ނައިރާގެ ފާޚާނާ ދޮރުމަތީގައި ހުރެގެން ރީޝާ ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔަ އިރު، އިޔާޝާ އިނީ އެނދުމަތީގައި ހުރި ބާލީސްތަކާއި ކުޅޭށެވެ. ހާސްވެގެން ރީޝާ ދެއަތް ދެއަތާ މޮޑެމުން ދިޔަ އިރު، ނައިރާއަށް ވުރެ ބޮޑަށް ރީޝާ ހާސްވެފައި ހުރިހެން ހީވެއެވެ. “ނައީ..؟ ކޮބާ..؟” ފާޚާނާ ދޮރުގައި ޖަހާލަމުން ރީޝާ ގޮވާލީ ނައިރާގެ ޚަބަރެއް ނުވުމުންނެވެ. ނައިރާ ފާޚާނާއަށް ވަތްތާ ފަނަރަ މިނެޓް ވީ އިރުވެސް ނައިރާގެ އެއްވެސް ޚަބަރެއް ނުވުމުން ރީޝާ ކުޑަކޮށް ހާސްވިއެވެ. “ނައީ… އާރ ޔޫ އޯކޭ..؟” އަނެއްކާވެސް ރީޝާ، ނައިރާއަށް ގޮވާލަމުން ދޮރުގައި ޖަހާލިއެވެ. އެއާއެކު އެތެރެއިން، ދޮރު ހުޅުވޭ އަޑު އިވެން ފެށިއެވެ. އިޚްތިޔާރަކާ ނުލާ، ރީޝާއަށް ހިނިތުންވެވުނު އިރު، ހިތާހިތުން ނަތީޖާ ފައްސިވޭތޯ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުނެވެ. ފާޚާނާއިން ނުކުތް ނައިރާގް މޫނުމަތީގައިވި ކުލަވަރުތައް ދެނެގަންނަން ރީޝާއަށް އުނދަގޫވިއެވެ. މިވަގުތު އެ މޫނުމަތީގައިވި އަސަރުތައް ކިޔުމަށް ރީޝާ ޙަޤީގަތުގައިވެސް ނުކުޅެދުނެވެ. “ވަޓް ވޯޒް ދަ ރިޒަލްޓް..؟” އަވަސްއަވަހަށް ނައިރާ ކައިރި އެހެން އަހާލި އިރު އެ އަޑުގައި އެކުލެވިފައިވީ އުފާވެރިކަމުގެ އަސަރުތަކެވެ. ދެ ތުންފަތް ޖައްސާ ބާރުކޮށްލަމުން ނައިރާ ޓެސްޓް ކިޓް ރީޝާއަށް ދައްކާލިއެވެ. ވަގުތުން ރީޝާގެ ދެލޯ ބޮޑުވި އިރު، އަނގަމަތީގައި އަތް އަޅާލެވުނެވެ.

“ވާއު! ޔޫ އާރ ޕްރެގްނެންޓް ނައީ..! ޔޭ..! ކޮންގްރޭޖުލޭޝަންސް ދޫނީ..” ކިޓްގެ މެދުގައި އަރާފައި އިން ރަތްކުލައިގެ ދެ ރޮނގުކޮޅު ފެނިފައި، ރީޝާއަށް އުފަލުން ފުންމައިގަނެވުނެވެ. “އަޅޭ..! އައިމް ސޯ ހެޕީ ފޯރ ޔޫ..!” ނިކަން ބާރަށް ނައިރާގެ ގައިގައި ރީޝާ ބައްދައިގަތް ނަމަވެސް، ދެވަނަ ސިކުންތުގައި ދުރުވެލީ، ނައިރާގެ ޙާލަތު އެނގުމުންނެވެ. “އޯހ ނޯ..! ސޮރީ ސޮރީ..! ތަދުވިތަ..؟” ހާސްވެފައިވާ މޫނަކާއެކު، ރީޝާ އަހާލީ ނައިރާއަށް އަނިޔާއެއް ވިތޯ ޔަޤީން ކުރުމުގެ ގޮތުންނެވެ. ބަދަލުގައި ހަމައެކަނި ނައިރާ ބޯ ޖަހާލާ، ލުއި ހިނިތުންވުމަކުން ފުއްދާލިއެވެ. ނައިރާއަށް ވެފައި ހުރި ގޮތް ފެނިފައި، ރީޝާއަށް ކޮންމެވެސް ވަރަކަށް ނައިރާ އެ ވިސްނާ ކަންތައް ފަހުމްވިއެވެ. ނައިރާ ގޮވައިގެން އެނދުމަތީގައި އިށީނދެފައި، ރީޝާ ބެލީ ނައިރާ މަސަލަސްކުރެވޭތޯއެވެ.

“ނައީ..؟ އުފަލެއް ނުވޭތަ..؟” ރީޝާ އަހާލިއެވެ. “ނޫން.. އުފާވޭ.. އެކަމް އުފަލާ އެއްވަރަށް ބިރު ގަންނަނީ.. ހާސްވަނީ.. ހީވަނީ ހަމަ އަދިވެސް ރެޑީ ނުވެވޭހެން.. އައި ޑޯންޓް އީވެން ނޯވ ހައު ޓު ޓޭކް ކެއަރ އޮފް އަ ބޭބީ.. ދެން އަހަރެން ކިހިނެއް…؟” ވަގުތުން ދެފަރާތަށް ބޯ ހޫރުވާލި ނަމަވެސް، ނައިރާގެ ދެލޯ ފެންކަޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރީޝާ ނައިރާއާއި ވާހަކަ ދައްކަން ފެށީ، ނައިރާ ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައެެވެ.

