އެއް އަތުން ސޫޓްކޭސް ދަމަމުން އަނެއް އަަތުން ދަބަހެއް ހިފައިގެން ފްލައިޓުން ފޭބި ރައިޝާއަށް އެ އެންމެންގެ ނަޒަރު ހުއްޓުނެވެ. ލާފައި ހުރި ރަތް ކުލައިގެ ޓޮޕާއެކު ތިރިން ލާފައި ހުރި އައިސް ބްލޫ ކުލައިގެ ޖީންސްގެ އިތުރުން ބޮލުގައި އަޅާފައި އޮތީ ކްރީމް ކުލައިގެ ޝޯލްއެކެވެ. މޫނުގައި ފުދޭވަރަކަށް މޭކަޕްކޮށްފައި ހުރި އިރު، އަރައިގެން ހުރި ހައިހީލްސްއާއި އެއްކޮށްވެސް އެއްވެސް އުނދަގުލަކާއި ނުލާ އޭނާ ހިނގަމުން ދިޔައެވެ. ފްލައިޓުން ފޭބުމަށްފަހު ރައިޝާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ނޭނގުމުގެ ތެރޭގައިވެސް އޭނާއަށް ހޯދެމުން ދިޔައީ އޭނާގެ ހިތުގެ ރާޖާ ފެނޭތޯއެވެ. އެހެންނަމަވެސް، މާއިޝް ފެނިދާނެކަމަށް އެ ހިތުގައި ރޮއެވިފައިވީ ހުޅުކޮޅުވެސް ނިވިގެން ދިޔައީ ސިކުންތެއްގެ ތެރޭގައެވެ. މާޔޫސްކަމާއިއެކު ކަރު އެލުވާލަމުން އިސްދަށަށް ޖެހި ރައިޝާގެ ލޮލަށް ކަރުނަތައް ގިނަވެގަތީ އިޚްތިޔާރަކާ ނުލައެވެ. ރޮވެން އުޅޭހެން ހީވުމުން ރައިޝާ އޭނާގެ އަވިއައިނު ނަގާ، ލޮލުގައި އަޅާލީ، އެހެން މީހަކަށް އޭނާ ރޯތަށް ފެންނަން ނޭދޭތީއެވެ. މިއޮށް ހުރިހާ ދުވަހަކު އެއްވެސް ޚަބަރެއް ނުވެ ހުރެފައި، މިއަދު މާއިޝް އޭނާ ދެކިލަން އަންނާނެކަމަށް އުންމީދު ކުރެވުމަކީވެސް މޮޔަ ކަމެކޭ ހީވިއެވެ. ތުންފަތަށް މަލާ،މާތުގެ ހިނިތުންވުމެއް ވެރިކުރުވަމުން، ރައިޝާ އަމިއްލަ މޮޔަކަމަށް މަލާމާތް ކޮށްލިއެވެ.

*******

**28 ވަނަ ޕާރޓް**

*******

“ރައީ..! އައި މިސްޑް ޔޫ ސޯ މަޗް..!” އިސްދަށަށް ޖަހައިގެން ހުރި ރައިޝާއަށް ކުއްލި ސިހުމެއް ލިބުނީ ވަރަށް ބާރަށް ދުވެފައި އައި މީހަކު އޭނާގެ ގައިގައި ބައްދައިގަތުމުންނެވެ. ފުރަތަމަ އެއީ ކާކުކަން ނޭނގުނު ނަމަވެސް، ރައިޝާވެސް އެމީހެއްގެ ގައިގައި ދެއަތުން ވަށާލިއެވެ. އެހެންނަމަވެސް، އެމީހެއްގެ ގައިން ދުވަމުން ދިޔަ ލުއި ސެންޓުގެ ވަހުން ރައިޝާއަށް އެއްވެސް އުނދަކުލަކާނުލާ އެމީހަކު ދެނެގަނެވުނެވެ. “އައި މިސްޑް ޔޫ ޓޫ.. ނައީ..” ވައި އަޑުން އެހެން ބުނެލި އިރު ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފަބައިގެން ދިޔައީ، މީގެ ތިން އަހަރު ކުރިން އޭނާ އައި އިރު މާއިޝް އައިސް އޭނާގެ ގައިގައި ބައްދާލި ގޮތް ހަނދާން ވުމުންނެވެ. އެހެންނަމަވެސް، މިއަދު މާއިޝްއެއް ނެތެވެ. އޭނާގެ ހިތުގައި އެހާ ރިއްސާލީ އެހެންވެއެވެ. ފެންނާނެކަމަށް އެންމެ އުންމީދު ކުރި ފަރާތް ދެކިލުމުގެ ނަސީބު ނުލިބުމުންނެވެ.

