Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތުގެ ޝަކުވާ… 38

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
May 29, 2022 7 Mins Read
2 Comments

އެންމެ ފަހުން މި ދެލޯބިވެރިން ކުރަމުން އައި ދިގު އިންތިޒާރު ނިމުމަކަށް އަންނަނީއެވެ. ދެން އެންމެ އުންމީދު ކުރެވޭނީ އެކަކު އަނެކަކުގެ ދާއިމީ ޙައްޤަކަށް ވާ ދުވަހަށެވެ. އެ ދުވަސް އަންނާކަށް ދެންމާ ގިނަ ދުވަހެއް ނެތެވެ. މާތްﷲ ގެ އިރާދަފުޅާއެކީ މި ގުޅުން އަބަދުވެސް މި ގޮތުގައި ލަހައްޓަވާނެއެވެ. އެކަކު އަނެކަކުގެ ދެލޮލަށް ބަލަން ތިބި ދެމީހުންގެ ހިތުގައިވެސް ލިޔެވިފައިވަނީ އެކައްޗެކެވެ. ކުރެވެމުން ދިޔައީ އެއް ދުޢާއެކެވެ. މި ގުޅުން ދެގޮތެއް ނުވެ އަބަދުވެސް މި ގޮތުގައި ދެމިގެން ދިޔުމެވެ. ދެ ހިތުގެ އުންމީދަކީވެސް އެއީއެވެ.

***

ހަ މަސް ދުވަސް ފަސް

***

ދެލޯ މަރާލައިގެން މަޑުމަޑުން ދެފައި ތަޅުވަމުން ދިޔަ ރައިޝާގެ އިތުރުން އެތާ ތިބި އެންމެންނަށްވެސް ސިހުން ގެނުވީ ރައިޝާ އަތުތެރޭގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ރައިޝާ ތެޅެގަތީ އެހެންނެއް ނޫނެވެެ. ކޯލަރ އައިޑީއަށް އަރާފައި އިން މާނާގެ ނަން ފެނުމުން ފޯނު ނެގީ އެސްފިޔައެއް ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. “ހަލޯ.. ދޮންތާ.. ކޮބާ މާއިޝް..؟” އެންމެ ފުރަތަމަވެސް ރައިޝާޢަށް އަހައިލެވުނީ މާއިޝްގެ ޚަބަރެވެ. އެއާއެކު އެތާ ތިބި އެންމެންވެސް ތިބީ އުފާވެރި ޚަބަރެއް އަޑު އެހުމަށް ކެތް މަދުވެފައިކަން މޫނުމަތިން ދޭހަވެއެވެ. ރައިޝާވެސް މެއެވެ.

“ރައީ… މާއިޝް.. މާއިޝްގެ އޮޕަރޭޝަން…” މާނާގެ އަޑުގައިވީ އިޙުސާސްތައް ދެނެގަތުމަށް ރައިޝާއަަކަށް މާ ފަސޭހައެއް ނުވިއެވެ. އެހެންކަމުން އަވަސްއަރުވާލާފައި އަނެއްކާވެސް މާއިޝް ކޮބައިތޯ އެހީ ތުރުތުރު އަޅާ އަޑަކުންނެވެ. “ރައީ… މާއިޝްގެ އޮޕަރޭޝަން……”

“ދޮންތާ ކިހިނެއްތަވީ…؟” ރައިޝާ އަނެއްކާވެސް ކެތް މަދުވެފައި އަހައިލިއެވެ. “ރައީ.. އައިމް ސޮރީ.. އައިމް ސޯ ސޮރީ.. ހިތްވަރު ކުރައްޗޭ.. އެކަމް މާއިޝްގެ އޮޕަރޭޝަން ކާމިޔާވެއް ނުވި.. ޑޮކްޓަރ ބުނުއްވީ އޮޕަރޭޝަންގެ ސަބަބުން އިތުރަށް ނާރުތަކަށް ގެއްލުން ލިބި ފައި ޕެރެލައިޒް ވެފައިވާ ކަމަށް..” އެ ވާހަކަތައް ކިޔައިދީ ނިމުނު އިރު، މާނާއަށްވެސް ހުރީ ރޮވިފައެވެ.