“ލުކް ނައީ… ފުރަތަމަކޮޅު ނަރވަސްވެސް ވާނެ.. ބަޓް އައި ނޯވ ދެޓް ޔޫ އެންޑް އާޝް އާރ ވެރީ ރެޑީ ފޯރ ދިސް.. ނައިމެން މެރީ ކުރިތާ މިހާރު ތިން އަހަރަށް އަޅަނީ.. މިވަގުތު މީ ހަމަ ބޭބީއެއް ހޯދަން އެންމެ ރަނގަޅު ވަގުތު.. އެންޑް ނައިގެ އެބަ ހުއްޓޭ ބޭބީއެއް ގެންގުޅުމުގެ އެކްސްޕީރިއެންސް.. ރީއްތައަށްވުރެ ބޮޑަށް ޔަޝޫ ގޮވައިގެން ހަމަ ގައިމުވެސް އުޅެނީ ނައި.. ރީއްތައަށް ނުވާ ދުވަހަކު ވިއްޔާ ޔަޝޫގެ ހުރިހާ ކަމެއް ކޮށްދެނީ ހަމަ ނައި.. ޔަޝޫ ފެންވަރުވާ، ރީތިކޮށް، ކާންދީ، ކިޔަވަދީ، ކުޅެ، ނިންދަވާ، މި ހުރިހާ ކަމެއް ކޮށްދެނީ ހަމަ ނައިއެއް ނޫންތަ..؟ ސޯ، ކިހިނެއް ނައިއަށް ހީވަނީ އެކްސްޕީރިއަންސެއް ނެތޭ..؟ އެންޑް ޖޮބްގަވެސް ދެމީހުންވެސް މިހާރު ހަމަ ފުލީ ސެޓްލްޑް.. ސޯ، އެވްރީތިންގ އިޒް ޕަރފެކްޓް..” ނައިރާ ގެމޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ، ރީޝާ އެތައް ވާހަކައެއް ދެއްކިއެވެ. އެ ވާހަކަތަކުން ނައިރާގެ ހިތަށް ވަރަށް ބޮޑު ޔަޤީންކަމެއް ލިބިގެން ދިޔައެވެ. އަމިއްލަ ނަފްސާއި ދޭތެރޭގައި އޮތް އިތުބާރު ބޮޑުވެ، މީހާ ހަމައަކަށް އެޅުނެވެ.

“ޔާހ.. މޭބީ ޔޫ އާރ ރައިޓް.. އެކަމް ގޭތެރޭގަ މިހާ ކަންތައް ބޮޑުވެފަ އޮތް ދުވަސްވަރެއްގަ……” އެހާ ހިސާބަށް ބުނެފައި، ނައިރާ ހުއްޓާލި ނަމަވެސް، ރީޝާއަށް ނައިރާ ބުނަން އުޅުނީ ކޯޗެއްކަން ވިސްނުނެވެ. “އެކަމާ ދޯ ތި ވިސްނަނީ.. ނައީ.. ވީ ވިލް ހޭންޑްލް އެވްރީތިންގ.. ޔާޝްއާއި އާޝްވެސް އެދަނީ ވަރަށް މަސައްކަތް ކުރަމުން.. އަހަރުމެންނަށް އެނގިތިބެ ރައިގެ ލައިފް ހެލްއަކަށް ހަދާލުމުގެ ފުރުސަތެއް އެކަކަށްވެސް ނުދޭނަން.. އައި ޕްރޮމިޒް.. ނައި އިތުރު އެއްވެސް ކަމަކާ ދޭތެރޭގައި ނުވިސްނައްޗެ.. އެންޑް ކުޑަކުޑަ ބޭބީއެއް އަންނަން އުޅޭކަން އެނގުނީމަ ރައިވެސް ކިހާ އުފާވާނެ.. މޭބީ ދެޓް ވިލް ހެލްޕް ޓު ޕުޓް ހަރ ޕެއިން އެޓް އީޒް..” ނައިރާގެ އަތްތިލައިގައި ހިފާލަމުން ރީޝާ ބުނެލިއެވެ.

ރީޝާގެ ވާހަކަތަކުން ނައިރާއަށް ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހީވީ، ބޮލުން ބޮޑު ބަރެއް އުފުއްލައިލެވުނު ހެންނެވެ. އެހާވެސް ބޮޑަށް ލުއިވިއެވެ. “ތެންކްސް ރީއްތާ..” ހީލާފައި، ރީޝާގެ ގައިގައި ބައްދާލާފައި، ނައިރާ ޝުކުރު އަދާކުރިއެވެ. “އެނީޓައިމް..” ނައިރާގެ ބޮލުގައި ފިރުމާލާފައި، ރީޝާވެސް ހިނިތުންވެލިއެވެ. ކުޑަކުޑަ އިޔާޝާ އައިސް އެ ދެމެދަށް ވަދެގަތީ އެވަގުތުއެވެ.

“މަންމީ.. ދޮންބެ ދައްތިއަށް ކީނެއް ވީ..؟” އުނދަގޫ ގޮތަކަށް އިޔާޝާ އަހާލިއެވެ. “ދޮންބެ ދައްތައަށް ބޭބީއެއް ލިބެނީ.. ހަމަ ޔަޝޫ ކަހަލަ.. ދެން ޔަޝޫވެސް ފޫއްސެއް ނުވާނު ދޯ ދޫނީ.. އަބަދު ކުޅޭނެ ކުއްޖަކު ހުންނާނެ ވިއްޔަ..” ރީޝާ، އިޔާޝާގެ ކޮލުގައި ހިފާލިއެވެ. “އައްސުވެސް..؟ ޔޭ ޔޭ ޔޭ..! ދޮންބެ ދައްތީ ތެންކިއޫ…” ނައިރާގެ ކަރުގައި ބައްދައިގަންނަމުން އިޔާޝާ އެހެން ބުނެލި ގޮތުން ނައިރާގެ ހިތް އުފަލުން ފޮޅިލިއެވެ. ދުަސްކޮޅަކުން އެ އަތިތެރޭގައި ހަމަ އިޔާޝާ ކަހަލަ ލޯބި ލޯބި ކުއްޖަކު އޮންނާނެޔޭ ހިތަށް އެރުމުން އެ ހިނިތުންވުނުން އިތުރަށް ފުޅާވިއެވެ.

