Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 2

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
June 29, 2022 7 Mins Read
13 Comments

ޔައިނާގެ ޚިޔާލުތަކުގައި ހުރި އިރު ސްކޫލުގެ ގަޑި ޖެހޭކަންވެސް އޭނާގެ ހަނދާނަކު ނެތެވެ. ޔައިނާ އޭނާއަށް އެ ޖެއްސީ ކޮންފަދަ ޖާދުލެއް ބާވައޭ ހިތަށް އެރުމުން އިތުރަށް ހީލެވުނެވެ. އެފަދަ ޚިޔާލުތަކުގައި ހުރި މިލާންއަށް ހަމަބިމަށް އާދެވުނީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އަވަހަށް ގޮސް ދޮރު ހުޅުވާލި އިރު ފެނުނު ސޫރަ އަކުން މިލާންއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނު އިރު، އުފަލުން އެ ދެލޯ ވިދައިގަތީ ނިކަން ހިތްގައިމު ގޮތަކަށެވެ.

“ލައޫ!!” ދޮރު ކުރިމަތީގައި ހުރި ޒުވާން އަންހެން ކުއްޖާގެ ގައިގައި ބާރަށް ބައްދައިލަމުން މިލާން ގޮވައިލީ ކުޑަ ކުއްޖެއް ފަދައިންނެވެ. އެއާއެކު އެ އަންހެން ކުއްޖާވެސް ހިނިތުންވެލާ މިލާންގެ ގައިގައި އަތް ވަށައިލިއެވެ. “އައި މިސްޑް ޔޫ ލައުރާ..” ކުޑަ ކުއްޖެއް ފަދައިން ތުންކޮޅު އޫކޮށްލަމުން މިލާން ބުނެލި ގޮތުން ލައުރާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލައިފަކައި ނޫނެވެ. މިލާންގެ އެ ގާތް ކަމުން ލައުރާގެ ހިތުގައި މިލާނަށްޓަކައިވީ ފުން ލޯބި އުތުރި އަރައިގަތެވެ.

“އޭތް ލައޫ.. ކޮން ވިސްނުމެއްގަ..؟ ހަމަ މަ އެހާ ލޯބިން މިސްވެޔޭ ބުނީ މަވެސް އެއްވެސް އެއްޗެކޭ ނުބުނެއެއްނު..؟” ލައުރާއާ ކުޑަކޮށް ދުރުވެލާ، މިލާން ޝަކުވާ ކޮށްލިއެވެ. “ހެހެ.. ނޫނޭ.. އަނެއްހެން ކަމަކާ ދޭތެރެއަކު ނުވިސްނަން..” ލައުރާ މިލާނަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ލައު މަގޭ މަތިން މިސްވެސް ނުވޭ ދޯ..” މޫނަށް ނުރުހުންތެރިވެފައިވާ ގޮތް ހަދާލަމުން މިލާން ބުނެލީ ލައުރާ ކުޑަކޮށް ތަޅުވައިލުމަށެވެ. “ހަހާ.. އަޅެ ރޭގައެއްނު މަ މިގޭގަ އުޅެއުޅެފަ ދިޔައީވެސް.. އެންމެ ރެއަކުންވެސް ހަމަ އެހާ ވަރަށް މިސްވޭތަ..؟” މިލާންގެ ނޭފަތުގައި ހިފައިލަމުން ލައުރާ އަހާލިއެވެ. “ލައު މަތިން މިސް ނުވަންޏާ ދެން ކާކުގެ މަތިންތަ މަ މިސްވާނީ..؟” މިލާންގެ ދުލުން އެ ޖުމްލަ ބޭރުވުމާއި އެކު އޭނާއަށް ވިސްނައިލެވުނީ ޔައިނާގެ މަތިންނެވެ. އެއާއެކު ހިނިތުންވެވުނީ އިޚްތިޔާރަކާ ނުލައެވެ. މި މަންޒަރު ބަލަން ހުރި ލައުރާއަށްވެސް ހުރިހާ ކަމެއް ފަހުމްވެއްޖެއެވެ. ހިތަށް ކިތަންމެ ތަދުވީ ނަމަވެސް އިޙްސާސްތައް ކޮންޓްރޯލް ކޮށްލީ ދެއަތް މުއްކަވާލަމުންނެވެ.

