Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 22

“ޔަގީނެއްނު.. އަޒް ވިއްޔަ.. ޒަހަރު ދިނަސް އަހަރެން އަޒްގެ އަތުން އެއްވެސް ޝަކުވާއަކާ ނުލައި ކައިފާނަން..” ހިތްތައް ފިދާވާ ވަރުގެ ހިތްގައިމު ހިނިތުންވުމަކާ އެކު ޔައިލް ބުނެލި އިރު، އަޒަލްއަށް ވެސް ހިނިތުން ވެވުނީ ޒަވާޖީ ހަޔާތެއް ފެށެން މި އުޅެނީ ހަމަ އެންމެ އެކަށީގެންވާ މީހާއާ އެކުގައިކަން އެ ހިތަށް ޔަގީން ވުމުންނެވެ. ޔައިލްއާއި އެކުގައި ހުންނަ އިރު ލިބޭ ހިތްހަމަޖެހުމާއި އުފާވެރި ކަމުގެ ސަބަބުން، މިހާރު ވެސް އެ ހިތަށް އެނގުންވާން ފަށައިފިއެވެ. ފިރިއެއްގެ ކިބައިގައި ހުންނަން އޭނާ އެދޭ ހުރިހާ ސިފަތަކެއް އުނި ނުވެ ޔައިލްގެ ކިބައިގައި ހުރުމުން، މިހާރުވެސް އެ ހިތް ޔައިލްއަށް ދީލައިލާހެން ހީވެއެވެ. ވީއިރު، ކައިވެނި ކޮށްގެން ދެމަފިރިންގެ ގޮގައި އެކުގައި އުޅެން ފެށުމުން، އެ ހިތުން ޔައިލްއަށް ޖާގައެއް ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ހިތަށް ލިބުނު ޔަގީންކަމާއި ހިތްހަމަޖެހުމުގެ ސަބަބުން އަޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު، ޔައިލްގެ ކޮނޑުގައި ބޯ އަޅައިލަމުން ދެލޯ މަރައިލިއެވެ.

*** ** ***

އަޒަލްއާއި ޔައިލްގެ ރަންކިޔުމުގެ ޙަފްލާއަށް އަފާންއާއި އަޒާންގެ އިތުރުން މިލާން ބައިވެރިވެގެން ހިންގާ ރެސްޓޯރެންޓުގެ މަތީ ފަންގިފިލާ ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. ދިވެހިވަންތަ ޤައުމީ ތީމަކަށް މުޅި މާހައުލު ޒީނަތްތެރި ކުރެވިފައިވާ އިރު، އެންމެން ލާފައި ވެސް ތިބީ ޤައުމީ ހެދުމެވެ. އަޒަލްއާއި ޔައިލްގެ އެދުމަށް ރަން ކިޔުމުގެ ޙަފްލާއަސް ދަޢުވަތު ދެވުނީ ހަމައެކަނި ގާތް އެކުވެރިންނަށާއި ޢާއިލާ މީހުންނަށް އެކަންޏެވެ. ރަށުގައި ތިބި މިލާންގެ މައިންބަފައިންނާއި، އަފާންގެ މައިންބަފައިންގެ އިތުރުން ޒާރާގެ މައިންބަފައިން ވެސް ރަންކިޔުމުގެ ޙަފްލާއާއި ކައިވެނީގައި ބައިވެރިވުމަށް މާލެ އައެވެ.

ޔަލީންއާއި އާރާ ރަތްކުލައިގެ ލިބާސް ލާފައި، ކަޅު ފޭލީގައި ތިބި އިރު ނުހަނު ނަލަ ކަމަށް ދައްކައެވެ. އަތުގައި އޮތް އުޅާބައިންނާއި، ކަރުގައި އޮތް ރަން ފައްޓަރުން ދެކުދިންގެ ރީތިކަން އިތުރު ކޮށްދޭ ފަދައެވެ. ބޮލުގެ އިސްތަށިގަނޑު އެއްފަރާތަކަށް ހުޅިއެއް ޖަހާފައި، ބޮލުފޮތިކޮޅެއް އައްސައިލާފައި ހުރި އިރު، ކަނދުރާ ވަނީ ހާމައަށެވެ. ޔައިނާއާއި ޒާރާއާއި ލައުރާ ދިގު ހެދުމުގައި، ނަލަވެލައިގެން ތިބި އިރު އެމީހުން ވެސް ހީވަނީ ވިއްސަކަށް އަހަރުގެ ޅަކުދީން ހެންނެވެ.

މިލާންއާއި އަފާންއާއި އަޒާން ކަޅު ގަމީހާއި، ފޭލީގައި ތިބި އިރު، ހަމަ އެ ހެދުން އަޅައިގެން ހުރި ޒައުލްއަށް ވެސް ދޫނުކުރެއެވެ. ފިރިހެންވެރީން ވެސް ނުހަނު ޅަވެފައި، ޒުވާން ކަމަށް މިއަދު ދައްކަމުން ދިޔައެވެ.

އިރުކޮޅަކުން އަޒަލްއާއި ޔައިލް އެތަނަށް އައުމާއި އެކު މުޅި މާހައުލުގައި އަޑު ހިފާލައިފިއެވެ. ހުދު ލިބާހާއެކު ރަންކުލައިގެ ޝޯލް އަޅާފައި ހުރި އަޒަލްގެ ރީތި މޫނުމަތި ވަނީ މޭކަޕުން ފަޅުވިލުވައިލެވިފައެވެ. އަތުގައި އޮތް ކަވި އުޅާބައިންނާއި، ޝޯލްގެ ތެރެއިން ފެންނަން އޮތް ރަން ފައްޓަރުބައިން އަޒަލްގެ މޫނުގެ ކުލަ އިތުރަށް އުޖާލާކޮށްދީފައިވާ ފަދައެވެ. ޔައިލް ވެސް ހަމަ އެފަދައެވެ. ހުދު ގަމީހާއި، ކަޅު ފޭލީގައި ހުރި އިރު، ބޮލުގައި އޮތް ފޮށައިން އިންތިހާއަށް ފިރިހެންވަންތަކަމަށް ދައްކަމުން ދިޔައެވެ. އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން އައި ޖޯޑަށް އެތަނުގައި ތިބި އެންމެންގެ ތަޢުރީފުތައް އޮހެން ފެށުމާއެކު އަޒަލްއާއި ޔައިލް ލަދުގަތެވެ. ކެމެރާ ހިފައިގެން ހުރި އާރާ ވަގުތުން އަވަސްވެގަތީ އެ ލޮބުވެތި މަންޒަރުތައް ފޮޓޯއެއްގެ ގޮތުގައި ރައްކާ ކުރުމަށެވެ.

ދެހާސް ރުފިޔާ ފަންސަވީސް ލާރީގެ ރަނުން ރަން ހަމަޖެހިގެން އެ ޙަފްލާ ނިމުމާއެކު ދެން އޮތީ ފޮޓޯ ނެގުމެވެ. ލައުރާގެ ކުންފުނީގެ ފަރާތުން އެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖެހިފައެވެ. ޢާއިލީ ފޮޓޯތަކާ ރައްޓެހިންގެ ފޮޓޯތައް ނެގުމުގެ އިތުރުން، ޔައިލްއާއި އަޒަލްގެ ވަކިވަކި ފޮޓޯ ނެގުން ވެސް ކުރިއަށް ދިޔައެވެ.

