Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 19

“ޔަލީން ޖެއްސި ކަހަލަ ސްޓަންޓެއް ޝަޔާމް ވެސް ޖައްސާ.. އޭނަގެ ފަހަތުން ދުވެގެން ވިޔަސް ލޯބި ހޯދާ.. ދެން ނުބުނާތި މަށަކަށް ނުކެރޭނެޔޭ.. ލޯބި ހޯދޭނީ ކެރިގެން ކުރިމަތި ލައިގެން.. މަސައްކަތް ވެސް ކޮށްގެން.. ކަލޭގެ މޮޔަ ކަމުން އެއް ފަހަރު ނަސީބު އަތުގަ ހިފާފަ އޮއްވާ ވެސް ދޫކޮށްލީ.. ދެވަނަ ފަހަރަށް އެކަހަލަ ޅަ އެއްޗެއް ނާޅާތި.. ދެންވެސް މަ މި ބުނި ގޮތަށް ކަންތައް ކުރޭ..” ނަވީން އެހެން ބުނުމަށް ފަހު، ޝަޔާމަށް އެއްވެސް އެއްޗެއް ބުނާނޭ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ.

ނަވީން ފޯނު ކަނޑައިލުމާއެކު، ޝަޔާމަށް ފޯނު އެނދުމައްޗަށް ހޫރައިލެވުނެވެ. ދެން ނަވީން ބުންޏޭ ކިޔާފައި އޭނަ ވީ އޭނާގެ އަމިއްލަ އުސޫލުތަކުން ބޭރުވެ، ޔަލީންގެ ލޯބި ހޯދަން މަސައްކަތް ކުރަން ހެއްޔެވެ؟ ވަގުތުން އެ ސުވާލުގެ ޖަވާބަކީ އާއެކޭ ކަމުގައި ޝަޔާމްގެ ހިތް ނިންމިއެވެ. އެއާއެކު ދެން ކަންތައް ކުރަންވީ ގޮތުގެ ތަސައްވުރެއް ޝަޔާމްގެ ހިތުގައި ކުރެހިގެން ދިޔައެވެ. އާއެކެވެ. ދެނެއް އޭނާ އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނާޅާނެއެވެ. ޔަލީންގެ ލޯބި ކާމިޔާބު ކުރުމަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެއެވެ. އެއީ ޖާނާއި މާލުން ޤުރުބާންވެ، ފުރާނަ ހިބަކޮށްގެން ވިޔަސް ވެހެވެ.

*** ** ***

މުހިއްމު ވާހަކައެއް ޔައިލްއާ ދައްކައިލަން ވެގެން އެގެއަށް ވަން އަޒަލްއަށް ފުރަތަމަވެސް ކުރިމަތިލާން ޖެހުނީ ޔައިނާގެ ޝަކުވާތަކާއެވެ. އެކަން ވާނީ އެގޮތަށް ކަން މާ ކުރިން ވެސް އަޒަލްއަށް އެނގެއެވެ. ވާނީވެސް އެހެންތާއެވެ. އަޒަލް ރިއާންއާ ރައްޓެހިވީ ފަހުން އެގެއަށް އާދެވުނީ އެންމެ ދެތިން ފަހަރުއެވެ.

“ދެން ޔައިއްތާ.. އަޒް މި އައީއެއްނު.. ޔައިއްތަގެ ޝަކުވާތައް ހަމަ ހުސް ނުވާނެ.. ތިވަރަށް އަޒް ނާންނާތީ ޝަކުވާ ކުރަންޏާ ދެން އަޒް އެއްކޮށް މިގެއަށް ބަދަލު ވާނީ.. އޯކޭ އެއްނު..” ނުގޮތަކަށްޗ އަޒަލް އެ ބުނީ ޔައިލްއާ ކައިވެނި ކުރާ ވާހަކަ ކަމަށް ހީކުށް ޔައިނާގެ ހިތް އުފަލުން ފޮޅުނެވެ. ކޮންމެ ގޮތެއް ވިޔަސް، އަނެއްކާވެސް ދެކެވުނު ވާހަކައަކުން ނުބައި މާނައެއް ނެގިއްޖެއެވެ.

“ޔައިލް ވެއްޖެ ކޮޓަރީގަ.. އަޒް ދޭބަލަ ގޮވައިލަން.. ޔައިއްތަ މި ދަނީ ސައި ހަދަން.. ޔައިލް ގޮވައިގެން ދެކުދިން އާދޭ އަވަހަށް ސައިބޯން..” ޔައިނާ ބަދިގެއަށް ވަނުމުން އަޒަލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔައިލްގެ ކޮޓަރިއަށް ވަނެވެ. ދެފަހަރަކު ޓަކި ޖަހައިލުމުން ވެސް ޚަބަރެއް ނުވުމުން އަޒަލް ދޮރު ހުޅުވައިލިއެވެ. ކޮޓަރިތެރޭގައި އެއްވެސް މީހަކު ނެތުމުން އަޒަލް ކޮޓަރިން ނުކުތުމަށް އަޅައަޅާ ހުރި ފިޔަވަޅުތައް މަޑުޖެހުނީ އެ ކޮޓަރީގެ ބެލްކަނިން އިވިގެން ދިޔަ މިއުޒިކީ ރީތި ރާގުންނެވެ. ޝައުގުވެރި ވެވުނު ވަރުން އަޒަލް ކޮޓަރީގެ ދޮރު ލައްޕައިލާފައި ގޮސް، ބެލްކަނީގެ ދޮރު ކައިރި ހުއްޓުނެވެ. އެވަގުތު ފެނުނު މަންޒަރަކުން އަޒަލް އާޝޯޚު ވިއެވެ.

އުނދޯލީގައި ގިޓައެއް ހިފައިގެން އޭގެ ނަރުތަކާ ކުޅެލަކުޅެލައި އިން ޔައިލް ފެނުމުން ޔައިލް ގިޓާ ކުޅެން ދަސްކުރީ ކޮން އިރަކު ބާވައޭ އަޒަލްގެ ހިތަށް އެރިއެވެ. އެހެން ހިތަށް އަރާ، އަޒަލް އާގަމަ ވެފައި ހުއްޓައި، ދެން ފެނުނީ ފަރިތަކަމާ އެކީ ގިޓާގެ ނަރުތަކާ ކުޅެލަމުން، ހިތްތައް މަސްތު ކުރުވާ ފަދަ ރީތި، އަރާމު ރާގެއް ޔައިލް ކުޅެލި މަންޒަރެވެ. އެ ރާގަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދިނީ ޔައިލް އޭނާގެ ބަރު، ފިރިހެންވަންތަ އަޑުން ކިޔަން ފެށި ލަވައިންނެވެ.