“މިއްލޫ.. ގަޑި ޖެހެނީނު.. ހިނގާ ދަމާ.. ގެއިން ނުކުމެފަވެސް މިއްލު އަދިވެސް ސްކޫލަށް ނުދާކަން އެނގުނީމަ މި އައީ މިއްލުއާ އެކީގަ ދާން ވެގެން.. މަށަށް އެނގޭ ވިއްޔަ އޭރުވެސް މިއްލުއަށް ގަޑި ޖެހުމުގެ ކުރިން ތައްޔާރެއް ނުވެވޭނެކަން..” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ލައުރާ ބުނެލިއެވެ. އެއާއެކު ހޭވެރިކަންވެފައިވީ މީހެއް ފަދައިން މިލާން ބޯ ޖަހައިލިއެވެ. “އަޅޭ މަގޭ ޑާލިން ހާދަ ރަނގަޅޭ ދޯ.. މަށަށް ލައު ލިބޭނެ ނަމަ..” އެއްމިޔަކަނިން ހީލާފައި ހިތާ ވީ ދިމާލުގައި އަތް އަޅާލާފައި މިލާން އެހެން ބުނެލީ ލައުރާއަށް ޖެއްސުމަށް ނަމަވެސް، ލައުރާގެ ހިތަށް އެވަގުތު ވެރިވި އުފާވެރިކަމަކީ ބަޔާންކޮށްދެވޭ ވަރަށްވުރެވެސް ބޮޑު ކަމެކެވެ. “ލައު.. ދެކޯ ހާދަ ބޮޑަކަށް ރަތްވެފަ..” މިލާނަށް އަހައިލެވުނީ ކުޑަ ހައިރާންކަމަކާ އެކީގައެވެ. ވަގުތުން ލައުރާ ހަމައަކަށް އެޅިލިއެވެ. “އަ.. އާނ.. އެއީ.. މިތަން ވަރަށް ހޫނެއްނު ދޯ.. އެހެންވެގެން.. އަވަށް ނުކުމޭ.. ބާކީ ތިން މިނެޓޭ..” ޖަވާބެއް ދިނުމަށް މިލާނަށް ފުރުސަތެއް ނުދީ ލައުރާ އަވަސް ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ބޭރަށް ނުކުތީ މިލާންގެ ކުރިމަތީގައި ތެޅެމުންދާ އޭނާގެ ހިތް ކޮންޓްރޯލް ކުރާނެ ގޮތެއް ނޭނގުމުންނެވެ. ލައުރާ ދިޔަ ދިމާލަށް ބަލައިލާފައި މިލާނަށް ބަލައިލެވުނީ ސޯޅައަށް ލާފައި ހުރި އޭސީއަށެވެ. މިހާ ފިނިކޮށް ކޮޓަރި ތެރެ އޮތް އިރުވެސް، ލައުރާއަށް ހޫނުވަނީބާވައޭ އޭނާގެ ހިތަށް އެރިއެވެ. ބޮލުން އެ ވިސްނުންތައް އެއްފަރާތް ކޮށްލަމުން މިލާން އޭނާގެ ކަޅު ކުލައިގެ ސްކޫލް ދަބަސް ކޮނޑުގައި އަޅުވައިލަމުން ނުކުތީ އަވަހަށް ލައުރާއާ އަރާ ހަމަ ކުރުމަށެވެ.

ލައުރާއަކީ އެންމެ ކުޑަ އިރުއްސުރެވެސް މިލާންގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. އެ ދެ ޢާއިލާގެ ދެމެދުގައިވާ އެކުވެރިކަމުގެ ވަރުގަދަ ގުޅުން ވަނީ އެ ދެކުދިންނަށްވެސް ވާރުތަ ވެފައެވެ. އެންމެ ކުޑަ އިރުއްސުރެވެސް ލައުރާއަކީ މިލާންއާއި އެކީ ދެގޮތެއް ނުވެ ހުރި ހަމައެކަނި އެކުވެރިޔާއެވެ. މިލާން ކުރާ ކޮންމެ ކަމެއްގައިވެސް ލައުރާގެ އެހީތެރިކަމާއި އެއްބާރުލުން އެންމެ ފުރިހަމައަށް ލިބެއެވެ. ލައުރާ ނެތި އޭނާ ދުނިޔޭގައި ދިރި ހުންނާނީ ކިހިނެއްބާވައޭވެސް މިލާންގެ ހިތަށް އަރައެވެ. އަބަދުވެސް ލައުރާ އޭނާގެ ގާތުގައި ދެގޮތެއް ނުވެ ހުންނާތީ މިލާން ލައުރާއަށް ޝުކުރުވެރިވަނީ އިންތިހާއަށެވެ. ދުވަހެއްގައިވެސް ލައުރާއާ ވަކި ވުމަކީ މިލާންގެ ހިތް އެއްވެސް ޙާލެއްގައި އެދޭނޭ ކަމެއް ނޫނެވެ.

އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ދޭތެރޭގައި އެފަދަ ބަދަހި ގުޅުމެއް އޮންނާތީ އެތައް ބަޔަކު އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، އޮޅުންފިލުވާ ހަދައެވެ. ގިނަ ބަޔަކު ދެމީހުން ދެމީހުން ދެކެ ލޯބިވެދާނެއޭ ކިޔައިގެން ދިމާވެސް ކުރެއެވެ. އެއިން ކޮންމެ ފަހަރަކުވެސް މިލާން ލައުރާގެ ކޮނޑަށް އަތް ވައްޓާލާފައި، ނުވަތަ ލައުރާއާ ގާތްވެލާފައި ތިހެންވެސް ވެދާނެއޭ ބުނަނީ ލައުރާއަށް ޖެއްސުމަށެވެ. ހަމަ މަޖާ ކޮށްލުމަށެވެ. ލައުރާއާ ދޭތެރޭގައި އެކަހަލަ އެއްވެސް އިޙްސާސްތަކެއް ވާތީކީ ނޫނެވެ. ލައުރާއާއި މެދު އޭނާ ދެކެނީ ހަމައެކަނި ރައްޓެއްސެއްގެ ޙައިސިއްޔަތުންނެވެ. ދުވަހަކުވެސް އޭނާ ލައުރާ ދެކެ ލޯތްބެއް ނުވާނެއެވެ. އެ ހިތް މިހާރުވެސް އެހެން ކުއްޖަކަށް ހަދިޔާ ކުރެވިފައިވާ އިރު، ލައުރާ ދެކެ ލޯބިވެވޭނޭ އެއްވެސް ގޮތެއް ނެތެވެ.

