމާއެކު ދެމީހުން ވެސް ޚުތުބާއަށް ސަމާލުކަން ދޭން ފެށިއެވެ. ގާޒީ ނަސޭޙަތްތެރި ވަމުން ދިޔަ ވަގުތު އަޒަލްއަށް އަމިއްލަ ހިތާ ސުވާލު ކުރެވުނެވެ. އޭނާ ހަމަ ޔައިލް ފަދަ ރަނގަޅު ޒުވާނެއްގެ ޙަޔާތުގެ ބައިވެރިއަކަށް ވުމަށް އެކަށީގެންވޭ ހެއްޔެވެ؟ ޔައިލް ދެކެ ލޯބިނުވާ އިރު، އޭނާއަށް އަތންބެއްގެ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިދާނެ ބާވައެވެ؟ އަނެއްކާވެސް ނުބައި ޚިޔާލުތަކުން އެ ސިކުނޑި ފުރި ބާރުވެގެން ދިޔުމާއެކު އަޒަލްގެ ތަބީޢަތު ބަދަލުވަމުން ދިޔައެވެ.
“މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަޤުވާވެރި ވުމަށް ވަޞިއްޔަތް ކުރާ ޙާލު، ހެޔޮ ގޮތުގައި އުޅުމަށް ހަނދާން ކޮށްދެމުން، މި ކައިވެނީގެ ވަލީވެރިޔާ، ޢައިޝަތް އަޒަލް އަފާންގެ ބައްޕަ، އަފާން އަކްމަލްގެ އިޛްނައާއި އެކު، މި ތިއްބެވި ދެ ހެކިން، އަޒާން އަކްމަލް އަދި އައްފާން އަކްމަލް، މި ދެ ބޭފުޅުން ހެކިކޮށް، އަލްފާޟިލް އަފާން އަކްމަލްގެ ދަރިކަނބަލުން ޢާއިޝަތު އަޒަލް އަފާން، އަލްފާޟިލް މުޙައްމަދު މިލާން މާހިރުގެ ދަރިކަލުން، ޔައިލް މުޙައްމަދު މިލާނަށް ދެހާސް ރުފިޔާ، ފަންސަވީސް ލާރީގެ ރަނަށް އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތިން، މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމަފުޅުގެ ބަރަކާތުން ކައިވެނި ކޮށްދީ، އަނބިކޮށްދީފިން..” ގާޒީގެ ވާހަކައާއި އެކު އަޒަލްގެ ހިތުގެ ހިނދުން އަވަސްވެގެން ދިޔައެވެ. ވަގުތުން ޔައިލް ގާތު ނޫނެކޭ ބުނާށޭ ބުނުމަށް ހިތަށް އެރި ނަމަވެސް، އެ ހިތްވަރެއް އަޒަލް އަކަށް ނުކުރެވުނެވެ.
“އަނބި ޤަބޫލު ކޮށްފިން..” އަޒަލްގެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ޔައިލް ބުނެލުމާއެކު އަޒަލްއަށް ދެލޯ މަރައިލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއާއެކު ޔައިލް ބޮޑުވާ އިނގިލިން އަޒަލްގެ އަތުގައި ފިރުމައިލުމާއެކު އަޒަލްއަށް ޔައިލްއަށް ބަލައިލެވުނެވެ. ޔައިލް ހިނިތުންވަމުން، ބޯޖަހައިލީ ތިމަންނައަށް އިތުބާރު ކުރާށޭ ބުނާ ފަދައަކުންނެވެ. ޔައިލްގެ އެ ކުޑަކުޑަ އަދާއިން އެކަނި ވެސް އަޒަލްގެ ހިތަށް ލިބުނު ފިނިކަން ބަޔާންކޮށްދޭން ވެސް ދައްޗެވެ. އެ ހިތުގައިވީ ވަސްވާސްތައް ސިިއްރު ވައިރޯޅިއެއް ފަދައިން ފަހަނައަޅައި ދިޔުމުން އަޒަލްއަށް ހިނިތުން ވެވުނެވެ. މިހާރު އޭނާއަކީ މީހެއްގެ އަތންބެކެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާ ޔައިލްގެ ޙައްޤެކެވެ. އިހުސާސް ކުރެވެންވީ ކޯޗެއް ކަމެއް، ހިތަށް އަރުވަންވީ ކީކޭ ކަމެއް، ބުނަންވީ ކޮން ބަހެއް ކަމެއް ނޭނގިފައި އިން އަޒަލްއަށް ކުރެވުނުހާވެސް ކަމަކީ ހިނިތުންވެލުމަކުން އެ ހިތުގައިވީ އުދާސްތައް ފަރުދާ ކޮށްލުމެވެ.
