އޮއްސެމުން ދިޔަ އިރުގެ ރަންދޯދިތަކަށް ބަލަހައްޓައިގެން އިން މިލާންގެ ދެލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަ ފައިބަމުންނެވެ. މި ދުނިޔެމަތީގައި އޭނާ އެންމެ ލޯބިވީ ފަރާތް އޭނާއަށް ބޭވަފާތެރިވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ފަސް އަހަރުގެ ދިގު ލޯބީގެ ދަތުރު މާޒީގެ ހިތި ހަނދާންތަކަކަށް ވެގެން އެ ދިޔައީ އެސްފިޔައެއް ޖަހާލާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. “އިނާ.. ކީއްވެ… ކީއްވެ އަހަންނަށް ތިހެން ތި ހެދީ..؟ މި ފަސް އަހަރުގެ ތެރޭގައި އަހަރެމެން ދެމީހުންގެ ހޭދަކުރި ހުރިހާ ވަގުތުތަކަށްފަހު، އަހަރެމެން ކުރިމަތިލި ހުރިހާ އަޑިގުޑަންތަކަކަށް ފަހު، އިނާ އަހަންނަށް ތިހެން ހެދީ ކީއްވެ..؟” އެކަނި އިނދެގެން މިލާން ޝަކުވާ ކުރަމުން ދިޔައީ ކައިރީގައި މީހަކު އިން ފަދައިންނެވެ. ވެ ނިމިދޔަ ހުރިހާ ކަމަކާއި ދޭތެރޭގައި ވިސްނި ވަރަކަށް އިތުރަށް ދެރަވެ ރޮވެއެވެ. ހަމަޖެހެން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އެކަމެއް ނުކުރެވުނެވެ. މީގެ ގަޑިއިރެއްހާ އިރު ކުރިން ފެނުނު މަންޒަރު އަނެއްކާވެސް ލޯ ކުރިމައްޗަށް ސިފަވުމުން މިލާންއަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. ދޮންވެލިގަނޑުގެ ތެރެއަށް އަތް ކޮއްޕާލެވުނީ ހިތަށް އުނދަގޫވީ ވަރުންނެވެ. މުށުގައި ހުރި ދޮންވެލިތަކަށް ފިއްތާ ބާރުކޮށްލެވުނީ ކުރެވެމުން ދިޔަ ރުޅިއާއި ހިތާމަ އެކުލެވިފައިވީ އިޙްސާސްތައް ކޮންޓްރޯލް ކުރަން ނޭނގުމުންނެވެ. “ޔައިނާ!! އަހަންނަށް ތިހެން ތި ހެދީ ކީއްވެ..؟!” އެތަނުގައި މީހުން ތިބިކަންވެސް ހަނދާން ނައްތާލަމުން މިލާން ބާރުބާރަށް ހަޅޭލަވައިގަތް އިރު، އެ ރަތްވެފައިވީ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ.
