Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 21

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 10, 2025 8 Mins Read
45 Comments

“އަސްލު ވަރަށް އަވަހަށް މަންމަމެން ގާތު ބުނަން ތިބީ.. އެކަމް ނުކެރުނީ.. އަޅުގަނޑުމެން ވެސް ބޭނުމީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން.. ދޯ ޔައިލް..؟” އަޒަލް ދޯ އެއްލުމުން ވެސް، ލިބުނު ސިހުމުގައި ބުނާނެ އެއްޗެއް ނޭނގިފައި އިން ޔައިލް އިން ގޮތަށް އިނީއެވެ. ޔައިލް އެއްޗެކޭ ނުބުނެ އިނުމުނން އަޒަލް މޭޒުދަށުން ޔައިލްގެ އަތުގައި ހިފައި ބާރުކޮށްލީ، އެއްބަސްވާށޭ ބުާ ފަދައަކުންނެވެ. އެއާއެކު ހަދާނެ އިތުރު ގޮތެއް ނުވިސްނިފައި އިން ޔައިލް، އަޒަލްގެ އިރުޝާދުތަކަށް ތަބާވަމުން، ލަސްލަހުން ބޯ ޖަހައިލުމާއެކު، އެތަނުގައި ތިބި އެންމެންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިިވިއެވެ.

އަފާންއާއި ޒާރާއާއި، ޔައިނާއާއި މިލާން ވަގުތުން އެކަކު އަނެކަކަށް މަރުޙަބާ ކީ އިރު، ލިބުނު ސިހުމުގައި ތިބެވެސް، ޔަލީންއާއި އާރާ ވެސް ހިނިތުންވެފައި، އެކަކު އަނެކަކުގެ ގައިގައި ބައްދައިލީ، ހިތުގައި ހުރި ސުވާލުތައް ޔައިލްއާއި އަޒަލްއާ ގާތު ފަހުން އެހުމަށް ނިންމާފައެވެ. މިވަގުތު އެ ސުވާލުތައް ކުރިމަތިކުރެވޭ ވަރަށް ވުރެ ބޮޑަށް، އެ ދެކުދިން ވެސް ތިބީ ޔައިލްއާއި އަޒަލްގެ ކައިވެނީގެ ވާހަކަ އަޑު އިވުމުން އުފާވެފައެވެ.

“އެހެންވީމަ އަވަހަށް ކައިވެނީގެ ކަންތަކާ އުޅެމާ..؟” މިލާންގެ މޫނުމަތީގައިވީ އުފާވެރިކަން އޭނާގެ އަޑުން ވެސް ހާމަވަމުން ދިޔައެވެ.

“މިހާރު ވެސް ވާ ވަރަށް ލަސް ކުރެވިއްޖެ އެއްނު.. މި ދެކުދިން ވެސް ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން.. އެހެންވީމަ ދެން އިތުރަށް ލަސްކުރަން ހަދާނެ ކަމެއް ނެތް.. ދަރިފުޅުމެން ދެކުދިން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރަން ވާނީ.. އެހެންވީމަ ދަރިފުޅުމެން ބޭނުންވާ ގޮތް އަވަހަށް ބައްޕަމެންނާ ހިއްސާކުރޭ.. އޭރުން ބައްޕަމެން ކައިވެނީގެ ތައްޔާރީތައް ފަށާނަން..” އަފާންގެ ވާހަކައަށް ބޯޖަހައިލަމުން އަޒަލް ހިނިތުންވެލި އިރު، ޔައިލްއަށް އިނދެވުނީ ސުވާލުގެ ނަޒަރަކުން އަޒަލްއަށް ބަލާށެވެ. އަޒަލް ކުއްލިއަކަށް އޭނާއާއި ކައިވެނި ކުރަން ނިންމި ސަބަބެއް އެއްގޮތަކަށް ވެސް ޔައިލްއަކަށް ނުވިސްނުނެވެ.

*** ** ***

ކައި ނިމިގެން އަޒަލްއާއި ޔައިލް ދިިޔައީ ޔައިލްގެ ކޮޓަރިއަށެވެ. އަޒަލް ކޮޓަރިއަށް ވަނުމާއެކު ޔައިލް ދޮރު ލައްޕައިލާފައި، އަޒަލްއަށް ބަލައިލީ ހިތުގައިވީ ހުރިހައި ސުވާލުތަކެއް އަޒަލްއާ ކުރުމަށް ހިތުއަޅަމުންނެވެ.

“އަޒް.. ކީއްވެ..؟” ޔައިލްގެ އަޑަށް އަޒަލް ޔައިލްއާ ހަތަރުކަޅި ހަމަކޮށްލި އިރު، އެ މޫނުމަތީގައިވީ އަސަރުތައް ދެނެގަތުމަށް ޔައިލް ނުކުޅެދުނެވެ.

“ކިހިނެއްވީ..؟ ޔައިލް އަހަންނާ އިންނަން ބޭނުން ނުވަނީތަ..؟” ޔައިލް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޒަލް ވެސް ކޮށްލީ ސުވާލެކެވެ. އެއަށް ދޭނެ ޖަވާބެއް ޔައިލްއަކަށް ނޭނގުނެވެ.

“ޔައިލް އަހަންނާ ކައިވެނި ކުރަން ބޭނުން ނޫނިއްޔާ މިހާރު ވެސް ގޮސް މަންމަމެން ގާތު ބުނޭ ކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ.. އަހަރެންގެ ޔައިލްއާ އިންނަން ބޭނުން ވާތީ ޔައިލްއާ ކައިވެނި ކުރަން އެއްބަސްވީ.. އެކަމް ކައިވެންޏަކީ ދެމީހުންގެ ވެސް ރުހުމާ އެކީ އެޅޭ ބިންގަލެއް.. އެހެންވީމަ ޔައިލް މި ކައިވެންޏާ ނުރުހެންޏާ މި ކައިވެނި ހުއްޓުވިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް..” އެއްވެސް އަސަރެއް ނެތް ގޮތަކަށް އަޒަލް އޭނާ ދައްކަން ބޭނުންވީ ހުރިހައި ވާހަކައެއް ދައްކާ ނިމުނު އިރުވެސް ޔައިލްއަށް ހުރި ގޮތަށް ހުރެވުނީއެވެ.

