Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 17

ޔަލީން ލޮލުކޮޅަށް ގޮސް އޮބައިލުމުން ޝަޔާމަށް އަމިއްލަ ނަފްސަށް އިވޭ ވަރަށް ދެތިން ހުތުރުބަސް އަނގައިން ބޭރުކޮށްލެވުނީ ޚުދު އޭނާއަށް ވެސް އޭނާއަށް ވަމުންދާ ގޮތްތައް ދެނެގަންނަން ނޭނގޭތީއެވެ. ކުރިން ޔަލީންގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ އިރު، މިއަދު ޔަލީނަށް ކަމެއް ވެދާނެތީ އެ ހިތް ބިރުގަތީ އިންތިހާއަށެވެ. ކުރިން ޔަލީންގެ އަޑު އިވުނަސް ފޫހިވާ އިރު، މިއަދު ޔަލީން ވާހަކަ ނުދެއްކުމުން އެ ހިތަށް ތަދުވެއްޖެއެވެ. އޭނާއަށްޓަކައި އެ އަންހެން ކުއްޖާގެ ހިތުގައިވާ މައުސޫމުކަމާއި ލޮބުވެތިކަމުގެ މިޒާޖު ފުނޑުފުނޑު ކޮށްލީ އޭނާގެ އަމިއްލަ ދެއަތުންނޭ ހިތަށް އަރާ، އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އަމިއްލަ ހިތް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ ޙަޤީޤަތުން މިންޖުވާނޭ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އެ ޙަޤީޤަތާ ކުރިމަތިލާން ގޮތެއް ވެސް ޝަޔާމަކަށް ނޭނގުނެވެ. ޔަލީނަށް ޓަކައި އެ ހިތުގައި ޚާއްސަ މަޤާމެއް ދެވިއްޖެކަން ޤަބޫލު ކުރަން އަދިވެސް އޭނާއަށް އުނދަގޫޫ ވަނީއެވެ.

*** ** ***

އޮފީހުގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން އަޒަލް އިނީ އެކަމަށް ގެއްލި ހުސްވެފައވެެ. މި ހޭފަބީ ދެތިން ހަފްތާގެ ތެރޭގައި ރިއާންގެ ހަނދާންތަކުން އެންމެ ބޮޑަށް އަޒަލް އަށް ދުރުވެވުނީ އެގޮތަށް ގިނަ ވަގުތު މަސައްކަތުގައި ޝާމިލްވެ އިނުމުންނެވެ. ފަރިތަ ކަމާއެކު ކީބޯޑުގައި އެއްޗެއް ޓައިޕް ކުރަމުން ދިޔަ އަޒަލްގެ ހަރަކާތްތައް މަޑުޖެހުނީ ދޮރުގައި ޓަކި ޖަހައިލާފައި އެތެރއަށް ވަދެގެން އައި ޔައިލް ފެނުމުންނެވެ. ވަގުތުން އެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ޔައިލްގެ އަތުގައި އޮތް ލެޕްޓޮޕް ދަބަސް ފެނުމުންނެވެ. ޔައިލް އެ އައީ އޭނާއަށް މުހިއްމުވާނޭ މައުލޫމާތު ތަކެއް ހިފައިގެންކަން އަޒަލްއަށް ވަގުތުން އެނގުނެވެ.

“އަޒް ހާދަ ބުރަ ކޮށްލައިގެން..؟” ޔައިލް އަހައިލީ އަޒަލް މަސައްކަތަށް ގޮސް ގެއްލި ހުސްވެފައި އިނުމުންނެވެ. އެހެންނަމަވެސް އަޒަލް އަނެއްކާެސް އެގޮތަށް އޭނާގެ ދުވަހީ ދިރިއުޅުމަށް މަޑުމަޑުން ރުޖޫޢަވެ، ހަމައަކަށް އެޅޭތަން ފެނުމުން ޔައިލް ހިތްހަމަޖެހުނެވެ.

“އާނ މީ މާދަމާ އޮންނަ ކޯޓް ހިއަރިންއަށް ރެޑީ ކުރަން ޖެހޭ ފައިލްތައް ނިންމަނީ.. މިކަން ނިމުނީމަ ވަރަށް ބޮލަށް ފަސޭހަވާނެ.. ގާތްގަނޑަކަށް އަށް މަސް މި ވަނީ މި ކޭސް ދިގުދެމިގެން ދާތާ.. އެކޮޅުން ހަމަ ލާރި ދީގެން ކުރުވާ ކަމެއް މީ.. އެކަމަކު އަހަރެން މާދަމާ މިކަން ނިންމައިލާނަން..” އަޒަލް ބުނެލީ ޖޯޝާއެކުގައެވެ. އެއާއެކު ޔައިލްއަށް ހިނިތުންވެވުނީ އަނެއްކާވެސް ކުރީގެ އެ އަޒުމް ވަރުގަދަ، ހިތްވަރު ގަދަ އަޒަލް ލޯކުރިމަތިން ފެނުމުންނެވެ.

“އަހަރެން މި އައީ ރިއާންގެ ހުރިހައި ކަމެއް ހޯދައިގެން..” ދަބަހުން ނެގި ލެޕްޓޮޕް ހުޅުވައިލަމުން، އަޒަލްގެ މޭޒުމަތީގައި ބަހައްޓަމުން ޔައިލް ބުނެލިއެވެ. އެއާއެކު އަޒަލް ވެސް ކުރަން އިން މަސައްކަތް ހުއްޓައިލާފައި، ޔައިލް ދައްކަމުން ދިޔަ އެއްޗަށް ސަމާލުކަން ދިނެވެ.

