ދިހަ ވަރަކަށް ފިޔަވަޅު ދުރުގައި އެމީހާ ހުއްޓުމުން އިސްއުފުލާލައި، އެމީހަކާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެ ސުރާއަކީ ދުވަހަކުވެސް އޭނާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. އެއީ އޭނާގެ ހިތް މިލްކު ކުރުމުގައި ކާމިޔާބު ކުރި، އެމީހަކާއި އެކު މުޅި ދިރިއުޅުން ވޭތުކުރަން ބޭނުންވާ ފަރާތެވެ. އެހެންނަމަވެސް، އެ ސޫރަ ފެނުމުން ލިބުނު އުފަލަށްވުރެ ހިތާމަ މާ ބޮޑެވެ. ގައިގެ އެކި ތަންތަން ޒަޚަމްވެފައި ހުރި އިރު، ހޯސްލާފައި ލޭ އަންނަމުން ދިޔައެވެއެމީހާ ހިނގަމުން އ3ައި މަގުގައިވެސް އޮތީ އެއްކޮށް ލޭގެ ކޯރެއް ހެދިފައެވެ. “ރައީ.. އަހަރެން އަދި އަންނާން.. އަހަންނަށް އިންތިޒާރު ކުރައްޗެ… އަހަރެން އަދި އެނބުރި އަންނާނަން.. މުޅި އުމުރު ރައިއާއެކު ހޭދަކުރަން އަންނާނަން.. އައި ލަވް ޔޫ..” އޭނާއަށް ކެތްވީ އެހިސާބަށެވެ. އެމީހާގރ ގާތަށް ދާން ފިޔަވަޅެއް އަޅާލެވުނެވެ. އެހެންނަމަވެސް އެމީހާއާއި ހިސާބަށް ފޯރުމުގެ ކުރިން އެމީހާ ކުއްލިއަކަށް ގެއްލުނެވެ. ވަނީ ބިމަށް ކަމެއް، އެރީ ހަވައަށް ކަމެއް ނޭނގުނެވެ. އެއާއެކު، އޭނާއަށް ބާރުބާރަށް ރޮއެގަނެވުނެވެ. ހިތަށް ލިބިފައިވާ ހިތާމައާއި، ޒަޚަމްތައް ފޮރުވުމަށް އެވަގުތު ނުކުޅެދުނެވެ. “މާއިޝް!!!”

ސިހިފައި، ކުއްލިއަކަށް ތެދުވެވުނު އިރު، ރައިޝާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އެވަގުތު، ހުއްޓުމެއް ނެތި، އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ރަމްޒުކޮށްދެނީ އޭނާގެ ހިތް ކުރަމުންދާ ޝަކުވާތަކެވެ. އެހިތުގައި އުފެދިވައިވާ ޖަވާބު ނުލިބޭ ސުވާލުތަކެވެ. އެ ހިތް އުފުލަމުންދާ ވޭނާއި، ތުރާލެވެ. ދެފައި ގެނެސް މޭގައި ޖައްސާލާ، ދެއަތް ފައިގައި ވަށާލަމުން، ރައިޝާ އޭނާގެ މިލާފައިވާ މޫނު ކަކުލުގައި ފޮރުވާލި އިރު، މަޑުމަޑުން ގިސްލަމުން ދިޔައެވެ. “މާއިޝް… ކީއްވެ..؟” މަޑުމަޑުން އެހެން ކިޔަމުން ދިޔަ އިރު އޭނާގެ ތުންފަތް ދިޔައީ ތުރުތުރު ލަމުންނެވެ.

ދެތިން މިނެޓު އެގޮތުގައި ވޭތުކޮށްލުމަށްފަހު، ރައިޝާ މޫނު ނަގައި، މުޅި މޫނުގަޔާއި، ކަރުދޮށުގައި އަތް ހާކާލަމުން ހަމައަކަށް އެޅެވޭތޯ މަސައްކަތް ކޮށްލިއެވެ. އެހެންނަމަވެސް، އެހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ހިތާމަތަކަށް ކުޑަވެސް ލުޔެއް ހޯދޭނެ ގޮތެއް އޭނާ ވިސްނަން ފެށިއެވެ. އެވަގުތު ސިކުނޑިއަށް އައީ އޭނާއަށް އެންމެ ރަނގަޅު ކަމަށް ފެނުނު ނަމަވެސް، ޙަޤީގަތުގައި ކުރުން އެންމެ ގޯސް އެއް ޢަމަލެވެ. ލިބިފައިވާ ވޭނާއި، ހިތާމައިން، ރަނގަޅަށް ވިސްނާނެ ވަގުތު ނުލިބި، ރައިޝާ މަޑުމަޑުން ގައިމަތީގައި އަޅާފައިވާ ބްލެންކެންޓު ނަގާ، އެއްފަރާތް ކޮށްލިއެވެ. ލުއި ޢަމަލުތަކަކާއި އެކު، ރައިޝާ އެނދުން ފައިބައިގެން ގޮސް ހުއްޓުނީ އޭނާ ކުރިން ކިޔަވަން އިށީންނަ ސްޓަޑީ ޓޭބަލް ދޮށުގައެވެ. އެ މޭޒު މަތީގައި ހުރި ފަންސޫރާއި، ގަލަން ފަދަ އެއްޗެހި އަޅާފައި ހުރި، ކަޅު ކުލައިގެ ދަޅު އޭނާ ހާވަން ފެށީ އެއްޗެއް ހޯދާ ފަދައަކުންނެވެ.

އެ ދަޅުން އޮރެންޖު ކުލައިގެ ކަޓަރެއް ނަގައި، ރައިޝާ އެއަށް ރަނގަޅަށް ބަލައިލިއެވެ. ކަޓަރުގެ ތިލަ ހުޅުވާލުމަށްފަހު މަޑުމަޑުން އެ ކަޓަރު އޭނާގެ އަތާ ދިމާއަށް ގެންދަން ފެށިއެވެ. އަތުގެ ހަންގަނޑުގައި އެ ކަޓަރު ތިލަ ޖެހުމާއި އެކު، އޭނާއަށް ދެވަނަ ފަހަރަށް ވިސްނާލެވުނެވެ. އޭނާ ކުޑަ އިރު، އިސްލާމް ގަޑީގައި، އަމިއްލަ ނަފްސަށް ގެއްލުން ދީފި މީހަކަށް ލިބޭ ޢަޒާބުގެ ވާހަކަ ކިޔައިދިން ހަނދާންވާން ފެށިއެވެ. ގައިގެ ތަނަކަށް ގަސްތުގައި ގެއްލުން ދީފި ނަމަ، އާޚިރަތުގައި، އެތަނެއްގައި އަލިފާން ރޯވާނެ ވާހަކަ އިސްލާމް މުދައްރިސް ބުނެދެއްވި ހަނދާނާއި އެކު، މަޑުމަޑުން އެ ކަޓަރު އޭނާގެ އަތާ ދުރުކޮށްލެވުނެވެ. ފުންކޮށް ނޭވާއެއް ދޫކޮށް ދޫކޮށްލުމަށްފަހު، ރައިޝާ އެ ކަޓަރު އެ ދަޅު ތެރެއަށް ލާފައި، މިސްރާބު ޖެހީ ފާޚާނާއާއި ދިމާއަށެވެ.