“އަހަރެން ނުބުނަން އެއް ފަހަރު ވެސް އަޒްއާ ކައިވެނި ކުރަން ބޭނުމެއް ނޫނެކޭ.. އަހަރެން އަޒް ދެކެ ވާ ލޯބި އިތުރަށް އަޒްއަށް ސިއްރު ކުރާކަށް އަހަރެން ނެތިން.. އަހަރެން ވަރަށް ވަރަށް ލޯބިވޭ އަޒް ދެކެ.. އަހަންނަށް ހަގީގީ ލޯބި ވެވުނު ހަމައެކަނި އަންހެން ކުއްޖާ އަހަރެންގެ މިލްކަކަށް ހަދަން އަހަރެން ބޭނުން ނުވާނެތަ..؟ އެކަމަކު އަހަންނަށް ނޭނގެނީ އަޒް އަހަންނާ އިންނަން ބޭނުން ވެގެން ތި އުޅޭ ސަބަބު.. އަހަންނަށް އެނގޭ އަޒް ދުވަހަކުވެސް އަހަންނާއި މެދު ހަޔާތުގެ ބައިވެރިއެއްގެ ނަޒަރުން ނުދެކޭކަން.. އެކީގަ އުޅެވޭނީ ދެމީހުން ވެސް ލޯބި ވެގެން.. ވީ އިރު އަހަރެން އެކަނި ލޯބިވެޔޭ ކިޔާފަ އެއްވެސް އުފަލެއް ނެތް ދިރިއުޅުމެއް އަޒްއަށް ހޯދައިދޭކަށް އަހަންނެއް ބޭނުމެއް ނޫން..” ޔައިލްގެ ވިސްނުން ހުރީ މުޅިން ތަފާތުކޮށެވެ.

“އަހަރެންގެ ފިރިއަކަށް ޔައިލްއަށް ވުރެ ރަނގަޅު މީހަކު އަހަންނަކަށް ނުފެނޭ.. ޔައިލް އަހަރެން ދެކެ ވާހެން ލޯބިވާ މީހަކު އަހަންނަށް ދުވަހަކުވެސް ނުލިބޭނެކަން ޔަގީން.. ޔައިލް އަހަރެން ދެކެ ލޯބިވަމެއްނު..؟” ޔައިލްއާ ގާތަށް އެއް ފިޔަވަޅު އަޅައިލަމުން އަޒަލް އަހައިލިއެވެ.

“އަހަރެން ލޯބިވަމޭ އަޒް.. ދުނިޔޭގެ އެހެން ހުރިހާ އެއްޗަކަށް ވުރެ އަހަންނަށް އަޒް މުހިއްމު.. އެކަމަކު އެހިސާބުން ނިމުނީކީ ނޫނޭ.. އަޒް އެގަޑީގަ މާ ހާސްވެ ދެރަވެފަ ހުރީމަ މާ ރަޝްކޮށްގެން ޑިޒިޝަންއެއް ނެގީ.. އަވަސް އަރުވާލައިގެން ނިންމޭ ނިންމުންތަކުން ވަރަށް ހިތި ނަތީޖާއެއް ވެސް ނުކުމެދާނެ.. އެހެންވީމަ މި ބުނަނީ.. އިހަށް އަޒް އަމިއްލައަށް ވިސްނައިލަން ވަގުތުކޮޅެއް ނަގާ.. މިއަދު ހާސްވެފަ ހުރެގެން އަޒް ނަގާ ޑިޒިޝަން އަކުން ފަހުން އަޒް ދެރަވާކަށް އަހަންނެއް ބޭނުމެއް ނޫން..” ޔައިލް ބެލީ އަޒަލްއަށް ވިސްނައިދެވޭތޯއެވެ.

“ދެން އަހަރެން ވީ އެއްވެސް މީހަކު ދެކެ ލޯތްބެއް ނުވެޔޭ ކިޔާފަ އުމުރު ދުވަސް ރިއާންގެ ހަނދާނުގަ ދުއްވާލަންތަ..؟ ޔައިލް އެއްނު ބުނީ އަހަރެން ގާތު ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރާށޭ.. އަހަރެން ވިސްނާފައޭ މިގޮތަށް މި ނިންމީ.. ޔައިލް ތިހާ ވަރަށް އަހަރެން ދެކެ ލޯބިވަންޏާ އަހަންނަށް ޔައިލްއާ އެކީ އުފަލުގަ ނޫޅެވެންވީ ކީއްވެ..؟ އަހަރުމެން ދެމީހުންނަކީ ކުޑައިރުއްސުރެ ވެސް އެއްކޮށް އުޅުނު ދެމީހުން.. އެކަކު އަނެކެއްގެ ހުރިހާ ކަމެއް ވެސް އެނގޭ.. މި ހުރިހާ ދުވަހަކު އެކުވެރިންގެ ގޮތުގަ އުޅުނު އިރު ދެން ކީއްވެ އަހަރުމެން ދެމީހުންނަށް މިއަދު ބައިވެރިންގެ ގޮތުގަ ނޫޅެވެންވީ..؟” އަޒަލް ދައްކަމުން ދިޔަ ވާހަކަތައް ޔައިލްއަށް ޤަބޫލު ކުރަން އަދިވެސް އުނދަގޫ ވަނީއެވެ. އަޒަލް މިވަގުތު ނިންމާ ނިންމުމަމުން، ފަހުން ދެމީހުންގެ ޙަޔާތް ބަނަވެގެން ހިނގައިދާނެތީ ޔައިލް ބިރުގަންނަނީއެވެ.

“އެކުވެރިންގެ ގޮތުގަ އުޅުމާ، ކައިވެންޏެއް ކޮށްގެން ދެމަފިރިންގެ ގޮތުގަ އުޅުމާ ހާސްބައި ތަފާތުވާނޭ އަޒް.. ވިސްނާލަބަލަ.. އަޒް އަހަރެން ދެކެ ލޯބި ނުވާ އިރު ކިހިނެއް ކައިވެނި ކޮށްގެން އުޅޭނީ..؟” ޔައިލްގެ ޚިޔާލު އަދިވެސް ބަދަލުވާ ގޮތެއް ނުވެއެވެ.

“ޔައިލް ތި ބުނީނު އަހަރެން ދެކެ ވަރަށް ލޯބިވެޔޭ.. ޔައިލްގެ ލޯބިން އަހަރެންގެ ހިތް ޔައިލްއަށް އަނބުރައިލެވޭނެ ގޮތެއް ޔައިލްއަށް ނުހޯދޭނެތަ..؟ އަހަރެންގެ ލޯބި ކާމިޔާބު ކުރަން ޔައިލްއަށް ނުކެރޭނެތަ..؟” ދެމީހުންގެ ނޭވާ އެކުވާހައި ކައިރިއަށް ޖެހިލާފައި، އަޒަލް ކޮށްލި ސުވާލުން ޔައިލްގެ ހިތުގެ ވިންދު އިންތިހާއަށް އަވަސްވެގެން ދިޔައެވެ. އަޒަލްގެ ނޭވާގެ ހޫނުކަން އިހުސާސްކުރެވުމާ އެކު، އެ ރީތި މޫނު އެހާ ގާތުން ފެނުމުން ޔައިލްއަށް ކެތް ކުރަން އުނދަގޫ ވިއެވެ.

