Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 18

“އިހަށް ޕްރޮފެޝަނަލް ގޮތްގަނޑު ދޫކޮށްލަން އަހަރެން ބޭނުމީ.. އަހަރެން ލިއުޝާ މިތަނަށް މި ގެނައީ ތަންކޮޅެއް ޕަރސަނަލް ވާހަކައެއް ދައްކަން ވެގެން. އަހަރެމެންނަށް ދެ އެކުވެރިން ގޮތަށް ވާހަކަ ދެއްކިދާނެތަ..؟” އަޒަލް އަހައިލުމާއެކު ލިއުޝާ ހިތްހެޔޮ ހިނިތުންވުމަކާ އެކީ ބޯ ޖަހައިލިއެވެ. އެއާއެކު އަޒަލް ފުންކޮށް ދެތިން ނޭވާ ދޫކޮށްލީ އަމިއްލަ ނަފްސު ތައްޔާރު ކޮށްލުމަށެވެ. ދައްކަން އުޅޭ ވާހަކަ ފަށާނެ ގޮތެއް ނޭނގުމުން އަޒަލް އެންމެ ފަހުން އޭނާގެ ފޯނު ނަގާފައި، ގެލަރީ ހާވައިލީ ރިއާންއާއި އޭނާގެ ފޮޓޯތައް ހޯދުމަށެވެ. އެ ފޮޓޯތައް ފެނުމާއި އެކު އަޒަލް ލިއުޝާ އަތަށް ފޯނު ދިނީ، ދުލުން ރިއާންގެ ވާހަކަ ބުނުމަށް ވުރެ، މިގޮތަށް ބުނުން މާ ފަސޭހަވާނެ ކަމުގައި އަމިއްލަ ހިތް ބުނުމުންނެވެ. އަޒަލް ދެއްކި ފޮޓޯތައް ލިއުޝާ ބަލަން އިން އިރު، އެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދެނެގަތުމަށް އަޒަލް ނުކުޅެދުނެވެ.

“ތި ފޮޓޯތަކުން ތި ފެންނަނީ އަހަންނާ ރިއާން ރައްޓެހިވެގެން އުޅުނު އިރުގެ ހަނދާންތައް.. އަހަންނަށް އެނގޭ ރިއާން އަކީ ލިއުޝާގެ ފިރިމީހާ ކަން.. އެހެންވީމަ އަހަރެން ބޭނުމެއް ނޫން ލިއުޝާއަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް.. ތެދަށް މި ބުނަނީ.. ރިއާންއާ ރައްޓެހިވީ އިރު ރިއާން އަކީ މީހެއްގެ ފިރިއެއް ކަމެއް އަހަންނަށް ކުޑަކޮށް ވެސް ނޭނގޭ.. ކުއްޖެއްގެ ބައްޕައެއް ކަމެއް އަދި އަމުދުން ނޭނގެ.. އެނގޭ ނަމަ އަހަރެން އޭނަޔާ ވައި ވެސް ނޭޅުނީމުސް.. ރިއާން އަކީ ލިއުޝާގެ ފިރިމީހާ ކަން އެނގުނު ދުވަހުން ފެށިގެން އަހަރެން ރިއާންއާ ގުޅުން ކަނޑާލައިފިން.. އެކަމަކު ލިއުޝާ އަނދިރިގަނޑެއްގެ ތެރޭގަ ބަހައްޓާކަށް އަހަރެންގެ ހިތެއް ނޭދޭ.. އެހެންވީމަ.. މިއަދު ލިއުޝާއާ މި ވާހަކަ ހިއްސާ ކުރަން ވެގެން މި ގެނައީ..” ލިއުޝާގެ މޫނުމަތީގައި ވީ އަސަރުތައް ދެނެގަންނަން ނޭނގުމުން އަޒަލް ބުނެލިއެވެ.

“އަހަރެން ހައިރާނެއް ނުވޭ..” ލިއުޝާގެ ޖުމުލައިން އަޒަލްއަށް ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލު ނުކުރެވިފައި އިނދެއެވެ. އަޒަލްގެ މޫނުމަތީގައިވީ އަސަރުތައް ނަގައިގަނެވުމާއެކު ލިއުޝާ ފުން ނޭވާއެއް ދޫކޮށްލާފައި ބަލައިލީ އޭނާގެ އުނގުގައި އިން ރަޔަން އަށެވެ، ރަޔަންގެ ކުރިމަތީގައި އެ ވާހަކަ ދައްކަން ލިއުޝާ ފަސްޖެހެނީ ކަން އެނގުމުން އަޒަލް އޭނާގެ ފޯނު ނަގައި، އޭނާގެ ޕީއޭއަށް ގުޅައިލިއެވެ. ދެތިން މިނެޓުގެ ތެރޭގައި އޭނާގެ ޕީއޭ މާހީ އައުމުން އަޒަލް ހިނިތުންވެލާފައި ރަޔަން މާހީއާ ހަވާލު ކުރުމަށް އެދުނެވެ.