އިރުއޮއްސުނު އިރު އެ ކުޑަކުޑަ ހަވީރަށް ނިމުން އައި އިރު، އެތަނުން މީހުން ވެސް މަދުވާން ފަށައިފިއެވެ. ހުރިހާ މެހެމާނުން ދިޔުމާއެކު ޢާއިލާ މީހުން ކެއުމަށް އިންސާފު ކުރަން ފެށުމުން، އަޒަލްއާއި ޔައިލް ތަންކޮޅެއް ދުރަށް ޖެހިލީ އެކަހެރި ވެލުމަށެވެ.

“މީ އަޒް އަބަދުވެސް ރަން ކިޔުމުގެ ހަފްލާ ބާއްވަން ބޭނުންވި ގޮތް ދޯ..؟ ހެޕީތަ..؟” ޔައިލް ހުރީ އެ ހިތުގެ ރާނީގެ ކޮންމެ އެދުމެއް ފުއްދައިދެވޭތީ އުފަލުން ފޮޅިފައެވެ.

“ވަރަށް ހެޕީ.. އަސްލުވެސް.. އެހާ ދުވަސްފަހުން މާމަމެންނާ އާންޓްމެންނާ ދިމާވީމަ އަދި ވަރަށް ހެޕީ.. އަހަރެން ބޭނުންވާ ގޮތަށް ޔައިލް ހުރިހާ ކަމެއް ވެސް ކޮށްދޭތީ އަހަރެން އަދި ވަކިން އުފާވޭ..” ޔައިލްގެ މުލައްދަނޑީގައި ހިފައިލަމުން އަޒަލް ބުނެލީ ހިތުގެ އަޑިންނެވެ.

“އަޒް އުފަލުގަ ހުރިއްޔާ އަހަންނަށް އެ ނިމުނީ.. އަބަދުވެސް ހަނދާން ކުރައްޗޭ.. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަންނަށް އަޒްއާ އަޒްގެ ޚިޔާލުތައް މުހިއްމުވާނެ..” އަޒަލްގެ ނިތުގައި ބޮސްދެމުން ޔައިލް ބުނުމާއި އެކު އަޒަލްއަށް ހިނިތުންވެވުނެވެ. ނޭނގޭ ސަބަބަކާ ހުރެ ޔައިލްްގެ ދުލުން އެފަދަ ބަސްތައް ބޭރުވާ ކޮންމެ ފަހަރަކު އަޒަލްގެ ހިތް އުފަލުން ފުރެއެވެ. ރިއާންއާއި އެކުގައި ހޭދަވީ ދުވަސްތަކުގައި އޭނާއަކީ އެއްވެސް މީހެއް ނޫން ކަމަށް ރިއާން ވިސްނައިދީފައިވީ ވިސްނުން ޔައިލް މުޅީން ބަދަލުކޮށްލައިފިއެވެ. އެއްވެސް ކަމެއްގައި، އަޒަލްއަށް ވުރެ މުހިއްމު މީހަކު ނުހުންނާނެ ކަން ޔައިލް އަބަދުވެސް އަޒަލްއަށް ތަކުރާރުކޮށް ހަނދާން ކޮށްދެއެވެ.

އެވަގުތު ޔައިލްއާއި އަޒަލް ތިބިލެއް ލޯބި ކަމުން އެ ރީތި މަންޒަރު ކެމެރާގައި ރައްކާ ކޮށްލި އާރާއަށް ޒައިނަބުގެ ނަޒަރު ހުއްޓުނެވެ. އިރުކޮޅަކު އާރާއާ ދިމާއަށް ބަލަހައްޓައިގެން އިން އިރު، އެ ދެލޮލުގައިވީ ތަފާތު އަސަރުތަކެކެވެ. ދެން ޒައިނަބްގެ ނަޒަރު ދަތުރުކުރީ ޒާރާއަށެވެ.

“ދަރިފުޅާ..” ޒާރާގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޒައިނަބް ގޮވައިލިއެވެ. އެއާއެކު ޒާރާ އޯގާތެރިކަމާ އެކީ ކިހިނެއް ވީ ހެއްޔޭ އަހައިލުމުން ޒައިނަބް އެދުނީ އޭނާއާއެކު ތަންކޮޅެއް ދުރަށް ޖެހިލުމަށެވެ. ދެކޮޅު ހެދުމެއް ވެސް ނެތި ޒާރާ ޒައިނަބާ އެކު ދިޔައެވެ.

“ދަރިފުޅާ.. އާރާއަށް ކިޔައިދޭކަށް ނުވޭތަ..؟” ކުއްލިއަކަށް ޒައިނަބް ކޮށްލި ސުވާލުން ޒާރާގެ ދެލޯ ބޮޑުވިއެވެ. އެ ނިއްކުރީގައި ދާތިކިތައް ބަބުޅަން ފެށި އިރު، ޒައިނަބް ކުރި ސުވާލު ޒާރާއަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ވަގުތުން ނޫނެކޭ ކިޔައި ޒާރާ ދެފަރާތަށް ބޯހޫރުވައިލި އިރު، އެ ދެލޮލުގައިވީ ކަރުނަތައް އެސްފިޔަތައް ފޫއަޅުވައިލާފައި ފައިބަން ފެށިއެވެ.

“ދަރިފުޅާ ޒާ.. މަންމަ މި ދައްކާ ވާހަކަ އަޑު އަހާބަލަ.. މިހާރު އާރޫ ވެސް އެހުރީ ބޮޑުވެފަ.. ނޭނގެ މާދަމާ ނޫން ކަމެއް ކިޔަވާ ނިމިގެން މީހަކާ އިންނާނީ.. އޭނަގެ މުޅި އަސްލު އޭނައަށް އޮޅުވާލައިގެން އަބަދަކު ނޫޅޭނެ އެއްނު.. އާރާއަށް ހަގީގަތް އެނގުން ހައްގު..” ޒައިނަބް ދެއްކި އެއްވެސް ވާހަކައެއް ޤަބޫލު ކުރަން ޒާރާގެ ހިތް ދެކޮޅު ހެދުމުން ދެން ވެސް އޭނާއަށް ދެފަރާތަށް ބޯހޫރުވައިލެވުނީއެވެ.

“މަންމައަށް އެނގޭ ދަރިފުޅު ތި ބިރުގަންނަނީ އާރޫ ގެއްލިދާނެތީކަން.. އެކަމަކު ދަރިފުޅާ.. މަންމަގެ ހިތެއް ނުބުނޭ އެކަން އެގޮތަށް ވެދާނެއެކޭ.. އެކަމަކު މާ ގިނަ ދުވަހު ސިއްރު ކޮށްގެން ހުރެފިއްޔާ ކަމަކު ނުދާނެެ..” ޒައިނަބް ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޒާރާއަށް ހައްތަހައި ބޮޑަށް ރޮވުނީއެވެ.

“ދަރިފުޅު އަފާންއާ ވާހަކަ ދައްކައިގެން ގޮތެއް ނިންމާ.. މަންމައަށް ފެންނަ އެންމެ ރަނގަޅު ގޮތް މަންމަ މި ބުނީ..” ޒާރާގެ ބޮލުގައި ފިރުމައިލާފައި، ޒައިނަބް އެތަނުން ދިޔައީ ޒާރާއަށް އެކަނި ވަގުތުކޮޅެއް ދެމުންނެވެ. އެއާއެކު ޒާރާއަށް މޭމަތީގައި އަތްއަޅައި ބާރުކޮށްލެވުނީ، އެ ޚިޔާލުން އެކަނި ވެސް އެ ހިތް ޒަޚަމްވެގެން ކަތިލެވޭ ވަރުގެ ވޭނެއް އިޙުސާސް ކުރެވެމުން ދިޔައީތީއެވެ. ފުންނޭވާތަކެއް ލަމުން ދިޔަ ޒާރާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވާހެން ހީވުމުން ވަކިން ބޮޑަށް އެ ހިތް މާޔޫސްވިއެވެ. ނަވާރަ އަހަރު ވާންދެން އަމިއްލަ ހިތަށް ވެސް ވަންހަނާ ކޮށްގެން އުޅުނު ހިތި ޙަޤީޤަތް އިޔާދަ ވުމުން، އެ ހިތް ވަނީ ބިރާއި ސިހުމުން ފުރިފައެވެ.