ފާޚާނާއަށް ވަނުމަށްފަހު، ރައިޝާ ސިންކު ކައިރީ ހުއްޓިލައި ސައިބޯނި ލައިގެން މޫނު ދޮވެލީ ތާޒާކަމެއް ލިބޭތޯއެވެ. އެއަށްފަހު ވުޟޫކުރަން ފެށީ ދަމު ނަމާދު ކުރުމުގެ ނިޔަތުގައެވެ. އަތުގައި ކަޓަރު އެޅުމުން ވާނެ ތަދަށްވުރެ، ނަމާދު ކުރުމުން ލިބޭ ހިތްހަމަޖެހުމާއި، ތާޒާކަމާއި، އާރޯކަން މާ ހިތަށް ފަސޭހަވާނެ ކަމުގައި އޭނާއަށް ވިސްނުނެވެ. ފާޚާނާއިން ނުކުމެފައި އޭނާ ތުވާލިން މޫނު ފުހެލިއެވެ. އެއަށްފަހު، އަލަމާރިން މުސައްލަ ނަގާ، ނަމާދަށް ތައްޔާރުވެލިއެވެ. ދޮޅި އަޅާ، އިސްޓާކީނަށް އެރުމަށްފަހު، ރައިޝާ ދަމުނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިމުމުން މުސައްލަ މަތީގައި އިށީނދެ އިނދެ، ފާފައެއް ކުރަން ވިސްނުނު ކަމަށްޓަކައި، ތައުބާވެ، އެ ފާފައިން އޭނާ ސަލާމަތް ކޮށްދެއްވީތީ ﷲއަށް ޝުކުރު ކުރިއެވެ. އެއަށްފަހު، އޭނާގެ ބަނަވެފައި ދިރުއުޅުމުގެ ވިއްސާރަ ވިލާތައް އެއްފަރާތް ކޮށްދެެއްވާ، އިރުގެ ރަން ދޯދިތަކުގެ އަލިކަމާއި، އުފާވެރިކަން އަލުން މިންވަރު ކޮށްދެއްވާތޯ ދުޢާކުރިއެވެ.

ނަމާދުކޮށް ނިމުމުން ރައިޝާ މުޞްޙަފް ހިފައިގެން ގޮސް އެނދަށް އެރިއެވެ. ނަމާދު ކޮށްލެވުމުން އޭނާގެ ހިތަށްވަނީ ބުނަން ނޭނގޭ ފަދަ ތާޒާކަމަކާއި، އާރޯކަމެއް ލިބިފައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރައިޝާ ޚަތިމު ހުޅުވާ، ރަޙްމާން ސޫރަތް ކިޔަވަން ފެށީ އެ ސޫރަތަކީ ހަށިގަނޑާއި، ފުރާނައަށް ތާޒާކަމާއި، ހިތްހަމަޖެހުން ގެނުވައިދޭ ސޫރަތަކަށް ވީތީއެވެ. އިރު އަރަންދެން ރައިޝާ އެގޮތުގައި ކިޔަވަން އިނީ، ހިތަށް ލިބެމުން ދިޔަ، އާދަޔާޚިލާފު ހިތްހަމަޖެހުން ހިނދުކޮޅަކަށްވެސް ގެއްލެން ބޭނުން ނުވާތީއެވެ.

*******

“ރައިޝާ ކައިރި ބުނެފިންތަ..؟” ކާގެއަށް ވަދެގެން އައި ރިޔާޒް އަހާލީ ސައިހަދަން ހުރި ނުހާ ކައިރިއެވެ. “އަދި ނުބުނަން..” އެއްވެސް އަސަރެއް ނެތް ގޮތަކަށް ނުހާ ބުނެލީ މިވަގުތު ރިޔާޒްއާއި ވާހަކަ ދައްކާހިތް ނެތުމުންނެވެ. އެވަގުތު، މަސްހުނި މޮޑެން ހުރި ނައިރާ ހުރީ އެދެމީހުން ދައްކަމުން ދިޔަ ވާހަކަތަކަށް ކަންފަތް ހުޅުވައިގެންނެވެ. “ދެން ކޮން އިރަކުން ބުނަނީ..؟ އަހަރެން މިއައީ ދެންމެ އަދީލްއާއި ބައްދަލު ކުރަން ގޮއްސަ.. އޭނަވެސް މި ކައިވެންޏާ ނުހަނު ގަބޫލު.. އަހަރެން އަރޫންއާވެސް ވާހަކަ ދެއްކިން.. އެއީވެސް ހާދަ ރަނގަޅު ކުއްޖެކޭ.. ބޮޑެތި މީހުންނަށް އިޙުތިރާމު ކުރަން އިނގޭ ކުއްޖެއް.. އަހަންނަށް ޔަޤީން އޭނަ ދުވަހަކުވެސް ރައިޝާއަށް ދެރައެއް ނުދޭނެކަން.. އެއަށްވުރެ ރަނގަޅު ކުއްޖެއް އަހަރުމެންގެ ދަރިފުޅަކަށް ނުވެސް ލިބޭނެ.. ދެން ކީއްވެ އިތުރަށް ލަސްކުރަންވީކީ..؟” ރިޔާޒް ގޮނޑިއެއް ދަމާލާފައި އިށީނެވެ.

“އަހަންނަކަށް ނޭނގެ.. އަހަންނަކަށް ނުވެސް އިނގެ ކިހިނެއްކަމެއް ރައިޝާއާ މި ވާހަކަ ދައްކާނީކީވެސް..” އުނދުން ކައިރިއަށް ގޮސް ނުހާ ރިހަ ކައްކަން ފިޔާ ކޮށަން ފެށިއެވެ. “ނުހާއަށް ނުވަންޏާ އަހަރެން ގޮސް ރައިޝާ ކައިރި ބުނެފާނަން.. އެކަމަކު އެއަށްވުރެ ރަނގަޅުވާނީ ނުހާ ގޮސް ރައިޝާ ކައިރި ބުނިއްޔާ.. އަހަރެން މި ހުރިހާ ކަމެއްވެސް މި ކުރަނީ ހަމަ ރައިޝާއަށް ރަނގަޅަކަށް.. ރައިޝާަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާތީ.. ރައިޝާ ދެކެ ލޯބިވާތީ.. އޭނާގެ މުސްތަޤުބަލާ ދޭތެރޭގައި ވިސްނާތީ.. އަހަރެން ހިތަށް އަރާ އެވަރު ނުހާއަށް ނުވިސްނިގެން ތިއުޅެނީ ކީއްވެގެން ބާވައޭ..” ރިޔާޒްގެ އަޑުގައި މިފަހަރު ހިތްހަމަ ނުޖެހުމުގެ އަސަރުތައް އެކުލެވިގެން ވިއެވެ. ނުހާއަށް އެއްޗެކޭ ނުބުނެ އިރުކޮޅަކު ވިސްނާލެވުނެވެ.