***** *** *****
ދާދި ދެންމެއަކު ވީ ކަންތަކުން ޔައިނާ ވީ ޝޮކެއްގެ ތެރޭގައެވެ. ފަސް އަހަރުގެ ދިގު މާޒީއަށްފަހު، އޭނާ އެންމެ ލޯބިވި ފަރާތް އޭނާއަށް މުޅި ޢުމުރަށް ގެއްލުނު ކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ. ދެކަކޫ މައްޗަށް ތިރިވެވުނު އިރު، ދެންމެ މިލާން ބުނި ބަސްތައް އެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ. “ޔައިނާ!! އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ޔައިނާ އަކީ ތިކަހަލަ މީހަކަށް ވެދާނެ ކަމަކަށް.. ތީ އަހަރެން ލޯބިވީ ޔައިނާއެއް ނޫން.. އަހަރެންގެ ޔައިނާ ދުވަހަކުވެސް ހިލޭ ފިރިހެނަކާ އެއްކޮށް އެފަދަ ގުޅުމެއް ނުހިންގާނެ.. ދުވަހަކުވެސް އަހަންނަށް ބޭވަފާތެރިއެއް ނުވާނެ.. ތީ އެ ޔައިނާއެއް ނޫން.. ޔައިނާ މުޅީން ބަދަލުވެއްޖެ.. އަހަރެން ދުވަހަކުވެސް ޔައިނާއަށް މަޢާފެއް ނުކުރާނަން.. ދުވަހަކުވެސް ނުކުރާނަން.. މުޅި އުމުރަށްވެސް ޔައިނާއަށް ނަފްރަތު ކުރާނަން.. އެކަން ޔައިނާ ހަނދާން ބަހައްޓާތި..” ބުނަން ބޭނުންވީ ހުރިހާ އެއްޗެއް ބުނުމަށްފަހު ޔައިނާއަށް ފުރަގަސްދިން އިރު، މިލާންގެ އެ ރީތި ފުން ދެލޮލުގައި ރަސްކަން ކުރަމުން ދިޔައީ ކަރުނައެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެތާ ހުންނަން ބޭނުން ނުވުމުން މިލާން ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރުން ނުކުތުމުގެ ކުރިން މިލާން ހުއްޓުނީ އަދި އެއް ވާހަކަ ބުނުމަށެވެ. “މިވަގުތުން ފަށައިގެން އަހަންނާ ޔައިނާއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ.. ދެން ދުވަހަކު ތި ސޫރަ ދެކެންވެސް އަހަރެން ބޭނުމެއް ނޫން..” ފަސް އެނބުރި ބަލައިނުލާ މިލާން އެހެން ބުނީ ޔައިނާގެ މައުސޫމް މޫނު ފެނިއްޖެ ނަމަ، އެހެން ބުނުމުގެ ހިތްވަރު ނުލިބޭނެކަން އެނގޭތީއެވެ. އެ މައުސޫމު ކަމުގެ ފަހަތުގައި ފޮރުވިފައިވާ މަކަރުވެރިކަން މިއަދު އޭނާއަށް ވަރަށް ސާފުކޮށް އެނގި، ހާމަވެއްޖެއެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއް ނެތި މިލާން ނުކުމެގެން ދިޔައީ ޔައިނާގެ ހިތުގެ މައްޗަށް ފައިން އަރާ، ޗަސްކޮށްލާފައެވެ. މިލާން ނުކުމެގެން ދިޔުމާއިއެކު، ޔައިނާއަށް ބާރުބާރަށް ރޮއެގަނެވުނެވެ. “މިލާން.. ޔޫ މިސްއަންޑަރސްޓުޑް މީ..” ކިތަންމެ ވަރަކަށް ޔައިނާގެ ކުށެއް ނެތްކަން ސާބިތު ކޮށްދޭން އުޅުނު ކަމުގައި ވިޔަސް، މިލާން ދެނެއް އަޑެއް ނާހާނެއެވެ. ހުރިހާ ކަމެއް ވެ ނިމިއްޖެއެވެ މުޅި އުމުރަށް އޭނާއަށް މިލާން ގެއްލުނީކަމަށް ނިންމުނެވެ.