ކެމެރާއިން ނަގާފައި ހުރި ފޮޓޯތައް ބަލަމުން ދިޔަ އާރާއަށް ޒައުލްގެ ނަޒަރު ހުއްޓުނެވެ. ވަށައިގެން ބަލައިލި އިރު އެންމެން ވެސް އެމީހެއްގެ އަމިއްލަ ކަންކަމުގައި މަސްއޫލު ވެގެން ތިބުމުން ޒައުލް ގޮސް އާރާ ކައިރީގައި ހުއްޓުނެވެ.

“ކޮން އިރަކުންތަ ދެން އަހަރެމެންގެ ޓަރން..؟” ކުއްލިއަކަށް ޒައުލްގެ އަޑު އިވުމުން އާރާ ދިޔައީ ސިއްސައިގެންނެވެ.

“ސާބަހޭ ޒައުލް.. ސިއްސައިގެންނޭ ދިޔައީ.. މީހުން ވެސް އެބަ ތިއްބޭ މިތާ..” އާރާ ހުރީ މީހަކަށް ފެނިދާނެތީ ބިރުންނެވެ.

“އާރޫ.. ކޮން އިރަކުންތަ އަހަރުމެން މަންމަމެން ގާތު ބުނާނީ..؟” އާރާ ބުނި އެއްޗަކަށް މާ ބޮޑު ފަރުވާލެއް ބެހެއްޓުމެއް ނެތި، ޒައުލް އަހައިލީ އާދޭހުގެ ރާގަކަށެވެ.

“އަޒްދޮންތިއާ ޔައިބެގެ ވެޑިން ނިންމާލާފަ ދޯ ތިކަމާ ވިސްނާނީ..؟ ޕްލީޒް..” އާރާ އަދިވެސް އިތުރު މީހަކަށް އެ ގުޅުމުގެ ވާހަކަ އަންގަން ފަސްޖެހޭ ކަން އެނގުމުން ޒައުލް އިތުރަށް އެ ވާހަކައެއް ނުދައްކައެވެ. އާރާ ހިތް ނޭދޭ ގޮތަކަށް އެއްވެސް ކަމެއް ކުރަން ޒައުލް ބޭނުން ނުވީއެވެ.

އުފާވެރި ޢާއިލީ ވަގުތުކޮޅަކަށް ފަހު އެ ހިތްހައިމު ހަވީރުގެ އިރު ފެނުގެ ތެރެއަށް އޮއްސުމާއެކު، އެ ވަގުތުކޮޅަށް ވެސް ނިމުމެއް އައި ފަދައެވެ. އަޒަލްއާއި ޔައިލް ގެއަށް ދިޔުމުން އެހެން އެންމެން ތަން ހަމައަކަށް އަޅުވައިލާފައި، އެންމެންނަށް ގެއަށް ދެވުނު އިރު ހުރީ ޢިޝާާއަށް ވެެސް ގޮވާފައެވެ.

*** ** ***

ފާޚާނާއިން ނުކުތް އަފާންއަށް ރީތިވާ މޭޒުދޮށުގައި ފުނާ އަޅަން އިން ޒާރާ ފެނުމުން ދެލޯ ކުޑަކޮށްލެވުނީ ޒާރާގެ ފަރާތުން ތަފާތު ކަމެއް ފާހަގަ ކުރެވުމުންނެވެ. އެއް ކޮނޑު މައްޗަށް އިސްތަށިގަނޑު ގެނެސް، އަތުގައި އޮތް ފުނަލުން މަޑުމަޑުން ފުނާއަޅަން އިން އިރު، ޒާރާގެ ނަޒަރު ވަނީ އެއް ދިމާއަކަށް ހުއްޓިފައެވެ.

“ޒާ.. ކޮން ކަމަކާ ވިސްނަނީ..” އަތުގައި އޮތް ތުވާލި ހަރުގައި އަޅުވައިލަމުން، އަފާން ގޮވައިލުމުން ވެސް ޒާރާއަށް ހޭވެރިކަމެއް ވީހެންނެއް ހިޔެއް ނުވެއެވެ.

“ޒާ.. އަހަރެން އެބަ ވާހަކަ ދައްކަމޭ..” ޒާރާގެ ކޮނޑުގައި އަތް ޖައްސައިލަމުން އަފާން ގޮވައިލުމުން ޒާރާއަށް ސިހިފައި ތެޅިގަނެވުނެވެ.

“އޭނ.. ކީކޭ..؟” އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަން މަސައްކަތް ކުރަމުން ޒާރާ އަހައިލިއެވެ.

“ކިހިނެއް ވެފަތަ ތި އިންނަނީ..؟ ކަމަކާ ދޭތެރޭ ވިސްނަނީތަ..؟” ޒާރާގެ ކައިރީގައި ދެކަކޫ މަތީގައި އިށީނދެލަމުން އަފާން އަހައިލިއެވެ.

“އަޒް މީހަކާ އިނދެގެން މިގެއިން ދާތީ އެކަމާ ދޯ ތި ވިސްނަނީ..؟” ޒާރާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަފާން އޭނާއަށް ހީވާ ގޮތް އެއްސެވެ. ދެންވެސް ޒާރާގެ ފަރާތުން އިޝާާތެއް ނުވިއެވެ.

“ހާސް ނުވެބަލަ ޒާ.. ނަސީބު ރަނގަޅު ކަމުން އަހަރެމެންގެ ދަރިފުޅު މި ހަވާލު ކުރެވެނީ އަަހަރުމެންގެ އެންމެ ގާތް އެކުވެރިންނާ.. އެމީހުން އަޒްއަށް ދެރަ ގޮތެއް ވިޔަކަ ނުދޭނެކަން އަހަންނަށް ޔަގީން.. އަނެއްކާ ޔައިލް އަޒް ދެކެ ނުލާހިކު ލޯބިވޭ.. މިވަރަކަށް ނޫންތަ އަހަރެމެން ނަސީބު ގަދަވާނީ..؟” ޒާރާ އެއްޗެއް ނުބުނުމުން އަފާންއަށް ހީކުރެވުނީ ޒާރާ ވިސްނާ ކަންތައްތަކަކީ އެއީ ކަމުގައެވެ.

“އަފާން.. މަންމަ މިއަދު އެހި.. އާރާއަށް ހަގީގަތް ކިޔައިދޭނީ ކޮންއިރަކުން ހެއްޔޯ..” ހުރިހާ އިރަކު މަޑުން އިނދެފައި ޒާރާ ބުނެލި ވާހަކައިން އަފާންއަށް ވަގުތުން ތެދުވެވުނެވެ. ޒާރާއަށް ފުރަގަސް ދިން އިރު، އަފާންއަށް ވެސް ވީ މިއަދު ހަވީރު ޒާރާއަށް ވީ ވަރެވެ.