“މިތަނުގަ ހުންނާނެ ޕްލޭ ރޫމްއެއް.. ލިއުޝާ އެއްގޮތަކަށްވެސް ހާސް ވާކަށް ނުޖެހޭނެ.. މާހީ އިރުކޮޅަކަށް ވެސް ރަޔަން އެކަނި ދޫކޮށްނުލައްޗޭ.. ގެންނަންވީމަ އަހަރެން ގުޅާނަން..” ލިއުޝާ ކުޑަކޮށް ފަސްޖެހިފައި އިނުމުން އަޒަލް ޔަގީންކަން ދިނެވެ. އެއާއެކު ލިއުޝާ ވެސް ބަސްއަހައިގެން ހުރުމަށް ރަޔަންއަށް ހަނދާން ކޮށްދެމުން، ރަޔާން މާހީއާ ހަވާލު ކުރިއެވެ. ކުޅޭ އެއްޗެހީގެ ވާހަކަ ބުނުމުން ރަޔަން ވެސް ވަރަށް ގަޔާވެފައި މާހީއާ އެކީ ދިޔައެވެ.

“އަހަރެންގެ އުމުރުން އެންމެ އަށާރަ އަހަރުގައި ރިއާންއާ އިނީ މައިންބަފައިންގެ ނުރުހުމުގަ.. އޭރުވެސް ރިއާން މުޅި ރަށަށް މަޝްހޫރުވެފަ އޮންނަނީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރު ކުރާ މީހެއްގެ ގޮތުގަ.. އެކަމަކު ރިއާން ދެކެ ވެވުނު ކަނު ލޯތްބެއްގެ ސަބަބުން އަހަންނަށް އޭނަގެ އެއްވެސް އުނި ސިފައެއް ނުފެނުނީ.. އަހަންނަށް މާ އަވަހަށް، މާ ބޮޑަށް ރިއާންއަށް އިތުބާރު ކުރެވުނީ..” ލިއުޝާގެ ވާހަކަ ކުރިއަށް ދިޔަ ވަރަކަށް އެ އަޑު ކުރަކިވަމުން ދާ ކަން އަޒަލްއަށް ވެސް ފާހަގަ ވަމުން ދިޔައެވެ.

“އެކަމަކުވެސް ހަމަ އަށާރަ އަހަރު ވީ ތަނާ މައިންބަފައިންނާ ދެކޮޅަށް ރިއާންއާ އިނދެގެން އަހަރެމެން މާލެ ބަދަލުވީ.. ފުރަތަމަ ރިއާންއާ އެކީ ހޭދަވީ އަހަރެއްހައި ދުވަސް ތެރޭގަ ރިއާން އަހަންނަށް ވަރަށް ރަނގަޅު.. އަހަރެން ދެކެ ވަރަށް ލޯބިވާނެ… އެކަމަކު.. އެކަމަކު އަހަރެން ރަޔަންއަށް ބަނޑުބޮޑުވި ފަހުން ހުރިހާ ކަމެއް ބަދަލުވާން ފެށި.. ރިއާން ގޭތެރޭގަ ވެސް މަސްތުވާ ތަކެތި ބޭނުން ކުރަން ފެށި.. އަހަރެންގެ ކުރިމަތީގައި ސިނގިރޭޓު ވެސް ބޯނީ އަހަންނަށް އުނދަގޫ ކުރަން.. ބަނޑުބޮޑުވީ ފަހުން… ރިއާން އަހަރެންގެ ކިބައިން އެދޭ ކަންތައް ފުއްދައިދޭން އަހަރެން ދެކޮޅު ހަދަން ފެށީ ރަޔަންއަށް ކަމެއް ވެދާނެތީ.. ރިއާން އަހަންނަށް އެންމެ ފުރަތަމަ އަނިޔާ ކުރީ އެކަމާ.. އެކަމަކު ފަހުން ފަހުން އައިސް ކަމަކާ ނުލައި ވެސް އަހަންނަށް އަނިޔާ ކުރޭ.. ރަޔަން ލިބުނު ފަހުން އަދި ވަކިން އެކަންތައް ބޮޑު.. މީގެ ކުރިން ވެސް އޭނަ އެހެން އަންހެނުންނާ ގުޅުން ބާއްވާކަން އެނގޭ.. އެކަމަށް ވެސް އަހަރެން އެއްޗެކޭ ބުނީ އެންމެ ފަހަރަކު.. އެ ފަހަރު ވެސް ދެން ދުވަހަކު އަހަންނަށް އެއްޗެކޭ ބުނަން ނުކެރޭ ވަރު ކޮށްލި.. ދެފަހަރަކު ޖަލަށް ލާފަ ވެސް އަހަންނަކަށް ނޭނގެ އެމީހުން އޭނަ ދޫކޮށްލަނީ ކީއްވެ ކަމެއް.. ތުއްތު ތުއްތު ރަޔަންއަށް ރިއާން އަހަންނަށް އަނިޔާ ކުރާ މަންޒަރު އެތައް ދުވަހެއްގެ މަތިން ފެންނާނެ.. އަހަރެން.. އަހަރެން އާދޭސް ކުރަން ރަޔަންގެ ކުރިމަތީގަ އެހެން ނުހެދުމަށް.. ރަޔަން ވެސް އިންނާނީ އެއިން ކޮންމެ ފަހަރަކު ބިރުން ފިތް ކަނޑައިގެން ދާ ވަރު ވެފަ.. ރޮއެރޮއެ ހަލާކު ވެފަ.. އެކަމަކު އެކަމަށް ވެސް އޭނަ ދެނީ ބީރު ކަންފަތެއް.. ކުޑަކުޑަ ރަޔަން ވެސް.. އަމިއްލަ ލޭ ހިނގާ އުފަން ދަރިފުޅު ވެސް އޭނައަށް މުހިއްމެއް ނުވި.. އެއީ އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ހުރި މީހެއް ނޫން..” އެހިސާބަށް ވާހަކަ ދިޔަތަނާ ލިއުޝާގެ އަޑު ބެދި، ގިސްލެވެން ފެށުނީ އެ ހިތަށް ކޮށްފައިވާ ފުން އަސަރުގެ ސަބަބުންނެވެ. އެއާއެކު ފެންކަޅިވެފައި އިން އަޒަލް އޭނާގެ އަތް ލިއުޝާގެ އަތް މަތީގައި ބާއްވައިލީ ހިތްވަރު ކުރާށޭ ބުނާ ފަދައަކުންނެވެ.