***** *** *****
“ލައު.. އަހަރެން ދެން ކިހިނެއް ހަދާނީ..؟” ލައުރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ މިލާން ޝަކުވާކުރަމުން ދިޔައީ ކުޑަ ކުއްޖެއް ފަދައިންނެވެ. “ފަސް އަހަރު… ފަސް އަހަރު ދުވަސް.. މި ފަސް އަހަރު ދުވަހު ވެ ނިމިދިޔަ ހުރިހާ ކަންތައްތަކަކީ އިނާއަށް އެއްވެސް އެއްޗެއް ނޫން ދޯ..” މިލާންގެ ވާހަކަތަކުން ލައުރާގެ ހިތަށް ދިޔައީ އިންތިހާއަށް ތަދުވަމުންނެވެ. ކުޑަ އިރުއްސުރެ އޭނާ އެންމެ ލޯބިވީ ފަރާތް މި ޙާލުގައި ވާތަން ބަލަން ކެތްވާނީ ކިހިނެއް ހެއްޔެވެ؟ އާއެކެވެ. އޭނާ މިލާން ދެކެ ލޯބިވެއެވެ. ވަރަށް ބޮޑަށެވެ. މިލާންއާއި ޔައިނާގެ ގުޅުމުން އޭނާގެ ހިތް ކުދިކުދިވީ ނަމަވެސް، އޭނާ ކެތް ކުރިއެވެ. ލޯބިވާ މިލާނަށްޓަކައެވެ. އޭގެ ފަހުން ފަސް އަހަރު ވަންދެންވެސް އޭނާ މިލާންގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި އެ ހުރީ ދެގޮތެއް ނުވެއެވެ. މިލާން ދެކެ ކިތަންމެ ލޯބިވީ ނަމަވެސް، އެ ލޯބި ވަޅުލާ، ކަފުން ކޮށްގެންނެވެ. “މިއްލޫ.. އިޓްސް އޯކޭ.. ޕްލީޒް.. ރުއިން ހުއްޓާލަބަލަ.. މިއްލުއަށް ދެން އޮތީ ޔައިގެ މަތިން ހަނދާން ނައްތާލުން އެކަނި.. އޭގެ ބަދަލުގަ މިއްލު ދެކެ ޙަޤީޤީ ލޯބިވާ މީހަކާ ގުޅުން.. ޓްރައި ޓު މޫވް އޮން..” ލައުރާ މިލާންގެ ބުރަކަށީގައި ފިރުމައިލިއެވެ. “ނޫން.. ޔައިނާއަކީ އަހަރެންގެ ފުރަތަމަ ލޯބި.. އަހަރެން ހަމަ އެކަނި ލޯބިވި ފަރާތް.. އެ ނޫން އެހެން މީހެއް ދެކެ އަހަންނަށް ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ.. ދުވަހަކުވެސް ނުވެވޭނެ..” މިލާންގެ އެ ޖުމުލައިން ލައުރާގެ ހިތުގައި ހީވީ މީހަކު ވަޅި އަޅައި ކޮށައިލި ހެންނެވެ. އެހާވެސް ތަދުވިއެވެ.
***** *** *****
މިލާންއާއި ޔައިނާ ކަޑައްތު ކުރި ފަސް އަހަރު ދުވަހުގެ ދިގު ލޯބީގެ ދަތުރު ނިމިގެން ދިޔައީ ހީވެސް ނުކުރާހާ ހިތާމަވެރި ގޮތަކަށެވެ. ޔައިނާ އޭނާއަށް ބޭވަފާތެރިވީކަމަށް ފެނުނު މަންޒަރު ހެކިދިނުމުން މިލާނަށް ހީވީ އޭނާގެ ހަށިގަނޑާއި ފުރާނަވެސް ދެތަންވިހެންނެވެ. ޔައިނާގެ ޙާލަކީތޯއެވެ؟ އޭނާގެ ކުށެއް ނެތްކަން މިލާނަށް ސާބިތުކޮށްދޭން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައި ވިޔަސް، އެކަން ނުވާނޭކަން އެނގުނެވެ. އިތުރު އިޚްތިޔާރެއް ނެތްކަމަށް ޔައިނާއަށް ޤަބޫލުކުރެވުނެވެ. މުޅި ޢުމުރަށް އެ ގުޅުން ނިމުނީމަކަށް ޤަބޫލު ކޮށް، ހަތިޔާރު ބަހައްޓަން މަޖުބޫރު ވިއެވެ. ނަމަވެސް، މިލާންއާއި ޔައިނާގެ ވަކިވުމުން ލައުރާގެ ހިތަށް ލިބުނީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. މިލާނަށްޓަކައި ކިތަންމެ ދެރަވީ ނަމަވެސް، އޭނާއާއި މިލާންގެ ގުޅުމަށް ފުރުސަތެއް އޮތްކަމަށް އެ ހިތުގެ ކަނަކުން ބުނަން ފެށުމުން އިންތިހާއަށް އުފާވިއެވެ.