ނަމަވެސް، މިލާނަށް ނޭނގުނު ކަމަކީ މިލާންގެ އެފަދަ ގައިގޯޅި ޢަމަލުތަކުން މިއޮށް ހުރިހާ ދުވަހަކު ލައުރާއަށް ދެވުނީ ފުރިހަމަ ކުރެވެން ނެތް އުއްމީދުތަކެއް ކަމެވެ. ދެއްކުނީ ޙަޤީގަތެއް ނެތް ހުވަފެންތަކެއް ކަމެވެ. އެކަމުން މިއަދު ލައުރާގެ ހިތާއި ސިކުނޑި ވަނީ މާޔޫސްކަމުން ވަށާލާފައިކަމެވެ. އެ ދެލޯ ވަނީ ކަރުނުން ފުރިފައި ކަމެވެ. މި ހުރިހާ ކަމެއް މިލާނަށް އެނގޭ ނަމަ، ލައުރާގެ އިޙްސާސްތަކަށް ޤަދަރު ކުރަން އެނގުނީހެވެ. އުމުރުން އެންމެ ދިހަ އަހަރުން ފަށައިގެން ލައުރާގެ ހިތުގައި އޭނާއަށް ވީ މަޤާމު އެނގޭނަމަ، އޭނާ އެގޮތަށް ކަންތައް ނުކުރާނެކަން ގައިމެވެ. ނަމަވެސް، މިއަދު ކަންތައް އަރާފައި މިވަނީ ވަރަށް ނާޒުކު ފައްތަރަކަށެވެ.

*** ** ***

ސްކޫލް ގޭޓުން ވަދެގެން އައި މިލާން ދިޔައީ އެކި ގޮތްގޮތުން ލައުރާއަށް ޖެއްސުން ކުރަމުންނެވެ. އެއް ފަހަރު ގަތާފައި އޮންނަ އިސްތަށިގަނޑަށް ދަމާލަފާނެއެވެ. އަނެއް ފަހަރު ދަބަހުގެ ވާގަނޑުގައި ހިފައި، ދަމާލަފާނެއެވެ. އެއިން ކޮންމެ ފަހަރަކުވެސް، ލައުރާ މިލާނާއި ދިމާލަށް ލޯ އަޅާލާފައި ރުޅި އަންނަ ކަމަށް ހެދެއެވެ. މިކަން މިލާނަށްވީ މަޖާ ކަމަކަށެވެ. އިތުރަށް ލައުރާއަށް އުނދަގޫ ކުރަމުން ދިޔައެވެ. މިލާންގެ ޢަމަލުތަކުން ކިތަންމެ ރުޅި އައިސްފައި ހުރި ކަމަށް ހެދުނަސް، އެތެރެއިން އޭނާގެ ބަނޑުގައި ހީވަނީ ކޮކާ އުދުހޭ ހެންނެވެ. މިލާންގެ ޢަމަލުތަކުން ހިތްއުފާވާ ކޮންމެ ފަހަރަކު، މިލާންއާއި ޔައިނާގެ ދެމެދުގައިވާ ގުޅުމާއި، އެކަކު އަނެކަކަށް ދޭ ނަޒަރުތައް ހިތަށް ސިފަވުމާއެކު، އެ ހިތް މިލާ މޯޅިވެއެވެ. މި ހުރިހާ ކަމެއްވާ އިރު، މިލާނަށް ރޭކާވެސްނުލާތީ ލައުރާ ހައިރާން ވަނީ އިންތިހާއަށެވެ. މިލާންގެ ޢަމަލުތަކުން ލައުރާއަށް އަންނަ ބަދަލުތަކާއި ދޭތެރޭގައި ވިސްނާވަރަށްވުރެ ބޮޑަށް މިލާން ޔައިނާއާ ދޭތެރޭގައި ވިސްނާކަމަށް ޤަބޫލު ކުރަން މަޖުބޫރު ވިއެވެ.

އެކުދިންގެ ސްކޫލަކީ ފުދޭވަަކަށް ބޮޑު ސްކޫލެކެވެ. ސްކޫލުގެ ވަށާ ފާރުތަކުގަޔާއި، ކްލާސްރޫމުތަކުގެ ފާރުތަކުގައިވެސް ލާފައިވަނީ މަޑު ނޫކުލައާއި ކަނޑު ނޫކުލައެވެ. ފެންވަރު ރަނގަޅު އެ ސްކޫލުގައި ކޮމްޕިޔުޓަރ ލެބަކާއި، އޭވީ ރޫމަކާއި، ސައިންސް ލެބެއް ހުރި އިރު، ދަރިވަރުންނަށް ބޭނުންވާނޭ ހުރިހާ އެއްޗެއްވެސް އެ ތަންތަނުގައި ހަމަޔަށް ހުރެއެވެ. މުދައްރިސުންނާއި، އެހެނިހެން މުވައްޒަފުންނަށްވެސް ވަކިން ކެބިންތައް ބެހެއްޓިފައި ހުރެއެވެ. އެ ސްކޫލަކީ އަބަދުވެސް ގިނަ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދާ ނަން ހިފަހައްޓާ ސްކޫލެކެވެ.

