“ނޫން.. ދެން.. އިނގޭ އަރޫން އަދީލްކަން ކިޔަނީ.. އެކަމް… ކޮންވަރޒޭޝަންއެއް ފަށާނެ ގޮތެއް ނޭނގުނީމަ އެހެން އެހުނީ.. މާ ބޮޑަށް އޮކްވާރޑް ވީމަ..” އަރޫންގެ ޖަވާބުން އަނެއްކާވެސް ރައިޝާގެ ހިތަށް ލިބިގެން ދިޔައީ ފޫހިކަމެކެވެ. އަރޫންގެ ބަސްމަގާއި، ޢަމަލުތައް ހުރިގޮތް ރައިޝާއަށް ކަމަކު ނުދިޔައެވެ. އެހެންނަމަވެސް، އެއްޗެކޭ ނުބުނެ، ކެތް ކޮށްލައިގެން ރައިޝާ ހުރީ، ރިޔާޒްއަށް ވެވިފައިވާ ވަޢުދުގެ މަތިން ހަނދާން ވުމުންނެވެ. އެހެންނޫންނަމަ، މިހާރު ރުޅިއައިސްގެން ގޮސް، ކުރިމަތީގައި މި ހުރި ފިރިހެނާގެ މޫނުމަތީގައި ބޮނޑިއެއް އަޅާލެވުނީސްކަން ޔަޤީނެވެ.

“ވަރަށް ފޫހިވޭ ދޯ އަހަރެން ވާހަކަ ދައްކާ ގޮތުން..؟” ހަމަހިމޭންކަމުގެ ސުކޫތަކަށްފަހު، އަރޫން އެހެން އަހާލުމުން ރައިޝާއަށް އިސްއުފުލައިލާ އަރޫންއާއި ދިމާއަށް ބަލައިލެވުނެވެ. “ވަޓް..؟ ތިހެން ތިބުނީ ކީއްވެ..؟” ވަގުތުން އާއެކޭ ބުނަން ބޭނުންވި ނަމަވެސް، ރައިޝާ އަހާލީ އެހެންނެވެ. “ހެހެ.. މި ބުނީ އަހަރެން ވާހަކަ ދައްކާ ގޮތުން ހީވެ ދޯ އޭ ވަރަށް ޖެއްސުމަށްހެން މި އުޅެނީ.. މިއީ އަހަރެން އަބަދުވެސް އުޅޭ ގޮތް..” ލުއި ހުނުމަކާއިއެކު އަރޫން އެހެން ބުނެލި އިރު އެ އަޑުގައި ބޮޑާކަން އެކުލެވިފައި ވިއެވެ.

“އަސްލު ކީއްވެ އަހަންނާ ކައިވެނި ކުރަން އެއްބަސްވީ..؟” އަރޫން އަނެއްކާވެސް އަހާލިއެވެ. “ބައްޕަމެންގެ އެދުމަށް.. އަހަރެންވެސް ބޭނުން އަރޫންއާ ހަމަ ތި ސުވާލު ކޮށްލަން.. އަރޫން ކީއްވެ އަހަންނާ ކައިވެނި ކުރަން އެއްބަސްވީ..؟” ޖަވާބު ދިނުމަށްފަހު ރައިޝާވެސް އެ ސުވާލު ތަކުރާރު ކޮށްލިއެވެ. “ފުރަތަމަ ހުރީ މެރީ ކުރާކަށް ނޫން.. އެކަމް ފޮޓޯ ފެނުނީމަ.. ރީތި ކުއްޖެއް ވިއްޔާ އޯކޭ ކޮންމެ ކުއްޖަކަސް.. އެއީ މައިޝާ ނޫނަސް..” ދެލޯ މަރާލަމުން އަރޫން ބުނެލިއެވެ. “މައިޝާއެއް ނޫން.. ރައިޝާ.. އެންޑް އަރޫން ލައިފް ޕާޓްނަރއެއް ޗޫޒް ކުރަނީ ސިފައަށް ބަލައިގެންތަ..؟” އަރޫންއާއި ދޭތެރޭގައި ނަފްރަތުގެ ޙަޤީގީ ހުޅުކޮޅު ރޮއެވާން ފެށީ އެހިސާބުންނެވެ. “ޔާ.. ވަޓްސް ދަ ޕްރޮބްލެމް.. ލިބެންޏާ ބޭނުން ކުރަންވީއެއްނު..” އަރޫން ކޮނޑު އަރުވާލާފައި އެއް މިޔަކަނިން ހީލިއެވެ. ރައިޝާ ހަމަ ޙަޤީގަތުގައިވެސް ފޫހިވިއެވެ. މިއީ ބައްޕަ ރަނގަޅުވާނެޔޭ ކިޔާ، އޭނާ ކައިވެނި ކުރުމަށް ހަމަޖެއްސި ކުއްޖާ ބާވައޭވެސް ހިތަށް އެރިއެވެ.

“ލީވް އޯލް ދެޓް.. ގަރލްފްރެންޑެއް ހުރޭތަ..؟ އައި މީން، ލޯބިވެރިއެއް.. އޯރ މޭބީ ލައިކްވާ ކުއްޖެއް..؟” ރައިޝާ އަހާލީ ކޮންމެހެން އެނގެން ބޭނުންވާތީކީ ނޫނެވެ. “އަބަދުވެސް ހުރޭ.. ހަފްތާއަކަށް އެކަން ދާނީ.. ދެންމެވެސް މި އައީ މީޓްކުރަން ގޮއްސަ..” އަރޫން ހިނިގަނޑެއް ޖަހާލިއެވެ. “އާރ ޔޫ ސީރިޔަސް..؟” މިފަހަރު ރައިޝާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. “ކިހިނެއްވީ..؟ ކަމުނުދަންޏާ އޯކޭ މެރިޖް ކެންސަލް ކޮށްލިޔަސް.. އިޓްސް ޔުއަރ ލޮސް އެނީވޭސް..” އެއްވެސް ފަރުވާލެއް ނެތް ގޮތަކަށް އަރޫން ދެ ކޮނޑު އަރުވާލިއެވެ.