ހިތުގެ ތެޅުން، މިތުރު މި އަހާބަލާ

ހިތުގެ ތެޅުން، މިތުރު މި އަހާބަލާ

ވާ ލޯބި އެނގޭ ނަމަ

ވާ ލޯބި އެނގޭ ނަމަ، ކަލާ

ފުން ޚިޔާލުގައި، ދީވާނާ ހިތް ވެޔޭ

ހިތް ފާޅުގައި، ތިޔަ ލޯތްބަށް އެދި ވެޔޭ

ނުނިދޭ މިހާރު، ވެޔެ ބޭޤަރާރު

އަންނާށޭ ދެން ކަލާ

ވާ ލޯބި އެނގޭ ނަމަ

ވާ ލޯބި އެނގޭ ނަމަ، ކަލާ

ހިތުގެ ތެޅުން، މިތުރު މި އަހާބަލާ

ހިތުގެ ތެޅުން، މިތުރު މި އަހާބަލާ

ވާ ލޯބި އެނގޭ ނަމަ

ވާ ލޯބި އެނގޭ ނަމަ ކަލާ

ކެތް ވާނެހޭ، ވައި ރޯޅިން ބީހިލާ

ހިނިތުންވެލާ، ޔާރާއޭ އައިސްބަލާ

އެދެމޭ އުފާ، ލިބުމަށް ޝިފާ

ލޯބިން ހިއްސާވެލާ

ވާ ލޯބި އެނގޭ ނަމަ

ވާ ލޯބި އެނގޭ ނަމަ، ކަލާ

ހިތުގެ ތެޅުން، ހްމްމްމްމްްމްމްމް

ހިތުގެ ތެޅުން، މިތުރު މި އަހާބަލާ

ވާ ލޯބި އެނގޭ ނަމަ

ވާ ލޯބި އެނގޭ ނަމަ، ކަލާ

ޔައިލް ލަވަ ކިޔައި ނިމެންދެން ވެސް އަޒަލްއަށް ހުރެވުނީ ޝޯޚުވެފައި ބަލާށެވެ. އެހައި ރީތި، އެހައި ފުރިހަމަ އަޑެއް ޔައިލްގެ އޮންނަ ކަމެއް އަދި އޭނާއަކަށް ނޭނގެއެވެ. އަޒަލް ބޭނުންވީ ޔައިލްގެ އެ އަރާމު އަޑުގެ އޮއެވަރުގައި ބެހިގެން ދާށެވެ. މިއުޒިކާ އެކުވެގެން އައި ޔައިިލްގެ އެ ސާފު، ރީތި އަޑު އިވުމުން އަޒަލް އެހެން ހުރިހައި ކަމެއްގެ މަތިން ހަނދާން ނެތުނު ފަދައެވެ. ހިނދުކޮޅަކު ވިސްނަންވީ އެއްޗެއް ނޭނގިފައި އަޒަލްއަށް ހުރެވުނީ، އަދިވެސް އެ އަޑުގެ ޖާދޫގައި ޖެހުމަށް ބޭޤަރާރު ވެފައެވެ. އެ ހިތުގެ ހިނގުމަށް އެވަގުތު ބަދަލެއް އައިކަން ޔަޤީނެވެ.

“ކޮން މަންޖެ އަކަށްތަ ތި ލަވަ ކިޔައިދިނީ މާ އަސަރުގަދަ ކޮށް..؟” ގިޓާ ހިފައިގެން އިން ޔައިލް ކުއްލިއަކަށް ސިހިފައި، ފަހަތް ބަލައިލީ އަޒަލްގެ އަޑު އިވުމުންނެވެ. ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ހުރި އަޒަލް ފެނިފައި ޔައިލް ވެސް ހިނިތުންވެލާފައި ދެކޮނޑު އަރުވައިލީ ނޭނގެއޭ ބުނާ ފަދައަކުންނެވެ.

“ދެން ދޮގު ހަދަން ނޫޅެބަލަ.. އަހަންނަށް އެނގޭ ޔައިލް ވެސް މިހައި ދުވަސް ވާ އިރު ކުއްޖަކު ނުހޯދަ ނުހުންނާނެކަން.. ބުނެބަލަ.. އެއީ ކޮން ކުއްޖެއްތަ..؟” އަޒަލް އަހައިލުމާއި އެކު ޔައިލްއަށް އަޒަލްގެ މޫނަށް ފުންކޮށް ބަލައިލެވުނެވެ. އެ ހިތުގައި ރަނިކަން ކުރާ ރާނީއަކީ ކުރިމަތީގައި މިއިން ފަތްމިންޏެއް ފަދަ ހޫރުޕަރީއޭ ޔައިލް ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟

“ދެން.. އިހަށް އަހަރެންގެ ވާހަކަ ބާއްވާފަ އަޒް ބުނެބަލަ.. ރިއާންގެ ކަންތައް ކިހިނަކުންތަ ދަނީ..؟” ޔައިލް ބޭނުންވީ މަޢުޟޫއު ބަދަލު ކޮށްލާށެވެ.