މާނާގެ ވާހަކަތަކުން ރައިޝާއަށް ލިބުނީ ޝޮކެކެވެ. އެއީ އޭނާ އަޑުއަހަން ބޭނުންވި ޚަބަރެއް ނޫނެވެ. ބުނާނެ އެއްޗެއް، ހަދަންވީ ގޮތެއް ރައިޝާއަަކަށް ނޭނގުނެވެ. މާނާ ދެތިން ފަހަރަކު ގޮވައިލުމުންވެސް ރައިޝާއަކަށް އަޑެއް ނީވުނެވެ. ފަސްވަރަކަށް މިނެޓު ވަންދެން އެހެން އިނދެފައި ފޯނު ސޯފާ މަތީގައި ބާއްވާފައި ރައިޝާ ގޮސް ކޮޓަރިއަސް ވަނެވެ. ނިކަން މަޑުމަޑުން ހިނގާލާފައި ދިޔަ އިރު ހީވަނީ މޫނުމަތީގައި އެއްވެސް އިޙުސާސެއް ނުވާހެންނެވެ. ނަމަވެސް، އެ ހިތުގައި މިވަގުތު އަޅަމުންދާ ވޭން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.

ރައިޝާ ގޮސް ކޮޓަރިއަށް ވަނުމުން ނައިރާ މާނާއާއި ވާހަކަ ދައްކާލާ، މާއިޝްއާއި، މާހީންމެންގެ ޙާލު އެހިއެވެ. އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުނެފައި، ސަލާމް ބުނެފައި ފޯނު ބޭއްވިއެވެ. މާއިޝްގެ ޙާލަތުން ނައިރާމެންވެސް ތިބީ ނުހަނު ދެރަވެފައެވެ. ނަމަވެސް، މިވަގުތު ރުއިމުގެ ބަދަލުގައި އެންމެ ބުއްދިވެރި ގޮތަކީ މާއިޝްގެ ޢާއިލާއަށާއި ރައިޝާއަށް ހިތްވަރު ދިނުންކަން އެންމެންނަށްވެސް އެނގެއެވެ.

“އާޝް… އިހަށް މަޑު ކުރޭ.. ގިވް ހަރ ސަމް ޓައިމް ޓު ބީ އަލޯން.. އޭރުންވެސް ރަނގަޅުވެދާނެ..” ރީޝާ އެހެން ބުނުމުން ރިއާޝް އަނެއްކާވެސް ސޯފާގައި އިށީނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާއަށްވެސް ފެންނާތީއެވެ. ކުޑަ ވަގުތުކޮޅަކަށް އެކަނިވެލަން ފުރުޞަތު ދިނުމުން ރައިޝާ ހަމައަކަށް އެޅިދާނެހެން ހީވާތީއެވެ.

***

ކޮޓަރިއަށް ވަތް ގޮތަށް ރައިޝާއަށް ކޮޅަށް ހުރެވުނީ އިރުކޮޅަކުއެވެ. ދޮރުގައި ލެނގިލި ގޮތަށް ތިރީގައި އިށީނދެވުނު އިރު ބާރުބާރަށް ރޮއެގަނެވިއްޖެއެވެ. މާއިޝްގެ އެ ޙަލާއި ދޭތެރޭގައި ދެރަވެ، ހަމްދަރުދީ ވެވެނީ އިންތިހާއަށެވެ. މާއިޝްގެ ޙަޔާތް މިހާ ހިތްދަތިކޮށް ދިމާވުމަށް މާއިޝްގެ ކުށަކީ ކޮބައިބާވައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. ހިނދުކޮޅެއްގެ އުފާވެރިކަމަކަށް ފަހު، މާއިޝްގެ ޙަޔާތް އަނެއްކާވެސް ހިތާމައިން ފުރިގެންދާތީ، ރައިޝާ ދެރަވީ އިންތިހާއަށެވެ. މާއިޝްއާ ދޭތެރޭގައި އިތުރަށް ވިސްނި ވަރަކަށްރައިޝާގެ ގިސްލުމުގެ އަޑު ދިޔައީ ބާރުވަމުންނެވެ. ދުވެފައި ގޮސް އެނދުމައްޗަށް ވެއްޓިގަނެވުނު އިރު އޭނާގެ ގައިގައި އެއްވެސް ވަރެއް ނެތެވެ.

***

ރައިޝާ ކޮޓަރިއަށް ވަތް ގޮތަށް ނުނުކުމެ، މާ ގިނަ އިރު ވުމުން ރީޝާ މިސްރާބު ޖެހީ ރައިޝާގެ ޙާލެއް ބަލައިލަން ދިޔުމަށެވެ. ރައިޝާގެ ކޮޓަރި ދޮރުގައި މަޑުމަޑުް ޓަކި ޖަހައިލުމުން އެއްވެސް ޖަވާބެއް ނައެވެ. މަޑުމަޑުން ތަޅުގައި ހިފައި، އަނބުރައިލި އިރު، ހުޅުވާފައި ހުރުމުން ރީޝާ އެތެރެއަށް ވަނެވެ. އޭރު، އެނދުމަތީގައި ބަންޑުން އޮށޯވެގެން އޮތް ރައިޝާއާ ދޭތެރޭގައި ރީޝާގެ ހިތުގައި ހަމްދަރުދީ އުފެދުނީ އިންތިހާއަށެވެ.