“މެރީ ކުރުމަށް ފަހުވެސް އަރޫން އުޅޭނީ ތިހެންތަ..؟” މިފަހަރު ރައިޝާ އަހާލީ ތަންކޮޅެއް މަޑުންނެވެ. “ވިސްނާލަން ޖެހޭނީ.. ލޮލް.. ދެން މަ އުޅޭނީ މަ ބޭނުންވާ ގޮތަކަށްނު..” އަރޫން ބުނެލިއެވެ. “އަންތބަކު ހުއްޓާވެސް އެހެން އަންހެން ކުދިން ކައިރިއަށް ދާނަން..؟” ރައިޝާ އަހާލީ ޤަބޫލު ނުކުރެވިފައި ހުރެއެވެ. “އަނބިމީހާގެ މަސައްކަތަކީ ގޭތެރޭގެ ހުރިހާ ކަމެއް ކުރުން.. އަހަރުމެން ފިރިހެނުން ލާރި ހޯދައިގެން މަސައްކަތް ކުރަނީ.. ދެން ހާލަކުން ފަހަރަކުން އަންހެން ކުއްޖަކު ކައިރިއަށް ދިޔުމުން ކޮބާ މައްސަލައަކީ..؟” އަރޫންގެ ވާހަކަތައް އެހިސާބަށް ދިޔުމުން ރައިޝާ އަތުގެ ޢިޝާރާތުން ހުއްޓާލުމަށް އެންގިއެވެ. މިއޮށް ހުރިހާ އިރަކު އަރޫންގެ ވާހަކަތަކަށް އޭނާ ކެތް ކުރިއެވެ. އެހެންނަމަވެސް، މިފަހަރު އަންހެނުން ދަށްކޮށްލާފައި ވާހަކަ ދެއްކުމުން ރައިޝާ އިތުރަށް އެތާ ހުންނަންވެސް ފޫހިވިއެވެ.

“އަންހެނުންނަކީ ގޭތެރޭގެ މަސައްކަތާއެކު ވަޒީފާއަށްވެސް ދާން ޖެހޭނެ ބައެއް.. ކައިވެންޏަށް ފަހު އަހަރެން ވަޒީފާއަށް ދާނަން.. ފަސް އަހަރު ވަންދެން އަހަރެން އާއިލާއާ އެތައް މޭލެއް ދުރުގައި ހުރެ، ހޭބޯނާރާ ކިޔެވީކީ ދުވާލު ހަތަރު ދަމު ގޭތެރޭގެ ކަންތައްތަކާއި، ފިރިމީހާގެ ކަންތައް ކޮށްދީފައި، އަހަރެންގެ ފިރިމީހާ އެހެން އަންހެނުން ކައިރިއަށް ދާ ތަން ދުށުމުގެ މަޤްސަދަކު ނޫން.. ބައްޕަ ކިތަންމެ ބޭނުންވިޔަސް، އަރޫން އުޅޭނީ ތިހެން ކަމަށް ވަންޏާ އަހަރެން މި ކައިވެނި ހުއްޓުވާނަން.. ތިކަހަލަ މީހަކާ އެއްކޮށް މުޅި ޢުމުރު ކީއްކުރަން، އެންމެ ސިކުންތެއްވެސް ވޭތުކޮށްލާކަށް އަހަންނެއް ބޭނުމެއް ނޫން..” ރުޅިއައިސްފައި ހުރި ވަރުން ރައިޝާއަށް ބުނެވުނީ ވަރަށް ބާރަށެވެ.

“އުފް.. ޔޫ އާރ ޓަފް.. އައި ލައިކް ދެޓް.. ޔޫ ނޯވ ވަޓް..؟ މީގެ ކުރިން ރައިޝާ ކައިވެނި ހުއްޓުވި ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް.. އެކަމަކު މިހާރު އަހަރެން ކޮންމެހެންވެސް ރައިޝާ އަހަރެންގެ ޙައްޤަކަށް ހަދަން ބޭނުން.. މި ކައިވެނި ކުރާނަން.. އަންހެނުންގެ ފެންވަރު ރައިޝާއަށް އަންގާލާނަން.. އަހަރެންނަކީ މިއަދާ ހަމައަށްވެސް ބޭނުން ކޮންމެ އެއްޗެއް ހޯދި މީހެއް.. މިފަހަރުވެސް ހޯދާނަން.. ދަ ވޯރޑް ޑިފީޓް އިޒް ނޮޓް އިން މައި ވޮކޭބްލަރީ އައިމިނަތް ރައިޝާ އަހްމަދު ރިޔާޒް.. ރިމެމްބަރ ދެޓް.. އަހަރެން ރައިޝާ ޙާސިލް ކުރާނަން..” އަރޫންއަށް ފުރަގަސް ދިން ރައިޝާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން އަރޫން ބުނެލީ އެ އަތަށް ބާރުކޮށްލަމުންނެވެ. އެއާއެކު، ރައިޝާގެ ހިތް ބިރުން ތެޅެން ފެށި ނަމަވެސް، އެކަން މޫނުމަތިން ނުދައްކާ ވޭތޯ ބަލަމުން ދިޔައެވެ.

“އަރޫން.. މަގޭ އަތުން ދޫކޮށްލާ.. ތަދުވޭ.. އަރޫން!” ރައިޝާ ތެޅެންފެށީ އޭނާގެ އަތަށް ތަދުވާތީއެވެ. “ދޫކޮށް ނުލައިފިއްޔާ..؟” ވިހަ ގޮތަކަށް ހީލަމުން އަރޫން އަނެއްކާވެސް ރައިޝާގެ އަތަށް ބާރުކޮށްލިއެވެ. އެއާއެކު، އެޅި ވޭނުން ރައިޝާ ހަޅޭލައިގަންނަން ބޭނުންވި ނަމަވެސް، އެކަން ކާމިޔާބު ނުވީ އަރޫން އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. “ޝްޝްޝް..” މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކު ގާތު-” “ބުނާނަން.. ތިހެން އަހަންނަކަށް ބިރެއް ނުދެއްކޭނެ..” ރައިޝާގެ އަޑުގައި އެކުލެވިފައިވީ ނަފްރަތުގެ އަސަރުތަކެވެ. “ބުންޏަސް ނުބުންޏަސް މަގޭ ފަރުވާލެއް ނެތް.. ކިތަންމެ ވަރަކަސް ކިޔަސް ރައިޝާގެ ބައްޕަ މި ކައިވެންޏެއް ނުހުއްޓުވާނެ.. ކިތަންމެ ވަރަކަސް ކިޔަސް ނުހުއްޓުވާނެ..” އަރޫން ފެށީ ހޭށެވެ. “ނޫން.. ބައްޕަ އަހަރެންގެ އުފަލަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ.. ދުވަހަކުވެސް ނުކުރާނެ..” ރައިޝާ ބުނަމުން ދިޔައީ އެހެންނެވެ. އެއާއެކު އަނެއްކާވެސް، އަރޫންގެ ހުނުމުގެ އަޑު އެތަނުގައި ގުމާލިއެވެ.