“އަހަރެން މި ދަނީ މިހާރު އޭނަޔާ ދެކޮޅަށް ހެކި ހޯދަމުން.. މަސްތުވާތަކެއްޗާ، ވައްކަމާ، މާރާމާރީގެ އެތައް މައްސަލަތަކެއްގައި ރިއާން އިންވޮލްވެފަ އެބަހުރި.. އަހަންނަށް މިހާރުވެސް އެކަން ސާބިތު ކުރެވޭ ވަރަށް ހެކި ހޯދިއްޖެ.. ދެން ލިއުޝާއަށް ކޮށްފަ ހުރި އަނިޔާތައް އަހަރެން ކޯޓުގަ ދައްކާނަން.. މިހާރު ލިއުޝާގެ އެދުމަށް ޑިވޯސް ފޯމްތައް ވެސް އަހަރެން ނަގައިފިން.. އެކަން އަންނަ ހަފްތާގެ ތެރޭގަ ނިންމައިލަން ކަމަށް މި ވިސްނަނީ.. ލިއުޝާ ވަރި ކުރަން ކޯޓަށް ކިޔާ ދުވަހު މި ހުރިހާ މައްސަލައެއް ވެސް އަހަރެން ފެންމަތި ކޮށްލާނަން..” އަޒަލް އޭނާ ރާވާފައި އޮތް ގޮތް ޔައިލްއަށް ކިޔައިދިނެވެ.

“ދެން ވަރިއަށް ފަހު ލިއުޝާއަށާ ރަޔަންއަށް ގޮތެއް ހޯދައިދެވޭތޯ އަހަރެން ބަލާނަން.. އަހަރެން ބައްޕަ ގާތު ބުނެގެން ހޮސްޕިޓަލުން ރިސެޕްޝަނިސްޓެއްގެ ވަޒީފާ ވިޔަސް އޭނައަށް ހަމަޖައްސައިދޭނަން.. ދެން ރިއާންގެ އެޕާޓްމެންޓްގަ އޭނައަށް ހަމަ އުޅެވޭނެ.. އަމިއްލައަށް ކުލި ދެއްކެން ދެން އަހަރެން އެކަން ވެސް އޭނައަށް ކޮށްދޭނަން.. ދެން ކޯޓުގަ މައްސަލަ ސާބިތު ވީމަ އަދި ރިއާންގެ އެކައުންޓްތައް ވެސް ފްރީޒް ވާނެ.. ދަރަނިވެރި ވަމުން ގޮސް ރަޔަންއަށް ދޭން ޖެހޭ ފައިސާ ދައްކަން ވެސް ކޯޓުން އޭނައަށް މަޖުބޫރު ކުރާނެ.. އޭރުން ވެސް ލިއުޝާއަށް ތަންކޮޅެއް ލުއި ވާނެ..” އަޒަލް ލިއުޝާއާއި ރަޔަންއާއި ދޭތެރޭގައި ވިސްނާ ވަރު ފެނިފައި ޔައިލް އުފާވިއެވެ. އަޒަލްގެ ހިތްހެޔޮކަމާއި ދީލަތި ކަމަށް އެތައް ފަހަރަކު ހިތާހިތުން ތަޢުރީފު ކުރެވުނެވެ.

“ހޫމް ދެން ކޮންމެހެން ވާހަކަ އޮޅުވައިލަން އުޅޭނެ ކަމެއް ނެތް.. ބުނެބަލަ ކާކަށް ޔައިލް ވާ ލޯބި އެނގޭނެ ނަމައޭ ތި ކިޔަނީ..؟” އަޒަލްގެ ރާގު ހުރީ ޔައިލް ނުބުނަނީސް ދޫނުކުރާނެ ކަހަލަ ގޮތަކަށެވެ.

“އަޒް އަކަށްނު.. އަޒް އަށް އަހަރެން އަޒް ދެކެ ވާ ލޯބި އެނގޭނެ ނަމައޭ އަހަރެން މި ހިތަށް އަރަނީ..” ސީދާ އަޒަލްގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ ޔައިލް ބުނެލީ އެ ހިތުގައި އޮތް ގޮތަށެވެ. އެއާއެކު، އަޒަލްއަށް އިރުކޮޅަކު ހުއްޓުން އަރާފައި އިނދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަޒަލްގެ ހުނުމުގެ އަޑުން މުޅި ތަން ގުގުމައިގެން ދިޔައެވެ.

“އާނ ދެން އޯކޭ.. އަހަރެން ގާތު ބުނަން ބޭނުން ނެތިއްޔާ ނުބުނެ އިނދޭ.. އަހަރެން އަމިއްލައަށް ވެސް ހޯދަފާނަން..” އަޒަލް ބުނެލިއެވެ. އޭނާ ބުނި އެއްޗެއް އަޒަލް ޤަބޫލު ނުކުރާނެކަން ޔައިލްއަށް މާ ކުރިން ވެސް އެނގެއެވެ. އެހެނަސް، އަޒަލް ޢަމަލު ކުރި ގޮތުން އެ ހިތަށް ތަދުވެއްޖެއެވެ. އޭނާ އަޒަލް ދެކެ ލޯބިވާ ކަން އަޒަލް ދުވަހަކުވެސް ޤަބޫލު ނުކުރާނެހެން ހީވެ، އެ ހިތް މާޔޫސް ވިއެވެ.

“ދެކުދިން އާދޭ ސައިބޯން.. މަންމަ މި އައީ ސައި ހަދާފަ..” އެވަގުތު އެތަނަށް އައި ޔައިނާ ބުނުމުން އަޒަލްއާ އެކީގައި ޔައިލް ވެސް ތެދުވިއެވެ. ދެމީހުން އެކުގައި ޔައިނާއާއި އެކު ގޮސް މޭޒު ދޮށުގައި އިށީން އިރު އެތަނުގައި ނީލާ ވެސް ހުއްޓެވެ.

“މާމާ.. ކިހިނެއްތަ..؟” ކުޑައިރުއްސުރެ ނީލާއަށް މާމަގެ ނަމުން މުޚާތަބު ކޮށްކޮށް، އަޒަލް ހުރީ އެކަމަށް އާދަވެފައެވެ.

“މާމަ ރަނގަޅޭ.. އަޒް މިހާރު ހާދަ ރުޅިއޭ ދޯ..؟ މާމަ ކައިރިއަކަށް ނުވެސް އާދޭ ވިއްޔަ..” އަޒަލްގެ ބުރަކަށީގައި ފިރުމައިލަމުން ނީލާ ވެސް ޔައިނާ ކުރި ޝަކުވާ ކޮށްލިއެވެ.

“ދެން މާމާ.. އަޒް އައީމަވެސް ޝަކުވާ ކުރަނީނު ތި.. މާމަ ވެސް ޔައިއްތަ ވެސް ހަމަ އެ ޝަކުވާ..” ސައިތަށިން އެތިފޮދެއް ބޯލަމުން އަޒަލް ބުނެލިއެވެ.