“ސޯ، ވެން ޑޫ ޔޫ ޕްލޭން އޮން ޓެލިންގ އާޝް..؟” އިޔާޝާ އުޅުނު ގޮތުން ނައިރާއަށް އަނިޔާއެއް ވެދާނެތީ، ރީޝާ އިޔާޝާ ގެނެސް، އުނގަށް ލިއެވެ. “ވަރަށް އަވަހަށް.. އަސްލު ބޭނުމެއް ނޫން އާޝް މިހާ ސްޓްރެސްވެފަ ހުންނަ ދުވަސްކޮޅެއްގަ މިކަހަލަ ނިއުސްއެއް ދޭކަށް.. ބޭނުންވަނީ ވަރަށް ހެޕީ އެޓްމޮސްފިޔަރ އެއްގަ މިކަން ކުރަން.. ބަޓް… އަމްމްމް.. މިރޭ ބުނާނަން.. ދެން މަންމަމެން ކައިރި މާދަމާ ބުނާނީ..” ނައިރާ ޖަވާބުދާރީވިއެވެ. އޭގެ ފަހުންވެސް އެތައް އިރަކު ނައިރާއާއި ރީޝާ ތިބީ، އުފަން ވާން އުޅޭ ތުއްތު ފުރާނައިގެ އިންތިޒާރުގެ ވާހަކަ ދައްކާށެވެ.

*******

“ދަރިފުޅާ..! ތައްޔާރު ވެވިއްޖެތަ..؟ ރައިޝާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ނުހާ ގޮވާލިއެވެ. އޭރުވެސް އެ އަޑު ދިޔައީ ތުރުތުރު ލަމުންނެވެ. ބޮލަށް އެނބުރުން އަރާ، ވެއްޓޭހެން ހީވި ނަމަވެސް، ދަރިފުޅަށްޓަކައި ހިތްވަރު ކުރަމުން ނުހާ އަނެއްކާވެސް ދޮރުގައި ޖަހާލިއެވެ. ދެންވެސް ޚަބަރެއް ނުވުމުން ތިންވަނަ ފަހަރަށްވެސް ޖަހާލިއެވެ. އެއާއެކު، އެތެރެއިން ތަޅުގައި ހިފާލި އަޑު އިވުނެވެ.

ދޮރު ހުޅުވާފައި ނުހާއަށް އެތެރެއަށް ވަންނަން ރައިޝާ ތަން ދެއްކިއެވެ. ނުހާ އެތެރެއަށް ވަދެފައި މުޅި ކޮޓަރިތެރެއަށް ބަލައިލިއެވެ. އެއްވެސް ތަރުތީބު ކަމެއް ނުވާ އެ ކޮތަރިތެރެވަނީ މުޅީން އެފުށްމިފުށަށް ޖަހާފައެވެ. މިއީ ރައިޝާ ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެވެ. ރައިޝާގެ ޙަޔަތާތަށް އައި ބަދަލާއި އެކު، މުޅި މިޒާޖަށްވެސް އައި ބަދަލު ނުހާއަށް ފެނިއްޖެއެވެ. އެއްފަހަރު ކޮޓަރިތެރެއަށް ބަލައިލުމަށްފަހު، އަނެއްފަހަރު ރައިޝާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ނުހާ ނަޒަރު ހިންގާލިއެވެ. މިއަދު ހެނދުނު ލައިގެން ހުރި ނޫކުލައިގެ ޓޮޕްކޮޅާ ކަޅު ކުލައިގެ ޓައިޓު ލައިގެން ހުރި އިރު އެ ކުރު އިސްތަށިކޮޅު ވަނީ އެއްވެސް ތަރުތީބެއް ނެތި ހާވާލެވިފައެވެ. ރައިޝާގެ އެއްވެސް ތާޒާކަމެއް ނުވާ، ދުޅަވެފައިވާ މޫނުމަތިންނާއި، ރަތްވެ، ވަޅުވަދެފައިވާ ދެލޮލުން އެތައް އިރަކު ރޮއެފައި ހުރި ކަމަށް ހެކިވެއެވެ. ދަރިފުޅުގެ ޙާލަތު ފެނުމުން ނުހާގެ ދެލޯ ފެންކަޅިވި ނަމަވެސް، ހިތްވަރު ކޮށްލާފައި ވާހަކަ ދައްކަން ފެށީ، މިނޫން ރާސްތާއެއް ފެންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުންނެވެ.

“ދަރިފުޅު އަދިވެސް ތައްޔާރެއް ނުވަންތަ..؟ މިހާރު އެމީހުން އަންނާނެ..” ނުރޮއެ ވޭތޯ މަސައްކަތް ކުރަމުން ނުހާ އެހެން އަހާލި އިރު އެ އަޑު ވަނީ ކުރަކިވެފައެވެ. “މަންމާ.. އަޅުގަނޑު ބޭނުމެއްނޫން ކައިވެނި ކުރާކަށް.. މަންމަ ޕްލީޒް.. ބައްޕަ ކައިރި ބުނެދީ.. މަންމާ އަޅުގަނޑު މޮޔަވެދާނެ.. ހެޔޮނުވާނެ.. ތިހެން ނުހަދާ.. މާއިިޝް ނޫން އެހެން ފިރިހެނަކާ ދިމާއަށް އެފަދަ ނަޒަރަކުން ބަލައިލުމަކީވެސް އަހަންނަށް ކުރެވޭނެ ކަމެއް ނޫން.. މާއިޝް އަށް މިހިތުން ދިން ކަހަލަ މަޤާމެއް އެހެން އެއްވެސް ފިރިހެނަކަށް ދެން ނުދެވޭނެ.. މަންމާ ޕްލީޒް..” ކުއްލިއަކަށް ހުރެފައި، ރައިޝާ އައިސް ނުހާގެ ދެއަތުގައި ހިފާ، އާދޭސްކުރަން ފެށިއެވެ. ދަރިފުޅުގެ މި ޢަމަލުތަކުން ނުހާ އިތުރަށް ދެރވެ ރޮވެން ފެށުނެވެ. ދަރިފުޅު މިކަމުން ސަލާމަތް ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތުމުން ނުހާ ދެރަވީ އިންތިހާއަށެވެ.