ލައުރާއާ އެކީގައި ސަކަރާތް ޖަހަމުން ދިޔަ  މިލާންއަށް މަޑުޖެހިލެވުނީ ސްކޫލް ގޯތިތެރޭގައި ހުރި ބެންޗެއްގައި އިށީނދެލައިގެން އިން އަންހެން ކުއްޖާ ފެނުމުންނެވެ. ބޮޑު ފުނަގަހެއްގެ ހިޔާގަނޑުގައި ހުރި އެ ބެންޗުގައި އިށީނދެލައިގެން އެ އިނީ އޭނާގެ ހިތުގެ މަލިކާ ނޫން އެހެން ދެވަނަ ފަރާތެއް ނޫނެވެ. “އިނާ..” މަޑުމަޑުން ޔައިނާގެ ނަން ކިޔައިލެވުނު އިރު ލައުރާއަށްވެސް އެ އަޑު އިވުނެވެ. ވަގުތުން ލައުރާގެ މޫޑު ޚަރާބުވިއެވެ. މިލާން ޔައިނާއާ ދިމާލަށް ބަލަން ހުރި ގޮތުން ލައުރާގެ ހިތަށް ހަސަދައިގެ ކުޑަ ރާޅެއް ބިންދައިލިއެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއަށްޓަކައި އުފާ ކުރަން ޖެހޭނެކަން ހަނދާން ކުރަމުންނެވެ.

އޭރުވެސް މިލާންގެ ނަޒަރު ހުއްޓިފައި ހުރީ ޔައިނާއަށެވެ. ލޮލުގައި ކަޅު ދުނިގަނޑެއް ލާފައިވީ އައިނެއް އަޅާފައި އޮތްއިރު އަތުގައި އޮތީ ބަޔޮލޮޖީ ފޮތެވެ. ޔައިނާގެ ހުރިހާ ސަމާލުކަމެއް އެ ފޮތަށް ދީގެން އިން އިރު އަތުގައި އޮތް ފަންސޫރު ހަފަމުން ދިޔައެވެ. ނުފޯރާ ބައެއް އިސްތަށިކޮޅު އެ މޫނަށް އެޅިފައިވާ ގޮތުން ބަލައިލަން ނުހަނު ހިތްގައިމެވެ. މިހެން މުޅި ޢުމުރަށް ޔައިނާއަށް ބަލަހައްޓައިގެން ހުންނަން ޖެހުނަސް ފޫއްސެއް ނުވާނޭ މިލާންގެ ހިތަށް އެރިއެވެ.

އަތުގައި އޮތް ފޮތަށް ހުރިހާ ސަމާލުކަމެއް ދީގެން އިން ޔައިނާއަށް މީހަކު ބަލާ ކަމުގެ އިޙްސާސް ކުރެވުނެވެ. މަޑުމަޑުން އެ ދިމާލަށް ބަލައިލެވުނު އިރު ފެނުނު ސޫރައިން ޔައިނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ޔައިނާ ބަލައިލުމުންވެސް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލުމަށް މިލާންގެ ހިތް ދެކޮޅު ހެދިއެވެ. ޔައިނާއަށް ބަލަން ހުރި ތަން ފެނުމުން ގަތް ލަދަށްވުރެ، އެ ސޫރައާއި، އެ ޖާދޫވީ ރީތި ހިނިތުންވުން ފެނުމުން ހިތަށް ލިބޭ ހަމަޖެހުން މާ ބޮޑެވެ. މިލާން ބަލާ ވަރުން ޔައިނާގެ މޫނު އެކީހެން ރަތްވާން ނެގީ ސިކުންތެކެވެ. ވަގުތުން އިސްޖަހާލެވުނު އިރު، ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. މި މަންޒަރު މިލާނަށް ފެނުމުން އެއް މިޔަކަނިން ހީލެވުނީ ޔައިނާ ލަދު ގަތުމުން ލޯބިކަމުންނެވެ. އޭނަގެ އެންމެ ކުދި ބެލުންތަކުންވެސް ޔައިނާ ލަދު ގަންނަ ވަރު ފެނުމުން އުފާވަނީ އިންތިހާއަށެވެ. އެ ޙައްޤު ލިބިގެންވަނީ ހަމައެކަނި އޭނާއަށޭ ހިތަށް އެރުމުން އިތުރަށް އުފާވިއެވެ.

ކަޅި ޖަހާ ނުލާ ޔައިނާއާ ދިމާލަށް މިލާން ބަލަމުން ދިޔަ ތަން ފެނުމުން ލައުރާގެ ހިތް ވަށާލީ ނުތަނަވަސް ކަމުންނެވެ. ކިތަންމެ އިރަކު މިލާންގެ ސަމާލުކަން ލިބޭތޯ އެތާ ހުއްޓަސް ނުލިބޭނެކަން އިނގޭތީ އެ ހިތުގައި ރިއްސާލީ އިންތިހާއަށެވެ. ކިތަންމެ ދެރަވެފައި ހުރި ނަމަވެސް، ގަޑި ޖެހޭތީ މިލާން ނުލާ އެތަނުން ދާކަށް ލައުރާ ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން ދެތިންފަހަރަކު މިލާންގެ ނަމުން ގޮވާލި ނަމަވެސް، މިލާނަށް އަޑު އިވުނީ ފަސް ވަނަ ފަހަރު ގޮވައިލުމުންނެވެ.