“މި ހުރީ އޭނަ އަހަންނަށް ކޮށްފަ ހުންނަހާ އަނިޔާ.. މިއީ އަދި ކުޑަ މިންވަރެއް..” ލިއުޝާ އޭނާގެ މިނިވަންކޮށް އޮތް އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް އަޒަލްއަށް އޭނާގެ ކަނދުރާ ދައްކައިލިއެވެ. އެ ދޮން ކަނދުރާގައި ގަދަ ދަނބު ކުލައަކަށް ދާ ގޮތަށް ހުރި ނިޝާންތައް ފެނިފައި އަޒަލްއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ދެން ލިއުޝާ އޭނާ ލައިގެން ހުރި ފިިޔާތޮށި ކުލައިގެ އަތްދިގު ޓީޝާޓޫގެ އަތުކުރި އޮޅައިލާފައި، އަތް ވެސް އަޒަލްއަށް ދައްކައިލިއެވެ. އެ އަތުގައި ހުރި ކޮންމެ ލަކުނަކުން ވެސް ރަމްޒު ކޮށްދެމުން ދިޔައީ އެ ނާޒުކު ހަށިގަނޑުގައި ދުވަހަކުވެސް ނުފިލާނޭހެން ލިބިފައިވާ އަނިޔާވެރި ޒަޚަމްތަކެކެވެ.

“ދެން އެހާ ދުވަސް ވީ އިރު ކީއްވެ ވަރި ނުވީ..؟” އެ ހިތުގައިވާ ސުވާލު އަޒަލް ކޮށްލިއެވެ.

“ވަރި ވެގެން އަހަރެން ވަކި ކިހިނެއް އުޅޭނީ.. މިހާރު އަނިޔާ ލިބިގެން ވެސް އެބަ އުޅެވޭތާ.. އެކަމަކު ވަރި ވީމަ އަހަރެން ވަކި ކޮންތާކަށް ދާނީ..؟ އަހަރެންގެ އަމިއްލަ މައިންބަފައިން ވެސް އަހަރެންގެ މޫނު ދެކޭކަށް ބޭނުމެއް ނުވޭ.. އަހަރެން ކަހަލަ ނުވެސް ކިޔަވާ ހުރި މީހަކަށް ދެން ދިރިއުޅުމެއް ފެންނާނީ ކިހިނެއް..؟ ކުޑަކުޑަ ދަރިއަކު ގޮވައިގެން އަހަރެން އަމިއްލަ ހާލައިގެން އުޅޭނީ ކިހިނެއް..؟ މަގުމަތިވެގެން އުޅުމަށް ވުރެ މި ގޮތް ވެސް އަހަންނަށް މާ ރަނގަޅު..” ލިއުޝާ ބުނެލީ ގޮތް ހުސްވެފައި އިނދެއެވެ.

“އަހަރެން ލިއުޝާއަށާ ރަޔަން އަށް ގޮތެއް ހޯދަދީފާނަން.. ރިއާންގެ އެ އަނިޔާވެރި ވަކިތަކުގެ ދަށުން ސަލާމަތްވެ އަމިއްލައަށް ދިރިއުޅެވޭނޭ ފެންވަރު އަހަރެން ހޯދަދީފާނަން.. އެކަމަކު އެކަމަށް ލިއުޝާގެ އެހީތެރިކަން އަހަރެން ވަރަށް ބޭނުން ވާނެ.. ލިއުޝާ ވަރަށް ހިތްވަރު ވެސް ގަދަ ކުރަން ވާނެ.. ބުނެބަލަ.. ލިއުޝާގެ އަމިއްލަ ނަފްސަށް ޓަކައި.. ކުޑަކުޑަ ރަޔަންއަށް ޓަކައި.. އަހަންނަށް އެހީ ވާނަންތަ..؟” އަޒަލް އޭނާގެ އަތް ލިއުޝާއަށްވ ދިއްކޮށްލީ އުއްމީދުން ފުރިފައި އިނދެއެވެ. އެ އަތަށް ބަލަހައްޓައިގެން އިރުކޮޅަކު ލިއުޝާއަށް އިނދެވުނީ ކުރަން ވީ ކޮން ކަމެއް ކަން ނޭނގިފައެވެ.

“ލިއުޝާ.. އަހަންނަކީ ވަކީލެއް.. އަހަރެން އެއްވެސް އަގަކާ ނުލައި ލިއުޝާއަށް އެހީވާން ތައްޔާރަށް މީނީ.. ރިއާންގެ ކިބައިން ސަލާމަތްވެ، ރަޔަންއަށާ ލިއުޝާއަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދޭން.. އަހަންނަށް އިތުބާރު ކުރޭ..” އަޒަލް އެހެން ބުނުމާއި އެކު ލިއުޝާ މަޑުމަޑުން، ތުރުތުރު އަޅަމުން ދިޔަ އޭނާގެ އަޒަލްގެ އަތުތެރެއަށް ލިއެވެ. އެއާއެކު އަޒަލްގެ ހިނިތުންވުން ފުޅާވެގެން ދިޔަ އިރު، ލިއުޝާގެ އަތަށް އޭނާ ބާރުކޮށްލިއެވެ.