“ދަރިފުޅާ.. މަންމަ އަދި ކިތައް ފަހަރު ބައްޕަ ކައިރި ބުނާނީ..؟ ބައްޕަ އެއްބަހެއް ނުވާނެ.. ދަރިފުޅާ.. މަންމައަށް މަޢާފް ކުރޭ.. މަންމައަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް.. މަޢާފް ކުރޭ..” ރޮވެން ފެށުމުން މޫނުމަތީގައި އަތް އަޅާލަމުން ނުހާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. މަންމަގެ މި ޢަމަލު ފެނުމާއެކު، ރައިޝާވެސް އިތުރަށް ދެރަވިއެވެ. އޭގެފަހުން އެ ދެމެދުގައި ހަމަހިމޭންކަމުގެ ސުކޫތެއް ހިނގިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ފުން ވިސްނުމެއްގައި އިނދެފައި، ރައިޝާ އޭނާގެ ފަހުގެ ނިންމުން ނިންމިއެވެ.

“އަޅުގަނޑު މި ކައިވެނި ކުރާނަން.. މި ކައިވެނިން އަޅުގަނޑަށް އެއްވެސް އުފަލެއް ލިބޭނެކަން ނޭނގޭ އިރުވެސް.. ބައްޕަގެ ޗޮއިސް ގޯސް ނުވާނެކަން އަޅުގަނޑަށް ޔަޤީން.. މަންމައާއި ބައްޕަ މުޅި އުމުރު ދުވަހު އަޅުގަނޑުގެ ޙައްޤުގައި ކޮށްދިން ކަންތައްތަކުގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެކަން އެނގޭ.. އެކަމަކު، މި ކައިވެނި މި ކުރަނީ މަންމަމެންގެ އުފަލަށް.. މަންމަމެންގެ ބުނުމަށް ފުރަގަސް ނުދޭން ވެގެން.. އަރޫން ދެކެ ދުވަހަކުވެސް އަޅުގަނޑަކަށް ލޯތްބެއް ނުވެވޭނެ.. އަރޫން އެކަންޏެއް ނޫން.. އެހެން އެއްވެސް ފިރިހެނަކަށް މާއިޝްއަށް ދިންފަދަ މަޤާމެއް ނުދެވޭނެ.. ދުވަހަކުވެސް ނުދެވޭނެ.. އެކަމަކު އަތންބެއްގެ ފަރާތުން ފިރިއަކަށް ލިބެން ޖެހޭ ހުރިހާ ޚިދުމަތެއް އަޅުގަނޑު ފުރިހަމައަށް ކޮށްދޭނަން.. އެއީ މަންމަ ދަސްކޮށްދިން ގޮތް ކަމަށް ވާތީ.. އަޅުގަނޑަށް މަންމައާއި ބައްޕަ ފަޚުރުވެރި ކޮށްދެވިއްޖެ ކަމަށް އުންމީދު ކުރަން.. އަޅުގަނޑު މި ކައިވެނި މި ކުރަނީ އަޅުގަނޑުގެ އުފާތަކަށް ފަސްއަޅާ، ފޮރުވަމުން.. އެކަމަކު އަޅުގަނޑު ދޮގެއް ނަހަދާނަން.. އަޅުގަނޑު އަދިވެސް މާއިޝްއަށް އިންތިޒާރު ކުރާނަން.. އަބަދުވެސް ކުރާނަން..” ނުހާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ އެ ހުރިހާ ވާހަކައެއް ދައްކަމުން ދިޔަ ރައިޝާއާއި ދިމާއަށް ނުހާއަށް ބަލައިލެވުނީ ޤަބޫލު ނުކެރިފައި އިނދެއެވެ.

މައިންބަފައިންނަށްޓަކައި ދަރިޔަކު އެހާ ބޮޑު ޤުރުބާނީއެއް ވެދާނެ ކަމަށް ފަހަރެއްގައިވެސް ޤަބޫލެއް ނުކުރެވުނެވެ. ރައިޝާގެ ހިތްވަރުގަދަކަމަށް ތަޢުރީފް ކޮށް، އެ ކުރަމުންދާ ހިތާމަތަކުގެ ސަބަބުން މަޢާފަށް އެދެން ބޭނުންވި ނަމަވެސް، މިވަގުތު އޭނާގެ ދޫ ޙަރަކާތެއް ނުކުރިއެވެ. އެނދުމަތީގައި އޮތް ހެދުން ހިފައިގެން ރައިޝާ ގޮސް ފާޚާނާއަށް ވަތް އިރުވެސް، ނުހާއަށް އިނދެވުނީ ބަލާށެވެ.

ރައިޝާ ގޮސް ފާޚާނާއަށް ވަނުމާއެކުހެން ނުހާއަށް ގިސްލަގިސްލާފައި ބާރަށް ރޯން ފެށުނެވެ. ރައިޝާއަށް އަޑު އިވިދާނެތީ އަވަސްއަވަހަށް އަނގަމަތީގައި އަތް އަޅާފައި އަޑު ހިންދާލިއެވެ. މޫނު ފުހެލާފައި، ނޭފަތް ދަމާލަމުން ނުހާ ބޭރަށް ހިނގައިގަތީ އިތުރަށް އެންމެ ސިކުންތަކުވެސް ރައިޝާގެ ކުރިމަތީގައި ހުންނާނެހާ ހިތްވަރު ނެތުމުންނެވެ.

*******

“ކޮބާ އޭނަ..؟” ސިޑިން ފައިބައިގެން އައި ނުހާއާއި މުޚާތަބު ކުރަމުން ރިޔާޒް އަހާލިއެވެ. އެވަގުތު ސޯފާގައި އިށީނދެގެން ތިބި މީހުން ނުހާގެ ލޮލުގައި އަޅައިގަތެވެ. “އެބަ އާދެ..” އެމީހުންނަށް ހިނިތުންވުމެއް ރައްދު ކޮށްލަމުން ނުހާ ބުނެލިއެވެ. “މިއީ އަދީލް.. އަހަރެންގެ ވަރަށް ޅަ އިރުގެ ރަށްޓެއްސެއް.. އުޅެ ބޮޑުވީވެސް އެކުގަ.. އެކަމަކު ދެން މިހާރު ދިރުއުޅުމުގެ ޙާލަތު ހުރި ގޮތުން ހާލަކުން ފަހަރަކު މި ބައްދަލު ވެވެނީވެސް ދޯ.. ދެން މީ އާލިޔާ.. އަދީލްގެ އަންހެނުން.. ދެން މީ އަދީލްއާއި އާލިޔާގެ ހުރި ހަމައެކަނި ދަރިފުޅު.. އަރޫން އަދީލް..” އަދީލްގެ ކުޑަ ޢާއިލާ ނުހާއަށް ރިޔާޒް ތަޢާރަފް ކޮށްދިނެވެ.