“ޖަވާބު ދީބަލަ.. އަހަރެން ޔައިލްއަށް އެ ފުރުސަތު ދީފީމޭ.. އަހަރެންގެ ލޯބި ހާސިލް ކުރަން ޔައިލްއަށް މަސައްކަތް ކުރެވޭނެތަ..؟” އަޒަލް އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލުމުން، ޔައިލްއަށް ބޯ ޖަހައިލެވުނީ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ދޫވުމުންނެވެ.

މިއަދު އަޒަލް އޭނާއަށް ފުރުސަތެއް ދީފިއެވެ. އެ ލޯބި ހާސިލް ކުރަން ޔައިލްއަށް ދަޢުވަތު ދީފިއެވެ. ވީއިރު، މިއަދު ޔައިލް ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފްސުގެ މައްޗަށް އޭނާއަށް އިތުބާރު އެބަ އޮތެވެ. މިއަދު އަޒަލްގެ ޙަޔާތުން ޖާގައެއް ހޯދި ފަދައިން، މާދަމާ އެ ހިތުން ވެސް ޔައިލް ޖާގައެއް އަތުލާނެއެވެ.

“އެހެންވީމަ ކައިވެނީގެ ތައްޔާރީތައް ފަށަމާ.. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން..” ޔައިލްއާ ދުރުވެލަމުން އަޒަލް އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ.

“އަޒް އަބަދުވެސް ބޭނުންވީ ވަރަށް ގްރޭންޑް ވެޑިން އެއް ބާއްވާކަށްނު.. އަހަރެން ބޭނުމީ ހުރިހާ ކަމެއް ވެސް އަޒް ބޭނުންވާ ގޮތަށް ކުރަން..” ޔައިލް ބޭނުންވީ އަޒަލް ހިތްހަމަޖައްސައިދޭށެވެ. އެ ހިތުގެ މަލިކާ އެދޭ ފަދައިން ހުރިހާ ކަމެއް ވެސް ކުރާށެވެ.

“އަހަރެން އެކަނި ގޮޮތް ކީމަ ކަމުދޭތަ..؟ ޔައިލް ވެސް ބައިވެރިވާން ވާނެ އެއްނު..” ޔައިލްގެ އެނދުމަތީގައި އިށީންނަމުން އަޒަލް ބުނެލިއެވެ.

“އަޒް ބޭނުންވާ ގޮތް އެއީ އަހަރެން ވެސް ބޭނުންވާ ގޮތް.. އެހެންވީމަ ރަނގަޅުވާނެ..” އަޒަލްގެ ކައިރީގައި އިށީނދެފައި، އެ އަތުގައި ހިފައިލަމުން ޔައިލް ބުނެލީ ހިނިތުންވަމުންނެވެ. މިއަދު އެ އަތުގައި އޭނާ އެ ހިފީ އެކުވެރިއެއްގެ ހައިސިއްޔަތަކުން ނޫނެވެ. އަޒަލްގެ ވާން އުޅޭ ފިރިމީހާގެ ހައިސިއްޔަތުންނެވެ. އެހެން އެކަނި ހިތަށް އަރުވައިލެވުމުން ވެސް ޔައިލްގެ ހިތް ފުރިގެން އައެވެ.

“އޭތް އެއްކަލަ ދެމީހުން ބަލާބަލަ އަންގާ ވެސް ނުލާ!!” ކުއްލިއަކަށް ޔައިލްގެ ކޮޓަރީގެ ދޮރު ހުޅުވައިލާފައި ވަން ޒައުލް ހަޅޭލަވައިގަތުމުން ޔައިލްއާއި އަޒަލް ދިޔައީ ސިހިގެންނެވެ. އެހައި އަވަހަށް ޒައުލްއަށް އެ ޚަބަރު ލިބުނީ ކިހިނެއް ބާވައޭ ހިތަށް އަރާފައި ތިއްބާ، ފަހަތުން ވަދެގެން އައި އާރާއާއި ޔަލީން ފެނުމުން ވަގުތުން ހުރިހާ ސުވާލެއްގެ ޖަވަބު ލިބުނެވެ.

“އަދި ދެން މިހާރު އަތުން ދޫކޮށްލެވޭ ކަމަކަށް ވެސް ނުވޭ ދޯ..؟ މަ ބުނީމެއްނު އޭރުވެސް.. މިދެމީހުން ކޮންމެވެސް ދުވަހަކުން ހިތާވާނެޔޭ.. އެކަމަކު ދެން އަހަރުމެންނަށް އަންގާ ވެސް ނުލާ ކައިވެންޏާ ހިސާބަށް ދިޔައީމަ ކަޑަ ދޯ..؟” ޒައުލް ވާހަކަ ދައްކަން ފެށުމާއެކު ޔައިލްއަށް ބޮލުގައި އަތް އަޅައިލެވުނީ ދެން ކަންތަކާ ލައިގަތީއޭ ކިޔަމުންނެވެ.

“ވަރަށް ދުވަހު ސިއްރުކޮށްގެން އުޅެފީމެއްނު.. ދެން ޖެހޭނީ ހުރިހާ ވާހަކައެއް އަހަރުމެންނަށް ކިޔައިދޭން..” އަޒަލްގެ ކައިރީގައި އިށީނދެފައި ހަމަޖެހިލަމުން ޔަލީން ބުނެލިއެވެ. އެެއާއެކު އާރާ އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެފައި، ޒައުލް ތަޅުންގަނޑުގެ މަތީގައި ދެފައި ވައްކޮށްލައިގެން އިށީނުމުން، ޔައިލްއާއި އަޒަލްއަށް އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ. އެ ކުއްލި ގުޅުމާ ބެހޭ ގޮތުން ކިޔައިދޭނެ ވާހަކައެއް ނެތީސް، ކައިވެންޏާ ހަމައަށް ދިޔަ ގޮތުގެ ވާހަކަ ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ؟

“ހަނދާންވޭތަ އަހަރުމެން ހުރަޔަށް ދިޔަ ދުވަސްކޮޅުގެ މަތިން..؟” އަޒަލް އަހައިލުމާއެކު ތިން ކުދިން އެކީ ބޯޖަހައިލިއެވެ. ޔައިލް ވެސް ޝައުގުވެރިފައި އަޑު އަހަން އިނީ އަޒަލް ކައްކައިލާނެ މޮޅު ފޮލާ އަޑުއަހާ ހިތުންނެވެ.