މިއީ ރިޔާޒްގެ ކިބައިން އަދި އޭނާއަށް ނުފެންނަ ސިފައެކެވެ. ރިޔާޒް ކުރި ކުށް ވަންހަނާ ކުރަން، ރައިޝާގެ ދިރުިއުޅުން ހަލާކުކޮށްލާނެ ކަމުގައި އަދި ނުހާއަށް ވިސްނިފައެއް ނެތެވެ. ރައިޝާގެ ދިރިއުޅުން އުޖާލާ ކުރުމަށް ރިޔާޒް އެ އަޅާ ފިޔަވަޅަކީ ރައިޝާގެ ދިރިއުޅުން އިތުރަށް ބަނަވެގެން ދާނެ ފިޔަވަޅެކެވެ. އެހެންނަމަވެސް، މިކަމުގައި ދެން ނުހާއަށް ކުރެވޭނެ ކަމެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް، ކަންތައްތައް ވެގެން ދާނީ ރިޔާޒް ބޭނުންވާ ގޮތަށެވެ. “އެންމެ ރަނގަޅު.. އަހަރެން ރައިޝާއާއި ވާހަކަ ދައްކާނަން..” ފުން ނޭވާއެއް ދޫކޮށްލަމުން ނުހާ އެއްބަސްވީ އިތުރު ގޮތެއް ނެތުމުންނެވެ. އެއާއެކު، ރިޔާޒްގެ މޫނުމަތި އަލިވެގެން ދިޔަ ދިޔަ އިރު، އެ ވާހަކަތައް އަޑު އަހަން ހުރި ނައިރާގެ ލޮލުން ކަރުނަ ފޭދުނެވެ. އެހެން ނުހަދާށޭ ކިޔާ ހަޅޭލަވައިގަންނަން ބޭނުންވި ނަމަވެސް، ނައިރާއަކަށް އެ ހިތްވަރެއް ނުލިބުނެވެ. އޭނާއަށް ޖެހުނީ މާޔޫސްވެ، ކަރު އެލުވައިލާށެވެ.

އެމީހުންނަށް ނޭނގުނު ކަމަކީ، ބަދިގޭގެ ދޮރު ކައިރީގައި އެ ހުރިހާ ވާހަކަތަކެއް އަޑު އަހަން ރައިޝާ ހުރި ކަމެވެ. ނުހާއާއި ރިޔާޒްގެ ވާހަކަތައް އަޑު އިވުމުން ރައިޝާގެ ހިތުގައި ސުވާލުމާކެއް އުފެދުނެވެ. މަންމައާއި ބައްޕަ އެ ދައްކަނީ އަނެއްކާ އޭނަ ކައިރި ކޮން ވާހަކައެއް ދައްކަން އުޅޭ ވާހަކައެއް ބާވައޭ ހިތަށް އެރިއެވެ. މަންމައާއި ބައްޕަގެ ވާހަކަ ދެއްކުމުގެ ރާގުގައި އެކުލެވިފައިވި ބީރަށްޓެހި ކަމަކީ ދުވަހަކުވެސް އޭނާއަށް އިޙުސާސްވެފައިވާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް، މިއަދު އެ ދުރުކަމާއި، ފަޅުކަން އެ ވާހަކަތަކުން އޭނާއަށް އިޙުސާސްވީ ކީއްވެކަމެއް ނޭނގުނެވެ. ކޮންމެ ގޮތެއް ވިޔަސް، ދެން ނުހާ އޭނާއާއި ވާހަކަ ދައްކަންދެން އިންތިޒާރެއް ނުކުރެވޭނެއެވެ. މިވަގުތުން މިވަގުތަށް އޭނާ އެއީ ކޮން ވާހަކައެއް ކަން އޮޅުން ފިލުވަން ބޭނުން ވިއެވެ.

“ބައްޕަ ތި ދައްކަނީ އަޅުގަނޑު ކައިރި ކޯޗެއް ބުނަން އުޅޭ ވާހަކައެއް..؟” ކާގެއަށް ވަތް ރައިޝާ ފެނި ތިން މީހުންނަށްވެސް ލިބުނީ ސިހުމެކެވެ. ނުހާއާއި ނައިރާގެ ހިތް ރައިޝާޢަށް ދޭނެ ޖަވާބެއް ނޭނގި، ތެޅެން ފެށި އިރު، ރޮޔާޒްގެ ހިތަށް ލިބުނީ ހަމަޖެހުމެކެވެ. މިވަގުތު ރައިޝާ ކައިރި އެ ވާހަކަ ދެއްކުމުން މާ ފަސޭހަ ވާނެކަމުގައި ވިސްނި، ރައިޝާއަށް ގޮވާ ގެނެސް ގޮނޑީގައި ބޭންދިއެވެ. އެވަގުތުވީ ޔާޝްއާއި، ރިއާޝްވެސް ސަކަރާތް ޖަހަމުން އައިސް ބަދިގެއަށް ވަތް ވަގުތަށެވެ. އެހެންނަމަވެސް، އެތަނުގެ ތެރޭގައި ވި އާދަޔާޚިލާފު ހޫނުކަމާއި، މަޑުމައިތިރި ކަމުން އެ ސަކަރާތް ހުއްޓާލިއެވެ. ނައިރާއާއި ދިމާއަށް ބަލައިލަމުން ކިހިނެއްވީހެއްޔޭ އަހާލާ ފަދަ ގޮތަކަށް ރިއާޝް ބުމަ އަރުވާލުމުން، ނައިރާއަށް ދެފަރާތަށް ބޯ ހޫރުވާލެވުނީ މި ކަންތައް ހުއްޓާށޭ ބުނާ ފަދައަކުންނެވެ. އެ ކަރުނަވީ ދެލޮލުގައި އެވަގުތު އެކުލެވިފައިވީ އާދޭހުގެ އަސަރުތައް ރިއާޝްއަކަށް ސިއްރެއް ނުވިއެވެ.