އެވަގުތު ރީޝާއާއި، ނައިރާއާއި އެކު، ޔާޝްއާއި ރިއާޝްވެސް އައެވެ. ކާންވެގެން އައި ނަމަވެސް، ސޯފާގައި ތިބި މީހުން ފެނިފައި ވަގުތުން ރިއާޝް ކާހިތް ކެނޑުނެވެ. މިއީ، ބައްޕަ ރައިޝާގެ ކައިވެނި ކުރުވަން އުޅޭ ކުއްޖާކަން އެނގުނެވެ. އެހެންނަމަވެސް، މާއިޝް ފިޔަވާ އެހެން މީހަކާއި އެކު ރައިޝާގެ ކައިވެނި ކުރެވޭތަން ދުށުމަކީ ރިއާޝް އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. އަތުންފައިން ގޯހެއް ހެދިދާނެތީ ރިއާޝް ގޮސް މައްޗަށް އެރިއެވެ. ރިއާޝްގެ ފަހަތުން ނައިރާ ދިޔުމުން، ކިތަންމެ ދާން ބޭނުންވެފައި ހުރި ނަމަވެސް، ޔާޝްއާއި، ރީޝާ މަޑުކުރީ ރިޔާޒްގެ އެދުމަށެވެ.

“ހިނގާ އެއްޗެއް ކާލަން ދަމާ..” މޭޒުމަތި ތައްޔާރުކޮށްލާފައި އައިސް، ނުހާ ކެއުމަށް ދަޢުވަތު ދިނެވެ. “ދަރިފުޅު ދޭބަލަ ރައިޝާ ގޮވައިގެން އަންނަން..” ރީޝާއާ މުޚާތަބުކޮށް ރިޔާޒް ބުނެލުމުން ކިޔަމަންތެރިކަމާއެކު ރީޝާ ބޯ ޖަހާލިއެވެ. ވަގުތުން ރައިޝާގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހި ނަމަވެސް، ރައިޝާ ގެންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް، އިތުރު ގޮތެއް ނެތެވެ. ޖެހޭނީ ދާށެވެ.

“ރައީ..” ދެތިން ފަހަރަކު ޓަކި ޖަހާލުމުންވެސް ދޮރު ނުހުޅުވުމުން ރީޝާ ތަޅުގައި ހިފާލިއެވެ. ތަޅު ނުލާ ހުރުމުން ރީޝާ ދޮރު ހުޅުވާލާފައި ރައިޝާއަށް ގޮވާލިއެވެ. އެވަގުތު ލޯގަނޑު ކުރިމަތީގައި ހުރި ރައިޝާ ސިހިފައި މޫނު ފުހެލިއެވެ. އަދި ރީޝާއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން މޫނު ރީތިކޮށްލިއެވެ. “އެމީހުން އައީތަ..؟” އެ އަޑުގައި ހިތާމަވެރިކަމުގެ އެއްވެސް އަސަރެއް ނުވާހެން ރައިޝާ އަހާލި ގޮތުން ރީޝާއަށް ލިބުނީ ހައިރާންކަމެވެ. މި ކައިވެންޏަށް ރައިޝާ އެހާ ފަސޭހައިން އެއްބަސްވީ ބާވައޭ ހިތަށް އަރަމުން ދިޔައެވެ. މިއީ ހަމަ މިއަދު ހެނދުނު ކައިވެނި ހުއްޓުވައިދޭތޯ ރޮއެ، އާދޭސް ކުރި ރައިޝާބާވައޭ ހިތަށް އެރިއެވެ. ރައިޝާއަށް ޖަވާބެއް ނުދީ، ރީޝާއަށް ހުރެވުނީ އަދިވެސް ބަލަހައްޓައިގެންނެވެ.

“ނިމުނީ.. ހިނގާ ދާން..” ޝޯލްގައި އެންމެ ފަހު ޕިން ޖަހާލަމުން ރައިޝާ ބުނެލިއެވެ. “ރީއްތާ..” ރީޝާގެ މޫނު ކުރިމަތީގައި އަތް ހޫރާލުމުން ރައިޝާ ގޮވާލިއެެވެ. “އަ.. އާނ.. ކީކޭ..” ކުރަމުންދިޔަ ޚިޔާލީ ފުން ކަނޑުން ބޭރުވާން ރީޝާއަށް އެނގުނީ އެހިސާބުންނެވެ. “ކޮން ޚިޔާލެއްގަ..؟ އަވަހަށް ހިނގާ ދާން.” ދޮރުން ބޭރަށް ނުކުންނަން އުޅުނު ރައިޝާގެ އަތުގެ މުލައްދަނޑީގައި ހިފައި، ރީޝާ ހުއްޓުވިއެވެ. “ރައީ.. ރައި މިހާރު މި ކައިވެންޏަށް މުޅިން އޯކޭތަ ހަމަ..؟ އެކަމް… ކިހިނެއް..؟” ރީޝާއަށް އަހާލެވުނެވެ.

“ރީއްތާ.. އަހަރެން މިއަދު މީހަކަށް ހަދައިދިނުމަށް ބައްޕަ ވީ ޤުރުބާނީއާއި، އަހަރެން މިވާ ޤުރުބާނީއަކީ އަޅާކިޔޭނެ އެއްޗެއް ނޫން.. ބައްޕަ އަހަރެންގެ ކިބައިން އެދުނީ އެންމެ ކަމަކަށް.. އެކަންތައް އަހަރެން ބޭނުން ފުރިހަމަ ކޮށްދޭން.. ދެންވެސް ހިނގާބަ ދާން.. އަވަސް..” އެހެން ބުނެފައި ރައިޝާ ކޮޓަރިން ނުކުތުމުން ރީޝާ ފެންކަޅިވިއެވެ. “އައިމް ޕްރައުޑް އޮފް ޔޫ ރައީ.. ތިކަހަލަ ދަރިއެއް ލިބޭނީ ވަރަށް ނަސީބު ގަދަ މައިންބަފައިންނަށް.. ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް..” ހިތާހިތުން ރައިޝާޢަށް ތަޢުރީފް ކުރަމުން ރީޝާވެސް ރައިޝާގެ ފަހަތުން ނުކުމެ، ދޮރު ލައްޕާލިއެވެ.

