އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. އެއީ ދެ މީހެއްގެ ދޭތެރޭގައި، ނުވަތަ ބައެއްގެ މެދުގައި އުފެދޭ ވަރަށް ވަރުގަދަ ގުޅުމެކެވެ. ޒަމާންވީ އެކުވެރިކަމުގެ ތެރެއިން ޔައިލްއަށް އަޒަލް ދެކެ ލޯބިވެވެއެވެ. އެ ހިތުން އަޒަލްއަށް ޚާއްސަ މަޤާމެއް ދެވެނީ ނުވެސް އެނގިހުއްޓައެވެ. އެހެނަސް، އޭރު އަޒަލްގެ ހިތުގައި ރިއާންގެ ނަން ވަނީ ރަން އަކުރުން ފެވިފައެވެ. މި ޚަބަރު ޔައިލްގެ ކަންފަތާ ހަމައަށް ފޯރަނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އެ ޒުވާން ހިތުގެ ފުރަތަމަ ލޯބި ބީވެގެން ދިޔުމާއެކު، […]
ޔައިލް: ޔައިލްއަކީ މިލާންއާއި ޔައިނާގެ ދޮށީ ދަރިފުޅެވެ. ޒުވާން ޢުމުރުގައި އޭނާގެ ބައްޕަ ފަދައިން ޔައިލްވެސް ވެގެން ދަނީ ހުނަރުވެރި ސޮފްޓްވެއަރ އިންޖިނީއަރަކަށެވެ. އުމުރުން ސައްބީސް އަހަރުގައި ބައްޕަގެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރަކަށް ޔައިލް ވެއެވެ. މަސައްކަތުގެ މައިދާނުގައި ގިނަ ބައެއްގެ ލޯބި ޔައިލް ޙާސިލް ކުރެއެވެ. އެހެނަސް، އެފަރާތެއްގެ ލޯބި އެންމެ ބޭނުންވީ ފަރާތުގެ ލޯބި ހޯދުމަށް ޔައިލް ނުކުޅެދެއެވެ. ކުޑަ އިރުއްސުރެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ހުރި ފަރާތަށްޓަކައި އެ ހިތުގައި […]
އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ބަލަން އިން އިރު، އަހަރެންގެ ހިތަށް ލިބެމުން ދިޔައީ އާދަޔާޚިލާފު ހިތްހަމަޖެހުމެކެވެ. މުޅި އުދަރެސް ރަން ކުލައަކުން ފާއްދާލަމުން އެ އިރު އަރައިގެން އެ އައީ އަހަރެންގެ ޙަޔާތްވެސް އަލިކޮށްދެމުންނެވެ. އިރެއްގައި އަހަރެން ތަޙައްމަލު ކުރަން ޖެހުނު ބަނަކަމާއި އަނދިރިކަމުން އަހަރެން ސަލާމަތް ކޮށްދެމުންނެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް އަހަރެންގެ މާޒީގެ ޞަފްޙާތައް އުކަމުން ދިޔައީ މީގެ ފަސް އަހަރު ކުރިއަށެވެ. އެއާއެކު، ހަނދާން ކުރަން ބޭނުންނުވާ، އަހަރެންގެ […]
ރަށުގެ ފާލަންމަތީގައި ފައި ބީއްސައިލެވުމާއެކު، އެ ހަނދާންތައް އައިސް އަހަރެން ވަށައިލިއެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކާއެކު އަހަރެންގެ ހިތުގެ ހިނގުން އެތައް ގުނައެއް އަވަސްވެގެން ދިޔަ އިޙުސާސް ކުރެވުނެވެ. މުޅި މީހާ ދާހިތްލައި، ނޭވާ އަވަސްވެގެން ދިޔަ ފަދަ އިޙުސާސެއް ކުރެވުނެވެ. “އިބްރާހީމްބޭ! ކެޔޮޅުބޭ ބުނީ އިންޖީނަށް ތެޔޮ އެޅުނުހާ އަވަހަކަށް ނައްޓައިލާނަމޯ! އިހަށް މިރަށުގައި މަޑުކޮށްލާށޯ!” އަހަންނަށް ހޭވެރިކަމެއްވީ، ފަޅުވެރި ކުއްޖަކު އެހެން ގޮވައިލި އަޑަށެވެ. އެ ކުއްޖާއަށް ބޯ ޖަހައިލާފައި، ކޮނޑުގައި އޮތް […]