“ޔައިލް.. ދުވަހަކުވެސް ބައްޕަގެ އަޒްއަށް ދެރަ ގޮތެއް ނުހަދައްޗޭ.. އަޒް އަކީ މި ބައްޕަގެ މުޅި ފުރާނަ.. އަޒްއަށް ދެރަ ގޮތެއް ވެއްޖެއްޔާ ބައްޕަގެ ހުރިހާ އުއްމީދުތަކެއް ގެއްލޭނެ.. މިހެން ބުނާ އިރުވެސް އެނގޭ ޔައިލް އަޒްއަށް ވަރަށް ރަނގަޅަށް ބަލާނެކަން.. އެކަމަކު ވެސް ބައްޕައަށް ވިސްނޭތީ ބުނެވޭނީ..” ޔައިލްގެ ބުރަކަށީގައި ފިރުމައިލަމުން އަފާން އެދުނީ ހަމަ އެންމެ ކަމަކަށެވެ.
“ބައްޕާ.. ބައްޕަ އަޒް ދެކެ ލޯބިވާ ވަރަށް އަޅުގަނޑަށް އަޒް ދެކެ ލޯބި ނުވެވިދާނެ.. އެކަމަކު ޔަގީން ކުރޭ.. އަޒްއަށް ދުވަހެއްގެ ކޮޅުން ވެސް ދެރައެއް ލިބޭ ތަން ބަލަން ކެތް ނުވާ ވަރަށް އަޅުގަނޑު އަޒް ދެކެ ލޯބިވޭ.. ވަރަށް ލޯބިވޭ.. އަޒް ބޮޑުވަމުން އައި އިރު ބައްޕަމެން އަޒް ގެންގުޅުނު ގޮތް އަޅުގަނޑަށް ފެނުނު.. އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް ހަމަ އެހާ ލޯބިން އަޒް ގެންގުޅޭނަން..” އަފާންގެ ގައިގައި ބައްދައިލަމުން ޔައިލް ބުނެލީ، މިވަގުތު އަފާން ކަންބޮޑުވެފައި ހުންނާނޭ މިންވަރު އިހުސާސް ކުރެވޭތީއެވެ. އަޒަލް ދެކެ އަފާން ވާ ލޯތްބަކީ ޔައިލްއަށް އޮޅިފައިވާ ކަމެއް ނޫނެވެ.
ކައިވެނި ކުރެވުނު ދެމަފިރިން އެކުގައި ގެއިން ނުކުމެ، ކާރުގައި މިސްރާބު ޖެހީ ކައިވެނީގެ ވަލީމާ އޮންނަ މާލަމަށް ދިޔުމަށެވެ. ދެމަފިރިން ވަކި ކާރެއްގައި ދިޔަ އިރު، އެ ކާރުގެ ފަހަތުން އިތުރު ކާރުތަކުގައި ދެފަރާތުގެ ޢާއިލާ މެމްބަރުން ދިޔައެވެ.
ޕާޓީއަށް ދެވުމާއެކު އެންމެ ފުރަތަމަ ވެސް ޒައުލްގެ ދެލޯ ހޯދައިލީ އާރާއެވެ. މިއަދު އެ ހިތުގެ ރާނީ އިންތިހާއަށް ރީތިވާނެ ކަން ޔަގީންވާތީ، އެ ސޫރަ ދެކިލުމަށް އެދި އެ ހިތް ބޭޤަރާރު ވަމުން ދިޔައެވެ. އެކި ތަންތަން ބަލަމުން، ހޯދަމުން ދިޔަ ޒައުލްއަށް އާރާ ފެނުމާއެކު ދެލޯ ބޮޑުވެގެން ދިޔައީ، ހައިރާންވީ ވަރުންނެވެ. ދެވަނަ ސިކުންތުގައި އެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު، އަމިއްލަ ނަފްސަށް އިވޭ ވަރަށް “މާޝާﷲ” އޭ ބުނެވުނީ ބުރުގާ އަޅާފައި ހުރުމުން އާރާ ރީތި ކަމުންނެވެ. ވަގުތުން އާރާ ކައިރިއަށް ގޮސް، ތައުރީފު ކޮށްލުމަށް އެދި ޒައުލް ކެތްމަދު ވިއެވެ.