*******

“އަނހަަ.. މިއޮށް އައީނު ރައިޝާ..” ބަދިގެއަށް ވަދެގެން އައި ރައިޝާ ފެނުމުން ރިޔާޒް ހިނިތުންވެލާފައި، އަދީލްމެންނަށް ރައިޝާ ދައްކާލިއެވެ. “ދަރިފުޅާ އާދޭ.. އިށީނދޭ.. މިއީ އަރޫން.. ދަރިފުޅަށް ކަމުދޭތަ..؟” ރައިޝާ އައިސް އިށީނުމުން ރިޔާޒް ރައިޝާ ކުރެން އަހާލިއެވެ. އެއާއެކު، ރައިޝާ އިސްއުފުލާލާ، އަރޫންއާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު އަރޫންވެސް ރައިޝާއާއި ދިމާއަށް ބަލަން އިން ކަން ފާހަގަ ވުމުން ރައިޝާގެ ހިތަށް ވެރިވެގަތީ ފާޑެއްގެ ފޫއްސެކެވެ. އެހެންނަމަވެސް، މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބަލަމުން ރައިޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. ބަދަލުގައި އަރޫން ހީނުލާތާ، ފަހުން ބަލައިވެސް ނުލިއެވެ. މިއީ ވާ ފޮނި ފިރިހެނެކޭ ރައިޝާގެ ހިތަށް އެރިއެވެ.

އަރޫންއަކީވެސް ރީތި ޒުވާނެކެވެ. މާއިޝްއާއި އެއްފަދަ ދޮންކަމެއް ލިބިފައި ނުވާ ނަމަވެސް، މާ ކަޅެއްވެސް ނޫނެވެ. ހަށިގަނޑު ބިޔައެއް ނޫނެވެ. ހިކި ދިގު ޒާތަކަށް ހުރި ނަމަވެސް ހުތުރެއް ނޫނެވެ. މިޒަމާނުގެ ބަހުން ނަމަ”ސްމާރޓް” ކަމަސް ދައްކައެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގެ މަތިން ލާފައި ހުރި ޑެނިމް ޖެކެޓު ރައިޝާއަށް މާ ކަމަކު ނުދިޔައެވެ. ތިރިންވެސް ލައިގެން ހުރީ ހަމަ އެކުލައިގެ ޑެނިމް ޖިންސެކެވެ. ހެދުން އެޅުމުގައި މާ ބޮޑަށް ހުޅަނގުގެ ގޮތްގަނޑު ބޭނުންކޮށްފައި ވުމުން ރައިޝާ ފޫހިވިއެވެ. ކަނދުރާއާއި ހަމައަށް އަރާ އިސްތަށިގަނޑު ދިގުކޮށްފައި ހުރުމުން ބަލަން އުނދަގޫވީ، ފިރިހެން ކުދިން އިސްތަށިގަނޑު ދިގު ކުރުމުން އޭނާއަށް ކަމުނުދާތީއެވެ. ކަރުގައި އަޅާފައިވާ ރިހި ފަށުގެ ފުލުގައި ދޫންޏެއްގެ ފިޔަގަނޑެއްގެ ޒާތަކަށް އިން އެއްޗެއް ލައްވާފައި އިނެވެ. އެއް ކަންފަތް ތޮރުފާފައިފައި ވާއިރު ފުދޭވަރެއްގެ ދިގު، ރިހިކުލައިގެ އެތިކޮޅެއް ލައްވާފައި އިނެވެ.

އަރޫންގެ ފުރަތަމަ ފެނިލުމުންވެސް ރައިޝާގެ ހިތަށް ވެރިވެގަތީ ފޫހިކަމާއި، ފަޅުކަމެވެ. ކީއްވެކަމެއް ނޭނގެއެވެ. ބޭނުން ނުވިޔަސް، ހިތާހިތުން އަރޫންގެ ކޮންމެ ސިފައަކަށް މަލާމާތް ކުރެވެމުން ދިޔައެވެ. އަރޫން ލައިގެން ހުރި އަންނައުނުން ފެށިގެން ދިގުކޮށްފައި ހުރި އިސްތަށިގަނޑާއި، ތޮރުފައިވާ ކަންފަތުން ފެށިގެން ގޮސް، ކަރުގައި އަޅާ ފަށަށް ދާންދެން ކުދި ކިޔެން ފެށުނެވެ. އަރޫންގެ މިޒާޖު އަދި ނޭނގުނު ނަމަވެސް، މިޒާޖުވެސް ރައިޝާގެ ތަދުބީރުން ލިޔެ، ނިންމާލައިފިއެވެ. އަޖައިބެއްތާއެވެ! އެމީހަކު ހެދުން އަޅާނީ އެމީހަކު ބޭނުންވާ ގޮތަކަށް ނޫންހެއްޔެވެ؟ މީހަކު ހެދުން އަޅާފައި ހުންނަ ގޮތުން އެމީހެއްގެ މިޒާޖާއި، އަޚްލާޤު ވަޒަން ކުރެވޭނެ ހެއްޔެވެ؟ ނޫނެކެވެ. މިއީ ރައިޝާ އެއް އިރެއްގައިވެސް އުޅުނު ގޮތެއް ނޫނެވެ.