ނައިރާ ރައިޝާގެ ގައިން ދޫކޮށްލުމުން ރައިޝާ އަވި އައިނު ނަގާ ދެލޯ ފުހެލިއެވެ. އެވަގުތުވީ، ނުހާމެންނަށްވެސް އެހިސާބަށް އާދެވުނު ވަގުތަށެވެ. ނުހާއާއި، ރީޝާއާއި، ނިޝާ އައިސް ރައިޝާގެ ގައިގައި ބައްދާލާ، މަރުޙަބާ ކިޔެވެ. އެހެންނަމަވެސް، މިފަހަރު މަންމަގެ އެ ފިރުމުންތަކުން އޭނާއަށް އެއްވެސް ކަހަލައަސަރެއް ނުކުރިއެވެ. ހީވަނީ ހިލޭ މީހެއްގެ ގައިގައި ބައްދާލެވުނު ހެންނެވެ. މަންމައާއި ދޭތެރޭ ހިތުގައި އުފެދިފައިވާ ޝަކުވާތައް ނައްތާލަން ކިތަންމެ ވަރަކަށް ބޭނުން ވިޔަސް، އެކަން ވާ ގޮތެއް ނުވިއެވެ. މިއޮށް ހުރިހާ ދުވަހަކު އޭނާ ކުރި ހިތާމަ އެންމެ ގާތުން ފެންނާނީ މަންމައަށެވެ. އެހެންނަމަވެސް، މާއިޝްގެ އެއްވެސް ޚަބަރެއް ނުދީ، އެއްވެސް ސަބަބަކާނުލާ މާއިޝްގެ މަތުން ހަނދާން ނައްތާލަން ބުނީވެސް ހަމަ އެ މަންމައެވެ. އެ މަންމައަށް ހަމަ އޭނާ ކުރި ހިތާމަ ނުފެންނަނީ ބާވައެވެ؟ ގަދަކަމުން ކަހަލަ ގޮތަކަށް ހީލާފައި، ރައިޝާ ނުހާމެންނަށް ޝުކުރު އަދާކުރި ނަމަވެސް، އެ ހިނިތުންވުމުގައި އެއްވެސް އަސަރެއް ނުވެއެވެ. އެހެންނަމަވެސް، އެކަން އެތާ ތިބި އެހެން މީހުންނަށް ފާހަގަ ވިހެންނެއް ނިޔެއް ނުވެއެވެ. ފަހަރަކު މީހަކު އައިސް ރައިޝާގެ ގައިގައި ބައްދާލާ، މަރުޙަބާ ކިޔަމުން ދިޔައީ އެމީހުން ރައިޝާއާއި ދޭތެރޭގައި ފަޚުރުވެރިވާ ވާހަކަ ބުނެދެމުންނެވެ. އެއިން ކޮންމެ ހިތްވަރުގެ ބަހަކަށްވެސް ރައިޝާ ރައްދު ދެމުން ދިޔައީ، އެމީހުންނާއި ދޭތެރޭގައި ހިތުގައި އުފެދިފައިވާ ޝަކުވާތަކާއި، ހިތާމަތައް ކަފުން ކުރަމުންނެވެ.

“ދޮންތީ…” ގަދަ ކަމުން ކަހަލަ ގޮތަކަށް ޔާޝްގެ އުރުން ފައިބައިގެން އައިސް އިޔާޝާ ރައިޝާގެ ފައިގައި އޮޅުލައިގަތެވެ. ވަގުތުން ރައިޝާ އިޔާޝާ އުރާލާފައި، ބައްދާލީ މިއީ، އިޔާޝާ ފެނުނު ފުރަތަމަ ފަހަރު ކަމަށް ވީތީއެވެ. އިޔާޝާގެ ކޮލަށް ދޮނެއް ދީފައި ރައިޝާ ހީލުމުން އިޔާޝާވެސް ހީލާފައި، ރައިޝާގެ ދެކޮލުގައި ހިފާލާފައި ރައިޝާގެ ނިތަށް ބޮސް ދިނީ ނިކަން ލޯބި ގޮތަކަށެވެ. އިޔާޝާގެ އެ ލޯބި ޙަރަކާތްތަކަށް ބަލަން ތިބި އެންމެން ތިބީ ހައިރާވެފައެވެ. އެހެންޏާ، މީހަކު އޭނާގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް، ރުޅި އައިސްގެން އެމީހަކަށް ގޯނާއެއް ކޮށްލާ އިޔާޝާ، މިއަދު ރައިޝާއާއި އެކު އުޅެމުން ދިޔަ ގޮތުން އެ އެންމެން ތިބީ ހައިރާން ވެފައެވެ. އެތައް މޭލެއް ދުރުގައި ވިޔަސް، އިޔާޝާއާއި ރައިޝާގެ ދެމެދުގައި އޮތް ލޯބި ގުޅުމުގެ ވަރުގަދަ ކަމަކީ އެއިން އެކަކަށްވެސް ވަންހަނާވެފައިވާ އެއްޗެއް ނޫނެވެ.

“އައި މިއްޑޫ ދޮންތީ..” ދެކޯ ފުއްޕާލައިފާ، އިޔާޝާ އޭނާގެ ލޯބި ބަސްމަގުން އެހެން ބުނެލި ގޮތުން ރައިޝާގެ މަރުވެފައިވާ މޫޏުމައްޗަށް ހިނިތުންވުމެއް ވެރިކުރުވުމަގއި ކާމިޔާބު ހޯދިއެވެ. “އޯވނ.. އައި މިސްޑް ޔޫ ޓޫ ދޮންތިގެ ލޯބިލޯބި ޔަޝޫ..” މަޑުމަޑުން އިޔާޝާގެ ނޭފަތުގައި ހިފާލަމުން ރައިޝާ ބުނެލިއެވެ. “ދޮންތީ.. ޔަޝޫގެ ބާއްދޭ އަންނާނެ ވަލަށް އަވަހަށް..” ފުޅާ ހިނިތުންވުމަކާއެކު އިޔާޝާ ބުނެލިއެވެ. “އެހެންތަ..؟ ދޮންތި އޮންނާނެ ވަރަށް ސަޅި ގިފްޓެއްވެސް ގެނެސްފަ..” އިޔާޝާ ތިރީގައި ބަހައްޓާލަމުން ރައިޝާ އިޔާޝާގެ އިސްކޮޅާ އެއްވަރަށް ގުދުވެލިއެވެ. “އައްސުވެސް..؟ ޔޭ ޔޭ..” އުފަލުން އިޔާޝާ އަތް ޖަހަޖަހާފައި ފުންމަން ފެށިއެވެ. އިޔާޝާގެ ލޯބި ޢަމަލުތަކުން އެ އެންމެންގެ ހިތްތަކަށްވެސް ހަމަޖެހުން ގެނެސްދިނުމުގައި ކާމިޔާބު ހޯދިއެވެ.