“އެ.. އާނ.. ކީކޭ..” ލިބުނު ސިހުމުގައި މިލާނަށް ބުނެވުނީ އަޅައަޅައިގަންނަމުންނެވެ. “ގަޑި ޖެހެނީ އޭ.. މިލާން ހުންނަންޏާ ހުރޭ.. މަ މި ދަނީ..” ލައުރާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރި ރާގެއްގައި ބުނުމުން މިލާން ކުޑަކޮށް ހައިރާންވި ނަމަވެސް ލައުރާގެ ފަހަތުން ދުއްވައިގަތެވެ. “ޑާލިން.. މަޑުކޮށްބަލަ..” ދުވެފަައި ގޮސް މިލާން ލައުރާގެ އަތުގައި ހިފައިލިއެވެ. މި މަންޒަރު ޔައިނާއަށް ކިތަންމެހާވެސް ރީތިކޮށް ފެނުނެވެ. އެ ހިނދު އެ ހިތް ނުތަވަސްކަމުން ކުޑަކޮށް ނަމަވެސް ތެޅިލިއެވެ. މިލާން ‘ޑާލިން’އޭ ކިޔައި ލައުރާއަށް ގޮވައިލުމުން ހަސަދަވެރި ވެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ލައުރާއަކީ މިލާންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ހިތަށް ވިސްނައިދޭން ކިތަންމެ ވަރަކަށް ކުރި ކަމުގައި ވިޔަސް، ސިކުޑި އެކަމަކާ އެއްބަހެއް ނުވެއެވެ.

“ޑާލިން ރުޅީ އައީތަ..؟” މިލާން ލައުރާގެ މޫނުގައި ދެއަތުން ހިފަހައްޓާ އަހައިލިއެވެ. “ނާދޭ ރުޅިއެއް..” ލައުރާ ބެލީ އަވަހަށް މިލާންގެ ސުވާލުތަކުން ސަލާމަތްވެވޭތޯއެވެ. ލައުރާގެ ޢަމަލުތަކުން މިލާނަށް ލައުރާ އެ ހުރީ ޙަޤީގަތުގައިވެސް ރުޅި އައިސްފައިކަން ޔަޤީންވިއެވެ. “އަޅެ.. ކޮންކަމަކާތަ ހިތްހަމަ ނުޖެހިފަ..؟” ސީދާ ލައުރާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ މިލާން އެހީ ކަންބޮޑުވެފައި ހުރެއެވެ. “ހެވެއްނު ކޮންމެ ކަމަކާ ރުޅި އައިއްސަ ހުއްޓަކަސް.. މިލާންއާ ބެހޭ ކަމެއް ނޫނެއްނު.. އަހަރެން ކިހާ އިރެއް އެތާ ހުރެގެން މިލާނަށް ގޮވާތާ.. އަޑު އިވުނުތަ..؟ އަހަރެން އެތާ ހުރިކަންވެސް މިލާން ހަނދާނެއް ނެތް ދޯ..؟” މިލާންގެ އެ ތޫނު ނަޒަރުގައި ޖެހި ހުރެ، ލައުރާއަށް އޭނާގެ ހިތުގައިވީ ހުރިހާ ޝަކުވާއެއް ބޭރުކޮށްލެވުނެވެ.

ލައުރާގެ ވާހަކަތަކުން މިލާނަށް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އެ ޚިޔާލުތައް އެއްފަރާތް ކޮށްލީ ލައުރާގެ ރުޅިގަނޑަކީ މިލާނަށް އޮޅިފައިވީ އެއްޗަކަށް ނުވީތީއެވެ. މީގެ ކުރިންވެސް އެއްފަހަރުން މިލާންގެ ސަމާލުކަން ނުލިބިއްޖެ ނަމަ، ލައުރާ އަބަދުވެސް ޝަކުވާ ކުރެއެވެ. “އަޅޭ ލައޫ.. ދެން ސޮރީއޭ ޑާލިން.. ޑާލިން ގޮވި އިރު އަޑު ނީވުނީ ކުޑަ ޚިޔާލަކަށް ގެއްލިފަ ހުރީމައޭ..” ހިނިތުންވެލަމުން ލައުރާގެ ކުޑަކުޑަ ނޭފަތުގައި ހިފައިލަމުން މިލާން ބުނެލީ ހިނިތުންވަމުންނެވެ. “އެ ކުޑަ ޚިޔާލަކީ ޔައިނާތަ..؟” ލައުރާގެ ދުލުން އެ ސުވާލު ބޭރުވީ ގަސްތުގައެއް ނޫނެވެ. އައި ރުޅީގައި ހަމަ ބުނެވުނީއެވެ. “ޕިސް.. ޔައިނާ ފެނުނީމަކާ ނޫނޭ… އޭނާ މާ ރީތިކޮށް ފޮތް ކިޔަން އިނީމަ.. ޓެސްޓު މި އޮތީ މިހާރު ފުދޭވަރަކަށް ކައިރީގައެއްނު.. އަހަރެމެން އަދި ދަސްކުރާކަށް ނުވެސް ފަށަމެއްނު.. އިއްޔެ ދިން ބަޔޮލޮޖީ ފިލާވަޅުވެސް އަދި ނުނިންމަން.. އެހެންވެ.. މަގޭ ހިތަށް އެރީ ޔައިނާ ހާދަ ވަރަކަށޭ އެ ފޮތް ކިޔަނީ.. ކިރިޔާ ވަގުތެއް ލިބޭ އިރަށް ފޮތް ނަގާނެ..” މިލާން އެހެން ބުނީ ބުނާހިތަކުންނެއް ނޫނެވެ. ލައުރާ ހިތްހަމަ ޖައްސައިދިނުމަށެވެ. “ސޯ ޔޫ ޑޯންޓް ކެއަރ އެބައުޓް ހަރ އެޓް އޯލް..؟ އެއީ މިލާންއަށް އެއްވެސް ގޮތަކުން މުހިންމު މީހެއް ނޫން..؟” ދެން ލައުރާ ކުރި ސުވާލަށް ޖަވާބުދޭން މިލާނަށް އުނދަގޫ ވިއެވެ. “ޔެސް ލައޫ.. ޔައިނާއަކީ އަހަންނަށް އެއްވެސް ގޮތަކުން މުހިންމު މީހެއް ނޫން.. އައި ޑޯންޓް ކެއަރ އެބައުޓް ހަރ އެޓް އޯލް.. ޝީޒް ޖަސްޓް އަ ކްލާސްމޭޓް.. އޯކޭ..؟” ހިތާ ދެކޮޅަށް މިލާން ބުނެލި ވާހަކަތައް އެވަގުތު ކްލާހަށް ވަންނަން އައި ޔައިނާއަށް އަޑު އިވުނެވެ. ހިތަށް ވީ އުނދަގުލުން އެތަނުގައި ހުންނަންވެސް ބޭނުން ނުވިއެވެ. އެ ދެމީހުންނާ ކުރިމަތިލާން ބޭނުން ނުވުމުން އޭނާ ގޮސް ވަނީ ފާޚާނާއަށެވެ.