“އެ ދަތުރު ނިންމާފަ މާ ގިނަ ދުވަސްތަކެއް ނުވަނީސް އަހަރެން ކުއްޖަކާ ރައްޓެހިވީން.. އެކަމް ދުވަސްކޮޅެއް ފަހުން އޭނަ ވަރަށް ޗޭންޖްވި.. ވަރަށް ޓޮކްސިކް ކޮށް އެ ގުޅުން ދިޔައީ.. ދެން އެނގުނީ އޭނައަކީ މީހެއްގެ ފިރިއެއްކަން.. އެހިސާބުން މަ ވެސް އޭނަޔާ ރުޅިވާންް ނިންމީ.. ދެން އެދުވަސްކޮޅު އަހަންނަށް އެންމެ ގާތުން އެހީވެދިނީ ޔައިލް.. އަބަދުވެސް އަހަންނާ އެކުގަ ހުރީ ޔައިލް.. އެޕޭރެންޓްލީ އޭރު ވެސް ޔައިލް އަހަރެން ދެކެ ލޯބިވޭ.. އެހެން އުޅެމުން.. ޔައިލްގެ އެ ގާތް ކަމުގެ ސަބަބުން.. އަހަންނަށް ވެސް ޔައިލް ދެކެ ލޯބި ވެވުނީ.. ދެން.. ކުޑައިރުއްސުރެ އެއްކޮށް އުޅެވިފަ ހުރީމަ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްވެފަތާ ހުންނާނީ.. އެހެންވީމަ ދެން ކީއްކުރަން ކައިވެނި ނުކޮށް ލަސްކުރަންވީ..؟” އަޒަލް ދެއްކި ވާހަކައިގައި، އޭނާއަށް ޔައިލް ދެކެ ލޯބި ވެވިއްޖެ ކަމަށް ބުނި ވާހަކަ ފިޔަވައި ދެން ހުރިހާ ވާހަކައެއް ވެސް ކިޔައިދިނީ ތެދަށެވެ.

“ސުބުޙާނަﷲ.. ތިހާ ބޮޑު ކަމެއް ވެގެން ދިޔަ އިރު އަޒް ދޮންތި އަހަރުންނަށް އަންގައިނުލީ ކީއްވެ..؟ ތި ކިޔާ ރިއާންއެއް ތި ހުރިހާ ކަމެއް ކުރި އިރު އަހަރުން ކައިރި ބުނެލި ނަމަ..” ޒައުލް ހުރީ އަޒަލް އެވަރު ބޮޑު ކަމެއް ސިއްރު ކުރުމުން ހަގީގަތުގައި ވެސް ހިތްހަމަ ނުޖެހިފައެވެ.

“ސޮރީއޭ ޒައުލް.. ނުބުނަމޭ އެއްވެސް މީހަކު ކައިރި.. ދެން އެ ވާހަކަ ނުދައްކަމާ ދޯ..؟ އެކަން އެ ނިމުނީނު.. ދެން އަހަރެމެންގެ ވެޑިންގެ ވާހަކަ ދައްކަބަލަ.. ކިހިނެއްތަ ބާއްވާނީ..؟” މާހައުލަށް ވެރިވެފައިވީ ސީރިޔަސްކަން ބަދަލު ކޮށްލުމަށް އަޒަލް ބުނެލިއެވެ. އެއާއެކު ޒައުލްއާއި އާރާއާއި ޔަލީން ކައިވެންޏަށް އެކިއެކި ޚިޔާލު ދޭން ފެށިއެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އިން އަޒަލްގެ ހިނިތުންވެފައިވީ މޫނުން ނަޒަރު ވަކިކޮށްލަން ވެސް ނޭނގިފައި އިން ޔައިލް ހީވަނީ ދީވާނާއެއް ހެންނެވެ.

*** ** ***

“ޔަލް ދެން ހަމަ ޝަޔާމްއާ ވާހަކަ ވެސް ނުދައްކަންތަ ތި އިންނަނީ..؟” އާރާއާއި ޔަލީންގެ އިތުރުން ޒައުލް ތިބީ ޔަލީންމެން ގޭގެ ފެންޑާގައެވެ.

“ދެެން ނޭނގެ.. އަހަންނަށް އުނދަގޫ ވަނީ.. ނޭނގެ ކިޔައިދޭކަށް.. އެކަމް ފާޑެއްގެ ގޮތެއް ވޭ.. ހީވަނީ އަނެއްކާ ވެސް ކުރިން އުޅުނު ހެން އުޅެން ފަށައިފިއްޔާ ޝަޔާމް ބަދަލު ވެދާނެޔޭ..” ދެއަތް ދެއަތާ މޮޑެމުން ޔަލީން އާރާގެ ސުވާލަށް ޖަވާބު ދިނެވެ.

“ޔަލް ތީ ގައިމު ކުރިން ތިހާ އޯވަރތިންކް ކުރާ މީހެއް ނޫން.. ނުލާހިކު ކެއަރފްރީ ކޮށް ޔަލް އަބަދުވެސް އުޅެނީ.. މިއަދު ވަކި ކީއްވެތަ ތަފާތު ވަނީ.. އަހަރުމެން އެންމެނަށް ވެސް އެނގޭ ޔަލް ދެކެ ޝަޔާމް މިހާރު ލައިކް ވާން ފަށައިފިކަން.. ދެން އޭނަޔާ ވާހަކަ ދައްކާލަން ވީނު.. އޭނައަށް ނޯ ބުނަންޏާ އެހެން ވެސް ބުނެބަލަ.. އެކަމަކު ތިހެން ގިނަ ދުވަހު އެހެން ތަޅުވާކަށް ނުވާނެ..” ޒައުލް ބެލީ ޔަލީނަށް ވިސްނައިދެވޭތޯއެވެ.

“ހޫމް ދެން އަހަރުމެން އެއްތަން ވެއްޖެއްޔާ އަބަދު ޝަޔާމްގެ ވާހަކަ.. ތިދެމީހުންގެ ވާހަކަ ދައްކަބަލަ.. ކޮން އިރަކުންތަ މަންމަމެން ގާތު ބުނަނީ..؟” ޔަލީން ބެލީ އަވަހަށް މަޢުޟޫޢު ބަދަލު ކޮށްލެވޭތޯއެވެ.

“އަދި މާ އަވަހެއްނު.. ދުވަސްކޮޅަކުން އަދި..” ޒައުލްއަށް ބަލައިލަމުން އާރާ ބުނެލީ އޭނާ ބޭނުންވާ ގޮތެވެ.

“ދެމީހުންނަށް ވެސް އެނގޭ ދޯ ކޮންމެވެސް ދުވަހަކުން ތި ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ޖެހޭނެކަން..؟ އެދުވަހަކުން ޖެހޭނީ ހަމަ ބުނަން.. ތިހެން ސިއްރުން އުޅެނިކޮށް ފަޅާއަރައިފިއްޔާ ކަމަކު ނުދާނެ..” ޔަލީން ބޭނުންވީ އަވަހަށް އެ ގުޅުން މަންމަމެންނަށް އަންގާށެވެ. އެހެން މީހެއްގެ ފަރާތުން އެނގުމަށް ވުރެ، ޒައުލްއާއި އާރާ އަމިއްލައަށް އެ ވާހަކަ މަންމަމެންނާއި ހިސާބަށް ގެންދިޔުން މާ ރަނގަޅުވާނެ ކަމުގައި ޔަލީންއަށް ވިސްނެނީއެވެ.