އާރާ ދާހައި ދިމާއަށް ފަހަތުން ދުވަމުން ގޮސް ޒައުލްއަށް އެންމެ ފަހުން އާރާ އަތު ޖެހުނީ ގަޑިއިރެއް ވެސް ވީ ފަހުންނެވެ. މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ޒައުލް އާރާ ގޮވައިގެން ނުކުތީ ބޭރަށެވެ.
“އާރޫ ހާދަ ރީއްޗޭ ބުރުގާ އެޅީމަ.. މާޝާﷲ..” އާރާގެ އަތްތިލައިގައި ހިފައިލަމުން ޒައުލް ތައުރީފު ކޮށްލިއެވެ. އެއާއެކު އާދައިގެ މަތިން އާރާގެ މޫނަށް ޖަންބުކުލަ ފާއްދައިލި އިރު، އިސްދަށަށް ޖެހިއެވެ.
“އަހަރެން ގާތު ނުވެސް ބުނޭ އާރޫ..” ޒައުލް ޝަކުވާ ކޮށްލީ އާރާ އޭނާ ގާތުގައި ނުބުނީތީއެވެ.
“ނުބުނަމޭ އެއްވެސް މީހެއް ކައިރިޔަކު.. އަހަރެން ބޭނުންވީ ވެސް ޒައުލްއަށް ސަޕްރައިޒެއް ދޭން.. އަސްލު ޔަލްއާ ދެމީހުން ދުވަސްކޮޅެއް ވެއްޖެ ކިޔައިގެން އުޅޭތާ.. ރަނގަޅު ދުވަހެއް ހޯދަން އުޅެނިކޮށް ދޮންތިމެން ކައިވެނި ކުރާ ޚަބަރު ލިބުނީމަ ހިތަށް އެރީ ވެޑިން އޮންނަ ދުވަހުއޭ އަޅާނީ.. ޔަލް ވެސް މިއަދު ބުރުގާ އެޅިއޭ.. ނުދެކެންތަ..؟” އާރާ ކިޔައިދިނެވެ.
“އާނ އެ ދައިތަގަނޑު އަދި ނުފެނޭ.. ޔަގީނޭ މުސްކުޅި މާމައެއް ވައްތަރު ކަން ޖަހާނީ..” ޒައުލް ޔަލީންއާ ދިމާކޮށްލުމުން އާރާ ގާތަށް ހިނި އައީ، ޔަލީނަށް އެ އަޑު އިވިއްޖެ ނަމަ ޒައުލް ގައިގައި ބޮނޑިއެއް އެޅީސްކަން ޔަގީން ވާތީއެވެ.
“އަސްލުވެސް އަހަރެންގެ އާރޫ މިހާރު މާ ރީތި.. ދެން އަބަދުވެސް ތިހެން ހުންނައްޗޭ..” އާރާގެ ނިތުގައި ބޮސްދެމުން ޒައުލް ބުނެލީ، އާރާގެ އެ ބަދަލާއި މެދު ނުހަނު ހިތްހަމަޖެހިފައި ހުރެއެވެ. ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި، އެނބުރި ޕާޓީ އޮތް މާލަމަށް ވަނީ، ޔަލީން ފޮޓޯ ނަގަން ވެއްޖެޔޭ ކިޔައި އެދެމީހުން ބަލައި އައުމުންނެވެ.