“އަފާން.. މަންމަ އެ ބުނީކީ ވެސް ދޮގެއް ނޫނެއްނު.. މުޅި އުމުރު ދުވަހު މިކަންތައް ސިއްރު ކޮށްގެން ނޫޅެވޭނެ..” އަފާންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޒާރާ ބުނެލި އިރު، އެ އަޑު ވަނީ ކުރެހިފައެވެ.

“ޒާ.. ޕްލީޒް.. އަޒްމެންގެ ވެޑިން ނިންމާލާފަ ދޯ ތިކަމާ ދޭތެެރޭ ވިސްނާނީ..؟” ޒާރާއާ ވީ ފަރާތަށް އެނބުރިލަމުން، އަފާން ބުނެލިއެވެ. ޒާރާ ވެސް ކަރުނަވީ ދެލޮލާއެކު ބޯޖަހައިލުމުން، އަފާން ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލާފައި އެ ނިތުގައި ބޮސްދިނީ މިވަގުތު ތިކަމާ ދޭތެރޭގައި ނުވިސްނާށޭ ބުނަމުންނެވެ.

*** ** ***

އަޒަލްއާއި ޔައިލްގެ ކައިވެންޏަށް ދެ ދުވަހަށް ވީ އިރު، ކައިވެނީގެ ތައްޔާރީތައް ވަރަށް ފުރިހަމައަށް ކުރިއަށް ދަމުން ދިޔައެވެ. ހުރިހާ ކަމެއް ވެސް އަޒަލް ބޭނުންވާ ގޮތަށް ވާން ދޫކޮށްލައިގެން ހުރި ޔައިލްގެ ހިތް ދިޔައީ، އެންމެ ލޯބިވާ ފަރާތް މުޅި ޢުމުރަށް އޭނާގެ މިލްކަކަށް ވާތީ އުފަލުން ފުރެމުންނެވެ. އަޒަލްގެ ހިތުގައި އަދިވެސް ދޭތެރެއަކުން ބިރާއި ކަންބޮޑުވުން ޓަކި ޖަހައިލި ނަމަވެސް، އެއިން ކޮންމެ ފަހަރަކު ޔައިލް އެ ހިތް ހަމައަކަށް އަޅުވައިދެނީީ ނުހަނު ލޯބިންނެވެ.

“ދޮންތީ..” ޓަކި ޖަހައިލަމުން ބޭރުން އާރާ ގޮވައިލި އަޑު އިވުމުން، އެނދުމަތީގައި އިން އަޒަލް ވަންނާށޭ ބުނެލިއެވެ.

“މީ ދެންމެ ޔައިބެ ދޮންތިއަށް ދޭށޭ ކިޔާފަ ދިން އެއްޗެއް..” ރަތް ކުލައިގެ ކަރުދާހުން ޕާރުސަލް ކޮށްފައި އޮތް ފޮއްޓެއް އަޒަލްއަށް ދެމުން އާރާ ބުނެލިއެވެ.

“ޔައިބެ އެބަ ހުރިތަ..؟” އާރާ ދިން ޕާރުސަލްގައި ހިފަމުން އަޒަލް އެއްސެވެ.

“ނޫން.. ތީތި ދޭށޭ ކިޔާފަ ގޮއްސި..” އަޒަލްގެ ކޮޓަރިން ނުކުންނަމުން އާރާ ބުނެލިއެވެ.

އާރާ ނުކުތުމާއެކު ސުވާލުގެ ނަޒަރަކުން އަޒަލް އެ ފޮއްޓަށް ބަލައިލިއެވެ. މިއަދަކީ އެއްވެސް ޚާއްސަ ދުވަހެއް ވެސް ނޫނެވެ. ދެން ޔައިލް މިއަދު އޭނާއަށް ހަދިޔާއެއް ދޭންވީ ކީއްވެހެއްޔެވެ؟

ސުވާލުމާކެއް ބޮލުގައި އަޅައިގެން އިން އަޒަލް ލަސްލަހުން އެ ޕާރުސަލް ކަނޑަން ފެށިއެވެ. ފާރުސަލް ކަރުދާސްގަނޑު ފޮށިގަނޑާ ވަކިވުމާއެކު އަޒަލް ފޮށި ހުޅުވައިލިއެވެ. އެއާއެކު އަޒަލްގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، އެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ.

ފޮށިތެރޭގައި އޮތް މެރޫންކުލައިގެ އަބާޔާ ނިއުޅުވައިލާފައި، ލޯގަނޑު ކުރިމަތީގައި ހުރެ، ގައިގައި ޖައްސައިލި އިރު އަޒަލްއަށް “ވާއު” އޭ ބުނެވުނީ އެ ހެދުން ރީތިކަމުންނެވެ. މާ ބޮޑު ގޮތެއް ހަދާފައި ނެތަސް، ފުޅާ އަތްކުރިންނާއި، ހެދުމުގައި ހުދުކުލައިގެ ރޮދިން ޖަހާފައިވީ ކުދިކުދި މާތައް ނުހަނު ލޯތްބެވެ. ހެދުން ބާއްވާފައި، ދެން އަޒަލް ފޮށި ބަލައިލި އިރު އޭގައި އަތުގައި އަޅާ ކެވެލިކޮޅެއް ވެސް އޮތެވެ. ރިހި ކުލައިގެ އެ ކެވެލިކޮޅުގައި ކުދިކުދި އެސްތަކެއް ޖަހާފައި ހުރި އިރު، އެލިފައި ހިތުގެ ތެރޭގައި އިނގިރޭސި “ވައި” އަކުރަކާއި “އޭ” އަކުރެއް އިނެވެ. އެ ކެވެލިކޮޅުގައި އިން ހިތުގައި ފިރުމައިލި އިރު، އަޒަލްގެ ހިތިުންވުން ފުޅާވެގެން ދިޔައީ ޔައިލްގެ އެ ހަދިޔާ ނުހަނު ކަމުދިޔުމުންނެވެ. ފޮށީގެ ތެރޭގައި އޮތް ފިޔާތޮށި ކުލައެއްގެ ކަރުދާސްކޮޅު އަޒަލްގެ ލޮލުގައި އަޅައިގަތީ ދެނެވެ. ވަގުތުން އަޒަލް އެ ކަރުދާސްކޮޅު ނަގާފައި، ނިއުޅުވައިލިއެވެ.

“މިރޭ އަށެއް ޖަހާ އިރު ބަލައި ދާނަން.. މި ހެދުން ލައިގެން ރެޑީވެގެން ހުންނައްޗޭ!” ޔައިލްގެ އަތުލިޔުމުން ލިޔެފައި އޮތް އެ ޢިބާރަތްކޮޅު ކިޔައިލެވުމާއެކު އަޒަލްއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނެވެ. އެ ނޯޓްކޮޅު މޭގައި ޖައްސައިލަމުން، ކޮޓަރިތެރޭގައި އެނބުރިލީ ހިތަށް އިހުސާސް ކުރެވުނު ފުން ކަމެއްގެ ސަބަބުންނެވެ.

ފާރުގައި ހުރި ގަޑިއަށް އަޒަލްއަށް ބަލައިލެވުނީ ދެނެވެ. ހައެއް ވެސް ޖަހާފައި ހުުރުމުން އަޒަލް އަވަސްއަވަހަށް ފާޚާނާއަށް ވަނީ، ޔައިލް އައުމުގެ ކުރިން ނަމާދުކޮށް، ތައްޔާރުވެލުމަށެވެ.