“ރައީ… އެއްޗެއް ކާލަން ތެދުވަންވީނު..” ރައިޝާޣެ ބޮލުގައި ފިރުމައިލަމުން ރީޝާ ބުނީ ނުހަނު ލޯބިންނެވެ. ނަމަވެސް ޖަވާބު ދޭނެހާ ހިތްވަރެއްވެސް ނެތިފައި ރައިޝާ އޮތީ އެއްޗެކޭ ނުބުނެއެވެ. “ރައީ….” ރީޝާ އަނެއްކާވެސް ގޮވައިލިއެވެ. “ރީއްތާ ޕްލީޒް.. އިހަށް ދޭ.. އައި ޖަސްޓް ވޯންޓު ބީ އަލޯން ފޯރ އަ ވައިލް..” ރައިޝާ އެހެން ބުނުމުން ރީޝާ ފުން ނޭވާއެއް ދޫކޮސްލިއެވެ. މިވަގުތު އެންމެ ބުއްދިވެރިވާނީ ރައިޝާ އެކަނި ދޫކޮށްލުމަށްވުރެ، ރައިޝާއާ ވާހަކަ ދެއްކިއްޔާ ކަމުގައި އޭނާގެ ޟަމީރު ބުނަމުން ދިޔައެވެ.

“ރައީ.. ރައި ތި ކަންތައް ކުރަނީ ރަނގަޅަކަށް ނޫނޭ.. މާއިޝްގެ އޮޕަރޭޝަން ފެއިލްވެ، ފައި ޕެރެލައިޒްވި ޚަބަރު ލިބުނީމަ އިނގޭ ރައި ވަރަށް ދެރަވާނެކަން.. އައި ކޭން އަންޑަރސްޓޭންޑް.. އެކަމް މާއިޝްގެ އެ ހާލާ ދޭތެރޭ ދެރަވާނީ ހަމައެކަނި ރައިއެއް ނޫނޭ.. މާއިޝްގެ އާއިލާއޯ..؟ މާހީން ދައްތައާ މާނާވެސް ކިހާ ދެރަވާނެ..؟ އެކަމް އެ ޚަބަރު ލިބުނީމަވެސް، މާނާގެ ޚަބަރެއް އަހައިވެސް ނުލައި، ރައި އައީ ކޮޓަރިއަށް.. އިނގޭ އެއީ ރައި ވަރަށް ދެރަވެގެންކަން.. އަންޑަރސްޓޭންޑްވެސް ވޭ.. އެކަމް ރައިއަށްވުރެ މާ ބޮޑަށް މާހީން ދައްތަމެން ދެރަވާނެ ދޯ.. މިކަހަލަ އުނދަގޫ ދަނޑިވަޅެއްގަ ރައި ޖެހޭނީ މާހީން ދައްތަމެންނަށް ހިތްވަރު ދޭ ފަރާތަކަށް ވާން.. މާއިޝްއާ ގުޅައި، މާއިޝްގެ ހާލުވެސް ބަލަން ޖެހޭނެ.. ތިހެން ދެރަވިޔޭ ކިޔާފަ އޮތަސް އިޓް ވޯންޓް ޑޫ އެނީ ގުޑް.. ސޯ ޑޫ ވަޓްސް ރައިޓް.. މާހީން ދައްތައާ ގުޅާ.. އެމީހުންގެ ހާލު އަހާފަ މާއިޝްގެ ހާލުވެސް އަހާ.. ބީ ދެއަރ ފޯރ ދެމް.. މިކަހަލަ ވަގުތެއްގަ ރައި ޖެހޭނެ ވަރަށް ހިތްވަރު ގަދަ ވާން.. ޔޫ ޝޫޑް ބީ ދެއަރ ފޯރ އެވްރީވަން އެލްސް.. މީ ރީއްތަ ރުޅި އައިސްގެން ބުނާ އެއްޗެއް ނޫން އިނގޭ.. ކޮންމެސް އެހެން ހީ ނުކުރައްޗެ.. އައިމް ޖަސްޓް ލުކިން އައުޓް ފޯރ ޔޫ އެންޑް ޓެލިން ޔޫ އެބައުޓް ދަ ރައިޓް ތިންގް ޓު ޑޫ..” ރީޝާގެ ވާހަކަތައް ނިމުނު އިރު ރައިޝާއަށް އޮވެވުނީ އެ ދެއްކި ވާހަތަކާއި ދޭތެރޭގައި ވިސްނާށެވެ.