“ނޫނޭ ރައިޝާ.. ޔޫ އާރ ޓޫ އިނޮސެންޓް ފޯރ ދިސް ކްރޫލް ވޯރލްޑް.. ރައިޝާގެ ބައްޕަ އެހާ އަވަހަށް ރައިޝާގެ ކައިވެނި ކުރުވަން އެ އުޅެނީ ކަމެއް ވެގެން.. އިނގޭތަ ކީއްވެކަން.. ބިކޯޒް އޮފް ޔުއަރ ލަވަރ.. އޯރ ޝުޑް އައި ސޭ، އެކްސް ލަވަރ..؟ މާއިޝް..” އަރޫންގެ ދުލުން މާއިޝްގެ ނަން އިވުމާއި އެކުހެން ރައިޝާ ހުއްޓުން އެރިއެވެ. އަމުދުން ބައްޕަ އޭނާގެ ކައިވެނި ކުރުވުމުގެ ފަހަތުގައި މާއިޝްގެ ސަބަބެއް އޮތީއޭ ބުނުުން އިތުރަށް ހައިރާން ވިއެވެ. އަދި އަރޫންއަށް މާއިޝްއަކީ ކާކުކަން އެނގުމުންވެސް ވަކިން ބޮޑަށް ހައިރާންވިއެވެ. މާއިޝްގެ ކުއްލި ވަކިވުމުގެ ފަހަތުގައި ރިޔާޒްގެ އަތެއް ވާ ކަމަށް ރައިޝާއަށް ޝައްކު ކުރެވެން ފެށީ އެހިސާބުންނެވެ.

“އަރޫންއަށް ކިހިނެއް މާއިޝް އިނގެނީ..؟” އެންމެ ފުރަތަމަވެސް ރައިޝާގެ ހިތަށް އައީ އެ ސުވާލެވެ. “އެއީ ހޯދަން އެހާ އުނދަގޫ ކަމެއް ނޫން.. ކުރިންވެސް ބުނީމެއްނު.. އަހަރެން ކުރަން ބޭނުން ކަމެއް ކޮށްފަ ނޫނީ ދުލެއް ނުކުރާނަމޭ..” އަރޫން ބުމައަރުވާލި އިރު އެ މޫނުމަތީގައި ކުރެހިފައިވީ މަލާމާތާއި، ބޮޑާވެރިކަމުގެ އަސަރުތަކެވެ. “ތި ބުނީ..؟ ޓެލް މީ ދި ފުލް ސްޓޯރީ..” އަވަސްވެފައިވާ ހިތަކާއެކު، ރައިޝާ އެހެން އަހާލި އިރު އަރޫންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

“ހޫމްމް.. ވީ ގޮތަކީ ދޯ.. ހަނދާންވޭތަ އާޝްމެންގެ ކައިވެންޏަަށް ރައިޝާ މާލެއައި ދުވަސްކޮޅު..؟” އަރޫން އަހާލުމުން ރައިޝާ ދެ އަހަރު ކުރީގެ އެ ހަނދާންތަކަށް ފީނައިގަތެވެ. “އެއީ ރައިޝާ މެލޭއަށް ދާން ވެގެން ފުރި ރޭ.. އެރޭ މާނާ ކުއްލި ގޮތަކަށް ވިހަން ޖެހިގެން މާއިޝް ދިޔައެއްނު ހޮސްޕިޓަލަށް..؟” އަރޫން ކުރާ ކޮންމެ ސުވާލަކަށް ރައިޝާ ބޯ ޖަހަމުން ދިޔައީ އެ ހަނދާންތައް އަދިވެސް ނުފިލާނޭހެން އެ ހިތުގައި ރައްކާކުރެވިފައި ވީތީއެވެ. “އެރޭ މާނާ ވިހެއީމަ މާއިޝް ދިޔައީ އޭނާގެ މަންމަ ބުނެގެން ގޭގަ ހުރި ބޭބީގެ ވަށިގަނޑާއި، މޭވާކޮޅެއް ގެންނަން.. ދެން އޭނަ ދިޔައީ މާލެ.. މާލެ ދިޔައިރު-”

“އަރޫން! ރައިޝާ!” އަރޫންގެ ވާހަކަތައް މެދުކެނޑުނީ ބެލްކަނީގެ ދޮރުން ވަދެގެން އައި ރިޔާޒް ފެނިފައެވެ. މީހާ މާނޭވާ ލަމުން ދިޔަ އިރު ހުރީ ކޮންމެވެސް ވަރަކަށް ދާހިތްލާފައެވެ. “ބައްޕާ.. ދެންމެ-” “ރައިޝާ ދަރިފުޅު ދޭބަލަ އިހަށް.. އަދީލްބެމެން އެބަ ހޯދާ ދަރިފުޅު.. ބައްޕަ އެބަ ދަން އަރޫން ގޮވައިގެން އިރުކޮޅަކުން..” ރިޔާޒްގެ މަޤްސަދަކީ ރައިޝާ އަވަހަށް އެތަނުން ފޮނުވާލުންކަމާއި މެދު، ރައިޝާއަށް ޝައްކު ވިއެވެ. އެހެންނަމަވެސް، އިތުރު އެއްޗެކޭ ނުބުނެ އެއްފަހަރު ރިޔާޒްގެ މޫނަށް، އަނެއް ފަހަރު އަރޫންގެ މޫނަށް ބަލައިލުމަށްފަހު ރައިޝާ އެތަނުން ނުކުތެވެ. ރައިޝާ ދިޔަކަން ޔަޤީންކޮށްފައި ރިޔާޒް އަރޫންއާއި ކުރިމަތިލީ ހިތްހަމަނުޖެހި ހުރެއެވެ.