“އަހުމަދު ރިއާން އަޒީމް.. ހަތާވީސް އަހަރު.. ސީނު ހިތަދޫ.. އާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭކަށް ނެތް.. އެކަމް ލަފާކުރެވެނީ މައިންބަފައިން ނިޔާވެފައިވާ ކަމަށް.. އުމުރުން ވިހި އަހަރުގަ މީހަކާ އިނީ.. އެއީ ފާތިމަތު ލިއުޝާ.. ކައިވެންނަށް ދެ އަހަރު ވީތަނާ ކުއްޖަކު ލިބިއްޖެ.. ފިރިހެން ކުއްޖެއް.. ނަމަކީ ރަޔަން އަހުމަދު ރިއާން.. މިހާރު ކުއްޖާއަށް ފަސް އަހަރު.. މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގަ ދެފަހަރެއްގެ މަތިން ހައްޔަރު ކޮށްފަ ހުރި މީހެއް ރިއާން އަކީ.. އެކަމަކު ސާބިތު ނުވެގެން ކޮންމެ ފަހަރަކުވެސް ދޫކޮށްލަނީ.. މާރާމާރީގެ މައްސަލައެއްގަ ވެސް ހައްޔަރު ކުރި.. އެފަހަރުވެސް ދެތިން މަސް ޖަލުގަ ހޭދަކޮށްފަ ސަލާމަތްވީ ކޮންމެވެސް ފައިސާވެރިއަކު އޭނަ ސަލާމަތް ކޮށްދިނީމަ.. ލަފާ ކުރެވެނީ ރިއާން މަސައްކަތް ކޮށްދެނީ އޭނާއަށް ކަމަށް..” ރިއާންގެ ފަތިފުށް އެކީ ޔައިލް ކިޔައިލި އިރު އަޒަލް އިނީ ބުނާނެއް އެއްޗެއް ވެސް ނޭނގިފައެވެ. ރިއާންއާއި އެކުގައި ހޭދަވީ ހަ މަސް ދުވަހުގެ ތެރޭގައި އޭނާއަށް ނޭނގި އޮތް އެތައް ކަމެއް މިއަދު އެނގިގެން ހިނގައްޖެއެވެ. ހިތަށް ކިތަންމެ އުނދަގޫވެފައި، އަމިއްލަ ނަފްސަށް ކިތަންމެ ފަހަރަކު މަލާމަތް ކުރެވުނު ނަމަވެސް، އަޒަލް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލީ މިވަގުތު އޭނާ ބަލިކަށިވެގެން ވާނޭ އެއްވެސް ކަމެއް ނޯންނާނެކަން އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.

“އަހަރެން މި އައީ އަޒް ލިއުޝާއާ ވާހަކަ ދައްކަން ބޭނުމޭ ބުނީމަ އޭނާގެ ނަމްބަރު ވެސް ހޯދައިގެން..” ޔައިލް އޭނާގެ ފޯނު ނަގާފައި، އަޒަލްގެ ފޯނަށް ލިއުޝާގެ ނަމްބަރު މެސެޖު ކޮށްލުމާއެކު، އަޒަލް ފޯނު ބަލައިލިއެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނދެފައި އަޒަލް ލިއުޝާއަށް ގުޅައިލުމާއެކު ޔައިލް ވަގުތުން އަޒަލް ގާތު ހަމަޖެހިލައިގެން ތިކަން ކުރަން އުޅުނަސް ރަނގަޅުވާނޭ ބުނެލިއެވެ. އެހެންނަމަވެސް އެ އަޑު އަޒަލްއަށް އިވުނުހެންނެއް ހިއެއް ނުވެއެވެ. ތިންވަނަ ރިންގާއެކީ އެކޮޅުން ފޯނު ނަގާފައި ކާކުހޭ އަހައިލުމާއެކު އަޒަލް ވާހަކަ ދައްކަށް ފެށިއެވެ

“އައްސަލާމުޢަލައިކުމް ލިއުޝާ.. އަޅުގަނޑަކީ ޖަސްޓިސް ލޯވ ފަރމްގެ ފަރާތުން އައިޝަތް އަޒަލް އަފާން.. އަޅުގަނޑު މި ގުޅައިލީ ލިއުޝާއާ ވަރަށް ބޮޑު ވާހަކައެއް ދައްކައިލަން ވެގެން.. މާދަމާ ހަވީރު ޖަސްޓިސް ލޯވ ފަރމް ބިލްޑިންގ އަށް ވަޑައިގެން ދެއްވޭނެތޯ..؟” އަޒަލް އަހައިލުމާއެކު ދެން އެދެމެދުގައި ދިޔައީ ހިމޭން ކަމުގެ ސުކޫތެކެވެ. އަޒަލް ދެއްކި ވާހަކަ ޤަބޫލު ކުރަން ލިއުޝާއަށް ދަތިވީ ކަންނޭނގެއެވެ. ނުދަންނަ ނަމްބަރަކުން ގުޅާފައި އެފަދަ ވާހަކައެއް ދެއްކުމުން ކޮންމެ މީހަކަށް ވެސް ވާނީ އެހެން ކަންނޭނގެއެވެ.