“މާމަ ވެސް ހާދަ ދުވަހެއް ވެއްޖެޔޭ އަޒް ނައިސްގެން ޝަކުވާ ކުރާތާ.. ބައެއް ފަހަރު މަށަށް ހީވޭ މަންމައާ މާމަ މަށަށް ވުރެ ބޮޑަށް އަޒް ދެކެ ލޯބިވާ ހެން ވެސް..” ހެދިކާއެއް ކައިލަމުން ޔައިލް ބުނެލިއެވެ.

“ހަމަ ރަނގަޅަށް ތި ބުނީ.. އަޒް ދެކެ މާމަ މާ ލޯބިވޭ..” އަޒަލްގެ ގައިގައި އަތް ވަށައިލަމުން ނީލާ ބުނެލިއެވެ. އެއާއެކު އަޒަލް ޔައިލްއާ ދިމާއަށް ދޫ ނެރެލާފައި ވައްތަރެއް ޖައްސައިލުމުން ޔައިލް ވެސް ރުޅި އަންނަ ކަމަށް ހެދުނެވެ. އެއާއެކު ނީލާ ވެސް ހިނިގަނޑެއް ޖަހައިލަމުން ޔައިލްގެ ކޮލުގައި ހިފައިލީ މާމަ ޔައިލް ދެކެވެސް ލޯބި ވެޔޭ ބުނަމުންނެވެ.

ދެމީހުންގެ ސަކަރާތްތައް ބަލަން ހުރި ޔައިނާ ކައިރިއަށް ހިނި އައީ އަޒަލް އައުމާއެކު ގޭތެރެއަށް އައި އާރޯކަމާއި އުފާވެރިކަން ފެނިފައެވެ. ޔައިލްގެ އަންހެނުންގެ ގޮތުގައި، އަދި ޔައިނާއާއި މިލާންގެ ޅީދަރިފުޅުގެ ގޮތުގައި އަޒަލް އެގެއަށް އަންނާނެ ދުވަހަކަށް ޔައިނާއަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެން ފެށުނެވެ.

*** ** ***

ރިއާންގެ މައްސަލައިގައި އެންމެ ފުރަތަމަ ކޯޓު އަޑުއެހުން އޮތް ދުވަހު އަޒަލް ހުރީ ކޮންމެވެސް ވަރަށް ފިނިވާ ގޮތް ވެފައެވެ. މީގެ ތިން ދުވަސް ކުރިން އަޒަލްގެ އެދުމުގެ މަތިން ހެއްކާއި އެކު ރިއާން ހައްޔަރު ކުރެވުނު އިރު، މިއަދަކީ ރިއާންގެ މައްޗަށް ކުށް ސާބިތު ކުރުމަށް އޮންނަ ފުރަތަމަ އަޑުއެހުމެވެ.

“އަޒް.. އޯކޭ ވާނެޔޭ..” އަޒަލްގެ އަތުގައި ހިފައިލަމުން އެ އަތަށް ބާރުކޮށްލަމުން ޔައިލް ބުނެލިއެވެ. ޔައިލް ވެސް މިއަދު އަޒަލްއާއި އެކީ ކޯޓަށް އައީ، މިއަދު އަޒަލްއަށް ޔައިލްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަން އެނގޭތީއެވެ.

“ރިއާންއާ ރުޅިވި ފަހުން އަދި އަލަށް ރިއާންގެ ކުރިމައްޗަށް މި އަރަނީ.. އެވެސް ރިއާންއަށް ހައްގު އަދަބު ދިނުމަށް.. ނޭނގެ ވާ ގޮތެއް.. ބިރު ގަންނަނީ.. މުޅި ކެރިއަރގަ ވެސް އަދި މިކަހަލަ ގޮތެއް ނުވޭ..” އަޒަލް ހުރީ ހާސްވެފައެވެ.

“މި ކޭސްގަ އަޒްގެ ޕަރސަނަލް ރިލޭޝަންއެއް ވެސް އޮތީމަ އެހެން އެ ވަނީ.. އޯކޭ ވާނެ.. އަހަރެން ވެސް މި ހުރީނު..” އަޒަލްގެ ބޮލުގައި ފިރުމައިލަމުން ޔައިލް ބެލީ އަޒަލް ހަމަޖައްސައިދެވޭތޯއެވެ. އެވަގުތު އެތާ ކުރިމައްޗަށް ހުއްޓުނު ކަޅު ކުލައިގެ ކާރުން ފޭބި ލިއުޝާއަށް އަޒަލްއާއި ޔައިލްގެ ނަޒަރު ދަތުރު ކޮށްލިއެވެ.

އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ލިއުޝާ ލާފައި ހުރި އަތް ކުރު ހެދުމުން އެ އަތުގައި ހުރި ރޯ ޒަޚަމްތައް ހުރީ ފެންނާށެވެ. އަބަދު މިނިވަންކޮށް ދޫކޮށްލާފައި އޮތް އިސްތަށިގަނޑު މިއަދު އައްސާލާފައި އޮތް އިރު، އެ ދޮން ކަނދުރާގައި ހުރި ޒަޚަމްތައް ވެސް ހުރީ ހާމައަށެވެ.

“ލިއު ރެޑީތަ..؟” ލިއުޝާގެ އަތުގައި ހިފައިލަމުން އަޒަލް އަހައިލިއެވެ. އެއާއެކު ލިއުޝާ ވެސް އަޒަލްގެ އަތަށް ބާރުކޮށްލަމުން، ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ.

“އަހަރެން ބުނި އެއްޗެއް ހަނދާން ކުރައްޗޭ އިނގޭ.. ވީ ގޮޓް ދިސް!” އަޒަލް ބުނުމާއި އެކު ލިއުޝާ ވަގުތުން ބޯ ޖަހައިލިއެވެ. ތިން މީހުން އެއްކޮށް ދެން ހިނގައިގަތީ ކޯޓަށް ވަންނާށެވެ.