“އަރޫން ކީއް ތި ކުރަނީ..؟ ރައިޝާއަށް ހުރިހާ އެއްޗެއް ތި ކިޔައިދެނީ ކީއްވެ..؟” ރިޔާޒް އަހާލީ ނުތަނަވަސްވެފައި ހުރެއެވެ. “ބޭބެ ނުބުނަމެއްނު ނުކިޔައިދޭށެކޭ.. އެހެންވީމަ ނޭނގޭނެއްނު..” އަރޫންއަށް އަމިއްލަ ނަފްސުގެ ދިފާޢުގައި ދައްކާނެ ބަހަނާއަކަށް ވިސްނުނީ އެޔެވެ. އެއާއެކު ރިޔާޒް ފުން ނޭވާއެއް ދޫކޮށްލިއެވެ. “ބުންޏަސް ނުބުންޏަސް އަރޫންއަށް އިނގެންވާނު އެކަހަލަ ވާހަކައެއް ކިޔައިދީގެން ނުވާނެކަން.. ޚާއްސަކޮށް ކައިވެނީގެ ކުރިން.. ދެން އެންމެ ރަނގަޅު.. އެކަން އެ ނިމުނީ.. އެކަމް ދެންވެސް ހަނދާން ބަހައްޓާތި.. ރައިޝާ ގާތު އެކަމާ ގުޅުން ހުރި އިތުރު އެއްވެސް އެއްޗެއް ނުބުނާތި.. އަރޫން ބޭނުމެއްނު ރައިޝާއާ އިންނަން ދޯ..؟” ރިޔާޒްގެ ސުވާލަށް އަރޫން ޖަވާބު ދިނީ ބޮލުންނެވެ.

“އެހެންވީރު މާއިޝްގެ އެއްވެސް ވާހަކައެއް އޭނަ ކައިރި ނުދައްކާތި.. އެހެންނޫނީ އެންމެ ފަހު ވަގުތު އޭނާ ކައިވެނި ކުރުމަށް ދެކޮޅު ހަދާފާނެ.. އޭރުން އަހަރެންގެ ސިއްރުވެސް ފަޅާއަރާނެ.. ސާފުވެއްޖެތަ..؟” ރިޔާޒް އަރޫންގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. “ލައްބަ.. ސާފުވެއްޖެ..” ބޯ ޖަހާލަމުން އަރޫން ބުނެލިއެވެ. “އެންމެ ރަނގަޅު.. ހިނގާ އަވަހަށް ދަމާ.. ރައިޝާއަށް ޝައްކުވެދާނެ..” އަރޫންގެ ކޮނޑުގައި އަތް އަޅުވާލަމުން ރިޔާޒް އެތަނުން ނުކުންނަން ހިނގައިގަތެވެ.

*******

މިއޮށް ހުރިހާ އިރަކު ބެލްކަނީގެ ބޭރުގައި ރިޔާޒްމެން ދެއްކި ވާހަކަތައް އަޑު އަހަން ހުރި ރައިޝާ ސިހުނީ ރިޔާޒްމެން އަންނަ އަޑު އިވުމުންނެވެ. އަވަސްއަވަހަށް މޫނު ފުހެލަމުން ރައިޝާ އެތަނުން ދިޔުމަށް ހިނގައިގަތީ ރިޔާޒްމެންނަށް ފެނުމުގެ ކުރިން އެމީހުންގެ ލޯ ކުރިމަތިން ދުރަށް ދާން ބޭނުންވާތީއެވެ. ބަދިގެއަށް ވަނުމުގެ ކުރިން މޫނު ފުހެލި އިރު، ދެންމެ އެ ދެލޮލުގައިވި ހިތާމަވެރި ކަމުގެ އިޙުސާސް ވަދެ ފިލީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. މިހާރު އެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ އުފާވެރިކަމެވެ. ރައިޝާގެ މަޤްސަދަކަށްވީ އޭނާ ކުރާ ހިތާމަ، އެހެން މީހުންނަށް ފޮރުވާ، ވަންހަނާ ކުރުމެވެ.

*******

“އަނހަ ރައިޝާ.. ކޮބާ އަރޫން..؟” ރައިޝާ އައިސް ބަދިގެއަށް ވަނުމާއެކު، އަދީލް އަހާލިއެވެ. “އެބަ އާދެ ބައްޕައާއި އެއްކޮށް..” މޫނުމައްޗަށް މަސްނޫޢީ ހިނިތުންވުމެއް ވެރިކުރުވަމުން ރައިޝާ ޖަވާބު ދިނެވެ. އެވަގުތު ރިޔާޒްވެސް އަރޫން ގޮވައިގެން އައިސް އެތާ އިށީނީ، ރައިޝާއަށްވެސް އިށީންނަން އިޝާރާތް ކުރަމުންނެވެ.

“އެހެންވީމަ… ދަރިފުޅުމެން ދެކުދިންނަށް އެކަކު އަނެކަކު ކަމުދޭތަ..؟” ހިތްހެޔޮ ރާގެއްގައި އަދީލް އެހެން އަހާލި އިރު އަރޫންއަށް އެ ބޮޑާކަމުގެ ސިފަ ލިބުނީ ކޮންތާކުން ބާވައޭ ރައިޝާގެ ހިތަށް އެރިއެވެ. “ލައްބަ.. އަޅުގަނޑަށް ވަރަށް ކަމުދޭ..” ރައިޝާ އެއްޗެއް ބުނުމުގެ ކުރިން އަރޫން އެހެން ބުނެލި އަޑު އިވުމުން ސިހިފައި އަރޫންއާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު އަރޫން ވިހަ ގޮތަކަށް ހީލައިގެން އިން ގޮތް ފެނުމުން ރައިޝާއަށް ދަތްކުނޑި ވިކާލެވުނެވެ. ދެއަތް މުށްކަވާލެވުނު އިރު މީހާ ހަމައަކަށް އެޅުމަށް ދެތިން ނޭވާ ދޫކޮށްލަން ޖެހުނެވެ.