***** *** *****
ޙަޤީގަތުގައި ޔައިނާއާއި މިލާންގެ ގުޅުމަށް ހުރަސް އެޅީ ކޮން ކަމެއް ބާވައެވެ؟ ޔައިނާއާއި މިލާންގެ ލޯބީގެ ވާހަކައަށް ދެން ވާނީ ކިހިނެއްބާވައެވެ؟ ޔައިނާގެ ކުށެއް ނެތްކަން މިލާނަށް ސާބިތު ކޮށްެދެވޭނެ ބާވައެވެ؟ މިލާން ދެން ޔައިނާއަށް އިތުބާރު ކުރާނެ ބާވައެވެ؟ ލައުރާއަށް މިލާން ކާމިޔާބުވާނެ ހެއްޔެވެ؟ ނުވަތަ ޔައިނާގެ ކުށެއް ނެތްކަން މިލާނަށް ވިސްނޭނީބާވައެވެ؟ ވާހަކަ ނިމޭނީ ޔައިނާއާއި މިލާންގެ ދުނިޔެއިން ބާވައެވެ؟ ނުވަތަ މިލާންއާއި ލައުރާގެ ޙަޔާތުން ބާވައެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯއްދެއްވުމަށް ވާހަކައިގެ ކުރިއަށް ހުރި ބައިތައް ވިދާޅުވެލައްވާށެވެ.
****************
އައްސަލާމުޢަލައިކުމް. އަޅުގަނޑުގެ އައު ވާހަކަ “ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން” މިއަދުންފެށިގެން މި ފެށުނީ. އަޅުގަނޑުގެ އުންމީދަކީ “ހިތުގެ ޝަކުވާ”އަށް ލިބުނު ސަޕޯރޓް މި ވާހަކައަށްވެސް ލިބިގެން ދިޔުން. އިރާދަކުރެއްވިއްޔާ މި ވާހަކަވެސް، ކިޔުންތެރީން ހިތްހަމަޖެހޭ ފަދަ ގޮތަކަށް ރާވައިގެން ގެނެސްދިނުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. ކިޔުންތެރީންގެ ފަރާތުން ލިބެމުންދާ ނިމުމެއް ނެތް އެއްބާރުލުމާއި، ސަޕޯރޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
11 Comments!
Comments are closed.







Salaam dear readers ♥️..
Here is my new story as promised ?♥️..
Unmeedhu kurany mi vhk vx hithuge shakuvaa ekey eggothah kaamiyaabu kamaa eky ninmaaleveyne kamah.. Ekamah kiyuntheringe ebbaarulun vrh bodah beynun vaane.. Mi vhk vegen dhaany hithuge shakuvaa ah vure vx reethi vhk akah insha’Allah.. improve kureveythoa alhugandu vrh masakkaiy kuraanan..
Next part insha’Allah maadhamaa submit kohlaanan..will meet y’all again in the next part insha’Allah ♥️?..
Till then, stay safe & Take care all♥️..
Love y’all the most ♥️..
Wow wow wow woiwwwwwwwww????
Kalowww gayaaa
Fuhtakiii
Manne vaa gadha???
Touch brwww…
Ey klw vrh interesting ????
Kehtheri kan kuda…
Thineskan loehbbeh miothy
Manjey fahkkaa engey. Mulhyn aa type ehge loehbbeh..
Woww kon gothakahbaa nimeynee.. Ekakah vx milaan nulbeynee ey vx bunevidhaane.. E vx gotheh.
Ekm mwnje ninmwany enme insaafu veri koh dhww.
Ekamaa shahkeh neh..
Klw ma tha furathama cmnt mikuryyy????.
Klwww goood luck ? for this new story.
Heskiyaaha habeys vaane kamah mi balany
Ok brw.
Vrh salaamey
Take care buro
Vrh lwbi vey
And vrh miss RaiSh (u know raisha maaish) aa NairAash ( naira riaash) ?? mathin..