“ދެން މިދުވަސްކޮޅު މަންމަމެން ވެސް އެ އުޅެނީ ޔައިބެއާ އަޒް ދޮންތިގެ ވެޑިންގެ ކަންތަކުގަ އެއްނު.. އެ ކަންތައް ނިމި އެންމެން ވެސް ހަމަ ޖެހިލީމަ ދޯ ބުނާނީ..” ޒައުލް އޭނާގެ ޚިޔާލު ފާޅުކޮށްލުމާއެކު އާރާ ވެސް ބޯޖަހައިލީ އެކަމަށް އެއްބަސް ވުމަށެވެ. ދެން އެތަނުގައި މުޅިން ވެސް ދެކެވުނީ މީގެ މަހެއް ފަހުން ކުރެވޭ އަޒަލްއާއި ޔައިލްގެ ކައިވެނީގެ ވާހަކައެވެ.

*** ** ***

ބެލްކަނީގައި ހުއްޓި ހުރެ، ކުރިމަތިން ފެންނަން އޮތް ސިނަމާލެ ބްރިޖުގެ ހިތްގައިމު މަންޒަރަށް ނަޒަރު ހުއްޓާލައިގެން ހުރި އަޒަލްގެ މޫނުމަތީގައި ވަނީ ހާސް ކަމެވެ. ރެއިލިންގައި އަޅުވައިލެވިފައިވީ ދެއަތްދެއަތާ މޮޑެމުން ދިޔަ އިރު، އޭނާ ކޮންމެވެސް ކަމަކާ ފިކުރުކުރާ ކަން ހާމަވާހައި ވެއެވެ. މިއަދަކީ އޭނާގެ ކައިވެންޏަށް ރަން ކިޔާ ދުވަހެވެ. ހަފްތާއެއް ފަހުން ކައިވެނި ކުރެވޭނެއެވެ. ކަންތައްތައް ވެގެންދާލެއް އަވަސް ކަމުން އަޒަލް ހުރީ ބޯ ހާސްވެފައެވެ. ކައިވެނި އަވަސް ކުރުމަކީ އޭނާއަށް އެޅުނު ޅަ އެއްޗެއް ބާވައޭ އެތައް ފަހަރަކު އަޒަލްގެ ހިތަށް އަރަމުން ދިޔައެވެ.

އޭނާގެ ހިތް ބިރުގަންނަނީއެވެ. ޔައިލް ބުނި ފަދައިން، އޭނާ ޔައިލް ދެކެ ލޯބި ނުވާ އިރު ޔައިލްއާ ކައިވެނި ކޮށްގެން އުޅޭނީ ކިހިނަކުން ހެއްޔެވެ؟ ކިތަންމެ ޤަބޫލު ކުރަން ހިތް ނޭދުނަސް މިއަދު ވެސް އެ ހިތުގައި ވިންދު ޖަހަނީ ރިއާންއަށް ޓަކައެވެ. ވީއިރު އަޒަލްއަށް ރިއާންގެ މަތިން ހަނދާން ނައްތައިލެވިދާނެ ބާވައެވެ؟ ޔައިލްގެ ލޯބިން އަޒަލްގެ ހިތް ފުރައިލަދޭނެކަމާއި މެދު އަޒަލްގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. ޔައިލް ދުވަހަކުވެސް އޭނާގެ ހިތުގައި ޖެހޭ ފަދަ ވިޔަ ނުދޭނެކަމުގެ ޔަގީންކަން އަޒަލްއަށް އޮތެވެ. އަބަދުވެސް އުފަލާ އަރާމުގައި، އިންތިހާއަށް ލޯބި ދީގެން ޔައިލް، އަޒަލް ގެންގުޅޭނެކަން ވެސް އޭނާއަށް ކަށަވަރެވެ. އެހެނަސް…

އެހެނަސް، ޔައިލްގެ އެ ހުރިހާ މަސައްކަތަކަށް ފަހުން ވެސް އަޒަލްއަށް ޔައިލް ދެކެ ލޯބި ނުވެވިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ބާވައެވެ؟ ކައިވެނި ކޮށްގެން ވަކި ހިސާބަކުން އޭނާގެ ސަބަބުން އެ ކައިވެނި ރޫޅިއްޖެ ނަމަ، އެ ހަލާކު ކޮށްލެވުނީ އޭނާ ދެކެ ފުރާނަ ފަދައިން ލޯބިވާ ޔައިލްގެ ހިތެވެ.

އެކުވެރިންގެ ގޮތުގައި އެކަކު އަނެކަކު ދަސްކުރުމުގައި ފަންސަވީސް އަހަރު ހޭދަވީ ނަމަވެސް، ބައިވެރިއެއްގެ ގޮތުން އެކަކު އަނެކަކު ދަސްކުރުމުގައި އަދި ހޭދަވީ އެންމެ މަހެކެވެ. އެ އެއް މަސް ތެރޭގައި ވެސް ޔައިލް ވަނީ، އަޒަލް ދެކެ ލޯބިވާކަން އެތައް ފަހަރަކު، އެތައް ގޮތަކުން އަޒަލްއަށް ސާބިތު ކޮށްދީފައެވެ. ނަމަވެސް، މިހާރު ޔައިލްއަށް ނުލެނބުނު އޭނާގެ ބަސްނާހާ ހިތް، ފަހުން ވެސް ލެނބޭނެ ކަމާއި މެެދުގައި އޭނާއަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އަދި ކައިވެނި ލަސްކޮށްލަންވީ ބާވައޭ ވެސް އަޒަލްގެ ހިތަށް އަރަމުން ދިޔައީ މަދު ފަހަރަކުއެވެ. އެހެނަސް، އޭނާގެ އަމިއްލަ އެދުމަށް އަވަސް ކުރަން ބުނި ކައިވެންޏެއް، ހުރިހާ ތައްޔާރީތަކެއް ވެފައި އޮއްވައި ދެން ލަސް ކުރަން ބުނާކަށްް ވެސް އޭނާއަކަށް ނުކެރޭނެއެވެ.

“ރަން ކިޔާ އަދަދު ބަދަލުކޮށްލަން ވިސްނަނީތަ..؟” ފަހަތުން އިވުނު ޔައިލްގެ އަޑުން އަޒަލްއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. އޭރު ހުދު ކުލައިގެ ގަމީހެއްގައި އެއް އަތް ޖީބަށް ޖަހައިލައިގެން ހުރެ، ފިރިހެންވަންތަ ހިނގުމެއްގައި އަންނަ ޔައިލް ފެނި، އަޒަލްއަށް ހީލެވުނެވެ.