“ޔަޝޫ އާދޭ ދެން ބައްޕި ކަރިއަށް.. އަވަހަށް ގެއަށް ދާން ވެއްޖެ.. ދޮންތި ވަރުބަލި ވާނެއްނު ދޯ..” ެިއިޔާޝާގެ އަތުގައި ހިފާލަމުން، ގުދުވެލަމުން ޔާޝް ބުނެލިއެވެ. “ނޯ ނޯ ނޯ.. ހަމަ ދޮންތި ކައިލި ހުންނާނީ..” ދެފަރާތަށް ބޯހޫރުވާލަމުން އިޔާޝާ ބޮޑާހާކާލިއެވެ. “ދެން ދޫނި ބަސްއަހާބަ.. ދޮންތި ވަރުބަލި ވެފައޭ އެ ހުރީ.. ޔަޝޫ އުރައިގެން ހުންނަންވީމަ އަދި މާ ވަރުބަލި ވާނެއްނު..” ރީޝާ އިޔާޝާގެ މޫނުމައްޗަށް އެެޅިފައި ހުރި އިސްތަށިކޮޅު އެއްފަރާތް ކޮށްލިއެވެ. “އާއުޗްޗް ދަރިފުޅޫ..! ބައްޕިގެ ލޯ..!” ކުއްލިއަކަށް އިނދެފައި އިޔާޝާ ޔާޝްގެ ލޮލުގައި ވަކިއަޅައިގަތުމުން ޔާޝްއާށް ހަޅޭލަވައިގަނެވުނެވެ. ފުރުސަތަށް ބަލަބަލަ އިން އިޔާޝާ އަވަހަށް ގޮސް ރައިޝާގެ އުރަށް އެރިއެވެ. އިޔާޝާ އުޅެމުން ދިޔަ ގޮތުން ރައިޝާގެ ގާތަށް ހިނި އައެވެ. “ޔަޝޫ އާދެބަ ދޮންބެ ކައިރިއަށް.. ދޮންތި އެހުރީ ވަރުބަލިވެފައޭ ދޫނީ..” ރިއާޝް ކުރިއަށް ޖެހިލާ، އިޔާޝާ އާދޭތޯ އަތް ދިމާކޮށްލިއެވެ. ވަގުތުން އިޔާޝާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. “ދެން ބައިންދަބަ.. އޯކޭއޭ.. އެހާ ވަރުބައްޔެއް ނޫން.. ހިނގާ ގެއަށްދާން..” ލުއި ހުނުމަކާއިއެކު ރައިޝާ ބުނެލިއެވެ. “ޔޭ ދޮންތި އިއްދަ ބެއްޓު..” ރައިޝާގެ ކައުގައި އިޔާޝާ އޮޅުލައިގަތްލެއް ބާރުކަމުން ރައިޝާ ކޮށިއެރިއެވެ. “އޫޕްސް.. ސޮލީ..” ވިސްނޭ ބޮޑު މީހެއް ފަދައިން އިޔާޝާ ރައިޝާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު އެތާ ތިބި އެންމެން ހޭން ފެށިއެވެ. ރައިޝާވެސް އިޔާޝާގެ ލޯބި ޙަރަކާތްތައް ހިތުގައި ރައްކާ ކުރަމުން ދިޔައީ، އިޔާޝާ ލޯބިކަމުންނެވެ.

ގެއަށް ދިޔަ މަގުމަތީގައި ކާރުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ.ރައިޝާ އިސްވެ އެއްޗެކޭ ނުބުނާތީ ދެން ތިބި މީހުން ތިބީ އަނަގއިން ބުނަން ނުކެރިފައެވެ. ކުށްވެރިކަމުގެ އިޙުސާސް އެންމެންނަށްވެސް އިންތިހާއަށް ކުރެވެމުން ދިޔައެވެ. ނުހާއާއި ރިޔާޒް ދެރަވީ އެމީހުންގެ ސަބަބުން ރައިޝާ އެހާ ބޮޑު ހިތާމައެއް އުފުލަމުން ގެންދާތީއެވެ. ނިޝާއާއި، ރިއާޝްއާއި، ޔާޝްއާއި، ރީޝާ ދެރަވީ ޙަޤީގަތް އެނގި ތިބެ، ރައިޝާގެ ގާތު ބުނުމުގެ ހިތްވަރު ނުލިބުނީތީއެވެ. ނައިރާ ދެރަވީ އެންމެ ގާތް އެކުވެރިޔާ އެހާ ހިތާމަ ކުރާ އިރު، އެހީތެރި ކަމުގެ އަތެއް ދިއްކޮށްލާނެ އެއްވެސް ފުރުސަތެއް ނުލިބުނީތީއެވެ. ވާނުވާ ނޭނގެނީ ހަމައެކަނި އިޔާޝާއަށެވެ. މަޖާވެލާފައި ރައިޝާއާއި ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔަ އިރު، ރައިޝާ ކުރަމުން ގެންދާ ހިތާމަތައް އެ މައުސޫމް ކުޑަ ކުއްޖާއަކަށް ނޭނގޭނެތާއެވެ. ކާރު ތެރެ ކިތަންމެ ހަމަހިމޭންވި ނަމަވެސް، އިސްވެ އެއްވެސް މީހަކާ ވާހަކަ ދައްކާހިތް ނުވެފައި އިން ރައިޝާ ދޭތެރެއަކުން އިޔާޝާ ކުރާ ސުވާލަކަށް ޖަވާބު ދިނުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. ދަތުރުގެ ވަރުބަލިކަމާއެކު، އޭނާ ބޭނުންވީ އަވަހަށް ގޮސް ތަނެއްގައި ޖައްސާލާށެވެ.

*******

ފާޚާނާއަށް ވަދެފައި، މާގަނޑު ދަށުގައި ހުރެ ރައިޝާ އިސްކުރު ދޫކޮށްލިއެވެ. ފިނި ފެންތައް އައިސް ގައިގައި ބީހެން ފެށުމުން ރައިޝާއަށް ދެލޯ މަރާލެވުނެވެ. ދެލޯ މަރާލުމާއެކުހެން، މާއިޝްގެ ސޫރަ ކުރިމަތީގައި ކުރެހެން ފެށިއެވެ. ހީލަމުން މާއިޝް ރައިޝާއަށް ގޮވާިހެން ހީވުމުން ރައިޝާއަށް ތެޅިގަނެފައި ދެލޯ ހުޅުވާލެވުނެވެ. އޭރު، ރޮވިއްޖެއެވެ. ފާޚާނާތެރެއިން އެއްވެސް މީހަކަށް އަޑު ނީވޭނެކަމުގެ ޔަޤީންކަން އޮތުމުން އޭނާ ބޭނުންވީ ހިތް ފުރެންދެން ރޮއެލާށެވެ. ފެންމާގަނޑުގެ ދަށުގައި އިށީނދެގެން އިނދެ ރައިޝާ ހިތްފުރެންދެން ރޯލިއެވެ. ލޮލުން ފޭބި ކަރުނަތައް، ފެންތަކާއި އެކުވެގެން ފައިބަމުން ދިޔައެވެ.ދެފައި މޭގައި ޖައްސާލައިގެން އިނދެގެން ރައިޝާ ކަކުލުގައި ބޯ އަޅާލިއެވެ. ބާރުބާރަށް ގިސްލަމުން ރައިޝާ މާއިޝްގެ ނަން ކިޔަން ފެށިއެވެ. މާއިޝް ނާންނާނެކަން އެނގިހުރެއެވެ.