“ދަރިފުޅާ.. ބައްޕަމެން މިހާރު ދުވަސްކޮޅެއް ވެއްޖެ މި ވާހަކަ ދަރިފުޅު ގާތު ބުނަން އުޅޭތާ.. ދަރިފުޅު ހަނދާން ކުރައްޗެ ބައްޕަ މި ނިންމުން މި ނިންމަނީ ވަރަށް ވިސްނާފަ.. ހަމަ ދަރިފުޅަށް ރަނގަޅަކަށް.. ބައްޕަ ދަރިފުޅުގެ މުސްތަޤުބަލާ ދޭތެރެގައި ފޮނި އުންމީދުތަކެއް ކުރާތީ.. އެކަން ދަންނާތި.. ދަރިފުޅު ބައްޕަމެން ދެކެ ލޯބި ވާނަމަ ބައްޕަމެންގެ މި އެދުމުގައި ކޮޅުފައިންނެއް ނުޖަހާނެ.. ބައްޕަ ދަރފުޅުގެ ކިބައިން މި އެދެނީ ހަމަ އެންމެ ކަމަކަށް.. މި އެދުން ދަރިފުޅު ފުރިހަމަ ކޮށްދޭނެ ކަމަށް އުންމީދު ކުރަން..” ރިޔާޒްގެ ވާހަކަތަކުން އެތާ ތިބި އެންމެންނަށް ރިޔާޒް ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ފަހުމްވި ނަމަވެސް، ވާނުވާ ނޭނގިފައި އިނީ ރައިޝާއަށް އެކަންޏެވެ. “ތިބުނީ..؟ ބައްޕަ ތިބުނަން އުޅުނު އެއްޗެއް އަދި ސާފެއް ނުވި.. ސީދާސީދާކޮށް ބުނެބަލަ..” ރިޔާޒް ބުނަން އުޅުނު އެއްޗެއް ނޭނގުމުން ރައިޝާއަށް ވަށައިގެން ތިބި އެންމެންގެ މޫނަށް ބަލައިލެވުނެވެ. އެންމެންވެސް ރައިޝާއާއި ހަތަރު ކަޅި ހަމަކުރެވުމުގެ ކުރިން އިސްދަށަށް ޖަހާތަން ފެނުމުން ރައިޝާގެ ހިތުގައި އިތުރު ސުވާލުތައް އުފެދެން ފެށިއެވެ. ވާން މިއުޅެނީ އޭނާގެ ހިތް ނޭދޭ، ބޮޑު ކަމެއް ކަމަށް އެހިތުގެ ކަނަކުން ސިގްނަލް އަޅަން ފެށިއެވެ.

“އިހަށް ދަރިފުޅު ވަޢުދުވޭ ބައްޕަގެ މި އެދުން ފުރިހަމަ ކޮށްދޭނެ ކަމަށް..” ރިޔާޒްގެ އަތް ދިއްކޮށްލުމުން ރައިޝާޢަށް އެ އަތާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކޮންމެ ގޮތެއް ވިޔަސް، އެއީ އޭނާގެ އުފަން ބައްޕައެވެ. އެތަކެއް ދަލެއް އޮހޮރުވައިގެން އޭނާ މީހަކަށް ހަދައިދިން ފަރާތެވެ. މުސްކުޅިވެ، ގައިބާރު ދެރަވާ ދުވަހު، އެމީހަކާއި މެދުުގައި އެތަކެއް މަސްއޫލިއްޔަތު ތަކެއް އޭނާގެ ބޮލުގައި އެޅިފައިވާ މީހެކެވެ. ވީއިރު، ބައްޕަ އޭނާގެ ކިބައިން އޭނާއަށް ނުވާ ވަރުގެ ކަމަކަށް އެދިފާނެ ކަމަށް ޤަބޫލު ކުރުން ވާނީ ދެކުނުފަރާތުން އިރު އަރާނެ ކަމަށް ޤަބޫލު ކުރުން ފަދަ ކަމަކަށެވެ. ދިރިއުޅުމުގައި އޭނާގެ ކިބައިން ބައްޕަ އެދުނީ އެންމެ ކަމަކަށެވެ. އެހެންކަމުން ބައްޕަގެ އެ އެދުމުގައި ކޮޅުފައިން ޖަހާކަށް ނުކެރުނެވެ.

“އަޅުގަނޑު ވަޢުދުވަން..” ބައްޕައަށް އިތުބާރު ކުރަމުން ރައިޝާ ރިޔާޒްގެ އަތްމަތީގައި އޭނާގެ އަތް ބާއްވާލުމުން ރިޔާޒް ފިޔަވާ، އެތާ ތިބި އެންމެންގެ ހިތް ހީވީ ފުނޑުުނޑު ވިހެންނެވެ. ދެން ރައިޝާ މިކަމުން ސަލާމަތް ކުރެވޭ ހުރިހާ ދޮރުތަކެއް ބަންދުވީކަމަށް ހީކުރެވުނެވެ. ރައިޝާގެ ނިންމުމާއި ދެޭތެރޭގައި އުފާވީ ހަމައެކަނި ރިޔާޒެވެ. ހިނިތުންވެލަމުން ރައިޝާގެ ބޮލުގައި ފިރުމާލީ ދަރިފުޅާ ދޭތެރޭގައި ފަޚުރުވެރި ވަމޭ ބުނަމުންނެވެ. “ދަރިފުޅާ.. ބައްޕަ ދަރިފުޅުގެ ކައިވެނި ހަމަޖައްސައިފިން..” ދެން ރިޔާޒްގެ އަނގައިން ނުކުތް ޖުމްލައިގެން ރައިޝާއަށް އޭނާގެ މުޅި ދުނިޔެ ހުއްޓުމަކަށް އައިހެން ހީވިއެވެ. އޭނާއަށް އަޑު އިވުނީ ރަނގަޅަށް ބާވައޭ ހިތަށް އެރިއެވެ. ދެލޯ ބޮޑުކޮށްލަމުން ވަގުތުން ރިޔާޒްގެ އަތުތެރޭގައ އޮތް އޭނާގެ އަތް ވަކިކޮށްލީ މިއީ ދޮގަކަށް ވާނެ ނަމައޭ ހީކުރަމުންނެވެ.

“ކީކޭ ބައްޕާ..؟” އެހެން އަހާލެވުނު އިރު ރައިޝާގެ ދެލޯ ފެންކަޅިވިއެވެ. “ދަރިފުޅާ.. އެއީ ބައްޕަގެ ވަރަށް ގާތް ރަށްޓެއްސެއްގެ ދަރިއެއް.. އަރޫން.. ނިކަން ރަނގަޅަށް ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއް.. އެހާ ރީތި.. އޭނަ ދުވަހަކުވެސް ދަރިފުޅަށް ދެރަގޮތެއް ނަހަދާނެ.. ބައްޕަ ވަރަށް ވިސްނާފަ އަރޫން ޗޫޒް ކުރީވެސް… މިރޭ އެމީހުން އަންނާނެ ދަރިފުޅާ ބައްދަލު ކުރަން..” ހިނިތުންވެލާފައި ރިޔާޒް އެ ހުރިހާ ވާހަކައެއް ދެއްކި އިރު، އޭނާއަށް ނޭނގުނު ކަމަކީ އޭނާ ބުނަމުން ދިޔަ ކޮންމެ ލަފްޒަކުންވެސް ރައިޝާގެ ހިތް ތޮރުފަމުން ދިޔަ ކަމެވެ. އެ ދަރިފުޅުގެ ހިތުގައި ނުފިލާނޭ ފަދަ ކޫރުތަކެއް އެޅެމުން ދިޔަ ކަމެވެ.