ރީތިވެ ނިމިގެން ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ އަޒަލް އަމިއްލަ ސޫރައަށް ބަލައިލިއެވެ. ޔައިލް ދިން ހެދުމުގައި ހުރި އިރު، އަޒަލް މިރޭ ވަކިން ފުރިހަމަހެން ހީވެއެވެ. ހެދުމާ ގުޅޭނެހެން އަޅާފައި ހުރި މެރޫން ކުލައިގެ ޝޯލްއިން އަޒަލްގެ ޒުވާން މޫނު އިތުރަށް އުޖާލާ ކަމަށް ދައްކައެވެ. ޔައިލްއަށް ކަމުނުދާނެކަން އެނގޭތީ އަޒަލް މޭކަޕް ނުކޮށް، ހަމައެކަނި ލިޕްސްޓިކަކުން ފުއްދައިލިއެވެ. އެހެން ފަހަރުފަހަރާ ޚިލާފަށް މޭމައްޗާއި ބުރަކަށި ރީތިކޮށް ފޮރުވޭނެހެން ޝޯލް އަޅާފައި ހުރުމުން ޔައިލްއަށް ކަމުދާނެޔޭ ހިތަށް އަރައި، އަޒަލްއަށް ހީލެވުނެވެ. ގަޔަށް ސެންޓުކޮޅެއް ބުރުވައިލަމުން އަޒަލް ގަޑި ބަލައިލި އިރު އަށެއް ޖަހައި ފަސް މިނެޓު ހިނގައިފިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައުމުން ބަލައިލި އިރު، ތިރީގައި އެބަ ހުރިން ކަމަށް ޔައިލް ބުނެފައި އޮތުމުން، އަޒަލް އަތްމަތި އަވަސްކޮށްލިއެވެ. ހެދުމާ ގުޅޭނެހެން ހުދުކުލައިގެ ބޫޓަކަށް އަރާފައި، އަތްދަބަސް ހިފައިގެން އަޒަލް ކޮޓަރިން ނުކުތެވެ.

“ދަރިފުޅު ޔައިލްއާ އެކީ ކޮންތަނަކަށް ދަނީ..؟” ސޯފާގައި އިން އަފާން އަހައިލި އިރު އަޒަލްގެ މޫނުމައްޗަށް ރަތް ކުލަ ފާއްދައިލީ ބައްޕައަށް އޭބާ ދަނީ ޔައިލްއާ އެކީ ކަން އެނގުނީ ކިހިނެއް ހެއްޔޭ ހިތަށް އަރާފައެވެ.

“ބައްޕަ ގާތު ޔައިލް އެހިއޭ ދަރިފުޅު ގޮވައިގެން ބޭރަށް ދިޔަސް އެންމެ ރަނގަޅު ހެއްޔޭ.. ދެން އަވަހަށް ދޭ.. ޔައިލްއަށް ލަސްވެދާނެ..” އަފާން ހީވީ އަޒަލްގެ ހިތުގައިވީ ސުވާލު އެނގިގެން ޖަވާބު ދިން ހެންނެވެ. އެއާއެކު އަޒަލް ހަނދާންވީ ރިއާންއާ ރައްޓެހިވެގެން އުޅުނު ދުވަސްކޮޅު، ރިއާންއާ އެކީ ބޭރަށް ދާ ކޮންމެ ފަހަރަކު ބައްޕައަށް ދޮގުހަދައި، އޮޅުވާލައިގެން ބޭރަށް ދާ މަތިންނެވެ. އެހެނަސް ޔައިލް ހާދަ ތަފާތެވެ. އަފާންގެ ހުއްދަ ލިބިގެން ނޫނީ ކައިވެނީގެ ކުރިން އަޒަލް ގޮވައިގެން ތަނަކަށް ދާން ވެސް ޔައިލް ނުރުހޭ ފަދައެވެ.

“ދަރިފުޅާ.. އަވަހަށް ދޭބަލަ.. ޔައިލްއަށް ލަސްވެދާނޭ..” އަފާން އަނެއްކާވެސް ބުނެލުމާއެކު އަޒަލްއަށް ހަމަބިމަށް އާދެވުނެވެ. އަފާން ގާތު ދަނީއޭ ބުނެލާފައި، އަޒަލް ގޮސް ގެއިން ނުކުތުމާއެކު، އަފާންއަށް ހިނިތުންވެފައި ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

އަޒަލް ގެއިން ނުކުތް އިރު، ގޭ ދޮރުމަތީގައި ސައިކަލުގައި ޔައިލް އިނެވެ. މެރޫން ކުލައިގެ ގަމީހަކާ އެކު ކަޅުކުލައިގެ ޖިންސެއްގައި އިން އިރު ޔައިލް ނުހަނު ރީއްޗެވެ. އަޒަލްއަށް ހިނިތުންވެވުނީ ޔައިލްގެ އަތުގައި އޮތް ހުދު ކުލައިގެ ފިނިފެންމާބޮނޑި ފެނުމުންނެވެ.

“އަޒްގެ ފޭވަރިޓް އެއްނު..” އަޒަލްއަށް މާބޮނޑި ދިއްކޮށްލަމުން ޔައިލް ބުނެލީ، ފިދާވާހާ ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުންނެވެ.

“ތެންކްސް ޔައިލް.. ދިސް އިޒް ސޯ ސްވީޓް..” މާބޮނޑިގައި ހިފަމުން އަޒަލް ބުނެލީ ހަގީގަތުގައި ވެސް ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ.

“އެންޑް ބައިދަވޭ، ޔޫ ލުކް ގޯރޖަސް ޓުނައިޓް، މައި ސޫން ޓު ބީ ވައިފް..” އެއް ލޯ މަރައިލަމުން ޔައިލް ކޮށްލި ތައުރީފުގެ ބަހާއެކު އަޒަލް މަލެއް ފަދައިން ލަދުން މޯޅިވީ އިރު، ޔައިލްއަށް އެކަންވީ މަޖާ ކަމަކަށެވެ.

“އައްދެ.. ވިޔަރި ދައިތައަށް ލަދުގަންނަން ވެސް އެނގޭތަ..؟” ޔައިލް ދިމާކޮށްލުމާއެކު އަޒަލް ވަގުތުން އަތުގައި އޮތް މާބޮނޑިން ޔައިލްގެ ގައިގައި ބޮނޑިއެއް އެޅިއެވެ.

“މާ ފާޑުފާޑު ކުރަންޏާ ކައިވެނި ކެންސަލް ކޮށްލަން ޖެހިދާނެ އިނގޭ!” ރުޅިއައި ކަމަށް ހެދެމުން އަޒަލް އެހެން ބުނުމާއެކު ޔައިލްގެ މޫނުމަތީގަ ކުލަވަރު ވަގުތުން ބަދަލުވިއެވެ.

“ތިކަހަލަ ކަމެއް ނުކުރައްޗޭ އަޒް.. އަހަރެން ހިތް ހަލާކުވެގެން ގޮސް މަރުވެދާނެ އެއްނު..” ޔައިލް ހަގީގަތުގައިވެސް ބިރުގަތީކަން އެނގުމުން އަޒަލްއަށް ހުނުމެއް ނުހިފެހެއްޓުނެވެ.

“ސާބަހޭ ޔައިލް.. ތިވަރު ވާކަށް ނުވާނެ..” އަޒަލް ހޭން ފެށުމާއެކު ޔައިލް ލޯ އަޅައިލިއެވެ.