“އޯކޭ.. ދެން ވާން ވީ ގޮތް އަހަރެން މި ކިޔައިދެނީ..” އަޒަލް އޭނާ ރާވާފައިވާ ގޮތް ލިއުޝާއަށް ކިޔައިދެމުން ދިޔަ އިރު ލިއުޝާ ކަނުލައި އަޑު އަހަމުން ދިޔައެވެ. އެދުވަހުގެ އިރު އޮއްސެން ދެން ލިއުޝާއާއި އަޒަލް އެކަމާ މަޝްވަރާ ކުރަން ތިބެފައި، ލިއުޝާ ގެއަށް ދާން ތެދުވީ މަޣްރިބަށް ގޮވަން ކައިރި ވުމުންނެވެ. އަޒަލް ގުޅައިލުމާއެކު މާހީ ރަޔަން ގެނެސްދިނުމުން ލިއުޝާ އަޒަލްއަށް ޝުކުރު އަދާ ކޮށްފައި، ރަޔަން ގޮވައިގެން ނުކުތެވެ.

ލިއުޝާ ދިޔުމުން އަޒަލް ގޮނޑީގައި އިށީނދެފައި، ހަމަޖެހިލިއެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު، އެ ސިކުނޑީގައި އަދިވެސް އެނބުރެމުން ދިޔައީ ލިއުޝާ ދެންމި ދެއްކި ވާހަކަތަކާއި، އެ ހަށިގަނޑުގައިވީ ޒަޚަމްތަކެވެ. ރިއާން އަކީ ގޯސް މީހެއް ނަމަވެސް، އެހައި އަނިޔާވެރި މީހަކަށް ވާނެ ކަމަކަށް ފަހަރެއްގައި ވެސް އަޒަލްއަށް ހީކުރެވިފަކައި ނެތެވެ. އެހެންނަމަވެސް ވަގުތު ފާއިތު ވުމުގެ ކުރިން އަޒަލް ބެދެން އުޅުނު މަޅިން ސަލާމަތް ވީތީ، ހެއްދެވި ފަރާތަށް އެތައް ފަހަރަކު ޝުކުރު ކުރެވުނެވެ. އެދުވަހު ލިއުޝާ ފޯނު ނުނެގި ނަމަ މިއަދު އޭނާއަށް ވެސް ޖެހޭނީ ލިއުޝާއަށް ޖެހުނު ހާލު ކަން ޔަގީނެވެ.

*** ** ***

ނަވީންއާއި އެއްކޮށް ކޮފީއެއްގައި އިން ޝަޔާމް މިއަދު އާދަޔާޚިލާފަށް މަޑުން އިން ކަން ނަވީނަށް ފާހަގަ ވިއެވެ. ނަވީން ހުރިހާ ވާހަކައެއް ދައްކަމުން ދިޔަ އިރުވެސް އާނ ހޫނ ކިޔައިލުން ފިޔަވައި އިތުރު ޢިޝާރާތެއް ޝަޔާމްގެ ފަރާތުން ނުވުމުން ނަވީން އެންމެ ފަހުން ނިންމީ ޝަޔާމް ހިތްހަމަ ނުޖެހުނަސް އޭނާ ކުރެން ވީ ގޮތް އޮޅުންފިލުވާށެވެ.

“ޝަޔާމް މި ދިޔަ ދެތިން ހަފްތާ ތެރޭ ކިހިނެއް ވެފަތަ ކަލެއަށް ތި ހުންނަނީ..؟ މީހަކާ އަނގައިން ބުނަނީކީ ނޫން މަށާ އެކީ ތަނަކަށް ދެވެނީކީ ނޫން.. ޑިއުޓީއަށް ދާން ނޫން ގޮތަކަށް ގެއިން ވެސް ނެރެން މި ޖެހެނީ ކިޔައި އާދޭސް ކޮށްގެން ވިއްޔަ.. ބުނެބަލަ މަ ކައިރި.. ކިހިނެއްތަ ވީ..؟” ނަވީީން އަހައިލުމުން މިފަހަރު ޝަޔާމް ބޭނުންވީ ހިތުގައިވީ އުދާސްތައް ނަވީނާ ހިއްސާ ކުރާށެވެ. ހުރިހައި ކަމެއް ހިތުތެރޭގައި ފޮރުވައިގެން ހުރެހުރެ މިހާރު އޭނާގެ ބޯ ގޮވަން ކައިރި ވެއްޖެއެވެ.

“ނަވީން ހަނދާން ވޭތަ ޔަލީން..؟ މަގޭ ފަހަތުން އަޅައިގަނެގެން އުޅުނެއްނު މަންޖެއެއް..؟” ޝަޔާމް އަހައިލުމާއެކު ނަވީން ވަގުތުން އާއެކޭ ބުނެލިއެވެ.

“އާނ.. އޭ މިހާރު އެ މަންޖެ ހާދަ ނުފެނެޔޭ.. ކަމެއް ވީތަ އަނެއްކާ..؟ ނޫނީ ޝަޔާމް އޭނައަށް ދެން ކައިރިވާން ވެސް ނުކެރޭ ވަރަށް ބިރު ދައްކައިލީތަ..؟” ނަވީން މަޖާވެފައި ވާހަކަ ދައްކަމުން ދިޔަ ގޮތް ޝަޔާމަކަށް ކަމަކު ނުދިޔައެވެ.