“ބައްޕާ.. ބައްޕައަށް އިނގޭނު އަޅުގަނޑު ލޯބިވަނީ މާއިޝް ދެކެ ކަން.. ދެން ކީއްވެ..؟” ރައިޝާގެ އަޑުގައި ހިތާމައާއި، ރުޅިވެރިކަންވެސް އެކުލެވިގެން ވިއެވެ. “ދަރިފުޅާ.. މާއިޝްއާ ދޭތެރޭގައި ވިސްނުމަށް ވުރެ، ދިރިއުޅުމައިގެން ކުރިއަށް ދިޔައްޔާ މާ ރަނގަޅުވާނެ.. މާއިޝްއެއް ދެނެއް ނާންނާނެ.. އެއީ ދަރިފުޅުގެ މާޒީ.. މިހާރު ވިސްނަންވީ މުސްތަޤުބަލަށް..” ރިޔާޒް ރައިޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. “އެހެންވީރު މާއިޝް ކޮބާ..؟” ރިޔާޒްގެ ދެއަތް ދުރުކޮށްލަމުން ރައިޝާ އަހާލިއެވެ. “މާއިޝްވީ ކޮންތާކު ކަމެއް ދަރިފުޅު ހޯދަން އުޅޭނެ ކަމެއް ނެތް.. އެއީ ބޭނުމެއް ނެތް ކަމެއް.. ބޭކާރު ކަމެއް..” ރިޔާޒް މިފަހަރުވެސް ބުނެލިއެވެ. “ނޫން.. އަޅުގަނޑު މާއިޝް އަންނަންދެން އިންތިޒާރު ކުރާނަން.. އެހެން މީހަކާ ކައިވެންޏެއް ނުކުރާނަން.. ދުވަހަކުވެސް ނުކުރާނަން..” ރައިޝާގެ އަޑާއި އެއްވަރަށް ގިސްލުމުގެ އަޑުވެސް ބާރުވާން ފެށިއެވެ.

“ރައިޝާ.. ރައިޝާ ދެންމެ ބައްޕައަށް ވީ ވަޢުދުގެ މަތިން އެހާ އަވަހަށް ހަނދާން ނެތުނީތަ..؟ މިއީ ހަމަ ރައިޝާއަށް ރަނގަޅަކަށް ބައްޕަ ކުރާ ކަމެކޭ..” ރިޔާޒްގެ އަޑުވެސް ބާރުވިއެވެ. “އެކަމް ބައްޕާ.. ބައްޕަ ކީއްވެތަ..؟ ކައިވެންޏަކީ ދެމީހުންވެސް ލޯބިވެގެން ކުރެވޭ އެއްޗެކޭ.. ތި ކިޔާ އަރޫންއެއް އަޅުގަނޑު ނުވެސް ދަންނަން.. ނުވެސް ދަންނަ މީހަކާ އެއްކޮށް ކިހިނެއް އަޅުގަނޑު އުޅޭނީ..؟” ރައިޝާ ބެލީ ރިޔާޒްގެ ވިސްނުން ބަދަލު ކުރެވޭތޯއެވެ. “ރައިޝާ.. ބައްޕައާއި މަންމަވެސް ކައިވެނި ކުރީކީ ލޯތްބަކުންނެއް ނޫން.. އަހަރުމެންގެ މަންމަމެން ބުނީމަ.. އެކަމަކު ރައިޝާއަށް ދުވަހަކުވެސް މަންމައާއި ބައްޕަގެ ކިބައިިގެން ލޯބި ނޫން އެހެން އެއްޗެއް ފެނުނުތަ..؟ ދަރިންނަން އެންމެ ރަނގަޅު ގޮތް އިނގޭނީ މައިންބަފައިންނަށޭ ދަރިފުޅާ..” ރިޔާޒް ރައިޝާގެ ބޮލުގައި ފިރުމާލަން އުޅުނެވެ. ނަމަވެސް، އެއަށްވުރެ ކުރިން ރައިޝާ ރިޔާޒްގެ އަތް ފޮޅާލިއެވެ. “އައި ކާންޓް ބިލީވް ދިސް.. ބައްޕަ ތިހެން ހަދާފާނެ ކަމަކަށް ފަހަރެއްގަވެސް ގަބޫލެއް ނުކުރެވޭ..” ރިޔާޒްގެ އަތް ފޮޅުވާލުމަށްފަހު ރައިޝާ ދުވެފައި ގޮސް ސިޑިން އަރަން ފެށިއެވެ. “ރައިޝާ.. ރައިޝާ..” ރިޔާޒް ރައިޝާއަށް ގޮވަމުން ދިޔަ ނަމަވެސް ރައިޝާ އަޑު ނީވޭ ކަމަށް ހަދާފައި، ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.

ދޮރުން އެތެރެއަށް ވަދެވުމާއެކުހެން ރައިޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ރޮމުން ގޮސް ދެކަކޫ މައްޗަށް ތިރި ވެވުނު އިރު ރައިޝާގެ ގައިން ވަރު ދޫވިއެވެ. “މާއިޝް.. ޕްލީޒް… އާދޭ..” މުށިތަކުގެ މަތީގައި އޮވެ، ދެލޯ މެރެމުން ދިޔައިރު ރައިޝާގެ އަނގައިން ނުކުންނަމުން ދިޔައީ ހަމަ އެންމެ ނަމެކެވެ. މާއިޝްއެވެ.