“ދެން ހޭން ނުހުރެ އަރަންވީނު ސައިކަލަށް.. އެހެންނޫނީ އަހަރެން އުރާލައިގެން ގެނެސް އަރުވަދޭންވީތަ..؟” ޔައިލް އެހެން ބުނުމާއެކު އަޒަލް ވަގުތުން ހުނުން ހުއްޓައިލާފައި ސައިކަލަށް އެރިއެވެ. އަޒަލް އުޅުނު ގޮތުން މަޖާވެފައި އިން ޔައިލް ސައިކަލު ދުއްވައިލި އިރު، ދާން އުޅޭ ތަނަކާ ބެހޭ ގޮތުން އަޒަލް ސުވާލު ކުރަން ފެށި ނަމަވެސް، ޔައިލް ޖަވާބެއް ނުދެއެވެ.

ދިހަވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ޔައިލް ސައިކަލު ހުއްޓައިލީ، އެމީހުންގެ ރަން ކިޔުމުގެ ޙަފްލާ ވެސް އޮތް ރެސްޓޯރެންޓުގެ ކުރިމަތީގައެވެ. އަޒަލްގެ އަތުގައި ހިފައިލަމުން، ޔައިލް ރެސްޓޯރެންޓަށް ވަދެ، އެންމެ މަތީ ފަންގިފިލާއަށް އެރިއެވެ. ޔައިލްގެ ފަހަތުން އެތަނަށް ވަން އަޒަލްގެ ދެލޯ މުދުނަށް އަރައިގެން ދިޔައީ ލިބުނު ސިހުމަކުންނެވެ.

އިނގިރޭސި އަކުރުން “ވިލް ޔޫ މެރީ މީ” ފާރުގައި ތަތްކޮށްފައި ހުރި އިރު، އެދިމާލުގައި ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން އަޅާފައިވާ ހިތެއް ވެސް އިނެވެ. އަޒަލްގެ އަތުން ދޫކޮށްނުލައި ހުރެ، ޔައިލް ގޮސް ހުއްޓުނީ އެ ހިތުގެ މެދުގައެވެ. މުޅި ތަނުގައި އޮޅައިލެވިފައިވާ ރަންކުލައިގެ ފެއަރީ ލައިޓްސްތަކުން، ތަނަށް ރަން އައްޔެއް ވެރިވެފައިވާ އިރު، ވަރަށް ހިތްގައިމެވެ.

“ޔައިލް.. މީ ކޮން ކަމެއް..؟” އެއް ކަކޭ މައްޗަށް ތިރިވެ ޔައިލް އިށީނުމާއެކު އަޒަލްއަށް ކޮންމެވެސް ވަރަކަށް ޔައިލްގެ މަގްސަދު އެނގުނެވެ. އެހެނަސް އޭނާ ހުރީ އަދިވެސް ޤަބޫލު ކުރަން އުނދަގޫ ވެފައެވެ. ޔައިލްގެ ޖީބުން ދެން ނެގި ކުޑަކުޑަ ފޮށި ފެނުމުން އަޒަލްއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.

“އަހަރެމެންގެ ކައިވެނި ހަމަޖެހުނީ ވަރަށް އެހެން ކަހަލަ ގޮތަކަށް.. ކުއްލި ގޮތަކަށް ކުރެވެން ނިންމި މި ކައިވެންޏަށް ރަން ކިޔައި، ކައިވެނި ކުރެވެން ދެ ދުވަހަށް ވީ އިރުވެސް އަހަންނަށް ރަސްމީކޮށް އަޒް ގާތު ކައިވެންޏަކަށް ނޭހޭ.. އެހެންވީމަ އަހަރެން ބޭނުންވީ އަޒްގެ ޑްރީމް ޕްރޮޕޯސަލް އަޒްއަށް ހުށައަޅަން.. އަޒް އަބަދުވެސް ބުނަމެއްނު.. އަޒް ބޭނުންވަނީ އަޒްގެ ފިއާންްސޭ އަޒްގެ ހެދުމާ އެއްޗެހި ގިފްޓެއްގެ ގޮތުގަ ފޮނުވާފަ، ހޭންޑްރިޓެން ނޯޓްކޮޅަކުން ދައުވަތު ދޭށޭ..” ޔައިލްގެ ވާހަކަތައް އިވިފައި އަޒަލްގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. އެތައް އަހަރެއްގެ ކުރިން އޭނާ ޔައިލް ގާތު ދެއްކި ވާހަކަތައް މިއަދު ވެސް ޔައިލް ހަނދާން ހުރީތީ، އަޒަލްގެ ހިތަށް ވާން ވެލިއެވެ.

“އަހަންނަށް ބުނެވުނު އެންމެ އިޝްގީކޮށް ބުނެވޭތޯ އަހަރެން ބަލާނަން.. އަޒަލް.. އަހަންނަށް ދެން އަޒަލްއާ ނުލާ ނޫޅެވޭނެ.. އަހަރެންގެ އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް އަހަންނަށް އަޒަލް މުހިއްމު.. ދުވަހަކުވެސް އަޒަލްގެ ހިތުގަ ނުޖައްސާނަމޭ، އަޒަލްގެ ނުރޮއްވާނަމެކޭ އަހަރެން ނުބުނާނަން.. އެއީ ކައިވެންޏެއް ކޮށްގެން އުޅެންޏާ މައްސަލަ ވެސް ޖެހޭނެ.. އަހަންނަށް ވެސް ކުށެއް ކުރެވިދާނެ.. ގޯހެއް ހެދިދާނެ.. އެކަމަކު އަހަރެން ބުނެލަން ބޭނުން ވަނީ އަޒަލް އުފަލުގަ ބަހައްޓަން، އަޒަލްގެ ހިތުގަ ނުޖައްސަވޭތޯ ބަލަން އަހަރެން މިހުރީ ޖާނުން ފިދާވާން ވެސް ތައްޔާރަށޭ.. އަހަރެން ވަރަށް ލޯބިވޭ އަޒަލް.. އައި ލަވް ޔޫ ސޯ މަޗް ޕްރިންސެސް.. ވިލް ޔޫ މޭކް މީ ދަ ހެޕިއެސްޓް މޭން ބައި މެރީން މީ..؟” ޔައިލްގެ ފޮނިފޮނި ވާހަކަކޮޅު ނިމުނު އިރު އަޒަލް ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ވަކިން ޚާއްސަކޮށް ޔައިލް އަބަދު އޭނައާ މުޚާތަބު ކުރާ ކުރު ނަމުގެ ބަދަލުގައި، ފުރިހަމަ ނަން ކިޔައިލުމުން އެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. އެވަގުތު ޔައިލްގެ އަތުގައި އޮތް ފޮށި ހުޅުވައިލުމާއެކު، ފެނުނު އަލިމަސްޖެހި ރިހި ކުލައިގެ އަނގޮޓިން އަޒަލްގެ ތުންފަތަށް ކަރުނައިގެ ތެރެއިން ވެސް ހިނިތުންވުމެއް ވެރިވިއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (51)

  1. baby girl 🙈

    aaah nayaa sissy i got goosebumps….
    can’t wait for the next part!!
    lyssssm ❤️❤️❤️❤️

    1. Nayaa
      baby girl 🙈

      hehe thank youu ❤️
      lym ❤️

  2. isher

    maashaa allah the part was amazing. next part ves avahah up kohladheycheyy.this is my fav story and your is my favourite authour. keep going.varah kiyaalaa hithun mi kee ves. yail and az so cute e dhemyhun gulhuvahcheyy ingeyy.