ހިނދުކޮޅަކު އެގޮތުގައި އިނުމަށްފަހު، ރައިޝާ ތެދުވެ އިސްކުރު ބަންދުކޮށްލިއެވެ. ދިރުން ނެތް މައްޔިތެއް ފަދައިން މަޑު ހިނގުމެއްގައި ގޮސް ތުވާލިން ފެން ހިއްކަން ފެށިއެވެ. އެވަގުތު ބޭރުން ނުހާ ގޮވާ އަޑު އިވުނެވެ. “ދަރިފުޅު ކާން އަންނަންވީނު.. ހުންނާނެ ޓޮމާޓޮ ބަތް ހަދާފަ.. ދަރިފުަޅަށް އެންމެ މީރުކޮށް..” ނުހާ ގޮވި ނަމަވެސް، މިވަގުތު ކާހިތް ނެތުމުން ރައިޝާ ބޭރަށް ނުކުންނަ ހިތެއް ނުވިއެވެ. “މިގަޑިއަކު ނުކާނަން.. މިގަޑީގަ ބޭނުމީ ނިދާލަން..” ނުހާއަށް އަޑުއިވޭ ވަރަށް އެހެން ބުނެުމަށްފަހު ފިޔާތޮށި ކުލައިގެ ޓީޝާޓަކާއެކު، ކަކޫ ފޮރުވޭ ވަރުގެ ކަޅުކުލައިގެ ޓައިޓެއް ލާފައި ރައިޝާ އެނދުމައްޗަށް ވެއްޓިގަތެވެ. ވެފައި ހުރި ވަރުބަލިން އޮށޯވެލުމާއި އެކުހެން ރައިޝާގެ އެސްފިޔަތަކަށް ބަރުވެ، ލެއްޕެން ފެށިއެވެ. “އެކަމަކު ދަރިފުޅާ-” “ފަހުން ކާނަމޭ..!” ނިދާލަން ބޭންވެފައި ހުރި ވަރުން ރައިޝާ އަނެއްކާވެސް ގޮވާލިއެވެ.

“އެންމެ ރަނގަޅު.. ފަހުން ކައްޗެ.. ފްރިޖުގަ ބަހައްޓާނަން..” މޯޅިވެފައިވާ އަޑަކުން އެހެން ބުނެލުމަށްފަހު، ނުހާ ކައިރީގައި ހުރި ރިޔާޒްއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ރިޔާޒް ގޮސް އެމީހުންގެ ކޮޓަރިއަސް ވަނުމުން ނުހާވެސް ރިޔާޒްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. “އަޅެ އަދިވެސް ބުނާކަށް ނުވޭތަ..؟ ޝީ ޑިޒަރވްސް ޓު ނޯވ ދަ ޓްރުތް.. ރިޔާޒް.. ޕްލީޒް..” ފެންކަޅިވެފައި ހުރެ ނުހާ ބުނެލީ އާދެހުގެ ރާގަކަށެވެ. “އެކަމަކު ނުހާ.. އެކަމުގެ ސަބަބުން އަހަންނަށް ވާނެ ގޮތް އެނގޭނު.. ރައިޝާއަށް މާއިޝްއާއި ނުލާ އުޅެވުނަސް، އަހަންނާ ނުލާ އުޅެވޭނެތަ.. އަހަރެންމީ އޭނަގެ ބައްޕައޭ.. މާއިޝްއަށް ވުރެ އެތައް ގޮތަކުން އަހަރެން މުހިންމު ވާނެ..” ރިޔާޒް ބުނެލީ ނުހާއަށް ވިސްނައިދޭ ކަހަލަ ރާގެއްގައެވެ. “އެކަމަކު ރިޔާޒް ތިހެން ހަނު ހުރީމަ މާއިޝްގެ އާއިލާއަށްވެސް އެ ލިބެނީ ހާދަ ބޮޑު ވޭނެކޭ.. މާއިޝް ނޫނަސް ރައިޝާ އެކުރާ ހިތާމަ އެބަ ފެނޭތަ..؟ އެއީ ރިޔާޒްގެ ދަރިއެކޭ.. ހެޔޮނުވާނެ ރިޔާޒް..” ނުހާއަށް ރޮވެން ފެށުނެވެ. “ނުހާ ޕްލީޒް.. ފަހުން މި ވާހަކަ ދައްކާނީ ދޯ.. މާއިޝް ނޫނަސް ރައިޝާއާއި އިންނާނެ ބައިވަރު ކުދިން ވާނެ.. އެއަށްވުރެ މާ ރަނގަޅު ކުދިންވެސް ވާނެ.. މީ މަށަށްވެސް އަދި ރައިޝާއަށްވެސް އެންމެ ރަނގަޅު ގޮތް.. އެހެންނޫނަސް، އެއީ އަހަރެން ގަސްތުގަ ކުރި ކަމެއް ނޫންކަން ނުހާއަށްވެސް އިނގޭނު..” ނުހާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ރިޔާޒް ބުނެލިއެވެ.