“ހޫމް.. މި ހިތަށް އަރަނީ އަދި ބޮޑުކޮށްލަންވީއޭ..” ޔައިލް އައިސް އަރާ ހަމަވުމާއެކު އަޒަލް ބުނެލީ ލާނެތް ރާގަކަށެވެ.

“ކިތަންމެ ބޮޑު އަގެއް ކިޔަސް އަހަރެން މިހުރީ ދޭން ތައްޔާރަށް.. އަހަރެންގެ އަތންބަކަށް އަޒް ވަންޏާ އެކަމަށް އަހަރެންގެ ހުރިހާ އެއްޗެއް ހޭދަކުރަން ވެސް މިހުރީ ތައްޔާރަށް..” އަޒަލްގެ ކޯތާފަތުގައި ފިރުމައިލަމުން ޔައިލް ބުނެލިއެވެ. ޔައިލްގެ އެ ކުދަކުޑަ އަދާއިން އެކަނިވެސް، އޭނާ އަޒަލް ދެކެ ލޯބިވާ މިންވަރު ހާމަވެގެން ދިޔައެވެ. އަޒަލްއަށް ޓަކައި ޖާނުން ފިދާވާން ވެސް ޔައިލް ފަސް ނުޖެހޭނެކަން އަޒަލްއަށް އެވަގުތު ޔަގީން ވިއެވެ.

“ދެން އިނދެގެން ގެއަށް ގެންގޮއްސަ ދެން އަހަރެން ކަމު ނުދިޔައީމަ ނުބުނައްޗޭ އަހަރެން މާ ބޮޑު އަގެއް ކީއޭ.. ބުނެފާނެ ވިއްޔަ އަހަންނަށް ވަށްކޮށް ރޮށި ދަމާކަށް ވެސް ނޭނގެޔޭ.. ބަސްއަހައިގެން މަޑުމަޑުން އިންނާކަށް ވެސް ނޭނގެޔޭ.. ގެވެހި އަތންބަކަށް ވެސް ނުވެވުނޭ..” ދެލޯ ހަނިކޮށްލަމުން އަޒަލް އައުކޮށްލީ މާ ކުރީގެ ހަނދާނެކެވެ. ޔައިލް އޭނާގެ އަންހެނުންގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތައް ކިޔައިދިން ހަނދާން އަޒަލްގެ ސަބަބުން އިޔާދަ ވެގެން ދިޔުމާއެކު ޔައިލްއަށް ހީލެވުނެވެ.

“ތި ދައްކަނީ މާ ކުރީގެ ވާހަކައެއްނު.. އަހަންނަށް އަޒް ދެކެ ލޯބި ވެވުނު ފަހުން އަހަރެންގެ މުޅި ޓައިޕް ވެސް ޗޭންޖް ވެއްޖެ.. އަޒްގެ ކޮންމެ ސިފައެއް ވެސް ދެން ވާނީ އަހަރެން އެންމެ ގަޔާވާ ސިފައަކަށް.. އެ ވަރިހަމަ އަޒް އަހަރެންގެ ކޮފީތައްޓަށް ހަކުރުގެ ބަދަލުގަ ލޮނު އެޅިޔަސް..” ހިތް ދީވާނާ ކޮށްލާނެ ފަދަ ތައުރީފުގެ ބަސްކޮޅަކަށް ފަހު ޔައިލް ވެސް ކުރީގެ ހަނދާނެއް އައު ކޮށްލިއެވެ. ޔައިނާ ބުނެގެން ޔައިލްއަށް އަޒަލް ކޮފީ ގިރައިދިން ދުވަހަކު ހަކުރުގެ ބަދަލަށް ލޮނު އަޅާފައި ދެވުނު ހަނދާން ވުމުން އަޒަލް ގާތަށް ވެސް ހިނި އައެވެ.

“ދެން އެކަމަކު އިނީމަ ޖެހޭނީ ހަމަ އަހަރެން ދޭ ކޮފީތަށި ބޯން.. އަހަރެން ކައްކާ އެއްޗެއް ކާން.. އެ ހެޔޮ އެއަށް ލޮނު ބަސްތާއެއް އަޅާފަ ހުއްޓަސް..” އަޒަލްގެ ސިކުނޑީގައި މިހާރު ދެންމެ ވިސްނި އެއްވެސް ވިސްނުމެއް ނެތް ފަދައެވެ. ޔައިލް އައުމާއެކު، އެހެން ހުރިހާ ފަހަރުތަކެކޭ ވެސް އެއްފަދައިން، އެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދިނުމުގައި ޔައިލް ކާމިޔާބު ހޯދިއެވެ.

“ޔަގީނެއްނު.. އަޒް ވިއްޔަ.. ޒަހަރު ދިނަސް އަހަރެން އަޒްގެ އަތުން އެއްވެސް ޝަކުވާއަކާ ނުލައި ކައިފާނަން..” ހިތްތައް ފިދާވާ ވަރުގެ ހިތްގައިމު ހިނިތުންވުމަކާ އެކު ޔައިލް ބުނެލި އިރު، އަޒަލްއަށް ވެސް ހިނިތުން ވެވުނީ ޒަވާޖީ ހަޔާތެއް ފެށެން މި އުޅެނީ ހަމަ އެންމެ އެކަށީގެންވާ މީހާއާ އެކުގައިކަން އެ ހިތަށް ޔަގީން ވުމުންނެވެ. ޔައިލްއާއި އެކުގައި ހުންނަ އިރު ލިބޭ ހިތްހަމަޖެހުމާއި އުފާވެރި ކަމުގެ ސަބަބުން، މިހާރު ވެސް އެ ހިތަށް އެނގުންވާން ފަށައިފިއެވެ. ފިރިއެއްގެ ކިބައިގައި ހުންނަން އޭނާ އެދޭ ހުރިހާ ސިފަތަކެއް އުނި ނުވެ ޔައިލްގެ ކިބައިގައި ހުރުމުން، މިހާރުވެސް އެ ހިތް ޔައިލްއަށް ދީލައިލާހެން ހީވެއެވެ. ވީއިރު، ކައިވެނި ކޮށްގެން ދެމަފިރިންގެ ގޮގައި އެކުގައި އުޅެން ފެށުމުން، އެ ހިތުން ޔައިލްއަށް ޖާގައެއް ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ހިތަށް ލިބުނު ޔަގީންކަމާއި ހިތްހަމަޖެހުމުގެ ސަބަބުން އަޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު، ޔައިލްގެ ކޮނޑުގައި ބޯ އަޅައިލަމުން ދެލޯ މަރައިލިއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 30

Next

އިންސާފު ލިބޭނެބާ – 27

Next
March 10, 2025

އިންސާފު ލިބޭނެބާ – 27

Previews
March 9, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 30

45 Comments!

  1. Anonymous says:
    March 10, 2025 at 12:38 am

    maashaa allah i feel this one.hama varah reethi mi part ves az n yail is so cute and best. always they are loving each other. when next part?. up kohladhehchey avahah inge. keep going on the best way. i will give support to you always. lym alw