“ކައިވެނީގެ ފަހުން އަދި އިނާއާ ދިމާއަށް ރީތިކޮށް ބަލައިވެސްނުލެވޭ.. އަހަންނަށް ކުރިން ނުކުރެވުނު ބައިވަރު ކަންތައް މިއަދު އަހަރެން ބޭނުން ކުރަން.. މި ވޭތުވެދިޔަ ހަތަރު މަސްދުވަސް ތެރޭ ނުދެވުނު ލޯބި މިއަދު އިނާއަށް ދޭން އަހަރެން ބޭނުން..” މިލާންގެ ވާހަތަކާއެކީ، ޔައިނާގެ މުޅި މޫނު އެކީ ރަތްވެގެން ދިޔައެވެ. ލަދުން ގޮސް މިލާންގެ މޭގައި މޫނު ފޮރުވައިލެވުމާއެކު، މިލާންގެ ލުއި ހުނުމުގެ އަޑު އިވުނެވެ. “އަދި ލަދު ގަންނާކަށް ނުވޭނު.. އަހަރެން އަދި ނުވެސް ފަށަން […]
ޒާރާއާ ނީލާއާ ވާހަކަ ދައްކަމުން ދިޔަ ވަގުތު ޔައިނާއަށް ބަލައިލެވުނީ މިލާންއާ ދިމާއަށެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ އާދޭހުގެ ކުލަވަރުތަކެވެ. އޭނާ ޔައިނާ ބޭނުންވާ މިންވަރެވެ. ޔައިނާއަށް އެދޭ މިންވަރެވެ. ޔައިނާ ދެކެ ލޯބިވާ މިންވަރެވެ. މިލާން މިއަދު އޭނާއަށް އެ ކޮށްދިނީ ހާދަ ބޮޑު ހެޔޮ ކަމެކެވެ. އެ ހެޔޮ ކަންތަކުގެ ބަދަލުގައި ނަމަވެސް، އޭނާގެ މަޢާފު މިލާނަށް ޙައްޤެވެ. ސޯފާއިން ތެދުވެގެން ގޮސް، ޔައިނާ ހުއްޓުނީ މިލާންގެ ކައިރީގައެވެ. އެއާއެކު، މިލާންވެސް އިންތަނުން […]
ގޭގެ ބެލް އެޅި އަޑު އިވުނީ އެވަގުތެވެ. ޒާރާ ތެދުވެގެން ދާން އުޅެން ފެށުމުން، ޔައިނާ އެކަން މަނާ ކުރިއެވެ. ޒާރާ އެތަނގައި ބައިންދާފައި، ދޮރު ހުޅުވަން ދިޔައީ ޔައިނާއެވެ. ދޮރު ހުޅުވި ވަގުތު ދޮރުމަތީގައި އަފާންއާއި މިލާން ތިބިތަން ފެނުމުން ޔައިނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އެހެންނަމަވެސް، ހިނިތުންވާން މަސައްކަތް ކުރަމުން، ޔައިނާ އެ ދެމީހުންނަށް ވަންނާނެ ޖާގަ ދިނެވެ. ދެންވެސް، އެދެމީހުންކުރެ އެކަކުވެސް ވަންނާކަށް ނޫޅުނެވެ. ޔައިނާގެ ދެބުމަ ގޮށްޖެހުނީ އެހެންވެއެވެ. އަފާންއާ މިލާންއާ […]
ލައުރާވެސް އެ ބުނީ ތެދެކެވެ. މިލާންގެ މަގާމުގައި އޭނާ ހުރި ނަމަ އޭނާވެސް ކަންތައް ކުރާނީ ހަމަ މިލާން ކަންތައް ކުރި ފަދައިންނެވެ. ޔައިނާއާ ދިމާއަށް މިލާން ބުނި ކޮންމެ ލަފްޒަކީ މިލާންގެ ލޯ މައްޗަށް ހަގީގަތް ފަރުދާ ކުރެވިފައިވީ އަނދިރިގަނޑެއްގެ ތެރޭގައި ހުރެ، މިލާން ބުނި ކޮންމެ ލަފްޒެކެވެ. ލައުރާ ބުނި ފަދައިން މިލާން ކެނެޑާއަށް ދިޔުމުގެ ކުރީގައި ކަންތައް ކުރި ގޮތަށް އޭނާއަށްވެސް ކަންތައް ނުކުރެވޭނޭކަން ޔަޤީނެވެ. މިލާން އޭނާއަށް އިތުބާރު ނުކުރެޔެކޭ ބުނާނެ […]
“ޔައިނާ.. ހިނގާ ގެއަށް ދާން..” މިލާން އެހެން ބުނުމާއެކު، ޔައިނާ ވަގުތުން މިލާންގެ ދެއަތް ފޮޅުވައިލިއެވެ. “އަހަރެން ދެން ނުދާނަން މިލާންއާ އެކީގައެއް..” މިލާންއަށް ފުރަގަސްދެމުން، ޔައިނާ ބުނެލިއެވެ. “އިނާ ޕްލީޒް.. އަހަރެން ދޫކޮށްފަ ނުދޭ… އަހަންނަށް އަދި އެންމެ ފުރުސަތެއް ދީބަލަ.. ޕްލީޒް.. އާދޭސްކޮށްފަ މި ބުނަނީ..” ދެލޮލުން ކަރުނަ އަންނަ ޙާލު، މިލާން އާދޭސް ކުރިއެވެ. “އަހަރެން ކަހަލަ ގޮތެއް ފޮތެއް ނެތް އަންހެނަކާ އެކީ އުޅޭކަށް މިލާން ބޭނުމެއް ނުވާނެ..” ޔައިނާ ބުނެލި […]