“ޔަގީން..؟” ލައުރާ އަހައިލިއެވެ. އެއާއެކު މިލާން ޔަޤީންކަމާއެކު ބޯޖަހާލި ގޮތުން ލައުރާގެ ހިތަށް ފިނިކަން ލިބުނެވެ. “ވަޓް އެލްސް ޑޫ ޔޫ އެކްސްޕެކްޓް ފްރޮމް ހަރ.. އޭނަ އެއީ ކްލާސް ޓޮޕަރ.. އޮފްކޯރޒް އޭނަ ކިޔަވާނެއްނު..” އެކަހަލަ ވާހަކަތަކެއްގައި ހުރެ މިލާންގެ އަތުގައި ހިފައިގެން ލައުރާ ގޮސް ކްލާހަށް ވަނެވެ. ކްލހަށް ވަނުމުގެ ކުރިން މިލާނަށް ބެންޗާ ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ޔައިނާ ފެންނަން ނެތުމުން އެ ހިތަށް ތަދުވީ އިންތިހާއަށެވެ. ޔައިނާއަށް އެމީހުން ދެއްކި ވާހަކަ އަޑު އިވުނީ ބާވައޭ ހިތަށް އެރުމުން އެ ހިތް ބިރުގަތެވެ. ނަމަވެސް، އިހަށް އެކަމާއި ވިސްނަން ބޭނުން ނުވުމުން އޭނާގެ ހުރިހާ ސަމާލުކަމެއް ލައުރާއަށް ދިނެވެ.

*** ** ***

އެސެމްބްލީ ނިމި، ކްލާސް ފެށޭ ބެލް އެޅުމުން ހުރިހާ ކުދިން އައިސް ކްލާހަށް ވަނެވެ. އޭރުވެސް މިލާންގެ ދެލޯ ހޯދަމުން ދިޔައީ ޔައިނާއެވެ. ލައުރާއާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް މިލާންގެ ހިތް އެދެމުން ދިޔައީ ޔައިނާއަށެވެ. އެވަގުތު ކްލާހަށް ޓީޗަރު ވަނެވެ. އޭރުވެސް ޔައިނާ ނާންނާތީ މިލާން ނިކަން ކަންބޮޑު ވިއެވެ. ޓީޗަރު އައިސް ގޮނޑީގައި އިށީނދެލުމަށް ފަހު ހާޒިރީ މާރކް ކުރަން ފެށިއެވެ. ޔައިނާގެ ނަން ކިޔުމަށްފަހު މުޅި ކްލާސްތެރެއަށް ނަޒަރު ހިންގާލީ ޔައިނާގެ އަޑެއް ނީވުމުންނެވެ. ޔައިނާއަކީ އަބަދުވެސް ގަޑި ޖެހުމުގެ ކުރިން ކްލާހުގައި އިންނަ ކުއްޖަކަށް ވާތީ ޓީޗަރު ކުޑަކޮށް ހައިރާންވިއެވެ. ޔައިނާގެ މޭޒުމަތީގައި އޭނާގެ ދަބަހާއި ފޮތްތައް ހުރުމުން އެއްވެސް ކުއްޖަކަށް ޔައިނާ ވީތަން އެނގޭތޯ އެހިއެވެ. ޖަވާބު ދިނީ ޔައިނާގެ ކައިރީގައި އިންނަ އަންހެން ކުއްޖާއެވެ. ޔައިނާވީ ފާޚާނާގައި ކަމަށް އެ ކުއްޖާ ބުނުމުން މިލާން ވަގުތުން އަތް މައްޗަށް ނެގިއެވެ.