ކައިވެނީގެ ވަލީމާ އޮތް މާލަމަށް ގޮސް، އެންމެން ހަމަޖެހި، ޕާޓީ ފެށިގެން ގޮސް ނިމުނު އިރު ވެސް ޔައިލްއާއި އަޒަލްއަށް އެކަހެރިވެލާނޭ ފުރުސަތެއް ނުލިބުނެވެ. ޕާޓީ ހަމަ ފެށުނުތަނާ މެހެމާނުންތައް އަންނަން ފެށުމާއެކު، އެ ދުވަހުގެ އިރުއޮއްސި، ޕާޓީ ނިމެންދެން ވެސް އަޒަލްއާއި ޔައިލް ތިބެން ޖެހުނީ އެމީހުންގެ އިސްތިޤުބާލުގައެވެ. އަންނަމުން ދިޔަ މެހެމާނުން ހުސްވެ، އެތަނުގައި ދެމަފިރިންގެ ޢާއިލާ މެމްބަރުން އެކަނިވުމާއެކު ދެން ކުރިއަށް ދިޔައީ ޢާއިލީ ފޮޓޯ ނެގުމެވެ. ދެމަފިރިން އެކަނި ފޮޓޯ ނެގޭ ވަރުވެސް ވީ އަދި އޭގެ މާ ފަހުންނެވެ. ހުރިހާ ކަމެއް ނިމި، އަޒަލްއާއި ޔައިލްއަށް ހިމްދެމިލެވުނު ހުރީ ނުވައެއް ވެސް ޖަހާފައެވެ.
އަފާންއާއި މިލާންގެ އެދުމަށް އަޒަލްއާއި ޔައިލް ގެއަށް ދާން ނިންމީ އެހެން އެންމެނަށް ވުރެ ތަންކޮޅެއް ކުރިންނެވެ. ޕާޓީގައި ގިނަ ވަގުތު ކޮޅަށް ތިބުމުގެ ސަބަބުން އަޒަލްއާއި ޔައިލް ވެސް ތިބީ ވަރުބަލި ވެފައެވެ. އަޒަލްގެ ހާލު އަދި ޔައިލްއަށް ވުރެ ދެރައެވެ. އަރާފައި ހުރި ބޫޓަކުން ފައިތިލައިގައި ރިއްސަމުން ދިޔައީ އިންތިހާއަށެވެ.
ގެއާ ހަމައަށް ދެވެންދެން ވެސް ކާރުތެރޭގައިވީ ހިމޭން ކަމެވެ. އަޒަލް ހަނުއިނީ ޔައިލް އިސްވެ އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް ކާރު ދުއްވަން އިން ޔައިލް މަންޒިލަށް ވާޞިލްވެވެން ދެން ވެސް އެއްޗެކޭ ނުބުނެއެވެ. ޔައިލްގެ ހިމޭންކަމުން އަޒަލްގެ ހިތަށް އުނދަގޫ ވަމުން ދިޔައީ އިންތިހާއަށެވެ. އެ ހިތް ހާސްވެ، ބިރުގަންނަން ފެށީ، މި ފެށުނު އައު ބާބުގައި ދެން ލިޔާނެ ޖުމުލައަކީ ކޮބައިކަން ނޭނގުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







Omgg varah varah Reethi Masha Allah
Can’t wait for the next
Alhey nayaa ge thi bura masaikathah assari bahun saabas dhen. Konme dhuvahaku kiyaalan libeythee varah ufaa vey. Mee hama mihaaru Rifoo kiyaa enme reethi vaahaka Masha Allah.
Kon irakun next?????
Can’t wait ingey
Love you Darla ❣️
maashaa allah mi parts ves varah reethi ifeel so much next part up kohladhehchey avahah.yail and az so cute ekahala yail varah oolheyne mihaaru so sad ekm hama thikuraa masaiyykaiyy varah furihama keep it up
Thank youu dear ❤️
Maashaallah, mi bai ves hama ehaa furihama
Btw my story name is haqeeqaiy hoadhumey, author name white rose. Kuree part ga hilaa e vhk rangalhah comment eh nukohlevunu 😅😅😅
Kon irakun dhen oiy bai.
Vhk gavaidhun genesdhinumah kuraa masahkathah ahsaribahaa saabas dhen
Lysm 💕💕💕
Hey thee white rose tha?? I am a really big fan of you ❤️❤️ Masha Allah your stories are the best ingey. I mean hama nayaa and white rose thee Rifoo ge favourite ey..
