ފޮށިގަނޑުތަކާއި ކޮތަޅުތައް އެއްފަރާތް ކޮށްލާފައި ދެކުދިން ވެގެން ރައިޝާގެ ކޮޓަރި ސާފުކޮށްލިއެވެ. އޭރު ބޭރުގައި ނުހާއާއި، ރިޔާޒްއާއި، ނިޝާގެ އިތުރުން ޔާޝްއާއި ރީޝާވެސް ވާހަކަ ދައްކާ އަޑު އިވެއެވެ. ރިއާޝް ވީ ރިޔާޒް ބުނެގެން ފިހާރައަކަށް ގޮހެވެ. ކޮޓަރި ސާފުކުރުމަށްފަހު ދެކުދިން ރައިޝާގެ އެނދުމަތީގައި އޮށޯވެލީ ވަރުބަލިވެފައި ހުރުމުންނެވެ. “ނައީ..” ރައިޝާ ގޮވާލުމުން ޖަވާމުގައި ނައިރާ ހޫމް ލައްވާލިއެވެ. “މާދަމާ ނައި ވާނެ އިނގޭ ވަރަށް ރީތިވާން..” ރައިޝާ އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ. “އެއީ..؟ ކީއްކުރަން މަ […]
މާނާ ނުކުތުމާއި އެކުހެން މާއިޝްގެ ބަޑި ފަޅައިގެން ދިޔައެވެ. ބައްޕަ އޭނާ ދެކެ އެހާ ނަފްރަތު ކުރަން ޖެހުނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. އޭނާ ހަމައެކަނި އިއްވާލީ އޭނާގެ ހިތުގެ އަޑެވެ. ބޭރުކޮށްލީ ހިތުގެ އުދާސްތަކެވެ. ކިޔައިދިނީ ހިތުގެ ޝަކުވާއެވެ. އެހެންނަމަވެސް، ބަދަލުގައި އޭނާއަށް ލިބުނީ ވޭނެވެ. ހިތާމައެވެ. ޒަޚަމެވެ. ބައްޕަގެ އެ ވިހަ ގަދަ ބަސްތަކުންނާއި. އަނިޔާވެރި ޢަމަލުން މާއިޝްގެ ހިތުގައި ބައްޕައާއި މެދު ނަފްރަތު އުފެދުނެވެ. ކުޑައިރުއްސުރެ މިއަދާ ހަމައަށްވެސް، ބައްޕަގެ ކުރިމައްޗަށް އަރާ […]
ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔައީ ރައިޝާގެ ހިތުގައިވާ ބުނުން އިތުރަށް ސާފުކޮށްދެމުންނެވެ. މާއިޝްއާ ދޭތެރޭ އެ ހިތުގައިވާ އިހުސާސްތައް އިތުރަށް ފުންވަމުންނެވެ. އެ ޒުވާން ހިތުގައި މާއިޝްއަށް ދެވިފައިވާ މަތިވެރި މަޤާމު ސިކުނޑިއަށް ޔަޤީންކޮށްދެމުންނެވެ. އާއެކެވެ. އޭނާ3ަށް މާއިޝް ދެކެ ލޯބިވެވިއްޖެއެވެ. ވަރަށް ބޮޑަށް ވެވިއްޖެއެވެ. މާއިޝް ފެންނަ ކޮންމެ ފަހަރަކު ވިންދު އަވަސްވެފައި، މާއިޝް ނެތުމުން އެ ހިތަށް ލިބޭ ފަޅުކަމުން ރައިޝާއަށް ހުރިހާ އެއްޗެއް ފަހުމްވެ އެނގިއްޖެއެވެ. ލޯތްބަކީ ހިތުގައި އުފެދޭ ތެދުވެރި، ޙަޤީޤީ […]
“މޭބީ ފޯރޓީންތް ނޮވެމްބަރ އިޒް ނޮޓް ދި އެނިވަރސަރީ އިޔަރ ފޯރ އޮންލީ ޔާޝް ކުޑަބެ އެންޑް ރީއްތަ.. އިޓް ވިލް ބީ އަ ވެރީ ސްޕެޝަލް ޑޭ ފޯރ އެނަދަރ ނިއު ކަޕްލް އެންޑް އައި ވިލް މޭކް ޝުއަރ ޓު މާރކް ‘ފޯރޓީންތް އޮފް ނޮވެމްބަރ 2020’ އޭޒް އަ ޑޭޓް އޮފް ދި އެނިވަރސަރީ ފޯރ އެނަދަރ ކަޕްލް އަލޯންގ ވިތް ޔާޝް ކުޑަބެ އެންޑް ރީއްތަ..” ހިތާހިތުން އެހެން ކިޔަމުން ިޔަ […]
“ހަލޯ.. މީ..” އެމީހާއަށް ބުނެވުނީ އެހިސާބަށެވެ. “މަށަށް ވަރިހަމަ ތީ ކޮންމެ މީހަކަސް.. އެކަމް މަށަށް އެނގިފަ އޮންނަ ގޮތުން ވެއްޖެއްޔާ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދާކަށް ބެންކް އޮފް މޯލްޑިވްސް އަކުން ނުގުޅާނެ.. ކަފަބުރަކުން ކަންފަތް ސާފުކޮށްފަ ރަނގަޅަށް އަޑުއަހާ.. ދެން މި ނަންމަބަރަށް ގުޅައިފިއްޔާ ނިމުނީ.. ކަށްޓާ، މަހާ، ހަމާ ވަކިކޮށްފަ، ކޮށާ ކުދިކޮށްފަ، ވީދާ، ނޮޅާ، އުކާލާ ހަމަ ކާޅަށް ކާންދޭނަން.. ސާފުވެއްޖެތަ..؟ ސާފުނުވަންޏާ ބުނޭ.. ނިކަން ރަނގަޅަށް ސާފުކޮށްދޭނަން.. ހަމަ މިހާރު……” […]