“ދެން ނަވީން ސީރިއަށް ވެބަލަ..” ޝަޔާމް ހިތްހަމަ ނުޖެހުނީކަން އެނގުމުން ނަވީން ވެސް ސީރިއަސް ވެލާފައި ޗަޔާމް ކުރެން އަނެއްކާވެސް ވީ ގޮތް ކިޔައިދިނުމަށް އެދުނެވެ.

“ކުރިން ދުވަހަކު ތަންކޮޅެއް ހަރުކޮށް މާ ރުޅި އައިސްގެން އަހަންނަށް ޔަލީންއާ ވާހަކަ ދެއްކުނީމަ އޭގެ ފަހުން އޭނަގެ ހަބަރެއް ވެސް ނުވެ.. ދެން.. ދެން.. ނޭނގެ.. އަހަރެން ވެސް ކުޑަކޮށް ގިލްޓީވި އެދުވަހު ކިޔުނު އެއްޗެހިން.. ދެން އޭގެ ހަފްތާއެއް ފަހުން ދިމާ ވެގެން އަހަރެން އިސްވެ މައާފަށް އެދުނީމަ ބުނި ކުށްވެރި ވާނީ ޝަޔާމް އެކަންޏެެއް ނޫނޭ.. ތިމަންނަ ވެސް ކުށްވެރި ވާނެޔޭ.. ތިމަންނައަށް ވެސް އުޅެވުނީ އެންމެ ރަނގަޅަށް ނޫން ކަން ގަބޫލު ކުރަމޭ.. އެހެން ކިޔާފަށް ކުރެވުނު ހުރިހާ އުނދަގުލަކަށް މައާފަށް ވެސް އެދުނު.. އޭގެ ފަހުން ވެސް ދެފަހަރަކު މަގުމަތިން ފެނުނު އެކަމް.. ފެނުނަސް ހީވަނީ އަހަންނާ ދިމާއަށް ނުވެސް ބަލަން ހުވާ ކޮށްގެން ހުންނަ ހެން..” ހިތުގައިވީ އުދާސްތައް ލަފްޒުތަކަކަށް އަތުރާލައިގެން ދުލާ ހަމައަށް ގެންނާނެ ގޮތެއް ނޭނގުނު ނަމަވެސް ޝަޔާމް އޭނާއަށް ކުރެވުނު ގޮތަކަށް އެކަން ކުރިއެވެ.

“ދެން..؟ އެއީ އެއް ނޫންތަ ޝަޔާމް ބޭނުންވި ގޮތަކީ..؟ ޝަޔާމް ބޭނުންވީ ޔަލީން ޝަޔާމްގެ ފަހަތުން އުޅުން ހުއްޓައިލާކަށް ނޫންތަ..؟ އޭނަގެ ކިބައިން ސަލާމަތް ނުވެވިގެން ނޫންތަ ޝަޔާމް އުޅުނީ..؟ ޔަލީން ނުވެސް ފެންނަ ހިސާބަށް ދާކަށް ނޫންތަ ޝަޔާމް ބޭނުންވީ..؟ ދެން މިއަދު ތި ހުރިހާ ވާހަކައެއް މާ ދެރަވެފަ ހުރެގެން ތި ދައްކަނީ ކީއްވެގެންތަ..؟” ނަވީނަކަށް ނުވިސްނުނެވެ. ޝަޔާމް ދުނިޔެއިން މޮޔަވީ ބާވައޭވެސް ނަވީންގެ ހިތަށް އެރިއެވެ.

“ތިޔޭ މަގޭ ޕޮއިންޓަކީވެސް ނަވީން.. ޚުދު އަހަންނަކަށް ވެސް ނޭނގެ އަހަންނަށް މި ވާ ގޮތެއް.. އަހަރެން ވެސް ހީކުރީ ޔަލީން އެ ގޮތަށް އަހަންނާ ދުރުވީމަ އުފާ ކަމަށް އަހަރެން ވާނީ.. އެކަމަކު.. އެކަމަކު ނޭނގެ ވާ ގޮތެއް.. ފާޑެއްގެ އުނދަގުލެއް ވަނީ.. ޔަލީން އަހަރެން ފެނުނަސް ނުފެންނަ ކަމަށް ހަދާފަ ދުރަށް ދާން އުޅޭތީ އުނދަގޫ ވަނީ.. އޭނަ އަހަންނާ ވާހަކަ ދައްކަން ވެސް ނުކެރިގެން އުޅޭތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ.. ޔަލީން ނުފެނުނީމަ ދެރަ ވަނީ.. ޔަލީން ފެނޭތޯ އޭނަ އުޅޭހެން ހީވާ ތަންތަން ކައިރިން ލާފަ އެތައް ފަހަރަކު ދެވޭ.. އަހަރެން ކީ އެއްޗެހިން އޭނަ އެދުވަހު ދެރަ ވެފަ ހުރި ވަރު ސިފަވާ ކޮންމެ ފަހަރަކު އަހަންނަށް އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ރުޅި އާދެވޭ.. ދެން އަހަންނަކަށް ނޭނގެ ކިޔައިދޭކަށް..” ޝަޔާމް މިފަހަރުވެސް އޭނާއަށް އެނގުނު ގޮތަކަށް އެ ހިތުގައިވީ އުދާސްތައް ބޭރުކޮށްލިއެވެ.