“ރައިޝާ.. ދަރިފުޅަށް އަރޫން ކަމުދޭތަ..؟” މިފަހަރު އަހާލީ އާލިޔާއެވެ. އެވަގުތު ރައިޝާއަށް ބަލައިލެވުނީ ރިޔާޒްއާއި ދިމާއަށެވެ. ރިޔާޒްގެ ލޮލުން ފެނުނު އާދޭހާއެކު، ރައިޝާއަށް ދެކޮޅު ހަދާނެ ފުރުސަތެއް ނުލިބުނެވެ. އަމިއްލަ އުފަލުގެ ކުރިއަށް ބައްޕަގެ އުފާ އިސްކުރަމުން ރައިޝާ ޖަވާބު ދިނުމަށް ތައްޔާރު ވިއެވެ. “ލައްބަ.. އަޅުގަނޑަށްވެސް އަރޫން ކަމުދޭ..” ދެލޯ މަރާ ބާރުކޮށްލަމުން ރައިޝާ ބުނެލީ ހިތް މަތީގައި ގާގަނޑެއް ބާއްވާފައެވެ. އެއާއެކު ރިޔާޒްއާއި، އަދީލް ސަލާމްކޮށްލި އިރު އަރޫންގެ ތުންފަތުގައިވި ކާމިޔާބީގެ ވިހަ ހިނިތުންވުމުން ރައިޝާގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

*******

ނިދަން އަރާ އެނދުގައި އޮތް ރައިޝާގެ ބޮލުގައި އެނބުރެމުން ދިޔައީ މިރޭ އަރޫން ބުނި ބަސްތަކެވެ. މާއިޝްގެ ހުރިހާ ކަމެއް އަރޫންއަށް އެނގޭކަން ރައިޝާއަށް މިރޭ ޔަޤީންވިއެވެ. މާނާ ވިހޭ ރޭގެ ވާހަކަ ބުނުމުން، މާއިޝްގެ ޢާއިލާގެ މަޢުލޫމާތުވެސް އަރޫންއަށް އެނގޭކަން ރައިޝާއަށް ކަށަވަރު ވިއެވެ. އަނެއްކާ މާއިޝްގެ ވަކިވުމުގެ ފަހަތުގައިވަނީ އަރޫންގެ އަތެއް ހެއްޔެވެ؟ އެހެންނަމަވެސް ދެން ހަނދާނަށް އަންނަން ފެށީ މާއިޝްގެ ވަކިވުމުގެ ފަހަތުގައި ރިޔާޒްގެ އަތެއް އޮންނާނެ ކަމަށް އަރޫން ވަށްބަހުން ބުނި ހަނދާނެވެ. އެހެންނަމަވެސް، ރިޔާޒް ވަކި ކުރާނީވެސް ކޮން ކަމެއް ހެއްޔެވެ؟ ބައްޕަ ގޯސް ކަމެއް ކޮށްފާނެ ކަމަށް ޤަބޫލު ކުރުން ވާނީ، ފަތިހުގެ ވަގުތު އިރުގެ ބަދަލުގައި ހަނދު އެރި ކަމަށް ޤަބޫލު ކުރުން ފަދަ ކަމަކަށެވެ.

އެވަގުތު ހިތުގައި ރޮއެވިފައިވީ އުންމީދުގެ ކުޑަކުޑަ ހުޅުކޮޅާއި އެކު، އަރޫންގެ ފަރާތުން މާއިޝްއާއި ބެހޭ ހުރިހާ އެއްޗެއް ހޯދަން ރައިޝާ ޢަޒުމް ކަނޑައެޅިއެވެ. އެހެންނަމަވެސް، އެކަން ކުރާނީ ކިހިނެއްކަން ރައިޝާއަކަށް ނުވިސްނުނެވެ. ރިޔާޒް އަރޫން ގާތު ދެއްކި ވާހަކަތަކަށް ފަހު، ދެން ހަމަ ޔަޤީނުންވެސް އަރޫން އޮޅިގެންވެސް މާއިޝްގެ ނަންހާ ހިސާބުވެސް ރައިޝާގެ ކުރިމައްޗަކު ނުކިޔާނެއެވެ.

އެކަންތައްތަކާއި ދޭތެރޭގައި ވިސްނި ވަރަކަށް ރައިޝާގެ ބޮލުގައި ރިއްސަން ފެށިއެވެ. ބޯ ފަޅައިގެން ގޮސްދާނެހެން ހީވުމުން ރައިޝާ އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލާފައި ބާރުކޮށްލިއެވެ. ދެންވެސް، ބޮލަށް އެއްވެސް ލުޔެއް ނުލިބުމުން ރައިޝާ ގޮސް ފާޚާނާއަށް ވަނީ ނަމާދަށް ތައްޔާރު ވުމަށް ވުޟޫ ކުރާށެވެ.

*******

“އަޅެ ޔާޝް.. ދެން އެއްޗެއް ކާން ދާންވީނު… މިހާރު އެކަކުވެސް ނޫޅޭނޭ ތިރިޔަކު.. އެއޮށް ބާރަ ޖަހަނީއޭ.. ނުކައި ނުވާނެ ނިދާކަށް.. އަޅެ ޕްލީޒް..” ހުސްގަޔާ އެނދުމަތީގައި ބަނޑުވަތަށް އޮށޯވެގެން އޮތް ޔާޝްއާއި ރީޝާ ވާހަކަ ދައްކަމުން ދިޔައެވެ. ބާލީހުގައި މޫނު އޅައިގެން އޮތް އިރު، ޔާޝްގެ އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއް ނެތި ހޭވިފައެވެ. “ޔާޝް ޕްލީޒް..” މިފަހަރު ރީޝާ ތަންކޮޅެއް މަޑުން އަހާލީ ނިދީގައި އޮވެގެން އިޔާޝާ ކުކުރާލި އަޑު އިވުމުންނެވެ.