ކެއުމުގެ މެދާ ހަމައަށް ދަންދެން އޮތީ ހުސް އުފާވެރި ވާހަކަތަކެވެ. މައިގަނޑު ވާހަކައަކަށް ދެކެވުނީ ޔާޝްއާއި ރީޝާގެ ގުޅުމުގެ ވާހަކައެވެ. އެކި ވާހަކަ ދައްކަމުން ގޮސް މާހައުލަށް ހޫނުކަމެއް ވެރިވެގެން ދިޔައީ ރިޔާޒް ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އޮތް ވާހަކަ ބުނުމުންނެވެ. އެއާއެކު އެންމެންވެސް ތިބީ ހުރިހާ ސަމާލުކަމެއް ރިޔާޒްއަށް ހުސްކޮށްގެންނެވެ. ރިޔާޒް ނުހާގެ މޫނަށް ބަލައިލުމުން ނުހާ މަޑުމަޑުން ބޯޖަހާލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ވާން ކިއުޅެނީ ކީއްކަން ނޭނގޭ ހާލު ޔާޝްއާއި، […]
މާއިޝް އުޅުނު ގޮތުން ހީވަނީ ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ގޭތެރޭގައި ދުވެދުވެފައި އުޅޭހެންނެވެ. ކިތަންމެ މުއްސަންޖަސް އެކަމާ މެދު މާއިޝްގެ ހިތުގައި އެކަމާ މެދު އެއްވެސް ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއް ނުވާކަން ހަމައެކަނި މާއިޝްގެ ޢަމަލުތަކުންވެސް ދޭހަވެއެވެ. ބޭރުފުށުން ބަލާލާފައި މާއިޝް އަކީ ވަރަށް ފޮނި، ބޮޑާ މީހެކޭ މީހުން ބުންޏަސް މާއިޝްގެ ހިތުގައިވާ ޙަޤީގަތް ﷲ މޮޅަށް ދެނެވޮޑިގެން ވާކަން މާއިޝް އަބަދުވެސް ހަނދާން ބަހައްޓައެވެ. އެހެންމީހުންގެ ރުޅިވެރި ބަސްތަކުންނާއި، ޙަސަދައިން ރެކިގަންނަން މާއިޝް […]
އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ބަލަން އަތިރިމަތީގައި އިން ރިޔާޝް އިނީ ޤުދުރަތީ ރީތި މަންޒަރުތަކަށް ގެއްލި ހުސްވެފައެވެ. ބަލާބެލުމަށް އޭނާ އިނީ ވަރަށް ފުން ޚިޔާލެއްގެ ތެރޭގައިހެން ހީވެއެވެ. ކަނޑުގެ ރީތި، އޮމާން ލޮނުގަނޑާ ދިމާލަށް ބަލަމުން ދިޔަ ރިޔާޝްގެ މޫނުމަތީގައި ވީ ދެނެގަންނަން އުނދަގޫ ކުލަވަރުތަކެކެވެ. އެއްބައިފަހަރު ހިނިތުންވެލާފާނެއެވެ. އަނެއްބައި ފަހަރު ވަރަށް ބޮޑު ކަމަކާ ދޭތެރޭ ވިސްނާހެންވެސް ހީވެދާނެއެވެ. މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތަކުން އޭނާ އެ ވިސްނަނީ ވަރަށް ބޮޑު […]
“ޑޫ ޔޫ ރިއަލީ ވޯންޓު ނޯ؟” ރައިޝާ ކައިރި އެހެން އަހާލުމަށްފަހު ނައިރާ ބަލައިލީ މާއިޝްއާ ދިމާލަށެވެ. މާއިޝްވެސް އެވަގުތު ނައިރާމެން ތިބި ދިމާލަށް ބަލަހައްޓައިގެން އިނީ ރައިޝާ ގާތު ނައިރާ ހުރިހާ ވާހަކައެއް ކިޔައިދީފާނެ ކަމުގެ ބިރު ހީވުމުންނެވެ. ނައިރާ އެހެން ރައިޝާއާ ވާހަކަ ދެއްކުމުން އެ އުޅެނީ ހުެިހާ ވާހަކައެއް ކިޔައިދޭންކަން މާއިޝްއަށް ނަގައިގަނެވުނެވެ. އެހެންކަމުން ދެލޯ ބޮޑުކޮށްލާ ދެފަރާތަށް ބޯ ހޫރުވާލުމުން އެ ބުނީ ރައިޝާ ގާތު ނުބުނާށޭކަން ނައިރާއަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް، […]