އަޑުއެހުން ފެށެން ކައިރި ވުމާއެކު ރިއާން ކޯޓްރޫމަށް ގެނެވުނެވެ. ދެއަތުގައި ބިޑިއަޅުވާފައި ހުރި އިރު، އެ މޫނުމަތިން ފެންނަމުން ދިޔައީ އަނދައަނދާ ހުރި ނަފްރަތެވެ. ލިއުޝާއާއި އަޒަލް އެއްކޮށް ފެނުމާއި އެކު ރިއާންގެ ރުޅިގަނޑު ދެގުނަވީ ފަދައެވެ. ބިޑިއަޅުވާފައި އޮތް ދެއަތް މިނިވަން ކުރުމަށް ރިއާން ތެޅިގަތް އިރު، މިވަގުތުން މިވަގުތަށް އަޒަލްއާއި ލިއުޝާގެ ދުވަސް ދުއްވައިލަން ވެސް އޭނާ ހިތަށް އެރިއެވެ.

“ލިއު އޭނަ އެހެން ރުޅި އައިސްގެން ތެޅިގަތަސް ބިރު ނުގަންނައްޗޭ.. ހުރިހާ އެއްޗެއް ތެދަށް ކިޔައިދީ.. ރިއާންއަށް ދުވަހަކުވެސް ލިއުގެ ގައިގަ އިނގިލި ކުރިވެސް ޖައްސައިނުލެވޭނެ..” އަޒަލް ޔަގީންކަން ދިނީ ލިއުޝާގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރުތައް ފެންނަން ހުރުމުންނެވެ.

ކޯޓު އަޑުއެހުން ފެމާއި އެކު ރިއާންގެ ވަކީލު އޭނާގެ ދިފާއުގައި ދެއްކި ވާހަކަތައް އަޑުއަހަން އަޒަލް އިނީ ފަރުވާތެރިކަމާ އެކުއެވެ. އެއިން ކޮންމެ ވާހަކައެއް ވެސް ފުނޑުފުނޑު ކޮށްލެވޭނޭ ވަރުގެ ހެކި އަޒަލްގެ އަތުގައި ހުރުމުން އަޒަލްގެ ޔަގީންކަން އިތުރުވިއެވެ. ރިއާންއާއި ދެކޮޅަށް ބަސް ބުނުމަށް އތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އަޒަލްއަށް ވާހަކަ ދައްކަން ފުރުސަތު ލިބުމާއި އެކު އަޒަލް ތެދުުވީ ޔަގީންކަމާ އެކީއެވެ.

“އިއްޒަތްތެރި ގާޒީ.. ރިއާންގެ މައްސަލަ މީގެ ތިން ދުވަސް ކުރިން ފުލުހުންނަށް ހުށައެޅީ ވެސް ޚުދު އަޅުގަނޑު.. އެ ހެކި މިހާރުވެސް ފުުހުންގެ އަތުގަ ހުންނާނެ.. މަސްތުވާތަކެތީގެ އިތުރުން ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގަ ވެސް ރިއާން ވަނީ ކުށްވެރި ވެފަ.. މީގެ އިތުރުން ރިއާން އަކީ އަނބިމީހާއަށް ގެވެށި އަނިޔާ ވެސް ކޮށްފައިވާ ފަރާތެއް.. އިއްޒަތްތެރި ގާޒީ.. އަޅުގަނޑުގެ ކައިރީގައި މިވަގުތު މި އިންނެވީ ރިއާންގެ އަނބިމީހާ، ފާތިމަތު ލިއުޝާ.. ލިއުޝާއަށް އެންމެ ފަހަރަކު ބަލައިލުމުން އެކަނިވެސް އޭނައަށް ލިބިފަ ހުރި އަނިޔާތަކާ ޒަޚަމްތައް ފެންނާނެ.. މިވަރަށް މި ކަންތައް ގޮސްފަ އޮތް އިރު، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ރިއާންއަށް ހައްގު އަދަބު ލިބެން ޖެހޭނެ! އިއްޒަތްތެރި ގާޒީގެ ހުއްދައާއި އެކު އަޅުގަނޑު ހެކި އަރުވަން ބޭނުން..” އަޒަލް ބުނެލި ވަގުތު ގާޒީ ހުއްދަ ދިނުމާއި އެކު، އަޒަލް އަތުގައި އޮތް ފައިލް ގާޒީއާއި ހަވާލު ކުރީ އެ ހެއްކާ ދެކޮޅަށް ރިއާންއަށް ވެސް އަދި އޭނާގެ ވަކީލަށް ވެސް އެއްޗެއް ނުބުނެވޭނޭ ކަމުގެ ޔަގީންކަން އޮތް ހާލުގައެވެ.

“އިއްޒަތްތެރި ގާޒީ.. އަޅުގަނޑު ޔަގީންކަމާއި އެކު މި ދަންނަވަނީ-” ރިއާންގެ ވަކީލު ދައްކަން ފެށި ވާހަކަ ފުރިހަމަ ނުކުރެވުނީ ރިއާން އިން ތަނުން ތެދުވެ ހަޅޭއް ލަވައިގަތުމުންނެވެ.

“އަޒަލް ކަލޭ ހަނދާން ކުރާތި! އަހަންނަށް ތިހެން ހަދާފަ ކަލެއަށް އުފަލުގަ އުޅެވުނަކަ ނުދޭނަން! ލިއުޝާ ކަލޭވެސް! ކަލޭ ދެން އަހަރެން ކައިރިން ވަރިވެގެން ވަކި ކޮންތަނަކަށް ދާނީ އޭނ؟ އަމިއްލަ މައިންބަފައިން ވެސް ބޭނުން ނުވާނެ ދެން ކަލޭ! ހީނުކުރައްޗޭ އަހަރެން ބަންދުކޮށްގެން ކަލޭމެން ދެމީހުން ކުރެ އެކަކަށް ވެސް މޮޅުތަކެއް ވާނޭ!” ރުޅިއައިސް ރަތްވެފައި ހުރި އިރު ރިއާންއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގުނެވެ. ގާޒީގެ އަމުރާއި އެކުވެސް ރިއާން މައިތިރި ނުވުމުން އެންމެ ފަހުން އެކަން ކުރަން ޖެހުނީ ފުލުހުންނަށެވެ. އޭރު ރިއާންގެ ވަކީލު ވެސް އިނީ އޭނާ ކުރި ހުރިހާ މަސައްކަތެއް ރިއާންގެ ސަބަބުން ފެނަށް ވެގެން ދިޔުމުން، ބަލި ޤަބޫލު ކުރަން މަޖުބޫރުވެފައެވެ.