ރީޝާ އެ ބުނީވެސް ތެދެކެވެ. އޭނާއަށް ވުރެ މާ ބޮޑަށް މާހީންއާއި މާނާ ދެރަ ވާނެއެވެ. އޭނާއަށް ވުރެ މާ ބޮޑަށް މާހީންއާއި މާނާ މާއިޝް ދެކެ ލޯބިވެސް ވާނެއެވެ. އެމީހުން އެހާ ހިތްވަރުކޮށްގެން، މާއިޝްއަށް އެހީވެ، ހިތްވަރު ދޭ އިރު، އޭނާ ރޯން ހުރުމުން އެވީ އަމިއްލަ އެދުން ބޮޑު ޢަމަލަކަށް ނޫންހެއްޔެވެ. ބަދަލުގައި ރީޝާ ބުނިހެން އެމީހުންނަށް ހިތްވަރު ދިނުމަކީ ކުރުން މާ އެދެވިގެންވާ ޢަމަލެކެވެ.

“ޔޫ އާރ ރައިޓް ރީއްތާ.. ތި ބުނީހަމަ ރަނގަޅަށް.. މައި އެކްޝަންސް ޖަސްޓް ޝޯވ ހައު ސެލްފިޝް އައި އޭމް…” ރައިޝާގެ ލޮލުން ފޭބި ކަރުނައާއި އެކު، އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. “ނޫނޭ ރައީ.. ޔޫ އާރ ނޮޓް ސެލްފިޝް.. އެހެން ހީ ނުކުރޭ.. ދެޓްސް ނޮޓް ޓްރޫ އެޓް އޯލް.. ބަދަލުގަ ޖަސްޓް ޑޫ ދަ ރައިޓް ތިންގ..” ރީޝާ ހިނިތުންވެލިއެވެ. ބަދަލުގައި ރައިޝާވެސް ހިނިތުންވެލަމުން ފާޚާނާއަށް ވަނީ މޫނު ދޮވެލުމަށެވެ. ފާޚާނާއިން ނުކުތް އިރު ރީޝާ ނެތުމުން ރައިޝާ ޢަސުރު ނަމާދު ކޮށްލިއެވެ. ނަމާދު ކޮށްގެން މާއިޝްގެ ޙާލު ރަނގަޅުކޮށްދެއްވައި، މާހީންމެންނަށް ހިތްވަރު ދެއްވުމަށް އެދި އެތައް ފަހަރަކު ދުޢާ ކުރެވުނެވެ.

ނަމާދު ކޮށް ނިމިގެން މުސައްލަ އޮޅާފައި، ރައިޝާ ފޯނު ހިފައިގެން އައިސް އެނދުމަތީގައި އިށީނެވެ. މާހީންއާ ގުޅައިލި އިރަށް ދެތިން ރިންގާއެކު ފޯނު ނެގިއެވެ ރައިޝާ އެތައް އިރަކު މާހީންއާއި މާނާއާ ވާހަކަ ދެއްކިއެވެ. އެމީހުންނަށް ހިތްވަރު ދިނީ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައި ނުލައެވެ. އޭނާ ހިތްވަރު ކުރިއެވެ. މާހީންމެންނަށް ޓަކައެވެ. ލޯބިވާ މާއިޝްއަށް ޓަކައެވެ. މާނިޝްއާވެސް ވާހަކަ ދައްކާ ޙާލު އެހިއެވެ. އެއަށްފަހު، ރައިޝާގެ އެދުމަށް މާހީން މާއިޝް އަތަށް ފޯނު ދިނެވެ. ފޯނު ދިނުމަށްފަހު، އެންމެން ނުކުތީ އެ ދެމީހުންނަށް އެކަނި ވާހަކަ ދައްކާލުމަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުންނެވެ.

“މާއިޝް… ކިހިނެތް…؟” ނުރޯން ހިތްވަރު ކުރި ނަމަވެސް، ދެތިން ކަރުނަ ތިކި އޭގެ މަޤާމު ދޫކޮށްފައި ފޭބީ، ރައިޝާގެ އެއްވެސް އިޒުނައަކާ ނުލައެވެ. “ރަނގަޅު އިރާދަކުރެއްވީތީ.. ރައި ކިހިނެތް..؟” ހިނިތުންވާން މަސައްކަތް ކުރަމުން މާއިޝްވެސް އެއްސެވެ. “ރަނގަޅު.. މާއިޝް ރަނގަޅަށް ކަންތަ އެބަ..؟” މިވަގުތު ރައިޝާއަށް އެންމެ މުހިންމު ކަމަކަށް ވެފައިވީ މާއިޝްގެ ސިއްޙެތެވެ. އެތައް އިރަކު އެގޮތުގައި ވާހަކަ ދައްކަން ތިބުމަށްފަހު، ކުއްލިއަކަށް މާއިޝް ކޮށްލި ސުވާލުން ރައިޝާ ހިސާބަކަށް ހައިރާންވިއެވެ.