    1. Gurll says:
      March 10, 2025 at 12:40 am

      mi Gurll mi namuga alhuganduge commente ehnn auto inn levifa e iny name nujaha fonuvaa levuneema

    2. Nayaa Nayaa says:
      March 10, 2025 at 1:27 am

      thank you so much dear <3
      next part tomorrow in sha allah
      lym <333

  2. Gurll says:
    March 10, 2025 at 12:40 am

    maashaa allah i feel this one.hama varah reethi mi part ves az n yail is so cute and best. always they are loving each other. when next part?. up kohladhehchey avahah inge. keep going on the best way. i will give support to you always. lym alw

  3. 😊 says:
    March 10, 2025 at 12:53 am

    Wow mi part vc vrh vrh vrh reethi Masha Allah ❤😍
    Next part ah vrh inthizaaru kurevey 😁
    Mhr esfiya in kiyey Emme reethi vhk meekee 😘
    Yageen hama azz ah yail dheke loabi veveyne 😂

    1. Nayaa Nayaa says:
      March 10, 2025 at 1:27 am

      thank you darl <333
      aww thats so sweet <3

  4. Ghost girl 👻 says:
    March 10, 2025 at 12:56 am

    Masha Allah 😍 vrh reethi mi part ves hama vrh reethi dhen oiy ep ah vrh inthizaaru kurevey eba mi part up vefa in than fenuneema aslu vrh surprise vee keep it up nayaa lysm 🫶🏻🫶🏻🫶🏻🫶🏻

    1. Nayaa Nayaa says:
      March 10, 2025 at 1:28 am

      thank youu <33
      hehe same nayaa ves varah surprise vi bcs usually submit kohfa eh dhuvas ves vaa fahun upload vany.. but mirey varah avas dho.. hehe
      lym <3

  5. Anonymous says:
    March 10, 2025 at 12:59 am

    Ma Sha Allah mi part vx v reethi ♥️ finally az and yail gulhenee 🥳🥳shayaam and yal avaskoh gulhuvahchey 🤭 curiously waiting for the next part ♥️

    1. Nayaa Nayaa says:
      March 10, 2025 at 1:29 am

      thank you dear <333
      means a lot <3

  6. pumpkin says:
    March 10, 2025 at 1:05 am

    thanks nayooo mirey submit kohlaa dhineema
    mi part vs vrh reethi masha allah
    nidhan vgn loa maraaliimavs fenuny mi vhk ge cover pht
    ehnvgn avas avh mi bely laafa inthww
    submit kohfa nei nama nuvs nidheyne mirey😭
    ehaa vs kiyaa hih vefa meeny
    azal agree vi fahun vrh vrh kiyaa hithun hury next part
    nayoo ge vhk thah sifa kohdheefa huhnaleh hama vrh reethi ❤️
    vrh molhu masha allah baeh fahru bas huhtey faharu vs aadhey🫶
    ehaa curious koh mi part ninmaafa inyma next part mihaaruvs kiyaa hihvehje
    dhn lasnukoh aara n zaul ge relationship ge vhk bunanvy
    ehn noony maa dhera gotheh vedhaane
    azal n yail vs dhen eulheny marry kuran assu gabool vs nukurevey
    vrh unexpected koh mi dhany
    heekury shayaam talk kuran fesheema yaleen vs talk kuraane kmh n I thought azal agree nuvaane kmh marry kuran
    yail kahala boy aku vrh madhu vaane mihaar ehn vma azal ahvs enme rangalhu vaany yail r marry kurun yail ge e gaai kamun azal ahvs loabi vevihje.
    once again vrh bodah thanks mirey submit kohlaa dhineema❤️
    curiously waiting for the next part
    when next??
    I appreciate ur hard work
    tc ly nayoooo vrh bodukohhh
    ❤️

    1. Nayaa Nayaa says:
      March 10, 2025 at 1:31 am

      awww this long comment is soo cuteeee!! <333
      hehe aslu nayaa ves hiyeh nukuran mihaa avahah upload vaane kamakah.. but its our lucky day dhww hehe..dhenme 27th vana part liye ninmaafa site hulhuvaili thanaa nayaa ah mi part upload vefa in thah libuneema libuny shock eh hama hehe..
      hehe unexpected koh liyuneema ennu readers kiyaa hiyy vaanny dhw
      next part tomorrow in sha allah <3
      lym nd moreee <333

  7. Ishu says:
    March 10, 2025 at 1:32 am

    Mashaa allah mi part ves varah❤️
    When next????
    Curiously waiting for the next part

    1. Nayaa Nayaa says:
      March 10, 2025 at 12:45 pm

      Thank you dear ❤️
      Miadhu submit kohlaanan ❤️

  8. Aalerrr says:
    March 10, 2025 at 5:07 am

    Masha Allah mi part vx vrh reethi.. curiously waiting for the next part..

    1. Nayaa Nayaa says:
      March 10, 2025 at 12:46 pm

      Thank you ❤️

  9. Cutie girl says:
    March 10, 2025 at 5:08 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Azal and yail v gulhey
    Aaroo and zaul ves
    Shayaam and yaleen ves gulhuvachey
    Aslu yail akee azal ah emme rangalhu baiveriyaa
    They all are made for each other
    I appreciate your hard work
    Varah suprise vi fenuneema
    Tc ❤️😘
    Haadha curious kohlaafa thi nimaaly
    Your my fav author ❤️
    Ly naayoo ❤️😚

    1. Nayaa Nayaa says:
      March 10, 2025 at 12:46 pm

      Aww tysm darla ❤️
      Lym ❤️

  10. Maash Maash says:
    March 10, 2025 at 5:38 am

    Nayooo ur making my standards sky rocket noww😭😭😭
    I need a man like Yail not kidding lol😭
    Maasha allah mi part vx vrh furihama.. Komme part akah comment nukurevunas abadhu vx Naya ge stories thah kiyan.. And I love this story.. Keep it up darling..
    Lyssm💜🦋

    1. Nayaa Nayaa says:
      March 10, 2025 at 12:49 pm

      Alheyyyhhh maaashhh ingeytha yail ge character is straight up my standard hama! That’s exactly my type!! Ekam ekahala meehun ulheny aharumen ge fictional world ga ekanyyey..keeh kuraany dho 😓😓
      Thank you Maash ❤️❤️
      Maash ge stories ves varah varah salhi mihaaru comment nukirevunas adhi ingeyy
      adhi mihen ulhefa kohlaanan comment eh in
      sha allah
      Lym nd more dearrrr ❤️