“ރިޔާޒް.. ރައިޝާ ލޯބިވަނީ މާއިޝް ދެކެއޭ.. އެހެން މީހަކާ އެއްކޮށް އުޅެގެން ރައިޝާއަށް ދުވަހަކުވެސް އުފަލެއް ނުލިބޭނެ.. އެހެން މީހަކު ދެކެ ލޯތްބެއްވެސް ނުވެވޭނެ..” ރިޔާޒްގެ ދެއަތުގައި ހިފާ ދުރުކޮށްލަމުން ނުހާ ބުނެލިއެވެ. “އެކުގަ އުޅުނީމަ ލޯބިވެސް ވެވޭނެ.. އަހަރުމެން ދެމީހުންވެސް ކައިވެނި ކުރީ ލޯތްބަކުން ނޫނެއްނު.. އެކަމަކު ބަލަ.. މިހާރު އަހަރުމެން މި އުޅެނީ ކިހާ ލޯބިން.. ކިހާ އުފަލުން.. އަހަރުމެންގެ މައިންބަފައިން ދެއްކި މީހަކާ ކައިވެނި ކުރީމަ އަހަރެމެންގެ ދިރިއުޅުން ކިހާ އުފާވެރި.. އަހަރެންގެ ފަރާތުން ދުވަހަކުވެސް ނުހާއަށް އެއްވެސް ކަމެއް އުނިވިތަ..؟ ކިތަންމެ ބުރަކޮށް އުޅުނަސް، ނުހާއަށްވެސް ދަރިންނަށްވެސް ވަގުތު ދެމެއްނު.. އެހެންވެއޭ މި ބުނަނީ.. ދަރިންނަށް އެންމެ ރަނގަޅު ގޮތް އިނގޭނީ މައިންބަފައިންނަށޭ..” ރިޔާޒްގެ ވިސްނުން ހުރީ ނުހާއާއި މުޅިން އިދިކޮޅަށެވެ.

“އަހަރުމެންގެ ހާލަތާ ރައިޝާގެ ހާލަތް މުޅިން ތަފާތު.. އަހަރުމެން ދެމީހުން އޭރު ލޯބިވާ މީހަކު ނުވެސް ނެތް.. އެހެންވެ އެހާ ފަސޭހައިން ކައިވެނިވީވެސް.. އެހެންނޫނަސް ރައިޝާ-” ނުހާ ބުނަން އުޅުނު ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. “އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ރައިޝާ ކައިވެނި ކުރުވަން.. އޭނަވެސް އެހުރީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރު ވެފަ.. ރަނގަޅު ކުއްޖަކާ ކައިވެނި ކުރެވުނީމަ އިސާހިތަކު މާއިޝްގެ ހަނދާންތަކުން ދުރުވެވިދާނެ..” ނުހާ ބުނަން އުޅުނު އެއްޗަކަށް ނުބަލާ، ރިޔާޒް އޭނާގެ ފަހުން ނިންމުން އިއްވާލިއެވެ.

“ކީކޭ..؟ ރިޔާޒް…؟” ޤަބޫލު ނުކުރެވިފައި ނުހާއަށް އަހާލެވުނެވެ. “ކީއްވެ..؟” މިފަހަރު ނުހާގެ އަޑު އައީ މަޑުންނެވެ. “ނުހާ.. މިކަން މި ކުރަނީ ހަމަ ރައިޝާއަށް ރަނގަޅަކަށް.. މާއިޝްއަށް އެނބުރި އާދެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް.. މާއިޝްގެ ހަނދާނުގަ މުޅި ދިރިއުޅުން ބޭކާރު ކޮށްލުމަށްވުރެ މާ ރަނގަޅެއްނު ރަނގަޅު ކުއްޖަކާއެކު އުފާވެރި ޙަޔާތެއް ފެށިއްޔާ.. ރައިޝާވެސް މިހާރު އެހުރީ ކިޔަވާ ނިމިފަ.. އަދީލްގެ ދަރިފުޅު އަރޫން އެއީ ކިހާ ރަނގަޅު ކުއްޖެއް.. އިހަށް ދުވަހަކު އެ އައީ މާސްޓަރސް ހަދައިގެން.. ދެން އުޅޭނީ އޭނާގެ ބައްޕަ ކޮމްޕެނީގަ މަސައްކަތް ކުރަން.. އަދީލްއާއި އާލިޔާގެ ހުރި ހަމައެކަނި ދަރިފުޅު.. ދުވަސްކޮޅަކުން މުޅި ކޮމްޕެނީއާއި ހަވާލުވާނެ.. ކިޔަވައިގެން ހުރި، ހަރުދަނާ ކުއްޖެއް.. އަހަރެން އަދީލްއާއި ވާހަކަ ދައްކާނަން.. ވީހާވެސް އަވަހަކަށް ރައިޝާގެ ކައިވެނި ކުރުވަން އަހަރެން ބޭނުން.. ރައިޝާ އެ ކުރާ ހިތާމަ ދެކޭކަށް އަހަރެން ބޭނުމެއްނޫން.. މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން..” ރިޔާޒް ތުވާލި ހިފައިގެން ފާޚާނާއާ ދިމާއަށް މިސްރާބު ޖެހިއެވެ.

” ރައިޝާ ނުވެސް ދަންނަ، ގޮތް ނޭނގޭ މީހަކާ ކައިވެނި ކުރުވުމަކީ ރައިޝާގެ ހިތާމަތަކަށް އޮތް ހައްލެއް ނޫނޭ ރިޔާޒް.. މިކަމުން އޭނާގެ ދިރިއުޅުން އިތުރަށް ބަރުބާދުވުން ނޫން ކަމެއް ނުވާނެ.. މިއަށްވުރެ ރައިޝާ މާ ހިތްހަމަ ޖެހޭނެ ޙަޤީގަތް ކިޔައިދިނަސް.. ކިޔަވައިގެން ހުއްޓަސް ނޭނގޭނު ތި ކިޔާ ކުއްޖަކީ ކޮން ކަހަލަ ކުއްޖެއް ކަމެއްވެސް.. ހަމައެކަނި އެކަޑަމިކްސްއަށާ ފަންތިއަށް ބަލައިގެން ކިހިނެއް ކުއްޖަކު ޗޫޒް ކުރާނީ..؟” ނުހާ އަޑަށް ބާރުލާފައި ބުނެލިއެވެ. “މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން.. މިކަމުގަ ފަހުބަސް ބުނާނީ އަހަރެން.. ނުހާވެސް ނުވާނެ އެއްވެސް ޙަޤީގަތެއް ރައިޝާ ކައިރި ބުނެގެންނެއް.. އެއީ ނުހާ އަހަންނަށް ވެފައި އޮތް ވަޢުދެއްކަން ހަނދާން ކުރާތި..” ރިޔާޒް އޭނާގެ އެންމެ ފަހުގެ ނިންމުން ހާމަކޮށްލާފައި ފާޚާނާއަށް ވަނީ ނުހާއަށް އެއްޗެއް ބުނާނެ ފުރުޞަތު ނުދީއެވެ. ރިޔާޒް ހަމަ ފާޚާނާޢަށް ވަނުމާއެކުހެން ނުހާއަށް އެނދުމަތީގައި އިށީނދެވުނެވެ. ދަރިފުޅު ކުރަމުން އެ ގެންދާ ހިތާމަތަކާއި، އޮހޮރާނެ ކަރުނަތަކާއި ދޭތެރޭގައި ވިސްނާލެވުމުން ނުހާގެ ހިތް ކުދިކުދިވި ކަހަލައެވެ. “މަންމައަށް މަޢާފްކުރޭ ދަރިފުޅާ.. މަންމައަށް މަޢާފް ކުރޭ…” ގިސްލަ ގިސްލާފައި ނުހާ ރޮމުން ދިޔައީ ދަރިފުޅުގެ ދިރިއުޅުން ވިއްސިވިހާލި ވެގެން ދާތަން ބަލަން އޭނާއަށް ކެތް ނުވާނެތީއެވެ. ރައިޝާއަށް ޙަޤީގަތް ކިޔައިދޭން ކިތަންމެ ބޭނުންވި ނަމަވެސް، ރިޔާޒްއަށް ވެވިފައިވާ ވަޢުދުގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އެ ހިތްވަރު ފިލާ، ވަންނަނީ ކޮން ތަނަކަށް ކަމެއްވެސް ނޭނގެއެވެ.