“ރީޝް ދޭ ކާން.. އަހަރެން ކާ ހިތެއް ނެތޭ..” ނިދި އަޑަކުން ޔާޝް އެހެން ބުނެލުމުން ރީޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ކާހިތް ނުވިޔަސް ކާންވާނޭ.. ޔާޝް ތީ އެންމެ ބޮޑު ކުއްޖާއޭ.. އާޝްއަށް ނުވިސްނުނަސް ޔާޝްއަށް ޖެހޭނު ވިސްނެން.. ޔާޝް ސްޓްރޯންގް ކޮށް ހުރެގެންނު މަންމައަށާ އާޝްއަށާ ނައިމެން އެންމެންނަށް ހިތްވަރު ލިބޭނީ.. ޕްލީޒް..” ޔާޝްގެ ކޮނޑުގައި ހިފާ، ރީޝާއާއި ދިމާއަށް އަނބުރާލަމުން ރީޝާ ޔާޝްއަށް ވިސްނައިދެވޭތޯ ބެލިއެވެ. އެތަކެއް ވާހަކަތކެއް ދެއްކުމުންވެސް ޔާޝް އޮތް ތަނުން ގުޑާވެސް ނުލިއެވެ. އެހެންނަމަވެސް ރީޝާ ހުރީ ހަތިޔާރު ބަހައްޓަން ތައްޔާރަކަށް ނޫނެވެ. އެވަގުތު ޔާޝްގެ މޫޑު ރަނގަޅުކޮށްލުމަށް ސިކުނޑިއަށް އައި މޮޅު ޚިޔާލުން ރީޝާގެ ތުންފަތަށް ގަސްތަކާނުލާ ހިނިތުންވުމެއް ވެރިވިއެވެ.

“ޔާޝް.. އައި ހޭވް ސަމްތިންގ ޓު ޓެލް ޔޫ..” ހިނިތުންވުން ފުޅާކޮށްލަމުން ރީޝާ ބުނެލިއެވެ. “ބުނެބަލަ..” އެ އޮތް ގޮތަށް އޮވެ، ޔާޝް ބުނެލީ ފަރުވާލެއް ނެތް ފަދައަކުންނެވެ. “ނައި އިޒް ޕްރެގްނެންޓް!” ރީޝާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށްކަން ރޭކާލީ އިޔާޝާ ހޭލައިގެން ކުކުރާލި އަޑު އިވުމުންނެވެ. ލޯ ހުޅުވުނީ ހަމައެކަނި އިޔާޝާގެ އެއް ނޫނެވެ. ރީޝާ ދިން ޚަބަރާއި އެކު ޔާޝްވެސް ކޯމަހެއްހެން ފުންމައިގެން ތެދުވިއެވެ.

“ވެއިޓް ވަޓް..؟ ވަޓް ވަޓް..؟ ސީރިޔަސްލީ..؟ އާރ ޔޫ ސީރިޔަސް ރައިޓް ނައު..؟” އިޔާޝާ އުރާލައިގެން އައި ރީޝާގެ ހެދުމުގައި ހިފައި، ޔާޝް އަހަމުން ދިޔައީ ކުޑަކުއްޖެއް ހެންނެވެ. އެއާއެކު، ރީޝާ ހިނިގަނޑެއް ޖަހާލާފައި އާއެކޭ ބުނުމުން، ޔާޝްއަށް ހީވީ ދެ ޢީދު އެއްފަހަރާ ލައިގަތްހެންނެވެ. ބޮޑުބޭބެ ކިޔާ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އުފަންވާން އުޅޭކަން އެނގުމާއި އެކު، ޔާޝްއަށް ލިބިގެން ދިޔައީ ބުނަން ނޭނގޭ ވަރުގެ ހިތްހަމަޖެހުމެކެވެ. އިޔާޝާ ލިބެން އުޅޭކަން އެނގުު ދުވަހު ވީ އުފާ، ޔާޝް މިއަދު ނައިރާއާއި، ރިއާޝްގެ އަލަތު ދަރިފުޅު ދުނިޔެއަށް އަންނަން އުޅޭކަން އެނގުމުންވެސް ވިއެވެ.

“ކޮން ބަޔަކަށް އެނގެނީ..؟ ކިހިނެއް ރީޝްއަށް އެނގުނީ..؟” ދެން އެ އޮހިގަތީ ޔާޝްގެ ސުވާލުގޯންޏެވެ. “ހެހެ.. މިއަދު ބަދިގޭގަ ހުއްޓާ ނައި ހޮޑުލީ.. ވަގުތުން މަށަށް ޝައްކުވި.. ދެން މަ ޔަޝޫއަށް ޓެސްޓް ކުރަން ވެގެން ގެނައި ކިޓް ނައި އަތަށް ދީފަ ބުނީ ޓެސްޓް ކުރަން.. މިއަދު ހަމަ އެނގުނީ.. އާޝް ކައިރި މިރޭ ބުނެފަ، މަންމަމެން ކައިރި މާދަން ބުނާނަމޭ ނައި ބުނީ..” ޔާޝް އުޅެމުން ދިޔަ ގޮތުން ރީޝާއަށް ނުހީ ނީނދެވުނެވެ.

“ވާވް.. އައިމް ގޮނަ ބީ އޭން އަންކަލް.. މާދަމާ ވާނެ އާޝްއާ ދިމާކޮށްލަން..” ފުރަތަމަވެސް ޔާޝް ވިސްނީ ރިއާޝް ރަކިކޮށްލާނެ ގޮތަކާއި މެދުގައެވެ. “ނޫން.. އެދެމީހުންނާ ދިމާއަށް އެއްވެސް އެއްޗެކޭ ކިޔައިގެންނެއް ނުވާނެ.. އެމީހުން ލަދުން ގޮސް ހަލާކުވެދާނެ..” ޔާޝްގެ ކަންފަތުގައި ހިފާލަމުން އިންޒާރެއް ދިން ފަދައަކުން ރީޝާ ބުންޏެވެ. “އޯކޭ އޯކޭ މެޑަމް.. އާ އާ އައުޗްޗްޗް.. އައްދިއްޔޯއެކޭ.. ދޫކޮށްބަލަ.. ކަންފަތަށް ތަދުވޭ..” ކަންފަތަށް ތަދުވާ ވަރުން ޔާޝްއަށް ރޮއެގަނެވުނެވެ.