“އިއްޒަތްތެރި ގާޒީ.. ދެންމެވެސް ތިޔަ ފެނިވަޑައިގެންނެވީ އަޅުގަނޑު ދެއްކި ވާހަކައިގެ ސާފު ހެއްކެއް..” ފުރުސަތުގެ ބޭނުން އަޒަލް އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފިއެވެ. އަޒަލް ދިން ފައިލްތައް ގަޒީ ބަލަމުން ގެންދިިޔަ ވަގުތު، ރިއާންއާއި ލިއުޝާގެ ކައިވެނީގެ ތަފްސީލީ ބަޔާންތައް އަޒަލް ދެމުން ދިޔައެވެ. އަދި ރިއާން ކުރިން ހައްޔަރު ކޮށްފައިވާ މައްސަލަތަކާއި، މިހާރު ކުރަމުން ގެންދާ ކުށްތަކުގެ ތަފްސީލުވެސް ދެމުން ގެންދިޔައެވެ. އޭގެ އިތުރުން އަޒަލްއާއި ރިއާން ގުޅިގެން އުޅުނު ދުވަސްކޮޅު ރިއާން އޭނާގެ އެދުންތައް ފުއްދުމަށް އަޒަލްއަށް މަޖުބޫރު ކުރި ގޮތް ވެސް އަޒަލް ކިޔައިދިނީ ކެރިހުރެއެވެ. އެ ވާހަކަތައް އަޑު އަހަން އިން ޔައިލްގެ އަތް މުއްކެވިގެން ދިޔައީ އޭނާގެ އެ ދެއަތުން ރިއާން މަރައިލުމަށް ބޭނުންވެފައި ހުރެއެވެ.

ގަޑި އިރަކަށް ދެމިގެން ދިޔަ އެ ކޯޓު އަޑުއެހުން ނިމިގެން ދިޔައީ އަޒަލްގެ ކޮޅަށް ކުޅިފަސް ލިބިގެންނެވެ. ތިރީސް އަހަރުގެ ޖަލު ހުކުމަކާއި އެކު، ރިއާންގެ ކޮޅަށް ބަލިވުމުން އޭނާ ހީވީ ދުނިޔެއިން މޮޔަވިހެންނެވެ. ހިތަށް އައިހާ ނުބައި އެއްޗެއް ގޮވަމުން ދިޔަ އިރު، ދެ އަތް ހައްޔަރު ކުރެވިފައިވީ އިރުވެސް، އޭނާ ހިފެހެއްޓުމަށް ފުލުހުންނަށް ވެސް ދަތިވިއެވެ. އެހެނަސް، މިއަދު ރިއާން ކިތަންމެ ގަދަ ދެއްކި ނަމަވެސް އޭނާއަށް ހެވެއް ލިބޭނެ ގޮތެއް ނޯންނާނެއެވެ. ހެއްދެވި ފަރާތތް ހަނދުމަ ކުރުމެއް ނެތި، ޙަރާމް ވެގެންވާ ބޮޑެތި ފާފަތަކަށް އަރައިގަނެ، ރިއާންއަށް ޓަކައި މައިންބަފައިންގެ އެދުން ވެސް ބޮލާލައިޖަހައިލި އަނބިމީހާއާއި، މައުސޫމް ތުއްތުއްތު ދަރިފުޅު ބިކަކޮށްލި އިރު، ކުށްވެރީންނަށް އެ ކުށުގެ ސަޒާ ކޮންމެވެސް ދުވަހަކުން މާތްﷲ ދެއްވާނެކަން ރިއާން ހަނދާން ނެތުނީއެވެ.

“ޝުކުރިއްޔާ އަޒަލް.. ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަހަންނަކަށް ނޭނގެ އަޒަލްއަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް.. އެއްވެސް އަގަކައި ނުލައި ތި ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް..” ކޯޓުން ނުކުތް ގޮތަށް އަޒަލްގެ ގައިގައި ބައްދައިލަމުން ލިއުޝާ ބުނެލި އިރު އެ ދެލޮލުގައި ވިދަމުން ދިޔައީ އުފާވެރި ކަމުގެ ކަރުނައެވެ.

“ލިއު ނުޖެހޭނެ އަހަންނަށް ތެންކްސް ބުނާކަށް.. މިއީ ހަމައެކަނި ލިއުއަށް އަހަރެން ކޮށްދިން ކަމެއް ނޫން.. ކުޑަކުޑަ ރަޔަންއަށް ވެސް.. ލިއު.. ވީ ކަމެއް މާޒީގެ ތެރެއަށް ދޫކޮށްލާފަ މުޅިން އައު ފެށުމަކުން ފަށާ.. އަމިއްލަ ނަފްސަށް ޓަކައި.. ލިއުގެ ހުރި ހަމައެކަނި ދަރިފުޅަށް ޓަކައި.. އެ ދަރިފުޅުގެ މުސްތަގުބަލަށް ޓަކައި.. ދެންވެސް އަހަންނަށް އެހީއެއް ވެދެވެން އޮތް ނަމަ އަހަރެން ވެދޭނަން.. މިހާރު ތީ ހަމައެކަނި އަހަރެންގެ ކްލައިންޓެއް ނޫން.. އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްވެސްމެ.. އެކަން ހަނދާން ކުރައްޗޭ..” ލިއުޝާގެ ގައިގައި ދެއަތް ވަށައިލަމުން އަޒަލް ބުނެލި ބަސްތަކުން ލިއުޝާއަށް އިތުރަށް ރޮވުނީއެވެ. އެއާއެކު އަޒަލް ލިއުޝާގެ ކަރުނަތައް ފުހެލައިދީފައި ދެން ނުރޯށޭ ބުނެލިއެވެ.

“އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އަޒަލް ތި ކޮށްދިން ހެޔޮކަމުގެ މަތިންނެއް.. ޝުކުރިއްޔާ!” އެހެން ބުނެލާފައި، ލިއުޝާ ދާން ހިނގައިގަތީ އޭނާގެ ޓެކްސީ އައުމުންނެވެ.