“ޝަޔާމް.. އަހަރެންގެ ލޯބިވާ އެންމެ ގާތް އެކުވެރިޔާ.. މަގޭ ބެސްޓްފްރެންޑް.. ތިއަށް ކިޔަނީ ލޯބިވުން.. ޝަޔާމްއަށް ތި އުޅެނީ ޔަލީން ދެކެ ލޯބި ވެވިގެން..” ނަވީން ހަމަ އެހެން ބުނުމާއެކީ ޝަޔާމް ވަގުތުން ދެފަރާތަށް ބޯ ހޫރުވައިލީ އެހެން ނުވާނެޔޭ ބުނަމުންނެވެ.

“އަހަންނަށް އޭރުވެސް އެނގޭ ޝަޔާމް ގަބޫލެއް ނުކުރާނެ ކަން.. އެކަމަކު ވެސް ހަގީގަތް ވާނީ ހަގީގަތަށް.. ޝަޔާމް ތި އުޅެނީ ޔަލީން ދެކެ ލޯބިވެވިގެން.. އެހެން ނޫން ނަމަ ޔަލީން ނުފެނުނީމަ ދެރަވާނެތަ..؟ ޔަލީން ޝަޔާމް އިގްނޯރ ކޮށްލީމަ ތި ހިތަށް ގޮތްގޮތް ވާނެތަ..؟ ޝަޔާމްގެ ސަބަބުން ޔަލީން ދެރަވާން ޖެހޭ ވަރުގެ ކަމެއް ވެއްޖެޔޭ ހިތަށް އަރާފަ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭނެތަ..؟ ދެން ތިއަށް ލޯބި ނޫނީ ކިޔާނެ އެހެން ނަމެއް އޮންނާނެހެން މަށަކަށް ހިއެއް ނުވޭ..” ނަވީން ދެއްކި ވާހަކަތަކާއި މެދުގައި ޝަޔާމަސް ފުންކޮށް ވިސްނައިލެވުނެވެ. ހިތުގެ ކަނަކުން އެ ވާހަކަތަކާއި އެއްބަސްވީ ނަމަވެސް، ސިކުނޑި އަދިވެސް އެކަމާއި ދެކޮޅު ހަދަމުން ދިޔައެވެ.

“ގިނަ ފަހަރަށް ލޯބި ވެވޭނީ އެންމެ ހީނުކުރާ މީހާ ދެކެ.. ޝަޔާމްއަށް ވެސް ތި ވީ ތިހެން.. ޝަޔާމް އަމިއްލައަށް ދެން މިކަމާ ދޭތެރޭ ވިސްނައިލާ..” އެހެން ބުނެފައި ނަވީން ތެދުވެގެން ދިޔުމުން ޝަޔާމަށް އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލެވުނެވެ. ޙަޤީޤަތުގައި ވެސް އޭނާއަށް ޔަލީން ދެކެ ލޯބި ވެވުނީ ބާވައެވެ؟ އެ ސުވާލު އަމިއްލަ ނަފްސާއި ކުރި ވަގުތު އޭނާގެ މުޅި ހަށިގަނޑުވެސް އެކަމަށް އިޖާބަ ދިން ފަދައެވެ. ގައިގައި ވީހާ ލޯލިތަކެއް ކޮޅަށް ޖެހި، ހިތުގެ ހިނގުން އަވަސްވެ، މުޅި މީހާ ފިނިވެ، ބަނޑުގައި ކޮކާ އުުދުހޭ ފަދަ އިހުސާސެއް ކުރެވުނީ، އެ ސުވާލުގެ ޖަވާބު ދެމުންނެވެ.

“އަހަންނަށް.. ޔަލީން ދެކެ ލޯބި ވެވިއްޖެ…” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް އެހެން ބުނެވުނު އިރު، އެ ޖުމުލައިން އަނެއްކާވެސް ހިތުގެ ތެޅުމަށް ބަދަލު އައިކަން ޝަޔާމަށް ފާހަގަ ވިއެވެ. އެހެނަސް، ދެން އޭނާ ޔަލީން ޙާސިލް ކުރާނީ ކިހިނަކުން ހެއްޔެވެ؟ ޔަލީން މިހާރުު އޭނާއާ ދޭތެރޭގައި ބަހައްޓާ ދުރު ކަމުން އެކަމުގައި ޝަޔާމްއަށް ކާމިޔާބީ ހޯދޭނީ ކިހިނަކުން ހެއްޔެވެ؟

*** ** ***

އަސުރު ނަމާދު ކޮށްލައިގެން، ހަވީރުގެ ޛިކުރުތައް ކިޔައި ނިންމައިލި ޔަލީން، މުސައްލަ އޮޅައިލުމަށް ފަހު އަލަމާރި ތެރެއަށް ލިއެވެ. އެއަށްފަހު ޑްރެސިން ޓޭބަލް މަތީގައި އޮޮތް ފޯނު ހިފައިގެން އެނދުމަތީގައި ޖައްސައިލީ އިރުކޮޅަކަށް ހަމަޖެހިލުމަށެވެ. ފޯނުން އިންސްޓަގްރާމަށް ވަދެލި ޔަލީންއަށް ދެލޯ ކުޑަ ކޮށްލެވުނީ އެވަގުތު އައިސްފައި އޮތް ޝަޔާމްގެ މެސެޖު ފެނިފައެވެ. “ހެއި” އެއް ޖަހާފައި އޮތް އިރު، ޔަލީނަށް އަދިވެސް އިނީ ޤަބޫލު ނުކުރެވިފައެވެ. ޝަޔާމް އޭނާ އަންބްލޮކް ކުރީ ކޮން އިރަކު ބާވައޭ ޔަލީންގެ ހިތަށް އެރިއެވެ.