“އަޅުގަނޑު މި ހަދަނީ ދޮގެއް ނޫން.. މާދަމާ ހަވީރު މިކޮޅަށް އައިސްދެއްވާ.. މީ ލިއުޝާއަށާއި ލިއުޝާގެ ދަރިފުޅަށް ރަނގަޅަކަށް އަޅުގަނޑު ދަންނަވާ ވާހަކައެއް..” އަޒަލް އެހެން ބުނުމާއެކު ލިއުޝާ މަޑުމަޑުން އާއެކޭ ބުނެލާފައި ފޯނު ކަނޑައިލީ އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް އަޒަލްއަށް ނުދީއެވެ. އެއާއެކު އަޒަލް ވެސް ފޯނު ކަންފަތުން ދުރު ކޮށްލި އިރު އެ ހިތުގައި ލިއުޝާ އަންނާނެ ކަމާއި މެދުގައި ޝައްކު އުފެދިފައި ވިއެވެ. ނަމަވެސް އޭނާއަށް އުއްމީދު ކުރެވެމުން ދިޔައީ ލިއުޝާ އަންނާނެ ކަމަށެވެ.

“މިހާރު ތީނީ މާ ބޮޑަށް މޫޑު ގޮއްސަ.. އަހަރެން އޭރުވެސް ބުނީމެއްނު އަޒް ކައިރި ހަމަޖެހިގެން ތި ކުރާ ކަމެއް ކުރާށޭ..” ޔައިލްއަށް ވަގުތުން އަޒަލްއަށް ވީ ގޮތް އެނގުނެވެ.

“އަހަރެން އޯކޭއޭ..” ފުން ނޭވާއެއް ދޫކޮށްލަމުން އަޒަލް ބުނެލީ ހަމައެކަނި އެހެންނެވެ. އިތުރަށް ބުނާނެ އެއްޗެއް ވެސް އެ ފަރިތަ ދުލަށް ނައީއެވެ.

“އޯކޭ ދެން އަޒް އިހަށް ކުޑަކޮށް މައިންޑް ފްރެެޝް ކޮށްލާ.. އަހަރެން މި ދަނީ އޮފީހަށް ދާން.. ވަރަށް ބުރަކޮށް އުޅެމުން މި އައީވެސް.. މިއަދު ޝިޕްމަންޓް ވެސް އެބަ އާދޭ މިކޮޅަށް.. އަދި އާނ.. މާދަމާ ކޯޓް ހިއަރިން ނިމޭ އިރަށް އަހަރެން ދާނަން އަޒް ބަލައި އިނގޭ..” ޔައިލް އެހެން ބުނުމުން އަޒަލް ހިނިތުންވެލާފައި އެންމެ ރަނގަޅޭ ބުނެލިއެވެ.

“ތޭންކްސް ޔައިލް.. ތިހާ ބުރަކޮށް އުޅެމުން ވެސް އަހަރެންގެ ކަންތައްތަކުގަ މިހާ ހެލްޕް ވެދޭތީ..” އަޒަލް ބުނެލީ ހިތުގެ އަޑިންނެވެ.

“އެއްކަލަ އަޒް.. އަޒްގެ ކޮންމެ ކަމަކީ ހަމަ އަހަރެންގެ ވެސް ކަމެއްނު.. އަހަރެން އަބަދުވެސް އަޒްއަށް އެހީ ވާނަމޭ..” ހިނިތުންވެލަމުން، އެހެން ބުނެލާފައި ޔައިލް ނުކުމެގެން ދިޔަ ތަން ބަލަން އިން އަޒަލް، ޔައިލް ދޮރު ލެއްޕުމާއެކު އަނެއްކާވެސް މަސައްކަތުގައި މަޝްއޫލުވިއެވެ.

*** ** ***

ކޮލެޖުގެ ގޯތިތެރޭގައި ހުރި ބެންޗެއްގައި އިށީނދެލައިގެން ތިބި ޔަލީންއާއި އާރާ ތިބީ އެކުދިންގެ އަމިއްލަ ވާހަކަ ދެއްކުމުގައެވެ. އާރާ ވާހަކަ ފޮތެއް ކިޔަން އިން ނަމަވެސް، އެ ފޮތަށް ސަމާލުކަން ދެވޭ ވަރު ނުވީ ޔަލީންގެ އަނގައަކާ ހެދިއެވެ.

“މި ޔަލީނާ ދައިތަގަނޑުގެ އަނގައަކާ ހެދި އަހަރެންގެ އާރޫ ހަމަ ނޭވާއެއް ލިޔަކަ ވެސް ނުދެޔޭ ދޯ..؟” އައިނައި ތަނެއް ނޭނގި ކުއްލިއަކަށް އެތަނަށް އައިސް ހުއްޓުނު ޒައުލް ފެނި، ޔަލީން ސިއްސައިގެން ދިޔަ އިރު، ވަގުތުން އާރާގެ މޫނުމަތި ރަތްވެގެން ދިޔައީ ޒައުލް “އަހަރެންގެ އާރޫ” އޭ ކިޔައި މުޚާތަބު ކޮށްލުމުންނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޒައުލް އޭނާއަށް “އަހަރެންގެ އާރޫ” އޭ ކިޔާފައި ގޮވައިލާ ކޮންމެ ފަހަރަކު އެ ހިތަށް ލިބިގެން ދަނީ ބަޔާން ކުރަން ދަތި އުފަލަކާ ހިތްހަމަޖެހުމެކެވެ. ޒައުލްއަށް ޓަކައި އެ ހިތް ލޯބިގެން ފުރިގެން ދަނީ އޭނާއަކީ ހަމައެކަނި ޒައުލްގެ މީހެއްކަން ހަނދާން ވުމުންނެވެ.