*******

“އޭނަ ބަހައްޓާ.. ފަހުން ހަމައަކަށް އެޅިދާނެ.. މިރެއަށް ތައްޔާރުވާތި.. އަދީލްމެން އަންނާނެ..” އެއްވެސް އަސަރެއް ނެތް ގޮތަކަށް އެހެން ބުނެލި ނަމަވެސް، ރިޔާޒްގެ ހިތުގައި އޭނާގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމަށް ވެދާނެ ބާވައޭ ހިތަށް އެރިއެވެ. ރައިޝާގެ މިލާފައިވާ މޫނުމަތި ފެނުމުން އޭނާ މާއިޝް ދެކެ ވާ ލޯތްބާއި، ކުރަމުންދާ އިންތިޒާރު އެނގޭހާވެއެވެ. އަމިއްލަ ނަފްސާ ސުވާލު ކުރަމުން ރިޔާޒް ބަދިގެއިން ނުކުތެވެ. އެއާއެކު، ނުހާއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. މުޅި އެތަނުގައި ނުހާގެ ގިސްލުމުގެ އަޑު ގުގުމަން ފެށުމުން ޔާޝްއާއި ރިއާޝްގޮސް ދެފަރާތުން ނުހާ ގައިގައި ބައްދާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެޔޭ ބުނަމުންނެވެ. “މަންމަ ކޮޓަރިއަށް ގެންދަންވީނު.. އަހަރެން ރިހަ އެތި ކައްކާލަފާނަން..” ނައިރާގެ ބުނުމަށް ރިއާޝްއާއި ޔާޝް ނުހާ އަތުލަފިކޮށްގެން ގެންދަން ފެށިއެވެ. އޭރުވެސް ނުހާއަށް ދިޔައީ ގިސްލެވެމުންނެވެ. މުޅި މީހާ ދިޔައީ ތުރުތުރު ލަމުންނެވެ.

ރިއާޝްއާއި ޔާޝްވެގެން ނުހާ ގެންދިޔަ ވަގުތު ވެގެން ދިޔައީ އިއްތިފާޤުން ރީޝާ، ކުޑަކުޑަ އިޔާޝާ ގޮވައިގެން ބަދިގެއަށް ވަތް ވަގުތަށެވެ. ޙާލަތު ފެނުމުން ހައިރާންވެފައި ހުރެ، ރީޝާ އައިސް ނައިރާ ކައިރީގައި ހުއްޓިލިއެވެ. “ނައީ.. ކިހިނެއް ވެގެން މިއުޅެނީ..؟ މަންމައަސް ކިހިނެއްވީ..؟ ކޮބާ އެހެންމީހުން..؟” ޢާއްމުކޮށް މިގަޑިއަކީ އެންމެން އެކީގައި ސަޔަށް އިންސާފު ކުރާ ގަޑި ނަމަވެސް، މިވަގުތު އެއްވެސް މީހަކު ފެންނަން ނެތުމުން ރީޝާ އަހާލިއެވެ. “ބައްޕަ ރައި ކައިރި ކައިވެނީގެ ވާހަކަ ދެއްކީ…” ކުރުގޮތަކަށް ދެންމެގައި ހިނގި ހުރިހާ ކަމެއް ނައިރާ، ރީޝާއަށް ކިޔައިދިން އިރު ރީޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އައި ޖަސްޓް ޑޯންޓް ނޯވ ވަޓް އައި ކޭން ޑޫ ޓު ހެލްޕް ހަރ..” ދެރަވެލާފައި ނައިރާ ބުނުމުން ރީޝާ ނައިރާގެ ބުރަކަށީގައި ފިރުމާލީ ތިމަންނަ މި ހުރީ ނައިރާއާއި އެކުއޭ ބުނާ ފަދަ ގޮތަކަށެވެ. “ޑޯންޓް ވޮރީ.. ވީ ވިލް ފިގަރ އިޓް އައުޓް ސޫން.. އިންޝާ ﷲ، ބައްޕަ އަށް އަދި ވިސްނޭނެ.. އަހަރުމެން ކުރާނެ ކަމަކާއި ދޭތެރޭގައި ފަހުން ވިސްނާނީ.. އައިމް ވިތް ޔޫ..” ރީޝާ ހިނިތުންވެލުމުން އިޔާޝާވެސް ނައިރާގެ ފައިގައި ބައްދާލާފައި “އައިމް ވިތް ޔޫ ދޮންބެ ދައްތީ”އޭ ބުނެލީ ހަމަ ރީޝާ ބުނެލި ރާގުގައެވެ. އެއާއެކު، ރީޝާއާއި، ނައިރާގެ ހުނުން މުޅި އެތާނގާ ގުގުމާލިއެވެ. އެއާއެކު، ނައިރާ އިޔާޝާ އުރާލުމަށްފަހު އިޔާޝާގެ ކޮލަށް ދޮނެއް ދިނެވެ.

“ޔަޝޫ ދޭ އަވަހަށް މިލްކް ބޯން.. ދޮންބެ ދައްތި ރިހަ ކައްކާފަ ދާނަން ޔަޝޫއާ އެއްކޮށް ކުޅެލަން އިނގޭ..” ރީޝާގެ އަތަށް އިޔާޝާ ދެމުން ނައިރާ އުނދުން ރޮއެކޮށްލާ، ފިޔާގަނޑު މީރުކުރަން ފެށިއެވެ. ރީޝާވެސް އިޔާޝާއާއި އެކު ސަމާސާ ކުރަމުން ދިޔައީ އިޔާޝާއަށް ބުއްތަށި ދިނުމަށެވެ. ނައިރާވެސް އެ ދެމައިންނާ ދިމާއަށް ލޯބި ގޮތަކަށް ބަލައިލުމަށްފަހު މަސައްކަތައިގެން މަސްއޫލުވިއެވެ. އެއްވެސް ފިކުރަކާ ނުލާ ދޭފަތުން ފިޔާގަނޑު ހާކަމުން ދިޔަ ނައިރާގެ މޭ ނުބައި ހުރީ ކުއްލިއަކަށެވެ. ފިޔާގަނޑުގެ ވަސް ދުވުމުން ހޮޑު ލެވިދާނެހެން ހީވާން ފެށުމުން ނައިރާ އަވަހަށް އަނގަމަތީގައި އަތް އަޅާލުމަށްފަހު، އުނދުން ނިވާލިއެވެ. އަވަހަށް ސިންކާ ދިމާއަށް ދުއްވައިގަތީ، ހޮޑު ލެވުމުގެ ކުރިން ކޮޓަރިއާއި ހަމައަށް ދެވޭނެކަމުގެ ޔަޤީންކަން ނެތުމުނެވެ. ސިންކު ކައިރިއަށް ދެވުމާއިއެކުހެން ނައިރާއަށް ހޮޑު ލެވެން ފެށުނެވެ. މޭޒުދޮށުގައި އިން ރީޝާއަށް މި މަންޒަރު ފެނުމާއި އެކު ދުވެފައި އައިސް، ނައިރާގެ ގައިގައި ހިފަހައްޓާލުމަށްފަހު، ބުރަކަށީގައި ފިރުމަން ފެށިއެވެ. އިރުކޮޅަކަށްފަހު، ނައިރާ އިސް އުފުލާލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ރީޝާ އަވަހަށް ފެން ތަށްޓެއް ހިފައިގެން އައިސް ނައިރާއަށް ދިނުމުން ނައިރާ ފެންފޮދެއް ބޮއެލާފައި، އަނގަ ދޮވެލިއެވެ.