“އަހަންނަށް އެނގޭ މި މެސެޖު ޔަލީންއަށް ފެނިއްޖެ ކަން.. ދެން ހަމަ ރިޕްލައި އެއް ނުދޭނަންތަ..؟” ދެން އައި މެސެޖު ކިޔައިލުމާއެކު ޔަލީނަށް އޮވެވުނު ތަން ވެސް ނޭނގުނެވެ. އެ މެސެޖު ކުރަނީ ހަމަ ޝަޔާމް ބާވައޭ ޔަލީން ގެ ހިތަށް އެރިއެވެ.

“އަހަރެން ދެކެ ރުޅި އައިސްފަތަ އަދިވެސް..؟ އެހެންވެތަ ވާހަކަ ނުދައްކަން ތި ހުންނަނީ..؟” ޝަޔާމް އަނެއްކާވެސް މެސެޖެއް ކޮށްލުމުން ޔަލީނަށް ތެޅިގަނެވުނެވެ. ޝަޔާމަށް އޭނާ މެސެޖުތައް ބަލައި ކަން އެނގުނީ ކިހިނެއް ހެއްޔޭ ހިތަށް އެރި އިރު، މެސެޖު ސީން ކުރާ ވަގުތު ޝަޔާމަށް ފެންނާނެ ކަން ވެސް ޔަލީން ހަނދާނެއް ނެތެވެ.

“ނޫން ޔަލީން.. އެއްފަހަރު ޝަޔާމް ކުރިމަތީ ވާ ވަރަށް މޮޔައެއްހެން އުޅެވިއްޖެ.. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ނުކުރާތި.. އެ ވާނީ ޝަޔާމްގެ ކޮންމެވެސް ރައްޓެއްސަކު ކުރާ ކަމެއް ކަމަށް.. އަޅައިނުލާ..” އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުން ޔަލީން އޭނާގެ ފޯނު ބޭއްވީ އިތުރަށް އެކަމާ ވިސްނަން ބޭނުން ނުވާތީއެވެ.

*** ** ***

ޔަލީންގެ މެސެޖެއްގެ އިންތިޒާރުގައި ވިއްސަކަށް މިނެޓު ހޭދަވީ އިރުވެސް ޔަލީންގެ ފަރާތުން އެއްވެސް ޢިޝާރާތެއް ނުވުމުން ޝަޔާމް މާޔޫސް ވިއެވެ. އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް، އެ ހިތަށް ތަދުވެއްޖެ ކަން ޚުދު ޝަޔާމްއަށް ވެސް އެނގެއެވެ. އިރުކޮޅަކު އެހެން އިނދެއިނދެފައި ހަދާނެ ގޮތެއް ނޭނގުމުން ޝަޔާމް ދެން ގުޅީ ނަވީނަށެވެ. ޝަޔާމް ވީ ގޮތް ކިޔައިދިނުމާއި އެކު ނަވީން ޕިސްޕިސް ތަޅައިލިއެވެ.

“ސާބަހޭ.. ތިހެން އެންމެ ދެތިން މެސެޖެއް ކޮށްލައިގެން ރިޕްލައި ނުދިނީމަ އަދި ނާކާމިޔާބުވީ ކަމަށް ނުނިންމަބަލަ.. އޭނަ ވެސް ޝަޔާމް ހޯދަން އުޅުނީ ތިހެންނެއް ނޫނެއްނު.. ހައެއްކަ މަސް ވަންދެން އައްޓަމައެއްހެން ޝަޔާމްގެ ފަހަތުން އެ މަންޖެ ވެސް އުޅުނީ.. އެވަރު ވެސް ދެން ކަލެއަށް ނުވަންޏާ ތީ ފިރިހެނެއްވެސް ނޫނެއްނު..” ނަވީން ހުރީ ޝަޔާމް އުޅެމުން ދިޔަ ގޮތުން ބޯ ގޮވާފައެވެ.

“ދެން މަ ކިހިނެއްތަ ހަދަންވީ..؟” ޝަޔާމް ހީވަނީ ގޮތްހުސްވެފައި އިން މީހަކު ވާހަކަ ދައްކާ ހެންނެވެ.

“ޔަލީން ޖެއްސި ކަހަލަ ސްޓަންޓެއް ޝަޔާމް ވެސް ޖައްސާ.. އޭނަގެ ފަހަތުން ދުވެގެން ވިޔަސް ލޯބި ހޯދާ.. ދެން ނުބުނާތި މަށަކަށް ނުކެރޭނެޔޭ.. ލޯބި ހޯދޭނީ ކެރިގެން ކުރިމަތި ލައިގެން.. މަސައްކަތް ވެސް ކޮށްގެން.. ކަލޭގެ މޮޔަ ކަމުން އެއް ފަހަރު ނަސީބު އަތުގަ ހިފާފަ އޮއްވާ ވެސް ދޫކޮށްލީ.. ދެވަނަ ފަހަރަށް އެކަހަލަ ޅަ އެއްޗެއް ނާޅާތި.. ދެންވެސް މަ މި ބުނި ގޮތަށް ކަންތައް ކުރޭ..” ނަވީން އެހެން ބުނުމަށް ފަހު، ޝަޔާމަށް އެއްވެސް އެއްޗެއް ބުނާނޭ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ.