އެހެންނަމަވެސް، މިރޭ އަރޫން ފެނުމާއި އެކު، އެ ކަންތައް ބަދަލުވެގެން ދިޔައީ އަރޫންއާއި ދޭތެރޭގައި އުފެދިފައިވާ ފޫހިކަމުންނެވެ. އެ ފޫހިކަން މަޑުމަޑުން ނަފްރަތަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. މާއިޝް ނޫން އެހެން މީހަކާއި ދޭތެރޭގައި އެ ނަޒަރުން ދެކެން މަޖުބޫރުވި ފުރަތަމަ މީހާ ދެކެ ރުޅި އާދެވުމަކީ މުސްތަޙީލު ކަމެއް ހެއްޔެވެ؟ މާއިޝްއަށް ދޭން ބޭނުންވާ މަޤާމު އެހެން މީހަކަށް ދިނުމަށް މަޖުބޫރުވި މީހާ ދެކެ ރުޅި އާދެވޭނެ ނޫންހެއްޔެވެ؟ މިކަމުގައި އަރޫންގެ އެއްވެސް ކުށެއް ނެތް ނަމަވެސް، ރައިޝާގެ ހިތުގެ ކަނަކުން އަރޫންއަކީ ރަނގަޅު މީހެއް ނޫންކަމަށް ބުނަމުންދާ ސަބަބެއްވެސް އޮންނާނެ ނޫންހެއްޔެވެ؟ މިވަނީ ކީއްހެއްޔެވެ؟ އެހާ އަވަހަށް އަރޫންއާއި ދޭތެރޭގައި އެ ހިތުގައި ފޫހިކަމާއި، ނަފްރަތު އުފެދެން ފެށީ ކީއްވެބާވައެވެ؟ އެއީ މާއިޝްގެ ހަނދާންތައް އެ ހިތަށް އުނދަގޫ ކުރަމުން ދާތީބާވައެވެ؟ ނޫނީ އެހެން ސަބަބެއް އޮވެގެން ބާވައެވެ؟

“ދަރިފުޅުމެން ދެކުދިން ދާންވީނު ބެލްކަންޏަށް ވަހަކަ ދައްކާލަން..” އިސްޖަހައިގެން އިނދެ އުލުން ތަށީގައި ހުރި ކާއެއްޗެއްސާ ކުޅެމުން ދިޔަ ރައިޝާއަށް ބަލައިލެވުނީ ރިޔާޒްގެ ޖުމްލަ އަޑު އިވުމުންނެވެ. އެއާއެކު، ރައިޝާއަށް ބަލައިލެވުނީ އަރޫންއާއި ދިމާއަށެވެ. އަރޫން ތެދުވުމާއެކު، ރައިޝާވެސް ތެދުވިއެވެ. “ދަރިފުޅު ދޭބަލަ އަރޫން ގޮވައިގެން ބެލްކަންޏަށް..” އަނެއްކާވެސް ރިޔާޒް ބުނެލިއެވެ. “އާދޭ..” މަޑުމަޑުން އެހެން ބުނެލަމުން ރައިޝާ ހިނގައިގަތެވެ. އަރޫންވެސް ރައިޝާގެ ފަހަތުން ހިނގައިގަންނަމުން ޖެކެޓުގެ ޖީބަށް އަތް ޖަހާލިއެވެ.

“ހީވޭ ވަރަށް ކާމިޔާބު ވާނެހެން…” އަރޫންމެން ދިޔަ ދިމާއަށް ބަލަން އިނދެފައި އަދީލް ހިނިގަނޑެއް ޖަހާލިއެވެ. “އަސްލުވެސް..” އާލިޔާވެސް ބައިވެރި ވެލިއެވެ. “ދެކުދިން ވަރަށް ގުޅޭ.. އަދީލް.. މަށަކަށް ނުފެނެ ލަސްކުރާކަށް.. ހަމަ ވީހާވެސް އަވަހަކަށް ކައިވެނި ކުރުވަން ބޭނުމީ..” ފެންތަށިން ކޯވަރެއް ބޮއެލާފައި ރިޔާޒް ބުނެލިއެވެ. “އަހަންނަކަށްވެސް ނުފެނެ ލަސްކުރާކަށް.. އަންނަ މަހުވެސް އަހަންނަށް އޯކޭ.. ދޯ އާލިޔާ..؟” އަދީލް ޖަވާބު ދިނެވެ. “އާނ.. މިހާރު އަރޫންވެސް އެހުރީ ކިޔަވާ ނިމިފަ.. އެހެން ހުރުމަށްވުރެ ރަނގަޅުވާނެ ދިރިއުޅުމެއް ފެށިއްޔާ.. ރައިޝާވެސް ކިޔަވާ ނިމުނީ.. އަހަރެމެންނަށް ރައިޝާ ވަރަށް ކަމުދޭ.. އެހެންވީމަ ވީހާވެސް އަވަހަކަށް ކައިވެނި ކުރުވަން ބޭނުމީ.. ނުހާ ބުނަނީ ކީކޭ..؟” އާލިޔާ ނުހާއާއި މުޚާތަބުކޮށް ބުނި ނަމަވެސް ނުހާ އިނީ ޚިޔާލަކަށް ގެއްލިފައެވެ. އާލިޔާ ބުނި އެއްޗެއް އަޑު ނީވޭ ފަދައަކުންނެވެ.

“ނުހާ..؟ ނުހާ..؟” އާލިޔާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. “އާނ.. ކީކޭ..؟” ހޭވެރިކަން ވީ މީހެއް ފަދައިން ނުހާ އަހާލިއެވެ. “ކައިވެނި އަވަސްކުރަން ފެނޭހެއްޔޭ..؟” އާލިޔާ ތަކުރާރު ކޮށްލިއެވެ. “އަހަންނަސް އެންމެ ރަނގަޅު..” ނުހާ އެހެން ބުނީ ހިތާ ދެކޮޅަށެވެ. އިތުރަށް އެތާ ހުންނަން ބޭނުން ނުވުމުން ޔާޝް އެތަނުން ދިޔައީ އިޔާޝާ ހޭލާނެއޭ ބުނެ، ބަހަނާ ދައްކަމުންނެވެ. ރީޝާވެސް ޔާޝްގެ ފަހަތުން ދިޔައީ ރިޔާޒް ބުނަން ބޭނުންވާނެ އެއްޗަކަށް ބެލުމެއް ނެތިއެވެ.