“ސަރ.. އަޅުގަނޑު ވަރަށް ބޮޑަށް ފާޚާނާއަށް ދާން ވެއްޖެ..” މިލާން ބުނެލި މަޖާ ގޮތުން ހުރިހާ ކުދިންނަށާއި ޓީޗަރަށްވެސް ހެވުނު އިރު، ލައުރާ އިނީ ނެގިމަޑުވެފައެވެ. މިލާން ކުރަން އެ އުޅޭ ކަމެއް ދެނެގަންނާކަށް ލައުރާއަށް މާކަ އުނދަގުލެއް ނުވިއެވެ. “މިލާން.. އަހަރުމެން އެންމެންނަށްވެސް އިނގޭ މިލާން ދާނީ ފާޚާނާއަށް ނޫންކަން.. މިދިޔަ ހަފްތާގަވެސް ސަރ ފާޚާނާއަށް ފޮނުވާލީމަ ޖެހިގެން ހުރި ކުއްޖަކާ އެއްކޮށް މިލާން ކޮމްިޔުޓަރ ލެބަށް ވަދެ، ސަކަރާތް ޖެހީ.. ދެން ނުފޮނުވާނަން..” ޓީޗަރު ބުނެލީ މިލާންގެ ޢަމަލުތަކުން ހިތްހަމަ ނުޖެހި ހުރެއެވެ. ޓީޗަރުގެ ޖަވާބުން މިލާންގެ ދެބުމަ ގޮށްޖެހިގެން ދިޔަ އިރު، އެހެން ހުރިހާ ކުދިންގެ ހިނިގަނޑު ފަޅައިގެން ދިޔައީ މިދިޔަ ހަފްތާގެ ޙާދިސާ މަތިން ހަނދާން ވުމުންނެވެ. ގިނަ ކުދިން ހީކުރީ މިލާން ހިތްހަމަނުޖެހުނީ ޓީޗަރު ބޭރަށް ނުފޮނުވުމުން ކަމަށެވެ. ނަމަވެސް، ޙަޤީގަތް އެނގުނީ ހަމައެކަނި ލައުރާއަށެވެ. އެއާއެކު އިސްދަށަށް ޖަހާލާ، ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ރޮވެން އުޅޭހެން ހީވުމުންނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ހިތުގައިވޭ ތިޔަ ނަން… (ސިނޮޕްސިސް)

Next

ތީ އޭ ހަނދަކީ 12

Next
June 29, 2022

ތީ އޭ ހަނދަކީ 12

Previews
June 29, 2022

ހިތުގައިވޭ ތިޔަ ނަން… (ސިނޮޕްސިސް)

13 Comments!

  1. Nayaa Nayaa says:
    June 29, 2022 at 2:01 pm

    Salaam dear readers ♥️..
    Hope y’all liked this part as well ♥️..
    Please let me know about your feedbacks ?♥️..
    Both positive and negative comments are welcomed ♥️..
    Next part insha’Allah maadhamaa submit kohlaanan ♥️..
    Keep waiting all ♥️..
    Lots of love ♥️..

  2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    June 29, 2022 at 7:54 pm

    Eyyy laaa miothy dhevana part dhww… Adhi ma ehvana bai kamah miah nuvannanmi huhnnany.. Koyaa engey tha ma khrin hessa bodu cmnt eh.. Ekm konmes error eh araara inee.. Huvaa ma haadha nehtti ey.. Cmnt kuraaa hiy vx kendun.. Mi vx salaamathun manje aa hama ah gossihyyaa vaa rangalhu

  3. Nayaa Nayaa says:
    June 29, 2022 at 8:03 pm

    in reply to @Reesha Corona
    ey arn mashah vx mi prt submit nukurevigen ulhuny faadegge error eh araigen ulheythy.. ril sis kairivx ma buneemey.. innaane grp ga vx ehn liyefa.. miadhu mendhuru fas v fahun mashah vx mi kameh kurevuny.. dashboard ah gossa dhn nudhevey eh thaakah vx.. cmnt eh post eh profile eh ekahchakahvx dheveneekee noon.. ekm mihaaru ok.. klw ekm mifaharu hama submit kurithaa nuvey 5 mins vx.. up vejje.. hehe.. hoan hoan mi aissi ey salaamathum mashaa hamayah.. dhn hama jehey koyaa.. dhn vx ehaa dhigu cmnt nukuraathi.. pub nuvedhaane.. lol
    lwbi vey ingey dhooni

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      June 29, 2022 at 9:53 pm

      Buroowwww laaaaa kalooooooo
      Magey hiy thelheny evarakah noon engeyyyy…. Esfiya site ah gellifa vee ithubaaru madu amdun libey kahala… Manjeyy waasaree waaaa… Vrh thafaaathu… Anjali aa rahul aa tina aa ge thankolheh thafaathu version eh… Koyaaa laaaa ma hama mi vhk reethi kamun mi innany bas huhtifa… Aan ehengna.. Dhn mashah hama heveny esoraku darling darling vegen ulhey thee.. Ekm roveny lauge hithah thadhuvaathy.. Brww ma vrh biru ganey eba.. Lau aa yaina aa dheytherey visnaafa.. Ma beynun vany Laura aa Milaan gulhen.. Dhn neyge manje dhe anbah vx e dhe meehun milaan ah dhevaa faane.. Aan fathimath nayaa abdhullah vihyyaa.. Klww ey dhn Dialogue thah majaa kamun ma miss vany Ahu brw mathin..???dhuaa kureveny esoraky aslu vx magey bestee ah vey thw… Saduuuu????bruhhh ac 16???? goshhh klw hama ehaa fini kurey mi milaanaaa… Klw ehaa fineega ulhengnaa gaiga foo jahaane…
      Klw ey dhn vrh salaamey see lavaa eba.. Dhany eyy.. Bye bye taataaa
      Lwbi veyy engeyyy