“ހޫމް ދެން އަހަރެންގެ އާރޫ ވަރެއް ނެތިފަ އުޅޭތި.. އެކަމަކު ތީ ލޯބި ހުށައަޅަން ވެސް ބިރުން އުޅުނު މީހެކޭ! ފިނޑި ކަމުން ކަމެއް ކުރާކަށް ނުކެރެ.. އެންމެ ފަހުން އެކަން ވެސް ކުރަން ޖެހުނީ މީނދަ ލަދުރަކި ބަސްއަހާ އާރޫއަށް..” އާރާގެ ކޮލުގައި ހިފައިލަމުން ޔަލީން ޒައުލްއާ ދިމާކޮށްލިއެވެ.

“ތީ ހަމަ ޔަލީނަށް ހީވާ ގޮތް.. އަހަރެންގެ އާރޫއަށް ނުލާހިކު ކެރޭނެޔޭ.. އެހެންވީމަ އަހަރެން ކީއްކުރަންތަ ފަރސްޓް ސްޓެޕް ނަގަންވީ..” ޒައުލް އެހެން ބުނެލުމަށް ފަހު، ދެފަރާތް ބަލައިލާފައި، އާރާގެ ކޮލަށް ދޮނެއް ދިނުމާއެކު އާރާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، ޔަލީން ގާތަށް އައީ ލާނެތް ހިންޏެކެވެ. އާރާ ވަގުތުން ވަށައިގެން ބަލައިލީ އެއްވެސް މީހަކަށް އެ މަންޒަރު ނުފެންނަކަން ޔަގީން ކުރާށެވެ. އެންމެން ވެސް އެމީހެއްގެ އަމިއްލަ ކަންކަމުގައި މަޝްއޫލު ވެގެން އުޅޭތަން ފެނުމާއި އެކު އާރާއަށް ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“މިހާރު ދެން އެ ފިނޑި ކަން ވެސް ގޮއްސި ދޯ..؟” ޔަލީންއަށް އެވަގުތު ވެސް ޒައުލްއާ ދިމާކކޮށްނުލައި ނީނދެވުނެވެ.

“ސާބަހޭ ޔަލް ދެން.. ތިވަރު ނުކުރިޔަސް ރަނގަޅުވާނެ..” އާރާ އެހެން ބުނެލުމާއެކު ޔަލީން ވަގުތުން ދެލޯ ކުޑަކޮށްލިއެވެ.

“މިހާރު އަހަރެން ޒައުލްއާ ދިމާކުރީމަ އާރޫއަށް ހާދަ ވަރެކޭ ދޯ ތި ވަނީ..؟ ކިހާ ވަރެއްގެ ލޯތްބެއްތަ ތި ވަނީ..؟” ޔަލީން ދެން ދިމާކުރަން ފެށި އާރާއާއެވެ.

“ކޮންމެހެން އަހަރުމެންނާ ދިމާކުރާނެ ކަމެއް ނެތް.. ކޮބާތަ ޔަލް ގެންގުޅޭ ޝަޔާމް..؟” އާރާ އެހެން އަހައިލުމާއެކު ޒައުލް ވަގުތުން ޝަކުވާ ކޮށްލީ އޭނާއަށް އަދި އެ ބުނާ ޝަޔާމެއްގެ ވާހަކަ ނުވެސް އެނގެޔޭ ކިޔާފައެވެ. އެެއާއެކު ޒައުލްގެ ޝަކުވާތައް ހުއްޓުވަން ޔަލީނަށް ޖެހުނީ ޝަޔާމްގެ ވާހަކަ ފެށިގެން ނިމެންދެން ކިޔައިދޭށެވެ.

“ގައިމު ފުރަތަމަވެސް އަހަރެން ގާތު ތި ވާހަކަ ބުނި ނަމަ.. އަހަރެން ތިކަންތައް ހަމަ އެއް ޝޮޓުން ނިންމައިލަ ދިނީމުހޭ..” ޒައުލް ބުނެލިއެވެ.

“ސާބަހޭ ދެން.. އެއީ މިހާރު ނިމިފަ އޮތް ކަމެއް..” ޒައުލް ދިމާކުރަން ފެށުމާއެކު ޔަލީން ބުނެލީ ދެލޯ ކުޑަކޮށްލަމުންނެވެ.

“ގައިމު މިހާރު ތި ސޮރަކުތި އުޅޭ ގޮތަކުން ހިއެއް ނުވެޔޭ ތީ ނިމިފަ އޮތް ކަމެއް ހެންނެއް.. އަދި ޔަލް އުޅެލައިފިއްޔާ ވާނެ..” މިފަހަރު ޒައުލް ބުނެލީ ސީރިޔަސްކަމާ އެކީއެވެ.

“ޕިސް ދެން ނޫޅެން..” ޔަލީން ހީވީ ދެން އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވެފައި އިން ހެންނެވެ. އެވަގުތު އެހެން ކުއްޖަކު ޔަލީނަށް ގޮވައިލުމުން ޔަލީނަށް ޒައުލްއާއި އާރާގެ ވާހަކަތަކުން މިންޖުވުމުގެ ފުރުސަތު ލިބުނެވެ.

“އަހަންނަށް ހާދަ ހީވެޔޭ ޝަޔާމްއަށް މިހާރު ޔަލް ދެކެ ލޯބި ވެވެނީހެން..” ޔަލީން ދިޔަ ދިމާއަށް ބަލަން އިނދެ އާރާ ބުނެލިއެވެ.