*******

ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން މާލޭގެ ހަލަބޮލި މާހައުލަށް ގެއްލިފައި ދެމީހުން ތިއްބެވެ. މިވަގުތު އޭނާގެ ކައިރީގައި އަރޫންގެ ބަދަލުގައި މާއިޝް ހުރިނަމައޭ ހިތަށް އެރީ ކިތައް ފަހަރުކަމެއް ނޭނގެއެވެ. މާއިޝްގެ ޚިޔާލުތައް ބޮލުތެރޭގައި އެނބުރެން ފެށުމުން ރައިޝާ ދެފަރާތަށް ބޯ ހޫރުވާލާ، ފުން ނޭވާއެއް ދޫކޮށްލިއެވެ. އިސްވެ ވާހަކައެއް ފަށަން ރައިޝާ ނިންމީ އެހިސާބުންނެވެ. “ސޯ… އަމްމް… ކޮން ނަމެއް ކިޔަނީ..؟” ބުނާނެ އެއްޗެއް ނޭނގުމުން އެންމެ ފުރަތަމަ ބޮލަށް އައި ސުވާލު ރައިޝާ ކޮށްލިއެވެ. “ނަންވެސް ނޭނގިތަ އަހަންނާ ކައިވެނި ކުރަން އެއްބަސްވީ..؟” ރައިޝާއާއި ދިމާއަށް ބަލައިވެސްނުލާ ހުރެ އަރޫންވެސް ކޮށްލީ ސުވާލެކެވެ. “ނޫން.. ދެން.. އިނގޭ އަރޫން އަދީލްކަން ކިޔަނީ.. އެކަމް… ކޮންވަރޒޭޝަންއެއް ފަށާނެ ގޮތެއް ނޭނގުނީމަ އެހެން އެހުނީ.. މާ ބޮޑަށް އޮކްވާރޑް ވީމަ..” އަރޫންގެ ޖަވާބުން އަނެއްކާވެސް ރައިޝާގެ ހިތަށް ލިބިގެން ދިޔައީ ފޫހިކަމެކެވެ. އަރޫންގެ ބަސްމަގާއި، ޢަމަލުތައް ހުރިގޮތް ރައިޝާއަށް ކަމަކު ނުދިޔައެވެ. އެހެންނަމަވެސް، އެއްޗެކޭ ނުބުނެ، ކެތް ކޮށްލައިގެން ރައިޝާ ހުރީ، ރިޔާޒްއަށް ވެވިފައިވާ ވަޢުދުގެ މަތިން ހަނދާން ވުމުންނެވެ. އެހެންނޫންނަމަ، މިހާރު ރުޅިއައިސްގެން ގޮސް، ކުރިމަތީގައި މި ހުރި ފިރިހެނާގެ މޫނުމަތީގައި ބޮނޑިއެއް އަޅާލެވުނީސްކަން ޔަޤީނެވެ.

ނުނިމޭ…

22

6 Comments

 1. ayshath thasnym

  October 12, 2021 at 12:21 pm

  🧡🧡🧡🧡🧡🧡🧡🧡

 2. Anuu

  October 12, 2021 at 3:00 pm

  the last sentence tho. 😂
  vaahaka v. reethi ingey sis 👌
  comment nukuriyas ves baraabarah vaahaka kiyan ingey
  ly sis ❤️❤️

  • Nayaa

   October 12, 2021 at 5:18 pm

   thankiu so much Annu… Cmnt nukuriyas baraabarah vhk kiyaalaakan enguneema hama vrh happy..
   hehe last sentence dhw… eii hama thedhekey.. moonu matheega bondi eh alhaalan v ey.. lol..
   lym darl <3
   ss & tc

 3. Xainer Saalim

  October 12, 2021 at 7:06 pm

  Adhivx maaish ah vee goiy neygey

  • Nayaa

   October 12, 2021 at 7:58 pm

   sorry if u feel disppointed… but, alhugandah story gendheveynee plan kohfa oiy gothah.. mi prt ga maaish gellunee ey bunefa nxt prt ga oh maaish aissi yay yay keema kamaku nudhaane.. mee alhugandu vrh dhuraalaa plan kohfa oiy stry eh.. stry genesdheveynee alhugandu plan kohfa oiy gothah.. sorry to say this.. but hama reader eh maaish ah v goiy neyngeythee foohi vey buneema i can’t just tell what happened to him… i have other readers too.. i have to consider their wishes too.. mee stry ge massala bodu vaa bai… kunnaa hamayah dhaa iru maaish ah vaa goiy ingeyne.. vhk eh viyyaa vhk egga hunnan jehey baithakeh hunnaane… ekan ingeyneevx alhugandumen vhk liyaa meehunnah… vhk eh vejjeyyaa feshumakaai, maigandakaai, massala akaai. massala bodu vaa hisaabaai, kunnakaai, nimumeh onnan vaane.. ehen noonee vhk eh vhk akah nuvaane.. that is why i am doing this… maaish gelley vhk akee massala… raisha ah aroon aa marry kuran force vumakee massala bodu vaa hisaabu.. maaish ah v goiy ingeynee kunnuga.. so plz, just let me write the story the way i have planned it… please.. ur comments are giving me a lot of stress.. i know that u are just expressing ur thoughts but, u can’t tell me how to write MY OWN STORY.. foohi vaa nama vhk nukiyas ok.. ekam alhugandah vhk genesdheynee vhk plan kohfa oiy gothah… this is my reply.. and i’m sorry if i sound rude, but i just want to tell u that i can only write the story how i have planned to write it.. thank you for ur comment.. i genuinely appreciate it.. once again i’m rly rly rly sorry if i sound rude.. sorry cux that was not my motive..

  • Nayaa

   October 12, 2021 at 8:04 pm

   and alhugandu buneemennu maaish ah v goiy 30 noonee 31st ga genesdheveythoa balaanamey… alhugandu vrh balaifin ehn hedheythoa… ekam ehn hedheema vhk ekkoh hadi vanee.. e hisaabun mulhi vhk ge plot e dhiyaee.. main incident vx dhiyaee.. i’m sorry.. but now i’m gonna write the story the way i planned it.. CUX IT’S MY STORY.. u can just tell me if u love it or hate it.. or u can tell me if i have something to correct.. but, u can’t tell me when i should tell what happened to maaish.. bcz only i can decide that.. ur comment gave me a lot of stress bcz i thought my readers were getting bored.. but, now i realised that there are many readers who love this stry just the way i am writing it.. i learned to appreciate those ppl instead of stressing myself with the comments of ppl like u… idc if u read the stry or not.. i have many ppl who can support me and love me.. thanks for ur comment..

Comments are closed.