“ރައީ.. ރައި އަށް އެނގޭ ދޯ ދެން އަހަންނަށް ހިނގޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަން..” ފޮރުވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެ އަޑުގައިވި ވޭނާއި، ކެކުޅުން ރައިޝާއަށް އޮޅޭ ގޮތެއް ނުވިއެވެ. “ދެން މާއިޝް.. އެކަހަލަ ވާހަކަ ނުދައްކަބަ..” ރައިޝާ މަޢުޟޫ އޮޅުވައިލެވޭތޯ ބެއްޔެވެ. “ނޫން.. ވީ ނީޑް ޓު ޓޯކް އެބައުޓް ދިސް ރައިޓް ނައު.. ރައީ.. އަހަންނަކަށް ދެން ދުވަހަކުވެސް ނުހިނގޭނެ.. ކުރިން އޮތް ކުޑަކުޑަ އުންމީދުވެސް މިހާރު އެ ދިޔައީ.. ރައި ބޭނުންވާ އެތައް ކަމެއް ކޮށްދިނުމުގައި އަހަރެން މިހާރު ނުކުޅެދޭނެ.. ރައި އަދިވެސް އަހަންނާއެކީ އުޅެން ބޭނުންތަ..؟ އަދިވެސް އަހަރެން ދެކެ ލޯބިވޭތަ..؟” މާއިޝްގެ ސުވާލަށް ރައިޝާ ޖަވާބު ދިނީ ހިނދުކޮޅަކަށްވެސް މަޑު ކުރުމެއް، އަދި ވިސްނައިލުމެއްވެސް ނެތިއެވެ. “އޮފްކޯރޒް… އަހަރެން ކުރިންވެސް އަދި މިހާރުވެސް މާއިޝް ދެކެ ވަރަށް ލޯބިވޭ.. އަދި ކުރިޔަށް އޮތްތާވެސް ވާނަން.. ކޮންމެ ޙާލަތެެއް މެދުވެރި ވިޔަސް.. އަބަދުވެސް ކެތްތެރިކަމާއެކީ މާއިޝްއާ އެކީ ހުންނާނަން..” ރައިޝާ ޔަޤީންކަމާއެކީ ބުނެލި ގޮތުން މާއިޝްގެ މޫނުގައި ކުޅެލީ ރަކި އެހެނަސް، އުފާވެރި ހިނިތުންވުމެކެވެ. މިފަދަ އަގު ބޮޑު ޖަވާހިރެއް އޭނާއަށް ކާމިޔާބުވީ ކިހިނެއްބާވައޭވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ. ދެމީހުން އެގޮތަށް އެކަކު އަނެކަކާ ވާހަކަ ދައްކަން އެތައް އިރެއް ވަންދެން ތިއްބެވެ. ލޯބީގެ ލާމަސީލު މިސާލެކެވެ.

***

ފޯނާއި އަތް ދަބަސް ހިފައިގެން ރައިޝާ ނުކުތް ގޮތުން ހީވަނީ ތަނެއްގައި ރޯވެގެން އޮޅޭހެންނެވެ. އަވަސްއަވަހަށް ކާރަށް އަރާ، ދޮރު ލައްޕާލީ ޑްރައިވަރ ސީޓުގައި އިން ރިއާޝް ކައިރި އަވަސްކުރާށޭ ބުނަމުންނެވެ. ކާރަށް އަރާފައިވެސް ލޯގަނޑު ބަލައިލަމުން ރައިޝާ ތުންފަތް ފަވާލި މަންޒަރު ބަލަން ރިއާޝް އިނީ ލާނެތް ފާޑަކަށް ހެވިފައެވެ. ރަނގަޅަށް ވިއްޔާ އެ އުޅެނީ ރައިޝާ ރުޅިއަރުވާލާނެ ގޮތެއް ހޯދޭތޯއެވެ.

“ބަލަ ރާރާ.. ތި ވަރަށް ތުންފަތުގައި ދަވާދު ނޫނގުޅިޔަސް މާއިޝްއަށް މަންޖެ ފެންނާނޭ..” އެއް މިޔަކަނުން ހީލަމުން ރިއާޝް ބުނެލި ގޮތުން ރައިޝާގެ ދެކޯ ފުފިގެން ދިޔައީ އައި ރުޅިންނެވެ. “އޯހ ޕްލީޒް މިސްޓަރ ފާހަނާ ތަށި ބޮޑު ބެއްޔާގަނޑު.. ޖަސްޓް ފޯކަސް އޮން ޑްރައިވިނގ.. ބައްޕައަކަށް ވާން އުޅޭ އިރުވެސް އެއްވެސ ވަރަކަށްް މޭޗުއަރިޓީ އެއް ނުހުރޭ ދޯ.. ދެން ތަންކޮޅެއް މޭޗަރ ވާން ވެއްޖެ އެއްނު.. ބާކީ އެންމެ ދެތިން މަހޭ..” ރުޅި އައިސް އިނދެ ވާހަކަ ފެށި ނަމަވެސް، ނިންމާލަމުން އެންމެ ފަހު ޖުމްލަ ރައިޝާ ބުނެލީ ފަހަތު ސީޓުގައި އިން ނައިރާގެ ބަނޑަށް ބަލައިލަމުން ހިނިތުންވަމުންނެވެ.