Klw ok maadhamaa ah inthizaaru.. Kaley dhn keekey tha bunan othy
Aan manje mathin vrh handhaan vey
Taa taaa bye byeee
YAYYYYY!!!! finallyyyy…. ohh my goddddddd
mashakah huvaa neygunu vee goiyy vesss…
eyyy manjeyyyy dhen alhe furathama bai avahah up kohhlabl nethey kiyaane vhk ehhhhh esfiyaiga huriyya huri hurihaa vhk eh kiyaifin… dhen up vamun anna ehchis vx…
of course oull have my full support and heevey vrh reethi vaanehen mi vhk sooo lesseeeee how its goesss. and btw i really like the namessssss
will keep waiting good luck sissyyyyy
love you dhonaaa bodukohh!!!
In reply to @Reesha Corona
Ahaha thankiu brooo
Yeaaa touch ?
Hehe kehtheri velaa dhn
Well yea I mean mee dhn thineskan loebbeh..ekm mi vhk ga hama ekani love triangle egge vhk eh noon onnaaneeky..ehn dhemeehegge love story vx onnaane..nd manje heekuraa vrh vure maa mahchah vx kanthah dhaane..haha now I’m spoiling it too much dhw..dhn vhk kiyaalaa..eyrun ingeynu
Haha hmm ma ninmaany enme insaafu verikoh insha’Allah..dhn hingaa dhw vaa gotheh balamaa
Yesss ur the first one.. congrats darls ♥️?..
Ty ty loabs ?
insha’Allah habeys vaane hama..will try my best to keep up with all of ur expectations ♥️♥️..
Mikolhun vx vrh salaam♥️
U too tvgc dear ♥️
Loabi vey more?♥️
Hehe yesss ma vx vrh miss vey rai nd maaish aa nai nd aash couples mathin..they are living their best life rn alhamdhulillah ?♥️
First prt submit kohlaifin dhenme.. mihaaru 4 vana part aa hamayah liye ninmaifin..mi hafthaa junior kudhinge interhouse otheema vrh bxy..gina iru scl ga ulheny..but I’m trying my best..chuttee thereyga vhk ge bodu baeh liye ninmaaleveythw mi ulheny
Hmm manje mathin vx vrh miss vey
Ey brw ma buny rashah gossa mashah angaalahchey ingey..dhn rashuga thibey fai aa ehn meehunnah vx vrh salaam
Ok byee tataa..good nyt ♥️♥️♥️
In reply to @lau laalu
Hehe alheyyyyyy hama ehaa ufaaveythr magey story kiyaalan libeythy? Awwn I’m so happy to know that darling ♥️
First prt submit kohlaifin dhenme.. maadhamaa mendhuru submit kuran hurefa vx hama lau buneethee mirey mi submit kohly..hehe
Awwwwn thankiu darloo♥️..yess let’s see dhw how it goes..ahaha names eii haalakun hoadhi names thakeh..names choose kuran vx negi 5 hrs varu..hehe?..dhn reethi veema hama vrh happy ?
Once again thanks darls ♥️♥️
Loabivey kokkiii maa bodu bodu kon ?♥️♥️
dhen ufaa vaane dhw… okie thankieee first bai ge inthixaaruga…
yayyy maadhamaa vaan vaairu ma heykendeyene inthizaaru 9000 guitar hithuthereah laigen ma mi innanee… ??????
names dhwww hee heee ???hama ehcheh handhaan vee????????
eboii vrh bodu vhk eh bunan… manje email eboii text kuraanan ingeyyy seedhaa dhigu sitee eh fonuvaanee… love you toooo loabiiiiii ”dhonaaaaa” ?????????????
Hehe dhn inthizaaru kohlaa.. insha’Allah vrh avahah kiyaalan libeyne..
Eyyyyy alheyyyy lauuuu..thihn hedheema kada ey..magey manma ah vadheveyne magey email ah..lai ah msg fonuvaalaafa bunan veenun mashah forward kohlaashey..egoiy ok thr…?
hmm ok
Hello nayoooo mi vaahaka v reethi ingey waiting for the next part avahah genesdheebala next part
Love you soo much????♥️♥️♥️
In reply to @Princess
Awwn thank you dear♥️..
Next part mihaaru submit kohlaifin.. insha’Allah maa las nuve kiyaalan libidhaane ♥️..
Love you moreee♥️♥️???
Hey nayoooo
Ingey dhw mee kaakukan?