“މިހާރު އޯކޭތަ..؟ އިތުރު ގޮތެއް ވޭތަ..؟” ނައިރާ ގޮނޑީގައި ބައިންދާލަމުން ރީޝާ އަހާލި އިރު އެ ހިތުގައި ޝައްކުގެ ކުޑަ ރާޅު ބާންޏެެއް ދަތުރުކޮށްލިއެވެ. “ކުޑަކޮސް ބޮލަށް އެނބުރުން އަރާފަ، ބަނޑަށް ތަދުވޭ.” ބަނޑުގައި އަތް އަޅާލާފައި ނައިރާ ބުނެލިއެވެ. އެއާއެކު، ރީޝާގެ ޝައްކު ދެގުނަވިއެވެ. “ނައީ…” ރީޝާ ގޮވާލިއެވެ. “ހްމްމް..؟” ނައިރާ ޖަވާބު ދިނީ ކުރު ގޮތަކަށެވެ. “އާރ ޔޫ ޕްރެގްނެންޓް..؟” ރީޝާ އަހާލީ ޔަޤީޏް ކުރުމުގެ ގޮތުންނެވެ. އެއާއެކު ނައިރާގެ ދެލޯ ބޮޑުވިއެވެ. “ނޭނގެ.. އެއްގޮތަކަށްވެސް ނޭނގެ..” ނައިރާއަށްވެސް ޝައްކުވާން ފެށިއެވެ.

މީގެ ދެ ދުވަސް ކުރިންވެސް އޭނާއަށް މިކަހަލަ ގޮތްތަކެއް ވިއެވެ. އެހެންނަމަވެސް، ބަނޑުބޮޑު ވެދާނެކަމަށް ފަހަރެއްގައިވެސް އޭނާއަށް ވިސްނިފަކާ ނެތެވެ. “ނައީ.. ރީއްތައަށްވެސް ތިހެން ވިޔޭ ފުރަތަމަ ދުވަސްކޮޅު.. ބައެއް އެއްޗެހީގެ ވަސް ދުވީމަ ހޮޑު ލަވާފަ، މޭނުބަި ކޮށްފަ، ވަރުބަލި ވެފަ، ބަނޑަށްވެސް ްތަދުވޭ..” ރީޝާ ބުނަމުން ދިޔަ ވާހަކަތަކުން ނައިރާއަށް ޝައްކު ކުރެވެން ފެށުނީ، އެއީ މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އޭނާއަސްވެސް ވާ ގޮތްތަކަކަށް ވީތީއެވެ. “ތިހެން ވޭ.. އެކަމް…” ނައިރާ އިނީ އުފަލާ އެއްވަރަސް ބިރުގަނެ، ހާސްވެސް ވެފައެވެ. ރީޝާ ބަނޑުބޮޑު އިރު އުފުލި ވޭން އެންމެ ގާތުން ދެކުނު އެކަކީ އޭނާއެވެ. “އިޓްސް އޯކޭ.. ޑޯންޓް ބީ ސްކެއަރޑް.. ރީއްތައަށް ފެންނަނީ ޓެސްޓް ކޮށްލަން.. ޔަޝޫއަށް ޕްރެގްވެގެން ޓެސްޓު ކުރަން ގެނައިން ދޭތި.. ދެވަނަ އެތި އޮންނާނެ އަދިވެސް.. ވެއިޓް އިނގޭ.. އެބަ އަންނަން ހިފައިގެން.. ޔަޝޫ ބަލައިލައްޗެ..” ވަގުތުން ރީޝާ ދުވެފައި ދިޔައީ ޕްރެގްނެންސީ ޓެސްޓް ކިޓް ބަލާށެވެ. ނައިރާ ބަނޑުބޮޑު ވެދާނެތީ އޭނާ ހުރީ ނިކަން އުފަލުންނެވެ.

******

ނައިރާގެ ފާޚާނާ ދޮރުމަތީގައި ހުރެގެން ރީޝާ ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔަ އިރު، އިޔާޝާ އިނީ އެނދުމަތީގައި ހުރި ބާލީސްތަކާއި ކުޅޭށެވެ. ހާސްވެގެން ރީޝާ ދެއަތް ދެއަތާ މޮޑެމުން ދިޔަ އިރު، ނައިރާއަށް ވުރެ ބޮޑަށް ރީޝާ ހާސްވެފައި ހުރިހެން ހީވެއެވެ. “ނައީ..؟ ކޮބާ..؟” ފާޚާނާ ދޮރުގައި ޖަހާލަމުން ރީޝާ ގޮވާލީ ނައިރާގެ ޚަބަރެއް ނުވުމުންނެވެ. ނައިރާ ފާޚާނާއަށް ވަތްތާ ފަނަރަ މިނެޓް ވީ އިރުވެސް ނައިރާގެ އެއްވެސް ޚަބަރެއް ނުވުމުން ރީޝާ ކުޑަކޮށް ހާސްވިއެވެ. “ނައީ… އާރ ޔޫ އޯކޭ..؟” އަނެއްކާވެސް ރީޝާ، ނައިރާއަށް ގޮވާލަމުން ދޮރުގައި ޖަހާލިއެވެ. އެއާއެކު އެތެރެއިން، ދޮރު ހުޅުވޭ އަޑު އިވެން ފެށިއެވެ. އިޚްތިޔާރަކާ ނުލާ، ރީޝާއަށް ހިނިތުންވެވުނު އިރު، ހިތާހިތުން ނަތީޖާ ފައްސިވޭތޯ ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުނެވެ. ފާޚާނާއިން ނުކުތް ނައިރާގް މޫނުމަތީގައިވި ކުލަވަރުތައް ދެނެގަންނަން ރީޝާއަށް އުނދަގޫވިއެވެ. މިވަގުތު އެ މޫނުމަތީގައިވި އަސަރުތައް ކިޔުމަށް ރީޝާ ޙަޤީގަތުގައިވެސް ނުކުޅެދުނެވެ. “ވަޓް ވޯޒް ދަ ރިޒަލްޓް..؟” އަވަސްއަވަހަށް ނައިރާ ކައިރި އެހެން އަހާލި އިރު އެ އަޑުގައި އެކުލެވިފައިވީ އުފާވެރިކަމުގެ އަސަރުތަކެވެ. ދެ ތުންފަތް ޖައްސާ ބާރުކޮށްލަމުން ނައިރާ ޓެސްޓް ކިޓް ރީޝާއަށް ދައްކާލިއެވެ. ވަގުތުން ރީޝާގެ ދެލޯ ބޮޑުވި އިރު، އަނގަމަތީގައި އަތް އަޅާލެވުނެވެ.