ނައިރާގެ ބަނޑަށް މިހާރު ހަ މަސް ވެފައިވާ އިރު ހުންނަނީ ނިކަން ލޯބިކޮށެވެ. ކުރިން ހިމަތޮޅިކޮށް ހުންނަ ކުއްޖާ މިހާރު ހުރީ ހެޔޮ ވަރަކަށް ފަލަ ވެލައި، މޫނާއި ކޮލުގައި ލޯބި ވަރަކަށް މަސްވެސް ޖަހައިލާފައެވެ. މިއަދު ލައިގެން އިން މަޑު ފިޔާތޮށި ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމުންނާއި ލައިގެން ހުރު ހުދު ކުލައިގެ ފުޅާ ހަރުވާޅުންނާއި، އަޅައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ ކުދި މާތަކެއް ޖެހި ހުދު ކުލައިގެ ޝޯލްއިން ނައިރާ ނުހަނު ލޯބިކަމަށް ދައްކައެވެ. މާބަނޑު ވީފަހުން އުނަގަނޑުގައި ބަންދެއް އައްސާފައި، ހެދުން ލާން ފެށުމުން ނައިރާ އިހަށްވުރެ ރީތިކަމަށް ދައްކައެވެ.

“އޯހ ހެލޯ މިސްޓަރ.. ވައިފީއާ ދިމާލަށް ބަލަހައްޓައިގެން އިންނަންވީކީ ނޫނޭ.. ތި އަވަހަށް ދުއްވަބަލަ.. ދިހަ މިނެޓް ތެރޭ މާއިޝްމެންގެ ފްލައިޓް ޖައްސާނެ..” ރިއާޝް ނައިރާއާ ދިމާލަށް ބަލަހައްޓައިގެން އިން ގޮތުން ރައިޝާ ކައިރިއަށް ހިނި އައެވެ. ރީޝާއާއި ޔާޝްވެސް އެވަގުތު އެތާ ތިބުމުން ރިއާޝް ބޯ ކަހާލާފައި ކާރު ސްޓާޜޓް ކޮށްލިއެވެ. “ރާރާ ދައިތަގަނޑު ހާދަ ރީތިވެގެންނޭ ދޯ ދެން ތި ދަނީ.. މީހާ ހީވަނީ ފުށް އެއްޗަކަށް އެރިގެން އައިސް މޫނުގައި ދަވާދު އުނގުޅާފަ ހުރި ހެން ވިއްޔަ.. މަންޖެ ފެނިފަ މާއިޝް ފަކީރު ބިރުން ހޭނުނެތުނިއްޔާ ވާ ރަނގަޅު..” ރައިޝާ ބުނެލި ބަހަށް ރިއާޝްވެސް އިތުރު ކޮށްލިއެވެ. “އޯހ ޕްލީޒް.. ޖަސްޓް ޝަޓަޕް އޯކޭ..؟” ރިއާޝްގެ ފުއްކިބައިގައި ގޮށްމުށުން ޖަހާލުމަށްފަހު ރައިޝާ ތުން އަނބުރާލިއެވެ. ރިއާޝްވެސް ހިނިގަނޑެއް ޖަހައިލައިފައި މަގަށް ސަމާލުކަން ދިނެވެ.

އެވަގުތު ކާރުގެ ތެރޭގައި އެމީހުން ޖަހާ އެއްވެސް ސަކަރާތެއް ރައިޝާއަަކަށް ނޭނގުނެވެ. ކާރުގެ ކުޑަދޮރުން ބޭރު ބަލަން އިން އިރު އެ ތުންފަތގައި ވަނީ ހިނިތުންވުމެކެވެ. މާއިޝް އޮޕަރޭޝަން ކުރަން އޮސްޓްރޭލިޔާއަށް ދިޔަ ގޮތަށް ދެން އޭނާއަށް އެ ފެންނަނީ އެއް މަސް ފަހުންނެވެ. އެއީ ކިތަންމެ ކުރު މުއްދަތަކަށް ވިޔަސް މާއިޝްއާ ނުލައި ހޭދަވާ ކޮންމެ ފަޅި ސިކުންތެއްވެސް ރައިޝާއަށް ވަނީ ނިކަން ދިގު މުއްދަތަކަށެވެ. ލޯތްބަކީ ހާދަހާވާ ޖާދޫވީ އިޙުސާސެކެވެ. މުޅި މީހާ އެކީ ބަލިކަށިކޮށްލައި އެއްޗެކެވެ.