“ވަރީގެ ކަންތައް ނިމެން ދެން ނުނަގާނެ އެހައި ދުވަހެއް.. އެކަންތައް ނިމުނުހައި އަވަހަކަށް އަހަންނަށް ހަބަރެއް ވައްޗޭ އިނގޭ..” އަޒަލް ބުނެލުމާއި އެކު ލިއުޝާ ހިނިތުންވަމުން ބޯ ޖަހައިލިއެވެ. އަދި އަނެއްކާވެސް އަޒަލްއަށް ޝުކުރު އަދާކުރުމަށްފަހު، ގޮސް ޓެކްސީއަށް އެރިއެވެ.

“އަހަރެންގެ އަޒް ހާދަ ކުޅަދާނައޭ ދޯ.. ދެންމެ ކޯޓް ރޫމް ތެރޭ ވާހަކަ ދައްކައިލި ގޮތުން ހީވީ ހަމަ އެއްފަހަރުން ރިއާންގެ ދުވަސް ދުއްވައިލަފާނެހެން.. އަސްލުވެސް.. އައިމް ސޯ ޕްރައުޑް އޮފް ޔޫ.. އަހަންނަސް އެނގޭ އަދިވެސް އަޒްއަށް ރިއާންގެ ހަނދާންތައް އުނދަގޫ ކުރާނެކަން.. އެކަމަކުވެސް ތިހައި ކެރިގެން ހިތްވަރާއެކު އޭނަޔާ ކުރިމަތިލައި، އިންސާފު ލިބެން ޖެހޭ މީހުންނަށް އިންސާފު ހޯދައިދިނީތީ އަހަރެން ހަމަ އަޒްއަޒް ސެލިއުޓް ކުރަން.. ވަރަށް ޕްރައުޑްވޭ!” އަޒަލްގެ ކޮނޑުގައި އަތް ވަށައިލަމުން ޔައިލް ބުނެލީ ހިތުގެ އަޑިންނެވެ. ހަގީގަތުގައިވެސް މިއަދު އޭނާ އަޒަލްއާއި މެދުގައި ވަރަށް ފަޚުރުވެރި ވެއްޖެއެވެ. އެ ހިތުގައި އަޒަލްއަށް ޓަކައި އޮތް ލޯބި އެތައް ގުނައެއް އިތުރުވެގެން ހިނގައްޖެއެވެ.

“ދެން މިކަންވެސް މި ނިމުނީނު.. މިހާރު އަހަރެން ދެރައެއް ނުވޭ މާޒީގަ ކަންތައް ވީ ގޮތުންނެއް.. އެއީ އަހަންނަށް ރިއާންއާ ދިމާ ނުވި ނަމަ، މިއަދުވެސް ލިއުޝާއާ ކުޑަކުޑަ ރަޔަން ހުންނާނީ އެ ޖަނަވާރެއް ކަހަލަ ރަހުމު ކުޑަ އިންސާނާގެ ވަކިތަކުގެ ދަށުގަ ހައްޔަރު ވެފަ.. އެ ދެމައިން ސަލާމަތް ވުމުގެ މެދުވެރިއަކަށް އަހަރެން ވާން އޮތީމަ ކަންނޭނގެ މިކަން މި ގޮތަށް މިވީ..” އަޒަލް ހިތްހަމަޖެހިފައި ހުރި ވަރު ހަމައެކަނި އޭނާގެ އަޑުން ވެސް އެނގުނެވެ.

“އެހެންވެޔޭ އަހަރެން އަޒް ގާތު ކުރިން ވެސް ބުނީ.. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ.. ބަލާބަލަ މިކަން ވެސް ވީ ގޮތް..” ޔައިލް ބުނެލިއެވެ.

“އަސްލު ހުރިހާ ޝުކުރެއް ޔައިލްއަށް.. އަހަރެން އެންމެ ބަލިކަށިވީ ދުވަސްކޮޅު ޔައިލް އަހަރެންގެ ގާތުގަ ނެތް ނަމަ އަހަންނަށް މިއިން އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް ނުލިބުނީސް.. ތެންކްސް ޔައިލް.. އަބަދުވެސް އަހަރެންގެ ކޮންމެ ކަމެއްގަ ވެސް އަހަންނަށް ތިހާ ސަޕޯރޓިވް ވާތީ އަހަރެން ވަރަށް އުފާވޭ.. ތިކަހަލަ އެކުވެރިއެއް އަހަރެން ކޮންތާކުން ދެން ހޯދާނީ..؟” ޔައިލްގެ ގައިގައި ބައްދައިލަމުން އަޒަލް ބުނެލިއެވެ. އެކުވެރިއެއްގެ ގޮތުގައި އަޒަލް އޭނަ ލޭބަލް ކުރީތީ މިފަހަރުވެސް އެ ހިތަށް ތަދުވިއެވެ. ހަޔާތުގެ ބައިވެރިއެއްގެ ގޮތުން އަޒަލްގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ދިޔުމަށް އޭނާއަށް ފުރުސަތެއް ލިބޭނީ ކޮން ދުވަހަކުން ބާވައޭ ޔައިލްގެ ހިތަށް އެރިއެވެ.

“ދެން މިތާ ތިބެގެންތަ ހުރިހާ ވާހަކައެއް ދައްކާނީ..؟ ހިނގާބަ އަހަންނާ އެކީ ލަންޗަށް ދާން.. މަގޭ ޓްރީޓެއް..” ޔައިލް ބުނި ވާހަކައިން ވަގުތުން އަޒަލްގެ މޫނު ފޮޅިގެން އައެވެ. ދެމީހުން އެކުގައި ގޮސް ޔައިލްގެ ސައިކަލަށް އެރި އިރު، ފަނޑު ނުވާނޭ ފަދަ އުޖާލާ ހިނިތުންވުމެއް ދެ މޫނުމަތީގައި ވެސް ކުޅެލާފައި ވިއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. laalooo

    alheyy dhen shayam aa yaleen ge bayeh nethyma dheravejje. ekam hama varah salhi az ah visneyne nama dho yail loabivaa varu