    1. Nayaa
      isher

      aww that’s so sweet
      thank you so much darla ❤️

  3. Vampire girl

    Maashaa Allah mi part vx varah varah reethi….
    Alhey hama bunaane eii cheii vx neyngun….
    Alhey hithah araa yail kahala meehaku ahannah vx libeyne nama ey…..
    Alhey dhn next kiyaa hithun hureveneekee vx noon…..
    alhey aaraa eii zaara aaa afaan ge kuhjeii noonihyaa kaakuge kuhjeh…
    Haadha curious kan kan eba huhtey mi vaahakaiga…..
    Mihaaru enme inthizaaru kurevenee next part….
    Maashaa Allah nayaa…. you are very talented…..
    Alhugandu knme faharaku story liyan ulhefa vaki hisaabakah gohsa dhn neynge liyaakah 🤣🤣🤣 ehnve huhtaalanee….
    Nayaa akee varah talented kuhjakah v ma kan yageen mihaa furihama koh story liyevenee… maashaa Allah….
    Eiii dhuvahakun nayaa bahdhali vaane kamah ummeedhu kuran….
    Keep it up nayaa….
    Abadhu vx kaamiyaabee ah edhen….
    Love you 😍😘

    1. Nayaa
      Vampire girl

      Thank youu dear ❤️
      Ahaha nayaa ves haadha beynumey yail kahala meeheh..ekam ekahala meehun ulheynee hama aharumen ge fictional world ga ekani 🥲
      Hehe next part edit kohlaafa submit kohlan eba irukolhakun
      alheyy you should try hama i mean vaahaka liyaa iru liyaane ehcheh neyngi brain empty ves vaane but there are techniques you can use..im sure you’d be a great writer ❤️
      In Sha Allah adhi konmes dhuvahakun dhimaa vaane 🥰
      Thanks again ❤️
      Love you more dear ❤️

  4. pumpkin

    masha allah vrh reethi mi part vz
    azz r yail loabi kamun blush vs eba vey kiyan hurefa
    anehkaa aara eii adopt kuri kuhjeh tha??😭
    shayaam n yaleen gulhunuyma ithurah reethi vaane
    mi part kiyaafa hama bunaane ehche vs neyge
    vrh furihama masha allah
    ur so talented
    mi site in kiyaa enme reethi vhk mii
    hithah arai yail kahala meeheh libeyne namaey
    ekm yail kahala meehun ulheyny aharun ge fictional world ga😭
    kon part ehga dhn yaleen r shayaam ge baeh include kohfa ihnaany?
    vrh inthizaar kurevey emeehunge bayakh
    places sifa kohdhinumaa meehun sifa kohdheefa huhnaleh vrh reethi❤️
    yail assu kihaa loabi vaathy ehaa kurin azz bunefa huri vhk hadhaan huhnaany
    yail ah vaa vrh dhuvahakuvs riyaan akh nuvi adhi nuvs vaane
    azz enme beynunvaa gothah hurihaa kmh vse kohdheny
    kihaa sweet
    loa maraaliyas yail r azz fehnahn heevany
    curiously waiting for the next part
    when next?
    ur my fav author
    I appreciate ur hard work nayooo
    adhi ehdhuvahun nayoo r meet vaane kamh vrh unmeedhu kurevey
    tc ly nayoooo vrh bodukoh❤️❤️❤️

    1. Nayaa
      pumpkin

      Thank youu ❤️
      Hehe nayaa ves liyan indhefa ves blush vey.. dhen hama heveveynee ekani indhegen type kuramun 😅
      shayaam and yaleen ge bai dhen hama othy bodu koh kuriyah.. inthizaaru kohlaa
      hehe sifa kohdhinun dhwww.. i try my best.. thanks dear ❤️
      alhe nayaa ves haadha beynumey yail kahala meeheh ekam men like that only exist in our fiction world dho 🥲
      next part miadhu submitted kohlaanan
      In Sha Allah adhi meet vaane konmes dhuvahakun 🥰
      lym darla ❤️

  5. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Finally yail and azal gulhunee
    Aara and zaul ves gulhuvachey
    Shayaam and yaleen ves
    They all are made for each other
    Mi part kiyaafa rovijje 😭
    Aara ge kon hageegatheh baa
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    Your my fav author ❤️
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Ly naayoo ❤️😚

    1. Nayaa
      Cutie girl

      Thank you dear ❤️
      Aaraa ge hageegatheh balan dhen hingaa dho adhi ihah madu kohlamaa
      Aww thanks ❤️
      Lym ❤️

  6. gurrrrl

    Alheyyy naaya so cute
    Mi part ves vrh vrh reethi
    When next part cant wait for the next
    Plsss vrh avas koh genesdhehchey vrh curious azz bunaane ehcheh neyngeythi
    Ly

    1. Nayaa
      gurrrrl

      tysmm dearr <333
      next part hama dhenme submit kohlaifin
      lym <3

  7. Malaa

    Mashallah vrh reethi mi part ves
    Alheyyy so rom dhw hehe 🙃
    Btw when next part cant wait for next

    1. Nayaa
      Malaa

      thank youu Malaa <333
      hehe dhww
      next part dhenme submit kohlaifin.. admin upload kohdhinhaa avahakah kiyaalan libeyne

  8. Vampire girl

    Admin please avahah upload kohdhehcheyy…. admin please maadhan vumuge kurin upload kohdhehcheyy…

  9. Naksu ⚡

    Aara’s prolly adopted, ehgothakun rangalhu dhw, Zaul aa gulhen maa faseyha vaane.
    Maashaallah, mi bai ves hama vrh furihama 👌👌👌
    Keiytherikan imthihaanukohlaa vhk eh mi ee, ehaa ves kiyaa hiy vey 🙃🙃🙃
    Aslu alhugandakee ves mi site ah vhk liyaa kujjeh, naayu ge vhk thakun vrh inspiration libey 😊😊 (aslu acc in comment eh kohfiyya garuneh nagaa viyaa submit vaan 🤣🤣🤣 ehenveema mi goiy ves maa rangalhu)
    Vrh avahah dhen oiy bai ves kiyaalan libeyne kamah unmeedhu kuran.
    Lysm 💕💕💕

    1. Nayaa
      Naksu ⚡

      thee ves vedhaane gotheh..ekam mulhi akun thihenneh ves noon vaneekee.. hehe dhen lets see
      ehenveema rangalhennu keiytheri vaan dhas vaanetha hehe
      ohhh ehen tha?? whats your story ge name?? eyrunnennu nayaa ah ves kiyaalaafa comment eh kohleveynee.. i just love to see writers in this site supporting and uplifting other writers <3
      hahaa yess eii aslu login vefa comment kuraathy ehaa las vany upload vaan… login nuve comment kuranyyaa vaguthun upload vaane
      kuriyah oiy bai subit kohlaifin inge
      lym <333

    2. Naksu ⚡
      Naksu ⚡

      Ohhh ehentha, irukolhu kolhaa beleyne dhen e bai laifi tho 😊😊
      Vhk namakee haqeeqaiy hoadhumey, thankolheh kurin laa nimaafa vaane, author name akah white rose. Arn konmehen ves kiyaalaafa comment kohlan vaane 😅😅
      Hehe, azal ge fav flower dhw white rose akee
      Mihaaru o level othyma busy vaanethy ithuru vhk upload nukoh madukohlaigen mihuree. Kiyevumah ves focus kuran vaanehnu dhw. 😅😅
      Aslu ves vrh hiyhama jehey when writers ge faraathun support libeythy, it’s priceless hama 💕💕

    3. Anonymous
      Naksu ⚡

      Ohh ehenthrr, dhen irukolhu kolhaa beleyne e bai laifi tho ☺️☺️
      Mi roadhamahu fahkaa vaane keiytherikan dhaskohlan.
      Anddd alhugandu liyunu vhk ge namakee haqeeqaiy hoadhumey. Thankolheh kurin upload koh nimmaafa vaanee.
      Author name akah white rose, Azal ge fav flower dhw
      Vrh ufaavaane naayu ge feedback libuniyya 🙃🙃
      Asluvexx vrh hiyhama jehey e gothah eh liyuntheriaku aneh liyutheri ah support kuraathii 🙂🙂

    4. Anonymous
      Naksu ⚡

      Vhk name haqeeqaiy hoadhumey and author name white rose

    5. Anonymous
      Naksu ⚡

      Anddd kiyaalaafa comment kohlahche. Vrh ufaavaane

  10. Anonymous

    Masha Allah mi part

    1. Nayaa
      Anonymous

      thank you <3

  11. Aalerrr

    Masha Allah mi part vx vrh reethi ❤️
    Next part up kohlaanee kn irakun…
    Avahah up kohlaane kamahh ummeedhu kuran…😊
    Can’t wait….