“ހޫމް ދެން ޔަލްގެ ވާހަކަ ބާއްވާފަ އިހަށް އަހަރުމެން ދެމީހުންގެ ވާހަކަ ދައްކަބަލަ.. އަހަންނާ އެކީ ހަވީރު ދުއްވައިލަން ދާނަންތަ..؟” އާރާގެ މޫނު އޭނާއާ ދިމާއަށް އަނބުރައިލަމުން ޒައުލް ބުނެލިއެވެ. އެއާއެކު އާރާ ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އާއެކޭ ބުނުމުމާއި އެކު، ޒައުލްއަށް ވެސް ހިނިތުން ވެވުނެވެ.

*** ** ***

ކޯޓު އަޑު އެހުން ނިންމައިލުމަށް ފަހު ކޯޓުން ނުކުތް އަޒަލްގެ ތުންފަތް މަތީގައިވީ ހިނިތުންވުމުން އެކަނިވެސް ކާމިޔާބީ ލިބުނީ ކޮން ކޮޅަކަށް ކަން ދޭހަވާހައި ވެއެވެ. މަޑުނޫކުލައިގެ ގަމީހަކާއި އެކު ހަމަ އެކުލައިގެ ޝޯލްއެއް އަޅާފައި، ކްރީމް ކުލައިގެ ބެލްސެއްގައި ހުރި އިރު، ދެންމެ ކޯޓު ރޫމް ތެރޭގައި ލައިގެން ހުރި ކޯޓު މިހާރު ވަނީ ބައިލާފައި، އަތުގައި އަޅުވައިލާފައެވެ. އަޒަލްގެ ކިބައިން ފެންނަމުން ދިޔައީ ހަރުދަނާ ކަމާއި ޝަޚުސިއްޔަތު ވަރުގަދަ ކަމެވެ.

ތަންކޮޅެއް ދުރުގައި ސައިކަލެއްގައި އިން ޔައިލް ހަނާ އަޅައިލުމާއެކު އަޒަލްގެ ހިނިތުންވުން ފުޅާވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އެދިމާއަށް ގޮސް، ޔައިލްގެ ސައިކަލު ފަހަތަށް އެރި އިރު، ކޯޓު އަޑުއެހުން ދިޔައީ ކިހިނެއް ހެއްޔޭ ޔައިލް އަހައިލިއެވެ.

“ދެން އަހަރެންގެ ކޮޅަށް ބަލިވާނެހެން ޔައިލްއަށް ހީވޭތަ..؟” ފަޚުރުވެރި ވެލާފައި އަޒަލް ބުނެލި ގޮތުން ޔައިލް ގާތަށް ހިނި އައެވެ. ޙަޤީޤަތުގައިވެސް އަޒަލްގެ ގާތުން ބަލިވުމަކީ ވަރަށް ނާދިރު ކަމެކެވެ. ރިޝްވަތުގެ މުޢާމަލާތެއް ހިންގައިގެން ނޫނީ ދުވަހަކުވެސް އަޒަލް ވަކާލާތު ކުރާ ކޮޅު ބައްޔެއް ނުވާނެއޭ ޔައިލް ހިތަށް އެރިއެވެ. ގިނަ ފަހަރަށް އެކަހަލަ މުޢާމަލާތެއް ހިންގިޔަސް، އެކަން ވެސް އަޒަލްއަށް ސިއްރު ނުވެއެވެ. އެހައި ޒުވާން އިރުގައިވެސް އެ ދާއިރާގައި އެހައި ނަން ހިނގާތީ، ޚުދު ޔައިލްވެސް ބައެއް ފަހަރު އާޝޯޚު ވެއެވެ. އަޒަލްގެ ކުޅަދާނަ ކަމަށް ހިތާހިތުން ތަޢުރީފު ކުރެވެއެވެ.

ޔައިލް ސައިކަލު ހުއްޓައިލީ “އެމް ވައި ޓެކް ކޮމްޕެނީ” ގެ ކުރިމައްޗަށެވެ. ސައިކަލުން ފައިބާފައި، ދެމީހުން އެކުގައި ބިލްޑިންއަށް ވަދެގެން ދިޔަ އިރު، އޮފީސް ތެރޭގައި ޙަރަކާތްތެރި ވަމުން ދިޔަ އެންމެންގެ ނަޒަރުތައް ކަހަލަ ގޮތަކަށް ހުއްޓިފައިވަނީ އެ ދެމީހުންނަށެވެ. ބައެއް މީހުން އެކަކު އަނެކަކުގެ ކަންފަތް ދޮށުގައި ސިއްރުން އެއްޗެހި ބުނަމުން ދިޔަ އިރު، މިއިން އެއްވެސް ކަމަކަށް އަޒަލްއާއި ޔައިލްގެ ސަމާލުކަމެއް ނެތެވެ. ދެމީހުން އެ ދިޔަ ގޮސް މަތީ ފްލޯރ އަށް އަރާފައި، ޔައިލްގެ ކެބިންއަށް ވަނެވެ.

“ސޯ ދެން މިިއަދު ލިއުޝާއާ މީޓް ކުރަނީ ދޯ..؟” ކެބިންގެ އެއްފަރާތުގައި ހުރި ސޯފާއަށް ވެއްޓިގަންނަމުން ޔައިލް އެއްސެވެ.