“މިހާރު މަށަށް އެނގިއްޖެ ކޮންތާކުންކަން ޔަޝޫއަށް އެ ސިފަ ލިބުނީ..” ރީޝާ އޭނާގެ ކަންފަތުން ދޫކޮށްލުމުން ޔާޝް ކަންފަތުގައި ފިރުމަމުން އިނދެ، މަޑުމަޑުން ބުނެލިއެވެ. “ކީކޭ..؟” ޔާޝްއާއި ދިމާއަށް ކަޅިއަޅާލަމުން ރީޝާ ބުނެލިއެވެ. “ހެހެ.. ނަތިންގ..” ހިންދިރުވާލަމުން ޔާޝް ބުނެލީ އިތުރު އަނިޔާއެއް ލިބެން ނޭދޭތީއެވެ. އެވަގުތު އިޔާޝާ ވައި ބޭރުކޮށްލި އަޑު އިވުމުން ދެމީހުންނަށް އެއްފަހަރާ އެކަު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ.

“އިޓްސް ޔުއަރ ޓަރން.. ޔާޝް ޖެހޭނީ ދެން ދޮއްވަން..” އަވަސް އަވަހަށް އިޔާޝާ ޔާޝްގެ އަތަށް ލަމުން ރީޝާ ބުނެލިއެވެ. “ނޯ ނޯ.. މިއަދު މެންދުރުވެސް މަ ޗޭންޖް ކުރުވީ.. ދެއަރ އިޒް ނޯވޭ އައިމް ޓަޗިން ދެޓް..” ޔާޝް، އަވަސްއަވަހަށް އިޔާޝާ ރީޝާގެ އަތަށް ލައިދިނެވެ. “އެހެންނުވާނެ.. މިއަދު އެންމެ ފަހަރަކުވެސް ޔާޝް ބަދަލެއް ނުކުރެ..” އަނެއްކާވެސް އިޔާޝާ ޔާޝްގެ އަތަށް ލައިދީފައި، ރީޝާ އަވަސްއަވަހަށް ތެދުވެ ބެލްކަންޏަށް ނުކުމެ، ބޭރުން ދޮރު ތަޅުލިއެވެ. އެއާއެކު، ރީޝާއާއި ދިމާއަށް ކަޅި އަޅާލާފައި، ޔާޝްއަށް އިޔާޝާއާއި ދިމާއަށް ބަލައިލެވުނެވެ. އޭރި ލޯބި ގޮތަކަށް އިޔާޝާ އަތް ދިއްކޮށްލައިގެން އޮތީ އުރާށޭ ބުނާ ފަދައަކުންނެވެ. ގަސްތަކާނުލާ ޔާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ، ދަރިފުޅުގެ ލޯބި ޙަރަކާތްތައް ފެނިފައެވެ.

“ދަރިފުޅޫ.. ބައްޕައަކަށްނު މި ޖެހުނީ އެންމެ ފަހުން މިކަން ކުރަންވެސް.. ހިނގާ ފާޚާނާއަށް..” ފުން ނޭވާއެއް ދޫކޮށްލަމުން ޔާޝް އިޔާޝާ އުރައިގެން ފާޚާނާއާއި ދިމާއަށް މިސްރާބު ޖެހިއެވެ. “އިއު އިއު އިއު.. ޖަސްޓް އިއޫ..” ދުވަމުން ދިޔަ ވަހުން އިޔާޝާ ގަޔާ ދުރުކޮށްލައިގެން ޔާޝް ހިނގަމުން ދިޔައީ ނޭޥާ ހިފަހައްޓާލައިގެންނެވެ. އެވަގުތު އިޔާޝާ ހިނިގަނޑެއް ޖަހާލީ ޔާޝްއަށް މަލާމަތް ކޮށްލާ ފަދައަކުންނެވެ. “ދަރިފުޅުވެސް ބައްޕިއަށް މަލާމާތް ދޯ ކުރަނީ..؟ މަންމިވެސް ދަރިފުޅުވެސް އަބަދު ތިބޭނީ ޓީމް ހަދާފަ..” ތުންކޮޅު އޫކޮށްލަމުން ޔާޝް ޝަކުވާ ކޮށްލީ ކުޑަ ކުއްޖެއް ފަދައިންނެވެ. އެއާއެކު، އަނެއްކާވެސް އިޔާޝާ ހޭން ފެށިއެވެ. ދެ ބަފައިންގެ ލޯބި ޙަރަކާތްތައް ފޯނުން ރެކޯޑު ކުރަމުން ދިޔަ ރީޝާވެސް ހުރީ ހީހީ ހަލާކުވެފައެވެ.

*******

“އާޝް..” އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން، ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން އިން ރިއާޝްއަށް ނައިރާ ގޮވާލިއެވެ. “އާޝް… އެއްޗެކޭ ބުނެބަ.. ޕްލީޒް.. އޭރު ކޮޓަރިއަށް އައިއްސުރެ ތި އިންނަނީ ތިހެން.. އާޝް.. އަޅެ ޕްލީޒް..” ރިއާޝްގެ ކައިރީގައި އިށީންނަމުން ރައިޝާ ރިއާޝްގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ. “ނައީ.. ބައްޕައަށްޓަކައި ނައި އެ ވަނީ ހާދަ ބޮޑު ސެކްރިފައިސް އެކޭ.. އައި ކާންޓް އީވެން އިމޭޖިން ގެޓިން މެރިޑް ވިތް ސަމްވަމް އެލްސް އަދަރ ދޭން ޔޫ..” ނައިރާގެ މޫނުގައި އަތް ޖައްސާލަމުން ރިއާޝް ބުނެލީ، ރައިޝާ އެވަމުންދާ ފަދަ ޤުރުބާނީއެއް ވާން އޭނާގެ ހިތްވެސް ދެކޮޅު ހަދާތީއެވެ.

“އިޓްސް އޯކޭ އާޝް.. ޕްލީޒް ސްޓޮޕް ކްރައިންގ.. ވީ ވިލް ފިގަރ ސަމްތިންގ އައުޓް..” ރިއާޝްގެ އަތްތިލައިގައި ހިފާ، ބާރުކޮށްލަމުން ނައިރާ ބުނެލިއެވެ. “އައި ޖަސްޓް ފީލް ސޯ ބޭޑް.. ރައި އެއީ އަހަރެންގެ ކޮއްކޮއެއް.. ބަޓް އައިމް ނޮޓް އޭބްލް ޓު ހެލްޕް ހަރ.. އަހަރުމެން ދެމީހުން ގުޅުވަން އެންމެ ހެލްޕް ވެދިނީ ރައި.. އެކަމް މިއަދު ރައިއަށް އަހަރުމެން އެންމެ ބޭނުންވާ ދުވަހު… ވީ އާރ ނޮޓް އޭބްލް ޓު ޑޫ އެނީތިންގ ފޯރ ހަރ..” ކުޑަ ކުއްޖެއްހެން ނައިރާގެ މޭތެރޭގައި ފޮރުވިގަންނަމުން ރިއާޝް ރޯންފެށިއެވެ.