  11. RIFSHA says:
    March 10, 2025 at 5:53 am

    Alhey nayaa haadha reehchey mi part vx.ekm rifoo ah enme inthizaaru kureveny shayaam and yalyn ge bayakah.ekm varah amazing ingey alhey haadha loabi ey dho az and yail. e dhekudhin aslu mihen gulhi dhaane kamakah hee vx nukuran.Rifoo mi buny az ehbas vedhaane kamakah ingey. Dhen beynumy az and yail gulhen. Varah loabi couple eh.
    Kon irakun next part kiyaalan libeyny.
    Can’t wait for the next part ingey
    Love you Darla ❣️

    1. Nayaa Nayaa says:
      March 10, 2025 at 12:50 pm

      Thank youu rifoo ❤️
      Hehe shayaam and yal ge bai bodu koh eba oiy hama inthizaaru kohlaa adhi.. nayaa ah liyan indhegen ves hama amillayah blush veveny 🤭
      Lym darl ❤️

  12. Hajja says:
    March 10, 2025 at 8:43 am

    Maasha allah var reethi ham kiyaa hithun mi kiyaaly inshallah I appreciate your hard work really curious waiting for the next part

    1. Nayaa Nayaa says:
      March 10, 2025 at 12:52 pm

      Thank you hajja ❤️

  13. UNKNOWN GURLL says:
    March 10, 2025 at 9:08 am

    V reethi mi part ves maasha Allah
    When next part
    Waiting for the next part

    1. Nayaa Nayaa says:
      March 10, 2025 at 12:51 pm

      Thank you Hajja ❤️

    2. Nayaa Nayaa says:
      March 10, 2025 at 12:52 pm

      Thank you dear ❤️
      Miadhu submit kohlaanan in sha allah

  14. Xxauu says:
    March 10, 2025 at 10:54 am

    Curiously waiting for the next..
    Mee esfiya in alhugandu kiyaa emme reethi vaahaka
    ❤️❤️❤️
    Maasha allah keep up the gud work 👍🏻

    1. Nayaa Nayaa says:
      March 10, 2025 at 12:53 pm

      Awww that’s soo sweettt of you!! 🥹
      Thank you so much darling ❤️

  15. 💐 says:
    March 10, 2025 at 5:57 pm

    next part ge cover pht ga thibeyny yail n azal ehkoh dhww mibuny like shayaam n yaleen r aara n zaul menhn?
    masha allah mi part vs vrh reethi 😍

    1. Nayaa Nayaa says:
      March 10, 2025 at 8:57 pm

      hehe neynge dho dhen lets seeee
      thank youuu <333

  16. Mar Yam says:
    March 10, 2025 at 7:07 pm

    Masha Allah mi part vx hama Vrh reethi 😍
    Vrh kiyaa hiyvey next part 😩
    Pls avahah up kohdheeba
    Thank u nayuu for stories like this ❤️
    All ur stories is hama best.. I love it
    I appreciate ur hard work
    Lysm nayu ❤️❤️💋

    1. Nayaa Nayaa says:
      March 10, 2025 at 8:58 pm

      thank you maryam <333
      next part miadhu sibmit kohlaifin hendhunu..admin upload kohdhinhaa avaheh hama othy
      lym dear <333

  17. gurrrrl says:
    March 10, 2025 at 7:56 pm

    Mashallah naaya mi part ves vrh reethi when next part cant wait for it keep it

    1. Nayaa Nayaa says:
      March 10, 2025 at 8:59 pm

      thank youuu darla <333

  18. na.ell says:
    March 10, 2025 at 8:09 pm

    arhhh i love thissss storyy …. mi part ves vrh vrh reethi comment eh nukuriyas knme part ehves hama vrh kiyaa hithun eba kiyan …. can’t wait for the next part .. thank u for ur hard work

    1. Nayaa Nayaa says:
      March 10, 2025 at 9:01 pm

      aww tysm dear <333
      comment nukuriyas baraabarah story kiyaalaa enguneema hama vrh happy <3

  19. Vampire girl says:
    March 10, 2025 at 11:45 pm

    Maashaa Allah mi part vx varah varah reethi…
    Next mirey submit kohlaanan thr????
    Adhi kiriyaa comment kohlan vaguthu v mi….
    Alhey yail haadha salhiey… heevany lolah vx yail ge character sofa vaa hen….
    You are very talented… maashaa Allah…..
    Can’t wait for next…..
    Abadhu hithah ara araa hunnany next part ya vaanee kihineii baa ey…..
    Aara n zaul ge vaahaka inguneema e meehunge parents ah inguneema vaanee kihineii baa ey….
    I love yail ge character….
    Yail n azal dhuru nukurahcheyy….
    Lysm nayoo❤️❤️❤️😘

  20. Vampire girl says:
    March 10, 2025 at 11:45 pm

    Maashaa Allah mi part vx varah varah reethi…
    Next mirey submit kohlaanan thr????
    Adhi kiriyaa comment kohlan vaguthu v mi….
    Alhey yail haadha salhiey… heevany lolah vx yail ge character sifa vaa hen….
    You are very talented… maashaa Allah…..
    Can’t wait for next…..
    Abadhu hithah ara araa hunnany next part ya vaanee kihineii baa ey…..
    Aara n zaul ge vaahaka inguneema e meehunge parents ah inguneema vaanee kihineii baa ey….
    I love yail ge character….
    Yail n azal dhuru nukurahcheyy….
    Lysm nayoo❤️❤️❤️😘

    1. Nayaa Nayaa says:
      March 11, 2025 at 1:44 am

      Thank youuuu darla ❤️
      Miadhu hendhunu submit kohlaifin ekm adhives upload nuvey dho..keeh kuraany
      Hehe I love yail ge character too..i think he’s the strongest and best male character I wrote after afaan hehe..
      Lym ❤️

  21. 💫 says:
    March 11, 2025 at 12:58 am

    naayoo😭
    nuvs nidhi gen miulheny
    next part nukiyai nidhan jehythyy😭😭😭
    ehaavs kiyaa hih eba vey ehaa vs talented nayoo🫶
    kurimathyga film eh balaahn heevany nayoo ge vhk thah kiyaa iru🫶🫶🫶

    1. Nayaa Nayaa says:
      March 11, 2025 at 1:42 am

      Alheyyy keeh kuraanyyy nayaa submit kohfeemey miadhu hendhunu..admin upload kohdhinhaa avaheh othy hama 🥲
      Hehe thank you so much dearrrr.. means a lott❤️❤️❤️

  22. Anonymous says:
    March 11, 2025 at 1:22 am

    Very nice part 👍👍👍💯

    1. Nayaa Nayaa says:
      March 11, 2025 at 1:42 am

      Thank you ❤️

  23. Dhanna says:
    March 11, 2025 at 10:21 am

    Alhey nayaa ebunee submit kohlaifeemey….. dhn alhey admin upload kohdhyba… aadheys kohfa bunan….

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 22←


All Right Reserved!