“އާނ.. ކުޑަކޮށް ނަރވަސް.. އެކަމް އޯކޭ ވާނެ..” އަޒަލް ހީވީ ބޮޑަށް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅުނު ހެންނެވެ. ދެން އެއަށްފަހު އެތަނުގައި ހިނދުކޮޅަކަށް ހަމަހިމޭންކަން ރަސްކަން ކޮށްލިއެވެ. ކުއްލިއަކަށް އަޒަލްގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ޔައިލްގެ ހަށިގަނޑު ވަގުތުން ސީދާވިިއެވެ. ހަމަ ދެންމެ ވެސް ރަނގަޅަށް ހުރެފައި، ކުއްލިއަކަށް އަޒަލް ރޯން ފެށުމުން ޔައިލް ހާސްވިއެވެ.

“އަޒް.. ކިހިނެއްވީ..؟” އަވަސް ފިޔަވަޅުތަކެއްގައި ޔައިލް ގޮސް އަޒަލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނައިގެ މުތީތައް ފެނުމާއެކު ޔައިލްގެ ހިތުގައި ރިއްސައިލިއެވެ.

“އަހަރެން.. އަހަ.. އަހަންނަކަށް ނޭނގެ ޔައިލް.. އަހަރެން ހާދަ މަސައްކަތް ކުރަމޭ އެބަ.. މޯވް އޮން ކުރަން.. ހުރިހާ ކަމެއް.. ހުރިހާ ކަމެއް ހަނދާން ނައްތައިލާފަ ދިރިއުޅުމައިގެން ކުރިއަށް ދާން.. އަހަންނަށް ހެދުނު މިސްޓޭކްތައް ރަނގަޅު ކުރަން.. އެކަމަކު.. އެކަމް.. ކަމެއް ނުވާ ކަމަށް ހެދިގެން ހުއްޓަސް އަހަރެން ހާދަ ދެރަ ވެޔޭ.. މި ހިތަށް ހާދަ ތަދު ވެޔޭ.. ޔައިލް.. އައިމް ޓްރައިން މައި ބެސްޓް.. އެކަމް.. އެކަމް ނޭނގެ.. ބައެއް ފަހަރު ހަމަ އިހުސާސްތައް ކޮންޓްރޯލެއް ނުވޭ..” ޔައިލްގެ މޭގައި ބޯ އަޅައިލަމުން އަޒަލް އެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.

“އަޒް.. އިޓްސް އޯކޭއޭ.. އިޓްސް އޯކޭ ޓު ގޯ ތްރޫ މެންޓަލް ބްރޭކްޑައުންސް.. އަބަދު އުފާވެފަ ހެވިފަ ސްޓްރޯންގް ކޮށް ހުންނާކަށް ނުޖެހޭ.. އިޓްސް އޯކޭ ޓު ވެންޓް އައުޓް.. ހުރިހާ އެއްޗެއް ހިތުތެރޭ ފޮރުވައިގެން އުޅޭކަށް ނުޖެހޭ.. އަހަންނަށް ފެނޭ އަޒް ޓްރައި ކުރާ ވަރު.. އެންޑް އައިމް ސޯ ސޯ ސޯ ޕްރައުޑް އޮފް ޔޫ ފޯރ ދެޓް.. އަޒްއަށް ހުރިހާ ކަމަކާ ޑީލް ކުރަން އުނދަގޫ ކޮންމެ ވަގުތެއްގަ އަހަރެން ހުންނާނަން.. އަބަދުވެސް އަޒްއާ އެންމެ ކައިރީގަ.. އިނގޭ..؟ ޓްރަސްޓް މީ އަޒް، ޔޫ އާރ ޑުއިންގ އެން އެމޭޒިން ޖޮބް!” ޔައިލްގެ ހިތްވަރުގެ ބަސްތަކުން އަޒަލްގެ މޮޅިވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ އާރޯކަމަކާއި ތާޒާކަމެއް ލިބިގެން ދިޔައެވެ.

އެވަގުތު ޔައިލްގެ ކެބިންގެ ދޮރު ހުޅުވައިލި މިލާންއަށް ފެނުނު މަންޒަރުން މިލާންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔަ އިރު، ކިތަންމެ އެ ކުދީންނާ ދިމާކޮށްލަން ބޭނުންވެފައި ހުރި ނަމަވެސް، އެކަން ފަސް ޖައްސައިލާފައި، މިލާން ނުކުމެގެން ދިޔައީ، އަޒަލްއާއި ޔައިލްއަށް ހިލަމެއްވެސް ނުވާނެހައި މަޑުމަޑުން ކެބިންގެ ދޮރު ލައްޕައިލާފައެވެ.

މިލާން ވަގުތުން އޭނާގެ ކެބިންއަށް ވަދެފައި، އަފާންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. އަފާން ފޯނު ނެގުމާއި އެކު ދެންމެ އޭނާއަށް ފެނުނު މަންޒަރު މިލާން ކިޔައިދިނެވެ. އެއާއެކު އެރި ފޯރީގައި އަފާން ވެސް އަޒަލް ހުންއައިސްގެން އުޅުނު ދުވަސްކޮޅު ފެނުނު މަންޒަރުތައް މިލާންއަށް ކިޔައިދިނެވެ.

“އަފާން އަހަންނަކަށް ނުފެނޭ ދެން އިތުރަށް ލަސްކުރާކަށް.. އެހެން މާ ގިނަ ދުވަހު ތިބޭ އެއްޗެއް ނޫން.. އަހަރުމެން ދެން މި ވާހަކަ ދައްކަމާ ހިނގާ..” މިލާން އެހެން ބުނުމާއި އެކު އަފާން ވެސް އެއްބަސް ވިއެވެ. ވީހާވެސް އަވަހަކަށް ޔައިލްއާއި އަޒަލް ގާތު ކައިވެނީގެ ވާހަކަ ދެއްކުމަށް އެ ދެމީހުން ވެސް ނިންމިއެވެ. ކޮންމެއަކަސް، އަނެއްކާވެސް މަންޒަރުގެ އެއްބައި ފެނުން ވެގެން މި ދަނީ ކާކުގެ ނަސީބަކަށް ކަމެއް ނޭނގެއެވެ.