ނުނިމޭ…

37

6 Comments

  1. Nayaa

    October 10, 2021 at 2:04 pm

    salaam dear readers.. here is the 29th prt.. hope u all loves this prt as well.. 30 vana prt mihaaru vanee liye nimifa.. stay safe & take care everyone… love you all my readers dearly <33333

  2. Nayaa

    October 10, 2021 at 2:08 pm

    this is a rpl for Ryyn’s cmnt on the previous prt…
    hey dear.. i’m gud hama alhamdhulillah.. wby? i missed u more..
    awwww thankiu so much Ryyn darling..
    hehe ur guess correct thw noonee noon thw igeynee stry nimen gaaiy veema.. dhn neiy kanneynge ehaa gina dhuvaheh.. but atleast 40 prts ah vure gina vaane.. mi aharu nimumuge kurin nayaa beynun stry ninmaalan.. anekka mi month ga libey mid term ge holiday ga stry liyan ninmaafa ovvaa kokko bali vgn mi jehunee chutteega Male’ dhaan.. but, still i’ll try my best..
    lym
    u too ss & tc my dearest Ryyn..

  3. luvza

    October 10, 2021 at 3:50 pm

    AAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAH NAYOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO ARE YOU SRS THA NAI BANDU BODU THA AAAAAAAAAAAAAAAAAAAAAAAH CAN’T BELIEVE THIS EKAM ADHI RESULT EH NEYGEYEY OOOOOOOOOOOH WAITING CURIOUS TO KNOW THAT……….🤗🤗🤗🤗🤗🤗🤗🤗🤗😊😊😊😊
    AAAAAAH i feel like to cry hama huvaa ey nayoo rei fakeerah jassa haalu dhekifa mi hithakah hama ketheh nuvey 💔💔💔💔💔💔💔 hithugai ethakeh koorumeh elheyey dhariyaaaa raiiiii naira and riaash ah viyas konmeves gothakun mivaahaka ufaa kohladhee heyonuvaane dhariyaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 aadheys kohhfa mi bunanee
    DHEN varah salaan sutey sayfu ingey koyaaaaaaa aaahh aaah
    hiyy heyo kuraathi insha allah adhi dhimaa vaane
    ingey varah salaan bye
    😘😘😘😘😘😘❤❤❤🧡🧡💛💛💚💚💙💙💜💜

  4. Ryyn

    October 10, 2021 at 9:27 pm

    💖 Vrh vrh rythi masha allah 😊 ryn ah hyvany ehn kameh hn? Miee fuess eh ingey >
    Assu maaish eii amaan ge dhari eh noon kanneyge.. just my guess., dhn e dhuvahu maaish kaarugai dhanikoh eccident eh vegen adhyl maaish govaigen beyru gaumakah gos dhiriulhuny kanneyge ethaa.. dhn fahun maaish ge name vex aroon ah badhalu koffa ethanuga huregen kiyevy kanneyge 😁 miee hama guess eh 😅 ehehe.. i wish my guess will be correct.. and yea.. 😊
    Get well soon your kokki 😊❤ Wish you Luck 💫😘
    Luvv You ❤
    Stay safe and take a very gud care 💖

  5. Nayaa

    October 11, 2021 at 12:51 pm

    OOOOOOOOOOOOOOOOOIIIIIIIIIIIIII EKEY MY DEAR LYVZYYYYYY!!!! THI VARAHA NUGOVIYAS MASHAH ADU IVEYEY KITHAH FAHARU THA BUNAN V?????? EYYYNN???!! MAA GINA VAGUTHU REESAATU AA EKU HEYDHA KURAATHEE EY MANJE VX MIHAARU EHAA ANGA FALHAIGEN THI ULHENY… E MANJE KAIRI ULHEY MEEHAKU VEJJEYYAA HAFTHAA EH THEREY HUNNAANEE GAIGA HIRI NULEVEY VARAH MAS JAHAAFA.. DHN E VAARUTHA VAA GALHI KAMUGE VHK RANGALHU VAANEE NUDHEKKIYYAA.. PIS PIS.. EY DHN REESH GE GAIN NUVAANE DHW MITHAAGA E VARAH MAS KAAKAH.. E GOYYE FIRI SORU AIS MA NOLHAALAFAANE.. LOL…
    yes hingaa dhw naira naira prgnt thw noonee noon thw balaalan.. miadhuge vagutheh ga nxt prt submit kohleveythw balaanan insha allah…
    alheyyyyyyyyyyyyy dhn luvzyyy konme prt egga thihaa dhera vaa vhk buneema nayoo vx vrh dhera vey 🙁 even feel like crying rai ah vaa gothun..
    dhn mihaaru mee vhk ge massala bodu vaa hisaabu.. vhk eh nama feshumakaa, massala akaa, massala boduvaa hisaabaa, kunnakaa nimumeh vx onnan vaanu dhw.. mee dhn massala bodu v… iraadhakureviyyaa stry nimey iru rai vx maaish vx nai vx riaash vx thibeynee ufalun.. let;s hope for the best dhw..
    haha aan same to u.. hama vrh salaam.. dhn ma bunaane ehcheh neiy dhariyaa.. reesaatu bunaane rakkaave thibiyyaa dhathuru..
    yes nxt prt ga dhimaavaane insha allah..
    hehe bye for now..
    lwbi vey heskyaafa manje dheke <333333333333

  6. Nayaa

    October 11, 2021 at 1:00 pm

    hey Ryyn darl..
    awwww thanq sooooooo much darloooooo.. it rly means a lot to me ingey..
    subboo.. mi othee “just a guess” eh noonennu.. THIS IS A WHOLE THEORY.. hehe… but, ur theory is sooo cute and bautiful.. it’s so heart touching.. and ryyn ge theory kiyaalaafa nayoo ah heevey ryyn vx stry liyan vrh molhu vaanehen.. Ryyn ge visnun vrh mussandhi maasha allah.. Ryyn vhk eh liyangnaa nayoo gaathu vx bunelahche ingey.. eyrun kiyaalaafa cmnt eh kohlan vx ingeynee.. aslu ryyn vrh molhu theory eh hadhaalaafa thi othee.. that is a whole plot of a stry… vvv salhi vaane ryyn ge idea akah hama stry eh liyelan.. nayoo bunelan beynun vanee u have the talent of being a talened author and u should give a try to writing ey… hope to see a stry of yours ingey.. don’t mind plz hama nayoo ah ryyn ge talent aa dheythreyga feel vaa goiy mi bunelee..
    hehe ryyn ge guess correct thw noonee noon thw balaalan hingaa dhw nxt prt ah wait kohlamaa.. insha allah miadhu kiyaalan libeyne..
    thanx nayoo ge faraathun vx kokko ge faraathun vx.. thankiuuuuu darling!
    u too ss & tvgc ryyn.. thanx for ur support.. luve u more dear.. <333333333

Comments are closed.