ނަވީން ފޯނު ކަނޑައިލުމާއެކު، ޝަޔާމަށް ފޯނު އެނދުމައްޗަށް ހޫރައިލެވުނެވެ. ދެން ނަވީން ބުންޏޭ ކިޔާފައި އޭނަ ވީ އޭނާގެ އަމިއްލަ އުސޫލުތަކުން ބޭރުވެ، ޔަލީންގެ ލޯބި ހޯދަން މަސައްކަތް ކުރަން ހެއްޔެވެ؟ ވަގުތުން އެ ސުވާލުގެ ޖަވާބަކީ އާއެކޭ ކަމުގައި ޝަޔާމްގެ ހިތް ނިންމިއެވެ. އެއާއެކު ދެން ކަންތައް ކުރަންވީ ގޮތުގެ ތަސައްވުރެއް ޝަޔާމްގެ ހިތުގައި ކުރެހިގެން ދިޔައެވެ. އާއެކެވެ. ދެނެއް އޭނާ އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނާޅާނެއެވެ. ޔަލީންގެ ލޯބި ކާމިޔާބު ކުރުމަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެއެވެ. އެއީ ޖާނާއި މާލުން ޤުރުބާންވެ، ފުރާނަ ހިބަކޮށްގެން ވިޔަސް ވެހެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. baby girl 🙈

    Mi part vx vrh reethi Masha Allah ❤️
    happy to be the first one to comment 😁
    lysm ❤️

    1. Nayaa
      baby girl 🙈

      Thank u dear
      Lyt

    2. Nayaa
      baby girl 🙈

      Thank you darling ❤️
      Ahaa congrats on being the first one to comment 🥰
      Lym ❤️

  2. Aalerrr

    Masha Allah mi part vx vrh reethi..
    Curiously waiting for the next part..

    1. Nayaa
      Aalerrr

      Thank you dear ❤️

  3. Mar Yam

    Vrh Salhi mi part vx 😍
    Shayaam and yaleen gulhen dhw eulheny dhn hehe 😅👍🏼
    Thx nayu for ur stories. I love Ur stories ❤️
    Lysm 💋

    1. Nayaa
      Mar Yam

      Thank you maryam ❤️
      Aww that’s so sweet of you 🥰
      Lym ❤️

  4. Mar Yam

    Vrh Salhi mi part vx 😍
    Shayaam and yaleen gulhen dhw eulheny dhn hehe 😅👍🏼
    Thx nayu for ur stories. I love Ur stories ❤️
    Whens next part… Curiously waiting
    Lysm 💋

  5. UNKNOWN GURLL

    V reethi mi part ves
    Curiously waiting

    1. Nayaa
      UNKNOWN GURLL

      Thank you darl ❤️

  6. pumpkin

    masha allah mi part vs vrh reethi
    when next??
    curiously waiting for the next part
    tc ly nayaa

    1. Nayaa
      pumpkin

      Thank you dear ❤️
      Lym ❤️

  7. Nadhoo

    alheyy haadha reechey… avaha next prt genes dheythi nooni nuves nidheyne

    1. Big fan
      Nadhoo

      E thedheh nayu
      I Menah nuvx nidheyne dhw

    2. Nayaa
      Nadhoo

      Shukuriyyaa nadhoo ❤️
      Ahaa ehenveema hama mihaarussure next part genesdhinumuge masakkaiy feshee mi 🥰

  8. Gurll

    maasha allah mi parts ves hama kiyaalaa hithun mi kee varah furihama cant wait next part..
    when next part?
    lym keep it up….

    1. Nayaa
      Gurll

      Thank you ❤️
      Next part friday ga kamah balamaa
      Lym ❤️

  9. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Yal and shayaam gulhen dhw eulheni
    Aara and zaul ves v gulhey
    Azal and yail gulhuvachey
    They all are made for each other
    Shayaam ah eulheni yal dheke loabi vevigen
    I appreciate your hard work
    Your my fav author ❤️
    Tc ❤️😘
    Mi part kiyaafa rovijje 😭 riyaan haadha goahey dhw
    Haadha curious kohlaafa thi nimaaly
    Ly naayoo darling ❤️😚

    1. Nayaa
      Cutie girl

      Thank youu for this long comment dear ❤️
      Means a lot 💓
      Lym ❤️

  10. Unopened

    This part olso very nice 👍👍
    When next part???

    1. Nayaa
      Unopened

      Thankyou ❤️
      Friday ga genesdheveythoa mi ulheny

  11. Nayaa

    Whoever is commenting in my name, and replying to comments in my name, I kindly and humbly request you to stop it. It’s gonna create confusion and it’s just not a very pleasant act to do in the first place. So please stop 😊

    1. Anonymous
      Nayaa

      Hey nayaa when next mi part vx varah varah reethi… e gothah kanthah kurumakee varah hadi kamehh…. thi meehakau kanthah kuraa gothun heevanee kiyun therin liyuntheriyaa ah kuraa ithubaaru gehluvaalan ulheyhen…..

    2. Nayaa
      Nayaa

      Yes anonymous I completely agree..next part iyye submit kurin ekam adhives upload nuvey dho..keeh kuraany..hama admin upload kohdhinhaa avaheh othy

  12. Anonymous

    When’s next part

    1. Nayaa
      Anonymous

      2 dhuvas vejje submit kurithaa..admin upload kohdhineema kiyaalan libeyni

Comments are closed.