*** ** ***

ހަވީރު ހަތަރެއް ޖެހި އިރު އަޒަލް އޭނާގެ އޮފީހުގައި އިނީ ލިއުޝާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ގަަޑިން ހަތަރުގަޑި ބައި ވެގެން ދިޔަ އިރު ވެސް ލިއުޝާގެ ހިލަމެއް ނުވުމުން އަޒަލް މުޅިން މާޔޫސްވާ ގޮތް ވިއެވެ. ލިއުޝާ އަންނާނެ ކަމުގެ އުއްމީދު ކެނޑުމުން އަޒަލް ގެއަށް ދާން ވެގެން ގޮނޑިން ތެދުވި ވަގުތު މީހަކު އޮފީހުގެ ދޮރުގައި ޓަކި ޖަހައިލުމުން ވަންނާށޭ ބުނެލިއެވެ. އެއާއެކު އެތެރއަށް ވަދެގެން އައި ޒުވާން އަންހެން ކުއްޖާއާއި، އެ އަންހެން ކުއްޖާގެ އަތުގައި ހިފާލައިގެން ހުރި ފަސް ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ ފެނުމުން އަޒަލްއަށް އެއީ ލިއުޝާކަން ޔަގީން ވިއެވެ.

“ލިއުޝާ ދެއްތޯ..؟ ދުރުވޭ.. އިށީންދޭ..” އަޒަލް އިށީންނަށް އިޝާރާތް ކުރުމުން ލިއުޝާ ހިނިތުންވެލާފައި ގޮސް އަޒަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެފައި، ރަޔަން އޭނާގެ އުނގަށް ލިއެވެ.

“ކިހިނެއްވީތޯ އަޒަލް އަޅުގަނޑާ ވާހަކަ ދައްކަން ބޭނުންވެލެއްވީ..؟” ލިއުޝާ އަހައިލުމާއެކު އަޒަލް ލިއުޝާއަށް ބަލައިލިއެވެ. ބަލައިލަން ނުހަނު ރީތި ސޫރައެކެވެ. ދޮން ކަމުން ކިރިޔާ އަތް ޖައްސައިލިޔަސް ރަތްވެދާނެހެން ހީވެއެވެ. ދިގު އިސްކޮޅެއް ލިބިފައިވީ ނަމަވެސް، ރޫފަ ރަނގަޅު ކަމަށް ނުފެންނަނީ އާދަޔާޚިލާފަށް ހިކި ވުމުންނެވެ. ފަން، ދިގު، ވަރުގަދަ އިސްތަށިގަނޑާއި، ކަޅުކަން ގަދަ ދެލޯ އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. މޫނުމަތިން ފެންނަން ހުރީ ވަރުބަލިކަން ކަމެއް ނުވަތަ ހިތާމަވެރިކަން ކަމެއް ދެނެގަންނަށް އަޒަލް ނުކުޅެދުނު ނަމަވެސް، އެ ފުން ދެލޮލުގައި އެތައް ސިއްރު ތަކެއް ފޮރުވިފައިވާ ކަން އަޒަލްއަށް އެނގުނެވެ.

“މިއީ ތަ ރަޔަން އަކީ..؟” ލިއުޝާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޒަލް ބަލައިލީ ލިއުޝާގެ އުނގުގައި އިން ރަޔަން އަށެވެ. ވަގުތުން ރަޔަން ހިނިތުންވެލާފައި ބޯ ޖަހައިލި އިރު، އަޒަލްއަށް ހިނިތުންވެވުނީ ލޯބިކަމުންނެވެ. ރަޔަން ބޮޑަށް ވައްތަރީ ވެސް ރިިއާންއާ ކަން އެވަގުތު ވެސް އަޒަލް އަށް ފާހަގަ ވިއެވެ. މިހައި ރީތި، ރަނގަޅު، ހިތްހެޔޮ އަތންބަކާއި، ލޯބިލޯބި ދަރިއަކު ހުރި އިރު، ރިއާން އެދެމައިންނަށް ބޭވަފާތެރިވާން ހިތަށް އެރީ ވެސް ކިހިނަކުން ބާވައޭ އަޒަލްގެ ހިތަށް އެރިއެވެ. ރިއާންއާއި މެދު އެވަގުތު ވެސް އެ ހިތް ނަފްރަތުން ފުރިގެން އައެވެ.