    2. Nayaa Nayaa says:
      June 30, 2022 at 5:34 am

      Ahaha alheyyyyyy thankiu lwbeeeee ?♥️♥️..assu vx inge vrh ufaa vejje mi cmnt kiyaalaaha
      Anjali and rahul?? Hmmm…. I never thought about it.. mee hama e vhk aa mulhin thafaathu vhk eh.. fahathah dhaa varun thafaathu fennaane ingey
      Alheyy dhn dhwww..pss..ma ladhu vx ganey eba dhn manje thi vrh thaureefu kuraathy..hehe.. thankiu thankiu darlx ♥️?
      Ooooo..yeaaa ur ryt..assu ma vx vrh dhera vey..lau kahala rangalhu kujjakah ehn vaathy..ekm keeh kuraany dhw..hingaa dhn vaa goiy balamaa..ahaha arn dhn dhe aiynbah vx gulhuvan v hama..oiy gotheh eves ?..ekm ihah hingaa e visnun dhookohlamaa dhw ??..
      Ahaha brw vhk ge hageegee majaa baithah adhi othy kuriyah..heevany 4th prr in fashaigen kanneynge..hama manje ah enme kamudhaane gothah ♥️?
      Ahaha dhww milaan vx ehaa fini kohgen viyya e ulheny..heyo nuvaanu dhw ?
      Ahaha arn ok ey ingey..byeee
      Lwbi vey mooooorrrreeeeeeeee ???♥️♥️♥️

  4. Ryyn says:
    June 29, 2022 at 9:20 pm

    Hellw nayu! ?
    Hws you darl? Miss wi ingey. Hehe
    Mibai ves vrh vrh vrh rythi ?❤ Masha allah! Finally ehn storie eh kiyaalan libuny.. Vrh rythi first prt ves <3! first prt ah cmnt nukurevunee login nuwevunyma.. sry ingei.. aslu hury ves nayu dhn liyaa storie ge knmme prt akah cmnt kuraa gothah huttah login vaan ulhunu gadyga login eh nuvevunu. Faaddege error ery.. ehnve nukurevuny.. ekm ves dhn second prt ah cmnt eh kohlevunyma ves vrh happy vejje ?? hehehhe
    Dhen inn bayah inthizaaru kuramun vakivelan..
    Bye bye byee
    Stay safe lysm ?

    1. Nayaa Nayaa says:
      June 30, 2022 at 5:39 am

      Heyyy ryyn darl
      Awwn missed you more dhooni..nayoo hama baraabarey..hbu darls?
      Alheyy thankiu sooooooooooooo muchhhhh ingey lwbikolhuuu ?♥️..vrh ufaa vejje ryyn ah mi story kamu dhiyakan enguneema
      Alhe e ok vaaney..yesss e error dhw? Nayoo ah vx eri ey error..alhey sad dhww..
      Yesssss nayoo vx hama vrh vrh happy ryyn ge cmnt eh fenuneema inge
      Dhn oiy bai miadhu mendhuru haa iru submit kohlaanan inge..keep waiting..
      U too stay safe
      Lym♥️♥️

  5. Princess says:
    June 30, 2022 at 9:35 am

    Hey nayooo
    Mi part ves v reethi ingey thankolheh avahah genesdheebala pls mihaaru kiyaahithun hureveneekee nooney waiting for the next part
    Love you soo much ????

  6. Nayaa Nayaa says:
    June 30, 2022 at 11:20 am

    In reply to @Princess
    thankiu kudahthaaa
    next prt gadi eh haa iru therey mi submit kohlany
    keep waiting
    love you moreeeee

  7. Rain lover says:
    June 30, 2022 at 2:23 pm

    Heyy nayaa, mi episode ves Varah reethi, and i hope ur doing okay too, vrh gina dhuvas fahun mi talk kurevuny dhw hehe, I got rly excited when I saw a new story of u.❤️?

  8. Nayaa Nayaa says:
    June 30, 2022 at 5:53 pm

    Heyyyy Rain loverrrrr
    Vrh vrh vrh ufaa vejje rain lover ge cmnt eh fenuneema ingey..awwwn thankiu ingey..means a lot to me ♥️..yess after a long time dhw
    Alheyy that means a lot to me.. thanks inge ?♥️

  9. Aayaa Aayaa says:
    June 30, 2022 at 7:17 pm

    Nayaa ge stories v reethii..❣️ keep going dear..❤️?

  10. Nayaa Nayaa says:
    June 30, 2022 at 7:45 pm

    In reply to @Aayaa
    thankiu dear.. insha’allah abadhuvx mi gothuga kuriyah dheveythoa masakkaiy kuraanan.. thanks for the support <3

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 3←


All Right Reserved!