*******

އެނދުމަތީގައި އިން ނުހާ ރޯ އަޑު އިވުމުން މިއޮށް ހުރިހާ އިރަކު ބޭރުގައި މަޑުކޮށްގެން ހުރި ނައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނުހާއާއި ރިޔާޒްގެ ވާހަކަތައް އެއީ އޭނާއަށް އަލަށް އިވުނު ވާހަކަތަކެއް ނޫނެވެ. އޭނާއަށްވެސް ޙަޤީގަތް އެނގެއެވެ. މާއިޝްވީ ކޮންތާކު ކަމާއި، މާއިޝްއަސް ރައިޝާ ދެކލަން ނާދެވެނީ ކީއްވެގެންކަންވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް، ނުހާއެކޭ އެއްފަދައިން އޭނާއަށްވެސް ހަނު ހުންނަން މަޖުބޫރުވީ ރިޔާޒްއަށް ވެވިފައިވާ ވަޢުދުގެ މަތިންނެވެ. ތެމިފައިވާ ދެލޯ ފުހެލުމަށްފަހު، ނައިރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން ރިއާޝް ފެނުމުން ނައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ގޮސް ރިއާޝްގެ ކައިރި އެނދުމަތީގައި އިށީނުމަށްފަހު، ރިއާޝްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ނައިރާގެ މި ޢަމަލުން ރިއާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާކަށް އިރުތަކެއް ނުނެގިއެވެ.

“ކިހިނެއްވީ ދޫނި..؟” ނައިރާގެ ނިތަށް ލުއި ބޮހެއް ދެމުން ރިއާޝް އަހާލި އިރު، އެ އަޑުން އެކަނިވެސް ނައިރާއަށްޓަކައި އެ ހިތުގައި ވާ ފުން ލޯބި ދެނެގަނެވޭނެއެވެ. “އާޝް… މިއަދުވެސް މަންމަމެން މާއިޝްގެ ވާހަކަ ދެއްކި.. ދޭ އާރ ޕްލޭނިންގ އޮން ގެޓިންގ ހަރ މެރިޑް.. މަންމަ ވަރަށް ބުނި ބައްޕަ ކައިރި އެހެން ނުހަދަން.. އެކަމް ބައްޕަ ހީކުރަނީ ރައި މެރީކުރީމަ މާއިޝްގެ މަތިން ހަނދާން ނެތި، ހުރިހާ އުފަލެއް ލިބޭނެކަމަށް..” ދެންމެގަ އިވުނު ހާދިސާ ކުރު ގޮތަކަށް ނައިރާ ކިޔައިދިނުމުން ރިއާޝްއަށް ލެޕްޓޮޕް ލައްޕާލެވުނެވެ. “ތިކަހަލަ ވާހަކައެއް މިދިޔަ ހަފްތާވެސް ދެއްކި.. މެރީ ކުރުވަން އުޅެނީ ކާކާ..؟” ރިއާޝް އަހާލިއެވެ. “ކޮންމެސް އަރޫން އަކާއޯ.. ބައްޕަގެ ފްރެންޑެއްގެ ދަރިއެކޯ.. އަޅެ އާޝް.. ވީ ކާންޓް ލެޓް ދިސް ހެޕަން.. އެއީ ބައްޕަ ކުރި ކުށެއް.. ނޭނގި ނަމަވެސް، ބައްޕައަށް އެ އޮތީ އެކަން ކުރެވިފަ.. ދެން ބައްޕަ ކުށަށް އިޢުތިރާފް ވާންވީނު.. ބަޓް ދިސް ހޯލް ތިންގް އިޒް ރުއިނިންގ ރައިގެ ލައިފް.. ޝީ އިޒް ގޮއިންގ ޓު ބީ ސޯ ހަރޓް-ބްރޯކެން.. ޕްލީޒް އާޝް.. ޑޫ ސަމްތިންގ އެބައުޓް އިޓް.. ޕްލީޒް…” ރިއާޝްގެ މޭތެރޭގައި މޫނު ފޮރުވާލަމުން ނައިރާ ރޯން ފެށީ އެކުވެރިޔާއަށް އެހީވާނެ ގޮތެއް ނުވިސްނުމުންނެވެ. “އައިލް ޓްރައި ނައީ.. އައި ޕްރޮމިޒް ޔޫ.. އައިލް ޑޫ ސަމްތިންގ.. އަހަރެން ހުއްޓާ ރައިގެ ލައިފް ރުއިން ވިޔަކަ ނުދޭނަން.. ޑޯންޓް ވޮރީ..” ނައިރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ރިއާޝް ނައިރާއަށް ޔަޤީންކަން ދިނެވެ. ނަމަވެސް، ވެ ނިމިފައިވާ ހުރިހާ ކަމެއް ރަނގަޅު ކުރާނީ ކިހިނެއް ކަމެއް ޚުދު އޭނާއަަކަށްވެސް ނުވިސްނުނެވެ.