***

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ރަންވޭއަށް ޖެއްސި ފްލައިޓް ފެނުމުން ރައިޝާއަށް އުފަލުން ފުންމައި ނުގަނެވުނީ ކިރިޔާއެވެ. ރައިޝާ އުޅެމުން ދިޔަ ގޮތުން ރިއާޝްއާއި، ނައިރާއާއި، ޔާޝް އަދި ރީޝާވެސް ތިބީ ހިނި އައިސްފައެވެ. އެތައް ދުވަހަކަސްފަހު ރައިޝާގެ މޫނުމަތިން ޙަޤިގީ ހިނިތުންވުން ފެންނަން ހުރުމުން އެ އެންމެންނަށްވެސް ލިބިފައިވަނީ ބަޔާން ކުރަން ދަތި ހިތް ހަމަޖެހުމެކެވެ. ރައިޝާއާއި މާއިޗް އެކަކު އަނެކަކާ ނުލައި ކަޑައްތު ކުރަން ޖެހުނު ހިތާމައިން ފުރިގެންވީ އެކަނިވެރި ދުވަސްތަކުގެ ބަދަލުގައި މި އުފާވެރިކަން މިއަދު އެ ދެ ފުރާނައަށްވެސް ޙައްޤެވެ. ދުޢާއަކީ އެ ދެފަރާތުގެ މެދުގައިވާ ލޯބި، ދާއިމަށްވެސް ދެމިގެން ދިޔުމެވެ.

ފްލައިޓް އައިސް ރަންވޭއަށް ޖެއްސި ހިސާބުން ރައިޝާއަށް ހުރެވުނީ އޭނާގެ ހިތުގެ ރާޖާ ފެނޭތޯއެވެ. ދެން ހޭދަވި ދެތިން މިނެޓުގެ ތެރޭގައި ފްލައިޓުން މީހުން ފޭބި ނަމަވެސް، އޭނާ ހޯދަން އުޅުނު ސޫރަ ފެންނަ ގޮތެއް އަދިވެސް ނުވެއެވެ. ނަމަވެސް، އެ ހިތަށް ވެރިވެފައިވާ ހާސްކަން ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެން ދިޔައީ ފްލައިޓްއިން ފޭބި މާހީންއާއި މާނާ ފެނުމުންނެވެ. އެމީހުންގެ ފަހަތުން މާނިޝްއާއި އިޒްޔަންވެސް ފޭބި އިރު ކުދަކުދަ އިޒްމާން އިނީ އިޒްޔަންގެ އަތު ތެރޭގައެވެ. ރައިޝާ ވަގުތުން ގޮސް މާހީންގެ ގައިގައި ބައްދައިލައިފައި މާނާގެ ގައިގައިވެސް ބައްދައިލިއެވެ. މާނިޝްއާއި އިޒްޔަންއާ ސަލާމް ކޮށްލިއެވެ. އެންމެންގެ ޙާލު އަހައިލީ އިޒްމާންގެ ކޮލުގައި ހިފައިލަމުންނެވެ.

އިރުކޮޅަކުން ރިާޝްމެންވެސް އައިސް މާހީންމެންނާ ސަލާން ގަލާން ކުރަން ފެށިއެވެ. އެއާއެކު ރައިޝާގެ ދެލޯ އަނެއްކާވެސް ހޯދައިލީ މާއިޝްއެވެ. މާއިޝް ފެންނަން ނެތުމުން އެ ހިތަށް ލިބުނީ ފަޅުކަމެވެ. މާހީންގެ ކައިރި އަހައިލެވުނީ ހިތަށް ލިބުނު ނުތަނަވަސްކަމެއްގެ ބޮޑުކަމުންނެވެ. އެ އެންމެން މިތާ ތިބިއްޔާ މާއިޝް ތިރިއަށް ފައިބަން އެހީވާނީ ކާކު ހެއްޔެވެ؟ “މަންމާ.. ކޮބަ މާއިޝް..؟” ރައިޝާ އެހެން އަހައިލުމުން މާހީން ހިނިތުންވެލިއެވެ. “ލަގެޖްތައް ހިފައިގެން އެބަ އާދޭ..” މާހީން އެހެން ބުނުމުން ރައިޝާއަށް އޯހ އޭ ބުނެވުނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އަނެއްކާވެސް ވިސްނައިލެވުނެވެ. މާއިޝް ލަގެޖްތައް ހިފައިގެން އެކަނި ފައިބާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަަކަށް ނުވެސް ހިނގެއެވެ. ދެން…