“އާޝް ޕްލީޒް.. ގެޓް އަ ހޯލްޑް އޮން ޔުއަރސެލްފް..” މެދުކެނޑުމެއްނެތި، ރިއާޝްގެ ބުރަކަށީގައި ފިރުމަމުން ދިޔަ ނައިރާގެ ދެލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ. ރިއާޝްގެ ހިތުގައި މިވަގުތު ވާ ޝަކުވާތަކާއި، އިޙުސާސްތައް ނައިރާއަށްވެސް އިޙުސާސްވަމުން ދިޔައީ ހަމަ އެހާ ފުންކޮށެވެ. ރައިޝާއަށް އެހީތެރިވާނެ އެއްވެސް ރާސްތާއެއް ނުފެނުމުން ނައިރާގެ ހިތްވެސް ދިޔައީ ރޮމުންނެވެ.

ރިއާޝް ކުރަމުންދާ ހިތާމަތައް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، ދުރުކޮށްލަން ކުރެވިދާނެ ކަމަކާއި ދޭތެރޭގައި ނައިރާ ދިޔައީ ވިސްނަމުންނެވެ. އެވަގުތު ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ރިއާޝްއާއި ދުރުވެލަމުން، ނައިރާ ތެދުވެ އަލަމާރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. “ނައި ކޮންތާކަށް ތި ދަނީ..؟” ނައިރާ ތެދުވުމުން ރިއާޝްއަށް އަހާލެވުނެވެ. އެހެންނަމަވެސް، ނައިރާ ވަކި ޖަވާބެއް ނުދީ، ހިނގަމުން ގޮސް އަލަމާރިން އެއްޗެއް ހިފައިގެން އައިސް ރިއާޝްގެ އަތަށް ލައިދިނެވެ.

“މީ ކޯޗެއް..؟” ރަތްކުލައިގެ ކަރުދާހުން ނިވާކޮށްފައިވާ އެ އެއްޗަކާއި މެދު ރިއާޝްގެ ހިތުގައި ޝައުޤުގުވެރިކަން އުފެދުނެވެ. “ސީ ފޯރ ޔުއަރސެލްފް..” ރިއާޝްގެ މަގަތުގައި އިށީންނަމުން ނައިރާ ބުނެލި އިރު، ރިއާޝް ބުނާނެ އެއްޗެއް ނޭނގޭތީ އެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ކަރުދާސްގަނޑު ނަގާފައި ރިއާޝް އެ އެއްޗަކާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ފެނުނު އެއްޗަކުން ރިއާޝްއަށް ދެލޯ ބޮޑުކޮށްލާފައި، ނައިރާއާއި ދިމާއަށް ބަލައިލެވުނީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ.

ނުނިމޭ…

ނޯޓް: މި ޗުއްޓީ ހަފްތާގެ ތެރޭގައި އަޅުގަނޑު ރަށުން ބޭރަށް ދާތީ، މި ހަފްތާގެ ތެރޭގައި ވާހަކަ ނުގެނެސްދެވޭނެ ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަން. އަޅުގަނޑު ނިންމާފަ އޮތީ ޗުއްޓީގެ ތެރޭގައި ވާހަކައިގެ ބޮޑު ބައެއް ލިޔެ ނިންމަން. އެހެންނަމަވެސް، ރަށުން ބޭރަށް ފުރާތީ އެކަން ކުރެވެން ނެތް ވާހަކަ ދަންނަވާލަން.

Hope you all will understand.. Happy vacation to all students.. Stay safe & take care all.. Will meet you guys soon insha allah.. Love you all.. Will miss you all so much

3333333333> Lots of love from me

31

5 Comments

  1. Nayaa

    October 15, 2021 at 9:48 am

    @ayshath thasnym..
    saw ur cmnt on 30th prt ingey… this is a rply for that cmnt… thankiu so much darl.. aslu kurin rpl nudhevunee nayaa comp use kuraatheeve i couldn’t see the emojis…cmnt publish vee fahun tablet in fenunee.. ehnve ingey… sorry for the late rply..

  2. Nayaa

    October 15, 2021 at 9:51 am

    Salaam all… Hope you liked this prt. too… 31st iraadhakureviyyaa chuttee ninmaafa genesdheynan… once again sorry… comp noon ehn device eh use kuraa namavx vhk upload kurevunees.. but comp veema dhwww.. hope u all will understand… happy vacation all.. lyssssssmm.. will miss u all.. please leave ur comments after reading.. both positive & negative comments are welcomed..

  3. Ryyn

    October 15, 2021 at 1:01 pm

    Wow.. vrh vrh rythi 😘 masha allah.. awlheiii.. so so curious! Aruun bunii keekey thr? 😏 aah.. i’m so curious ingeii nayu darlu 😁 i’m wondering that maaish ah v kihineh kan 😟.. so.. vhk dhaa goiyh hama vrh salhi.. ur talented masha allah 💖 nai aash e dhiny pregnancy kit kanneyge 😄 ehe.. its Oki.. i understand 😊 Happy Vacation to u too 😊❤ stay safe.. lovv you bigu koh 😘

  4. Nayaa

    October 15, 2021 at 2:46 pm

    Hlw nayoo ge loabi loabi ryyn darl..
    awww thanq sooo muchyyyy ingey dhooniii for this lovely cmnt.. aroon dhw.. aroon ah ingeny kanneynge dhw maaish v thaneh… nayoo ah heevanee ehn.. hehe.. nayoo vx mi hithah aranee anekkaa maaish ah kihineh v baaey… hehehe.. alheyyy thankiuuuuuu darling! i genuinely appreciate ur kind support ingey.. aww thanks for undesrtanding.. yhhh im’ma anjoy my vacation insha allah… same to u dear.. u too ss nd tc ingey… luv u maaaaaa bodu koh <333

  5. Aminath Mai zer

    October 16, 2021 at 8:35 pm

    This pt is so beautiful
    Take your time

Comments are closed.