    1. Nayaa
      Aalerrr

      thank youu so much dear <333
      next part miadhu submit kohlaifin dhen hama admin upload kohdhinhaa avaheh othy

  12. Ghost girl 👻

    Masha Allah 😍 vrh reethi mi part ves hama vrh reethi when’s next curiously waiting for the next part keep it up ❤️ luv yu so much nayaa 🫶🏻 dhen mireyy nidheyne baa story kiyaa hithun hehe

    1. Nayaa
      Ghost girl 👻

      thank you dear <333
      next part submit kohlaifin miadhu
      love you more dear <3

  13. Lakudi boa

    Haadha reechey mi bai ves

    1. Nayaa
      Lakudi boa

      thank you dear <3
      and thats a very unique name hehehe

  14. Naksu ⚡

    Ehen tha, dhen irukolhukolhaa beleyne e bai laifi tho
    Alhugandu liyunu story ge namakee haqeeqaiy hoadhumey. Thankolheh kurin upload koh ninmaafa vaanee.
    Author name white rose. Azal ah enme reethi maluge nan dhw.
    Vrh ufaavaane naayu ge comment eh libuniyya
    Asluvxx vrh hinhamajehey ehen liyuntheringe support libeythii

  15. UNKNOWN GURLL

    Mi part ves vrh vrh reethi
    Vrh curious waiting for the next part
    When next part

    1. Nayaa
      UNKNOWN GURLL

      thank you dear <333
      next part miadhu submit kohlaifin

  16. Tabassum

    Allahumma Barik!! Vvv salhi.. naaya v molhu asluves vaahaka liyan.. hama hiivani yashafa abdul qhaniige Stories kiyaahn.. v v reethi hihi…

    1. Oppo
      Tabassum

      Ekaaku?

    2. Nayaa
      Tabassum

      thank you so much dear<333
      asthaaa yashfa abdul qhany aky dhen vaahaka liyumuga hama enme funnabu uskoh ulhuvvaa eh faraaiy.. thi fenvarah adhi alhugandakah nudhevey..hehe.. ekam ves thihaa molhu faraathakaa compare vun ves thiee libunu varah bodu sharafeh.. varah ufaa vejje.. shukuriyyaa Tabassum <3

  17. Ishu

    Maasha allah mi part ves varah reethi
    Yail ge proposal bai kiyaafa blush vani hama😅
    This story is soo gud
    Vrh kiyaa hithun mi part ves mi kiyaaly
    Ur so talented
    Can’t wait to read the next part
    Keep up the gud work

    1. Nayaa
      Ishu

      thank you ishu <333
      ahaha nayaa ves blush veyy liyan indhefa hama..hehe
      tysm inge means a lot <3

  18. Anonymous

    Ohh ehenthrr, dhen irukolhu kolhaa beleyne e bai laifi tho ☺️☺️
    Mi roadhamahu fahkaa vaane keiytherikan dhaskohlan.
    Anddd alhugandu liyunu vhk ge namakee haqeeqaiy hoadhumey. Thankolheh kurin upload koh nimmaafa vaanee.
    Author name akah white rose, Azal ge fav flower dhw
    Vrh ufaavaane naayu ge feedback libuniyya 🙃🙃
    Asluvexx vrh hiyhama jehey e gothah eh liyuntheriaku aneh liyutheri ah support kuraathii 🙂🙂

  19. Ooo

    Ohh ehenthrr, dhen irukolhu kolhaa beleyne e bai laifi tho ☺️☺️
    Mi roadhamahu fahkaa vaane keiytherikan dhaskohlan.
    Anddd alhugandu liyunu vhk ge namakee haqeeqaiy hoadhumey. Thankolheh kurin upload koh nimmaafa vaanee.
    Author name akah white rose, Azal ge fav flower dhw
    Vrh ufaavaane naayu ge feedback libuniyya 🙃🙃
    Asluvexx vrh hiyhama jehey e gothah eh liyuntheriaku aneh liyutheri ah support kuraathii 🙂🙂

  20. Anonymous

    Very very nice?????
    I can’t wait next part please upload………..

    1. Nayaa
      Anonymous

      thank you <3
      submit kohlaifin

  21. Anonymous

    Vory niceeee.
    Lysm 💋💋

    1. Nayaa
      Anonymous

      thank youuu <3
      lym <3

  22. Naberr🤍

    Naayu naayu naayu bunaane ehcheh ves neygey knmme episode akah comment nukohlevunas hama barabarah kiyan busy kamun hama yk geyga me n sis ekani sis kudhin govaigen ulheythy hama ekani me badhigeyga ulhen jeheny btw tail Kahala partner eh libeyne nama dhw I really wish keehkuraani naayu bunaahen our fictional stories ga ekani ulheyny
    Btw can I get a way to contact u naayu plxx
    Masha Allah proud u keep going love u 💓

    1. Nayaa
      Naberr🤍

      nabaa nabaa nabaaaa hama bunaa ehcheh ves neynge mi loabi loabi comment kiyaalaafa hehehe..
      awhh alheyy busy kujjeh dhww..ekm thihaa busy koh ulhemun ves story kiyaalan vaguthukolheh huskohlaathy hamaa vrh ufaa vejje ingey
      ahaha yess keeh kuraanii dho yail kahala meehun noolhey mihaaru
      you can give me your insta eyrun i will contact you through insta <3
      thank youuu <333
      love u more nd more <333

  23. Anonymous

    Admin please next upload kohdhyba… aadheys kohfa bunan… e part upload nuvaathee nunidhifa mi othy…. plzzzzz I wanna read that part… admin please upload…

  24. Bulbul

    Alheyyyy wow haadha reehchey mi bai vc masha allah
    Next part ah vrh inthizaaru kurevey 😘

    1. Nayaa
      Bulbul

      Thank youuu dearr ❤️
      Means a lot 🥹❤️

  25. Anonymous

    Mi part vx v v reethi 😍 Ma Sha Allah u r soo talented ♥️yail haadha rom eyh dhw 🤭ekahala proposal eh i also want 😭 curiously waiting for the next part… ♥️

    1. Nayaa
      Anonymous

      Thank youu..❤️
      Hehe hurihaa kudhin ves yail beynun vegen dho mi ulhenii..alheyy sameee that’s nayaa ge ves dream proposal hama..🥹
      next part submit kohlaifin miadhu hendhunu

  26. Nadhoo

    alhey yail is so husband material…. ham heebihi nagaigendhiyaee bae faharu heevey emeehunge kurimatheega ey mihurevuni.. nayaage liyun therinkan ehaa ves molhu

Comments are closed.