*******

ނިދިފައި އޮތް ރައިޝާ ދިޔައީ އެނދުމަތީގައި އޮވެގެން ފުރޮޅެމުންނެވެ. ދެލޯ މަރާ ތަގުޅިކޮށްގެން އޮތް އިރު ދެއަތުން ބްލެންކެޓުގައި ހިފަހައްޓާ، އަތަށް ބޮނޑިކޮށްލައިގެން އޮވެ ރޮމުން ދިޔައެވެ. އޭނާއަށް ފެންނަމުން ދިޔައީ ހުވަފެކެވެ. ބިރުވެރި ހުވަފެނެކެވެ. މިހާރަކަށް އައިސް ކޮންމެ ރެއަކުހެން އޭނާއަށް ފެންނަ ހުވަފެނެކެވެ.

ކަޅުފޮއި ރެއެކެވެ. ހަނދުވެސް އިނީ ވިލާތަކާ ނިވާވެގެންނެވެ. އެ ރިހި އަލިކަމުން އަނދިރިވެފައިވާ ދުނިޔެ އަލިކޮށްދިނުމަށް ދެކޮޅު ހަދައިގެން އިން ފަދައަކުންނެވެ. އެހެން ރޭރޭ ވިދާ ބަބުޅާ ތަރިތައްވެސް މިރޭ ފެންނަން ނެތުމުން ޢައިބުކަމަށް ދައްކައެވެ. ބަނަވެފައިވާ ވިލާތައް ފޫއަޅުވާލާފައި ކެރިގަނޑު އޮއްސައިގަތީ ކުއްލިއަކަށެވެ. އެހުމެއް ކެހުމެއް ނެތިއެވެ. އެ ބޯ ވިއްސާރައިގެ ތެރޭގައި ހުރެވުނުހެން ހީވިއެވެ. ކުއްލިއަކަށް އަނދިރީގެ ތެރެއިން ސޫރައެއް ފާޅުވިހެން ހީވިއެވެ. ހުދުކުލައިގެ ގަމީހެއްގައި ހުރި މީހަކު މާ ދުރުން އަންނަ ތަން ފެނުނެވެ. ގާތަށް އަޅާ ކޮންމެ ފިޔަވަޅަކާއި އެކު، އެ ސޫރަ ދިޔައީ އިތުރަށް ފާޅުވަމުންނެވެ. އެހެންނަަވެސް، އެމީހެއް ހިނގުމުގައި ކޮރުކަމެއް ހުއްޓެވެ. އެއީ ކީއްވެގެންކަންވެސް ކައިރިވަމުން އައި ވަރަކަށް ދިޔައީ އެނގެމުންނެވެ. އެއީ އެމީހެއްގެ ފަޔަށް ލިބިފައިވާ ޒަޚަމުގެ ސަބަބުންނެވެ.

ދިހަ ވަރަކަށް ފިޔަވަޅު ދުރުގައި އެމީހާ ހުއްޓުމުން އިސްއުފުލާ އެމީހާއާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެ ސޫރައަކީ ދުވަހަކުވެސް އޭނާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. އެއީ އޭނާގެ ހިތް މިލްކު ކުރުމުގައި ކާމިޔާބު ކުރި، އެމީހަކާއި އެކު މުޅި ދިރިއުޅުން ވޭތުކުރަން ބޭނުންވާ މީހާއެވެ. އެހެންނަމަވެސް، އެ ސޫރަ ފެނުމުން ލިބުނު އުފަލަށްވުރެ، ހިތާމަ މާ ބޮޑެވެ. ގައިގެ އެކި ތަންތަން ޒަޚަމްވެފައި ހުރި އިރު، ހޯސްލާފައި ލޭ އަންނަމުން ދިޔައެވެ. އެމީހާ ހިނގަމުން އައި މަގުގައިވެސް އޮތީ އެއްކޮށް ލޭގެ ކޯރެއް ހެދިފައެވެ. “ރައީ… އަހަރެން އަދި އަންނާނަން.. އަހަންނަށް އިންތިޒާރު ކުރައްޗެ.. އަހަރެން އަދި އެނބުރި އަންނާނަން.. މުޅި އުމުރު އެކީ ރައިއާ އެކު ހޭދަކުރަން އަންނާނަން.. އައި ލަވް ޔޫ..” އޭނާއަށް ކެތްވީ އެހިސާބަށެވެ. އެމީހާގެ ގާތަށް ދާން ފިޔަވަޅެއް އަޅާލެވުނެވެ. އެހެންނަމަވެސް، އެމީހާއާއި ހިސާބަށް ފޯރުމުގެ ކުރިން އެމީހާ ކުއްލިއަކަށް ގެއްލުނެވެ. ވަނީ ބިމަށް ކަމެއް އެރީ ހަވައަށް ކަމެއް ނޭނގުނެވެ. އެއާއެކު ބާރު ބާރަށް ރޮއެގަނެވުނެވެ. ހިތަށް ލިބިފައިވާ ހިތާމައާއި، ޒަޚަމްތައް ފޮރުވުމަށް އެވަގުތު ނުކުޅެދުނެވެ. “މާއިޝް!!!”