ރައިޝާގެ ބޮލުތެރެއަށް އެއްފަހަރާ އެތައް ސުވާލު މާކެއް ޖަމާވިއެވެ. އެކަމާ ދޭތެރޭގައި ވިސްނަން ހުއްޓާ ފަހަތުން ރައި އޭ ކިޔައި މީހަކު ގޮވައިލި އަޑު އިވުމުން ރައިޝާ ފަހަތަށް ބަލައިލީ އަވަސްވެފައިވާ ހިތަކާ އެކުގައެވެ. އެ އަޑުގެ ވެރިއަކީ ކާކުކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. އެމީހާއާ ދިމާލަށް ރަނގަޅަށް ބަލައިލެވުނެވެ. އާއެކެވެ. އެއީ މާއިޝްއެވެ. އިތުރު އެއްވެސް ކަމަކާ ވިސްނުމެއް ނެތި ރައިޝާ ދުވެފައި ގޮސް މާއިޝްގެ ގައިގައި ބާރަށް އޮޅުލައިގަތެވެ. މާއިޝްވެސް ލުއި ހުނުމަކާއެކު ރައިޝާގެ އުނގަނޑުގައި ދެއަތް ވަށާލިއެވެ. “ޑިޑް ޔޫ މިސް މީ ދެޓް މަޗް..؟” ރައިޝާގެ އުނަގަނޑުގައި ވަށައިލެވިފައިވީ އަތް ބާރުކޮށްލަމުން މާއިޝް އަހައިލިއެވެ. “އޮފްކޯރޒްޒްޒް.. ވަރަށް ވަރަށް ވަރަށް މިސްވި.. މާއިޝްއަށް އިހުސާސްވެސް ނުކުރެވޭނެ..” މާއިޝްގެ ގައިން ދޫކޮށްނުލައި ހުރެގެން ރައިޝާ ބުނެލިއެވެ. “އަހަރެން ރައި މަތިން އެއަށް ވުރެ މާ ބޮޑަށް ހަނދާންވި އިރު ކިހިނެއް އިހުސާސް ނުކުރެވި ހުންނާނީ..؟” ދެލޯ މަރާލަމުން މާއިޝް ބުނެލީ ހިނިތުންވަމުންނެވެ.

ދެމީހުންވެސް ތިބީ މިވަގުތު އެކަކު އަނެކަކާ ދުރުވާހިތް ނުވެފައެވެ. އެކުގައި ތިބުމުން ލިބޭ ހިތްހަމަޖެހުމުން ހިނދުކޮޅަކަށްވެސް ދުރުވާހިތް ނުވެފައެވެ. އެގޮތުގައި ފަސްވަރަކަށް މިނެޓު ތިބުމަށްފަހު، ރައިޝާއަށް ކުއްލިއަކަށް މާއިޝްއާ ދުރުވެވުނީ އެއްޗެއް ރެއަކާލި ފަދައިންނެވެ. މާއިޝްއާ ދުރުވެލައިފައި ރައިޝާ މާއިޝްގެ ބޮލުން ފެށިގެން ފަޔަށް ނަޒަރެއް ދިނެވެ. ވަގުތުން ދެލޯ ބޮޑުވެ، އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ދެލޮލުގައި ވިދަން ފެށީ އުފާވެރި ކަމުގެ ކަރުނައެވެ.

“މާއިޝް… މާއިޝްއަށް… ހިނގޭ……” ޤަބޫލު ނުކުރެވިފައި ރައިޝާއަށް ބުނެވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

މަންޒިލް ތިޔޭ – ނުވަވަނަ ބައި

Next

ވައުދޭ ވެވޭ މީ… 18

Next
May 29, 2022

ވައުދޭ ވެވޭ މީ… 18

Previews
May 28, 2022

މަންޒިލް ތިޔޭ – ނުވަވަނަ ބައި

2 Comments!

  1. Ryyn says:
    May 29, 2022 at 2:13 pm

    Alhe eyru ves inguney maanr mn prank kurany kan ? Thankgod.. hehe vrh vrh vrh rythi mi prt ves.. kn irakun nxt prt? Curiously waitin to nxt prt ❤❤
    Lyysmm ?

  2. Nayaa Nayaa says:
    May 29, 2022 at 4:04 pm

    In reply to @Ryyn
    Hehe thank god dhww?
    Awww thanks darling♥️
    Next prt kiyaafa cmnt vx kohfeemennu dhw..hehe..last prt vx innaane mihaaru submit kohfa
    Lymmm dear?♥️

Comments are closed.

Next Episodeހިތުގެ ޝަކުވާ… 39←


All Right Reserved!