    1. UNKNOWN GURLL
      laalooo

      Yes me too BTW mi part ves vrh vrh reethi when next can’t wait

    2. Nayaa
      laalooo

      Thank you ❤️
      Hehe shayaan aa yaleen ge bai adhi othy hama kuriyah

  2. baby girl 🙈

    nayaa sissy mi part vx vrh reethi Masha Allah ❤️❤️❤️
    when next part??
    ummeedhu kuran nayaa sissy ah eh dhuvahun dhimaa vaane kamah!!
    vrh loabiveyyyy nayaa sissy ❤️❤️❤️

    1. Nayaa
      baby girl 🙈

      thank youu darling ❤️
      next part mirey submit kohlaanan in sha allah..kudhin maa kiyaa hithun ulhenyyaa dhen submit nukoh bahattaakah nuvaane ennu dho.. hehe
      alheyyy in Sha allah dhimaa vaane adhi 🥹
      loabivey more darl ❤️

    2. thofaanaaa
      baby girl 🙈

      leeshy you okay tha?? I heard about the accident today evening! it wasn’t an accident tho it was more like a maaraa maaree thing… i bet your hand hurts a lot… leeshy you know what? i was surprised that you told your mom that it was cool to experience getting stabbed!! BUT LEESHY YOUR WHOLE FAMILY AND FRIENDS AND PRODUCTION ARE WORRIED ABOUT U…. emmenge loabi gandu hurihaa kudhinge hihthah kudhi kudhi kohllaifi..
      SHAFAKALLAH BABYGIRL 🙈…
      sorry for that nayaa leeshaa ge cmnt fenuneema vrh dhera vey leeshy kairi nuhureveythee..
      btw Mi part vx vrh reethi Masha Allah ❤️❤️
      when next part??
      lyssm ❤️❤️❤️

    3. baby girl 🙈
      baby girl 🙈

      I am alright thofu…
      but my hand hurt very much…
      neynge aii baahvaane gotheh vx..
      lysm thofu gandu 💋

  3. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Shayaam and yaleen gulhuvachey
    Azal and yail ves
    Aara and zaul ves gulhey
    They all are made for each other
    Riyaan haadha goahey liu vaa kehtheri
    Alhey liu and azal ah dhera gotheh nuhadhachey
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    Your my fav author ❤️
    Tc ❤️😘
    Ly naayoo ❤️😚

    1. Nayaa
      Cutie girl

      Thank you dear ❤️
      Appreciate it
      Lym ❤️

  4. pumpkin

    masha allah mi part vs vrh reethi
    shayaam eii enehkaa shiyal ge kuhjaa tha??eii characters describe kohdheefa in iru ekahala ehcheh heeveema anehkaa shayaam ge dad ge vhk kury part thaku dhahkaafa huri irugavs dad ge name nuliyaathyy
    vrh curious
    n azal r yail gulhuvaala
    shayaam r yaleen vs
    they both r made for each other
    when next???
    next part up vaane ireh inguny ma kanne mirey nidheynii vs
    baeh reyrey visney next part thakun vaane gothakaa medhu
    ehaa vs mi vhk kiyaa hihveyy
    nayoo ge vhk thah kiyaa kiyaa foohivs nuveyy
    ur my fav author
    n i appreciate ur hard work
    adhi ehdhuvahun nayoo r meet vaane kamah vrh unmeedhu kuran
    tc ly nayooo vrh bodukoh
    ❤️❤️❤️

    1. Nayaa
      pumpkin

      Thank you dear ❤️
      Subuhanallah haadha wild idea eh mee..nayaa hithah ves naaruvaa kahala gotheh mee..hehe.. lets see dho dhen
      aww in sha allah adhi meet vaane
      lym darl ❤️

    2. Gurl
      pumpkin

      I vc hithah eri thihn shayaam aky anekkaa shiyal ge dhari eh kanneynge ey
      Mi part vc vrh reethi Masha Allah 😍

  5. gurrrrl

    Masha allah vrh reethi mi part ves
    When next
    Can’t wait
    Vrh curious

    1. Nayaa
      gurrrrl

      Thank you dear ❤️
      Submit kohlaanan miadhu

  6. Ghost girl 👻

    Masha Allah vrh reethi mi part ves vrh reethi when’s next curiously waiting for the next part keep it up luv yu Soo Soo much ❤️🥰🥰🥰🫶🏻🫶🏻🫶🏻🫶🏻

  7. 🌷

    nayoo kobaa next part??
    vrh kiyaa hithun nunidhifa miothy
    😭

  8. Mar yam

    Masha allah vrh reethi mi part vx 🤩
    Shayaam and yaleen ge bayeh kiyaalan beynun mhr 😩
    Curiously waiting for the next part
    Keep up the good work nayuu ❤️❤️

    1. Nayaa
      Mar yam

      Thank you darl ❤️
      Hehe shayaam and yaleen ge bai kuriyah othy hama bodu koh adhi
      ❤️❤️❤️

  9. Reem

    Hey nayaa i missed you. Midhuvas kolhu busy kamun comment eh kohnuleveny. But want to say something dear. Every time i ready your works, I’m in awe of how you can evoke such powerful emotions through your words. You have an incredible gift for bringing characters to life. Each one feels so unique and their journeys are so moving. I feel like yaleen character is mine as well. I can’t help but care deeply about them.
    It’s a true gift to make readers feel so deeply.
    Can’t wait to see what happens next. Every part leaves me craving more. Keep writing. Eagerly awaiting for the next part. Lots of love ❤️🥹

    1. Nayaa
      Reem

      Hii Reem i missed you moreee 😭❤️
      Alheyyy dhenn this comment made my day! Thank you so so soo muchhh loveee!! I appreciate your support and kind words so much! It means a lot ingey! Thanks 🥰❤️
      More and more loveeeee for youuu!! 🥹❤️

  10. 💫

    nayoo plzz miadhu up kohla dhehchey bzy nooniyya
    rein feshigen 20 fahru check kurevihje up kohfi thww🫣
    vrh kiyaa hithun mihury ehaa curious koh ninmaalaafa othyma
    ❤️

    1. Nayaa
      💫

      alheyyy hehe okay dhen thihaa kiyaahithun huriyyaa migadeega mi submit kohlany inge 😁❤️

Comments are closed.