ނުނިމޭ…

35

11 Comments

 1. Nayaa

  October 5, 2021 at 7:08 pm

  Salaam dear readers… Hama dhenmega mi submit kohlee.. 6:15 ehaa iru ninmaalaafa namaadhu kuran dhiyumuge kurin mi dhiyaee submit kohlaafa.. Mifaharu vrh avas upload vileh.. Hehe.. Anyways, hope you all loved this part as well.. lysssssssssssm my lovely readers<33333
  AND HAPPY TEACHER'S DAY TO ANY TEACHER WHO IS READING THIS COMMENT RIGHT NOW..
  and i remember shaleen sis akee quran teacher ekey buni handhaan.. so, shaleen sis ah nayaa ge faraathun a very very very happy techer's day.. teacherun thiya kohdhevvaa agu huri bura masakkathakee dhuvahakuvx alhugandumen kiyavaa kudhinnah ekamuge agu adhaakurevey varuge msakkatheh noon.. so thank you all from the bottom of my heart.. we will always be with you all <333

 2. Nayaa

  October 5, 2021 at 7:13 pm

  In reply to my lovely luvzy for her cmnt in the previous part..
  oooooiiiiii luvzyyyyyyy… haadha baarakashey thi govanee.. kanfaiy falhaigen hingajjey brooo.. lol..
  ohhhh maaish dead eyy???!! subhaanallah! dhn hingaa dhw balamaa mi vanee kihineh kan.. thi buni gothah vx hama vehdaane ingey… insha allah vrh avahah maaish ah v khineh kan engidhaane dhoonee… keep waiting ingey.. aroon & raisha ge love story vx feshidhaane… ekam nubunaanan fesheyne ekey eh.. hehe.. i don’t wanna say anything cux i don’t wanna spoil the story for u guys.. hehe.. kiyaaleema engidhaane mi vanee kihineh kan dhw.. hehe..
  lymmmmmmmmm darlooo <333

 3. mishka

  October 5, 2021 at 7:40 pm

  ماشاالله varah reethi story💖💖💖
  Curiously waitting for next part🙂

  • Nayaa

   October 5, 2021 at 9:31 pm

   thsnkiuuu sooo much mishka… that meant a lot to me darl.. keep waiting.. won’t dissapoint u for sure 🙂 nxt prt hama liyevunuhaa avahakah submit kohlaanan <33333

 4. Xainer Saalim

  October 5, 2021 at 8:42 pm

  maaish ah vee gotheh neygi maa Gina dhuvas vaathee varah foohi

  • Nayaa

   October 5, 2021 at 9:29 pm

   ohh… ekm maaish ge habareh raisha ah nulibey vhk alhuganu fashaafa innaanee 26 vana part nimey hisaabun.. so, it’s only been 2 parts till now.. i don’t think it’s very long for u to get bored.. but i’ll try my best to satisfy my readers 🙂 alhugandu heekuree mihaaru adhi maa avas vaane kamah maaish ah v goiy bunan… but, to respect ur opinion, i’ll try to tell it ASAP.. don’t worry.. insha allah 30 or 31st vana part ga maaish ah v goiy engeyne.. hope u will understand.. thanks for ur feedbacks.. rangalhu kohlan jehey kameh faahag kohlaa, opinion hissaa kohlevveethee vrh bodah shukuriyyaa.. that helped me a lot.. stay safe & take care.. hope u will read the upcoming parts & let me know when i improved enough to satisfy u 🙂

 5. luvza

  October 5, 2021 at 9:54 pm

  NAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAYOOOOOOOOOOOOOOOOOOOOOOOOOOOOOOOOO!
  Keehvegen tah rai aha thihaavarah thi aniyaa kuranee raige kon kushe ovegen rai ah kusheh kurevifai vaanma ekushakah maafah edhen ekam thiyahen naayoo sazaa hinyma rai dhera vaane varu neyge ny tha mi hithah haadha asareh nkureyey
  nayoo buneba manmma kairee rai ah hageegai kiyaidheyn dhen mi hithakah aharenge loabiveriyaage soora balaanulaa hiyy hamajehumeh nulubeyne heyo nuvaaane mannmaa pls pls pls aadheys kuran manmaa pls naayoo buneba manmma kairee nayoo ah hageegaiy kiyaidheyn…..😭😭😭😰😰😰😥😥😥😥
  im being soo dramatic lol😅😅
  ey dhen oii bayah inthxaaru kuran unmeedhu kuran veehaaves avahah maaish ge khabareh vaane kamah
  and masha supari betun ves molhuveveyne gotheh veytho duaa kuraanan
  bye sissy keep up the gud work i really love this story hama varaha kiyaahithun kiyaa story eh mmee and love you too sissy UMWAH❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘🥰🥰🥰🥰🥰

 6. ayshath thasnym

  October 6, 2021 at 12:14 am

  hello, who’s nisha, I forgot

 7. Nayaa

  October 6, 2021 at 12:03 pm

  @Aishath thasnym…
  nisha is naira’s mother..

  and magey lwbi lwbi luvzy ge cmnt ah fahun rpl eh dheynan ingey dhooni//

 8. Nayaa

  October 6, 2021 at 7:48 pm

  ooooooooooooiiiiiiiiiiiiiiiiiiii ekey luvzyyyyyyyyy gandaaaaaaa!!!!!! thi varah nugoviyas mashah adu iveyey.. pis pis.. me manje adhi magey kanfaiy falhaalaane.. sahaadheh..
  ey manjey masheh rai akah aniyaa eh nukuramey brw… dhn konme meehehge life ga vx kanthah thakakaa kurimathilaan jeheyne dhw.. that’s how allah tests us.. mee rai ah oiy imthihaaneh kamah balaa ingey.. magey hitahah vx asaru kureyey nikan.. ekm kuraanee keeh?? ma vx jeheynee stry plan kohfa oiy gothah dhw gennan 😉 lol..
  alhe luvzyyy ma kithaha fahari tha rai ge om gaathu bunan v?? hurey adhi mirey vx gulhaafa bunaanan ingey.. dhooni haas kandaalaa.. haha lol yesss u r being do dramatic rn… manje dhaan v hama film kulhen.. huvaa.. thee hama niuma ge dhevana version.. hahahahaha lmao..
  awwwwwmm tyssssssssssmmm my dear luvzy darling… i genuinely appreciate ur support.. once again thankiu ingey.. so glad to know that u love my stry..
  lymmmmmmmmmmm darling! umwah <33333

 9. Ryyn

  October 7, 2021 at 11:13 am

  Nayuu dhooniganduuuu 😄 Kihineh thrr? I missed you So much ingei ❤
  Mi prt ves hama speechless.. masha allah 💖🎇
  Awlhey.. rai haadha dherawaaney dhw 😢 knmx myhaku maaish ah force kurany kanneyge.. thats my guess 😌
  Curiously wayiting for da nxt prt ❤
  Ly 💫😘
  Stay safe ❤

Comments are closed.