“އިހަށް ޕްރޮފެޝަނަލް ގޮތްގަނޑު ދޫކޮށްލަން އަހަރެން ބޭނުމީ.. އަހަރެން ލިއުޝާ މިތަނަށް މި ގެނައީ ތަންކޮޅެއް ޕަރސަނަލް ވާހަކައެއް ދައްކަން ވެގެން. އަހަރެމެންނަށް ދެ އެކުވެރިން ގޮތަށް ވާހަކަ ދެއްކިދާނެތަ..؟” އަޒަލް އަހައިލުމާއެކު ލިއުޝާ ހިތްހެޔޮ ހިނިތުންވުމަކާ އެކީ ބޯ ޖަހައިލިއެވެ. އެއާއެކު އަޒަލް ފުންކޮށް ދެތިން ނޭވާ ދޫކޮށްލީ އަމިއްލަ ނަފްސު ތައްޔާރު ކޮށްލުމަށެވެ. ދައްކަން އުޅޭ ވާހަކަ ފަށާނެ ގޮތެއް ނޭނގުމުން އަޒަލް އެންމެ ފަހުން އޭނާގެ ފޯނު ނަގާފައި، ގެލަރީ ހާވައިލީ ރިއާންއާއި އޭނާގެ ފޮޓޯތައް ހޯދުމަށެވެ. އެ ފޮޓޯތައް ފެނުމާއި އެކު އަޒަލް ލިއުޝާ އަތަށް ފޯނު ދިނީ، ދުލުން ރިއާންގެ ވާހަކަ ބުނުމަށް ވުރެ، މިގޮތަށް ބުނުން މާ ފަސޭހަވާނެ ކަމުގައި އަމިއްލަ ހިތް ބުނުމުންނެވެ. އަޒަލް ދެއްކި ފޮޓޯތައް ލިއުޝާ ބަލަން އިން އިރު، އެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދެނެގަތުމަށް އަޒަލް ނުކުޅެދުނެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Ghost girl 👻

    Nayaa lovs 😘 vrh vrh vrh vrh reethi mi part ves ☺️ miadhu iruirukolhaa esfiya ah vadhevey mi part up vejje thw balan….❤️
    LYSM lym n more 🥹 🥰 when’s next curiously waiting for the next part keep it up ❤️

    1. Nayaa
      Ghost girl 👻

      Thank youu love ❤️
      Lym ❤️
      Next part day after tomorrow, or sooner than that in sha allah

  2. Mar Yam

    Vrh reethi mi part vx ❤️
    When’s next can’t wait

    1. Nayaa
      Mar Yam

      Thank you dear ❤️
      Tomorrow or day after tomorrow

  3. Ghost girl 👻

    Masha Allah 😍 vrh reethi mi part ves vrh reethi when’s next curiously waiting for the next part keep it up nayaa lovs 😘 maidhu iru irukolhun esfiya ah vadhevey mi part up vejje thw bln LYSM 🫶🏻

  4. pumpkin

    masha allah mi part vs vrh reethi
    vrh interesting koh thi ninmaaly
    dhn kihineh baa vaany???
    curiously waiting for the next partt
    tc lyy nayoo vrh vrh bodukohh…..
    ❤️

    1. Nayaa
      pumpkin

      Thank you darl ❤️
      Lym ❤️

  5. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Azal and yail gulhuvachey
    Shayaam and yaleen ves
    Aaroo and zaul
    They all are made for each other
    Haadha curious kohlaafa thi nimaaly
    Aslu azal deserves yail
    I appreciate your hard work
    Your my fav author
    Liusha ah khineh baa vaani
    Tc ❤️
    Ly naayoo ❤️😚

    1. Nayaa
      Cutie girl

      Aw thank you dear ❤️
      Lym ❤️

  6. Aalerrr

    Masha Allah mi part vx vrh reethi
    Vrh interesting story eh…
    Curiously waiting for the next part

    1. Nayaa
      Aalerrr

      Thank you dear ❤️

  7. Unopened

    Very nice 👍👍
    When next part?

    1. Nayaa
      Unopened

      Thanks
      Next part tomorrow or day after tomorrow

  8. Naksu ⚡

    Haaaaaaadha reeeecheyyy. Hama sonivetttey varu vey. 🫠🫠🫠🫠🫠
    Maashallah nayaa konme vhk eh ves vrh furihama.
    Kon dhuvahakun aneiy bai, hama keiymadhuvegen gos halaaku vaa varu vefa mi iny.
    Ehen baithakekey ehgothah avas vaane kamah unmeedhu kuran.
    Mi vhk mihaa furihamakoh genesdhey thee thi hiyvarah asari bahaa saabas dhen 👏👏👏👏👏

    1. Nayaa
      Naksu ⚡

      Aww hehe thank you ❤️
      Next part tomorrow or day after tomorrow In Sha Allah ❤️

  9. UNKNOWN GURLL

    Maasha allah mi part ves vrh furihama
    Waiting for the next part
    Ly

    1. Nayaa
      UNKNOWN GURLL

      Thank you dear ❤️
      Lym ❤️

  10. gurrrrl

    Mashallah vrh reethi mi part ves when next part cant wait
    Ly

    1. Nayaa
      gurrrrl

      Dhogu nuhadhaa ☹️
      Next part nei avahah lai dheveykah
      Hate u

    2. Nayaa
      gurrrrl

      Thank you dear ❤️
      Next part tomorrow or day after tomorrow
      Lym ❤️
      And Nayaa ge namuga rude koh comment kohfa eynee alhugandeh noon 😊

  11. Mar Yam

    Nayuu next part vrh avahah up kolladheebaa
    🙏🥺❤️

    1. Nayaa
      Mar Yam

      Tomorrow In Sha Allah ❤️

  12. baby girl 🙈

    nayaa sissy mi part vx vrh reethi Masha Allah ❤️❤️❤️
    o’level ah ready vaathee upload kuraa dhuvahu vrh kiyan noolhevey…
    but i find time to read your stories…
    lysssm 💋

    1. Nayaa
      baby girl 🙈

      Thank you dear ❤️
      Aww it’s so sweet that you’re finding time to read my story thihaa busy koh ulhemun ves 🥹
      Lym and good luck on your exams darling ❤️

  13. baby girl 🙈

    thank you nayaa sissy ❤️

Comments are closed.