And nayaa comment eh kohlaafa ingey innaany. Adhi pending ga kanneynge innaany. Because rifoo log in vegen kuryma
Love you
Thank you darla ❤️
Ehehe i saw your comment it was pending ga..innaane your short story ah comment eh kohlaafa 🥰
yess rifoo darl i saw your comment 🥰
Thank you so much ❤️
masha allah mi part vs vrh reethi🫶
azz r yail haadha loaibey
hama bunaane ehcheh neyngi fa meeny
ehaavs reethi
masha allah ur so talented
yail ulhey gothun blush vey
mi site in kiyaa enme reethi vhk mee
I appreciate ur hardwork
ehaa curious koh ninmaafa othyma next part vrh kiyaa hih ebavey
when next?
tc ly nayooo
❤️❤️❤️
masha allah mi part vs vrh reethi
yail n azz haadha loaibey
blush vs vey kiyan hurefa
hama bashuhtifa meeny mi part reethi kamun
ur so talented
ehaa curious koh ninmaafa othyma next part mihaarvs kiyaa hihvehje
when next?
tc
ly nayooo
❤️❤️❤️
Thank you dear ❤️
Lym ❤️
Thank you dearr ❤️
Ehehe nayaa ves blush vey liyan indhegen hama
Lym ❤️
Nayoo nayoo Maasha’Allah mi part ves Varah Varah reethi.. alhugandakee vaahaka kiyaafa comment ves kuraa kuhjjeh nun.. Ekam Hama mi vaahaka kiyaafa comment eh koh nulaa keh nuvy.. I’m speechless Maasha’Allah naayoo ge liyun theri kamuge hunaru Varah furihama.. vaahaka kiyaa iru loa kuri mahchah sifa vey.. sifa kurun thah ves Varah reethi maashaallah.. asluga your stories thakun Varah inspirations libey vaahaka liyan!! Next part ves Varah avahah kiyaalan libeyne kamah ummeedhu kuran!
Keep going girl!! <3
Awww this comment made my day!!
Thank youu so muchhh darl ❤️
Alheyy I’ll be really happy if I get to see a story of you one day! You should totalling give writing a try! I’m sure you’d do great 🥹
Tysm dear it truly means a lot to me ❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Aslu azal and yail v gulhey
Yail akee emme rangalhu baiveriyaa azal ah libuni
Yail and azal dhuru nukurachey
Aara and zaul ves gulhuvachey
Yaleen and shayaam ves
They all are made for each other
I appreciate your hard work
Your my fav author ❤️
Tc ❤️😘
Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
Ly naayoo ❤️ 😚
Thank you much darl ❤️
Means a lot ❤️
Lym ❤️
OMG YAYYY!.. MASHA’ALLAH.. FINALLY THEY GOT MARRIED..✨️OMG THEY BOTH ARE SO CUTE.. ✨️.. CAN’T WAIT TO READ THE NEXT PART THO..😭 but will wait..🥲KEEP IT UP DEAR!!.. 🤍
Nice part??? please upload next part……
Thanj you so much for the sweet comments guyssss!! I really really appreciate it! I have the best readers fr! 🥹❤️
Next part mihaaru vaany submit kohlaafa.. admin team upload kohdhinhaa avahakah kiyaalan libeyne
Love y’all ❤️
Ofc alhugadu men abadhuves nayaa ah support kuraanan ❤️❤️❤️
Really nayaa…. you’re the best….. alhey admin please miadhu upload kohdhyba
Masha Allah Vrh furihama ❤️ finally az and yail got married 🎉yail kahala Ragalhu kudhin Vrh madhu vaane mhr.. Az haadha luky ey dhw..
Haadha curious koshey nimmaalaafa othy 😭 cant wait next part kiyan
Avahah up kohdheeba nayuu
Keep up the gud work nayu. I appreciate it ❤️❤️
Lysm💋
Vrh reethi mi part ves
When next vrh curious
Can’t wait for next
Pls keep it up
Ly nayaa
Vrh vrh reeeethi mi part ves
FINALLY THEY ARE MARRIED
I’m so happy
Can’t wait to read the next part
Ur so talented
Naayu naayu OH MY GOD place tail n azal dhuru nukurahchey made for eachother💗 yal ves burugaa elhu oh my god yal burugaa alhaigen huhta shayaam ah vaa goiy balan can’t wait you are so great naayu proud of you 👏 I’m also thinking vhk eh luyan page ah ihnaane vhk eh liyelaafa
Insta I’d dhw insta I’d aky:fathimathnabaaha
Keep going dear
ILYSM ❤️
Thank youu dear ❤️
Aww can’t wait to read your story!!
innaane insta in follow req eh kohfa..insta id innaany in my real name inge not nayaa hehe.. butterfly eh innaane bio ga that’s me 🫶🏽
ilym ❤️